Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން…..(ތިންވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
November 13, 2017 5 Mins Read
30 Comments

މުލައިލްގެ ދުވުމަކަށް ބަދަލެއް ނާދެއެވެ. މުލައިލްގެ ފަހަތުން ބޮޑު ކަތިވަޅިއެއް ހިފައިގެން އެމީހަކު ދުވަމުން ދިޔައީ މުލައިލްގެ ދުވަސްދުއްވާލުމަށްކަން ވަރަށް ރަނގަޅަށް އިނގެއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށް ދުވަމުން ދިޔަ މުލައިލް ވެއްޓުނެވެ. ދަންވަރު ގެ އަނދިރި ވަގުތު ކަމުންނާ ޖަންގައްޔެއްގެ މެދުގައި ކަމުން ތަނެއްދޮރެއް ވަކި ވަނީކީވެސް ނޫނެވެ. އިސްއުފުލާ މުލައިލް ކުރިއަށް ބަލާލިއެވެ. ދެންމެ ފެންނަން އޮތް މަގެއް މިހާރަކުނެތެވެ. އެނާ އެވަނީ ބައިވަރު ގަސްތަކެއްގެ މެދުގައެވެ. އެގަސްތައްވެސް ފެންނަމުން ދިޔައީ އަރާކާއެއްޗެހިތަކެއް ފަދައިންނެވެ. ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައިރު މުލައިލްއަށް ލޯމަރާލެވުނެވެ. އައި ނައިތަނެއް ނޭންގެއެވެ. އެއްކަލަ މީހާ އައިސް މުލައިލްގެ ބަނޑަށް އެވަޅި ހަރާލިއެވެ. މުލައިލްގެ ވޭނީ ހަޅޭކުގެ އަޑު މުޅި ސަރަހައްދުގައި ގުގުމާލިއެވެ. އެއަޑު ގެ ނާމާންކަންވެސް ވަކި ކުޑައެއްނޫނެވެ. އެވަގުތު ބައިވަރު ކާޅުތަކެއް އެދިމާލުން މައްޗަށް އުދުއްސައިގަތް މަންޒަރު އެ މާހައުލު އިތުރަށް ބިރުވެރި ކޮށްލިއެވެ.

****************************************************************

ފުންމައިގެން ތެދުވި ޔާނީގެ މޫނުމަތިން ފެންނަނީ ހާސްކަމާ ބިރުވެރިކަމެވެ. ފެންވަރާލައިގެން ނިދާލި ކުއްޖާގެ މޫނުމަތީގައި ދާތިކި ވިދަމުން ދިޔައީ އެތައްގަޑިއިރެއް ވަންދެން ކަސްރަތު ކޮށްފައިވާ މީހެއްފަދައިންނެވެ. “ކޮންކަހަލަ ހުވަފެނެއްތަ އެފެނުނީ…؟؟؟ އަދި އެވެސް އިއްލު..އޯ މައިގޯޑް. އިޒް ހީ އޯލް ރައިޓް” އަމިއްލަ ނަފްސާ ވާޙަކަ ދައްކަމުން ދިޔަ ޔާނީ ފުންމައިގެން ދިޔަ ގޮތަށްގޮސް ޓަކިޖެހުމެއްވެސް ނެތި މުލައިލްގެ ކޮޓަރިއަށް ވަދެގަތެވެ. ޕޮލިހަކަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރައެއް ނޫނެވެ. އެހާ ފަސޭހަކަމާއެކު ދޮރުހުޅުވުނީ ތަޅުވެސް ނުލާ ހުރުމާއެކުއެވެ.

