Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (16)

Mau Level 2100 Comments10 Stories
November 14, 2017 5 Mins Read
14 Comments

އާލާމެން ގެއަށް ވަތް އިރު އެކަކުވެސް ފެންނަން ނެތުމުން މީކާއީލް އަށާއި ފަޔާޒްއަށް ގެނައެއްޗިހި މޭޒުމަތީ ބަހައްޓައިފައި އާލާ ދިޔައީ ފަޔާޒް އަށް ގޮވަންށެވެ. ފަޔާޒް ކައިރި މީކާއީލް އޮންނާނެކަމަށް ހިތާ ޒިމްޔާއާއި މިޒްނާވެސް ފަހަތުން ދިޔައެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ދޮރު ހުޅުވައި ބަލައިލި ތަނުން ތިން މީހުންނައްވެސް ހުއްޓުން އަރާފައި ފެންނަން އޮތް މަންޒަރުން ހުއްޓުން އެރިއެވެ. މީކާއީލްވެސް މަތީގައި އިނދެފައި ޒިމްޔާމެން ގެއަށް ވަދެ ހޭ ވާހަކަ ދައްކާ އަޑައް ނިކުތެވެ. ފަޔާޒް މެން ކޮޓެރިއާ ހަމައަށް އަރާ ހަމަ ކޮއްފަ ފެނުން މަންޒަރުން މީކާއީލްއަށް ވެސް ވީ ޒިމްޔާމެންނައް ވީ ވަރެވެ.

………………………………………………………

ހުދު އެލީޝާ އަށް ވެސް ވީ އެމީހުންނަށް ވީވަރެވެ. އޭނައަށް ރަގަޅައް ކަމެއް ނުކުރެވެނީސް އެމީހުން އައީ އެވެ. އޭނަ އެޔޮއްވަރުން ކުރި ޕްލޭން ފަނިވީއެވެ. މީކާއީލް އެދިޔަގޮތައް ގޮސް އެލިޝާގެ އިސްތަށިގަނޑުގަ ހިފާ ހޫރާލިއެވެ. ފަޔާޒް އެހުރިހާ ކަމެއްވީ އިރުވެސް އަޅާ ނުލާ ލޯމަރައިގެން އޮތުމުން މީކާއީލް ފަޔާޒް ނަގާ ކޮޅައް ޖެހިއެވެ. ނަމަވެސް ފަޔާޒް އަކަށް ކޮޅަކަން ނުހުރެވެއެވެ. އޭނާ ވަނީ އެޔައްވުރެ މާ ބާރުގަދަ މަސްތުވާއެއްޗެއްގެ ވަސް ދައްކާފައެވެ. މީކާއީލްއަށް ވާނުވާ ކޮންމެސް ވަރަށް ރޭކާލައިފިއެވެ. މިޒްނާއާއި އާލާ ތިބީ ވާނުވާ ނޭނގިފައެވެ. މީކާއީލް މަންމަމެން ވެސްވީ މާމަ ބަލިވެގެން އިންޑިއާއަށް ފުރާފައެވެ. އެމީހުން ތިބި ނަމަ ގޭތެރޭ މިކަހަލަ ކަމެއް ކުރަން މާފަސޭހަ ފުރުސަތެއް ނުލިބޭނެކަން ޔަގީނެވެ.

“ހުރި ގޮތް ކުޑަކަން. ކަލޭ ކައިރި މަ ކިތައް ފަހަރު ބުނާނީ ނޫޅޭށޭ ފަޔާޒް ފަހަތުން. މީހުން ނެތް ގަޑި ބަލާފަ ހިތުން ތިއައީ މާ މޮޅު ރޭވުމެއް ރޭވައިގެންނެއްނު. މަގޭ ދޮންބެގެ ދިރިއުޅުމައް ވިހަލާން އުޅޭނެކަމެއް ނެތް. ޔަގީނޭ ފައިހާގެވެސް އަތެއް ވާނެ މިކަމުގަ. އެހެންޏާ. އާލާމެން މާލެ އައީއްސުރެ މިދޭތިން ހީވަނީ އެއްފުރާނައެއްހެން” މީކާއީލް ހުރީ ރުޅިއައިސްގެން ތުރު ތުރު އަޅަ އަޅައެވެ. އޭރު އާލާގޮސް ފަޔާޒް ގައިގައި ފޮތިގަނޑު އަޅާ ގައި ނިވާ ކުރިއެވެ. އޭރު އެލީޝާ އިނީ ބިރުން ހަދާނެ ގޮތް ހުސްވެފައެވެ. ހެއްދެވި ގޮތައް އެ އެންމެން ކުރިމަތީ އިންނަން ޖެހުމުން ލަދުގަންނަ ގޮތް ވިއެވެ.

