Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯބީގެ ހައްޤުގައި (12)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 24, 2017 5 Mins Read
76 Comments

“މީއަދި ފެށުންކަމަށް ބަލާ. މިއު ރަނގަޅުވީމަ އަދި މިއަށްވުރެ ބޮޑު ސަޕްރައިޒްއެއް އޮންނާނެ. ޖަސްޓް ވެއިޓް ފޯ ދެޓް.” ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލައިލަމުން ނިކްޔަލް ބުނެލިއެވެ. މިއުޝީން ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދެއްކި ނަމަވެސް އެތެރެ އެތެރެއިން އެހިތްދިޔައީ ކަތިލެވެމުންނެވެ. އޭނާއަށްޓަކައި ނިކްޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހައިވެސް ބޮޑަށް އެހިތުގައި މިއުޝީންގެ ސޫރަވަނީ ބިންވަޅުނެގިފައެވެ.

“ނިކް ބުނީމެއްނު މިއީ ބިޒްނަސް ދަތުރެކޭ. ދޮގެއްދޯ އެއީ؟” ނިކްޔަލްގެ ވާހަކަ ހުރިގޮތުން އެހެން ހީވުމުން މިއުޝީން އަހައިލިއެވެ. ނިކްޔަލްގެ ތުންފަތް މައްޗަށް ފަނޑުހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޯޖަހައިލަމުން އާނއެކޭ ބުނުމުން މިއުޝީން ޝަކުވާކޮށްލީ އޭނާއަށް އަންގައިނުލާ ނިކްޔަލް މިފަދަ ދަތުރެއް ރޭވުމުންނެވެ.

“އަހަރެން ސީދާ މިއުގެ ފައި އޮޕަރޭޝަން ކުރާށޭބުނިނަމަ ހަމަ ޔަގީން މިއު ދެކޮޅުހެދީސްކަން. އެންޑް އަހަރެންނާއެކު މިކޮޅަށް ނުވެސް އައީސްކަން. އެހެންވެ ދޮގުހަދަން ޖެހުނީ. ސޮރީ. އަހަރެންނަށް މައާފުކޮށްދީ.” އޭނާގެ މޫނަށް ބަލަންއޮތް މިއުޝީންގެ ދެލޮލަަށް ނަޒަރު ހުއްޓައިލަމުން ނިކްޔަލް އެހެންބުނެލުމާއެކު މިއުޝީންގެ މޫނު ރަތްވެގެންދިޔައީ އެބަލާލުމުގައި ހުރި އަސަރުގަދަކަމުންނެވެ. އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލި މިއުޝީން ފެނުމުން އޭނާއަށް ކުރެވުނު ކަންތައް ހިތަށްއަރައި ނިކްޔަލްވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ.

“ނިކް. އަސްލު ކީއްވެ އަހަރެންގެ ހުރިހައި ބުރައެއްތިއުފުލަނީ؟ އަހަރެންމީ ނިކްގެ ކާކު؟ އަސްލު ތެދަށް ބުނަންޏާ ނިކް ނުޖެހޭނެ އަހަރެންނަށްޓަކާ މިހުރިހައި ބުރައެއް އުފުލާކަށް.” ދުރު ބަލަން އޮތް މިއުޝީން އެހެންބުނެލީ ހިތާމަވެރި ރާގަކަށެވެ. އެވާހަކަތުން ނިކްޔަލްގެ ހިތަށް ތަދުވީ ކީއްވެކަމެއް ނޭނގެއެވެ. މިއުޝީނަށް ނޭނގުނަސް އޭނާހައި މުހިންމު މީހެއް މިވަގުތަކު މިދުނިޔޭގައި ނިކްޔަލްއަކަށް ނެތެވެ.

އެއްފަހަރު ނަމަވެސް ނިކްޔަލްގެ އެލޮލަށް މިއުޝީން ފުންކޮށް ބަލައިލާނެ ނަމައެވެ. މޫނުމަތީގައި މާސްކެއް އަޅައިގެން އުޅުނުނަމަވެސް އެދެލޮލުން މިއުޝީންދެކެ ލޯބިވާވަރެއް ނިކްޔަލްއަކަށް ސިއްރެއްނުކުރެވެއެވެ. އެކަމަކު އެމޮޔަ އަންހެންކުއްޖާއަށް އެކަން އެނގޭނޭ ނަމައެވެ.

ތީ އަހަރެންގެ މުޅި ފުރާނައޭ ބުނެލަން ނިކްޔަލް ބޭނުންވިއެވެ. މިހިތުގެ ވިންދޭ ބުނެލަން ބޭނުންވިއެވެ. މިއުޝީނާ ނުލައި އޭނާގެ ހަޔާތުގައި އެއްވެސް ދިރުމެއްނެތްކަން އަންގަންބޭނުންވިއެވެ. އެހެނަސް.. އާހް. އޭނާއަށް މަޖުބޫރެވެ. އޭނާ މިވާ ތެދުވެރި ލޯބި ސިއްރުކުރަން މަޖުބޫރެވެ. މިއުޝީނަށްޓަކައެވެ. އެލޯތްބަށްޓަކައެވެ. ފަހަރެއްގައިވެސް ކުރެވޭ ކަމަކުން އެދެމެދުގައި އޮތް އެކުވެރިކަން ގެއްލޭކަށް ނިކްޔަލް ބޭނުމެއްނުވެއެވެ. މިއުޝީންގެ ލޯބިނުލިބުނަސް އެއެކުވެރިކަންވެސް ނިކްޔަލްއަށް ފުދެއެވެ. އެވަރުން ޝުކުރުކޮށްލައިގެން ކެތްކުރުން ނޫންހެންގޮތެއް ނިކްޔަލްއަކަށް ނެތެވެ.