“އިއްލު!!!” ކޮޓަރިއަށް ވަތް ޔާނީގެ ދެލޯ ބޮޑުވެގެން ދިޔައީ އެނދުގައި ރޯމަހެއް ތެޅޭފަދައިން ތެޅެމުން ދިޔަ މުލައިލް ފެނުމުންނެވެ. “މަންމާ…އެމީހުން..ހުއްޓާ..އޭ..ހުއްޓާށޭ. ނޫނީ އެމީހުން މަރުވާނޭ..!!!!!!..ޕްލީޒް. ހެޔޮނުވާނެ.” މުލައިލް ރޮމުން ބުނަމުން ދިޔައެވެ. މަނަވެސް ދެލޯ މަރާ ތަގުޅިކޮށްގެން އޮތް މުލައިލް އޮތީ ނިދާފައި ކަން ޔާނީއަށް އިނގެއެވެ. އެންމެ ފަހުން މުލައިލް ގާތަށް ގޮސް ޔާނީ މުލައިލްއަށް ގޮވަން ފެށިއެވެ. އޭރު ޔާނީއަށް ވަނީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. “އިއްލު. ޕްލީޒް. ލޯ ހުޅުވަބަލަ.” ޔާނީ މުލައިލް ގެ މުނުގައި ހިފާ ތަޅުވާލަމުން ކުރެހިފައިވާ އަޑަކާއެކު ބުނެލިއެވެ. އޭސީގެ ފިނި މާހައުލުގައި ވެސް ޔާނީގެ މޫނުވަނީ ދަލުން ފޯވެފައެވެ. ކަރުނައިން ތެންމަމުން ދިޔަ މޫނުގައި އެ ދިގު އިސްތަށިތަށް ވަނީ ހަރުލާފައެވެ. އޭރުވެސް ޔުނިފޯމުގައި އޮތް މުލައިލްއާދޭސް ކުރަމުން ދިޔައީ ކޮންމެސް އެއްޗެއް ހުއްޓާލުމަށެވެ.

އެންމެ ފަހުން ގޮތް ހުސްވެގެންނާ ހިތް ދަތި ވީ ވަރުން ޔާނީއަށް މުލައިލްގެ ބޮލުގައި ހިފާ ނަގާލުމަށްފަހު ބައްދާލެވުނެވެ. ޔާނީގެ ލޮލުން ފައިބަމުން ދިޔަހޫނު ކަރުނަތައް މުލައިލްގެ މޫނަށް އެޅެމުން ދިޔައެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވެގެން ދިޔަތަނާ މުލައިލް މަޑުމަޑުން ޔާނީގެ މަދުހަށީގައި ބައްދާލިއެވެ. އަދި އެކިޔަމުން ދިޔަ ފަތިވަރު ހުއްޓާލިއެވެ. ނަމަވެސް އޭރުވެސް މުލައިލްއަށް ދިޔައީ ގިސްލެވެމުންނެވެ.

އޭރު ހަދާނެގޮތް ހުސްވެފައި އިން ޔާނީ އިނީ ޝޮކެއްގައެވެ. މުލައިލްގެ އެ އަމަލުން އޭޏާގެ ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިފައިވާއިރު ޔާނީ ދިޔައީ އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުންނެވެ. އަދި މަޑުމަޑުން މުލައިލްގެ އަތް ނައްޓުވާލުމަށްފަހު ބޯދަށަށް ބާލީހެއްލަވާ ރީތިކޮށް އެނދުގައި ބާއްވަމުން ކިލްޓު އަޅާލަދިނެވެ. އަދި އެމޫނު ފުހެލަ ދިނުމަށްފަހު އެކޮޓަރިން ނިކުތެވެ. އޭރު މުލައިލް ވަނީ ފުން ނިންޖަކުން ނިދާލާފައެވެ.