“ކޯޗެއް ތި ފޮރުވަނީ؟ ކަލޭ އަތުގަ އޮތް ހުރިހާ އެއްޗެއް ދައްކާކަށްނު ބޭނުމީ” މީކާއީލް އަނެއްކާ އެލީޝާ އިސްތަށިގަނޑުގަ ހިފާ ކޮޅައް ނަގަމުން ބުންޏެވެ. ދެން ހިނގައިގަތީ ކޮޓެރިން އެލީޝާ ނެރޭށެވެ.

“ނޫން އަހަރެންގެ ހެދުން ލާންވެއްޖެ. ޕްލީޒް މިހެން ހުއްޓަ ނުނެރޭ” އެލީޝާއަށް މީކާއީލް ކުރާން އުޅުން ކަންތައް އިނގުމުން ރޮއެގަނެވުނެވެ.

“އެހު. ކަލޭ ބޭނުންވާނެ ގޮތް މީ. ހަނދާން ކުރާތި މި ދޮރުން އެތެރައް ނުވާނެ ވަދެގެންނެއް މީގެ ފަހުންނެއް. އަދި ކޮންމެހެން އަހަރެމެންގެ ދިރިއުޅުން ހަލާކު ކުރާނެކަމެއް ނެތް. އަން މިއޮތީ ހެދުން ލަންޔާ ލައިގެން ނުލަންޏާ ތި ހުރި ކޮތައް ދޭ ކޫޑި އަންހެނާ.” މީކާއީލް މިހެން ބުނެ ގޭ ދޮރު ބާރަކަށް ޖެހިއެވެ. އެގޭ ބޭރު ވަށާ ފާރުން ނުފެންނަކަން އެއީ އެލީޝާގެ ނަސީބެވެ. އެހެން ނޫންނަމަ އޭނާ މިއައް ވުރެ ލަދު ގަންނާނެއެވެ. ވީކަންތަކާވެސް ވިސްނާ ނުލާ އޭނައަށް ރުޅި އާދެވުނީ ފައިހާ ދެކެއެވެ.

މީކާއީލް އޭރުވެސް ހުރީ ރުޅިއައިސްގެން ހަލާކުވާވަރުވެފައެވެ. ޒިމްޔާއަށް މީކާއީލް ރުޅި މައިތިރި ކުރަން ހަދާނެ އެއްޗެއް ނޭނގިގެން ގޮސް ބައްދައިގަތެވެ. މިނޫނީ މިހާ ރުޅިއައިއްސަ ހުއްޓައެއް އޭނާއެއް ނުދެކެއެވެ. މީކާއީލްވެސް އެގޮތުގަ އިރުކޮޅަކު ހުރެފަ ވަނީ ފަޔާޒްމެން ކޮޓެރިއަށެވެ. އޭރުވެސް އާލާ އިނީ ރޮވިފައެވެ.

“ދޮންބެދައްތާ ދެރަނުވޭ. ގޯސް ނުހެދެނީސް ކިރިޔާއެ ސަލާމަތްވީ. ދޮންބެ އައް އެއްޗެއް ބޯންދީފަ ކަންނޭގެ އެއޮތީ.” މީކާއީލް ވަރަށް ކިޔައިގެން އާލާ ހަމައަކަށް އެޅުނެވެ. އޭރު ކިޔާންވެސް ޒިމްޔާ ބަލާއައިސް ހުއްޓެވެ. ކިޔާން ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީ އޮތް ރުމާލެވެ. އެ ނެގި އިރައް ފާޑެއްގެ ވަހެއް ދުވަން ފެށިއެވެ. ވަސް ގިނަ އިރު ޖެހުނީމަ ބޮލައް ގޮތެއްވާތީ އޭތި މީކާއީލްއަށް ދައްކާލިއެވެ.

