“އަހަ.. ބައްޕާ ކިހިނެއްތޯ ތިހެއްދެވީ.. ” ޝިވަން މިހެންބުނުމާއެކު ނަވާރުއާއި ޖުމްނާ އަށް ދެލޯބޮޑުކޮށްލާފަ ބަލާލެވުނީ އެކީގައެވެ. ބުނެވުނުއެއްޗެއް ޝިވަންއަށް ރޭކާލީއެހިސާބުންނެވެ. އޭރު ނިމާލް ހަމަޖެހިލާފައި ގޮނޑި އެއްފަރާތްކޮށްލާފައި އައިސް ސޯފާގައި އިށީންނަނީއެވެ. ” މީހަކުއެބަހުރި މަގޭ ބެސްޓީދެކެ ލޯބިފަށެއްވެފަ.. އަދިމިއުޅެނީ ކައިވެނީގެ ރަނާހަމަޔަށް ނުދެވި މިހާރާލައިގެން ބައްޕަކިޔައިފި.. ” ޝިވަން އިންގޮތްފެނިފައި ނަވާރު އިތުރަށް ޝިވަން ރަކިކޮށްލިއެވެ. އެވަގުތު ނިމާލްވެސް ޝިވަންއަަށް ބަލާލާފައިވެސް ހިނިގަނޑު ހިނދާލީ ޝިވަން ދެރަވެދާނެތީއެވެ. “އާލިމާ.. ” ޖާވިދުއަށް އެނަންކިޔާލެވުނެވެ. “ޖާވިދު […]
“އެއީ ހަރީރާ އަމިއްލައަށް ލިބިގަތްކަމެއް. މިއުޝީން ކުރިކަމެއްނޫން. އަދި އެއްވާހަކަ. މިއަދު ތިހެން ބުންޏަސް ކޮންމެވެސް އެއްދުވަހެއް އަންނާނެ އަދި ހަރީރާ އެމަންޖެއަށް އެދި ރޯނެ. އެދުވަހަކުން އެނގޭނެ ހަރީރާއަށް ރަނގަޅީ އަދި ގޯހީ ކޮންދަރިއެއް ކަމެއްވެސް.” ހިތްހަމަނުޖެހިފައި އެހެން ބުނެލުމަށްފަހު އައިމިނަ ބަރޯހިފައިގެން ހިނގައިގަތެވެ. އެތަންބަލަންއިން ހަރީރާ ގޭތެރެެއަށް ބަލައިލުމަށްފަހު އިސްޖަހައިލިއެވެ. ** ** ** މިއަދުމީ ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަސްކަމުން މިއުޝީން ވަނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އިޒާނާ ވަނީ އޭނާއަށް ރީތި […]
“ސޯ އަދި މިއު ބޭނުންވަނީ ވަޒީފާއަށް ދާން ދޯ. އަހަރެން މިއުއަށް ރަނގަޅު ތަނަކުން ވަޒީފާއެއް ހޯދައިދޭނަން އެނގޭ. މިރޭ ވާނެ ދޯ އެކަމާ އުޅެން.” އިޒާނާގެ ވާހަކަތަކުން ނުތަނަވަސްވެފައިވާ މިއުޝީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ހުވަފެންތައްވެސް ﷲ ގެ އިރާދަފުޅުން ފުރިހަމަވާން އުޅެނީއޭ ހިތަށް އަރައި އުފާވިއެވެ. ދެމީހުން ކައި ނިންމައިގެން ފާތުންނަށް ސަބްމެރިންއެއް ޕެކް ކޮށްގެން މަޑު ހިނގުމެއްގައި ގޮސް މަގުމައްޗަށް ނުކުމެ ޓެކްސީއަކަށް ގުޅިއެވެ. އެހައި ގިނައިރުތަކެއްނުވެ ޓެކްސީ އައުމުން އޭގެއަށް […]
“ދައްތާ! މި ކާލައިގެން ދޭބަލަ..” އައިކާ އެހެން ބުނެލުމުން ޒިދުނާ ކޭކުކޮޅު ހިފައިގެން ހިނގައިގަތެވެ. އޭނާ ގޮސް ދޮރު ހުޅުވާލި ވަގުތު ސިއްސައިގެން ދިޔައީ ކުއްލިއަކަށް ދޮރުމައްޗަށް އެރި މޫނު ނިވާކޮށްގެން ހުރި މީހާ ފެނުމުންނެވެ. އަވަހަށް ދޮރު ލައްޕަން ކުރި މަސައްކަތް ވީ ބޭކާރެވެ. އެމީހާ ގޭތެރެއަށް ދެމިގަތުމުން ޒިދުނާ އުޅުނީ އަވަހަށް އެމީހާގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ނަމަވެސް އެމީހާއާ ދުރަށް އެންމެ ފިޔަވަޅެއް އެޅުނުތަނާ އެމީހާ އަވަސް ހަރަކާތަކާއިއެކު ޒިދުނާގެ ކަނާއަތު ކޮނޑާއި ދިމާއިން […]