ކޮޓަރިން ނިކުމެވުމާއެކު ޔާނީއަށް މޭގައި އަތްއަޅާލެވުމެވެ. މުލައިލްއަށް އެހެން ވަނިކޮށް ދުވަހަކުވެސް ދެކެފައި ނުވާއިރު ޔާނީގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މޫނުގައި ތަތްލާފައިވާ އިސްތަށިތައް ރީތިކޮށްލަމުން އަވަހަށްގޮސް ގޭގެމަތީ ފަންގިފިލާގައި އިންނަ ލައިބްރަރީއަށް ވެދެލީ ވާހަކައެއް ކިޔާ ސިކުނޑި ތާޒާކޮށްލުމުގެ މަގްސަދުގައެވެ. ދިވެހި ވާހަކަތަށް ހުންނަ ހިސާބަށް ދެވުމާއެކު ފަހަރަކު ފޮތެއް ބަލަމުން ދިޔައީ ކަމުދާކަހަލަ ފޮތެއް ފެނޭތޯއެވެ. އެންމެ ފަހުން ޔުސްރާއަދި ޝިފާންގެ ކްލިނިކުގެ ފައިލްތަކާ ހިސާބަށް ދެވުނުއިރުވެސް ޔާނީ ހޯދަމުން ދިޔަ ފޮތެއް ނުފެނުނެވެ. މާޔޫސްވެހުރޭ ދާޏް ހިނގައިގަތް ޔާނީ ހުއްޓިލުމަށްފަހު ހިނިތުންވެލީ ފައިލްތައްމަތީ އޮތް ފޮތް ފެނުމުންނެވެ. ހީލަމުން އެފޮތް ނެގި ވަގުތު އެތާހުރި ފައިލްތަކެއްވެސް ވެއްޓުނެވެ. އެޔާއެކު އެބޮޑު ލައިބްރަރީ ތެރޭގައި އެއަޑު އެކޯ ވެގެން ދިޔައެވެ. ވަނީ ވެސް އެހެންތާއެވެ. އެއީ ބޮޑު ލައިބްރަރީއެކެވެ. ‘ބިއުޓީ އެންޑް ދަ ބީސްޓް’ ކާރޓޫނުގައި ދައްކާފަދަ ހިތްގައިމު ބޮޑު ރީތި ތަނެކެވެ. ނަމަވެސް ތަފާތަކީ ފަރުނީޗަރުގެ ކުލައަކީ ހުދާއި ކަޅުކަމެވެ.

އަވަސްކުރަން ހަދައިގެން އެފައިލްތަކުގެ ތެރޭގައި ހުރި ބައެއް ލިޔެކިޔުންތައްވެސް ޔާނީ އަތުން ވެއްޓުނެވެ.”ކިހާ ދެރަކަމެއް ދެން.” ހިންހަމަ ނުޖެހިފައި ހުރި ޔާނީ ބާރަކަށް ބުނެލިއެވެ. އަދި ފަރިތަ ކަމާއެކު އެ ގަނޑުތައް ނަގާ ފައިލްތަކަށް ލާންފެށިއެވެ. ނަމަވެސް ޔާނީގެ ހަރަކާތައް މަޑުޖެހުމެއް އައީ މުލައިގެ ނަމުގައި އޮތް ރިޕޯޓެއް ފެނުމުންނެވެ. ހިތްއަވަސް ވެފައި ވާހާލު ޔާނީ އެހުޅުވާލުމަށް ފަހު ކިޔާލިއެވެ. “މުލައިލް ބުން ލައިތް. ޕޯސްޓް ޓްރައުމަޓިކް ސްޓްރެސް ޑިސްއޯޑަރ. ޕޮޒިޓިވް!!!!!!!!!!!”

