
ވޭންތަކުން ދިން ހިތި މާޒީ (17)
އެމީހެއް ފޮނުވާފަ ހުރި އެއްޗިހިތައް ބަލަމުން ދިޔައިރު ޒިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮއްގެންނެވެ. ހުރިހާއެއްޗެއް ބަލާ ނިންމާފައި ބާރަކަށް ރޮއެގަނެވުނެވެ.
……………………………………….
“ނުން ނޫން މި ނުވާނެ ތެދަކައް” ޒިމްޔާ އެކަނި އިނދެގެންވެސް ވާހަކަދައްކަން ފެށުނެވެ.
“ކީއްވެ ކީއްވެ އަބަދު މިހެން މަށައް ވާންވީ؟ އުފަލެއް ނެތީތަ މިހިތައް ދުވަހަކުވެސް” ޒިމްޔާ މޭގައި އަތް އަޅާލަމުން ބުނެލެވުނެވެ. މިއަދު ދުވަހަކު ހިތައް އަސަރު ނުކުރާ ވަރަށް ޒިމްޔާގެ ހިތައް އަސަރު ކުރިއެވެ. ޒިމްޔާ އެތައް ފަހަރަކު އެ އެއްޗިއްސައް ބަލަމުން މީ ދޮގަކައް ވާނެ ނަމައޭ ކިއެވެ. ސިއްސައިގެން ގޮސް ފޯނު އެދުމައްޗައް ދޫވީ މީހަކު ބާރަކައް ދޮރުގައި ތަޅާތީއެވެ.
“ޒިމްއޭ. ދޮރު ހުޅުވަބަލަ. ކީއްވެތަ މާބާރަކަށް ތި ރޮނީ” ކިޔާން ހާސްވެފަ ދޮރުގަ ތަޅަން ފެށިއެވެ. އޭނާގެ ލޯބިވާ ކޮއްކޮއައް ކޮންމެސް ކަމެއްވެއޭ ހިތާ ޒިމްޔާ ދެކިލުމައް ކޮޓެރި ކައިރިއަށް އައުމުން އިވުނީ ޒިމްޔާގެ ވޭނީ ރުއިމުގެ އަޑެވެ. ޒިމްޔާ ދޮރު ހުޅުވުމުން ކިޔާން އެތެރެއަށްވަނެވެ. ޒިމްޔާއަށް ކިޔާންގެ ގައިގައި އޮޅުލައި ގަނެ ރޯން ފެއްޓިއެވެ. ކިޔާން މެއައް ގޮތެއް ވެގެން ދިޔައެވެ. ދުވަހަކުވެސް ޒިމްޔާ އެހާ ހިތް ދަތިވެގެން ރޯ ތަނެއް އޭނާ ނުދެކެއެވެ. ކިޔާން އަށް ހުރީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. ޒިމްޔާ ރޯނެ ވަރަކަށް ރޯން ދޫކޮއްލީ އެހިތައް ހަމަޖެހުމެއް ލިބޭނީ އެ ވޭންތައް ކަރުނައިގެ ސިފައިގަ ދޫކޮއްލީމައެވެ. ނަމަވެސް ކިޔާންއަށް ނޭނގުން ކަމީ ޒިމްޔާއެރޮނީ ކޮންކަމަކާކަމެވެ.
“ހޭ. ދެން ހުއްޓާލާ ޒިމް. ބުނެބަލަ ވީ ގޮތް. ކިޔާންބެ ހީކުރީ ޒިމް ކައިރިއަށް މީހަކު ވަދެ ކަމެއް ކުރަނީއޭ. އެހެންވެ ރޯތީ މާބާރަކަށް އެ ތެޅުނީ ދޮރުގަ” ކިޔާން މިހެން ބުނުމުން ޒިމްޔާ ދުރައް ޖެހިލިއެވެ. އޭރުވެސް ޒިމްޔާ ރުއިން ނުހުއްޓެއެވެ. އެނދުގައި އޮތަ ފޯނު ނަގާ ދިއްކޮއްލިއެވެ. ކިޔާން ފޯނު ދިނުމުން ބަލަން ފެށިއެވެ.
