“އޭ!!!! ބުނާނެ މަށޭ ހުވަފެން ބަލަނީ. ތިއޮއް އަނގައިން ސޮނި ފައިބަނީ..ހޭލާ.!!!” ޔާނީގެ ނިއްކުރީގައި ޖަހާލަމުން މުލައިލް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޔާނީވެސް އަމިއްލަ މޮޔަކަމާމެދު ހެމުން މުލައިލްގެ ފަހަތުން ދިޔައެވެ. ދުރުގައި މަންޒަރު ބަލަން ހުރި އަލާނިޔާގެ ބޮމަ ގޮށްޖެހިގެން ދިޔައެވެ. ދިވެހި ރިޕޯޓު އެންމެ ފަހަށް ބޭއްވުމަށްފަހު މުލައިލް އެންމެ ފުރަތަމަ ވެސް އުޅެންފެށީ އެންމެ އަވަހަށް ހަވާލް ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގައެވެ. ޔާނީވެސް ޓެސްޓުތައް ފެށުމުގެ ކުރިން ފިލާވަޅުތައް ދަސްކުރަން […]
“މިރޭ 8 ޖަހާއިރަށް ތައްޔާރުވައްޗޭ.” ގެއަށްވަންނަމުން ނިކްޔަލް މިއުޝީނަށް ހަނދާންކޮށްދިނެވެ. “ޔަޕް. އެކަމަކު ކޮންތަނަކަަށްތަ ދާން މިއުޅެނީ؟” މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލަމުން އެހެން އަހައިލުމުން ނިކްޔަލްގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. “އެއީ ސަޕްރައިޒް އެއް.” އެއްލޯ މަރައިލަމުން ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެފިރިހެންވަންތަކަމުން މިއުޝީންގެ ހިތަށްވެސް އަސަރުކުރުވައިފިކަން ހަމަ ޔަގީނެވެ. ** ** ** ފެންވަރައިގެން ނުކުތް މިއުޝީންގެ ތުންފަތްމަތީގައިވަނީ ރީތި ހިނިތުންވުމެވެ. ބޮލުގައި އޮޅައިލެވިފައިވާ ތުވާލި ނައްޓައިލަމުން […]
އެއިރު އެއެންމެން އެތާނގައި ތިބުމުން އަހަރެން ލަދުގަތް ވަރުން އިސްދަށަށް ޖެހީމެވެ. މަންމަމެން އައިސް އަހަރުމެނަށް މަރުހަބާ ކިއުމަށްފަހު ދިޔައެވެ. ޕްރިންސަސް ހާދަ ލަދުން ހުރިހެން ހީވެއެވެ.އެމީހުން ދިއުމުން ސާލް ބުނެލިއެވެ.އަހަރެން ސާލް ގައިގަ ވިކައިގަތީ މާބޮޑަށްލަދު ގަތީމައެވެ. އެރޭ އަހަރުމެން ގެއަށް ދިޔައީ ރެސްޓޯރެންޓން ކައިގެނެވެ. ސާލް ބުނިގޮތުގައި އަހަރެންވެސް އޭނައާއި ގަޔާވާކަން އެނގޭތީ ސަޕްރައިޒެއް ދޭންބޭނުންވީ ކަމުގައެވެ.އަހަރެން ގެއަށްލާފައި އޭނަ ދިއުމުން އަހަރެން އުފަލުން މަންމަ ގައިގާ ބައްދާލުމަށްފަހު ކޮޓަރިއަށްގޮސް ހެދުން ބަދަލްކޮށްލައިގެން ސާލް […]
ވާހަކައިގެ ކުރީގެ ޕާޓް ގަ ކުޑަ މިސްޓޭކްއެއް އިންނާނެ. އާލާގެ ދަރިފުޅެއް ނޫން މިޒްނާގެ ދަރިފުޅު ޒިވީ އެއީ. …….. “މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ. ………………………………………………. ޒައިދާން ދިޔުމުން މީކާއީލް އޮފީހަށް ނުގޮސް […]
އެދުވަހަށްފަހު އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ކޮންމެ ހިނދެއްގައިވެސް އެހިތުގައި ރަސްކަންކުރަމުންދަނީ އެކުއްޖާގެ ޚިޔާލުތަކެވެ. އެނދުގައި އޮތް އާކިލް އޭނާާގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެކުއްޖާ ހޯދަން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެދެމެދުގައި ހިނގި އެކުޑަކުޑަ ހާދިސާ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރެއެވެ. ** ** ** އޮޕަރޭޝަންގެ ފަހުން މިއުޝީނަށް ހިނގައިގަނެވުނު ފުރަތަމަ ދުވަހު އޭނާ ހީވަނީ އުފަލުންގޮސް ހަލާކުވެދާނެހެންނެވެ. މިހާރު އޭނާގެ […]