“ސޯ މީގެ ވަސް ދައްކައިގެން ދޯ ދޮންބެއަށް އެވަރު ކޮއްފައެއޮތީ” މީކާއީލް ބޮލުގައި އަތް ހިންގާލަމުން ބުންޏެވެ.

“ދެން ދޭ ޒިމް ގޮވައިގެން. ނިދައްޗޭ ރަގަޅައް” މީކާއީލް ކިޔާންއަށް ބަލާލަމުން ޒިމްޔާ ގައިގައި ކުޑަކޮއް ބައްދާލަމުން ބުންޏެވެ.

………………………………………………………

“ކިހާ ދެރަކަމެއް. ކަލޭ ޖެހޭނެ ދޯ ބަލަން މަށޭ އެ އެންމެން ތެރޭ ލަދުގަންނަން ޖެހުނީ ކަލޭ ކުރާނެ ކަމެއް ކޮއްފަ ގެއައް ގޮސް އަރާމުގައެއްނު ތިއޮތީ.” ފައިހާ ފޯނު ނެގި އިރައް އެލީޝާ ހަޅޭއްލަވައިގަތެވެ.

“މަށައް ކިހިނެއްތަ އިނގޭނީ އެމީހުން ކުރިން އަންނާނެ ކަމެއް. ކަލޭ ފޯނު ނުނެނެގީ އެމީހުން މަގުމަތިން ފެނުން ބާރަށް މަ ގުޅިން. އަޅޭ ހޭބަލިވެފަ ވިއްޔަ ހުންނަނީ. އަދި ފުއަޕައެއްނު އެބަ. ޝުކުރު ކޮއްބަލަ މަ ބޭބެއެއްގެ ދިރިއުޅުމައް ނުބަލާ ކަލޭ ތިކުރާ ކަމައް އެހީވީމަވެސް” ފައިހާވެސް ވަކި ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

“އާޗާ. ބޭބެ. އެކަމެއް ނޭނގެ ދޯ ބޭބެ އަކާ ހިތާވެފަ އޮން އިރަކު” އެލީޝާ މަލާމަތް ކޮއްލިއެވެ.

“މަމީ ކަލެއެއް ނޫން ރެއަކު މީހެއްގެ ތަންމަތި ފަޅުފިލުވަދޭކަށް” މިހެން ބުނެ ފައިހާ ފޯނު ކަނޑައިލިއެވެ.

………………………………………………………….

ހެނދުނު ހޭލިގޮތަށް މީކާއީލް އިނީ މޫޑް އޮފްވެފައެވެ. މީގެ އަހަރެއް ކުރިން އޭނާ އެޕްލައި ކުރި ކޯސް ލިބުން ކަމުގެ މެސެޖް މެއިލް އިން ލިބުމުންނެވެ. ޒިމްޔާ ދޫކޮއްލާފަ ދެއަހަރަށް ދާން ޖެހުމުން ހިތް ނުތަނަވަސް ވަނީއެވެ.  އޭނާ ހަނދާންވީ ފަޔާޒް ވެސް އޭނާއާއި އެކީ އެ ކޯހައް އެޕްލައި ކުރި ހަނދާނެވެ. އަވަހަށް ފެން ވަރައިގެން ތިރިޔައް ގޮސް ފަޔާޒްމެން ކޮޓެރީގައި ތަޅައިގަތެވެ.

“މީކް ދޯ. ތާކު ރޯވީތަ މާ ބާރަކަށް ތި ތަޅަނީ؟” އާލާ ބޮލުގައި ފުނާ އަޅަމުން ބުންޏެވެ.

“ކޮބާ ދޮންބެ. މީކްއަށް ކޯސް ލިބިއްޖެ” މިކްޔަން މިހެން ބުނުމުން އާލާ ފަޔާޒް އަށް ވެސް ލިބުން ކަމުގެ މެސެޖް އައޭ ބުންޏެވެ. އޭރު ފަޔާޒް ފާހާނައިން ނިކުންނަނީއެވެ.

