Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (ފަހުބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 22, 2017 14 Mins Read
51 Comments

“ކީކޯ އޮތީ؟ އޭނަގެ ހަލު ރަނގަޅުތަ؟” ނަސްރީން އަވަސްއަވަހަށް އަހާލިއެވެ.

“ހުރި ގޮތް ކުޑަކަން!” ފަރީދު ބާރަކަށް ހަޅޭއްލަވައިގަތެވެ. އެވަގުތު އޭނާގެ އަތުގެ ހޫނު ހަމަލާއެއް ނަސްރީންގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ފަރީދު ޖެހި ތަނުގައި ހިފަހައްޓާލަމުން، ނަސްރީން ފަރީދުގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“މި ބަލާބަލަ!” މިޝާލްގެ ސިޓީ ނަސްރީންއާ ދިމާއަށް އެއްލަމުން ފަރީދު ހަޅޭއްލަވައިގަތެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އޭނާ ކޮޓަރިތެރެއިން ނިކުމެގެން ދިޔައީ އަތުން ފައިން ގޯހެއް ހެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ފަރީދު ދިއުމުން ނަސްރީން ކާޕެޓު މައްޗަށް ވެއްޓިފައި އޮތް ސިޓީ ނަގައި ހުޅުވާލިއެވެ. އޭގައި އޮތް ލިޔުންކޮޅު ކިޔަން ފެށި ވަގުތު ނަސްރީންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އޭނާގެ ދެލޮލުން ހޫނު ކަރުނަތައް ފައިބަން ފެށިއެވެ.

މިޝާލްގެ ސިޓީ

ލޯބިވާ ބައްޕައަށް،

ސަލާމަށްފަހު ލިޔަމެވެ.

އަހަރެންގެ ހާލު އިރާދަކުރެއްވީތީ ރަނގަޅެވެ. ބައްޕަގެ ހާލުވެސް ރަނގަޅުދޯއެވެ.

ބައްޕާއެވެ. އެންމެ ކުޑައިރުއްސުރެވެސް އަހަންނަށް ފެނިފައި ވަނީ މުއްސަނދިކަމެވެ. އަހަރެން އުޅެ ބޮޑުވީ، ތިޔަ ތަނަވަސް ގޭގެ އެތެރޭގައެވެ. ބޭނުން އެއްޗެއް ކާން ލިބެއެވެ. ބޭނުންހާ ކުޅޭ އެއްޗެއް އަހަންނަށް ލިބުނެވެ. ނަމަވެސް…. އަހަންނަށް މަދުވީ އެންމެ އެއްޗެކެވެ. އެންމެ މުހިންމު އެއްޗެވެ. އެއީ ކޯއްޗެއްކަން ބައްޕައަށް އިނގޭ ހެއްޔެވެ؟ ނޭނގުނު ދޯއެވެ. އެއީ ބައްޕައާއި މަންމަގެ ލޯތްބެވެ. ބައްޕަ ރެޔާއި ދުވާލު މަސައްކަތުގައި އުޅެނީ ހަމަ އަހަރެމެންނަށްޓަކާ ކަން އަހަންނަށް އެނގެއެވެ. ނަމަވެސް މި ހުރިހާ މުއްސަނދިކަމާއި ފައިސާއަށްވުރެ މުހިންމު އެއްޗަކީ މައިންބަފައިންގެ ލޯބިކަން ބައްޕަމެންނަށް ނުވިސްނުނީތީ އަހަރެން ހިތާމަ ކުރަމެވެ. ދެން ހުރީ މަންމައެވެ. މަންމަގެ ކަމަކީ އެކުވެރިންނާއެކު ބޭރުތެރެއަށް ގޮސް، މަޖާކުރުމެވެ. މަންމައަކަށްވެސް އަހަރެންގެ ކަންތައްތައް ބަލާލާނެ ވަގުތެއް ނުވިއެވެ. އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓަނީ އާލިމައްތައެވެ. ނިދާއިރު ނާނާ ކިޔައިދެނީ އާލިމައްތައެވެ. ހެޔޮ ނަސޭހަތް ދެނީ އާލިމައްތައެވެ. އާލިމައްތަ ނެތް ނަމަ އަހަރެން އަޅާނީ ނުބައި ގޯޅިއަކުން ކަން ހަމަ ޔަޤީނެވެ.

ކަންތައްތައް މިހެން ހުރި ނަމަވެސް އަހަރެން މަންމައާއި ބައްޕަ ދެކެ އިންތިހާއަށް ލޯބިވެއެވެ. ސަބަބަކީ އަހަރެން ދުނިޔޭގައި ހުރުމަށް މެދުވެރިވީ ތިޔަ ދެފަރާތުގެ ސަބަބުން ކަމުގައި ވާތީއެވެ.

ބައްޕާއެވެ. ބައްޕަ އެހެން މީހަކާ އިންކަމުގެ ޚަބަރު ލިބުނު ހިނދު، އަހަރެން ދެރައެއް ނުވެއެވެ. އެއީ މާބޮޑު ކަމެއް ކަމަށްވެސް ނަހަދަމެވެ. ނަމަވެސް އަހަންނަށް މާފުކުރާށެވެ. ޔުމްނާގެ މޫނު އެންމެ ފުރަތަމަ ފެނުނު ދުވަހު އަހަންނަށް ޔުމްނާ ދެކެ ލޯބިވެވުނީއެވެ. ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ ކުރިން އަހަރެން އެހެން މީހުންގެ ކިބައިން އަޑުއެހީމެވެ. ނަމަވެސް އަހަންނަށް ވެސް އެކަން ތަޖުރިބާ ކުރެވިއްޖެއެވެ. އަހަންނަށް އެނގެއެވެ. އެއީ ބޮޑު ކުށެކެވެ. ދޮންމަންމަގެ މަޤާމުގައި އިން މީހެއް ދެކެ ލޯބިވެވުމަކީ ބޮޑު ކުށެކެވެ. އެންމެ ފުރަތަމަ އަހަރެން އެކަމަށްޓަކައި ބައްޕަގެ ކިބައިން މާފަށް އެދެމެވެ.

ބައްޕާއެވެ. ޔުމްނާ ދެކެ ލޯބިވެވުނަސް، އަހަރެން އޭރު ހުރީ ޔުމްނާއަށް ދެރަގޮތެއް ހަދާކަށް ނޫނެވެ. ޔުމްނާގެ ލޯބި އަހަރެން ބޭނުންވިއެވެ. އެ ލޯބީގައި އަހަރެން ދީވާނާ ވިއެވެ. އަހަންނަށް ދުވަހަކުވެސް ޔުމްނާ ހަލާލު ނުވާނެކަން އެނގުމުން މި ދެލޮލުން ހާދަ ކަރުނައެއް ފޭބިއެވެ. އެ ކަރުނަތައް އެންމެ ގާތުން ދުއް މީހަކީ މަންމައެވެ. ނަމަވެސް އެ މަންމަ އަހަންނަށް ދިން ނަސޭހަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ބައްޕައަށްވެސް އެނގޭނެ ފަދައިން ޔުމްނާ ގެއަށް އައީއްސުރެ، މަންމަ ޔުމްނާއާ ދިމާއަށް ރުހުމުގެ ލޮލަކުން އެއްވެސް އިރެއްގައި ބަލައެއް ނުލައެވެ. މަންމަ ހުރީ ޔުމްނާ ގެއިން ނެރެލެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ.

ބައްޕާއެވެ. އެރޭ އަހަރެން ޔުމްނާގެ ކޮޓަރިއަށް ވަނީ މަންމަގެ އެދުމުގެ މަތިންނެވެ. ޔުމްނާގެ ބޮލުގައި ދޮގު ތުހުމަތު އެޅުވީވެސް މަންމަގެ އެދުމުގެ މަތިންނެވެ. އަހަންނަށް މާފުކުރާށެވެ. އަހަރެންމީ ބޮޑު ކުށްވެރިއެކެވެ. އާއެކެވެ. ޔުމްނާ ގެއިން ނެރެލެވުނީ ބޭއިންސާފުންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތެވެ. އަހަރެން ބޭނުންވަނީ އެ މައުސޫމް ކުއްޖާއަށް އިންސާފު ލިބޭށެވެ. އަދިވެސް އެއްފަހަރު އަހަރެން ހިތުގެ އެންމެ ފުންމިނުން މާފަށް އެދެމެވެ.

ބައްޕަ ދެކެ ލޯބިވާ،

މިޝާލް.

** **

ޔުމްނާމެން ފުރުވުމަށްޓަކާ ބަނދަރު ދޮށަށް މުނީރުމެންގެ ދެމަފިރިން އައިސް ތިއްބެވެ. ލާންޗު ގާތްކޮށްލުމުން ޔުމްނާ އައިސް މުނީރުއާއި މިޝްކާ ގާތުގައި ހުއްޓެލީ ކަރުނަވީ ދެލޮލާ އެކީގައެވެ.

“ވަރަށް މިސްވާނެ ތި ދެމީހުން މަތިން.” ޔުމްނާ އެހެން ބުނުމަށްފަހު މިޝްކާގެ ހަށިގަނޑުގައި ބައްދާލިއެވެ. މިޝްކާ ވެސް ހުރީ ޔުމްނާ މާލެއިން ފުރާތީ ދެރަވެފައެވެ.

“އަހަރެން ގުޅާނަން އިނގޭ ދޮންމަމްއަށް..” މިޝްކާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔުމްނާ މިޝްކާއާ ދުރުވެލަމުން ބޯ ޖަހާލިއެވެ.

“ކޮބާ އަވަހަށް އަރަން އާދޭ..” އާރިކްގެ އަޑަށް ޔުމްނާ ފަހަތް ބަލާލިއެވެ. އޭރު އޭނާ ފިޔަވައި ހުރިހާ އެންމެން ތިބީ ލާންޗަށް އަރައެވެ. ލާންޗުގެ ކުރީކޮޅުގައި ޔުމްނާއާ ދިމާއަށް އަތް ދިއްކޮށްގެން އާރިކް ހުއްޓެވެ.