މުލައިލްއަށް ހޭލެވުނީ އަސުރުވާން ގާތްވެފައި ވަނިކޮށެވެ. އަވަހަށް މެންދުރު ނަމާދުކޮށްލުމަށްފަހު ފެންވަރައިގެން ބޭރަށް ނިކުތްއިރު ޔުސްރާމެންވެސް ކާން އައިސްގެން އުޅެއެވެ. “އަނހާ. ދަރިފުޅާ. އާދެ ޔާނީ ގޮވައިގެން ކާން. ފުރަތަމަ ދުވަސްވީމަ ދެކުދިންވެސް ނިދަނީތަ ހަމަ؟” ޝިފާން އެހެން އަހާލުމާއެކު ހީލަމުން މުލައިލް ދިޔައީ ޔާނީގެ ކޮޓަރިއާ ދިމާއަށެވެ. އޭރު ޔާނީވެސް ކޮޓަރިން ނިކުންނަނީއެވެ. ޔާނީ ފެނުމާއެކު ދިޔަގޮތަށްގޮސް މުލައިލް ޔާނީގެ އިސްތަށިގަނޑޫގައި އިން ވޫލްކޮޅަށް ދަމައިގަތެވެ. އެޔާއެކު ހުޅިޖަހާ ހައްޔަރު ކުރެވިފައިވާ އެރީތި ދިގު އިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. “ޔޫ!!! އަތްދިގު ހަރުފަ. ކިހާދެރަކަމެއް ދޯދެން މީ. މަށަށް އިނގޭ މަމް މެން އުޅޭކަން. ނޫންނަމަ ތި ސޯޓު ބާލުވާލާނަން.” ލޯބޮޑު ކޮށްލަމުން ޔާނީ މުލައިލްއާ ދިމާއަށް ކުދިކިޔާލިއެވެ. އަދި މޫނު ކުނިކޮށްލަމުން ކާގެޔަށް މިސްރާބު ޖެހިއެވެ.

“ސިނގުރުޅި ދައިތަ. މަށަށް އަޑު އިވިއްޖެ. އިސްތަށިގަނޑު މިނިވަން ކޮށްލާފަ އޮންނައިރު ހާދަ ރީއްޗޭ. އެންޑް ކީއްވެޔޯ އަނެއްކާ މަގޭ ސޯޓޫ ބާލުވާ ހިތުން ތިއުޅެނީ. އޯ މައި ގޯޑް. ހަޑީ ކަންކަން ކުރަން ވިސްނަނީ. މަ ރޭޕް ނުވިޔަސް ރަނގަޅު. މަމްމާތް!!!” މުލައިލް ދެއަތުން އަމިއްލަ ހަށިގަނޑޫގައި ބައްދާލަމުން ޑްރާމާ ފާޑަކަށް ވާހަކަ ބުނެލިއެވެ. އަދި ދުވެފައި ގޮސް ކާގެއަށް ވަނެވެ. މުލައިލް ދެއްކިވާހަކައިން ޝޮކެއްގައި ހުރި ޔާނީ އަމިއްލަ ބޮލުގައި ޖަހާލަމުން ކާގެއަށް ވަތްއިރު އެންމެންވެސް ދިޔައީ ހަވީރުގެ ސަޔަށް އިންސާފު ކުރަމުންނެވެ. ޔާނީވެސް އަވަހަށް އިށީނީ ބަނޑުހައިކަން އިހުސާސް ކުރެވެމުން ދިޔައީތީއެވެ.

“މަންމާ. މިހާރު މިޒަމާނުގަ އަންހެނުން ފިރިހެން ކުދިން ރޭޕްކުރާލެއްވެސް ވަކި މަދެއް ނޫންދޯ!؟” މުލައިލް  ދެއްކި ވާހަކައިން ޔާނީ ކޮށިއެރިއެވެ. އަދި ލޯބޮޑު ކޮށްލަމުން ބޯހޫރާލީ ނޫނެކޭ ބުނާފަދައިންނެވެ. މަންޒަރު ބަލަން އިން ޔުސްރާ ކިހިނެއްވީތޯ އަހާލީ ހިނިގަނޑު މަތަކުރަމުންނެވެ. “އެއީ މިޔަދު ޔާ” އެހިސާބަށް މުލައިލްއަށް ބުނެވުންތަނާ ޔާނީ އައިސް މުލައިލްގެ ބޮލަށް ބޯން އިން ކިރުތަށި ގޮސްއަޅާލީ މުލައިލްގެ އަނގަބަންދު ކޮށްލުމަށެވެ. ޔުސްރާއަދި ޝިފާންއަށްވެސް ކެތްވީ އެހިސާބަށެވެ. ދެމީހުންވެސް ބިނދިބިނދިފައި ހޭންފެށީ މުލައިލްއަށް ވެފައި އިންގޮތުންނެވެ. މުލައިލް ބަލާލުމާއެކު ޔާނީ ދެތިން ހެދިކާ އަތަށްލައިގެން އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި މުލައިލްވެސް ތިން ޕިއްޒާފޮތި އަތަށްލައިގެން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ އަނެއްކާވެސް ފެންވަރަން ޖެހުމުންނެވެ. ޔުސްރާއަދި ޝިފާންގެ ހުނުން މަތަކުރެވުނީ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓު ފަހުންނެވެ. އޭރު ޔުސްރާގެ ލޮލުން ކަރުން ހިލިފައިވެއެވެ. ހުނުމުގެ ތެރެއިން ޔުސްރާއަށް ބުނެވުނެވެ.” މިދުވަސް ދެކެން ލާނީ ވެސް ހުރިނަމަ…”