“ފައިނަލީ ލިބިއްޖެ ދޯ ކޯސްވެސް. ނެކްސްޓް މަންތްގަ ދޯ ފެއްޓެން އިނީ. މިވިސްނަނީ އާލާމެންވެސް ގޮވައިގެންނޭ ދާނީ. މަންމަމެންވެސް ދާނެ އަހަރެމެން ދެމީހުން ދަންޔާ” ފަޔާޒް މީކާއީލް ކައިރި އިށީންނަމުން ބުންޏެވެ.

“ހުމް. އެކަމު ޒިމްޔާ” މީކާއީލް ބޮލުގައި އަތްކާއްތާލަމުން ބުންޏެވެ.

“ހުމް. މެރީ ކުރަންވީނު”

“ނޫން. ޒިމް ކިޔަވައި ނިމުނީމައޭ ބުނީ.” މީކާއީލްވެސް ކައިވެނި ކުރަން ބޭނުމެވެ. ނަމަވެސް ޒިމްޔާއަށް ދިމާވި ކަންތައްތަކުން ޒިމްޔާ ބޭނުންވަނީ އަމިއްލަ ފައި މައްޗައް ތެދުވަން ކަން އޭނާގެ ވާހަކަ ތަކުން އިނގެއެވެ.

“މީކް އަށް ވެއިޓް ކުރާނެ އެއްނު. އެހެން ނޫނަސް އާދެވޭނެ އެއްނު ސެމް ބްރޭކް ގަވެސް. ޒިމްވެސް އުފާވާނެ މީކް މޮޅައް ކިޔެވީމަ” ފަޔާޒް މީކާއީލް ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

“އެކަމް ފާޑަކަށް ހިތް ނުތަނަވަސް ވަނީ” މީކާއީލް ހިތާވީ ދިމާލުގަ އަތް އަޅާލަމުން ބުނެލިއެވެ.

“ތިހެންވެސް ވާނެ ލޯބިވީމަ. ޒިމްއާއި ތި ވާހަކަ ދައްކާލާދެން” ފަޔާޒް ބުނެލިއެވެ. މިހެން ބުނެ ތިން މީހުން ސައިބޯން ދިޔައެވެ.

ސައިބޯން ދިޔަތަނުން ގޭގެ ބެލް ޖަހާތީ މީކާއީލް ގޮސް ބެލިއިރު ފައިހާގެ މަންމަ ފަރުޒާނާއެވެ.

“އަހަ ކުޑާއްތަ ކިހިނެއް” މީކާއީލް ހީލަމުން ބުންޏެވެ. އޭނާ ހަނދާންވީ ރޭގެ ހާދިސާއެވެ. ފަރުޒާނާއަށް އެވާހަކަ ކިޔައިދެން ނިންމިއެވެ.

“ހަމަ އައިސްލީ މިތާ ކައިރި ފިހާރަ އަކަށް ވަދެލަމުން.” ފަރުޒާނާ ފާޑަކަށް އާލާއާއި ދިމާއަށް ބަލާލަމުން ބުންޏެވެ.

“ކުޑާއްތަ އާދޭ ސައިބޯން” އާލާ ފަރުޒާނާއަށް ގޮވާލަމުން ބުންޏެވެ.

“ނޫނޭ ސައި ބޮއެގެން މިއައީ. ދެން ގޮސްލަނީއޭ” މިހެން ބުނެ ދާން ހިނގައި ގަތް ތަނުން މީކާއީލް ގޮވާފަ އެވާހަކަތައް ކިޔައި ދިނެވެ.

“ދެން ތީގަ ފައިހާގެ ކަމެއް ނެތެއްނު. އެކަމެއް އެ ކުރީ އެލީޝާއެއްނު” ފަރުޒާނާ ހިތް ހަމަ ނުޖެހިފައި ބުންޏެވެ.

“އަހަންނައް ހަމަ ޔަގީން ފައިހާގެ އެހީއަކާ ނުލާ މާފަސޭހައިން މިގެއަކަށް އެލީޝާއަކަށް ނުވަދެވޭނެ” މީކާއީލް މިހެން ބުނުމުން ފަރުޒާނާ ތިކަމެއް ބަލާނަމޭ ބުނެ ބޭރައް ނިކުތެވެ.