“މިއު. މިދުނިޔޭގަ ނެތް އަހަރެންގެ އެކަކުވެސް. ދިމާވި އެކްސިޑެންޓެއްގަ މަންމައާއި ބައްޕަވެސް ދުނިޔެދޫކޮށް ދިޔައީ. އަހަރެން ޚަރަދުކޮށް ބަލަހައްޓަންޖެހޭ އެކަކުވެސް ނެތް. ހެހެ. އެހެންވީމަ އަހަރެންނަށް ލިބޭ ފައިސާތައް ގަންނުވާފައި ބޮޑެތި ތިޖޫރީތަކުގައި ފޮރުވައިފައި ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. އެގޮތަށް ފައިސާ ބެހެއްޓުމަށްވުރެ މާރަނގަޅެއްނު އަހަރެންނަށް ހެޔޮއެދޭ އެކުވެރިއަކަށް ކަމަކު ޖެހުނީމަ އެހީވުން. އެހެންނޫނަސް ތީ އަހަރެންގެ ޕީއޭ. ސޯ މިއުގެ މައްޗަަށް އަހަރެންގެވެސް ކޮންމެވެސް ޒިންމާތަކެއްވޭ ދޯ. އެއަށްވުރެ ބޮޑަށް އަހަރެން ދެކެނީ ތީ އަހަރެންގެ ގާތް މީހެއް ގޮތުގަ. އެހެންވެ ހަމަ އެހީވާން ބޭނުންވީ. އަބަދު މިއު ދެރަވެ ހިތާމަކުރާތަން ބަލާކަށް އަހަރެންގެ މިހިތަކަށް ކުޅަދާނައެއްނުވޭ. ސޯ ޕްލީޒް. އަހަރެން މިއުއަށް އެހީވިޔަ ދީބަލަ. އަހަރެން ހުއްޓުވަން މަސައްކަތް ނުކުރައްޗޭ. މިއުއަށް އެހީވެވުނީމަ އަހަރެންގެ ހިތަށްމިލިބޭ އުފާ މިއުއަށް އިހުސާސުވެސް ނުވާނެ.” މަޑުމައިތިރި ރާގަކަށް ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ އަނގަ ބަންދުވިކަހަލައެވެ. އޭނާ ދެންވަކި ބުނާނީވެސް ކީކޭހެއްޔެވެ؟ ނިކްޔަލްފަދަ އިންސާނަކު އެކުވެރިއެއްގެ ގޮތުގައި ލިބޭނީ ހަމަ ނަސީބުގަަދަ މީހަކަށެވެ. މިއުޝީނަށް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ.

ތަނަށްވެރިވެފައިވާ ހަމަހިމޭންކަމުން ދެމީހުންނަށްވެސް އުނދަގޫވަމުން ދިޔައެވެ. ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ނިކްޔަލް ބޭނުންވީ ކަންނޭނގެއެވެ.

“ބަލާބަލަ އަހަރެން މިއު އަަށް ގެނައި އެއްޗެއް.” ހިސާބަކަށް ޖެހިލުންވެއިނދެ ނިކްޔަލް އޭނާ ގެނައި ކޮތަޅު މިއުޝީނަށް ދިއްކޮށްލިއެވެ. “ކޯޗެއްމީ؟” ނިތަށް ރޫއަރުވައިލަމުން ހެވިފައި މިއުޝީން އެހެންއަހައިލުމުން އޭގައި އޮތް އެއްޗެއް ބަލައިލުމަަށް ނިކްޔަލް އެދުނެވެ.

ކޮތަޅު ހުޅުވައިލުމުން އޭގައި ހުރި ވާހަކަފޮތްތައްފެނި މިއުޝީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އުފާވިވަރުންގޮސް ފުޅާާ ހިނިތުންވުމަކާއެކީ މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލިއެވެ.

“އަޅޭ ނިކް. ވާއު. ސްޓޯރީސް. އަޅޭ އަހަރެން ވަރަށް ވަރަށް ވާހަކަ ކިޔާހިތްވޭ. އެހެންނޫނަސް މިތަނުގަ މިހެން އޮންނަންވީމަ ވަރަށް ފޫހި.” މިއުޝީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ނިކްޔަލް ވަރަށް އުފާވިއެވެ. އޮޅިގެން ނަމަވެސް އޭނާއަށް މިިއުޝީނަށް މިގެނައިސްދެވުނީ ރަނގަޅު ހަދިޔާއެއްތާއެވެ. މިއުޝީނަށް އެވާހަކަ ފޮތްތައް ކަމުދިއުމުން ނިކްޔަލް ހިނިތުންވެލީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ.