“ވަޓް ހައު ޑެއާ. މީކާއީލްތަ؟ ނުވެސް ހީވޭ. ވަޓް ވަޓް ވާޓް” ކިޔާން އަށް ރުޅި އާދެވުނެވެ. އޭނާގެ ކޮއްކޮއަށް އެހާ ބޮޑު ދެރައެއް ދޭން ލޯބިވެއޭ ކިޔައިގެން ދަޅަ ދެއްކީ ކީއްވެބާވައެވެ. އެފަކީރަށް ލިބުންއަނިޔާތައް އަދިވެސް މަދުވެގެން ބާވައެވެ. ފޯނުގަ އޮތީ މީކާއީލް އަންހެން ކުއްޖަކަށް ކޮއްފަ އޮތް މެސެޖް ތަކެކެވެ. ޒިމްޔާދެކެ ލޯބި ނުވާކަމާއި. އެރަށައް ގޮސް ފޫހި ފިލުވަން ރައްޓެހިވި ކުއްޖެއް ކަމެވެ. ޒިމްޔާ މާލެއައުމުން އޭނައަށް އެކުއްޖާއަށް ވަގުތު ނުދެވޭތީ ޒިމްޔާދެކެ ފޫހިވާ ވާހަކައެވެ. ލިބޭ ޗުއްޓީއަކު އައިސް އެކުއްޖާއާއި އިންނާނެވާހަކައެވެ. ޒިމްޔާ އުޅެނީ އޭނަގެ ފައިސާއަށް ކަމައް ބުނެފައޮތެވެ. ޒިމްޔާ ވެސް އޭނަ ދެކެ ލޯތްވެއް ނުވާކަމެވެ. ވަގައް އެތައް ފިރިހެނުންނާ ގުޅުން ހިންގާ ވާހަކަ އޮތެވެ. ދެން ހުރީ އެ ކުއްޖެއް ދެކެ ލޯބި ވާ ވާހަކައެވެ. ލަވް ޖަހާ ސޭވް ކޮއްފަ އިން އިރު ދެން އިނީ ތިރީގަ މީކާއީލްގެ ނަންބަރެވެ.
“ކީއްވެ އަބަދު އަހަންނައް މިހެންވަނީ. އަހަރެން ލޯބިވާ އެކަކުވެސް އަހަންނެއް ބޭނުމެއް ނުވޭ” ޒިމްޔާ ރުއިމުގެ ތެރެއިން ބުންޏެވެ.
“ޒިމް އެކަމާ ދެން ނުވިސްނާ. މިހާރު މިގަޑި މިގުޅަނީ މީކާއީލްއަށް. އެހެން ހަމަ ޖެހިފައެއް ނުހުރެވޭނެ ޒިމްއައް ދެރައެއްދީފައެއް” ކިޔާން އަށް ރުޅިއައިސްގެން ހުރެވެނީއެއް ނޫނެވެ. ކައިރި މީކާއީލް ހުރި ނަމަ ޔަގީނުންވެސް އޭނަ އަތުން މަރުވީހެވެ. ކިޔާފައި ހުރި އެއްޗިހިން އިތުރަށް މީކާއީލް ރުޅި ގަދަ ވަމުން ދިޔައެވެ.
“ނޫން. ނުބުނާތި އެކެއްޗެއްވެސް. ހަމަ މީ ތެދަކައްވެސް ނުވަދާނެ އެއްނު” ޒިމްޔާ އައް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. ކިޔާން އުޅުން ގޮތުން އެކަހަލަ ކަމަކައް ޝައްކެއްވެސް ނުކުރެވެއެވެ.
“ޒިމް. ހަގީގަތް ވާނީ ހަގީގަތައް. މީކާއީގެ ނަންބަރު ޔަގީނުން ވެސް މީ. ބުނޭ ދެން އިތުރައް އުޅޭކަށް ބޭނުމެއް ނޫނޭ.”