އެރޭގެ ވަގުތެވެ. ޔާނީއަދި މުލައިލް ހިނގަމުން ދިޔައީ ރަސްފަންނު ސަރަހައްދުގައެވެ. އެދެމީހުންގެ ލޯބި ކަމަކީ އެއީއެވެ. ކިތަންމެ ޒުވާބުކޮށް އަރާރުން ވިޔަސް އެކަކުވެސް އެކަމެއް ހިތަކު ނުބާއްވާނެއެވެ. އެކަކު އަނެކަކު ދެކެ ދެމީހުންވެސް އެހާ ލޯބިވެއެވެ. ނަމަވެސް ކޮންކަހަލަ ލޮއެއްބެއްކަން ހުދު އެމީހުންނަށްވެސް ނޭންގެއެވެ. “އިއްލު. އޭނީ ޔާނިލާ.. ހާދަ އެކަނި ކޮށޭ އޭނަ އޭނީ.. ހިނގާބަ” މުލައިލްވެސް އެހިލަށް ތާއީދުކުރީ އެކުއްޖާއާ ވާޙަކަދައްކާލުމަށް އެހިތްއެދި ގޮވަމުން ދިޔައީތީއެވެ.

“ހޭއި. ނިލް.” ޔާނީ މަޑުމަޑޫން ގޮވާލިއެވެ. ފަހަތަށް އެނބުރުން ނިލް ފެނިފައި މުލައިލްއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ދޮން ނޫނަކަސް ފުރިހަމަކުއްޖެކެވެ. ހަމަ ހީވަނީ އޭނާގެ އަތުގައި އޮތް ފޮޓޯ ދިރުމަށް އައިސްފައި ހުރިހެންނެވެ. ނަމަވެސް އެހެންވާނީވެސް ކިހިނެއްހެއްޔެވެ؟ ލައިފައި ވާ ކަޅުކުލައިގެ ކަކުލާ ހިސާބަށް އަރާ އެހެދުން އޭނާއަށް ވަރަށްވެސް ގުޅެއެވެ. މުލައިލް އަދި ނިލް އެކުވެރިވާޏް ނެގީ މަދު ވަގުތުކޮޅެކެވެ. ޔާނީ އާއި ތިން މީހުންވެގެން ތަފާތު އެކި ވާހަކަ ހިއްސާކުރަމުން ދިޔައިރު ނިލް ހައިރާންވީ މުލައިލް ދިވެހިން ވާހަކަ ދެއްކުމުންނެވެ. އެޔާއެކު އެމީހުންނަށް ޖެހުނީ ނިލްއަށްވެސް ހަގީގަތް އަންގާށެވެ. އުފާވެރި އަދި މަޖާ ވަގުތުކޮޅަކަށްފަހު ޔާނީ އދި މުލައިލް ނިލް އާ ވަކިވީ ދިހައެއްޖަހަން ގާތްވެފައި ވަނިކޮށެވެ. މުލައިލްމެން ދިޔުމުންވެސް ނިލް ބޭނުންވީ އެހިތްގައިމު، ފިނި މާހައުލުގައި މަޑުކޮށްލާށެވެ.