ޔުމްނާ އާރިކްގެ އަތުގައި ހިފަން އުޅެފައި އަނެއްކާވެސް މުނީރުމެން ތިބި ދިމާއަށް ބަލާލިއެވެ. އޭނާގެ ގަތާފައިވާ، ކަޅުކަންގަދަ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ވިއެވެ. ޖެހެމުންދާ މަޑުމަޑު ރޯޅިއާއެކު އެ އިސްތަށިގަނޑު ދެފަރާތަށް ވިހުރެމުން ދިޔައެވެ. ލައިގެން ހުރީ ކަކުލާ ހަމައަށް އަރާ ފެހިކުލައިގެ ކުރުތާ ހެދުމެކެވެ. މިޔަދު އެ ބޮޑު ދެލޮލުގައި އާދަޔާ ޚިލާފު ވިދުމެއް ވިއެވެ.

ޔުމްނާ ލާންޗަށް އަރަން އާރިކްގެ އަތުގައި ހިފާލި ވަގުތު އޭނާ ސިހުނީ ފަހަތުން އިވުނު އަޑެއްގެ ސަބަބުންނެވެ. ޤަބޫލުކުރަން ދަތިވެފައި އަނެއްކާވެސް ޔުމްނާއަށް ފަހަތް ބަލާލެވުނެވެ. އެދިމާއަށް ހިނގާފައި އައި ފަރީދު ފެނުމުން އޭނާ ހައިރާންވިއެވެ. ހިތުގައި ބިރުވެރިކަމުގެ ބާންޏެއްވެސް ދުވެލިއެވެ.

“ޔުމްނާ!” ފަރީދު އަނެއްކާވެސް ޔުމްނާގެ ނަމުން ގޮވާލިއެވެ. ހިރިލަންވެސް ނޭނގިފައި ޔުމްނާއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. އިސާހިތަކު ފަރީދު އައިސް ޔުމްނާއާ ދާދި ގާތުގައި ހުއްޓެލިއެވެ.

“އަހަންނަށް މާފުކުރޭ… އަހަންނަށް މިހާރު އެނގިއްޖެ އެކަމުގައި ޔުމްނާގެ ކުށެއް ނެތްކަން.. އަނބުރާ އަހަރެން ކައިރިއަށް އަންނާނަންތަ؟” ފަރީދު އިސްޖަހައިގެން ހުރެ ވާހަކަދެއްކިއެވެ. އެއާއެކު ޔުމްނާ އެއްފަހަރު އާރިކްގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް ފަރީދުއާ ދިމާއަށް އެނބުރުނެވެ. ދައްކަންވީ ކޮން ވާހަކައެއްކަން ނޭނގިފައި އޭނާއަށް ހިނދުކޮޅެއް ވަންދެން ހުރެވުނެވެ.

“އަހަރެން ފަރީދުއަށް މާފުކޮށްފިން.. އެކަމަކު އަހަރެން ދެން ބޭނުމެއް ނޫން ފަރީދުއާއެކު އުޅޭކަށް..” ޔުމްނާ އޭނާގެ ހިތުގައިވާ ގޮތަށް ބުނެލިއެވެ.

“އެންމެ ރަނގަޅު.. އަހަރެން ޔުމްނާއަށް މަޖުބޫރުކުރުވާކަށް ނެތިން.. އަހަރެން އަސްލު ވަރަށް ލަދުގަނެއްޖައިން އޭރު ކުރެވުނު ކަންތަކުގެ ސަބަބުން.. އެކަމަކު އަހަރެންގެ ދަރިފުޅު…” ފަރީދު މަޑުމަޑުން ވާހަކަދެއްކިއެވެ.

“އަހަރެން މިދަރިފުޅު ރަނގަޅު ގޮތުގައި ބޮޑު ކުރާނަން…” ޔުމްނާ އޭނާގެ ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.

“އެންމެ ރަނގަޅު.. ކަމަކަށް ދަތިވަންޏާ އަހަރެން ގާތު ބުނަން ފަސްނުޖެހޭތި.. އަހަރެން ތި ދަރިފުޅަށް ބޭނުންވާ ހުރިހާ ޚަރަދެއް ކޮށްދޭނަން..” ފަރީދު ބުނެލިއެވެ. ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އިތުރަށް މަޑުކުރަން ނުހަދާ އާރިކްގެ އަތުގައި ހިފައިގެން ލާންޗަށް އެރިއެވެ. ލާންޗު ލޮލުކޮޅަށް ގެއްލެންދެން ފަރީދު ބަނދަރުމަތީގައި އެ ހުރި ގޮތަށް ހުއްޓެވެ.

** **

“ދަރިފުޅާ! އަވަހަށް އާދޭ ބަރޯ ހިފައިގެން!” ގޭގެ ދޮރުމަތީގައި ހުއްޓިގެން ހުރި ސީމާ ބާރަކަށް ގޮވާލިއެވެ. މިހާރު އަޝްފާން ބަރޯ ބަލާ ދިޔަފަހުންވެސް ކޮން އިރެއް ހެއްޔެވެ؟

އިރުކޮޅެއް ފަހުން އަޝްފާން ބަރޯ ހިފައިގެން މަގުމައްޗަށް ނިކުމެއްޖެއެވެ. ސީމާ އާއެކު އޭނާ ބަނދަރާވީ ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތައް އުފެދެމުން ދިޔައެވެ. އެގެއަށް އަންނަން އުޅޭ އާ މެންބަރާމެދު އޭނާއަށް ރަނގަޅަށް ކަންތައް ކުރެވިދާނެ ބާވައޭ އެހިތަށް އަރަމުން ދިޔައެވެ.

ސީމާމެން ދާ މަންޒަރު ބަލަން ގޭދޮށުގައި ޖުވައިރިޔާ ހުއްޓެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އޭނާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ބަނދަރު ކައިރީގައި ހުރި ދިގު ރުކެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ސީމާއާއި އަޝްފާން ތިއްބެވެ. ވައިބާރު ދުވަހެއް ކަމުން، އިރުއިރުކޮޅާ ބާރު ވައިރޯޅިތައް އައިސް އަޝްފާންގެ އިސްތަށިގަނޑާ ތޮޅެލައެވެ. ސީމާވެސް އުޅުނީ ވަޔާއެކު އޭނާ އަޅައިގެން ހުރި ބުރުގާ ހިއްލޭތީއެވެ. ދެފަރާތުން ބުރުގަލުގައި ހިފަހައްޓާލަމުން އޭނާ ރަށުގެ ފަޅުތެރެއަށް ވަދެގެން އައި ލާންޗަށް ނަޒަރު ހުއްޓާލިއެވެ.

ލާންޗު ކައިރިކޮށްލުމާއެކު އެންމެ ފުރަތަމަވެސް އަޒްކާ އުރާލައިގެން އިނގުރައިދޫގެ ފަސްގަނޑަށް ފޭބީ އާރިކްއެވެ. އޭނާ އެހެން މީހުން ފޭބުމަށްޓަކާ އެހީވަމުން ގެންދިޔައެވެ. އެވަގުތު ސީމާ އައިސް އަޒްކާ އުރާލިއެވެ. ފުރަތަމަ ބީރައްޓެހިވެފައި ހުރި ނަމަވެސް ސީމާ ދައްކަމުން ދިޔަ ވާހަކަތަކުގައި އަޒްކާ ވަރަށް އަވަހަށް ބައިވެރި ވެއްޖެއެވެ. އަޝްފާން ވެސް އަޒްކާއަށް ކުދި ކުދި ގޯނާ ކުރަމުން ގެންދިޔައެވެ.

އާރިކްގެ އަތުގައި ހިފައިގެން ލާންޗުން ފޭބި ޔުމްނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރުކުގެ ހިޔަލުގައި ހުރި އަޝްފާންއެވެ. އެއާއެކު އޭނާއަށް އެހެން ދިމާއެއް ބަލާލަންވެސް ނޭނގިފައި ހުރެވުނެވެ. އަޒްކާއާއެކު ސަކަރާތްޖަހަމުން ގެންދިޔަ އަޝްފާން އަށް އެއްލި ކަޅިއަކުން ޔުމްނާ ފެނުނެވެ. ވަގުތުން އޭނާގެ ހަރަކާތްތައް ވެސް ހުއްޓުން އެރިއެވެ. ޔުމްނާގެ ބޮޑު ދެލޯ އޭނާއަށް އަމާޒުވެފައި ވާތަން ފެނުމުން އޭނާއަށް އެދިމާއަށްދާން ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ޔުމްނާގެ ހަށިގަނޑު ކުރިއަށްވުރެ ރޫފަ ރަނގަޅު ކަމަށް ދައްކައެވެ. އެ އޮމާން މޫނު، އިހުނަށްވުރެ ވެސް ވަށްހެން އަޝްފާންއަށް ހީވިއެވެ. ވަޔާއެކު އެ ދިގު އިސްތަށިގަނޑު އެގޮތް މިގޮތަށް ވިހުރެމުން ދިޔައެވެ.

“ދަރިފުޅާ!” އަޝްފާން ސިހިގެން ދިޔައީ ހާރޫން އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ބަލަބަލާ ހުއްޓާ ހާރޫން ގޮސް ޔުމްނާގެ އަތުގައި ހިފައިގެން އައިސް އަޝްފާންގެ ގާތުގައި ހުއްޓެލިއެވެ. އޭރު އަޝްފާންއާ ޔުމްނާއަށްވެސް ހާރޫންގެ މޫނަށް ބަލަން ހުރެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ދަރިފުޅާ.. މީ އަޝްފާން.. ދަރިފުޅުގެ އެއްބަފާ ބޭބެ..” ހާރޫން އެހެން ބުނުމާއެކު އަޝްފާންއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި އެތިފަހަރެއް އަޅުވާލި ހެންނެވެ. ދެލޯ ބޮޑުވެފައިވާ ހާލު، އޭނާ ޔުމްނާގެ މޫނަށް ބަލާލިއެވެ. ކަކުލު ހުޅުން ވާގިދޫވާ ކަހަލަ އިހުސާސެއް ކުރެވެން ފެށުމުން އަޝްފާންއަށް އެހުރި ތަނަށް ތިރިވެވުނެވެ.

