Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (9)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 22, 2017 5 Mins Read
51 Comments

ނިކްޔަލްއާާއި ސަކަރާތް ޖަހަމުން ބޭރަށް ނުކުތް މިއުޝީން ކުއްލިއަކަށް ގަނޑުވިކަހަލައެވެ. މޫނުމަތީގައިވި އުފާވެރިކަން ގެއްލި ވަގުތުން މުޅިމީހާގެ މޫޑް އެއްކޮށް ޚަރާބުވިއެވެ. ގާތުގައި ނިކްޔަލްހުރިކަންވެސް އޭނާ ހަނދާންނެތްފަދައެވެ. މޫނުގެ ކުލަ ވަގުތުން އޮއްސި ދެލޮލަށް ކަރުނަ ޖަމާވީ ބަސްބުނާހައިކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ގަބޫލުނުކުރެވިފައި ކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް މިއުޝީން ބަލަމުން ދިޔައިރު އޭނާހުރިގޮތްފެނި ނިކްޔަލް ކަންބޮޑުވެފައި ސުވާާލުކުރަމުން ދިޔައެވެ. ދުވަހަކުވެސް އެދެލޮލުން ކަރުނަ ދެކެފައިނުވާ ނިކްޔަލްގެ ހިތަށް ތަދުވަމުންދިޔައީ ހިތާމައިގެ ތަސްވީރެއްހެން ގަބުއަރައިފައިހުރި މިއުޝީން އޭނާގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުންނެވެ. ދާދި ދެންމެއަކު އޭނާއާއި އެހައި ސަކަރާތްޖަހަމުންއައި މިއުޝީނަށް ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟

ކުރިމަތިންލައިފައި ދިޔަ ޝަޔާންގެ ގައިގައި އޮޅުލައިގަނެގެން އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. ރަޝާއެވެ. ރަޝާ އޭނާއާއި އެހައި ޖައްސައިލައިފައި ހުރީ މިހެންވެތާއެވެ. ތިމާ އެންމެ ލޯބިވާމީހާ އެހެން މީހަކާއެކުގައި އުޅޭތަން ބަލަން ކެތްވާނީ ކާކަށް ހެއްޔެވެ؟ މިއުޝީންގެ ހިތަށް ހީވީ ތޫނު ކަށިތަކެއް ހެރެމުންދިޔަ ހެންނެވެ. ރަޝާ އޭނާއާއި މެދުގައި އެހައި އިހާނެތިކޮށް ކަންތައްކުރީމައިވެސް ޝަޔާން އަޅައިނުލީ މިހްނެވެތާއެވެ. މިއުޝީނަށް އިސްޖަހައިލެވުނެވެ. ވީދެރައިން މަޑުގިސްލުމެއްގެ އަޑު އެދެތުންފަތް ދޭތެރެއިން ބޭރުވަމުން ދިޔައެވެ.

ނިކްޔަލްއަށް ކެތްވީ އެހިސާބަށެވެ. މިއުޝީންގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރައިލުމަށްފަހު މަޑުމަޑުން އެދަތްދޮޅީގައި ހިފައި އުފުލައިލިއެވެ. އޭރު ހަމަރަނގަޅަށްވެސް ގިސްލަގިސްލާފައި މިއުޝީން ރޮނީއެވެ. ނިކްޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އޭނާ ފުރާނަފަދައިން އެންމެ ލޯބިވާ އިންސާނާ ކުރިމަތީގައިހުރެ ރޮމުންދާ މަންޒަރުބަލަން ވަކި އެހިތަށް ކެތްވާނެހެއްޔެވެ؟ ލޯތްބާއެކު އެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެދެމުން ދިޔައިރު ނިކްޔަލްގެ ހިތްވެސް ރޮމުންދިޔައެވެ.

މިއުޝީން ބަލަމުންދިޔަ ދިމާއަށް ނިކްޔަލްވެސް ބަލައިލިއެވެ. އަތުގުޅުވައިލައިގެން ތިބެ ހިނގައިފައިދާ ދެލޯބިވެރިންފެނި މިއުޝީން އެހައި ދެރަވާންވީ ސަބަބެއް ނިކްޔަލްއަކަށް ނުވިސްނުނެވެ.

“މިއު. ކިހިނެއްވީތަ؟ ޕްލީޒް ރުއިންހުއްޓައިލައިފަ ބުނެބަލަ.” ލޯތްބާއެކު ނިކްޔަލް އެހެންބުނުމާއެކު މިއުޝީންގެ ރުއިމުގެ އަޑު އިތުރަށް ބާރުވިއެވެ. ހަދާނެގޮތެއްނޭނގި ހުރި ނިކްޔަލް ކުއްލިއަކަށް މިއުޝީންގެ އަތުގައި ހިފައިގެން އޭނާގެ ސައިކަލާާ ދިމާއަށް ހިނގައިގަތެެވެ. ބަހެއްނުބުނެ ރޮމުންދިޔަ މިއުޝީންވެސް ހިނގަމުންދިޔައީ ހިތްހަލާކުވެފައިވާ ހާލުގައެވެ.