“އެހަށް ތިފޮތްތައް ބަހައްޓާފަ ހިނގާ ކޮންމެވެސް އެއްޗެއް ކާން ދޯ. ވަރަށް ބަނޑުހައިވެފައެއްނު ތިއޮތީ.” ހިނިތުންވެލަމުން އިންތަނުން ތެދުވެ އެބައަންނަމޭ ކިޔައިފައި ނިކްޔަލް ބޭރަށް ހިނގައިގަތެވެ.

އޭނާ އެނބުރިއައީ ހުދުކުލައިގެ ބޯތައްޓެއް ހިފައިގެންނެވެ. އެވަގުތު މުޅި އެކޮޓަރިތެރެއަށް ސޫޕްގެ މީރުވަސް ފެތުރިގެން ދިޔައެވެ. މަޑުހިނގުމެއްގައި ނިކްޔަލް އައިސް އެތަނުގައި ހުރި ކުޑަ މޭޒު އެނދާއި ގާތްކޮށްލަމުން މޭޒު މަތީގައި އެތަށި ބެހެއްޓިއެވެ.

އަދި މިއުޝީންގެ އެނދު ކުޑަކޮށް އުސްކޮށްލަމުން އޭނާގެ ގައިދަށަށް ބާލީހެއް ލައްވައިލިއެވެ. ހިނިތުންވެފައި މިއުޝީން ބަލަން އިނުމުން ނިކްޔަލްގެ ހިތް އޭގެ މަގާމް ދޫކޮށް ދާންއުޅޭ ކަމުގެ އިހުސާސެއްވުމުން އަވަސް އަވަހަށް ސޫޕްތަށްޓަށް ބަލައިލިއެވެ. އޭގައި އޮތް ސަމްސަލުގެ އެހީގައި ނިކްޔަލް މިއުޝީނަށް ކާންދޭން ފެށުމުން ފުރަތަމަ އެކަމާ ލަދުގަނެ ދެކޮޅު ހެދި ނަމަވެސް ފަހުން މިއުޝީންވެސް ހަމަޖެހިގެންއިނދެ ކަމުން ދިޔައެވެ. އެދެމެދުގައި އެތައް ވާހަކައެއް ދެކެވުނުއިރު އެކަކު އަނެކަކަށްވަނީ ދެމީހުންގެ ގޮތްވެސް ވަރަށް ބޮޑަށް ދަސްވެފައެވެ.

މިއުޝީން ގާތު އަރާމުކުރުމަށް ބުނެފައިވުމުން ބޭސްކެއުމަށްފަހު އޭނާ އޮށޯވެލީ ކުޑަކޮށް ފަޔަށް ތަދުވާން ފެށުމުންނެވެ. އެވަގުތު އެތަނުން ވާހަކަފޮތެއް ނެގުމަށްފަހު ނިކްޔަލް އެފޮތް ހުޅުވައިލީ އައި ޚިޔާލެއްގެ ސަބަބުންނެވެ.

އޭނާއަކީ އެއްއިރެއްގައިވެސް ފޮތްއެއްޗެހި ކިޔައި އުޅުނު މީހެއް ނޫނެވެ. ނަމަވެސް މިއުޝީނަށްޓަކައި އެކަންވެސް އޭނާ ކުރާނެއެވެ. އެލޯބީގެ ހައްޤުގައި އޭނާއަށް ނުކުރެވޭނެ ހަމައެއްވެސް ކަމެއް ނޯނާނެއެވެ. އޭނާއަށް ވެގެންވަންޏާ މިއުޝީންގެ ކޮންމެ އުފަލެއްވެސް އޭނާއަށް ހޯދައިދޭނެއެވެ.

“ތިއުޅެނީ ކީކުރަން؟” ނިކްޔަލް ވާހަކަފޮތް ނެގިތަންފެނި މިއުޝީން ހައިރާންވެލައިފައި ސުވާލުކޮށްލިއެވެ. “މިއު އަށް މިވާހަކަ ކިޔައިދޭން. ރީތިކޮށް އަޑުއަހަން އޮވޭ އިނގޭ.” ފޮތުގެ ފުރަތަމަ ގަނޑު އެއްލަމުން ނިކްޔަލް އެހެން ބުނުމުން ހެވިފައި އޯކޭއޭ ބުނަމުން މިއުޝީންވެސް އެނދުގައި ހަމަޖެހިލިއެވެ.

ފުންނޭވާއެއްލުމަށްފަހު ނިކްޔަލް އެއިނގިރޭސި ވާހަކަ ކިޔަންފެށިއެވެ. މިއުޝީނަށް އެއަޑުވީ އަހައިލަން ހިތްގައިމު އަޑަކަށެވެ. އެފަދަ ފިރިހެންވަންތަ އަޑަކުން އެހައި ރީތި ވާހަކައެއް ކިޔައިދޭއިރު ޝައުގުވެރިކަމާއެކުގައި އަޑުއަހަން ބޭނުންނުވާނީ ކޮންއަންހެންކުއްޖެއް ހެއްޔެވެ؟ އެހެން ހިތަށްއެރުމުން މިއުޝީންގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ.