“ދަރިފުޅާ؟ ރަނގަޅުތަ؟” ހާރޫން ނިތަށް ރޫތަކެއް ޖަމާކޮށްލަމުން އަހާލިއެވެ. އެއާއެކު އަޝްފާންއަށް ކުރެވުނު ކަންތައް ރޭކާލިއެވެ. އަވަސް އަވަހަށް ތެދުވުމަށްފަހު އޭނާ ދުރުބަލާލިއެވެ. އަދި ގަދަކަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.

“މީ ޔުމްނާ އިނގޭ ދަރިފުޅާ..” ހާރޫން އެހެން ބުނުމުން އަޝްފާން ނިކަން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އިތުރަށް އެތަނުގައި މަޑުކުރަން ނުހަދާ އޭނާ ފޮށިތައް އަޅާފައިވާ ބަރޯ ހިފައިގެން ގޭދޮށަށް ދާން ހިނގައިގަތެވެ.

އަޝްފާން ދިޔަ ދިމާ ބަލަން ހުރި ޔުމްނާގެ ބޮޑު ދެލޯ ހަމަ ރީއްޗަށްވެސް ފެންކަޅިވެއްޖެއެވެ. ތަޤުދީރު މިކުޅެނީ ކޮންފަދަ ސަމާސާއެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މިއޮއް ހުރިހާ ދުވަހަކު އޭނާއަށް ލޯބިވެވިގެން މިއުޅެނީ އެއްބަފާ ބޭބެ ދެކެ ހެއްޔެވެ؟

“ދަރިފުޅާ.. ކިހިނެއްވީ؟” އެވަގުތު ސީމާ އައިސް ޔުމްނާގެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއެކު އަހާލިއެވެ. އެއާއެކު ޔުމްނާ އަވަސްއަވަހަށް ދެލޯ ފުހެލިއެވެ.

“ކަމެއް ނުވެ.. މަންމަ މަތިން ހަނދާންވީ..” ޔުމްނާ ދޮގު ހެދިއެވެ. އެހިތަށް ކޮއްފައިވާ އަސަރު އެއްވެސް މީހަކަށް ދެނެއެއް ނުގަނެވޭނެއެވެ.

މަންޒަރު ބަލަން ހުރި އަރޫޝާ އާރިކްގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. އެހެން އެއްވެސް މީހަކަށް ނޭނގުނަސް، އެދެމީހުންނަށް ޔުމްނާއާއި އަޝްފާންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ރީއްޗަށްވެސް ފެނުނެވެ.

“ދޮންބޭ..! ހިނގާ ދާން!” އަޒްކާ އައިސް އަތުގައި ހިފާލުމުން، އާރިކް ތިރި ބަލާލިއެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން އޭނާ އަޒްކާ ނަގައި ކޮނޑަށް ލިއެވެ. އެންމެން އެކީގައި ގޭދޮށަށް ދާން ހިނގައިގަތް އިރު އަރޫޝާ އާއި އާރިކްގެ ބަސްވަނީ ހުއްޓިފައެވެ. ސީމާ ޔުމްނާއާ ތަފާތު ވާހަކަތައް ދައްކަމުން ދިޔަ ނަމަވެސް ޔުމްނާގެ ހިޔާލާއި ފިކުރު ވަނީ އެހެން ދުނިޔެއެއްގައެވެ.

** **

ގޭތެރެއަށް ވަދެގެން އައި ފަރީދުގެ ސިހުނީ ނަސްރީން އޭނާގެ ދެފައި ދަށަށް ތިރިވުމުންނެވެ. އޭނާގެ ދެފައިގައި ހިފައި، ނަސްރީން ބާރުބާރަށް ރޮމުން ގެންދިޔައެވެ.

“ފަރީދު.. ފަރީދު.. އަހަންނަށް މާފުކުރޭ.. އަހަރެން ވަރި ނުކުރާތި..” ނަސްރީން ގިސްލުމުގެ ތެރެއިން އާދޭސްކުރަމުން ގެންދިޔައެވެ. ފަރީދު އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ނަސްރީން ދުރަށް ލާކަށްވެސް އޭނާ ނޫޅުނެވެ.

ފަރީދުގެ ފަހަތުން ގޭތެރެއަށް ވަދެގެން އައި މިޝްކާއާއި މުނީރުއަށް މި މަންޒަރު ފެނި، މަޑުޖެހެވުނެވެ. ފަރީދު ކަންތައްކުރާ ގޮތެއް ބެލުމަށްޓަކާ އެދެމީހުން އެއްވެސް ބަހެއް ނުކިޔައި ތިއްބެވެ. ނަސްރީން ކަންތައްކުރި ގޮތުގެ ވާހަކަ މިހާރު އެދެމީހުންނަށް ވެސް ވަނީ އެނގިފައެވެ.

“އަހަރެން ނޫޅެން ނަސްރީން ވަރިކުރާކަށް.. އަހަރެން ކަލޭ، އަހަރެންގެ އަންބެއްގެ ގޮތުގަ ބައިންދާނަން.. އެންމެ ސަބަބަކަށްޓަކާ.. އެއީ ތީ މިޝާލްއާއި މިޝްކާގެ މަންމައަށް ވީތީ.. އެހެން ނޫންނަމަ އަހަރެން މިހާރު ކަލޭ މިގެއިން ނެރެލައިފީމުސް!” ފަރީދު ވާހަކަދެއްކީ މަޑުން ނަމަވެސް އެއަޑުގައި ހަރުކަށިކަން އެކުލެވިފައިވިއެވެ. ނަސްރީންއަށް އެވަގުތު ފަރީދުގެ ދެފައިން ދޫކޮށްލެވުނެވެ. އޭނާ ހީކުރީ ފަރީދު މިޔަދު އޭނާ މިގެއިން ނެރެ އެއްލައިލާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އޭނާ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ފަރީދު ބާރު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަސްރީންއަށް ހުއްޓުން އަރާފައި އެއިންގޮތަށް އިނދެވުނީއެވެ. ނަސްރީން އެ ހާލުގައި އިންތަން ދެކެން މިޝްކާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ދުވެފައި ގޮސް ނަސްރީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“މަންމާ.. ހުއްޓާލާ މަންމާ..” ނަސްރީންގެ ކަރުނަތައް ފުހެލައިދެމުން މިޝްކާ ލޯތްބާއެކު ބުނެލިއެވެ.

** **

އާރިކް މެންގެ ފޮށިތައް ގެސްޓް ހައުސްއަށް ލުމަށްފަހު އަޝްފާން އައި ގޮތަށް އައިސް ކޮޓަރިއަށް ވަދެ، ދޮރު ޖެހިއެވެ. ދެފަރާތަށް ބޯހޫރަމުން އޭނާ ގޮސް އެނދުމަތީގައި އިށީނެވެ. އޭރު އެ ނިތްކުރިމަތިން ދާތިކިތައް ވިދައެވެ. އަވަސްއަވަހަށް ނޭވޭލަމުން ދިޔައިރު އޭނާގެ ލޮލުގެ ކަޅި އެކި ކޮޅުކޮޅަށް ދައުރު ކުރަމުން ދިޔައެވެ.

“ހުވަފަނެއްތަ މީ؟ ކިހިނެއްތަ މިވަނީ؟” އަޝްފާން އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ކަންތައް ވެގެން ދިޔަ ގޮތުން އޭނާއަށް ރަނގަޅަށް ވިސްނަންވެސް އުނދަގޫވިއެވެ.

“ޔުމް.. ޔުމްތަ؟ އަހަރެންގެ…އެއްބަފާ ކޮއްކޮ؟” އަޝްފާން އޭނާގެ ދެއަތް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުން ބުނެލިއެވެ.

“ދެން.. އަހަރެން.. ކިހިނެއް ހަދާނީ؟” އަޝްފާން އެހެން ބުނެލި ވަގުތު އޭނާގެ ދެލޯ ރީއްޗަށްވެސް ފެންކަޅި ވެއްޖެއެވެ. މިއީ ހުވަފެނެއްނަމައޭ އޭނާގެ ހިތަށް އެތައް ފަހަރަކު އަރަމުން ދިޔައެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން އޭނާ އިސްޖަހައިގެން އިނެވެ. އެތައް ދުވަހަށްފަހު އޭނާގެ ހިތުގެ ރާނީ ފެނުނު އިރު މިވީ ކިހިނެއް ހެއްޔެވެ؟

** **

ގެސްޓްހައުސްއަށް ގޮސް ފެންވަރާ ތާޒާވެލުމަށްފަހު، އާރިކްމެން އަޝްފާންގެ ގެއަށް އައީ ހަވީރު ސައިބުއިމަށްޓަކައެވެ. އެގެއަށް ވަނީއްސުރެ އަޒްކާގެ ކަޅި ހޯދަމުން ދިޔައީ އެންމެ ފަރާތެކެވެ. އަރޫޝާއަށްވެސް ޖުވައިރިޔާގެ ހިލަމެއް ވޭތޯ އެކި ފަރާތް ފަރާތަށް ނަޒަރު ހިންގާލެވެނީ ބޭއިޚްތިޔާރުގައެވެ. ސީމާ ގާތު އަހާލަން އުޅެފައިވެސް އޭނާ ފަސްޖެހުނެވެ. ޖުވައިރިޔާ އެމީހުން ލަފާ ތަނަށް ނައީ ހަމަ އެމީހުން ދެކެން ބޭނުން ނުވީމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ހިނގާ އަވަހަށް ސައިބޯން ދޯ..” ސީމާ އެހެން ބުނުމަށްފަހު އަޒްކާ ގޮވައިގެން ކާގެއަށް ދިޔައެވެ. އެހެން މީހުންވެސް ސީމާގެ ފަހަތުން ދިޔައީ ބަނޑުހައިކަން އިހުސާސްކުރެވެމުން ދާތީއެވެ.

“ކޮބާ ޔުމް؟” ސައިބޯން އިނދެފައި އަރޫޝާ ސީމާ ގާތު އަހާލިއެވެ.

“އަދި ތައްޔާރުވެ ނުނިމޭހެން ދައްތައަށް ހީވަނީ.. އަންނާނަން އިނގޭ ގޮވާލާފަ…” ސީމާ ހިނިތުންވެލަމުން ބުނެލިއެވެ. އަދި އޭނާ ކާގެއިން ނިކުމެގެން ގޮސް ޔުމްނާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.