ގެއަށް ވަދެގެންއައި މުލައިލްގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ބުނެދޭން ނޭންގޭ ހިތްހަމަޖެހުމެއް އެމޫނުމަތިން ފެންނަމުން ދިޔައިރު އޭނާވަނީ މުޅިން ހަމަޔަކަށް އެޅިފައެވެ. ޔާނީވެސް ނިދަން ދިޔުމުން މުލައިލްވެސް ލަސްފިޔަވަޅުތަކެއްގައި ގޮސް އެއްކަލަ ފޮޓޯ ނެގުމަށްފަހު ނިދަން އޮށޯތެވެ. ފުން ނިންޖެއްގެ ތެރޭގައި އޮތް ޔާނީއަށް އަނެއްކާވެސް ހޭލެވުނީ ކުރިންވެސް ފެނުނު ހުވަފެން ފެނުމުންނެވެ. އޭރު ކުރިއެކޭ އެއްފަދައިން މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. އަނެއްކާވެސް މުލައިލްއަށް އެހެންވީބާއޭ އެހިތް ސުވާލުކޮށްލުމާއެކު ގަޔަށް ކައްޓެއް ހެރުނުމީހެއް ފަދައިން ފުންމައިގެން ތެދުވެގޮސް މުލައިލް ގެކޮޓަރިއަސް ވަނެވެ. އޭރު ޔުސްރާމެންވެސް ގޭގައި ތިބުމާއެކު މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. އޭރު ކުރިއެކޭ އެއްފަދައިން މުލައިލްގެ ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ. މުޅި މީހާދިޔައީ ތެޅެމުންނެވެ.

މިއީ ކޮންފަދަ ކަމެއްހެއްޔެވެ؟ ކޮންމެފަހަރަކުވެސް ޔާނީއަށް މުލައިލް މަރުވާތަން އެ ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެ ހުވަފެން ފެންނަ ކޮންމެ ފަހަރަކު މުލައިލްއަށް މިހެން ވަނީ ކީއްވެބާއެވެ؟ ޔާނީގެ ހިތުގައި ވަނީ މުޅިންވެސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. ކޮންމެއަކަށް ޔާނީ އެސުވާޅުތަކުގެ ޖަވާބު ހޯދާނެއެވެ. އަދި މި ބިރުވެރިކަމުން މުލައިލް އަދި އަމިއްލަ ނަފްސު ސަލާމަތް ކުރާނެއެވެ. އެއީ ޔާނީގެ އަޒުމެކެވެ. މިފަހަރުވެސް ޔާނީ ގޮސް ބައްދާލުމާއެކު މުލައިލްއަށް ނިދުނެވެ. ހައިރާންވެފައިވާ ހާލު މުލައިލްގެ ހާލު ރަނގަޅުވީތީ ޔާނީއަށް ބޭއިހުތިޔާރުގައި  ހިނިތުންވެލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފިލާދިޔައީ އެނދުމަތީގައި އޮތް ނިލްގެ ފޮޓޯ ފެނުމުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ މުލައިލް ނިލްއާ ގަޔާވަނީ ހެއްޔެވެ. އެކަމަކު އެއީ ކޮންއިރަކު ބާވައެވެ؟ އަދި އެދެމީހުން ދިމާވީވެސް މިއަދަކު ނޫންހެއްޔެވެ؟ ސުވާލު މާކެއްތެރޭ ހުރި ޔާނީ ގޮސް ނިދަން އޮތްއިރުވެސް ވިސްނަމުން ދިޔައީ އެކަމާއެވެ.