ސައިކަލަށް އަރަމުން ނިކްޔަލް ދުއްވައިލީ ރަސްފަންނުގެ ހިތްގައިމު ސަރަހަށްދާދިމާއަށެވެ. އެތާކައިރީގައި ސައިކަލު ޕާރކް ކޮށްލަމުން މިއުޝީން ގޮވައިގެންގޮސް އެތަނުން ޖޯލިފައްޗެއްގައި އިނށީދެލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ގިސްލަގިސްލާފައި މިއުޝީން ރޮމުންދިޔައެވެ.

“ޕްލީޒް. ދެން ތިރުއިން ހުއްޓައިލައިފައި އަހަރެން ގާތު ވީގޮތެއް ބުނެބަލަ. މިއުއަކަށް ނޭނގޭތަ ތިހެން ބަހެއްނުބުނެ ރުއީމަ އަހަރެން ކަންބޮޑުވާނެކަމެއް.” ހާސްވެފައިއިނދެ ނިކްޔަލް އެހެންބުނެލުމުން އިސްއުފުލައިލަމުން ކަރުނަވީ ދެލޮލުން މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލިއެވެ. އޭނާގެ ހަޔާތުގެ އެސޮފުހާތަށް ނިކްޔަލްގެ ކުރިމަތީގައި ނިއުޅުވައިލާންވީހެއްޔެވެ؟ ހުރިހައި ވާހަކައެއް ކިޔައިދޭންވީ ހެއްޔެވެ؟ ދެންއެހިތަކަށް ކެތެއްނުވާނެއެވެ. މިވަގުތު އެހިތުގެ ޝަކުވާ ކޮންމެވެސް މީހަކާއި ހިއްސާކޮށްލަން އޭނާވެސް ބޭނުމެވެ. އޭނާގެ ފަރާތުން ޖަވާބެއްނުލިބެނިސް ނިކްޔަލް އޭނާ ގެއަށްދިޔަކަވެސް ނުދޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ޒަޚަމްވެފައިވާ އެހިތުގެ ހާލު ނިކްޔަލްއަށް ކިޔައިދިނުމެވެ. އެއީ ހެޔޮލަފާ އެކުވެރިއެއްކަން މިވީ ކުޑަ ދުވަސްކޮޅުތެރޭގައި މިއުޝީނަށްވަނީ އެނގިފައެވެ.

“ހެޔޮނުވާނެ މިއު. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. އަހަރެންނަށް އެނގޭ ކަމެއްނުވެ މިއު ތިގޮތަށް ނުރޯނެކަން. އެހެންވީމަ ކަމެއްނުވެއޭ ނުބުނާތި. އަހަރެން ގަބޫލެއް ނުކުރާނަން.” އަނެއްކާވެސް ނުތަނަވަސްވެފައިއިން ނިކްޔަލް ބުނެލިއެވެ. މިފަހަރު މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

“ނިކް ލޯބިވާ ކުއްޖެއް ހުރޭތަ؟” މިއުޝީންގެ ސުވާލުން ނިކްޔަލް ވަރަށް ހައިރާންވިއެވެ. އަނެއްކާ މިއުޝީން މިއުޅެނީ ކޮންވާހަކައެއް ދައްކަންބާވައެވެ؟ އެންމެފުރަތަމަވެސް އެހެން އެއެހީ ކީއްވެހެއްޔެވެ؟

“ހޫމް.” އިރުކޮޅަކު ވިސްނައިލުމަށްފަހު ނިކްޔަލް ޖަވާބުދިނެވެ. “އެކުއްޖާ ނިކްއަށް ނުލިބިއްޖެއްޔާ ކިހައި ވަރަކަށް ދެރަވާނެ؟” ގިސްލެވޭހާލު ދެވަނަ ސުވާލު މިއުޝީން ކޮށްލިއެވެ. ވާނުވާ ނޭނގިފައިއިން ނިކްޔަލް މިއުޝީންގެ މޫނަށް އިރުކޮޅަކު ބަލަން އިނުމަަށްފަހު ފުންނޭވާއެއްލިއެވެ.

