މިއުޝީންގެ ހިތަށް ބައިވަރު އެއްޗެހި އަރައި ފައިބަމުންދިޔައެވެ. އެދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. އެފުސްކަމުގެ ތެރެއިން އޭނާގެ އަތުގައި ހިފަހައްޓައިގެންހުރެ ހިނގަމުންދިޔަ ނިކްޔަލްގެ މޫނަށް މިއުޝީން ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
** ** **
ގޮނޑިބަރީގައި އިނށީދެއިން މިއުޝީން ގާތު ނަރުސްކުއްޖަކު އައުމަަށް ބުނުމުން އެހިތްހިވީ އަނގައަށް އައިހެންނެވެ. ބިރުގެންފައި ނިކްޔަލްގެ މޫނަށް ބަލައިލުމުން ހިނިތުންވެފައި ނިކްޔަލް ބޯޖަހައިލީ ދާށޭ ބުނާފަދައިންނެވެ. މިއުޝީން ދެފަރާތަށް ބޯހޫރައިލިއިރު މުޅި މީހާ ދާހިތްލައި ފޯވެއްޖެއެވެ.
އެތަންފެނި ނިކްޔަލް މިއުޝީންގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. “މިއު ޕްލީޒް. ބިރުނުގަނޭ. އެއްވެސް ކަމެއް ނުވާނެ ﷲ އިރާދަފުޅުން. ދެން ހުރިހައި ކަމެއްވެސް ދާނީ ރަނގަޅަށް. ﷲ އަށް އިތުބާރުކުރޭ.” މައްޗަށް ޝަހާދަތް އިނގިލިން އިޝާރާތްކޮށްލަމުން ނިކްޔަލް މިއުޝީނަށް ހިތްވަރުދިނެވެ. ކިތަންމެ ހިތްބިރުގެންފައިވީނަމަވެސް ބޯޖަހައިލަމުން މިއުޝީން ނަރުސް ކުއްޖާއާއި އެކުގައި ހިނގައިގަތެވެ. އެތަންބަލަންއިން ނިކްޔަލް ހިނިތުންވެލިއިރު އެހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ދެލޯމަރައިލަމުން ހުރިހައިކަމެއްވެސް ރަނގަޅުވުންއެދި ނިކްޔަލް ދުޢާާކޮށްލިއެވެ.
** ** **
އޮޕަރޭޝަން ތިއޭޓަރގެ މަތީގައި ދިއްލިފައިވާ ރަތް ބޮތްކަށް ނިކްޔަލްގެ ނަޒަރު ހުއްޓިފައިވީއިރު އެހިތް ނުތަނަވަސްވަމުން ދިޔައެވެ. މިއުޝީންގެ ހާލު އޮޅުންފިލުވައިލާހިތުން އެހިތް ކެތްމަދުވަމުން ދިޔައެވެ. މޫނުގައި ދާކިތިތައް ވިދަމުންދިޔައިރު އެހިތުގެ ހިނގުންވަނީ އަވަސްވެފައެވެ.
އިރުއިރުކޮޅާ އަތުކުރީގައި އޮތް ރޮލެކްސް ގަޑިއަށް ބަލައިލައެވެ. މިއުޝީން އޮޕަރޭޝަން ތިއޭޓަރއަށް ވެއްދިފަހުން މިހާރު އެއްގަޑިއިރުވީއެވެ. ދެގަޑިއިރުގެ އޮޕަރޭޝަނެއްކަމުން ކެތްމަދުވެފައި ގޮނޑީގައި އިން ނިކްޔަލް ހަމަޖެހިލެވޭތޯބެލީ އަދި ބައިވަރު ވަގުތު އޮތުމުންނެވެ. ފޯންގެ ރިންގްގެ އަޑަށް ނިކްޔަލް ސިހިފައި ޖީބުގައިއޮތް ފޯން ނެގިއެވެ. އާކިލްގެ ކޯލެއްކަމުން އަވަސް އަވަހަށް ފޯންނަގައި ކަންފަތުގައި ޖައްސައިލިއެވެ.