ވަގުތުތައް ދައުރުވަމުންދިޔަ ގޮތްވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގުނެވެ. ވާހަކައިގެ ތެރެއަށް ގެނބިފައިއޮތް މިއުޝީނަށް ނިދުނުއިރެއްވެސް ބުނާކަށް ނޭނގެއެވެ. އެއްލިކަޅިއަކުން ފުންނިންޖަކުން އަރާމުކޮށް ނިދައިލައިފައި އޮތް މިއުޝީން ފެނުމުން ނިކްޔަލް ގަނޑުވިކަހަލައެވެ. އެސާފު އޮމާން މޫނުގައި ފިރުމައިލަން ބޭނުންވިއެވެ. ހިތްއެކަމަށް އެދިގަތްވަރުން އެއްއަތް އުފުލައިލުމަަށްފަހު މިއުޝީންގެ މޫނާ ދިމާއަށް ގެންދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހަރަކާތް ހުއްޓުނީ މިއުޝީން ޝަޔާންދެކެ ލޯބިވެއޭބުނެ ބުނެލި ޖުމުލަ ކަންފަތްކައިރީގައި ގުގުމައިލުމުންވެ. ނިތަށް ރޫއަރުވައިލަމުން އަތް ތިރިކޮށްލުމަށްފަހު މުށްކަވައިލެވުނެވެ. މިއީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ ލޯބިވާ މީހާ އެއޮތީ ގާތުގައެވެ. އެހެނަސް އެތައް މޭލެއް ދުރުގައެވެ. މިއުޝީން ލޯބިވަނީ އެހެން މީހެއްދެކެކަން އެނގޭއިރު އޭނާއަށް އަމިއްލައެދުން އިސްކުރެވުނީ ހެއްޔެވެ؟ ނޫނެކެވެ. މިއީ ގޯހެކެވެ. މިއުޝީންގެ ހިތަކީ އެހެންމީހަކަށް ހިބައިން ދެވިފައިވާ އެއްޗެކެވެ. އެހިތުގައި އޭނާއަށްޓަކައި އައު ވިންދެއް ޖަހާނެކަމަަަށް އުއްމީދުކުރުމަކީވެސް މިއެކުވެރިކަމަށް ބޭވަފާތެރިވުންކަހަލަ ކަމެކެވެ.

ކުރެވެން އުޅުނުކަންތަކުގެ ސަބަބުން ނިކްޔަލްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. ދެފަރާތަށް ބޯހޫރުވައިލުމަށްފަހު ނިތްކުރީގައި އަތުން ފިރުމައިލީ ބޮލުގައި ރިހެން ފެށުމުންނެވެ. މިވަރުން ދާނަމަ އަދި ކޮންމެވެސް އެއްދުވަހަކުން އޭނާ މޮޔަވާނެއެވެ.

ދެފަރާތަށް ބޯހޫރައިލަމުން އިސްތަށިގަނޑުގައި އަތްހިންގައިލައިފައި ނިކްޔަލް އިންތަނުން ތެދުވިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެމައުސޫމު މޫނަށް ބަލަން ހުރެއްޖެނަމަ އޭނާގެ ކެތްތެރިކަން ކޮޅުންލައިފާނެއެވެ. އެހެންވާކަށް ނިކްޔަލް ނޭދެއެވެ.

މަޑުހިނގުމެއްގައި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލަމުން ނިކްޔަލް ގޮސް އެކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލީ ބޭރުން ފެންނަންއޮތް ގުދުރަތީ ރީތި މަންޒަރުތަކުން ޒަޚަމްވެފައިވާ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

އޭރު ބޯކޮށް ވާރޭވެހެމުން ދިޔައެވެ. މަގުމަތިވެސްވަނީ ފަޅުވެފައެވެ. މުޅި ދުނިޔޭގައި އަނދިރީގެ ސާލެއް އޮޅައިލެވިފައިވާ ފަދައެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއިން މުޅި ބިންގަނޑު ތެންމަމުންދިޔައިރު ގަސްތައް ހިނިތުންވެފައިތިބެ ވާރެއާއި ތެމެމުންދިޔައެވެ. ޖެހިލާ ބާރު ވައިރޯޅިތަކާއެކު ދެފަރާތް ދެފަރާތަށް ހެލިލާގޮތުން ހީވަނީ ވެހެމުންދިޔަ ވާރޭގެ ރީތި މިއުޒިކާ އެއްވަރަށް ނަށަމުންދިޔަހެނެވެ. ދުރުދުރުން ފެންނަންހުރި އުސްފަރުބަދަތައްވެސް އުޑުމަތި ބައްދައިލައިފައިވާ ބޯކަޅު ވިލާތަކުގައި ލޯބިން ބޮސްދޭފަދައެވެ. އެވަގުތު އުދުހިފައި އައި ދޫންޏެއް ގަހެއްގެ ގޮފިގަނޑެއްގައި ޖައްސައިލުމަށްފަހު ދެފަރާތަށް ތެޅިލަމުން ތެމިފައިވާ އެސޮރުގެ ހަށިގަނޑު ހިއްކައިލިގޮތްފެނި ނިކްޔަލްގެ ތުންފަތް މައްޗަަށް ހިނިތުންވުމެއް ވެރިވިއެވެ.

ކޮންފަދަ ހިތްގައިމު މަންޒަރެއް ހެއްޔެވެ؟ ބަލައިލަން ކިތަންމެހައިވެސް ރީޗެވެ. ނުތަނަވަސްވެފައިވާ ހިތަކަށްހުރި ޝިފާއަކަށް އެމަންޒަރުވާނެކަން ހަމަ ޔަގީނެވެ.