“ނޫން. ނުވާނެ ތިކަމެއް ޒިމް މޮޔަވެދާނެ” ޒިމްޔާ ހުރިތަނައް ތިރިވަމުން ބުންޏެވެ.
“ޒިމްތީ ނުލާހިކު ބްރޭވް ކުއްޖެއް. ޒިމްއަށް ވާނެ. ޒިމް އާއެކީ އުޅޭ ހިތަކުން ނޫން އޭނަ އެއުޅެނީ. ޒިމް ރުޅިވޭތޯ އެހުންނަނީ” ކިޔާން އަށްވެސް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް ހަގީގަތް މިއޮތީ ފެންނާށެވެ. މީކާއީލގެ ފޯނުން އިތުރު މީހަކަށަ މެސެޖެއް ނުކުރެވޭނެއެވެ.
“އޯކޭ. އެކަމް ކިޔާންބެ ނުވާނެ އެއްވެސް މީކްއާއި ދިމާއައް އެއްވެސް އެއްޗެއް ބުނެގެންނެއް” ކިޔާން މިކަމައް އެއްބަސް ވިއެވެ.
“ޒިމް ތި ނަންބަރ ބަދަލް ކުރަން ވާނެ މާދަން އޭނައަށް މެސްޖް ކޮއްފަ އެކަހަލަ މަކަރުވެރިން އުޅޭނެ ބޭނުން ނުފުއްދި އޮތީއާ އަދިވެސް ގުޅެން. ދެން އަވަހައް ނިދާލާ” ކިޔާން ޒިމްޔާ ނިދަން އޮށޯވެތުމުން ތަޅުލާފައި ދިޔައެވެ. ޒިމްޔާއަށް ނިދުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. އެހުރިހާ އިރު މީކާއީލް ކަންތައް ކުރި ގޮތުން ގިސްލާފަ ރޯން އޮތެވެ. ނިދަމުން ވައިބާއިން މީކާއީލްއަށް މެސެޖް ކުރިއެވެ.
“ޒިމް ދުވަހަކުވެސް ހިޔެއް ނުކުރަނ މީކް ތިކަހަލަ ގޮތަކައް ޒިމް އާއި ދޭތެރޭ ކަންތައް ކުރާނެ ކަމަކައް. މީކް އައް ހީވީ ދޯ ޒިމްޔާ އަކީ ރޭޕް ވެފަ ހުރި ކުއްޖެއްވީމަ އެކަހަލަ ކަންތައް ވާނެއޭ. އިރާދަ ކުރެއްވިއްޔާ މިފަހަރު ގޯސ ނުވަނީސް ޒިމްއައް ހުރިހާއެއްޗެއް އިނގިއްޖެ. މީކާއީލް އާއި މީކާއީލް ގެ ގާލް ފްރެންޑްއާއި އެކީ ރީއްޗައް އުޅޭ. ޒިމް ނޫޅެން މީކް ގެ އެއްވެސް ފައިސާއެއްވެސް ހޯދާކައް. ޒިމް ނުކުރާ ކަމެއް ޒިމް ބޮލުގަ އެޅުވީމަ އިތުރައް ދެރަވި، ޒިމް އެހެން މީހުންނާއެކީ ގުޅުން ހިންގަމުނެއް ނުދުވަން. ތެންކިއު ތި ދިން ހަދިޔާއަށް. ގުޑް ބައި” މިހެން ކިޔާ ހުރިހާ އެޕް އެއް އަން އިންސްޓޯލް ކޮއްލިއެވެ. ފޭސްބުކް އެކައުންޓްވެސް ޑީއެކްޓިވޭޓް ކޮއްލިއެވެ. ސިމް ކޮޅުވެސް ނަގައި ހަލާކު ކޮއްލިއެވެ.