“ދަރިފުޅާ؟ އަވަސްކޮށްލައިގެން ސައިބޯން އާދޭ އިނގޭ.. އަރޫޝާމެންވެސް މިހާރު ސައިބޯން އައިސްއޭ އެތިބީ..!” ސީމާ އެހެން ގޮވާލުމަށްފަހު އެތަނުން ހިނގައްޖެއެވެ.

އެނދުމަތީގައި އޮތް ޔުމްނާއަށް ސީމާގެ އަޑު ރީތިކޮށްވެސް އިވުނެވެ. ނަމަވެސް ޖަވާބުދޭހާ ހިތްވަރު އެހަށިގަނޑުގައި އެވަގުތު ނެތީއެވެ. ރޮއި ރޮއި އެ ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. އެ ހިތް ވަނީ ކުދިކުދި ވެފައެވެ. އޭނާއަށް ހަމަ މި ދުނިޔޭގައި އެއްވެސް އުފަލެއް ލިބެން ނެތީ ހެއްޔެވެ؟ އެންމެފަހުން އޭނާއަށް އަންނަން މިޖެހުނީ އޭނާގެ ލޯބިވާ ކައިރިއަށެވެ. އަޝްފާންއާ އެއް ހިޔާވަހި ކަމުގެ ދަށުގައި އުޅޭނެ ފުރުސަތު އޭނާއަށް ލިބިއްޖެއެވެ. ނަމަވެސް އެއީ އަޝްފާންގެ ލޯބިވެރިއެއްގެގެ ހައިސިއްޔަތަކުން ނޫނެވެ. އަޝްފާންގެ ކޮއްކޮއެއްގެ ހައިސިއްޔަތުންނެވެ. އޭނާގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ވެއްޖެއެވެ. އުނގޫފާރުގެ ފަސްގަނޑުގައި ފައިތިލަ ޖެހެންދެންވެސް އަޝްފާންއާއެކު އުފާވެރި ހަޔާތެއް އުޅެވޭނެ ކަމަށް އޭނާ އުންމީދުކުރިއެވެ. ނަމަވެސް އެ ހުރިހާ އުންމީދެއް ވެއްޔާ މޮޑެވިގެން އެދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އިރުކޮޅަކު އެހެން އޮތުމަށްފަހު ޔުމްނާ ކުޑަ ހިތްވަރެއް ލާފައި އެނދުން ތެދުވިއެވެ. މިހެން އޮވެ ހިތާމަ ކުރުމަކުން އެއްވެސް ފައިދާއެއް ނުވާނެކަން ޔުމްނާއަށް އެނގެއެވެ. ހާރޫންއަށް ނުވަތަ ސީމާއަށް އެއްވެސް ޝައްކެއް ވިޔަ ދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

ފެންވަރައި ތާޒާވެލައިގެން އައިސް ޔުމްނާ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓެލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރަށް ބަލަހައްޓައިގެން ހުރެ، އޭނާ އެ ދިގު އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެވެ.

ޔުމްނާ ކޮޓަރިން ނިކުމެގެން ކާގެއަށް ވަތްއިރު، އާރިކްމެން ސައިބޮއި ނިންމާލައިފިއެވެ. ޔުމްނާ ގާތު އިށީންނަން ބުނެފައި ސީމާ އަވަސް އަވަހަށް ޔުމްނާއަށް ސައި ގިރައިދޭން އުޅުނެވެ. ސީމާ އުޅޭގޮތް ފެނިފައި ޔުމްނާއަށް އާބިދާ މަތިން ހަނދާންވިއެވެ. ސީމާ ކަހަލަ ރަނގަޅު މީހަކު އޭނާގެ މަންމަގެ މަޤާމަށް އައީތީ އޭނާ ﷲއަށް ޙަމްދުކުރިއެވެ.

“ދަރިފުޅު ތިއައީ ހުރިހާ އެންމެން ސައިބޮއި ނިމުނީމަ ވިއްޔާ..” ސީމާ ސައިތަށި ޔުމްނާގެ ގާތުގައި ބަހައްޓާލަމުން ބުނެލިއެވެ. ރައްދުގައި ޔުމްނާ ހިނިތުންވެލިއެވެ.

“އަނހާ؟ ދަރިފުޅާ.. އަވަހަށް އާދޭ ސައިބޯން.. ޔުމްނާ މިއިނީ ވަރަށް އެކަނިވެފައޭ.. ދަރިފުޅު އާދެބަލަ ވާހަކަދައްކާލަން..” ކާގެއަށް ވަދެގެން އައި އަޝްފާން ފެނުމުން ސީމާ އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ޔުމްނާއަށް އެދިމާ ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ އެވަގުތެވެ. ނަމަވެސް ޔުމްނާ އެބާރުމިނުގައި އަވަސް އަވަހަށް އިސްޖަހާލިއެވެ.

އަޝްފާން އައިސް އިށީނީ ސީދާ ޔުމްނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައެވެ. ސީމާވެސް އަޝްފާންއަށް ސައިތައްޓެއް ހަދައި ދިނުމަށްފަހު އެތަނުން ދިޔައީ ކޮންމެވެސް ކަމެއް ޖެހިގެންނެވެ. އެވަގުތު ޔުމްނާ އިސްއުފުލައި، އަޝްފާންގެ މިލާމޯޅިވެފައިވާ މޫނަށް ބަލާލިއެވެ. އޭރު އަޝްފާންވެސް އިނީ ކަޅިޖަހާނުލާ ޔުމްނާގެ ދޮން މޫނަށް ބަލާށެވެ.

** **

ސައިބޮއިގެން އަރޫޝާ އާއި އާރިކް އަޒްކާ ގޮވައިގެން އެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. އޭރު ރަޝީދު ވީ މާގާތް ރައްޓެއްސަކާއެކު އެގޭދޮށަށް ގޮހެވެ.

“ދޮންތާ.. މަންމަ ކޮބާ؟” އިރުކޮޅެއް ފަހުން، އަޒްކާ އެ ހަމަހިމޭންކަން ފޫދުއްވާލަމުން އަހާލިއެވެ. އެއާއެކު އަރޫޝާއަށް ބަލާލެވުނީ އާރިކްއާ ދިމާއަށެވެ.

“އަޒްކޮއަށް އެނގޭނެތަ މަންމަ ފެނުނީމަ ފާހަގަކުރަން؟” ދެރަވެފައި އިން ނަމަވެސް، އަރޫޝާ އެހެން އަހާލީ ސަމާސާ ރާގެއްގައެވެ.

“ހުމްމް.. އެނގޭނެ.. ދޮންތަ ދެއްކީމެއްނު މަންމަގެ ބައިވަރު ފޮޓޯވެސް..” އަޒްކާ މައުސޫމު ގޮތަކަށް ބުނެލިއެވެ. އަރޫޝާ ފުންނޭވައެއް ބޭރުކޮށްލިއެވެ. ދެން އިތުރަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. އަޒްކާގެ އަތުގައި ހިފައިގެން އޭނާ ސީމާ ގާތަށް ދިޔައެވެ.

“ސީމާއްތާ! މަންމަ ކޮބާ؟” އަރޫޝާ އަވަސްއަވަހަށް އަހާލިއެވެ.

ސީމާ، ޖުވައިރިޔާ އުޅޭ ކޮޓަރި ދެއްކުމުން އަރޫޝާ ބާރު ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއެވެ. އޭނާ ހީކުރި ގޮތަށް ދޮރު ހުރީ ތަޅުލާފައެވެ. އަރޫޝާ އަޒްކާއަށް ބަލާލުމަށްފަހު ބާރުބާރަށް އެ ދޮރުގައި ތަޅަން ފެށިއެވެ. އަޒްކާ ޖުވައިރިޔާ ދެކިލަން ބޭނުންވާ މިންވަރު ޖުވައިރިޔާއަށް ނޭނގެނީ ކީއްވެބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ހޫނ.. ކާކުތަ ދޮރު…” އިރުކޮޅެއްފަހުން ޖުވައިރިޔާ ދޮރު ހުޅުވަމުން ހަޅޭއްލަވައިގަތެވެ. ނަމަވެސް ދޮރުމަތީގައި ހުރި އަރޫޝާ އާއި އަޒްކާ ފެނުމުން އޭނާގެ ހަރަކާތްތަކަށް ހުއްޓުންއެރިއެވެ. އަޒްކާގެ މޫނަށް ބަލަން، އިރުކޮޅެއް ވަންދެން އޭނާއަށް ހުރެވުނެވެ.

“މަންމާ..” އަޒްކާ އެހެން ކިޔައި ޖުވައިރިޔާގެ ގައިގައި ބައްދާލުމުންވެސް އޭނާއަށް އެ ހުރި ގޮތަށް ހުރެވުނީއެވެ. އިރުކޮޅެއްފަހުން އޭނާވެސް ތިރިވެ، އަޒްކާގެ ކުޑަ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އިޚްތިޔާރުން ބޭރުގައެވެ.

“ދަރިފުޅާ.. މަންމައަށް މާފުކުރޭ..” ތުރުތުރު އަޅާ އަޑަކުން ޖުވައިރިޔާ ބުނެލިއެވެ.

** **

“ހާލު ކިހިނެއް؟” އިރުކޮޅެއް ފަހުން އަޝްފާން އަހާލިއެވެ.

“ރަނގަޅު..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.

“ހިޔެއް ނުކުރަން… ޔުމްއާ ދިމާވެދާނެ ކަމަކަށް..” އަޝްފާން ހިތި ގޮތަކަށް ބުނެލިއެވެ.

“ދިމާވެފައެއްނު މިއޮތީ..” އަޝްފާންގެ މޫނަށް ބަލާލަމުން ޔުމްނާ ބުނެލިއެވެ.

“އެކަމަކު…. މީ… ކޮންގޮތެއް ދިމާވާން؟” އަޝްފާން މޭޒުމަތީގައި ގޮށްމުށުން ޖަހާލަމުން ބުނެލިއެވެ. މިފަހަރު ކުރިއަށްވުރެ އެއަޑު ބާރެވެ.

“މީ އަހަރެމެންނަށް ހުރި ގޮތް، އަޝްފާން..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.

