Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އެވްލީން 4

Angel Level 110 Stories100 Login
November 12, 2017 4 Mins Read
10 Comments

“އީވާ ޓުބީ އޮނެސްޓް.. ވީ ޑޯންޓް ނޯ ވަޓް އާ ޔޫ ސޭއިން….. އައި މީން ވީ ޑިޑިންޓް ކޯލް އެނީވަން ފޯ ހެލްޕް”.އެ ހަމަހޭ ވެރިކަން ފޫދުއްވައިލީ އަމަންއެވެ. ހުރިހާ ކުދިން އެއްފަހަރާ ބޯޖަހައިލިއެވެ. ” ސޯ ހައު ޑިޑް އަިއި ގެޓް ތެއާ”…. ފުންވިސް ނުމެއްގައި ހުރި އީވާ ސުވާލު ކޮށްލި އެވެ.

  • * * *

“އީވާ…. އަހަރެމެން ދުއްވައި ގަތް ތަނުން އީވާ ވެއްޓިފައި ލޭ އަންނަން ފެށީ ހެސް ކިޔާފައި……. އަހަރެން ގޮސް އަވަހަށް ފަސްޓް އެއިޑް ބޮކްސް ގެނެސް އީވާ ބޮލުންނާއި އަނގައިން އައި ލޭ ސާފު ކުރާއިރަށް އަނެއްކާވެސް ލޭ އަންނަން ފެށީ ….. ދެން އާދިލް ބުނެގެން އެންމެން ބައި ބަހާފައި ދިޔައީ ލޭ މަނާ ވާނެ ކަހަލަ އެއްޗެއް ހޯދަން…… ދެން އަހަރެމެން އައި އިރު އީވާއެއް ނެތް……. އަހަރެމެންނަށް ހީވަނީ ކޮންމެސް މީހަކު އީވާ ގެންދިޔައީ ކަމަށް………”

  • * * *

( އިވްޔާ އާއި އިވާޔާ( އީވަގެ ރައްޓެހިން ދިޔައިރު) )