“ނޭނގެ ވާނެގޮތެއް. އެލޯތްބާ ނުލައި އުޅެން އަހަރެންނަށް ވަރަށް އުނދަގޫވާނެ. އެކުއްޖާ ނުލިބިއްޖެއްޔާ އަހަރެން ދުނިޔެއިންވެސް މޮޔަވެދާނެ. އެހައިވެސް ލޯބިވޭ. މިހިތަކުން ދުވަހަކުވެސް އެކުއްޖާގެ ހަނދާންތައް ފުހެއެއްނުލެވޭނެ. އެނޫން އެހެންކުއްޖަކަށް މިހިތުން ޖާގައެއް ނުދެވޭޭނެ. މިހިތުގެ ހަމައެކަނި ހައްގުވެރިއަކީ އެއީ. އަހަރެންނަށް ހިތަށްވެސް ނުގެނެވޭނެ އެކުއްޖާއާއިނުލާ ދިރިއުޅޭނެ ގޮތެއްވެސް.” މިފަހަރުވެސް ނިކްޔަލް ޖަވާބުދިނީ އިރުކޮޅަކު ވިސްނަންއިނުމަށްފަހުއެވެ. ނަމަވެސް ހިތްހަލާކުވެފައިއިން މިއުޝީނަށް ނޭނގުނީ ނިކްޔަލްގެ ހިތުގެ މަލިކާ އަކީ އޭނާކަމެވެ.

“ކިހިނެއްވީތަ؟ ޕްލީޒް. މިއު ތިބުނަން އެއްޗެއް ތަންކޮޅެއް ސާފުކޮށްބުނެބަލަ.” ކަންބޮޑުވެފައި ނިކްޔަލް އެހެން އަހައިލުމާއެކު މިއުޝީނަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ. “ނިކް. އަހަރެންވެސް. އަހަރެންވެސް ވަރަށް ލޯބިވާ ކުއްޖެއްހުރޭ. އެކަމަކު އޭނަ އަހަރެންދެކެ ލޯތްބެއްނުވޭ. ކީއްވެތަ އަބަދު އަހަރެންނަށް މިހެންވަނީ؟ ކީއްވެތަ އަހަރެން ލޯބިވާ މީހުންގެ ލޯބިން އަހަރެން މަހުރޫމުވަނީ؟ އަހަރެން ކޮންކުށެއްތަކުރީ؟ ބުނެބަލަ. އަހަރެން ހަމަ އެހައި ހުތުރުތަ؟ އަހަރެން ގަސްތުގައެއްނޫނޭ މިހެން ހިނގަނީ. ރަށު އެންމެންވެސް އަހަރެންނަށް މަލާމާތްކުރީ. ޚުދު އަހަރެން ބަނޑުއަޅައިވިހެއި މައިމީހާވެސް. މިހިތަކަށް އަސަރެއް ނުކުރާނެތަ؟ ކިހައި ވަރަކަަށްތަ އަހަރެން ކެތްކުރަންވީ؟ ކިހައިވަރަކަށްތަ؟” ރޮމުންރޮމުންގޮސް މިއުޝީންގެ އަޑުބެދުނެވެ. އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި ނިކްޔަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއުޝީން އުޅުނީ ހާދަވޭންދެނިވި ދިރުއުޅުމެކެވެ. އެއަންހެން ކުއްޖާގެ ހިތް ގައިމު އެވަރަށް ހަލާކުވާނީ ކޮންމެވެސް ކަމެއްވީމައި ތާއެވެ.

“މިއުއަށް ކިހިނެއްތަ އެނގެނީ އޭނަ މިއުދެކެ ލޯބިނުވާކަމެއް؟ ކާކުދެކެތަ މިއު ލޯބިވަނީ؟” ހިތްއަވަސްވެފައިވާ ހާލު ނިކްޔަލް އެހެން އަހައިލިއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ މިއުޝީންގެ މޫނަަށެވެ. މިއުޝީންގެ ޖަވާބަކަށް އިންތިޒާރުކުރަމުންދިތަ ނިކްޔަލްގެ ހިތްހީވަނީ މޭފަޅައިފައި ނުކުމެދާނެހެންނެވެ.

“ޝަޔާން. އަހަރެންގެ މުޅިހަޔާތުގައިވެސް ލޯބިވެވުނު ހަމައެކަނި މީހަކީ އެއީ. އެކަމަކު.. އެލޯބިންވެސް އަހަރެން މަހުރޫމްވީ. ނިކް ވެސް ބުނީމެއްނު ނިކް ލޯބިވާ ކުއްޖާނުލިބިއްޖެއްޔާ ނިކް މޮޔަވާނޭ. ދެން ހިތަށްއަރުވައިލަބަލަ އަހަރެންނަށް ވާނެވަރު.” ހިތާއި ދިމަލުގައި އަތްއަޅައިގެންއިން މިއުޝީން އަސަރާއެކުގައި ބުނެލިއެވެ.

ނިކްޔަލްއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ގޮށްމުށުން ޖެހިހެންހެންނެވެ. އެހިތް ތޫނު ޚަންޖަރަކުން ކޮށައި ކުދިކުދި ކޮށްލިހެންނެވެ. ހުއްޓުން އަރައިފައި މިއުޝީންގެ މޫނަށް ބަލަންއިން ނިކްޔަލްގެ ހިތުގައި ޝަކުވާއުފެދުނެވެ. މިއަދު ހަލާކުވެގެން އެދިޔައީ ހަމައެކަނި މިއުޝީންގެ ހިތެއްނޫނެވެ. ޒަޚަމްވެ ލޭއޮހޮރެމުން އެދަނީވެސް ހަމައެކަނި މިއުޝީންގެ ހިތަކުންނޫނެވެ. ނިކްޔަލްގެ ހިތްވެސްވަނީ ޒަޚަމްވެ ހަލާކުވެފައެވެ. ނަމަވެސް އާހް.. އެކަން މިއުޝީނަށް އެނގޭނެނަމައެވެ. ބިނާކުރި ރީތި ހުވަފެނީ ގަނޑުވަރު ހަގީގަތަކަށްވުމުގެ ކުރީގައި އެވަނީ ހަލާކުވެ ބިމާއި ހަމަވެފައެވެ. ނިކްޔަލްގެ ލޮލުން ކަރުނަ ނިރާލިއެވެ. ދުރުބަލަންއިން މިއުޝީނަށް މިއިން އެއްވެސް މަންޒަރެއް ނުފެނެއެވެ.

ފުންނޭވައެއްލަމުން މިއުޝީން އޭނާގެ ހަޔާތުގެ ހުރިހައި ސޮފުހާއެއް ނިކްޔަލްއަށް ކިޔައިދިނީ އޭނާގެ ފަރާތުން ޖަވާބެއް ނައުމުން އަޑުއަހަނީކަމަށް ހީކޮށެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއްލިބޭތޯ އެވާހަކަތައް ކިޔައިދެމުންދިޔައިރު އެހެން ހިތެއް އެވާހަކަތަކުގެ ސަބަބުން ހަލާކުވެދާނެ ކަމަކަށް މިއުޝީން ހިއެއްނުކުރެއެވެ.

ހުރިހައި ވާހަކައެއް ކިޔައިދީ ނިމުނުއިރު އެލޮލުން ފައިބަމުންދިޔަ ކަރުނަތައް މަދުވި ނަމަވެސް ނިކްޔަލްގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ. ލޯބިވާވާހަކަ ނުބުނެވެނީސް އެލޯބި ބީވެން ދިއުމުން އެހިތަށް ކިހައި އަސަރެއް ކުރާނެހެއްޔެވެ؟ މިއުޝީން އެނބުރި ބަލައިލަންވާއިރަށް އަވަސް އަވަހަށް ްެކަރުނަތް ފުހެލަމުން ގަދަކަމުން ނިކްޔަލް ހިނިތުންވެލިއެވެ.

“ނިކް. އަހަރެން ބޭނުން ޝަޔާންގެ ލޯބި ހޯދަން. ކޮންމެ ހާލެއްގައި ނަމަވެސް. އަހަރެންނަށް އެކަންވާނެތަ؟” ހަގީގަތް ނޭނގިއިން މިއުޝީން އިތުރަށް ނިކްޔަލްގެ ހިތުގައި ހިފައި ޗިސްކޮށްްލިފަދައެވެ. ގަދަކަމުން ކަރުނަތައް ދިރުވައިލަމުން ނިކްޔަލް ހިނިތުންވެލީ ބޯޖަހައިލަމުންނެވެ.

“ޔަގީނެއްނު. ތިކަހަލަ ރަނގަޅު ކުއްޖަކު ބޭނުންނުވާނީ ކާކު؟ މިއުއަށް ﷲ ގެ އިރާދަފުޅުން ތިލޯބި ކާމިޔާބު ވާނެ. އަހަރެން މިއުއަށް ހައްގު ހުރިހައި ލޯތްބަކާއި އުފަލެއް ހޯދައިދޭނަން. އިންޝާ ﷲ.” އުޑާއި ދިމާއަށް ބަލައިލަމުން ހިތިގޮތަކަށް ނިކްޔަލް ހިނިތުންވެލިއެވެ. އެބަސްތަކުން ގައިމުވެސް މިއުޝީންގެ ޒަޚަމްވެފައިވާ ހިތަަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެމޮޔަ ކުއްޖާއަށް ނޭނގުނު ކަމަކީ އެބަސްތައް ނުކުތީ އޭނާއަށްޓަކައި ދީވާނެ މޮޔަވެފައިވާ ލޭކަރުނަ އޮހޮރެމުންދިޔަ ހިތަކުންކަމެވެ.

** ** **

ގެއަށް އައިސްވަތް ނިކްޔަލްއަށް އޭނާގެ އިންތިޒާރުގައި ސޯފާގައި އިން އާކިލް ފެނުނުހެނެއް ހިއެއްނުވެއެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ވޭނީ ކަރުނަތައް ފައިބަމުން ދިޔައިރު ބާރުހިނގުމެއްގައި ސިޑިއާއި ދިމާއަށް ނިކްޔަލް ދިޔައެވެ.