“ހެއި ނިކް. ކޮބާ މިއު؟ މިހާރު އޮޕަރޭޝަން ކުރީތަ؟” އާކިލް އެންމެ ފުރަތަމަވެސް އެހީ މިއުޝީންގެ ވާހަކައެވެ. މިދަތުރުގެ ހުރިހައި ޕްލޭނެއް ނިކްޔަލްވަނީ މާކުރިން އާކިލްއަށް ކިގައިދީފައެވެ.
“މިހާރު އޮޕަރޭޝަން ތިއޭޓަރގަވީ.” ނިކްޔަލްގެ އަޑުގައިވި ކަންބޮޑުވުން ކިތަންމެ ރަނގަޅަކަށްވެސް އާކިލްއަށް އިހުސާސުވިއެވެ. އެތައް ހިތްވަރެއް ދިނުމަށްފަހު އާކިލް ފޯން ބޭވިވަގުތު ކައިރީގައިހުރި މިސްކިތުން މެންދުރު ނަމާދުގެ ބަންގީގެ އަޑު އިވެންފެށިއެވެ. މިއުޝީން އޮތް ކޮޓަރިއަށް ބަލައިލުމަށްފަހު އަވަސް ހިނގުމެއްގައި ނިކްޔަލް މިސްކިތަށް ދިޔައެވެ. އެޑޮކްޓަރަށް އޭނާ ނުހަނު އިތުބާރު ކުރެއެވެ. އެތަނުން އެކި ފަހަރުމަތިން ދެމީހުން ދިމާވެފައިވާތީ އެދެމެދުގައިވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ.
ބޫޓް ބޭލުމަށްފަހު އޭގެ ތެރެއަށް އިސްޓާކީން ޖަހައިލަމުން ސިޑިބަރި ގިރާކޮށްފައި ނިކްޔަލް މިސްކިތަށް އެރިއެވެ. އެއްފަރާތުގައި ބެހެއްޓިފައިވާ ފާޚާނާ ބަރިއާއި ދިމާއަށް ހިނގައިގަތީ އަވަހަށް ވުޟޫކޮށްލުމުގެ ނިޔަތުގައެވެ.
އިމާމާގެ ފަހަތުން ހަދަންފެށި އެންމެ ފުރަތަމަ ސަފުގައި ނިކްޔަލް ހުއްޓެވެ. ނަމާދު ކުރެވެމުން ދިޔައިރު ދެލޯމަރައިލައިގެންހުރެ އެކަލާނގެ މަތިން ހަނދުމަކޮށް އެކަލާނގަ ދެއްވި ނިއުމަތްތަކަށް ޝުކުުރުވެރިވަމުން ނިކްޔަލް ދިޔއެވެ.
ނަމާދުކޮށް ނިމުމުން އެންމެން މިސްކިތުން ފައިބައިގެންދިޔައިރުވެސް ނިކްޔަލް އެތަނުގައި އިނށީދެލައިގެން އިނެވެ. ދެއަތް މައްޗަށް އުފުލިފައިވީއިރު މެރިފައިވާ އެސްފިޔަތައް ދޭތެރެއިން ކަރުނައިތައް ފައިބަމުން އެދޮންކޯތާފަތުގައި ބޮސްދެމުންދިޔައެވެ.
މިއުޝީނަށް ހެޔޮގޮތް މިންވަރުކުރެއްވުމަށްއެދި ނިކްޔަލް ދުޢާ ކުރަމުންދިޔައެވެ. އެއޮޕަރޭޝަން ކާމިޔާބުވެ މިއުޝީނަށް އޭނާގެ ލޯބި ކާމިޔާބުކޮށްދެއްވުންއެދި ނިކްޔަލް ދުޢާކުރަމުންދިޔައިރު އެހިތަށް ތޫނު ތަދެއް އިހުސާސުވިއެވެ. އެހެނަސް އޭނާ އެންމެ ލޯބިވާ އިންސާނާގެ އުފާ އޭނާއަށް މާމުހިންމެވެ. މިއުޝީން އުފަލުގައި ހުންނަންޏާ އޭނާވެސް ހުންނާނީ އުފަލުގައެެވެ.
އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު ނިކްޔަލް ދެލޯހުޅުވައިލިއެވެ. ކުރިމަތީގައިހުރި ފާރުގައި ހަރުކޮށްފައިވާ ﷲ ގެ އިސްމުފުޅަށް ހިނިތުންވަމުން ބަލައިލީ އޭނާގެ މިމަސައްކަތުގައި ހިތްވަރު ދެއްވުންއެދިއެވެ. އަދި އެކަން އޭނާއަށް ކާމިޔާބުވަންދެން އޭނާއާ އެއްކޮށް ވޮޑިގެންދެއްވުން އެދިއެވެ.
ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ނިކްޔަލް އިންތަނުން ތެދުވިއެވެ. އަދި މަޑުހިނގުމެއްގައި ގޮސް މިސްކިތުން ފައިބައި ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހިއެވެ.
އިސްޖަހައިލައިގެންހުރެ މަޑުހިނގުމެއްގައި އައިސް ހޮސްޕިޓަލަށް ވަތް ނިކްޔަލްއަށް އެތައްމީހުނެއްގެ ނަޒަރުތައް ހުއްޓެމުންދިޔަނަމަވެސް އޭނާއެއިން ކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އޮޕަރޭޝަން ތިއޭޓަރާ ހަމައަަށް ގޮސްފައި އެތަނުން ގޮނޑިއެއްގައި އިނށީދެލިއެވެ. އޭރުވެސް އަދި މިއުޝީންގެ އޮޕަރޭޝަނެއް ނުނިމެއެވެ.
ފުންނޭވާއެއްލަމުން މޫނުގައި އަތުން ފިރުމައިލީ ހަމަޖެހިލުމުގެ ނިޔަތުގައެވެ. އެކޮޓަރީގެ ދޮރު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައި ނިކްޔަލް އިންިއިރު އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައީ މިއުޝީންގެ ހަނދާންތަކެވެ.
ކުއްލިއަކަށް އެކޮޓަރީގެ ދޮރުހުޅުވުނުއަޑަށް ފުންމައިގެން ނިކްޔަލް އިންތަނުން ތެދުވިއެވެ. އޭރު ލައިގެންހުރި ކޯޓު ރަނގަޅުކޮށްލަމުން ޑޮކްޓަރ ނުކުންނަނީއެވެ. ހިތްއަވަސްވެފައިވާ ހާލު ނިކްޔަލް ޑޮކްޓަރ ގާތަށް ދިޔައީ މިއުޝީންގެ ހާލު އޮޅުންފިލުވަން ބޭނުންވެފައިހުރިވަރުންނެވެ.
“ޑޮކްޓަރ.” ނިކްޔަލްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ ކޮނޑުގައި ޖަހައިލަމުން ހިނިތުންވެފައި ޑޮކްޓަރ ވާހަކަދައްކަން ފެށިއެވެ.