“ހުއް އަދި މަށައް ސައިބޯން ގޮވައިފިއެއްނު” އޭރު ފަރުޒާނާ ހުރީ ވަރަށް ރުޅިއައިއްސައެވެ. އެދިޔަ ގޮތައް ގޮސް ގެއަށް ވަދެ ބާރަކަށް ފައިހާ އަށް ގޮވައިގަތެވެ.

“އޯތް މަންމާ. ހާދަ ބާރަކަށޭ ތި ގޮވަނީ” ފައިހާ ކޮޓެރިން ނިކުންނަމުން ބުނެލިއެވެ.

“ބާރަށް ގޮވާނެއެއްނު. ކަލޭ ގާތު ކިތައް ފަހަރު ބުނާނީ އެލީޝާއަށް އެކަންތައް ކޮއްދެން ނޫޅޭށޭ. އޭނާ އަމިއްލައަށް ފަޔާޒްއާއި އާލާ އާ ދުރު ކޮއްފާނެއެއްނު. ކަލޭ މަސައްކަތް ކޮއްބަލަ މީކާއީލްގެ ހިތް ހޯދަން. މީކާއީލް މަ އެގެއައް ވަތް ބާރަށް ބުނެފި ފައިހާގެ އަތެއްވެސް ވާނެއޭ.” ފަރުޒާނާ ރުޅިއައިއްސަ ބުނެލިއެވެ.

“މަންމާ. މަށައް ކިހިނެއް ހޯދޭނީ. އެ ޒިމްޔާއަކާ ރައްޓެހިވި ފަހުން އަބަދު އޭނަ ފޫބުޑުގަ. ބޮޑު ކަމެކޭ. ނޭނގެދެން މަށަކަށް” ފައިހާ ސޯފާއަށް ވެއްޓިގަންނަމުން ބުންޏެވެ.

“ކަލޭމެން ރޭ ރޭވި ގޮތައް ހަމަ ކޮންމެސް ގޮތަކުން ދުރު ކުރެވޭނެ.” ފަރުޒާނާ މިހެން ބުނުމުން ފައިހާ ކޮޓެރިއާއި ދިމާއަށް ހިނގައިގަތެވެ.

……………………………………………….

“ދެން. މީކް. ދާނީއޭ. ޗުއްޓީގަ އަންނާނަމެއްނު. ޒިމް ވެއިޓް ކުރާނަމޭ” ހުޅުމާލޭގެ ހިތްގައި ގޮނޑުދޮށުގައި ޒިމްޔާއާއި މީކާއީލް ވާހަކަ ދައްކަމުން ދިޔައެވެ.

“ފާޑަކަށް ބިރުގަންނަނީ. ހީވަނީ ޒިމް ގެއްލޭނޭ” މީކާއީލް ޒިމްޔާގެ އުނގުގައި ބޯ އަޅާލަމުން ބުންޏެވެ.

“ހެހެހެހެ. ދުރުގަ ހުއްޓަސް ހަބަރު ވެވޭނެ އެއްނު ދެން ޒިމް އުފާވާނެއޭ ޒިމްގެ މީކް މޮޅު ކުއްޖަކަށްވީމަ” މީކާއީލްގެ އިސްތަށިގަނޑާ ކުޅެމުން ޒިމްޔާ ބުނެލިއެވެ. ހިތަ ހަމަ ޖެހިގެން ހުއްޓަސް ޒިމްޔާވެސް ހިތް ބިރުގަނެއެވެ. އެކަމަކު އޭނާ އާ ހެދި މީކާއީލްގެ ކިޔެވުމައް ބުރުއަރާކަށް ބޭނުމެއް ނޫނެވެ.

“އޯކޭ. އެކަމް ޒިމް ޖެހޭނެ ހަމަ ކޮންމެ ދުވަހަކު މީކްއާއި ވާހަކަ ދައްކަން އިނގޭ.” މީކާއީލް ޒިމްޔާގެ ލޮލަށް ބަލާލަމުން ބުންޏެވެ. މީކާއީލް ތެދުވެ ޒިމްޔާ މޭގައި ޖައްސާލައިގެން އިނެވެ.

“ޒިމް ލަވައެއް ކިޔާދީބަލަ” މީކާއީލް މިހެން ބުނުމުން ޒިމްޔާ ނޭނގެއޭ ބުނެލިއެވެ.