“އޭތް ނިކް. ހާދަ އަވަސްއަރާފަ. މިއޮތީ ޕެން. އެއްކަލަ ފިލްމްކޮޅު އަޅައިލަން މިއައީ. މިރޭ ބަލާނެ ފިލްމެއްނެތީމަ ފޫހިވެގެން.” އަތުގައިއޮތް ޕެން އަނބުރަމުން ނިކްޔަލްއާއި ދިމާއަށް އާކިލް ހިނގައިގަތެވެ. ތަނަށްވެރިވެފައިވާ ފަނޑުއަލިކަމުގެ ތެރޭގައި މިލައިފައިވާ ނިކްޔަލްގެ މޫނެއް އާކިލްއަކަށް ނުފެނެއެވެ.

އާކިލްގެ އަޑަށް ހުރިފިޔަވަޅުމަތީގައި ނިކްޔަލް ހުއްޓުނުނަމަވެސް ފަހަތަކަށް ނުއެނބުރެއެވެ. ކަރުނަތައް ގަދަކަމުން ހިންދަން މަސައްކަތްކުރި ނަމަވެސް އެކަންވެސްވީ ބޭކާރެވެ.

“އޭ ބްރޯ ކިހިނެއްވެފަ؟” ނިކްޔަލްގެ ފަރާތުން ޖަވާބެއް ނައުމުން ހައިރާންވެފައި އާކިލް އަހައިލިއެވެ. އެވަގުތު އިވުނު މަޑު ގިސްލުމުގެ އަޑުން ނިކްޔަލް ރޮނީކަން އާކިލްއަށް އެނގުނެވެ. އެންމެފަހުން ނިކްޔަލް ރުއީ އޭނާގެ މައިންބަފައިން ދުނިޔެއަށް އަލްވަދާއުކީ ދުވަހުއެވެ. އޭގެފަހުން ނިކްޔަލް މިގޮތަށް ރޮނިކޮށް އާކިލް ނުދެކެއެވެ.

ހާސްވެފައިގޮަސް ނިކްޔަލްގެ ކޮނޑުގައި އާކިލްއަށް ނުހިފެހެއްޓެނީސް ހުރިތަނަށް ނިކްޔަލް ތިރިވިއެވެ. އެވަގުތު އެބޮޑު ސިޓިންރޫމްވެސް ގުގުމައިގެން ދިޔައީ ނިކްޔަލްގެ ވޭނީ ގިސްލުމުގެ އަޑުންނެވެ.

“އޭތް ނިކް. ކިހިނެއްވީތަ؟ ހެޔޮނުވާނެ އަހަރެންގެ ހިތް ނުތަޅުވައި ވެގެން އުޅޭ ގޮތެއް ބުނެބަލަ.” ހާާސްވެފައި އާކިލް ސުވާލުކުރަމުން ދިޔައީ ނިކްޔަލް އެގޮތަަށް ރޯންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުމުންނެވެ. ގައިމު ޕާޓީ ނިންމައިފައި މިއުޝީން ގޮވައިގެން ނިކްޔަލް ނުކުތީ ނުލާހިކު އުފާވެފައި ހުރެއެވެ. ދެން ކުއްލިއަކަށް ރޯންވީ ކީއްވެހެއްޔެވެ؟

“އާކް.. މިއު.. މިއު.. ޝީ ޑަސަންޓް ލަވްމީ އާކް. މިއު އަހަރެން ދެކެ ލޯތްބެއް ނުވޭ. އޭނަ ލޯބިވަނީ އެހެން މީހެއްދެކެ.” ހިތާއި ދިމާލުގައި އަތުން ހިފަހައްޓައިލަމުން ނިކްޔަލް އެހެން ބުނުމާއެކު އާކިލްގެ ދެލޯބޮޑުވެ ބަސްހުއްޓުނެވެ.

“އަހަރެންގެ ފުރަތަމަ ލޯބި ކާމިޔާބު ނުވަނީސް ގެއްލުނީ. އާކް އަބަދުވެސް ބުނަމެއްނު ލޯތްބަކީ ވަރަށް ފޮނި ޖަޒުބާތެކޭ. އެކަމަކު. އެލޯބީގެ ފޮނިކަން އަރުތެރޭ ނުލަނީސް އޭގެ ހިތިރަހަ އަހަރެންގެ އަރުތެރޭ މިލީ.” ގިސްލެވިފައިވާ އަޑަކުން ނިކްޔަލް އެހިތުގެ ހާލު ބަޔާާން ކުރަމުން ދިޔައެވެ. އޭރުވެސް އެއްވެސް ހިފެހެއްޓުމެއްނެތި އެލޮލުން ކަރުން އޮހޮރެމުން ދިޔައެވެ. މިއުޝީނަކީ އޭނާގެ ހިތުގެ ވިންދެވެ. އެވިންދައިނުލާ އޭނާގެ ހިތް މަސައްކަތްކުރާނީ ކިހިނެއްހެއްޔެވެ؟ އޭނާ ދިިރިއުޅޭނީ ކިހިނެއްހެއްޔެވެ؟