“އެކަމަކު.. އަހަރެން ކިހިނެއް މިހެން އުޅޭނީ؟ ހިނގާ އަހަންނާއެކު ފިލަން! މަންމަމެންނާ ސިއްރުން އަހަރެމެން ފުރާނީ ބޭރަށްދާން… އަހަރެމެންނަށް އަދިވެސް އެކުގައި..” އަޝްފާން ދައްކަންފެށި ވާހަކަ ޔުމްނާ މެދު ކަނޑާލިއެވެ.

“އަޝްފާން.. ހުއްޓާލާ.. އަހަންނަށް ތިހެން ހެދޭތަ؟ ތީ އަހަރެންގެ އެއްބަފާ ބޭބެއޭ! އެހެންނޫނަސް، ބައްޕައަށް ފިލައިގެން އަހަރެން ނުދާނަން.. އަހަންނަށް މިހާރު ލިބިފައި އެހުރީ ވަރަށްވެސް ހެޔޮ މަންމައަކާއި ބައްޕައެއް..” ޔުމްނާ ހަރުކަށި ކަމާއެކު އެހެން ބުނުމުން އަޝްފާންއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އަނެއްކާވެސް އެދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

“ޔުމް ހީނުކުރައްޗޭ އަހަރެން ފަހުން ޔުމް ހޯދާކަށް ނޫޅެއޭ.. ޔުމް ހޯދަން އަހަރެން ފަރީދުގެ ގެއަށްވެސް ދިޔައިން..” އިރުކޮޅެއްފަހުން، އެ ހަމަހިމޭންކަން ފޫދުއްވާލަމުން އަޝްފާން ބުނެލިއެވެ.

“ދެން ތި ވާހަކަދެއްކުމުގެ ބޭނުމެއް ނެތް.. އެހެން ވާހަކައެއް ދައްކަމާ.. އަޝްފާންގެ ލައިފް ކިހިނެއް؟ ޖޮބެއްގަ ތަ އުޅެނީ؟” ޔުމްނާ މަސައްކަތްކުރީ ވާހަކަ އޮޅުވާލާށެވެ.

“އަހަރެން ޖޮބެއްގަ އާނ އުޅެނީ.. ސްކޫލްގަ.. ޓީޗަރަކަށް.. އެކަމަކު ޔުމް.. ޔުމް ހަމަ ގަބޫލުކުރީތަ ތި މިކަންތައް؟ އަހަރެން މީ ޔުމްގެ ބޭބެ ކަމަށް ތި ގަބޫލުކުރީތަ ހަމަ؟” ހިތަށް އުނދަގޫވެފައިވާ ހާލު އަޝްފާން އަހާލިއެވެ.

“ދެން ގަބޫލުކުރުން ނޫން އިތުރު ގޮތެއް އެބައޮތްތަ؟ ދެން އަހަރެން ކިޔަންވީ ކީކޭ؟ ދޮންބެ ތަ؟” ޔުމްނާ ސަމާސާ ރާގެއްގައި ވާހަކަދެއްކިއެވެ.

“ޔުމް… އާރ ޔޫ ސީރިއަސް؟” ޔުމްނާގެ ވާހަކަ ހުރި ގޮތުން އަޝްފާން އިތުރަށް ދެރަވިއެވެ. އަދިވެސް އޭނާ ޔުމްނާގެ ލޯބި ބޭނުމެވެ. ނަމަވެސް ތަޤުދީރު އެމީހުންގެ ގުޅުމަށް ހުރަސް އަޅައިފިއެވެ.

“ދެން އަހަރެން މީގެ ފަހުން ކިޔާނީ ދޮންބެ..” އަޝްފާންގެ ވާހަކައަށް ސަމާލުކަމެއް ނުދީ ޔުމްނާ ބުނެލިއެވެ. އަޝްފާންއަށް ޔުމްނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ސައިބޮއި ނިމިގެން ޔުމްނާ ނިކުމެލީ ބޭރަށެވެ. އަޝްފާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އަދިވެސް އެއްފަހަރު އެކަމާމެދު ރަނގަޅަށް ވިސްނާލާށެވެ.

ޔުމްނާ ބޭރަށް ނިކުތްއިރު ޖޯލިފަތީގައި އާރިކް އޮތެވެ. ޔުމްނާ ގޮސް އާރިކްއާ ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“އެނގޭ ދޯ އާރިކްއަށް؟” ދުރު ބަލަހައްޓައިގެން އިނދެ ޔުމްނާ އަހާލިއެވެ.

“ކޯއްޗެއް؟” އާރިކް އަވަސްއަވަހަށް އަހާލިއެވެ.

“އެނގޭނެ އާރިކްއަށް.. އަރޫ ބުނި ދޯ އާރިކް ގާތު..” ޔުމްނާ އަނެއްކާވެސް ބުނެލިއެވެ.

“ކޮން ވާހަކައެއްކަން ބުނީމަ ދޯ އެނގޭނީ..” އާރިކް ބުނެލިއެވެ.

“އަޝްފާންގެ ވާހަކަ….” ޔުމްނާ އެހެން ބުނުމުން އާރިކްއަށް އިސްޖަހާލެވުނެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ޔުމްނާއަށް ހީވި ހީވުން ޔަޤީންވެގެން ދިޔައެވެ.

“ކީއްވެ ނުބުނީ؟” ކަރުނަތައް އެތެރެއަށް ހިންދަން މަސައްކަތް ކުރަމުން ޔުމްނާ އަހާލިއެވެ.

“ސޮރީ ރެޕަންޒެލް.. އަހަރެން… އަހަރެން ބޭނުން ނުވީ ރެޕަންޒެލް އިތުރަށް ދެރަކުރަން އެދުވަހު..” އާރިކް ކުށްވެރިއެއް ފަދައިން އިސްޖަހައިގެން އިނދެ، ބުނެލިއެވެ.

“ދެން ހެޔޮ! އަހަރެން ހީކުރީ އާރިކް ތީ އަހަންނަށް ހެޔޮއެދޭ މީހެއް ކަމަށް.. އެކަމަކު އެހެނެއް ނުވިތާ.. އަހަރެން ހިޔެއް ނުކުރަން އާރިކް އަހަންނަށް މިކަން ސިއްރު ކުރާނެ ކަމަކަށް..” ޔުމްނާ އެހެން ބުނުމަށްފަހު ތެދުވެގެން ގޭތެރެއަށް ދާން ހިނގައިގަތެވެ. އެހިތުގައި އާރިކްއަށްޓަކާ އެތައް ޝަކުވާއެއް އުފެދިފައިވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު، ޖުވައިރިޔާގެ ކޮޓަރިން ނިކުތް އަރޫޝާގެ ގައިގައި އޭނާ އަޅައިގަތެވެ. ޔުމްނާ އަނގަ ވަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ.

“ޔުމް.. ސޮރީ.. ތަދުވިތަ؟” އަރޫޝާ އަވަސް އަވަހަށް އަހާލިއެވެ.

“އަރޫ ވެސް.. އާރިކް ވެސް.. އަހަންނަށް އެކަންތައް ސިއްރުކުރީ..” ޔުމްނާ ދެރަވެފައި ހުރި ވަރުން އަރޫޝާއާ ދިމާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެވަގުތު ޔުމްނާ އެދައްކަނީ ކޮން ވާހަކައެއްކަން އަރޫޝާއަށް ނަގައިގަނެވުނެވެ. އޭނާ ޔުމްނާގެ އަތުގައި ހިފައިގެން، ޔުމްނާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. އަދި ދޮރު ލައްޕާ ތަޅުލުމަށްފަހު ވާހަކަދައްކަން ފެށިއެވެ.

“ޔުމް.. ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަރެންވެސް، އަދި ދޮންބެ ވެސް އެކަން ޔުމްއަށް ސިއްރުކުރީ ހަމަ ޔުމްއަށް ރަނގަޅަކަށް.” އަރޫޝާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން ވާހަކަދެއްކިއެވެ.

“ކޮން ރަނގަޅެއްވީ؟ އަރޫއަށް އެނގޭތަ؟ އަހަރެންގެ ހިތުގައި ހާދަ ވޭނެއް އެބަ އަޅައޭ..” ޔުމްނާ ގިސްލަމުން ވާހަކަދެއްކިއެވެ.

“ވޭން އަޅަނީ ޔުމްގެ ތިހިތުގައި އެކަނިތަ؟ އަހަރެންގެ ދޮންބެގެ ހިތުގައި އަޅާ ވޭން ޔުމްއަކަށް އިހުސާސްވެސް ނުކުރެވޭނެ!” އަރޫޝާ ހަރުކަށި ރާގެއްގައި ވާހަކަދެއްކިއެވެ. އެއާއެކު ޔުމްނާ އަރޫޝާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ކީކޭ ތި ބުނީ؟” ޔުމްނާ މަޑުމަޑުން އަހާލިއެވެ.

“ޔުމްއަށް ނޭނގުނަސް… އަހަރެންގެ ދޮންބެ ޔުމް ދެކެ ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.. ދޮންބެ ޔުމްއަށްޓަކާ އެ ކޮށްދޭ ކަންތައްތަކެއް ނުފެނޭތަ؟ ދޮންބެގެ ދެލޮލުން ޔުމްއަށް ލޯތްބެއް ނުފެނޭތަ؟ ހަމަ ގައިމުވެސް އަހަންނަށް ފެނޭ.. ވިސްނާލަބަލަ ދޮންބެގެ ހިތަށް ކުރާނެ އަސަރު!” އަރޫޝާގެ އަޑު ދިޔައީ ފަރަކާ ފަހަރެއް ބާރުވަމުންނެވެ. އަރޫޝާ އެކިޔާ އެއްޗެއްގެ ސަބަބުން ޔުމްނާއަށް ދެލޯ ބޮޑުކޮށްލައިގެން ހުރެވުނެވެ.