“ހެހެހެހެ. ހަމަ ލަދުން ނުކިޔަދޭން.” ޒިމްޔާ އަތުގައި ހިފާލަމުން މީކާއީލް ބުންޏެވެ.

“މީކް ކިޔާދީބަލަ ލަވައެއް” ޒިމްޔާ މީކާއީލް އަތައް ބާރު ކޮއްލަމުން ބުންޏެވެ.

“ފުން މިނުން ހިތުގެ މިވާ ލޯބި ކިޔާދޭ ހިތްވޭ

ކޮންމެ އުފަލެއްމެ ތިފައި ދަށުގައި ބަހައްޓާ ހިތްވޭ”

“ވާވް ހާދަ ރީއްޗޭ ލަވަ ކިޔާ ގޮތް. އަދި އަޑުވެސް ނާހާ ލައައެއްތީ.” ޒިމްޔާ މިހެން ބުނުމުން އެލަވަ މީކާއީލް ކިޔަން ފެށިއެވެ. ހިތުގެ އެންމެ ފުންމިނައްވެސް އަސަރު ކުރިއެވެ.

……………………………………………………..

ދުވަސްތައް ފާއިތުވަމުން ގޮސް މީކާއީލްމެން ފުރާ ދުވަސް ޖެހުނެވެ. އެންމެން ތައްޔާރުވަމުން ދިޔައީ މެންދުރު އެއާޕޯޓައް އެމީހުން ފުރުވަން ދާށެވެ. ޒިމްޔާވެސް ދެރަވިޔަސް ނެތް ހިތަވަރުލައިގެން އެހުރީ އޭނާގެ މީކާއީލް އަށްޓަކައެވެ.

“އޭ މީކް ދީބަ މީކްގެ ފޯނު. ފައި ފޯންގަ ބެލެންސްއެއް ނެތް ކުއްޖަކަށް މެސެޖް ކޮއްލަން.” ފައިހާ މިހެން ބުނުމުން އެއްވެސް ހިޔާލެއްނެތި ފޯނު އަންލޮކް ކޮއްފަ ދިނެވެ. މީކާއީލްއަށް ނޭނގުނީ މިދެވުނީ އޭނާއާއި ޒިމްޔާގެ ގުޅުމަށް ބުރުއަރާ ފަދަ ކަމެއް ކުރަން ކަމެވެ. އިރުކޮޅަކުން ފައިހާ މީކާއީލް އަތައް ފޯނު ދިނެވެ. އޭނަގެ ތުންފަތްމަތީވީ ކާމިޔާބީގެ ހިނިތުންވުމެވެ. ސޯފާގައި އިން ޒިމްޔާއަށް ބަލާލީ ވިހަ ހިނިތުން ވުމަކާއެކީއެވެ.

“ކޮބާ ހިނގާ އަވަހައް ދާން. ޗެކިން ގަޑި ފެށޭން މިހާރު އެއުޅެނީ. ފަޔާޒް ކޮނޑުގައި ދަބަހެއް އަޅުވާލަމުން ބުންޏެވެ.

އެންމެން ގެއިން ނިކުތުމުން މީކާއީލް އޭނަގެ ކޮޓެރިއައް ޒިމްޔާގެނެސް ބާރަކައް ބައްދާލިއެވެ.

“ޒިމް މީކް އަންނާނައް ވަރަށް އަވަހައް ވެއިޓް ކުރައްޗޭ މީކް އަށް. ވަރަށް ލޯބިވޭ. ކޮންމެ ދުވަހަކު ގުޅާނައް” މީކާއީލް އެހުރި ގޮތައް ހުރެ ބުނެލިއެވެ. އެގޮތުގަ އިރުކޮޅަކު ހުރެފަ ދެމީހުންވެސް ހިނގައިގަތީ ބޭރައްދާށެވެ. މީކާއީލް މެން ފުރުމުން ޒިމްޔާވެސް ކިޔާންއާއި އެކީ ގެއައް ދިޔައީ ހިތް ރޮމުންދާ ހާލުގައެވެ.