މީކާއީލްވެސް ހިނިތުންވެލައިގެން ހުއްޓަސް އޭނާ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދެއެވެ. އެ ހިތް އެދި ގޮވަނީ ހަމައެކަނި ޒިމްޔާއަށެވެ. ނަމަވެސް ޒިމްޔާ މިއަދުވަނީ އޭނައާއި މާދުރައް ގޮއްސައެވެ. މިހާރު ޒިމްޔާ އޭނައަށް ނަފްރަތްވެސް ކުރާނެ ކަންނޭނގެއެވެ. ނޫނީ އެހެން މީހަކާއެކީ އުޅޭނެ ކަންނޭގެއެވެ. މީކާއީލްއަށް އިނގިހުރެ ޒިމްޔާ އެހެން މީހެއްގެ ހައްގަކަށްވިޔަކަ ނުދޭނެއެވެ. ……………………. ތިން އަހަރު ފަސް…………………………….. ……………………………………… ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ކިޔާންއާއި ޒައިދާން އާއި ޔަޒްނާ އިންތިޒާރުކުރަމުން ދިޔަނީ […]
“ޔު ރަށަށް އައީ ކޮން އިރަކު؟” ޔާލް ފެނުމުން ޝާހިނަށް އަހާލެވުނެވެ. “ދެންމެ މިއާދެވުނީ. ތި ގެޔަށް ދިޔައިރު ޔު ފެންނަން ނެތުމުން ފޯން ޓްރޭސް ކުރީ.” ޔާލް ބުނެލިއެވެ. ރާއްޖޭގަ އުޅުނުތާ 7 އަހަރު ވިޔަސް އަދިވެސް އޭނަ ދިވެހިން ވާހަކަ ދައްކާއިރު އަޅާއިގަންނަ ގޮތެއް ހުރެއެވެ. “ފަޒީލް ގުޅާފަ ރޭގަ ހާދިސާ ކިޔާދިނުމަށްފަހު އޮޕަރޭޝަން ކުރާ ވަހަކަ ބުނުމުން އިތުރަށް ކެތްނުވީ.” ޔާލް އިތުރަށް ބުނެލިއެވެ. “އަހަންނަށް އެނގޭ ތި ބަލި އަކީ ބޮޑު […]
އަހަންނާއި ސާލިމް އާއި ދިމާވީ ރަށު ސުކޫލުންނެވެ. އެއީ އަހުމަދިއްޔާ ސުކޫލްގެ ގްރޭޑް 10 ގެ ފަސް ދަރިވަރަކާއި ދެ ޓީޗަރަކު ލާމް އަތޮޅު ތައުލީމީ މަރުކަޒަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.އެއިގެ ފަހުން އެކަކަށް ނޭނގޭ އެއްޗެތި އަނެކަކަށް ބުނެދީ ހަދަމުން ގެންދިޔައީ ފޫހިކަމެއް ނެތި އެވެ. ހަމައެއާއިއެކު އަހަރުމެންގެ އެކުވެރިކަންވެސް ދިޔައީ ބަދަހިވެ ކުރިއަރަމުންނެވެ. ދެމީހުންވެސް އޯލެވެލް އިމްތިހާނުން ރަންވަނަ އެއް ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުން ދިޔައީމެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. މިއަދަކީ […]
ޢުމުރުގެ ބޮޑުބައި އަހަރެން ހޭދަކުރީ އެކަނިވެރިކަންމަތީގައެވެ. އަހަރެން ވަރަށް ކުޑައިރު މައިންބަފައިން ނިޔާވެއްޖެއެވެ. ދުރުތާތިމާގެ މީހުން ކޮންމެވެސް ވަރަށް ރަށުގައި އުޅެއެވެ. މާބޮޑު ގުޅުމެއް ނޯވެއެވެ. އަހަރެން ދުވަހަކުވެސް މީހަކާ ނީންނަމެވެ. އެކަމަކު އަހަރެން މީހަކު ދެކެ ވަރަށް ލޯބިވީމެވެ. ކައިވެންޏެއް ނުކުރަމެވެ. ނަމަވެސް އެލޯބީގެ ނިޝާނެއް ދިރިއެބަހުއްޓެވެ. އެއީ އަހަރެންގެ ދަރިފުޅު މޫނިސާއެވެ. މޫނިސާ އޭނާގެ ބައްޕައާއި ބެހޭގޮތުން ވަރަށް ސުވާލުކުރެއެވެ. އަހަންނަކަށް އެ ސުވާލަށް ޖަވާބެއް ނުދެވެއެވެ. އިޚްތިޔާރު ކުރެވެނީ ހަމަ ހިމޭން ކަމެވެ. […]