“ދޮންބެ އެހުރީ ޔުމް ގެ ހުރިހާ ޒިންމާއެއް އޭނާގެ ބޮލުގައި އަޅުވައިގެން އުޅެން ތައްޔާރަށް… ޔުމްގެ ތި ބޭބީވެސް އަމިއްލަ ދަރިއެއް ފަދައިން ބަލައިގަންނަން ތައްޔާރަށް.. އެވަރުގެ މީހަކު ޔުމްއަށް ލިބިދާނެތަ؟ ވިސްނާލަބަލަ.. ފުންކޮށް މިކަމާމެދު ވިސްނާލަބަލަ އެކަނި އިނދެގެން..” އަރޫޝާ އެހެން ބުނުމަށްފަހު އެ ކޮޓަރިން ނިކުމެގެން ދިޔައީ ޚިޔާލުގެ ކަނޑެއްގެ ތެރެއަށް ޔުމްނާ ގަންބާލާފައެވެ.

އަރޫޝާ ދެއްކި ކޮންމެ ވާހަކައެއް ޔުމްނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. ސާލިމްގެ މީހުން އޭނާ ހައްޔަރުކޮށްގެން އިންޑިޔާއަށް ގެންދިޔަ ހަނދާން އާވެގެން ދިޔައެވެ. އެ ދުވަހު އާރިކް އޭނާ ސަލާމަތް ކުރަން އައުމުން، އޭނާއަށް އާރިކް ސިފަވީ “ހީރޯ” އެއް ގޮތަށެވެ. އާރިކް ނައި ނަމަ އެދުވަހު އޭނާގެ ދުވަސް ދިޔައީހެވެ. އާރިކް އޭނާއަށް ކޮށްދިން ހުރިހާ ކަމެއް އެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. އާރިކްގެ އެ ހިތްގައިމު ސޫރަ އޭނާގެ ލޯ މަތީގައި ސިފަވަމުން ދިޔައެވެ. އާރިކްގެ އެ ކަތި ބަލާލުމެވެ. އެ ވާހަކަދެއްކުމުގައި އެކުލެވިގެންވާ ހިތްހެޔޮ ގޮތެވެ.

** **

މަޣުރިބު ނަމާދުން ފައިބައިގެން އާރިކް އަޝްފާންމެން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާ އެގޭތެރެއަށް ވަންނަން ދިމާކޮށްލީ އަޝްފާންއާ ވާހަކަދައްކާލުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު ކޮޓަރިން ނިކުތް ޖުވައިރިޔާ ފެނުމުން އޭނާއަށް އެހުރި ފިޔަވަޅުމަތީގައި، އެގޭ ދޮރުމަތީގައި މަޑުކޮށްލެވުނެވެ. ވަގުތުން އޭނާ ޖުވައިރިޔާއަށް ފުރަގަސްދީ ބޭރަށް ނިކުންނަން ހިނގައިގަތެވެ.

“އާރިކް!” އާރިކްގެ ފަހަތުން ދަމުން ޖުވައިރިޔާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަޑަށް އާރިކް ހުއްޓުނެވެ. ނަމަވެސް ފަހަތް ބަލާލާކަށް ނޫޅުނެވެ.

“ދަރިފުޅާ.. މަންމައަށް މާފެއް ނުކުރާނަންތަ؟” ކަރުނަވީ ދެލޮލާއެކު ޖުވައިރިޔާ އެހެން އަހާލީ އާރިކްގެ ފަހަތުގައި ހުއްޓެމުންނެވެ. އާރިކް އަނގައިން ނުބުނުމުން ޖުވައިރިޔާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

“މަންމަ ދަރިފުޅުމެން ދެކިނުލައި އުޅުނު ހާލު އެނގޭތަ؟ މަންމަގެ ހިތަށް ހާދަ އަސަރެއް ކުރިއޭ.. ބޭރުފުށުން އެ އަސަރުތައް ނުދެއްކި ކަމުގައި ވިޔަސް… މަންމައަށް މާފުކޮށްދީ ހެޔޮނުވާނެ..” ޖުވައިރިޔާ އާދޭހުގެ ރާގެއްގައި ވާހަކަދެއްކިއެވެ. އެވަގުތު އަޒްކާއާއި އަރޫޝާ އައިސް ޖުވައިރިޔާގެ ދެއަތުގައި ހިފާލިއެވެ.

“ދޮންބޭ.. ދެން ތިހެން ނުހަދަބަލަ.. މަންމައަށް މިހާރު ވިސްނިއްޖޭ.. ދެން މަންމައާ ވާހަކަ ދައްކަބަލަ..” އަރޫޝާ އާރިކްއާ ދިމާއަށް ބުނެލިއެވެ.

“އެންމެ ރަނގަޅު.. މާފުކޮށްފިން..” އާރިކް އެހެން ބުނެލުމަށްފަހު އިތުރަށް މަޑުކުރަން ނުހަދާ ހިނގައިގަތެވެ. އަދިވެސް އޭނާއަށް ޖުވައިރިޔާގެ މޫނަށް ބަލަން އުނދަގޫވަނީއެވެ. އާރިކްގެ މާފު ލިބުމުން ޖުވައިރިޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާއާ ދިމާއަށް ބަލާނުލާ ދިއުމުން އެހިތުގައި ޖެހުނެވެ.

އާރިކްގެ މިސްރާބު ހުރީ އަޝްފާންމެން ގެއާ ދިމާ އަތިރިމައްޗަށެވެ. އޭރު އުދަރެސްމައްޗަށް އަނދިރިކަން ވެރިވެފައި ވިއެވެ. އާރިކް ދެޖީބަށް އަތްޖަހައިގެން ހުރެ ރާޅުޖަހާ ހިސާބާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އެ ހިތްގައިމު މާހައުލުން އިވެމުން ދިޔައީ ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާލާ އަޑުތަކާއި، ޖެހެމުން ދިޔަ ރޯޅިތަކުގެ ސަބަބުން ގަސްތަކުގެ ފަތްތައް ވަޔާ ހެލެމުންދާ އަޑެވެ. މޫދާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުރެ އާރިކް ދެލޯ މަރާލިއެވެ.

“އާރިކް..” އިރުކޮޅަކު އެހެން ހުރުމަށްފަހު އާރިކް ދެލޯ ހުޅުވާލީ ދާދި ކައިރިން ޔުމްނާގެ ހިތްގައިމު އަޑު އިވުމުންނެވެ. އޭރު އާރިކްއާ ދާދި ގާތުގައި ޔުމްނާ ހުއްޓެވެ. ޔުމްނާގެ ދޮން މޫނަށް ބަލާލަމުން އާރިކް ހިނިތުންވާން މަސައްކަތް ކުރިއެވެ.

“ކިހިނެއް ރެޕަންޒެލްއަށް އެނގުނީ އަހަރެން މިތަނުގައިކަން؟” އެއްމިޔަކުން ހީލައިގެން ހުރެ އާރިކް އަހާލިއެވެ.

“އަރޫ ބުނީ..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ.

“އާރިކް.. އައިމް ސޮރީ.. މިޔަދު އެހެން ވާހަކަދެއްކުނީމަ..” އިރުކޮޅެއް ފަހުން ޔުމްނާ ބުނެލިއެވެ.

“އިޓްސް އޯކޭއޭ..” އާރިކް ޔުމްނާއާ ދިމާއަށް އެނބުރެމުން ވާހަކަދެއްކިއެވެ.

“އާރިކް ކީއްވެތަ އަހަންނަށް ކަންތައްތައް ސިއްރުކުރަނީ؟” ޔުމްނާ ހިތްހަމަނުޖެހިފައި އަހާލިއެވެ. އެއާއެކު އާރިކް ނިތަށް ރޫތަކެއް ޖަމާކޮށްލިއެވެ.

“ދެން ކޮން ކަމެއް އަހަރެން ސިއްރުކުރީ؟ އެހެން ކަމެއް ނޯންނާނެ ސިއްރުކޮށްފައެއް..” އާރިކް ކުޑަކޮށް ވިސްނާލަމުން ބުނެލިއެވެ.

“ސިއްރުކޮށްފަ އޮތީ.. އެކަމަކު މިހާރު އަހަންނަށް ފަޅާއަރައިފި..” ޔުމްނާ ތުން އަނބުރާލަމުން ބުނެލިއެވެ. އެއާއެކު އާރިކް ހާސްވިއެވެ. ޔުމްނާ އެދައްކަނީ ކޮން ވާހަކައެއް ބާވައޭ އެހިތަށް އަރަމުން ދިޔައެވެ.

“ކޮ.. ކޮން ވާހަކައެއްތަ؟” ޖެހިލުންވެ ހުރެ އާރިކް އަހާލިއެވެ.

“ހަމަ ބުނަންވީ؟” ޔުމްނާ އަހާލިއެވެ.

“ހުމްމް.. ދެން ބުނެބަލަ..” އާރިކް ކެތްމަދުވެފައި ހުރެ ބުނެލިއެވެ.

“އާރިކް އަހަރެން ދެކެ ލޯބިވާ ވާހަކަ..” ޔުމްނާ އެހެން ބުނުމާއެކީ އާރިކްގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ޔުމްނާގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން އޭނާއަށް ހިނދުކޮޅެއް ވަންދެން ހުރެވުނެވެ.

“އައި ވިލް ކިލް އަރޫ..” އިރުކޮޅެއް ފަހުން އާރިކް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެވާހަކަ ޔުމްނާ ގާތު އަރޫޝާ ނޫން މީހަކު ނުބުނާނެކަން އޭނާއަށް އެނގުނެވެ.

“ކީއްވެ ސިއްރުކުރީ؟” ޔުމްނާ ހަރަން ބަނދެލަމުން އަހާލިއެވެ.

“ރެޕަންޒެލް ލޯބިވަނީ އެހެން މީހެއްދެކެ.. އެހެންވެ..” އާރިކް ފުންނޭވައެއް ބޭރުކޮށްލަމުން ބުނެލިއެވެ.

“އަހަރެންނަށް ވެވުނީ ކޮން ކަހަލަ ލޯތްބެއް؟ އަހަންނަށް ލޯބިވެވުނީ އެއްބަފާ ބޭބެ ދެކެ.. މިހުރީ ތަޤުދީރުގެ ކުޅިގަނޑު ހުންނަ ގޮތް..” ޔުމްނާ އިސްޖަހާލަމުން ބުނެލިއެވެ.