“އަލްޙަމްދުލިއްލާޙް. އޮޕަރޭޝަން ވަރަށް ކާމިޔާބު. ދެން ﷲ ގެ އިރާދަފުޅުން އޭނައަށް އެއްވެސް އައިބުކަމެއްނެތި ހިނގޭނެ. ހެހެ. ނިކްމެން ހިނގާހެން ރީތިކޮށް.” ހެވިފައި ޑޮކްޓަރދިން އުފާވެރި ޚަބަރަކުން ނިކްޔަލްއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހިނިތުންވެލަމުން އަނގަމަތީގައި އަތްއަޅަައިލެވުނީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ﷲ އަށް ޙަމްދުކޮށްލަމުން އެކޮޓަރިއާއި ދިމާއަށް ނިކްޔަލް ބަލައިލިއެވެ. މިއުޝީންގެ ފުރަތަމަ ހުވަފެން އޭނާއަށް ފުރިހަމަކޮށްދެވިއްޖެއެވެ. ދެން އޮތީ ދެވަނަ ކަމެވެ. ހިނިތުންވެލަމުން ޑޮކްޓަރާއި ސަލާމްކޮށް ޝުކުރުއަދާކޮށްފައި ނިކްޔަލް ހިނގައިގަތީ މިއުޝީންް ހޭއަރަންވާއިރަށް އެތަނުން ޕްރއިވެޓް ރޫމެއް ލިބޭތޯއެވެ. މާކަ ބޮޑު އުނދަގުލަކާއި ނުލައި ކޮޓްރިއެއް ލިބުމުން ވަގުުތުން ނަރުހުން މިއުޝީން އެތަނަށް ބަދަލުކުރިއެވެ. އިރުކޮޅަކު މިއުޝީންގެ މައުސޫމު ލޯބި މޫނަށް ބަލަންހުރެފައި ނިކްޔަލް ބޭރަށްދާން ހިނގައިގަތެވެ. އެތަނުގައި ހުރި ނަރުސްކުއްޖާ ގާތު ދަތިކަމަކަށް ނުވަންޏާ އޭނާ އަންނަންދެން މިއުޝީން ގާތުގައި މަޑުކޮށްލުމަށް ބުނުމުން ވަރަށް ފަސޭހައިން އެކަމަށް އެއްބަސްވިއެވެ.
** ** **
ފޯނާއި ކުޅެމުން އާކިލް އޭނާގަތް އެތި ހިފައިގެން ފިހާރައިން ނުކުންނަން ހިނގައިގަތެވެ. ދޮރުހުޅުވައިލައިފައި އަޅައިލިފުރަތަމަ ފިޔަވަޅާއެކު ބާރު އެއްޗެއް ވެއްޓުނު އަޑަށް ސިހިފައި ބަލައިލިއިރު އަންހެންކުއްޖަކު އޭނާގެ ކުރިމަތީގައި ވެއްޓިފައި އޮތެވެ. އައުޗްއޭ ބުނަމުން އެކުއްޖާ އޮތްތަނުން ތެދުވިއިރު އޭނާގެ އިސްތަށިގަނޑުވަނީ ކުޑަކޮށް ހޭވިފައެވެ. އަތުން ތަންކޮޅެއް ކުޑަކޮށް މަށައިގެން ގޮސްފައިވެސް ހުއްޓެވެ.
ކަޅިއަޅައިލަމުން އެއަންހެން ކުއްޖާ އާކިލްގެ މޫނަަށް ބަލައިލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. “ސޮރީ. އަހަރެން.” އެކުއްޖާހުރިގޮތްފެނި ހެވެންއުޅުނު ނަމަވެސް އާކިލް ހިނިގަނޑު މަތަކޮށްލީ ވަގުތުގެ ގޮތުންނެވެ. “ކޮން އަހަރެންނެއް. ހަމަ ބަލައިނުލާ އައިސް ގައިގަ ޖެހިގެންފިއޭ. ދެލޯ އިންނަނީ ކޮންމެވެސް ކަމަކުދޯ.” އަތުގައި ހަލާކުވެފައިވާ ތަނުގައި ޓިޝޫކޮޅެއް ޖައްސައިލަމުން އެކުއްޖާ ހަޅޭލަވައިގަތެވެ.