“އައިރީން!!” އަރްމާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. މި ކުއްޖާ އަރްމާންގެ ހިތަށް ބާރު ފޯރުވާލައިފިއެވެ. ***************************** “ހޭ އައި ގޮޓް ޓު ގޯ އިނގޭ. ސީ ޔޫ އެރައުންޑް.” އައިރީން މިހެން ބުނެފައި އަރްމާއަށް އެއްޗެއް ބުނެވެން ވާއިރަށް ދުއްވައިގަނެފިއެވެ. އަރްމާއަށް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ސިފަވަނީ އައިރީންގެ ރީތި ހިނިތުންވުމެވެ. އައިރީންގެ ހާލަކީތޯއެވެ. މުޅި ރޭވެސް ނިދޭ ގޮތެއް ނުވިއެވެ. ހަމަ އަރްމާން މަތިން ހަނދާންވަނީއެވެ. ނަމަވެސް އައިރީންގެ ހިތަށް […]
ޖާވިދު.. އާލިމާ އަށް ހިތާހިތުން ކިޔާލެވުނެވެ. އަދި ޝަބީންއަށް ބަލާލީ ޖާވިދުއާއި ވައްތަރުތޯ ބަލާލުމަށެވެ. ނަމަވެސް އެވަގުތު ޝަބީން އަށް ފޯންއެއްއައުމުން އެއްފަރާތްވެލީ ބައްޕަ ގުޅަނީ ކަމަށް ބުނެއެވެ. ކޮންމެއަަކަސް އެނަން އިވުމާއެކު އާލިމާއަށް އިތުރަށް އެކަތިކޮޅުވެސް އެތެރެކޮށްނުލެވުނެވެ. އޭރު ނަވާރު އާއި ޝިވަންގެ އިތުރުން ޖުމްނާ ޓެރަހުގަހުރި އުނދޯލިގޭގައި ސައިބޮއި ނިންމާލާފައި ގޮސް ވާހަކަދައްކަން ތިއްބެވެ. ހަމަ އެގޮތަށް މަލީހް އާއި ޖުމާނާވެސް މާގަސްތަށްކައިރީގައި އޮލަވާހަކައެއްގައި ތިބުމުން ބޮޑެތިމީހުން އެމީހުންގެ އަމިއްލަ ވާހަކައަށް އެނބުރުނެވެ. “އަޅުގަނޑު […]
މިއަދުން ފެށިގެން އޭނާގެ މަންޒިލް ބަދަލުވެއްޖެއެވެ. އާއުއްމީދު ތަކަކާއި އެއްކޮށް އައު ދިރިއުޅުމެއް ފަށައިގަންނަށް މިއުޝީން ބޭނުންވެއެވެ. މިއީ އެކަމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ދެން އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކަންތައްވެގެން ދާނެގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް ހެވެވެ. ﷲ އަށް ވަކީލުކޮށްލުމަށްފަހު މިއައު ދިރިއުޅުމާ އޭނާ ކުރިމަތިލާނީއެވެ. ކަންތައް ވާގޮތެއް އެއިރުން އެނގިދާނެތާއެވެ. އިރުގެ ރަންދޯދި މޫނަށް އެޅުމާއެކު ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު މިއުޝީން ލޯހުޅުވައިލިއެވެ. އޭރު […]
އައިކާ އުޅުނީ ބަދިގެތެރޭގައި ޒިދުނާއަށް ކެއްކުމުގައި އެހީތެރިވެދިނުމަށެވެ. ފިޔާ ކޮށަން އިންދާ ބެލް އަޅާލި އަޑު އިވުމުން ޒިދުނާ އައިކާ ގާތު އައީ ކާކުތޯ ބަލާލަން ދިއުމަށް ބުންޏެވެ. އައިކާ އަތް ދޮވެލައިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. “ލީން!!” ހައިރާންކަމާއެކު އައިކާ އެހެން ބުނެލި ނަމަވެސް އޭނާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެއް އަހަރަށްފަހު އެންމެ ގާތް އެކުވެރިޔާ ފެނުމުންނެވެ. އައިކާ އުފަލުން ލީންގެ ގައިގައި ބައްދައިގަތެވެ. […]
“ބޭބޭ.. މާފުކުރޭ އިނގޭ ކުރިން އެގޮތަށް ވާހަކަދެއްކުނީމަ.. އެކަމަކު ބޭބެ މިތަނަށް އަޔަސް ޔުމްނާއެއް ނުފެންނާނެ! ފަރީދު ޔުމްނާ ވަރިކޮށް، މިގެއިން ނެރެލައިފި..” މުނީރު އެހެން ބުނުމުން ހާރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ. “ކީކޭ؟ ދެން..ދެން އެކުއްޖާ ކޮންތާކު ދިރިއުޅެނީ؟” ހާރޫން ހާސްވެފައި އަހާލިއެވެ. ފަރީދު ޔުމްނާ އެގެއިން ނެރެލުމުން، ޔުމްނާ ވަކި ވަންނާނީ ކޮންތަނަކަށް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު މުނީރު ހާރޫންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ބޭބެ ހާސްނުވޭ.. ޔުމްނާ ހުރީ […]