އެއްޗެއް ބުނަން އުޅެފައިވެސް އާާކިލް މަޑުކޮށްލީ އަނެއްކާވެސް ނިކްޔަލް ވާހަކަ ދައްކަންފެށުމުންވެ. “އަހަރެން ކިހައި ބަދުނަސީބު. މުޅި އުމުރުގައިވެސް ހިތުން ޖާގަދެވުނީ އެންމެ ކުއްޖަކަށް. އެކަމަކު އަހަރެންގެ މިލްކަކަށް ނުވަނީސް އެހިތް އަހަރެން އަތުން ގެއްލިއްޖެ. އާކް. އަހަރެން ހާދަ ލޯތްބެއްވެއޭ މިއު ދެކެ. އަހަރެންގެ ހިތް މިއުއަށްއެދި ގޮވާވަރު މޮޅަށް ދެނެވޮޑިގެންވާނީ ﷲ.” އާކިލްގެ މޫނަށް ބަލައިލަމުން ނިކްޔަލް ބުނެލިއެވެ. ނިކްޔަލްގެ ކޮނޑުގައި ހިފައި ނަގަމުން އާކިލް އޭނާއާއި އެކުގައިގޮސް އެތަނުން ސޯފާއެއްގައި އިނށީނެވެ.

“ނިކް. ހަމަޖެހިބަލަ. މިއުގެ ހިތް ފަތަހަކުރަން ނިކްއަށް މަސައްކަތް ކުރެވޭނު.” އާކިލް ބެލީ ނިކްޔަލްއަށް ހިތްވަރުދެވޭތޯއެވެ. ނިކްޔަލް ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“އާކް. އަހަރެން މިއުދެކެވީ ތެދުވެރި ލޯތްބެއް. އަހަރެން އެދެނީ މިއުގެ އުފާ. އޭނާ އުފަލުގައި ހުންނަންޏާ ﷲ އިރާދަކުރެއްވިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން. އަހަރެންމީ އެއްއިރެއްގައިވެސް އެހައި އަމިއްލަ އެދުން ބޮޑު މީހެއްނޫން.” ސީލިންގްގައި އެލުވައިފައިވާ ބޮޑު ޗާންދަލިޔާއަށް ބަލައިލަމުން ނިކްޔަލް ބުނެލީ ހިތްދަތި ގޮތަކަށެވެ. އާާކިލް ދެފަރާތަަށް ބޯހޫރުވައިލީ ނިކްޔަލް އެބުނީ ކީކޭކަން ފަހުމްނުވުމުންނެވެ.

“ނިކް. ކީކޭ ތިކިޔަނީ؟ އަހަރެންނަކަށް ނުވިސްނުނު.” އާކިލް އެހެންބުނުމާއެކު އިންތަނުން ނިކްޔަލް ތެދުވިއެވެ. އަދި އޭނާއަށް ފުރަގަސްދެމުން ވާހަކަދައްކަންފެށިއެވެ.

“މިއު ލޯބިވަނީ ޝަޔާން ދެކެ. އެއީ މިއުގެ އުފަލަކީ. މިއުގެ އެއުފާ މިއުއަށް ހޯދައިދޭނީ އަހަރެން. އާން. ޝަޔާންގެ ލޯބި މިއުއަށް އަހަރެން ހޯދައިދޭނަން. އެކުއްޖާ ދިރިއުޅުމުގައި ވާވަރަށް ހިތާމަ އުފުލައިފި. ދެން އެދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލާކަށް އަހަރެންގެ މިހިތަކަށް ކެތެއް ނުވާނެ. އާކް. އަހަރެން ހަގީގަތުގަވެސް މިއުދެކެ ވަރަށް ލޯބިވޭ. އެއްވެސް ހާލެއްގަ އެލޯބި ބީވާކަށް ނޭދެން. އެކަމަކު. އާހް. މިއަދު އެނޫންގޮތެއް އަހަރެންނަކަށް ނެތް. އާކް. އަހަރެން މިއުދެކެ މިވާ ތެދުވެރި ލޯބީގެ ހައްޤުގަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނަން. އަހަރެންގެ ލޯބިވެސް އެލޯބީގެ ހައްޤުގަ ގުރުބާންކުރާކަށް އަހަރެން ފަހެއް ނުޖެހޭނަން. އައި ވިލް ޑޫ އެނީތިންގް ފޯ ހާ. އެނީތިންގް.” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ނިކްޔަލް ދެޖީބަށް އަތްޖަހައިލީ ގައިގައި ނެތް ހިތްވަރު ނެރެމުންނެވެ. އަޑުއިވުނު ވާހަކަތަކުން ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި އާކިލްއަށް ހުރެވުނީއެވެ. ނިކްޔަލް މިއުޝީންދެކެ އެވަނީ ކޮންފަދަ މާތް ލޯތްބެއްހެއްޔެވެ؟ އެލޯތްބަށްޓަކައި އަމިއްލަ އުފާ އެގުރުބާންކޮށްލަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އާހް. މިއުޝީނަށް އެކަން އެނގޭނޭ ނަމައެވެ. ހަމައެންމެފަހަރަކު ނަމަވެސް އެދެލޮލުން އޭނާއަށްޓަކައިވާ ލޯބި ފެންނާނޭނަމައެވެ. އެކުއްޖާއަށްޓަކައި ނިކްޔަލްގެ ހިތް އެދި ތެޅޭވަރު އިހުސާސުވާނޭ ނަމައެވެ.

ލޯތްބަކީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ؟ އެއްބަޔަކަށް ދުނިޔެމަތީގައި އުފާހޯދައިދެމުން ދާއިރު އަނެއްބައެއްގެ ދިރިއުޅުން އަންދައި އަޅިއަށް ހަދައިލަނީއެވެ. އެއްބައެއްގެ ހަޔާތް އުފާވެރިކަމުން ފުރައިލާއިރު އަނެއްބަޔަކު އެލޯބީގެ ހައްގުގައި ދެލޮލުން ކަރުނަ އޮއްސާހާލު ގުރުބާންވަނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (ފަހުބައި)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާރަވަނަބައި)

Next
November 22, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ބާރަވަނަބައި)

Previews
November 22, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (ފަހުބައި)

51 Comments!

  1. Nau says:
    November 22, 2017 at 8:06 pm

    Hei.. Salaam all.. So miothy mi stry ge 9 vana bai… Hope all will like this part too. If there is a mistake do let me knw ingey.. Enjoy reading all.. N hv a v v gud nyt my dear all readers.. Next part in sha allah tmrw..Ly all.. ❤?

    1. samahaa says:
      November 22, 2017 at 8:27 pm

      Thank you for uploading two parts?……….
      Alhey mihaaru story varah reethi vehje And you r improveing, sometimes mistakes annaane but don’t worry dhoonnii….. Then liyaa faharaku rangalhu kurevey tho balaaney dhw Nau dhoonnii……
      Keep it up ?????????

    2. Nau says:
      November 22, 2017 at 10:55 pm

      Yes dhw. Thanks alot samahaa dhoonii..❤?

  2. Friends says:
    November 22, 2017 at 8:14 pm

    First dhw

    1. Nau says:
      November 22, 2017 at 10:52 pm

      Yes dear.. First

  3. humey says:
    November 22, 2017 at 8:15 pm

    Masha Allah…v salhi…

    1. Nau says:
      November 22, 2017 at 10:53 pm

      Thanks humey

  4. PRINCESS AFU says:
    November 22, 2017 at 8:16 pm

    MASHA ALLAH Vv salhi
    Kyp it up dear
    Gud nyt swyt dreams
    LYSM

    1. Nau says:
      November 22, 2017 at 10:53 pm

      Thanks afu.. Luv u too

  5. sana says:
    November 22, 2017 at 8:20 pm

    Thank you for uploading two parts….
    Wow Nau molhu ingey…. Masha allah sifa kohdhinumah hama ahssaribahaa saabas dheyvaru vey …..hama ehaaves reethi vefa furihama mulhin kosveje…..thy molhu vaahaka liyun theriakah vaane kuhjehkan hama sana ahe yagyn ehaaves molhu nau …… Keep it up Nau dhoonnii??????????<3

    1. Nau says:
      November 22, 2017 at 10:54 pm

      Awwwnn.. Thank u sooooo much sana dhoonii?❤

  6. Shaa says:
    November 22, 2017 at 8:22 pm

    Alhe nikuyalge loabi libeyne namadhow ? V reethi mipartves

    1. Nau says:
      November 22, 2017 at 10:54 pm

      Ya dhw.. Hehhe.. Thanks shaa

  7. Xxxx says:
    November 22, 2017 at 8:24 pm

    V.nice???

    1. Nau says:
      November 22, 2017 at 10:54 pm

      Thanks dear❤

  8. Friends says:
    November 22, 2017 at 8:27 pm

    Hey nau…
    Masha allah stry vvvvv nice……keep it up dear..
    Waiting 4 next part…
    Gud nyt…?????????????????????????

    1. Nau says:
      November 22, 2017 at 10:55 pm

      Thanks dear.. Kyp waiting.. ❤

  9. Xuha says:
    November 22, 2017 at 8:28 pm

    Story vvv nice keep it up dear….