“އަހަރެން ގަސްދުގައެއް ނޫނޭ. ސޮރީ ވަރަށް ބޮޑަށް. ވަރަށް ތަދުވޭތަ؟” އެކުއްޖާގެ ލޯބި މޫނަށް ބަލަންހުރެ އާކިލް އެހެންބުނެލިއިރު އޭނާގެ ހިތުގައި އެތަސްވީރު ކުރަހައިލެވުނުކަން ހަމަކަށަވަރެވެ. ވަކި އެއްޗެކޭ ނުބުނެ މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލުމަށްފަހު އެކުއްޖާ އާކިލްގެ ކޮނޑުގައި އަތްއަޅުވައިލައި ކުޑަކޮށް އެއްކައިރިއަށް ކޮށްޕައިލަމުން ފިހާރައިގެ ދޮރުހުޅުވައިލުމަށްފަހު އެތެރެއަށް ވަނެވެ. އެއްމިޔަކަނުން ހިނިތުންވެލައިގެން އާކިލް ހުރީ އެކުއްޖާ މޫނަށް ޖެއްސި ވައްތަރު ފެނުމުންނެވެ.
މަގުގެ އަނެއްފަރާތުގައިހުރި ގެއެއްގެ ފާރުގައި ލެގިލައިގެން އެފިހާރައާއި ދިމާއަަށް ބަލަން އާކިލް ހުއްޓެވެ. ފިހާރައިން ނުކުންނަން އުޅެފައިވެސް އާކިލް އެތަނުގައި ހުރިތަންފެނުމުން ވަގުތުން ފިހާރައިގެ ތެރެއަށް އެކުއްޖާ އަނެއްކާވެސް ވަނެވެ. އަދި ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލުމަށްފަހު ފިހާރަތެރޭގައި އެކުއްޖާ މަޑުކޮށްލިއެވެ. އެތަންފެނި ދެފަރާތަށް ބޯހޫރުވައިލަމުން އާކިލް ހިނިތުންވެލިއެވެ.
ފިހާރަކުރިމައްޗަށް ޓެކްސީއެއް މަޑުކޮށްލުމުން އެއަންހެން ކުއްޖާ އަވަސް އަވަހަށް ފިހާރައިން ނުކުމެ އެޓެކްސީއަށް އެރިއެވެ. އެންމެފަހަރަކުވެސް އާކިލްގެ މޫނަށް ބަލައިވެސް ނުލިއެވެ. ހިތާއި ދިމާލުގައި އަތުން ފިރުމައިލަމުން އާކިލް އެޓެކްސީ ގޮސް ލޯކުރިމަތިން އޮބައިލަންދެން ބަލަން ހުއްޓެވެ. ބޮލުގެ ފުއްކިބައިގައި އަތުން ޖަހަައިލަމުން އާާކިލް ވެސް އޭނާގެ ގެއާާ ދިމާއަށް ހިނގައިގަތެވެ.
** ** **
ގެއަށް އައިސްވަތް އިޒާނާ އަތުގައި އޮތް ކޮތަޅު ކޮޓަރީ އެނދުމައްޗަށް އެއްލައިލަމުން ކުދިކިޔަމުން ގޮސް މޭޒުމަތީގައިހުރި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އަތުން މަށައިގެންގޮސްފައިވާ ތަން ކުޑަކޮށް ސާފުކޮށްލުމަށްފަހު އެތަނުގައި ބޭސް އެޅިއެވެ.