“އައިމް ރެއަލީ ސޮރީ ރެޕަންޒެލް..” ޔުމްނާގެ މޫނަށް ބަލާލަމުން އާރިކް ބުނެލިއެވެ.

“އާރިކް ކޮންކަމަކާ ސޮރީއޭ ތި ބުނަނީ؟ ތީގަ އާރިކްގެ ކުށެއް ނެތެއްނު؟” ޔުމްނާ ސަމާސާ ރާގެއްގައި ވާހަކަދެއްކިއެވެ. އެއާއެކު އޭނާ އާރިކްގެ ކުރިމަތީގައި އެއްކަކޫ ޖަހައިގެން އިށީނެވެ. އަދި އޭނާގެ ފުރަގަހުން ނެގި އަނގޮޓި އާރިކްއާ ދިމާއަށް ދިއްކޮށްލިއެވެ. ލިބުނު ސިހުމާއެކު އާރިކްއަށް އަނގަ ހުޅުވައިގެން ހުރެވުނެވެ.

“އާރިކް.. ވިލް ޔޫ މެރީ މީ؟” ޔުމްނާ ހިނިތުންވެލަމުން އަހާލިއެވެ. އާރިކްއަށް ބަސްހުއްޓިފައި ހުރެވުނެވެ. އޭނާގެ ކުރިމަތީގައި މިހުރީ ހަމަ ޔުމްނާ ބާވައޭ އެހިތަށް އަރަމުން ދިޔައެވެ.

“އެ… ރެ.. ރެޕަންޒެލް… ތީ.. ތީ އަސްލު އަހަރެން ކުރަންޖެހޭނެ ކަމެކޭ..” އާރިކް އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ.

“ދެން ޔެސްއޭ ބުނެބަލަ އަވަހަށް.. ނޯ އޭ ބުނެފިއްޔާ އަހަރެން ވަރަށް ލަދުގަންނާނެ..” ޔުމްނާ އިސްޖަހާލަމުން ވާހަކަދެއްކިއެވެ. އޭރު އެ ދޮން މޫނަށް ޖަންބު ކުލަ އަރާފައި ވިއެވެ.

“ޔެސް! އޮފްކޯސް ދެން ޔެސް އޭ ދޯ އަހަރެން ބުނާނީ..” އާރިކް އެހެން ބުނުމުން ޔުމްނާ އޭނާގެ އަނގޮޓި އާރިކްގެ އަތުގައި އަޅުވާލިއެވެ.

“އެކަމަކު.. ރެޕަންޒެލް.. ވިސްނާފަތަ ތި ނިންމުން ތި ނިންމީ..؟” ޔުމްނާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އާރިކް އަހާލިއެވެ.

“ހުމްމް.. އަހަރެން ވަރަށް ވިސްނައިފިން.. އަހަންނަށް ވިސްނިއްޖެ އާރިކް ދުވަހަކުވެސް އަހަންނަށް ދެރަގޮތެއް ނުހަދާނެކަން… އަހަންނަށް ދިމާވި ހުރިހާ ކަމެއްގައި އަހަންނަށް އެހީވާން ހުރި މީހަކީ ތީ..” ޔުމްނާ މަޑުމަޑުން ވާހަކަދެއްކިއެވެ. އާރިކްއަށް އުފަލުން ހިނިތުންވެލެވުނެވެ. އޭނާ ޔުމްނާގެ ހަށިގަނޑު ގެނެސް މެއާލައި ބޮނޑިކޮށްލީ ވަރަށް ލޯބިންނެވެ.

“އަހަރެން ވަރަށް އުފާވެއްޖެ މިޔަދު.. ހިޔެއް ނުކުރަން ދުވަހަކުވެސް ރެޕަންޒެލް ލިބޭނެ ކަމަކަށް.. ތީ އަހަރެންގެ ލޯބިލޯބި ރެޕަންޒެލް..” އާރިކް ޔުމްނާގެ ހަށިގަނޑުގައި އޮޅުލައިގެން ހުރެ ވާހަކަދެއްކިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ނިރާލައިފިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.

“ދެން ކޮން އިރަކުން މެރީ ކުރާނީ؟” ޔުމްނާ ގަޔާ ދުރުކޮށްލަމުން އާރިކް ކެތްމަދުވެފައިވާ ރާގަކަށް އަހާލިއެވެ. އެއާއެކު ޔުމްނާގެ ދެކޯ ރަތްވެގެން ދިޔައެވެ.

“ދެން އާރިކް.. މޮޔަވީތަ؟ އަހަރެން ވިހެއީމަ ދޯ މެރީކުރެވޭނީ..” ޔުމްނާ އިސްޖަހާލަމުން ރަކިގޮތަކަށް ބުނެލިއެވެ.

“ތެދެކޭ ދޯ..” އާރިކް ބޯކަހާލަމުން ބުނެލިއެވެ.

“ޔޭސްސްސް!” އަތިރިމަތީގެ ގަހެއްގެ ފުރަގަހުގައި ފިލާ ހުރި އަރޫޝާ ހަޅޭއްލަވަމުން ދުވެފައި އެދިމާއަށް އައެވެ. އޭނާގެ ފަހަތުން އަޝްފާންވެސް އަންނަތަން ފެނުމުން ޔުމްނާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ.

“ކޮންގްރާ! މަގޭ ދޮންބޭ! މަގޭ ސިސް އިން ލޯ!” އަރޫޝާ އައިސް ޔުމްނާއާ އާރިކްގެ ކޮނޑުގައި އޮޅުލައިގަންނަމުން ހަޅޭއްލަވައިގަތެވެ. އެންމެފަހުން ޔުމްނާއާއި އާރިކް ގުޅުނީތީ އޭނާގެ ހިތް އުފަލުން ނަށަނީއެވެ.

“ކޮންގްރާ ދެމީހުންނަށް ވެސް..” އަޝްފާންވެސް މަޑުމަޑުން އައިސް އެތަނުގައި ހުއްޓެމުން ބުނެލިއެވެ.

“އަޝްފާން.. އަހަރެން..” ޔުމްނާ ވާހަކަދައްކަން އުޅުނު ނަމަވެސް އަޝްފާން އޭނާގެ އަތުން އެކަން ހުއްޓުވިއެވެ.

“ތީ މަގޭ ކޮއްކޮ.. އެންޑް އަހަރެން މަގޭ ކޮއްކޮއަށް ހުރިހާ އުފަލެއް ހޯދައިދޭން ބޭނުން..” އަޝްފާން ހިނިތުންވެލަމުން ބުނެލިއެވެ. ޔުމްނާ ވެސް ހިނިތުންވެލިއެވެ. އެންމެފަހުން އަޝްފާން އޭނާ ކޮއްކޮއެއްގެ ގޮތުގައި ބަލައިގަތީތީ އޭނާ އުފާކުރިއެވެ.

“އާރިކްބޭބެ.. މަގޭ ކޮއްކޮއަށް ދެރަގޮތެއް ހަދައިފިއްޔާ ނިމުނީ އިނގޭ..” އަޝްފާން އާރިކްއަށް ބަލާލަމުން އިންޒާރުގެ ރާގެއްގައި ވާހަކަދެއްކިއެވެ.

“ތިކަމާ ހާސްނުވެބަލަ އަޝްފާން ބޭބޭ.. ދޮންބެ ނުހަދާނެއޭ އެހެނެއް.. ދެން ހިނގާ ދާން އަހަރެމެން.. މި މީހުންނަށް ޕްރައިވެސީ ވެސް ދޭން ވާނެއްނު؟” އަރޫޝާ އަޝްފާންގެ އަތުގައި ހިފައި ދަމައިގަންނަމުން ވާހަކަދެއްކިއެވެ. ދެމީހުން އެކަކު އަނެކަކަށް ގޯނާ ކުރަމުން ގޮނޑުދޮށުން އަރައިގެން ދިޔަ މަންޒަރު ބަލަން ހުރި ޔުމްނާއާއި އާރިކް ތިބީ ހިނިއައިސްފައެވެ.

“އައި ލަވް ޔޫ..” އެމީހުން ދިއުމުން އާރިކް ޔުމްނާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ބުނެލިއެވެ. އެވަގުތު ޔުމްނާގެ ތުންފަތުގައި ދުވެލީ ރަކި ހިނިތުންވުމެކެވެ. މިއީ އޭނާގެ އުފާވެރި ދިރުޅުމުގެ ފެށުން ކަމުގައި އޭނާއަށް އިހުސާސްކުރެވެމުން ދިޔައެވެ. އާރިކް އާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުންމީދު އެހިތުގައި އޮތެވެ.

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 11 ވަނަ ބައި )

Next

ތިޔަ ލޯބީގެ ހައްޤުގައި (9)

Next
November 22, 2017

ތިޔަ ލޯބީގެ ހައްޤުގައި (9)

Previews
November 22, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ ( 11 ވަނަ ބައި )

51 Comments!

  1. Phau says:
    November 22, 2017 at 3:16 pm

    Yeyy.. Me first.. Heevanyvrh reethi vaane hn

  2. Liaa says:
    November 22, 2017 at 3:17 pm

    Hey guys! So, here’s the last episode,.. I hope u guys are happy with this part. Yum got nice parents and most importantly she got Arik at the end.. 🙂
    Sorry iyye up nukurevuniima..Reayga Liaa ah ekkoh liye nunimmunee 🙁
    Anyway, next i will be working on ANDHIRIFARAAI ge season2 ge plots.. E vaahaka ah inthixaar kuraane kamah ummeedhu kuran 🙂
    Loves <3

  3. nisha says:
    November 22, 2017 at 4:04 pm

    Wow yum is so lucky ?????

    1. Liaa says:
      November 22, 2017 at 6:00 pm

      Yes dhw 🙂 <3

  4. Friends says:
    November 22, 2017 at 4:08 pm

    Nimunee dhw.???hehe.but stry hama vvv nice .keep it up liaa..
    Waiting 4 andhirifaraai season 2.upload soon dear.??????????????????

    1. Liaa says:
      November 22, 2017 at 6:54 pm

      thank u dear! 🙂

  5. Shiraa says:
    November 22, 2017 at 4:13 pm

    Ending ehaa ok ehnun arik n yumna marry kuruvaafa ashfaan n aroosha gulhuvaali nama v reethi vees but vaahaka v reethi??❤️

    1. Muhammad says:
      December 1, 2017 at 11:44 am

      Bro ashfaan akah aroo akaa marry eh nukureveyne. Ey niece and nephew.