ކިޔާން ހެނދުނު ހޭލައިގެން ދިޔައީ ޒިމްޔާގެ ހާލެއް ބަލައިލާށެވެ. ޒިމްޔާ އޮތީ ހުމާ ފިހެ ފިހެ އެވެ. ކިޔާން އޮފީހައް ދަމުން ދިޔައީ ޒިމްޔާއަށް ސައިބޯން ދީފަ ބޭސްވެސް ކާންދީފައެވެ. ޒިމްޔާ ބެލީ ނިދޭތޯއެވެ. އޭނާ އެވިސްނުން ވިސްނަން ބޭނުން ނުވާކަހަލަ އެވެ. މިއަދު އޮފީހައް ނުދިޔައީވެސް އެހެންވެގެންނެވެ. ކިޔާން އޮފީހައް ގޮސްވެސް ވިސްނެނީ މީކާއީލއާއި ޒިމްޔާއާއި ދޭތެރޭއެވެ. އެކަހަލަ އެއްވެސް ކަމެއް ކުރާ ކަމަކައް ޝައްކެއްވެސް ނުވާތީއެވެ. ބްރޭކް ގަޑި ޖެހުމުން ބޯ ހާސްކަން ފިލުވަން ގުޅާލީ ޒައިދާން އަށެވެ. ޒައިދާން އަކީ މާލެ އައިފަހުން ކިޔާންގެ އެންމެ ގަތް އެކުވެރިއާއެވެ.
“ބްރޯ ހާދަ ހާސްވެފަހެން ހީވެއޭ” ޒައިދާން ކިޔާން ކައިރިއައް ހުއްޓެމުން އަހާލިއެވެ.
“ހާސް ވެސްވާނެ ދޯ. ހިނގާބަލަ ކޮފީއަކަށް” މިހެން ކިޔައި ބަރިސްޓާއަށް ދެމީހުން ހިނގައިގަތެވެ.
“ހުމް. ކިހިނެއްވީއޭ. ބިޓެއް ކެޓިތަ؟” ޒައިދާން ދިމާކޮއްލިއެވެ. ޒައިދާން މިހެން ބުނުމުން ނޫނެކޭ ބުނެ ވީގޮތް ކިޔައިދޭން ފެށިއެވެ.
“އަސްލުތަ؟ ކޮން މީކާއީލްއެއް. މަގޭ ވެސް ފްރެންޑެއް ހުންނާނެ މީކާއީލް ކިޔާ. އޭނަ ނޫޅޭނެ ތިހެންނެއް އެކަމް. އަޅޭ ޒިމްއައް މުޅިން ދެރަ ކަންތައް ދޯ ދިމާވަނީ” ޒައިދާން އައްވެސް މިވީ ދުވަސް ކޮޅުތެރޭ ޒިމްޔާ ވަނީ ވަރަށް ރަގަޅައް ދަސްވެފައެވެ. އޭނާވެސް ޒިމްޔާ ދެކެނީ ހަމަ ކޮއްކޮއެއް ގޮތަށެވެ. އެވަގުތު ކިޔާންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ މީކާއީލް ކަމުން ޒައިދާންގެ މޫނައް ބަލައިލެވުނެވެ.
“ނަގާ ނަގާފަ ބަވާލާ” ޒައިދާން އިންގޮތައް އިނދެ ބުނެލިއެވެ.
“ހަލޯ އޭ ކިޔާންބޭ ދީބަލަ ވަރަށް އަވަހައް ޒިމްއަތައް ފޯނު” މީކާއީލް ހުރީ ވަރަށް ހާސްވެފަ ކަން އަޑުންވެސް އިނގުނެވެ.
“ބުނަން މުހައްމަދު މީކާއީލް. ކޮންމެހެން ޒިމްޔާ ހޯދާކަށް ގުޅާނެކަމެއް ނެތް. ކަލޭ ތިގަންނަ ގަނޑު މިހާރު އަހަރެމެންނައް އެބަ އިނގޭ. ޒިމްޔާ ނުދާނެ ކަލޭ ފަހަތަކުންނެއް ދެނެއް. އަދި ކަލޭގެ ތި އެންމެ ރާރިއަކުވެސް ޒިމްއެއް ނުޖެހޭނެ. ކަލެއައް މަ ކޮއްކޮ ނޫން މީހެއް ނުފެނުނީތަ އެހެން ހަދަން؟” ކިޔާން ގެ އަޑުންވެސް ރުޅިއައިއްސަ ހުރިކަން އިނގުނެވެ.