އެވަގުތު އެކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް ނިކްޔަލް ފަހަތަށް އެނބުރި ބަލައިލިއެވެ. އެތެރެއަަށްވަތް އީރާ ފެނުމުން ހިނިތުންވެލަމުން ނިކްޔަލް އެދިމާއަށް ހިނގައިގަތެވެ.

“ދަރިފުޅު މިހާރު ހުންނާނީ ވަރުބަލިވެފައެއްނު. ދެން ދޭ ގެއަށްގޮސް ފެންވަރައި ތާޒާވެލައިގެން އެއްޗެއް ކައިހަދައިގެން ނިދާލަން. ދައްތަ މިތާާ މަޑުކޮށްލައިފާނަން.” ނިކްޔަލްވަނީ އީރާއަށް ހުރިހައި ވާހަކައެއް ކިޔައިދީފައިކަމުން ގޭތެރޭގައި ކުރަންހުރި ހުރިހައިކަމެއް އަވަހަށް ނިންމައިލުމަށްފަހު އީރާ އެތަނަށްއައީ ނިކްޔަލް ވަރުބަލިވާނެކަން އެނގޭތީއެވެ. އީރާގެ ވާހަކައަށް ބޯޖަހައިލަމުން މިއުޝީންގެ މޫނަށް ބަލައިލުމަށްފަހު ނިކްޔަލް އެކޮޓަރިން ބޭރަށް ހިނގައިގަތެވެ.

ކާރަށް އެރުމާއިއެކު ޑްރައިވަރ ކާރުދުއްވައިލީ ގެއާ ދިމާއަށެވެ. ނަމަވެސް ވަކިހިސާބަކުން ނިކްޔަލްގެ ޚިޔާލު ބަދަލުވިކަހަލައެވެ. ގެއަށް ދިއުމަަށްފަހު ޑްރައިވަރ އަތުން ކާރުގެ ތަޅުދަނޑި އަތުލަމުން ނިކްޔަލް ކާރުގައި ދުއްވައިލީ ވަކި މަންޒިލެއްނެތިއެވެ. އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެހިތް ބޭނުންވީކަންނޭނގެއެވެ.

ޕާރކިން އޭރިއާގައި ކާރު ޕާރކްކޮށްލަމުން ވެހެމުންދިޔަ ވާރެއަށް ބެލުމެއްނެތި ނިކްޔަލް ކާރުން ފޭބިއެވެ. އެއާއެކު އެހަށިގަނޑުގައި އައިސް ބީހިލި ތެތްފިނި ވައިރޯޅިތަކުގެ ސަބަބުން ހަށިގަނޑުގައި މަޑުތުރުތުރެއްް އުފެދުނެވެ.

ފަޅުވެފައިވާ އެމަގުން ލައިފައިގޮސް ނިކްޔަލް ހުއްޓިލީ ހިތްގައިމު ގޮތަކަށް ހަދައިފައިވާ ބޮޑު ޕާރކެއް ކުރިމައްޗަށެވެ. ވާރޭގެ ސަބަބުން އެތަންވެސްވަނީ ފަޅުވެފައެވެ. ފެހިކަންގަދަ އެޕާރކް ތެރެއިންލައިފައި ނިކްޔަލް ހިނގައިގަތެވެ. ފުންވިސްނުމެއްގައިހުރެ އެބޯވާރޭ ތެރޭގައި ހިނގަމުންގޮސް އެތަނުން ބެންޗެއްގައި ނިކްޔަލް އިނށީދެލިއެވެ.

އޭނާގެ ހަޔާތާއި މެދުގައި ވިސްނުން ހިންގަމުންދިޔަ ނިކްޔަލްގެ ދެލޮލުން ހޯސްލައިފައި ހޫނު ކަރުނަފައިބަމުން ދިޔައެވެ. ވެހެމުންދިޔަ ވާރޭގެ ސާާފު ތިކިތަކާއި އެކުވެގެން އެކަރުނަތައް ނިކްޔަލްގެ ކޯތާފަތުގައި ބޮސްދިނުމަަށްފަހުގޮސް މަޑުތުރުތުރެއް އެކުލެވިފައިވާ އެތުންފަތްމަތިން ފައިބަމުން ދިޔައެވެ. ދެލޯމަރައިލައިގެން އިންއިރު އެފަންއިސްތަށިގަނޑު ވަނީ ތެމިފައިވުމުގެ ސަބަބުން ނިތްކުރީގައި ތަތްލައިފައެވެ. ވާރޭގެ ތިކިތައް އެހަށިގަނޑުގައި ބޮސްދިނުމަށް މަރުހަބާ ކިޔައިގެން އިންއިރު މުޅި ކާއިނާތުވެސް އޭނާގެ ހިތާމައިގައި ބައިވެރިވާފަދައެވެ.