“އަދި ހުއްޓެއްނު ފާޑަކަށް ބަލަން. ދެލޮލަަށް އިނގިލިކޮށްޕައިނުލެވުނީ ހަމަކިރިޔާ. ވަރަށް ފޫހިވޭ. ތަނަކުން އަންހެންކުއްޖަކު ނުފެނިފަ ހުންނާނީ އެކަހަލަ ފިރިހެނުން. އެންމެފަހުން އަހަރެންނަކަށްނު ހުރިހައި ބޮނޑިއެއް މިލިބުނީ. އަހަރެންގެ އަތްވިއްޔަ މަށައިގެންވެސް މިދިޔައީ.” ތުންއަނބުރައިލަމުން އިޒާނާ ކުދިކިޔަމުން ދިޔައެވެ. އެވަގުތު ފޯން ރިންގްވުމުން ސްކްރީނަށް ބަލައިލި އިޒާނާގެ މޫނު ވަގުތުން އުޖާލާވެގެން ދިޔައެވެ. ނިކްޔަލްގެ ކޯލަށް ޖަވާބުދެމުން މިއުޝީންގެ ހާލު އޮޅުންފިލުވަމުންދިޔަ އިޒާނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރައިލީ އޮޕަރޭޝަން ކާމިޔާބުވިކަމުގެ އުފާވެރި ޚަބަރު ލިބުމުންނެވެ.
** ** **
ބުކްޝޮޕެއް ކުރިމައްޗަަށް ކާާރު މަޑުކޮށްލުމުން ނިކްޔަލް އޭގެން ފައިބައިގެން ގޮސް އެތަނަށް ވަނެވެ. އެކިއެކި ހަރުގަނޑުތަކަށް ބަލަމުންދިޔަ ނިކްޔަލް ވިސްނަމުންދިޔައީ ގަންނާނެ ފޮތަކާއި ދޭތެރޭގައެވެ.
މިއުޝީނަކީ ވާހަކަ ކިޔާކުއްޖެއް ކަމެއްވެސް އޭނާާ އަކަށް ނޭނގެއެވެ. ނަމަވެސް އަންހެންކުދިން އާންމުކޮށް ކޮށްއުޅޭކަމެއްކަމުން ނިކްޔަލް ވާހަކަ ފޮތެއް ގަންނަން ބޭނުންވީއެވެ.
އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ތަފާތު ހަރުގަނޑުތަކުން ހަތަރުފޮތް ނަގައިގެންގޮސް ކައުންޓަރ ކައިރީގައި ނިކްޔަލް މަޑުކޮށްލިއެވެ. މިއުޝީން ހޭއަރަންވާއިރަށް ހޮސްޕިޓަލަަށް ދާން އޭނާ ބޭނުމެވެ. ގަތް ވާހަކަފޮތްތަކަށް ފައިސާ ދެއްކުމަށްފަހު ނިކްޔަލް އެތަނުން ނުކުމެ ކާރަށް އެރިއެވެ. އެއާއެކު ޑްރައިވަރ ކާރު ދުއްވައިލީ މައުވިއްކާ ފިހާރައަކަށް ދިއުމަށެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ނިކްޔަލް ހިނިތުންވެލިއެވެ.
ފިހާރައަށް ވަނުމަށްފަހު ނިކްޔަލް ފަރާތް ފަރާތް ހޯދައިލިއެވެ. އެތަނުން ކުއްޖެއްގެ ގާތުގައި ބޮޑު ފިނިފެންމާބޮކޭއެއް ތައްޔާރުކޮށްލުމަށްބުނެ ނިކްޔަލް އެތަނުގައި މަޑުކޮށްލިއެވެ.
މާބޮނޑީގައި ހިފައިލަމުން އޭގެއަށް ފައިސާދެއްކުމަށްފަހު ހިނިތުންވެހުރެ ނިކްޔަލް އެފިހާރައިން ނުކުމެ ކާރަށް އަރައިފައި ހޮސްޕިޓަލަަށް ދިއުމަށް ބުންޏެވެ. މިއުޝީން ފެންނާނެ އިރެއްގެ އިންތިޒާރުގައި ނިކްޔަލް ކާރުގައި އިނދެ ވަގުތުތައް ގުނަމުން ދިޔައެވެ.