” މަންމާ އީވާ އަށް ކޮންމެސް ގޮތެއްވެއްޖެއް………… މަންމާ ޕްލީސް ހިނގާ ބަ…………..” އީވާ އެރަށަށް އައިންސުރެ އީވްޔާ އޭނާ އަށް ފާރަލަމުން ދިޔައެވެ. އީވާ ވެއްޓުނު ވަގުތު ބާރަކަށް ދުވެފައި ގޮސް އެމީހުން އުޅޭ ޖިފުޓި ގަނޑަށް ވަދެ އިވާޔާ ކައިރި ބުންޏެވެ…… ” އަޅެ ދަރިފުޅާ ދެން ހުއްޓަންވީނު ތިކަންތަ ތިހެން އުޅެނިކޮށް އެމީހުން ކުރެ މީހަކަށް ފެނިއްޖެޔާމުންނޯ………… އެ ނޫނަސް އީވާގެ އެކުވެރިން ތިބޭނެ އެންނު “…” މަންމާ އީވާ ވެއްޓުނީ އާދައިގެ އެއްޗެއްގައި އަޅައި ގަނެފަ އެއްނޫނޭ ….. އިވާ ވެއްޓުނީ ގޮނޑު ދޮށުގައި ހުންނަ އެއްކަލަ ބިޔަ ނިކަގަހުގެ މުލުގައި އަޅައިގަނެފައޭ”…. ކުއްލި އަކަށް އިވްޔާ ބުނި އެއްޗަކުން އިވާޔާ ދިޔައީ ސިހިގެންނެވެ… އިވްޔާ އެދެއްކި ނިކަގަހަކީ އެ ރަށުގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ގިނައިން ހުރިހާ ޖިންނީން ބައްދަލު ކުރާ މާލަމުގެ ވާހަކަ އެވެ…… އެ ނިކަގަހުގައި ޖެހިއްޖެ ނަމަ ކުރެވޭނެ އެއްވެސް ފަރުވާ އެއް އެއްވެސް މީހެއްގެ އަތުގައެއް ނޯންނާނެ އެވެ…… ނަމަވެސް އިވާޔާ ވަނީ އެކަމުގެ ފަރުވާ ހޯދާ ފައެވެ. އިވާޔާ އާއި އިވްޔާ ދުއްވައިގަތީ ގޮނޑު ދޮށާ ދިމާލަށެވެ…. ނަސީބަކުން އޭރު އީވާގެ ހުރިހާ އެކުވެރިން ފެންނާކަށެއް ނެތެވެ. އަދި އެއިރު އީވާ ވަނީ ހޭނެތިފައެވެ…. ދެމައިން ވެގެން އީވާ ގޮވައިގެން ރަށުތެރެއަށަށް ވަތެވެ. އެމީހުން އުޅޭ ޖިފުޓި ގަނޑަށް ގޮސް ބޭސް އެޅުވިއެވެ…. އިސާހިތަކުން މޫނު މަތީގައި ހުރި ލަކުނު ތައް ފިލައިގެން ދިޔައެވެ….އިވާޔާ އަށް އިވާ ފެނުމައި އެކު ލޮލުން ކަރުނަ ނިރާލިއެވެ…. އީވާއަށް މިހާރު އެވަނީ ފުންނިންޖެއްގެ ތެރޭގައެވެ. އޭނާއަށް ނިދިފައި ވާއިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ… އެ މޫނު މަތިން މައުސޫމް ކަން ފެނިގެން ދެއެވެ…. އިވާޔާ ރޯތަން ފެނުމުން އިވްޔާ އަށް ވެސް ރޮވެން ފެށުނެވެ… އެ ދެމައިން އީވާ ހޭއަރަންދެން ކައިރީގައި ތިއްބެވެ….. މެންދުރު ފާއިތު ވެގެންގޮސް ހަވީރު އަތަށް އަޅަައިފިއެވެ….. އަދިވެސް އީވާ ހޭ ނާރައެވެ.. އިރުއޮއްސެން ވަނީ ކައިރި ވެފައެވެ….. އޭރު އިވާޔާ އާއި އިވްޔާ ވަނީ ބޭރަށް ގޮއްސައަށް އެވެ…… އިވާ އަށް ހޭލެވުނެވެ. އެވަގުތަކީ އިވާޔާ އަށް އެގެއަސް ވަދެވުނު ވަގުތެވެ….. އީވާ ކައިރި ވާހަކަތައް ކިޔައިދިއިން އިރު އޭނާ އެއްބައިކަންތައްތައް ސިއްރު ކުރިއެވެ. ސަބަބަކީ ހަޤީގަތް ބުނަން ބޭނުންނުވާނެތީ އެވެ….. އީވާ އެގެއިން ނިކުތީ ސުރެ އިވްޔާ ދަނީ އިވާ އަށް ފާރަ ލަމުން ނެވެ…. އިވާ އަށް އެހީވުމުގެ ގޮތުން އޭނާ މާސްކު އަޅައިގެން ނިކުތީ އޭނާގެ އަސްލު ސިފަ ނުދެއްކުމައްޓަކައިއެވެ….އެއީ އިވާ އަށް އިވްޔާގެ އަސްލު ސިފަ ފެނިއްޖެއްޔާމުން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެތީއެވެ…. އެ ހުރިހާ ވާހަކަ އަކީ ވަރަށް ބޮޑު ސިއްރެކެވެ…..