ފަސްމަސް ހޭދަވެގެން ދިޔައީ ވަރަށް ހިތް ހަމަ ޖެހިގެންނެވެ. މީކާއީލްއާއި ޒިމްޔާވެސް ދުރުގަ ހުއްޓަސް ދިޔައީ އެމީހުންގެ ގުޅުން އިތުރައް ކުރި އަރަމުންނެވެ. އެއްދުވަހަކު ޒިމްޔާއަށް ނުދަންނަ ނަންބަރަކުން ފޮޓޯ ތަކެއް ފޮނުވިއެވެ. ނަމަވެސް ވައިފައި ސްލޯ ކަމުން ލޯޑު ނުވެގެން ޒިމްޔާ ދިޔައީ ކިޔާންއާއި އެކީ ފިހާރައަކަށް ދާށެވެ.

ދަންވީ އިރުވެސް މީކާއީލް އޮތީ ޒިމްޔާއަށް ގުޅައިގެން ވާހަކަ ދައްކާށެވެ. މާދަން ޔުނީވާސިޓީއަށް ހެނދުނާދާން ޖެހޭތީ މީކާއީލްވެސް އުފާވެރި ރޭގަނޑަކަށް އެދެމުން ފޯނުބޭއްވިއެވެ. މީކާއީލް ފޯނުބޭއްވުމުން ޒިމްޔާ ނިދަން އޮށޯވެފަވެސް ނުދަންނަ ނަންބަރުން އެއްޗެއް ފޮނުވިކަން ހަނދާން ވުމުން އެ މެސެޖްބައި ވައިބާއިން ހުޅުވާލިއެވެ. އެމީހެއް ފޮނުވާފަ ހުރި އެއްޗިހިތައް ބަލަމުން ދިޔައިރު ޒިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮއްގެންނެވެ. ހުރިހާއެއްޗެއް ބަލާ ނިންމާފައި ބާރަކަށް ރޮއެގަނެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

އެއްފަހަރު… އަދި އެއްފަހަރު (1)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (4 ވަނަ ބައި)

Next
November 14, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (4 ވަނަ ބައި)

Previews
November 14, 2017

އެއްފަހަރު… އަދި އެއްފަހަރު (1)

14 Comments!

  1. SJK...KOREAN says:
    November 14, 2017 at 9:12 pm

    me first tha??? 😀

    1. Mau says:
      November 14, 2017 at 9:33 pm

      Yes 🙂

  2. Mai says:
    November 14, 2017 at 9:21 pm

    Varah loabi ven next part

    1. Mau says:
      November 15, 2017 at 1:58 am

      Thanks. Tmmrw

  3. Rsh says:
    November 14, 2017 at 9:23 pm

    WOW V Reethi . alhey dhen kihinai vaany…….

    1. Mau says:
      November 14, 2017 at 9:33 pm

      Lets see dho 😉

  4. PRINCESS AFU says:
    November 14, 2017 at 10:07 pm

    Nice ?? dhn vaany kihineh baa ? ?

    1. Mau says:
      November 14, 2017 at 10:21 pm

      Hehe. Tmmrw ingeyne dho. Thankyou Afu 😀

  5. Juma says:
    November 14, 2017 at 10:39 pm

    Hii mau. … hws u???? N heevany vrh avas aruvaalaafa hen liyefa mee dhw????? eba huri mistakes like thinmeehunnah vx huttun araafai fennan oii manzarun huttun eri eve. .. Dhen name vx .last pareviewed ga vx in name nubaikoh…. anehhen ok n story kiyanee vrh kiyaa hithun. ..vrh reethi??? gud nyt n waiting for the next part ?❤?❤??

    1. Juma says:
      November 14, 2017 at 10:41 pm

      Last part ga *

    2. Mau says:
      November 15, 2017 at 12:18 am

      Im great. hby juma? Avas aruvaalaafa hen dho heevany, ehenneh noon, mi part check nukollaa upload kohllevifa mi iny 🙂 Thankyou. Mistake eh inihyaa bunedheythy.?❤

    3. Juma says:
      November 15, 2017 at 8:53 am

      I’m ok n nexterm part kon irakun tha????

    4. Juma says:
      November 15, 2017 at 8:53 am

      I’m ok n next part kon irakun tha????

    5. Mau says:
      November 15, 2017 at 5:50 pm

      Today i uploaded a new part 🙂

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (17)←


All Right Reserved!