** ** **

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުންގޮސް ތިންމަސްދުވަސް ފާއިތުވެގެން ދިޔައިރު މިއުޝީންގެ ފައިވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ޑޮކްޓަރުންގެ އިރުޝާާދުގެ މަތިން ގަޑިން ގަޑިއަށް ބޭސްކައި އަދި ކޮންމެ ދުވަހަކު ވަކިވަގުތެެއްގައި ފިޒިއޯ ހެދުމުގެ ނަތީޖާއަކީ ހީކުރިދުވަހަށްވުރެ އަވަހަށް މިއުޝީން ރަނގަޅުވުމެވެ.

ފާއިތުވެދިޔަ ތިންމަސްދުވަސް ތެރޭގައި ނިކްޔަލްއާއި މިއުޝީނާ ދެމެދުގައިވާ ގުޅުންވަނީ ހީވެސް ނުުކުރާހައި ވަރުގަދަވެފައެވެ. އީރާގެ ފަރާތުން މަންމައެއްގެ ލޯތްބާއި އަޅައިލުން ލިބެންފެށުމުން މިއުޝީން ހަރީރާާ މަަތިން ވަރަށް ހަނދާންވިއެވެ. ހަރީރާގެ ހާލެއް އޮޅުންފިލުވައިލާ ހިތުން އެހިތަށް ކެތްވާވަރެއް ނޫނެވެ. އެކަމަކު އެކަންކުރަން ފަސްޖެހެނީ ހަރީރާ އޭނާއަށް ނަފުރަތުކުރާވަރު ހިތަށް އެރުމުންނެވެ.

** ** **

ނިކްޔަލް މިއުޝީން ގާތުގައި ހުރުމުން އޮފީހުގެ ހުރިހައި ކަމަކާ އާކިލް ހަވާލުވިއެވެ. ނިކްޔަލްފަދަ ރަނގަޅު ވެރިއެއްގެ ގޮތުގައި އެއޮފީސް ހިންގޭތޯ އޭނާ ނުހަނު ބޮޑަށް މަސައްކަތްކުރަމުން ދިޔައެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތު ނަމަވެސް އާކިލް އޮތީ ނުނިދިފައެވެ. އޭނާގެ ޚިޔާލުގައި އަދިވެސް ވަނީ އެދުވަހު ފިހާރައިން ދިމާވި ކުއްޖާގެ ތަސްވީރެވެ. އޭގެފަހުން ތިންމަސް ފާއިތުވެގެން ދިޔައިރުވެސް އާކިލްއަށް އެއަންހެންކުއްޖާއެއް ނުފެނެއެވެ. އުޅޭތަނެއް ނޭނގޭ ތާގައި ކިޔާނަމެއްވެސް ނޭނގޭއިރު ހޯދާނީ ކިހިނެއްހެއްޔެވެ؟

އެދުވަހަށްފަހު އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. ކޮންމެ ހިނދެއްގައިވެސް އެހިތުގައި ރަސްކަންކުރަމުންދަނީ އެކުއްޖާގެ ޚިޔާލުތަކެވެ. އެނދުގައި އޮތް އާކިލް އޭނާާގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ. އެކުއްޖާ ހޯދަން ހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އެދެމެދުގައި ހިނގި އެކުޑަކުޑަ ހާދިސާ އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެން ދެއެވެ. އެފަދަ ވަގުތުތަކުގައި ނުފިލާ ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަނަރަވަނަބައި)

Next

އެވްލީންގެ ކިޔުންތެރިންނަށް

Next
November 24, 2017

އެވްލީންގެ ކިޔުންތެރިންނަށް

Previews
November 24, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފަނަރަވަނަބައި)

76 Comments!

  1. jjey ? says:
    November 24, 2017 at 6:23 pm

    Thanku nau ❤️. ??

    1. Nau says:
      November 24, 2017 at 6:27 pm

      Wlcm dear❤

  2. g... says:
    November 24, 2017 at 6:24 pm

    Me first dho?

    1. Nau says:
      November 24, 2017 at 6:28 pm

      No dear.. Mifaharu scnd dhw..

    2. g... says:
      November 24, 2017 at 6:29 pm

      Oooops. Not me dhw. Adhi alah comment eh mikuryves. Bt gavaidhun mivaahaka kiyan. V nice story eh

    3. Nau says:
      November 24, 2017 at 7:41 pm

      Thanks dear.. Happy to knw that

  3. Nau says:
    November 24, 2017 at 6:26 pm

    Salaam all. Here is the 12th part.. Enjoy reading n do let me knw hw it is.. Hehe.. Plus the mistakes too.. Have a v gud nyt all.. Nxt part in sha allah tmrw.. Ly all my readers..?❤

  4. zym says:
    November 24, 2017 at 6:34 pm

    alheyyy dheraveyyyy. miusheen aa nikyal gulhuvahchey plsssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    1. Nau says:
      November 24, 2017 at 7:41 pm

      Lets see dhw.. Thanks dear

  5. AKki says:
    November 24, 2017 at 6:36 pm

    Thnxx nau. Ur the best vvvvvv rythi storryy

    1. Nau says:
      November 24, 2017 at 7:42 pm

      Thanks dear

  6. Fathimath says:
    November 24, 2017 at 6:41 pm

    Vrh rythi.. Ma Sha Allah… luv your strys..

    1. Nau says:
      November 24, 2017 at 7:42 pm

      Thanks fathimath

  7. xim says:
    November 24, 2017 at 6:45 pm

    Nauuuuuuuu………Thankxx?.varah reethi story?.. kepp going ….

