“މީއަދި ފެށުންކަމަށް ބަލާ. މިއު ރަނގަޅުވީމަ އަދި މިއަށްވުރެ ބޮޑު ސަޕްރައިޒްއެއް އޮންނާނެ. ޖަސްޓް ވެއިޓް ފޯ ދެޓް.” ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލައިލަމުން ނިކްޔަލް ބުނެލިއެވެ. މިއުޝީން ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް އެތެރެ އެތެރެއިން އެހިތްދިޔައީ ކަތިލެވެމުންނެވެ. އޭނާއަށްޓަކައި ނިކްޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހައިވެސް ބޮޑަށް އެހިތުގައި މިއުޝީންގެ ސޫރަވަނީ ބިންވަޅުނެގިފައެވެ. “ނިކް ބުނީމެއްނު މިއީ ބިޒްނަސް ދަތުރެކޭ. ދޮގެއްދޯ އެއީ؟” ނިކްޔަލްގެ ވާހަކަ ހުރިގޮތުން އެހެން ހީވުމުން މިއުޝީން އަހައިލިއެވެ. […]
މިއުޝީންގެ ހިތަށް ބައިވަރު އެއްޗެހި އަރައި ފައިބަމުންދިޔައެވެ. އެދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. އެފުސްކަމުގެ ތެރެއިން އޭނާގެ އަތުގައި ހިފަހައްޓައިގެންހުރެ ހިނގަމުންދިޔަ ނިކްޔަލްގެ މޫނަށް މިއުޝީން ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. ** ** ** ގޮނޑިބަރީގައި އިނށީދެއިން މިއުޝީން ގާތު ނަރުސްކުއްޖަކު އައުމަަށް ބުނުމުން އެހިތްހިވީ އަނގައަށް އައިހެންނެވެ. ބިރުގެންފައި ނިކްޔަލްގެ މޫނަށް ބަލައިލުމުން ހިނިތުންވެފައި ނިކްޔަލް ބޯޖަހައިލީ ދާށޭ ބުނާފަދައިންނެވެ. މިއުޝީން ދެފަރާތަށް ބޯހޫރައިލިއިރު މުޅި މީހާ ދާހިތްލައި ފޯވެއްޖެއެވެ. އެތަންފެނި ނިކްޔަލް މިއުޝީންގެ އަތުގައި މަޑުމަޑުން […]
“ކަލެއައް ނުނިކުމެވެންޔާ މަވެސް ނެރެދީފާނަމޭ” މިހެން ކިޔާ ފައިހާ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކައް ގޮސް ގޭޓުން ބޭރައް ހޫރާލިއެވެ. …………………………………………………………… “ކިހާ ދެރަ ކަމެއް މީކާއީލް. ޒިމްޔާ ކޯޗެއް އޮވެގެން ޒިމްޔާ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. ޒިމްޔާއަށް ވުރެ މަ މާ ރީތި ވާނެ. އޭނަ އެ އައީ އިހައް ދުވަހަކު ކީއްވެތަ މީކާއީލް މަށައް ހިތް ނުކިޔަނީ. މަ ނުކުރަނީ ކޮން ކަމެއް މީކާއީލް ހޯދަން. އެހުރިހާ ކަމެއްވެސް ކުރީ ހަމަ […]
ކުރީގެ ބައިތަކށް ބަލައިލުމެއް)—( މިވާހަކައިގައި އުޅޭ އަހަރެން (އިފާ)އަކީ އުމުރުން 18 އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ މަންމަ އަކީ ދ.މީދޫ ރޯޝަނީއާގޭ އައިމިނަތު ޝައިފާއެވެ. ބައްޕައަކީ ލ.ފޮނަދޫ ގުލްޝަންވިލާ ހުސައިން ފިޒާން އެވެ. އިފާގެ މަންމައާއި ބައްޕަ ކައިވެނިކުރަން ބައްޕަގެ އާއިލާއިން ނުރުހުނެވެ.ސަބަބަކީ މަންމަ ފަޤީރު ވީމައެވެ. ޝައިފާ ވަރަށް ކުޑައިރު އޭނަގެ މަންމަ އާއި ބައްޕަވަނީ މަރުވެފައެވެ. އެއަށްފަހު އޭނަ ބަލާބޮޑުކުރީ މަންމަފަރާތު ދައްތަ އެވެ.ޝައިފާގެ އުމުރުން 14 އަހަރުގައި އެދައްތަވަނީ ހާޓްއެޓޭކެއްގެހި މިދުނިޔެ ދޫކޮށްފައެވެ. […]
ދަންވަރުގެ ވަގުތެވެ. އައިކާއަށް ނިދެމުން ގޮސް ރަނގަޅަށް ނިދި ހަރުވި ވަގުތު މަޑުމަޑުން ކޮޓަރި ދޮރު ހުޅުވުނެވެ. ކުއްލިއަކަށް އައްޒާމް ކޮޓަރިތެރެއަށް ދެމިގަނެފިއެވެ. އަރާމުކޮށް ނިދާލާފައި އޮތް އައިކާގެ ގާތުގައި އައްޒާމް ހުއްޓުނެވެ. އާދައިގެ މަތިން އައިކާ އޮތީ އޭނާ ނިދަންލާ ތުނި ހެދުން ލައިގެންނެވެ. ފަލަ މަސްގަނޑާއި ހަމައަށް އަންނަ ކުރު ނައިޓީގައި އައިކާ ފެނުމުން އައްޒާމްގެ ހިއްސުތަކުގައި ހުޅު ރޯވިއެވެ. ކުރެވެން މި އުޅެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާ ބޮޑަށް އޭނާ ވަނީ ބަދަލު […]
ލޯތްބަކީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ؟ އެއްބަޔަކަށް ދުނިޔެމަތީގައި އުފާހޯދައިދެމުން ދާއިރު އަނެއްބައެއްގެ ދިރިއުޅުން އަންދައި އަޅިއަށް ހަދައިލަނީއެވެ. އެއްބައެއްގެ ހަޔާތް އުފާވެރިކަމުން ފުރައިލާއިރު އަނެއްބަޔަކު އެލޯބީގެ ހައްގުގައި ދެލޮލުން ކަރުނަ އޮއްސާހާލު ގުރުބާންވަނީއެވެ. ** ** ** މިއުޝީނަށް އެރޭ ނިދުނީ ވަރަށް ލަސްވިފަހުންނެވެ. ޝަޔާންގެ ހަނދާންތައް އޭނާއަށް ނިދީގައިވެސް އުނދަގޫކުރަމުން ދިޔައެވެ. އިޒާނާގެ އެތައް ނަސޭހަތަކާއި ހިތްވަރަކުން އޭނާ ހަމައަށް އެޅުނުނަމަވެސް އެހިތުން އެކަންތައްތައް ފިލައިގެނެއް ނުދިޔައެވެ. ޖެހިގެންއައި ދުވަހު އޮފީހަށް ދިޔައިއިރުވެސް މީހާ މުޅިން […]
ނިކްޔަލްއާާއި ސަކަރާތް ޖަހަމުން ބޭރަށް ނުކުތް މިއުޝީން ކުއްލިއަކަށް ގަނޑުވިކަހަލައެވެ. މޫނުމަތީގައިވި އުފާވެރިކަން ގެއްލި ވަގުތުން މުޅިމީހާގެ މޫޑް އެއްކޮށް ޚަރާބުވިއެވެ. ގާތުގައި ނިކްޔަލްހުރިކަންވެސް އޭނާ ހަނދާންނެތްފަދައެވެ. މޫނުގެ ކުލަ ވަގުތުން އޮއްސި ދެލޮލަށް ކަރުނަ ޖަމާވީ ބަސްބުނާހައިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލުނުކުރެވިފައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް މިއުޝީން ބަލަމުން ދިޔައިރު އޭނާހުރިގޮތްފެނި ނިކްޔަލް ކަންބޮޑުވެފައި ސުވާާލުކުރަމުން ދިޔައެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ ދެކެފައިނުވާ ނިކްޔަލްގެ ހިތަށް ތަދުވަމުންދިޔައީ ހިތާމައިގެ ތަސްވީރެއްހެން ގަބުއަރައިފައިހުރި މިއުޝީން އޭނާގެ އެއްވެސް […]
“ކީކޯ އޮތީ؟ އޭނަގެ ހަލު ރަނގަޅުތަ؟” ނަސްރީން އަވަސްއަވަހަށް އަހާލިއެވެ. “ހުރި ގޮތް ކުޑަކަން!” ފަރީދު ބާރަކަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާގެ އަތުގެ ހޫނު ހަމަލާއެއް ނަސްރީންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ފަރީދު ޖެހި ތަނުގައި ހިފަހައްޓާލަމުން، ނަސްރީން ފަރީދުގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “މި ބަލާބަލަ!” މިޝާލްގެ ސިޓީ ނަސްރީންއާ ދިމާއަށް އެއްލަމުން ފަރީދު ހަޅޭއްލަވައިގަތެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އޭނާ ކޮޓަރިތެރެއިން ނިކުމެގެން ދިޔައީ އަތުން ފައިން […]
“ނޫން. ތިއީ އަހަރެންގެ ޕީއޭ. ސޯ މިއު ސަލާމަތުން ގެއާާ ހިސާބަށް ގެންދިއުމަކީ ހަމަ އަހަރެންގެ ޒިންމާއެއްގެ ގޮތުގަ އަހަރެން ދެކެނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލައިފައި ނިކްޔަލްގެ މޫނަށް މިއުޝީންވެސް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ދެހިތުގެ ތެޅުންވެސް އަވަސްވެގެން ދިޔައެވެ. ނިކްޔަލްގެ ނޫކުލައިގެދެލޮލުގައި އެވަނީ ކޮންފަދަ ދަމާބާރެއްހެއްޔެވެ؟ މިއުޝީނަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ގެއަށް އާދެވުމުން ނިކްޔަލްއަށް ޝުކުރުއަދާކުރުމަށްފަހު މިއުޝީން ކާރުގެ ދޮރުހުޅުވައިލިއެވެ. “ޓޭކް ކެއާރ.” […]