އަރައިގެން އައި އިރާއެކު މުލައިލްއަށް ހޭލެވުނެވެ. އަވަސްއަވަހަށް ސައި ބޯލައިގެން ރީތިވާންފެށީ ސްކޫލަށްދާ ގަޑިކައިރިވަމުން ދިޔައީތީއެވެ. ޔާނީއާ ދެމީހުން އެކުގައި ސްކޫލަށް ދާން މިސްރާބުޖެހިއިރު ގަޑީޖެހެން އިނީ ބާކީ ފަސްމިނެޓެވެ. ދެމީހުންވެސް އެކަކު އަނެކަކު ކުށްވެރިކުރަމުން ދިޔައީ ލަސްވީތީއެވެ. ނަމަވެސް އެޒުވާބުގައި ތިބެ ދެމީހުންނަށްވެސް ގަޑި ޖެހުމުގެ ކުރިން ދެވުނެވެ. އެކަމާމެދު ދެމީހުންވެސް ތިބީ ހިންހަމަ ޖެހިފައެވެ. މުލައިލްއަށް އިންތިޒާރު ކުރެވެމުން ދިޔައީ ބްރޭކްގަޑިއަށެވެ. ހަމައެފަދައިން ޔާޏީވެސް އިނތިޒާރު ކުރަމުން ދިޔައީ އެގަޑިއަށެވެ. ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް ނިލްވެސް ބޭނުންވެފައި އިނީ މުލައިލްގެ ސޫރަ ދެކިލުމަށެވެ. ބްރޭކް ގަޑި ޖެހުމާއެކު ޝާމިލް އާއެކު ނިކުތް މުލައިލްގެ ކޮންޑުގައި ޝާމިލް ބޮނޑިއެއް އަޅާލިއެވެ. “ހުރި ނުބައިކަން. ތީ ދިވެއްސެކޭ ދޯ. މިއަދު އިސްލާމް ގަޑިޔާހެދި އެއްނު މި އިނގުނީ. މުޅި ސްކޫލް ގަޅި ހައްދައިގެން. ސާބަސް ޔާނީ އާ ދެމީހުންނަށް. ” އެޔާއެކު މުލައިލްގެ ހިނގަނޑު ފަޅައިގެން ދިޔައެވެ.

ކެންޓީނުގައި މިޔަދު އެމީހުންގެ މައުޅުއަކަށްވީ އެވާހަކައެވެ. މުލައިލްއަދި ޔާނީ ދޮގު ހެދިކަން އިނގުމާއެކު ދެންތިބި މީހުންވެސް ވަރަށް އެއްޗެހި ކިޔާލިއެވެ. “އޭ ނިލްއަށްވެސް އިނގޭ.” ޔާނީ ނިލްވެސް ބައްދާލިއެވެ. އެޔާއެކު އެންމެންވެސް ހައިރާންވެފައިތިބެވެސް ނިލް އާދިމާއަށް ވެސް އެއްޗެހި ކީ އެމީހުންކައިރީ ނުބުނުމުންނެވެ. ނިލްވެސް ހީލަހީލާ އިނީއެވެ. “އޭ ތިއެއް ނޫނޭ. މަ މިއުޅެނީ ކަޑަކަމެއް ވެގެން. މަގޭ ދައްތަ ބޭރު ގަ ކިޔަވަން ހުއްޓާ އެކްސިރެންޓެއް ވެގެން އެނަގެ މިހާރު ޕޯސްޓް ޓްރައުމަޓިކް ސްޓްރެސް ޑީސްއޯޑާ ހުންނާތީ ދާން ޖެހިއްޖެ. ވަރަށް ވަރުވާ ބައްޔެއްދޯ އެއީ. މާދަން ފުރަން އިނގޭ.”  އެޔާއެކު ޔާނީއާ މުލައިލްއަށް އެއްފަރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ.

ނުނިމޭ..

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ވިހިވަނަބައި)

Next

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (6 ވަނަ ބައި)

Next
November 13, 2017

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (6 ވަނަ ބައި)

Previews
November 13, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ވިހިވަނަބައި)

30 Comments!

  1. imagination ?? says:
    November 13, 2017 at 4:51 pm

    hey guys. here is the third part. hope u like this part too. and mi part kureh noon dhw??? and what do you think is gonna happen next?. plx comment below.
    love u all?

  2. Limsha says:
    November 13, 2017 at 5:20 pm

    Varah rythi

    1. imagination ?? says:
      November 13, 2017 at 8:14 pm

      thank you?