    1. Nau says:
      November 22, 2017 at 10:56 pm

      Thanks xuha

  10. Minnie✨ says:
    November 22, 2017 at 8:30 pm

    Alhe hama rovijje..???
    Ehn nuhadhaa Nau..???
    Miu and Nikyal gulhuvaa.?
    Shayaan and Rasha gandu.?
    Keevve tha e dhemeehun Miu ah fenuny..?
    Story hama Awesome… ♥♥♥♥
    I Love this story..??
    One of the best story on this site…?❤✨✨
    Masha Allah…❤?✨✨
    And Thanks a lot miadhu 2 part up kohdhineema..?
    You are the best hama..?
    Waiting…????
    Keep it up girl..♥♥♥♥♥♥?
    Love you…❤❤✨

    1. Nau says:
      November 22, 2017 at 10:57 pm

      Awwnn.. Thanks alot my dear.. Ya dhw.. Hingaa balamaa vaa gotheh.. Love u too?❤

  11. saadhu says:
    November 22, 2017 at 8:34 pm

    nau kihinetha.alhey nau haadha ragalhey.v reethi.dhen kihine baa vaani.inthizaaru ga.Gud nite dear.love u?

    1. Nau says:
      November 22, 2017 at 10:57 pm

      Nau hama baraabaru.. Alhamdhulihlaah.. Saadhu kihineh?? Thanks dear.. Love u too.. ?

  12. Chim says:
    November 22, 2017 at 8:51 pm

    Wooow nau thank u thank u..miadhu 2part up kohladhinyma ??mee hama enme favourite story ey bunevidhaane ❤ ❤

    1. Nau says:
      November 22, 2017 at 10:58 pm

      Awwnn.. Thank u chim❤❤

  13. JUM ERRR says:
    November 22, 2017 at 9:12 pm

    Yesss ehn vegn ney nau dheke lwwwbivany. ?? yuh r the bxxt darrl❤❤

    1. Nau says:
      November 22, 2017 at 10:58 pm

      Thanks alot jum.. ?❤

  14. xim says:
    November 22, 2017 at 9:41 pm

    Woooow ? woooow? varah reethii……story….. 😛 …gud nyt nau…?…Miss you ..?

    1. Nau says:
      November 22, 2017 at 10:59 pm

      Thanks dear.. Miss yuh too❤

  15. Ree? says:
    November 22, 2017 at 9:58 pm

    Oh poor nik i feel so bad for him i wish nik ah nik ge loabivaa miu libeyn aslu miu haggi ves nik ah cos nik miu dheke vani hageegee thedhuveri loabi alhey miu ah nik ge hithuge haalathu egeyne nama? story varah reethi???❤

    1. Nau says:
      November 22, 2017 at 10:59 pm

      Ya dhw ree.. Dhn lets see dhw miu libeny kaakahthw.. Thanks dear..❤

  16. Shann says:
    November 22, 2017 at 10:01 pm

    Wow nau, haadha rychey mibaives.. Alhey haadha dhera gothekey dhw mi dhimaa v.. Mihaaru anehbai kiyaalaa hithun hirevenyky ves nun.. Haadha haavaa ryhchey.. Luv u nau

    1. Nau says:
      November 22, 2017 at 11:00 pm

      Thanks alot shann.. Luv u too

  17. SJK...KOREAN says:
    November 22, 2017 at 10:27 pm

    hei nau?
    masha allah varah furihama ??
    keep it up..
    mi partvx sifakurunthah varah obi ?
    waiting..
    love u .?❤?

    1. Nau says:
      November 22, 2017 at 11:00 pm

      Hey dear.. Thanks alot.. Love u too❤❤

  18. Reet says:
    November 22, 2017 at 10:28 pm

    V reethi mi vaahaka ah inthizaar kuran abadhuvess

    1. Nau says:
      November 22, 2017 at 11:01 pm

      Thanks reet

  19. Rsh says:
    November 22, 2017 at 11:00 pm

    V REETHI ?

    1. Nau says:
      November 22, 2017 at 11:01 pm

      Thanks dear?

  20. jjey ? says:
    November 22, 2017 at 11:06 pm

    ???Thanku nau ❤️. ???

    1. Nau says:
      November 22, 2017 at 11:42 pm

      Wlcm n thanks jjey❤

  21. Zuam says:
    November 23, 2017 at 12:05 am

    Masha Allah…. varah reethi…..

    1. Nau says:
      November 23, 2017 at 9:11 am

      Thanks zuam

  22. Jaan says:
    November 23, 2017 at 6:51 am

    V reethi mi part vs n v touching story eh ?
    Keep it up ????

    1. Nau says:
      November 23, 2017 at 9:11 am

      Thanks jaan

  23. viroo says:
    November 23, 2017 at 8:20 am

    nau mi story vess varah reethi

    1. Nau says:
      November 23, 2017 at 9:11 am

      Thanks viroo

  24. Love says:
    November 23, 2017 at 12:57 pm

    Whn nxt prt???

  25. zaam says:
    November 23, 2017 at 3:04 pm

    mi part ves vvvv rythi….

  26. vaahaka kiyaa kuhjjaa says:
    December 6, 2017 at 10:53 am

    miu mi ee haadha badi kuhjjekey dho. fenna haa meehakah hiyy kiyaaa 😀

  27. mahi says:
    February 8, 2018 at 8:33 pm

    i really love this story ….. miu ah ingeynama dhw eyna dheke eha loabi vaa meehaku ulheykan

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (10)←


All Right Reserved!