    1. Nau says:
      November 24, 2017 at 7:42 pm

      Thanks xim?

  8. annoying reader says:
    November 24, 2017 at 6:46 pm

    plz alhey nikyal and miu gulhuvaba plz, shayan doesnt deserve her plz

    1. Nau says:
      November 24, 2017 at 7:43 pm

      Lets see.. Thanks dear

  9. Friends says:
    November 24, 2017 at 6:52 pm

    Hey nau…
    Masha allah vvvvvv nice mi part vess..
    Waiting 4 next part..
    Gud nyt.????????????????

    1. Nau says:
      November 24, 2017 at 7:43 pm

      Thanks friends❤

  10. Xish says:
    November 24, 2017 at 6:54 pm

    Alhey… Nau dhen kommeves gothakun miuah angaalabala nick edheygoi.. Vaahaka vv reethi????

    1. Nau says:
      November 24, 2017 at 7:43 pm

      Hehe.. Lets see.. Thanks xish?

  11. Yaal says:
    November 24, 2017 at 6:57 pm

    Wow…. Hama v reethi…. Keep it up ???

    1. Nau says:
      November 24, 2017 at 7:44 pm

      Thanks yaal❤

  12. saadhu says:
    November 24, 2017 at 6:58 pm

    bunaane eche nethayas hama comment konulaa nuhure vay vahaka reethi kamun.v habas.Thanks nau thihaa avaha vahaka up kodhethi.love u ?

    1. Nau says:
      November 24, 2017 at 7:44 pm

      Awwwn.. Thanks alot saadhu.. Love u too?

  13. Chim says:
    November 24, 2017 at 7:21 pm

    Vv reethi mi partves??..ekam nik ah ehenvaathy haadha dheraveyey..

    1. Nau says:
      November 24, 2017 at 7:45 pm

      Thanks chim❤

  14. PRINCESS AFU says:
    November 24, 2017 at 7:24 pm

    alhey nik haadha rangalhey
    Anyways miu and nik gulhuvaba pls
    by the way story hama habeys ??????
    kyp it up dear
    LYSM NAU ??
    waiting 4 the nxt part

    1. Nau says:
      November 24, 2017 at 7:45 pm

      Thanks afu.. Lets see dhw.. Love u too❤❤

  15. lolllllz says:
    November 24, 2017 at 7:29 pm

    hama saaabas naufa amilla ah comment liyegen comments gina kurany! bodu varu..?? thihaa comments gina kuran beynun viyas thidhen hama bodu varu?? writer akah ve hure amilla stories ah amilla ah cmmnt kurang hes kiyaaha lol???

    1. lolllllz says:
      November 24, 2017 at 7:31 pm

      kurany*

    2. Nau says:
      November 24, 2017 at 7:47 pm

      Hehe.. Alhugandu dhuvahakuvx noanaane amihlla vaahakayah comment kohfaeh.. N comment gina kuraashey kiyaafa thikahala moya kameh nus kuraanan.. N yes.. Alhugandu noolhen ehvx irehga comment gina kuraakah.. E ee readers ge kameh.. Nt my job.. Btw thanks for the comment..

    3. Nau says:
      November 24, 2017 at 7:53 pm

      N yes.. Alhugandah heyo alhuganduge vaahakah akah kithanme madhun comment libunas.. Readers stry aa medhu hihhama jehenikoh alhugandah evarun fudhey.. ?

    4. SJK...KOREAN says:
      November 25, 2017 at 11:24 am

      hagygaih nubalaa vaahaka dhekkun ehaa rangalheh nuun ☺ nau don’t worry!?

    5. jjey ? says:
      November 25, 2017 at 2:08 pm

      lolllllz ah bunelan othy jelous vias thy boduvarey?. Hama hoduvaru???

    6. jjey ? says:
      November 25, 2017 at 2:09 pm

      Boduvaru*

  16. lolllllz says:
    November 24, 2017 at 7:31 pm

    mi vaahaka hadi ekey nubunaanan but amilla ah cmmnt kuraathy dhww…. ur a great writer with a great writing experience. i luv ur storiesss but mihaaru thivaagothun gadi ah balaaleemaves engey thy naufa kohfa huri cmmnts kan…?

    1. Lee huan says:
      November 24, 2017 at 7:43 pm

      Prove what u said. Kyve thi buny nau amilla ah comment kurany ey eki nannamuga????!

    2. Nau says:
      November 24, 2017 at 7:49 pm

      Hehe.. Mi stry ah aanmukoh hama comment kuraa kudhin comment kohfa ehury.. Madhun adhi aa kuhjeh commnet kohfa huhtas.. N its nt me.. I m nt like that.. N i will neva do smthn like that.. Thanks..

  17. Shann says:
    November 24, 2017 at 7:36 pm

    Wow wow nau, rythi kamun hama bunaane ehcheh ves neynge.. Nau vareh neh hama mihaaru mi site ga vaahaka liyun therin thakuge thereinneh.. Ehaaves best.. Nau ge khonme story ehves kiyany v kiyaalaa hithun

    1. Nau says:
      November 24, 2017 at 7:49 pm

      Awwwn.. Thanks alot shann❤

  18. Oishi says:
    November 24, 2017 at 7:40 pm

    Tommorow!!!! Please come quickly!!!
    Aah! I just can’t wait to read the next partt????????????????