“އަހަރެން ކޮން…..”
“ބުނަން ކޮންމެހެން ބަހަނާތަކެއް ދައްކާނެ ކަމެއްނެތް. ޒިމްޔާ ހޯދަން ދެން ނުގުޅާތި.” މީކާއީލް އަށް އެއްޗެއް ރަގަޅައް ނުބުނެވެނީސް ކަނޑާލިއެވެ. މީކާއީލްގެ ހާލަކީތޯއެވެ. ކިޔާންއަށް ހަމަ ގުޅަނީއެވެ. ނަމަވެސް ފަހުން ކިޔާން އިނީ އޭނާ ބްލޮކް ކޮއްލާފައެވެ.
“އަޅޭ މިވަނީ ކިހިނެއް. ޒިމް ޕްލީޒް ފޯނުވެސް ނިއްވާލާފައޭ” މީކާއީލްއަށް ރޮވެން އުޅުމުން ޔުނުވާސިޓީ ފާހާނައަށް ވަނެވެ. މީކާއީލް އަވަސް ކޮއްލާފަ ފާހާނައައް ދިޔަތަން ފެނި ފަޔާޒްވެސް ފަހަތުން ދިޔައެވެ. ފަޔާޒް ފާހާނައަށް ވަތް އިރު މީކާއީލް އިނީ ރޮވިފައެވެ.
“އޭ މީކް ކިހިނެއްވީ؟”
“ނޭނގެ ދޮންބޭ ނޭނގެ” މީކާއީލް ފަޔާޒް ގައިގައި އޮޅުލައިގަންނަމުން ބުންޏެވެ. އަދި ވީ ގޮތް ކިޔައި ދިނެވެ.
“އަޅޭ. ކީއްވެ އެހެން އެވީ؟ އަޅެ ދޮންބެ ގުޅަންތަ ކިޔާންއަށް” މިހެން ކިޔާ ގުޅަން ފެށިއެވެ ނަމަވެސް ކިޔާން ފޯނު ނުނެގުމުން މާޔޫސް ވެފަ މީކާއީލްއާއި ދިމާއަށް ބަލާލިއެވެ. އޭރު މީކާއީލް ލޯ ވަނީ ރޮއެ ރޮއެ ރަތް ވެފައެވެ.
“ދެން އަޅާ ނުލާ. ހިނގާދާން ގެއައް. ގެއައް ގޮސް ދެން ތިކަމާ ވާހަކަ ދައްޔާނީ” ފަޔާޒް ލޯތްބާއެކު ބުނެލިއެވެ.
ޒިމްޔާގެ ކަމަކީ ހަމަ ރުއިމެވެ. އޭނާ ހާދަ ފޮނި ހުވަފެން ތަކެއް ދުށިއެވެ. ނަމަވެސް މިއަދު ވަނީ އެހުވަފެންތައް ކުލަ ނުޖެހި ވިއްސި ވިހާލިވެގެން ގޮއްސައެވެ. ޒިމްޔާއަށް ނޭނގުން ކަމީ މިއީ އެދެމީހުންގެ ގުޅުމައް ހަސަދަލީ މީހަކު ކުރި ކަމެއް ކަމެވެ. ޒިމްޔާ ހަގީގަތް ނުބަލާ ކުރި ކަމަކުން މީކާއީލް ހިތައްވަނީ ފުން އަސަރު ތަކެއް ކުރުވާފައެވެ. އޭނާގެ އަލަތު ލޯބި ގެއްލުނީ ކޮން ސަބަބަކާ ހުރެވެސް އޭނާ އަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެ މޭތެރޭ އޮތް ހިތް އޮތީ އެތައް ގޮތަކުން ކުދި ކުދިވެފަ ކަމެވެ. މިވީ ކުޑަ ދުވަސް ކޮޅު ތެރޭ މީކާއީލް ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ކަނީވެސް މަންމަމެން އާދޭސް ކުރަން ފެށީމައެވެ. ފުރާނަ ހުރީތީ ދިރިހުރި ކަމެވެ.