ހިނިތުންވެހުރެ އަވަސް ހިނގުމެއްގައި ގޮސް ނިކްޔަލް މިއުޝީން އޮތް ކޮޓަރިއަށް ވަތްއިރު އެނދުގައި ދެލޯހުޅުވައިލައިގެން މިއުޝީން އޮތެވެ. މޫނު ފޮރުވޭވަރުގެ ބޮނޑު ރަތްކުލައިގެ ފިނިފެންމާބޮނޑިއެއް ހިފައިގެން ވަތް ނިކްޔަލް ފެނުމުން މިއުޝީނަށް ހެވުނެވެ. ދެފަރާތަށް ބޯހީރުވައިލަމުން ނިކްޔަލް ހަދާ ނުހަދާ ބަލަން މިއުޝީން އޮތީ ނިކްޔަލްގެ ހެޔޮކަމާއިމެދު ހައިރާންވާ ހާލުގައެވެ.
ހެވިފައިހުރެ މާބޮނޑި ތިރިކޮށްލަމުން މިއުޝީންގެ ލޯބި މޫނަށް ނިކްޔަލް ނަޒަރު ހުއްޓައިލިއެވެ. އަދި މަޑުހިނގުމެއްގައި އައިސް އެނދު ކައިރީގައި ހުރި މޭޒުމަތީގައި މާބޮނޑި ބާވައިލުމުން ނަރުސް ކުއްޖާވެސް ހެވިފައި އައިސް އެމާބޮނޑި އެތާގައިހުރި ވާސް އަށް ރީތިގޮތަކަށް ޖަހައިލިއެވެ.
“މިއު. ކިހިނެއް؟” އެނދު ކައިރީގައިހުރި ގޮނޑީގައި އިނށީދެލަމުން ލޯތްބާއެކު ނިކްޔަލް އަހައިލިއެވެ. އެހެނަސް ހިތާމައަކީ އެއަޑުގައިވި ލޯބި މިއުޝީންއަށް ފާހަގަނުވުމެވެ.
“ރަނގަޅު. ތޭންކްސް ނިކް. އަހަރެންނަކަށް ނޭނގެ މިކަމަކަށް ޝުކުރުވެެރިވާނެ ގޮތެއްވެސް.” މިއުޝީންގެ ދެލޯވަގުތުން ފެންކަޅިވެެގެން ދިޔައެވެ. އެތަންފެނުމުން ނިކްޔަލްގެ ހިތުގެ އެންމެ ހިމަނާރަށް ދާންދެން އަސަރުކުރިއެވެ.
“ހޭއި. ޝޫޝް. ދެން ނުރޮއްޗޭ އިނގޭ. މިހާރު މިއު ހިތާމަކުރަން ޖެހޭ ދުވަސްތައް ފަހަނައަޅައި ދިޔައީކަމަށް ބަލާ. ދެން އަހަރެން ތިމޫނުން ދެކެން ބޭނުންވަނީ ހަމައެކަނި ހިނިތުންވުން. އެންމެ ކަރުނަތިއްކެތް ފެނުނަސް ވަރަށް ބޮޑު އަދަބެއް ލިބޭނެ. އަޑުއިވިއްޖެ.” ލާނެތް ރާގަކަށް ނިކްޔަލް ބުނެލިއެވެ. ހެވިފައި މިއުޝީން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
“މީއަދި ފެށުންކަމަށް ބަލާ. މިއު ރަނގަޅުވީމަ އަދި މިއަށްވުރެ ބޮޑު ސަޕްރައިޒްއެއް އޮންނާނެ. ޖަސްޓް ވެއިޓް ފޯ ދެޓް.” ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލައިލަމުން ނިކްޔަލް ބުނެލިއެވެ. މިއުޝީން ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް އެތެރެ އެތެރެއިން އެހިތްދިޔައީ ކަތިލެވެމުންނެވެ. އޭނާއަށްޓަކައި ނިކްޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހައިވެސް ބޮޑަށް އެހިތުގައި މިއުޝީންގެ ސޫރަވަނީ ބިންވަޅުނެގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.