  • * * *

ފުރަތަމަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ……. ހުރިހާ އެންމެން ރޭގަނޑު ކެއުން ތައްޔާރު ކުރުމަށް މަސްއޫލު ވެގެން އުޅުނެވެ… ހުރިހާ ފިރިހެންވެރިން ދިޔައީ ވަލަށް ކައްކަން ދަރު ހޯދާށެވެ….. އޭރު ހުރިހާ އަންހެންކުދިން ކެއުން ތައްޔާރު ކުރުމަށް ކުދި ކުދި ކަންތައްތައް ކުރަމުން ދިޔައެވެ….  ” އޭތް ބަލާބަ މިތާކު އެއްނެތޭ ……… ދެން ކިހިނެއް ހަދާނީ މަ މިއޮއް ބަނޑުހައިވެގެން ހަލަކުވަނީ “….. އަމަން ބަނޑުގައި އަތް ކާތާލަމުން ބުންޏެވެ… ” ހިނގާ އެންމެން ބައި ބަހަން  އޭރަށް އޯކޭ ވާނެ ދޯ…… ކައެ މެން ދެމިހުން ދޭ… މަދާނަން އެކަނި……….” އަރީޝް ވަރަށް ފޮނި ވެލާފައި ބުންޏެވެ… ” މަށަށް ޔަޤީނޭ ތަންކޮޅަކަށް ނުދެވެނީސް ބިރުން ދުވެފައި އަންނާނެކަން.” އަރީޝް އެހެން ބުނުމާއެކު ޗޮކެއް ކަނޑަާއިލައިފައި އާދިލް ބުންޏެވެ.. ” ހޫން މަަށަށް ހެޔޮ ކޮންމެ އެއްޗެއް ކިޔަސް ވެސް މަމިދަނީ”. ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލުމަށް ފަހު ކުރިއަށް އޮތް މަގަށް ހިނގައިގަތެވެ.. ދެފަރާތައް ބޯހޫރު ވާލާއިފައި އަމަން އާއި އާދިލް ވެސް އަނެއް ކޮޅަށް ހިނގައިގަތެވެ…. ” އަރީޝް ޖަންގަލީގެ ތަންކޮޅެއް އެތެރެއަށް ވެދެވުމުން ފުންޏަކަށް ހުރި ދަރު ތަކެއް ފެނުނެވެ…….. އުފަލުން ގޮސް ދަރުތައް ނަގައި ކޮނޑުމައްޗަށް ލައިގެން ގެންދިޔައެވެ.. ވަކި ހިސާބަކަސް ދެވުނު އިރު ކުއްލި އަކަށް ނިކަގަހެއްގެ ފަތްތައް ހެލިލައިގަތެވެ. އަރީޝް މާ ބޮޑު ކަމަކަށް ނުދެކެވެ. އޭނާހީކުރީ ދެންމެޖެހުު ވަޔާއެކީ ހެލިލި ފަތްތަކެއް ކަމުގައެވެ… އަނެއްކައިވެސް އެ ގަހުގެ ފަތް ތައް ހެލިލައިގަތެވެ… މިފަހަރު އަރީޝް އަށް ފެނުނީ ހަމައެކަނި އެ ގަހުގެ ފަތްތައް ހެލިލި ތަނެވެ…… އެހެން ގަސްގަހުގެ ފަތް ތަކެއް ނުއެއް ހެލެއެވެ… އޭނާގެ ހިތައް ކުޑަބިރުވެރިކަމެއް ވަނެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ކޮންމެސް މީހަކު އެގަހުގެ ނިވަލުން ނިކުތް ތަނެވެ… ރޭގަނޑުވުމުން އެހާސާފު ކޮށެށް ނުފެނެއެވެ… މުޅި ތާ ރަސްކަންކުރަމުން ދަނީ އަނދިރި ކަމެވެ. އިވްޔާ އަރީޝް އާ ދިމާލަށް އަންނަން ފެށިއެވެ… އަރީޝް އާ ހަމަވުމުން އޭނާއަށް ފެނުނީ ވިލުނޫކުލައިގެ ލޮލެެކެވެ. ވަޔާ ވިހުރެމުންދާ ފަށުވި ރީތި އިސްތަށިގަނޑެކެވެ. ރޭގަނޑު ވަމުން އެދެލޯ ހުންނަނީ ދިއްލިފައެއެވެ…. އޭނާއަށް ކުއްލި ސިހުމެއް ލިބުނެވެ. …. ދަރުތަކުގައި ބާރަކަށް ހިފާލުމަށް ފަހު ފަޔަށް ބާރުލައި ދުއްވައިގަތެވެ… އިވްޔާ އަށް އިހުސާސްވީ އޭނާ އެހުރީ މާސްކު ނާޅާކަމެވެ. ޓެންޓުއަޅައިފައި އޮތް ހިސާބަށްދެވުނު އިރު ސަނާމެންތިބީ ކަށްކާށެވެ.. އަރިޝް އައުމުގެ ކުރިން އަމަން މެން ހުރީ މާކުރިން ދަރުތައް ގެނެސްފައެވެ….”