ޒިމްޔާ ސައިބޯންވެގެން ތިރިއައް ދިޔައީ ބަނޑުހައި ވެގެން ކެއްނުވެގެންނެވެ. ނަމަވެސް ޓީވީއިން އަންނަ ލަވައަށް ބަލަހައްޓައިގެން ހުރެވުނީ ދަންނަ ލަވައެއްވީމައެވެ. އިސާހިތަކު އޭނާގެ ލޯ ފެން ކަޅިވެގެން ދިޔައެވެ. އެއީ މީކާއީލް އޭނާއަށް ކިޔައި ދިން ލައައެވެ. ލަވައިގެ ހުރިހާ ކަޑިއެއްވެސް ހީވީ ހަމަ އޭނާއައް ހާއްސަވިއެއްޗެއް ހެންނެވެ.
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ،
އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ.
37 Comments!
Comments are closed.
V v v reethi
Thanks Siya
VVV reeti
Thankyuh Ram
Awesome.
Thanks Sheii
Masha Allah….. varah varah varah reethi…..❤❤❤❤❤❤
Thanks Zuam 😀
wow varah reethi when next part………
Thanks. Tonight or tmmrw 😉
Stry vvv reethi.
Waiting 4 next part..
Plx plx upload soon….
Have nice day dear..???
Thanks friends 🙂
Alhey. Eyoh v gotheh. V foohivey.. zim ah dhera gotheh nuhadhahchey.. n meek n zim dhuru nukuraaathiii. Plxxxx
Hehe. Lets see dhw 😉
V Salhi ???
When next part???
Thanks Tonight or tmmrw 😀
V reethi…v sad vejje…a faihaa gadu huri nubaikan…..when next par
Hehehe. Faiha dhw mi nubai hadhany. tmmrw or tonight 🙂
wooowww… when nxt prt ?
Thanks. tonight or tmmrw 🙂
??❤❤❤❤❤❤?? varah salhi???
Thanks SJK 😀
Hey vrh reethi….alhey zim n meek??? faihaaaa ???? i hate faihaaaa. .. heheheh. . N story vrh reethi … waitingssss
Thanks Juma??
Mau… mi story ehaa avahah nunimmahchey ingey? problems thah solve viyakas story dhigu kohlevidhaannu dhw?
Hehe. Yeah. konmes dhuvahakun nimeyne ehnu. mi story nimey irah insha allah new story eh genes dheynah 😉 Adhi noolhey nimeykah jum 😉
Omg its speechless. Asluves varah reethi. Bt thankolheh kuru kanneynge dhw. I love it
Thanks Afoo. yes. mi part kuruvaane?
Jst wow❤ speechless.. v habeys hama..
Thanks 🙂
5 mas fahuntha msg dhiyae zima ah. V gotheh neyngun ethaanga
5 months therey varah happy koh normal koh ulhenikonney zimya ah msg libuny e 🙂
Y ehaa lahun.msg kuri dhuvahu msg dhaanennu aamu koh balanya
5 month fahunney msg kuree. msg kuri dhuvahu hama eheree libifa. i think muju thankolheh rangalhah kiyaalyma getu vaane 🙂
Wow v nice..ekam zimm ah ehen nahadhaba ehen …e fakeeruge hih halaaku vedhaane
Thankyou Sammm. varah dhera dhw vaa goiy 😉
Hey dear khn irakun tha up kohdheyny…??? Mihaaru mi vaahaka kiyaa hithun hurevenyky eh noon plx avahah up kohdhybala.. N story vvv reethi..