  3. Girll says:
    November 13, 2017 at 5:25 pm

    Woah.. Whats happening to him… And kaakubaa e pic ga eyni. Soooo curious

    1. imagination ?? says:
      November 13, 2017 at 11:36 pm

      thanks. <3

  4. Friends says:
    November 13, 2017 at 5:35 pm

    Who is nil dear…
    Mashaa allah stry vvvvvvv reethi..
    Keep it up…..
    Waiting 4 next part…
    Hey plx plx upload sooon ingey imaa. Heheh…

    1. imagination ?? says:
      November 13, 2017 at 8:15 pm

      nil ei yaanilaa. cause e name kiyan undhagoo kamah readers bunima m using her nick name. thanks a lot. and u can call me seyma. hehe ?

  5. reader says:
    November 13, 2017 at 6:34 pm

    Ey kon bayyeh tha eii.. Alhe eyge spelling kiyaadhyba… Google kollan

    1. Girll says:
      November 13, 2017 at 6:51 pm

      Post traumatic stress disorder

    2. Friends says:
      November 13, 2017 at 6:53 pm

      Post traumatic disorder

    3. imagination ?? says:
      November 13, 2017 at 8:16 pm

      aslu ei post traumatic stress disorder. i forgot e word. mihaaru rangalhu kohllaifin. ei vaki haadhiasaa eh dhimaavima ekamaa gulhigen ganna fear eh faadu ehcheh. u get nightmares and all

    4. imagination ?? says:
      November 13, 2017 at 11:37 pm

      thanks for the answer @girll and @friends

  6. SJK...KOREAN says:
    November 13, 2017 at 6:42 pm

    masha allah varah varah reethi mi part. waiting 🙂

    1. imagination ?? says:
      November 13, 2017 at 8:17 pm

      thanks a lot….love ur story tooo ???

    2. SJK...KOREAN says:
      November 13, 2017 at 10:08 pm

      love your story much more 😀 😉

    3. imagination ?? says:
      November 13, 2017 at 11:36 pm

      ahahha..same

  7. Ram says:
    November 13, 2017 at 7:56 pm

    Woahh ❤ salhi.. ??

    1. imagination ?? says:
      November 13, 2017 at 8:18 pm

      awn. thanks ram. i reallly really love ur story too.. its soo interesting ?

  8. Kadaey says:
    November 13, 2017 at 8:45 pm

    Kury partge almost half laigen dhigukoh genaima kadaeyy….

    1. imagination ?? says:
      November 13, 2017 at 11:38 pm

      alhey…..sorry but that part was importan. sorry to dissapoint you. in sha allah ill make it better. <3

  9. Rsh says:
    November 13, 2017 at 11:06 pm

    wow v reethi . waiting…………

    1. imagination ?? says:
      November 13, 2017 at 11:39 pm

      thanks a lot <3 <3

  10. Idhan says:
    November 14, 2017 at 11:32 am

    Mi storryyyy kuriyah dhaa goi haadha reehchey…

    1. imagination ?? says:
      November 17, 2017 at 6:54 pm

      thank you

  11. Laith says:
    November 14, 2017 at 11:33 am

    Varah reethi. Waiting for the next part. When next part?

    1. imagination ?? says:
      November 17, 2017 at 6:54 pm

      thanks upp kohllaifin

  12. Anonymous says:
    November 14, 2017 at 4:38 pm

    Wow. Nice. I read the other one too. Edhemey kalaayaa gaathugaa vumah. It was nice too.. Waiting

    1. imagination ?? says:
      November 17, 2017 at 6:55 pm

      thanks a lot

  13. jjey ? says:
    November 17, 2017 at 4:02 pm

    Enme fahuge dialogue bunee kaaku?
    Btw nice. Waiting.?

    1. imagination ?? says:
      November 17, 2017 at 6:56 pm

      shaamil. thanks for reminding. thanks again <3

Comments are closed.


All Right Reserved!