  6. Limsha says:
    November 22, 2017 at 4:17 pm

    Varah rythi..
    Adhi ur ehn stry eh kiyaalan libeyne kamah hope kuran

  7. Almaa says:
    November 22, 2017 at 4:17 pm

    Wowooo

  8. Shaa says:
    November 22, 2017 at 4:24 pm

    V reethi ???

  9. thuhthi says:
    November 22, 2017 at 4:43 pm

    season 2 plxx

  10. PRINCESS AFU says:
    November 22, 2017 at 4:53 pm

    hey liaa dhoony mi story ge ending vv salhi
    waiting for andhirifaraai S2
    ?????
    LYSM dear

  11. Ruhoo says:
    November 22, 2017 at 5:14 pm

    Wwwoooww haadha reehchey

  12. Zuam says:
    November 22, 2017 at 5:23 pm

    Wow???????????????❤❤❤❤❤

  13. Xxxx says:
    November 22, 2017 at 5:44 pm

    Woooow..v.nice..yum ah aarik libuneema happy??????????????thankx Liaa 4 the wonderful story..

    1. Mistake says:
      November 23, 2017 at 11:18 pm

      Yumna aa murder akaa gulhuvaigen varah happy. ??????????

  14. zuvan A Z U says:
    November 22, 2017 at 6:18 pm

    im impressed . There is nothing to say. just WOW??? well we are looking forward to see a new story. oh , yeah, andhirifaraai season 2… PLS PLS PLS☺?

  15. Xish says:
    November 22, 2017 at 6:20 pm

    Vaahaka vvvv reethi.. Nimungoi adhi vv reethi.. Wish u all the best.. Adhives Liahe mikahala reethi vaahakathah fennaane kamah ummeedhu kuran ingey.

  16. Izu says:
    November 22, 2017 at 6:38 pm

    Liaa ge hurihaa vaahaka eh ves varah reethi. ❤ Vaahaka genesdhinun kudakoh las viyas vaahaka ehkoh kiyuntherinna aa hama genesdhineema varah ithubaaru kurevey. ?
    Adhives mikahala reethi vaahaka eh genesdheyne kamah varah ummeedhu kuran. Wish you all the best in your life. Much loves ?

  17. No one says:
    November 22, 2017 at 6:40 pm

    Nice .. love your stories liaa …❤️

  18. sorry says:
    November 22, 2017 at 7:57 pm

    hadi!!! varah hadi!!! I’m soo sooo sooo sorry to say this bcx all your other stories are my favorite hama!!!
    But,…. What just happened huh?
    Yum nd ashfaan loabivy ma v mududhaaruvi story. C’mon they are siblings.
    Fahun dhe myhun ekan gaboolu kuriyas edhe meehun loabivun eii v ugh idk how to say it also..
    Liaa I’m just so disappointed in you! Kuda koh islaamy naxareh dheebala thi khiyaal thakah.
    And don’t forget we all are muslims.
    Thee varah degrade kankan dho!
    These types of things encourage young ones to get in haram relationships n stuff!
    You could’ve made it like maybe ashfaan is NOT actually her brother and later they both get together or something!
    Ugh I’m very disappointed!
    I just had to say this
    Sorry

    1. sum says:
      November 22, 2017 at 8:00 pm

      yah dats tru????

    2. sum says:
      November 22, 2017 at 8:02 pm

      But hey, story dhn okay ingey, just the lil details thts actually taking it a bit off ?
      good effort?
      can’t wait for the spy story!!!!

    3. Liaa says:
      November 22, 2017 at 8:58 pm

      Hey.. Ashfaan and Yumna lobivee eiy siblings kan neyngey haaluga dhw.. Neyngi kuh kureveyne emmenah ves.. Anyway thanks for reading

    4. Hafeez says:
      November 22, 2017 at 9:00 pm

      Thats true actually. I am not saying this story is hadi. Story is just fabulous. Story feshigen aee varah reethi koh but nimigen mi dhiyaee varah gabool nukurevey kahala gothakah. Aslu vee echchaky ashfaan aa yumna aa ehirega dhe lovers gothuga thibefa fahun siblings kan enguneema e gabool kuree maafaseyhain. So dhen anenhen story goahehnoon hama varah reethi keep it up.

    5. Izu says:
      November 22, 2017 at 9:33 pm

      Yeah ethankolhuga alhaigathunu. But it happens in real life too. Family roolhivifa thibey kudhinnah vedhaane gotheh hama mi. Bappa ge hageegaiy ves yumna ah engunee maa fahun dho. Adhi disappoint vaa varuge kameh noon mi. Ashfan ah hageegaiy gabool kuran dhathi viyas kokko eh gothuga emme fahun yumna balaiganefi kamah ebaoiy dho. Disgusting kamakah vaani hageegaiy engi hure ves gulhumeh beyhvi namathaa. Mi hama izu ge hiyaalu.

    6. sorry says:
      November 22, 2017 at 11:14 pm

      i knw siblings kan neyngihurekan loabivy, but liaa, siblings vyma hunnaane konmes varehge inner feeeeling eh even if they r unaware tht they r siblings.
      its only natural n pure logic!

  19. Lamm says:
    November 22, 2017 at 9:00 pm

    Alhey ashfaan?? btw stry vrh reethi…good luck on yur next story?

  20. Liaa says:
    November 22, 2017 at 9:04 pm

    Hey guys.. I am really sorry if u dont liked it.. I put a lot of effort to this story.. ekamves Liaa ves aslu hih hama eh nujehey story aa dhethereyga eh.. I still have a lot to improve.. Anyway, thank u for reading everyone !
    🙂
    Loves <3

  21. Mann says:
    November 22, 2017 at 9:07 pm

    Salhi. But nimmun vrh dhera dhw. I mean her 1st love??????????????????????????????????????so sad

  22. Shaa says:
    November 22, 2017 at 9:19 pm

    Wow what a nice story v v salhi mi story adhi enme ufaavanee me rashuge name mi storyga annaatheee???? love this story v v salhi ????

  23. . says:
    November 23, 2017 at 12:01 am

    She’s marrying the murderer wow what a cute couple

    1. Mistake says:
      November 23, 2017 at 11:05 pm

      Yes ethankolhuves liaa neyi faahaga kohfaeh. A big mistake! Mi enmen aarick and yumna ey kiyaigen maafolhuveema ethankolhuves handhaan naththaaleehen heevany. Varah faruvaakuda. Vaahaka liyaa iru beynun kuran jeheynee liyuntheriyaage amilla hiyaal. Konmehen mivaahakaiga meeni meehaku gulhuvan jeheynee meeni meehakaa ey ahan jeheynee kiyuntherin kairi akun noon. Sorry to say this. Varah salaam

  24. Really? says:
    November 23, 2017 at 12:04 am

    I’m sorry but aarik eh ves e maraaly insaaneh Eyna ah hurihaa molhu gotheh ves mivy. Koba mi in dheyn beynunvaa ibrathaky? Its ok to kill someone

    1. Question Mark says:
      November 23, 2017 at 11:09 pm

      Mivaahaka feshigen ai gothun aarick sifavee villain eh gothah. But nimun iru mivee gotheh get eh nuvi ehgothakahvess.????????

    2. ❔❔❔❔❔ says:
      December 24, 2017 at 1:41 am

      Can you pls say kaaku maraaly I forget some one pls tell me……. Pls some one tell me pls pls ???????????????????????who??????

  25. Zoya says:
    November 23, 2017 at 12:21 am

    Kurin arik meehaku malaalitha. Haadhaa heeveyey ehn. Bt fahun eyge ehves kameh nei..

  26. someone says:
    November 23, 2017 at 9:08 am

    yum ah egeytha yum ge mom maruvikan???

    1. @ says:
      November 23, 2017 at 11:15 pm

      Yes. Liaa has mentioned it before when yumna met haaroon

    2. @ says:
      November 23, 2017 at 11:16 pm

      Yes

  27. Fish says:
    November 23, 2017 at 1:48 pm

    Rasheed n juvairiaage baehves neh .emeehun meet nuve ninmaaleeves .ehchakah ehcheh hadhaafa miothee

  28. .... says:
    November 23, 2017 at 8:45 pm

    v faruvaakuda story eh

  29. Shana says:
    November 23, 2017 at 11:23 pm

    Hey liaa. story reethi ekm. Ehbafaa beybe akaa ishgee gothun eh irehga ves neyngives loaibeh nuveveyne. Arik meeheh maraali. maraali kuhjaa ah insaafeh nulibey. And plus ehaa avahah aarik aa innan yumna ehbas v ma ehaa ehaa eh noon

  30. *** says:
    November 23, 2017 at 11:28 pm

    Mi story feshigen aiee heeves nukuraahaa reethi koh but ashfaan and yumna siblings ah veefahun mi story dhiyaee madumadun kiyaahiy kendey kahala gothakah. Sorry to say this. But i have to.

  31. mysh says:
    November 24, 2017 at 12:40 am

    omggg..alhey stwry nimunytha?..I love this stwwwry..v v v v v rythi..kyp up the good work..ly lia❤ummydhu kurany adhi mikahala rythi vaahaka eh kiyaa lan libeyne kamah?

  32. mysh says:
    November 24, 2017 at 12:42 am

    lia alhe mi stwry ge season 2 eh genes dhyba..I rely love this strychnine..mee hama v unique ,aa vahthareh ge stry eh..one of a kind ey hama buneveyny

  33. Hafeez says:
    November 24, 2017 at 4:52 pm

    Yes season 2 please.

  34. Sarey says:
    February 5, 2018 at 10:15 am

    Andhirifaraai evaahakha dhn liaa genes dheyny khn irakhuntha

  35. Zoe says:
    April 7, 2019 at 5:42 pm

    Waaaaaaaaaaaaaau
    Story vvv reethi
    ????????

  36. Sumaaa Sumaaa says:
    June 22, 2025 at 10:38 pm

    Story was nice. But ending ga Arusha and Afshan gulhuvalinama. They are cousins ehnun. Ehennama reethi vaane varah

Comments are closed.



All Right Reserved!