އަރީޝް އަށް އެހިސާބަށް އާދެވުނު އިރު ހުރީ މާނޭވާ ލެވި ލެވި އެވެ…. ” ކަލޯ ކޯއްޗެއް ފެނިގެންތަ ތިއައީ… މަ އޭރުވެސް ތި މީހުން ކައިރި ބުނީމެންނު އަރީޝް މިހިސާބަށް އާދެވޭއިރު ހުންނާނީ މާނޭވާ ލެވި ލެވި އޭ”.. މި މަންޒަރު ފެނުމާއެކު އާދިލް ހިނިގަނޑެއް ޖަހާލުމާއެކު ބުންޏެވެ…. ” ރިއަލީ ތިމީހުން މަށަށް ވެސް އަންގައިނުލާ ތި އައީ”. ދެ އުކުޅުގައި އަތްވިއްދާލުމާއެކު މޫނަށް ގޮތެއްހަދަލުމާއެކު ބުންޏެވެ.. އޭރު މުޅި މޫނުމަތިން ދާހިއްލާ ފައި ހުރި ކަމުގެ އަސަރު ފެންނަން ހުއްޓެވެ. ލައިގެން ހުރި ޓީޝާޓާއި ކަރުގެ ބޮޑުބައެއް ވަނީ ދާހިއްލުމުގެ ސަބަބުން ތެމިފައެވެ. ” ކޮބާ އީވާ؟”… ހުރިހަ ކުދިން ތިބިއިރު އެތާ އީވާ ފެންނަން ނެތުމުން އަރިޝް އަހާލިއެވެ… “އީވާވީ  ފެންވަރަން ގޮސް ފަ…….އޭނާ އިރުކޮޅަކުން ނިމޭނެ”.. މިހެން ބުނުމާއެކު އަރީޝް އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ….. ކުޑައިރު ކޮޅެއްފަހު އީވާ ފެންވަރައިލައިގެން ރީތި ވެލައިގެން ނުކުތެވެ… އޭނާ ލައިގެން ހުރީ ކަކުލާ ހަމައަށް އަަރާ ވިލުނޫކުލައިގެ ޕްލެއިން ހެދުމެކެވެ.. ބޯ ވަނީ މައްޗަށް އައްސައިފައި އެވެ. އެ ހެދުން ލައިގެން ހުރި އިރު އޭނާގެ ރީތިކަން ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ… ހުރިހާ ކުދިން ތިބީ އީވާ އާ ދިމާލަށް ކަޅި ނުޖަހާ ބަލާށެވެ.. ” ހޭ ގާއިސް ވަޓްސް ރޯނގް…..” ހުރިހާ ކުދިން އީވާ އާ ދިމާލަށް ބަލަން ފެށީމާ އޭނާ ލަދުންހުރެ ބުނެލިއެވެ… ” އީވާ ޔޫ ލުކް ގްރެއިޓް އިން ދެޓް އައުޓް ފިޓް”… އީވާ އެހެން ބުނުމާ އެކު ޝައިނާ ބުންޏެވެ…. “ތޭންކްސް”..އިވާ ބުނެލިއެވެ. ” އެވްރީވަން މަ މި އަންނަނީ ފްރެޝް ވެލައިގެން އިނގޭ މަ އައީމާ އިނގޭ ކާން ވާނީ”.. އަރީޝް އިންތަނުން ތެދުވެލައިފައި ފެންވަރާތަނަށް މިސްރާބުޖެހިއެވެ… އެއީ މޫދަށް އެރިގެން ވެލި ފިލުވާ ތަނެކެވެ… ނަމަވެސް އީވާ މެން އައިސް އެތަންވަނީ ފޮތިގަނޑަކުން ނިވައިކޮށް ފެންވެރޭ ގޮތަށް ހަދާފައެވެ…. އަރީޝް ފެންވަރައިލައިގެން އައިއިރު ހުރިހާ ކުދިން ތިބީ ކާން ތައްޔާރު ވެގެން ނެވެ… އަރީޝް އައުމުން ހުރިހާ ކުދިން ކާން ފެށިއެވެ.. ކެއުމުގެ ތެރޭގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ.. ކުރިއަށް ދެން އޮތް ދުވަސް ތަކުގައި ކުރާނެ ކަންތައްތަށް ޕްލޭން ކޮށް މާދަމާ ބާއްވާނެ ކަންތައްތައް ރޭވިއެވެެ.. “އީވާ……. މަޑުކޮށްބަ” ފަހަތް ބަލާލިއިރު ހުރީ އަރީޝް އެވެ.. އޭނާ ހުރީ ލައިގެން ހުރި ޖިންސް ގެ ޖީބަށް އަތް ޖަހައިލައިގެން ނެވެ. “ކިހިނެއްވީ” ފަހަތަށް އެނބުރި ބަލާލަމުން އީވާ އަހައިލިއެވެ..” ވަރަށް ބޮޑު ވާހަކައެއް އީވާ ކައިރި ބުނަން… އެކަމް މިތަކު ނޫން. ހިނގާ ބީޗަށް” ” އަމް ……އަ….. އޯކޭ”.. އީވާ އާއި އަރީޝް މިސްރާބުޖެހީ އަތިރި މައްޗާ ދިމާލަށެވެ.. އޭރު ހަނދުގެ ރިހި އަލިން ވަނީ މުޅި ކަނޑު ދިއްލާލާފައެވެ. ރާޅުތަށް ބީއްސާލުމާއެކު އެއަންނަ ރެދަނުން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.. އީވާ އަރައިގެން ހުރި ފައިވާ ބޭލުމަށް ފަހު އަތަށް ނެގިއެވެ.. އެ މަންޒަރު ބަލާލުމަށް ފަހު އެދެމީހުން ހިނގައިގަތެވެ.. ” އަސްލު ކޮންވާހަކައެއް ދައްކަން މިހާ ދުރަށް ތި ގެނައީ”…… އީވާ ގޮވައިގެން ޓެންޓުތައް ހުރި ތަނުުން ދުރަށް ދިޔުމުން އަހާލިއެވެ…”އިވާ މީ ބިރުނުގަންނާތި އިނގޭ…” އީވާ އެހެން ބުނުމާއެކު އަރީޝް ބުންޏެވެ.

  • ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Angel

Level 110 Stories100 Login

Loves reading and writing stryxx

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ

Next

ހޯދޭތޯ މަންޒިލެއް..

Next
November 12, 2017

ހޯދޭތޯ މަންޒިލެއް..

Previews
November 12, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ

10 Comments!

  1. Lam says:
    November 12, 2017 at 11:52 pm

    Reethi…waiting

  2. Bestie says:
    November 13, 2017 at 12:04 am

    Vrh loabi story ??
    Waiting for next part

  3. rose says:
    November 13, 2017 at 5:42 am

    v reethi konirak dhen up kohdheyneee

  4. Fan says:
    November 13, 2017 at 6:24 am

    Vvvvvvvvvvvvv gadi..gavaaidhu ge baa vvvvvv dhah..

  5. Rsh says:
    November 13, 2017 at 9:12 am

    V Reethi . waiting for next…. Angle u ge test nimuny tha?

    1. Rsh says:
      November 13, 2017 at 9:16 am

      Rsh ge test nimihje so that’s why

  6. Fan says:
    November 13, 2017 at 9:32 am

    Test therey internet use kuryma fahn dheravn jehidhaane

  7. Angel says:
    November 13, 2017 at 10:07 am

    Hii readers… miduvx kolhu v v v v v bxy v maa thnkolhe lahun up kurevunyy…:) and btw liyumugai baivaru mistakes huredhaane if there is please let me know…….. and next prt vvv avahah up kohdheenan In Sha Allah …… and i hope you all will lyk thix prt and yes stry kuruvejjeyaamun vvvvvvvvvv bodah sryyy

    1. unlucky girl says:
      November 18, 2017 at 5:42 pm

      Kobaatha story ANGEL………CAN’T WAIT

  8. Angel says:
    November 14, 2017 at 3:38 pm

    Thanks

Comments are closed.

Next Episodeއެވްލީން 5←


All Right Reserved!