    1. Nau says:
      November 24, 2017 at 7:49 pm

      Alhey.. Hehe.. Thanks dear❤

  19. Xxxx says:
    November 24, 2017 at 7:41 pm

    V.v.reethi???

    1. Nau says:
      November 24, 2017 at 7:54 pm

      Thanks dear❤

  20. faxoo says:
    November 24, 2017 at 7:55 pm

    Woooooow ?????v molhu vv reethi?�v???thanks next part ah inthizaaru kuran.☺☺☺☺☺☺

    1. Nau says:
      November 24, 2017 at 7:57 pm

      Thanks faxoo..❤❤

  21. Kul says:
    November 24, 2017 at 8:06 pm

    Wooow Nau loabi waiting

    1. Nau says:
      November 24, 2017 at 10:41 pm

      Thanks kul

  22. saadhu says:
    November 24, 2017 at 8:08 pm

    Nau mihun kiyaa echa alhanulaathi ege.story kuriya gedhaathi.comment kuraa baye kudhina negeni.maa boda j vani.I was all way with u.

    1. Nau says:
      November 24, 2017 at 10:42 pm

      Thanks alot dear.. Yes dnt wry.. I wnt mind them n in sha allah stry hama kuriyah gendhaanan..?

  23. Kul says:
    November 24, 2017 at 8:16 pm

    Wow Nau warah loabi waiting keep it up

  24. Ainth says:
    November 24, 2017 at 8:17 pm

    Adhi alan micomment konly V nice story yen aneh part kiyaalaa hithun keyen madhu vefa

    1. Nau says:
      November 24, 2017 at 10:43 pm

      Thanks ainth..

  25. Choppi says:
    November 24, 2017 at 8:31 pm

    Nau.. Miu Moya tha? Nikyal kahala meehehge loabi ves Miu ah Hama nufennanytha?

    1. Nau says:
      November 24, 2017 at 10:44 pm

      Hehe.. Vedhaane dhw..?.. Lets see dhw vaagotheh.. Miu ah e luv fyl veythw or nuveythw.. Thanks dear..

  26. Eyra says:
    November 24, 2017 at 9:17 pm

    Wow, beatiful????

    1. Nau says:
      November 24, 2017 at 10:44 pm

      Thanks dear?

  27. Rsh says:
    November 24, 2017 at 10:19 pm

    V Reethi….???

    1. Nau says:
      November 24, 2017 at 10:44 pm

      Thanks dear?

  28. nuz says:
    November 24, 2017 at 10:20 pm

    wow v reethi stry genesdeyles????
    nau haadha molhey ???????
    lafuzuthah athuraalaafa hunnaleh v furihama hama out standing well done nau knmedhuvahaku cmnt nukuriyass stry kiyan ingey love you????

    1. Nau says:
      November 24, 2017 at 10:45 pm

      Awwwn.. Thanks alot nuz.. V happy vehje comment nukuriyas stry kiyaathy.. Love u too dear..❤

  29. Naushadh says:
    November 24, 2017 at 11:15 pm

    Wow Varah reethi storyeh???

    1. Nau says:
      November 25, 2017 at 8:58 am

      Thanks

  30. shaxu says:
    November 24, 2017 at 11:40 pm

    miwaahaka v v v reethi…..

    1. Nau says:
      November 25, 2017 at 8:59 am

      Thanks dear

  31. Nau says:
    November 25, 2017 at 10:04 am

    Hey all.. Nxt part in sha allah tnyt ingey.. Day time lil bxy vyma.. Ehnve.. Kyp waiting ingey.. In sha allah mirey upkoh dheynan..?

    1. SJK...KOREAN says:
      November 25, 2017 at 11:26 am

      hey nau ?
      vvvvvvvvvvvvvv reethi mi partvx.. varah asaru kuraa gothah nau mi story thi genesdheny.. woww. amazing! ?? love u.❤❤
      waiting! ? keep going ??

    2. Nau says:
      November 25, 2017 at 12:44 pm

      Thanks dear.. Love u more?

  32. zaam says:
    November 25, 2017 at 11:57 am

    mi part ves vvv rythi nau…

    1. Nau says:
      November 25, 2017 at 12:45 pm

      Thanks zaam

  33. mifu says:
    November 25, 2017 at 2:14 pm

    Nau mi part ves vara reethi??????

  34. ޒިޔާ says:
    November 25, 2017 at 4:24 pm

    އަލެ މިއުށީން އަށް އަންގަބަލަ ނިކުޔަލް ލޯބިވާކަން އޭރުން ވަރަށް ރީތި ވާނެ…..

  35. leen says:
    November 25, 2017 at 6:45 pm

    koba miadh up nukuranytha nau?

  36. nisha says:
    November 25, 2017 at 7:42 pm

    May u are the ??

  37. Sudha ☺ says:
    March 8, 2018 at 11:31 am

    Naufy. I have always loved your stories from school time. And this story is so nice. I love it. Keep up the good work darling. Miss you. ❤❤

Comments are closed.

Next Episodeތިޔަ ލޯބީގެ ހައްޤުގައި (13)←


All Right Reserved!