Salaam all. N a happy friday.. Here is the 11th part of this story. Hope all will like this part too.. Let me knw the mistakes.. N enjoy reading.. Nxt part in sha allah tmrw.. Ly all..?❤
Yeyy… Me first… Kiyaalaafa comment eh kollanan..❤❤?
Yeeyy… Yes dear u first..??
Vvvvvvvv reeethi..❤
Nukiyanis ves ingey mi vaahaka abadhu ves reethi vaanekan?
Ekamu than kolheh kuru kanneynge..?
Miu and Shayaan nugulhuvahcheyy..?
He don’t deserve her.
Nick dhera nuvebala.. Adhi Miu libeyne Insha Allah..?❤✨
All the best girl..??
Love you ..?❤✨
Awwwn.. Lets see dhw vaagotheh.. Btw thanks dear.. Love u too?❤
1 more part plsssssssss!!!!!
Haadha reethi eyyyyyyyy
Thanks dear.. I will try my best ingey.. Bt adhi sure eh nun..
Wow vv reethi..kiyamun dhaa iru hama manxaru fennahen hyvany..?
Thanks chim❤
Next part plxxxxxxxxxxxxxxxx
Yes dear.. In sha allah today.. Thanks
Woww alhey miusheen ah nikyal loabivaavaru egea ne nama dhw? v v v reethi mi part ves ???
Aan dhw.. Thanks shaa
Ooo…masha Allah…hama vv furihama…lov it nau
Thanks lam
Woww story Hama habeys ingey nau
Kyp it up dear waiting 4 the nxt part ???????
Thanks alot dear??
Hey nau…….
Masha allah mi part vess vvvvvv salhi ingey dear…
Keep it up nau…….
Waiting 4 next part ….
Have a nice day …????????????????????????????????????
Thanks dear❤
Varah varah varah reethi….
Miadhu adhi a part genas dhybah….. plxxxxxxx
❤❤❤❤❤❤❤❤❤
Thanks zuam.. Yes trying on that❤❤
Maasha Allah vvv reethi komme dhuvahakuves mivaahakayah inthizaaru kuran❤❤❤❤❤☺☺☺???
Awwn.. Happy to knw that.. Thanks dear❤
Masha Allah, nau haadha rychey mibaives.. Ehbayah vure anehbai rythi.. Thi molhukamah thaureef husnuvaane.. Ehaaves rythi mi story kuriah thigendhaa goeh.. Mee mihaaru mi site in enme enme kiyaahiyvaa story.. Abadhuves mi story ah inthixaaru kurevey.. Mihaaru anehbai kiyaalaa hithun hirevenykynun.. Luv u nau
Awwwnn.. Thank u sooooo much dear.. Love u too❤
Hey all.. Kyp waiting ingey.. Tday in sha allah adhi one part upkohdheynan.. Iyyavx baeh kudhinge request ah ehn part eh upkosheh nudhevunu bxy kamun.. Bt tday lil free.. Hehe.. So one more part tday ingey guys.. Thanks for the love n support u guys r giving.. ?❤
hithah aranee doc ah dhakkan dhiya dhuvahu sergury hedhy hey… hamanujehey dhw… dhn aneh kamaky ‘maaka’ and ‘fakaa’ mi fadha basthah dhivehi bahuga noavey. ehenve dhn faharakun liyaa iru handhaan kollache… vahaka anehen varah reethi
Thanks dear thifaahaga kohdhin kankan in sha allah dhen faharakun handhaanuga bahataanan.. Thanks..
Nice.. Waiting for next…
Thanks dear
Wooooowww ????????
Thanks dear❤
V v reeti
Thanks ram
❤️?
Thanks❤
Vvvvv rythi. Nik r Miu gulhuvaany plsssss. Shaayan kahala myhska miu nugulhey plssss.
Lets see.. Thanks dear
woahhh… that is what i call true love… this is fab
Thanks dear.. Ya dhw..❤