ލޯތްބަކީ ކޮންފަދަ ޖަޒުބާތެއް ހެއްޔެވެ؟ އެއްބަޔަކަށް ދުނިޔެމަތީގައި އުފާހޯދައިދެމުން ދާއިރު އަނެއްބައެއްގެ ދިރިއުޅުން އަންދައި އަޅިއަށް ހަދައިލަނީއެވެ. އެއްބައެއްގެ ހަޔާތް އުފާވެރިކަމުން ފުރައިލާއިރު އަނެއްބަޔަކު އެލޯބީގެ ހައްގުގައި ދެލޮލުން ކަރުނަ އޮއްސާހާލު ގުރުބާންވަނީއެވެ.
** ** **
މިއުޝީނަށް އެރޭ ނިދުނީ ވަރަށް ލަސްވިފަހުންނެވެ. ޝަޔާންގެ ހަނދާންތައް އޭނާއަށް ނިދީގައިވެސް އުނދަގޫކުރަމުން ދިޔައެވެ. އިޒާނާގެ އެތައް ނަސޭހަތަކާއި ހިތްވަރަކުން އޭނާ ހަމައަށް އެޅުނުނަމަވެސް އެހިތުން އެކަންތައްތައް ފިލައިގެނެއް ނުދިޔައެވެ.
ޖެހިގެންއައި ދުވަހު އޮފީހަށް ދިޔައިއިރުވެސް މީހާ މުޅިން އެއްކޮށް ހަމައެއްނުޖެހެއެވެ. މަޑުހިނގުމެއްގައި ގޮސް ކެބިންއަށް ވަތްއިރު އަދި ނިކްޔަލް ނާދެއެވެ. ފުންނޭވާއެއްލަމުން ނިކްޔަލްގެ މޭޒުމަތި ރީތިކޮށްލައި އޭނާގެ މަސައްކަތާއިވެގެން މިއުޝީން އުޅެގަތެވެ. ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރަން އިން މިއުޝީން ބަލައިލީ ދޮރުހުޅުވައިފައި ވަތް ނިކްޔަލް އަަށެވެ. އެމޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯރަތްވެ ދުޅަވެފައިހުރިއިރު އެރީތި ތުންފަތްވެސްވަނީ ހިކިފައެވެ.
ނިކްޔަލްއަށް ވެފައި އެހުރީ ކިހިނެއްހެއްޔެވެ؟ މިއުޝީން ވަރަށް ހައިރާންވިއެވެ. އަބަދު ހެވިފައިހުންނަ ނިކްޔަލްގެ ތުންފަތްމަތީގައި މިއަދު ހިނިތުންވުމެއްގެ އަސަރެއްވެސް ނެތެވެ.
“ނިކް. އާރ ޔޫ އޯކޭ؟” މިއުޝީން އެތަނުގައި އިންކަންވެސް ނިކްޔަލްއަށް އެނގުނީ އޭނާ ވާހަކަދެއްކީމައެވެ. ސިހިފައި މިއުޝީންގެ މޫނަށް ހިތްދަތިގޮތަކަަށް ބަލައިލި ނިކްޔަލްގެ އިސްޖެހުނެވެ.
“ނޫން. ރޭގަ މާލަހުން ނިދުނީ. އެހެންވެ ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.” ނިތްކުރީގައި އަތުން ފިރުމައިލަމުން ނިކްޔަލް އެހެންބުނުމުން މިއުޝީން އިންތަނުން ތެދުވެގެން އައިސް އޭނާ ކުރިމަތީގައި މަޑުކޮށްލިއެވެ.
“ދެން މިއަދު އަރާމުކޮށްލަން ގޭގައި މަޑުކޮށްލިނަމަ. ބޭސް ގެންނަންތަ؟” ނިކްޔަލްގެ މޫނަށް ނަޒަރު ހިންގައިލަމުން މިއުޝީން އެހެންބުނުމުން މަޑުމަޑުން ބޯޖަހައިލިއެވެ.
“މިއު މިހާރު އޯކޭތަ؟” ހިނގައިގަތް މިއުޝީން މަޑުޖެހިލީ ނިކްޔަލް ވާހަކަދައްކަން ފެށުމުންނެވެ. “ހޫމް. ދެން އޯކޭ.” އިސްޖަހައިލަމުން މިއުޝީން އެހެންބުނިއިރުވެސް އޭނާ ރަނގަޅުނޫންކަން ނިކްޔަލް އަަށް އެނގުނެވެ. “ދެން އެކަމާ ނުވިސްނާ. ދޭ ބޭސްހިފައިގެން އަންނަން. ވަރަށް މުހިންމު ވާހަކައެއްވެސް ދައްކަންވެފައި އެބައޮތް.” އޭނާގެ ގޮނޑީގައި އިނށީދެލަމުން ނިކްޔަލް އެހެން ބުނުމުން އަވަސް އަވަހަަށް މިއުޝީން ގޮސް ބޭސްގުޅައަކާއި ފެންތައްޓެއް ހިފައިގެން އައެެވެ.
ކުރިމަތީގައި އިން ގޮނޑީގައި އިނށީނަން ބުނުމުން މިއުޝީން ހަމަޖެހިލަމުން އެތަނުގައި އިނށީދެ ނިކްޔަލްގެ މޫނަށް ބަލައިލީ ކޮންވާހަކައެއްހޭ އަހައިލާފަދަ ގޮތަކަށެވެ.
ބޭސްކެއުމަށްފަހު ފެންތަށި މޭޒުމަތީގައި ބަހައްޓައިލަމުން ނިކްޔަލް ދެއަތް ދެއަތާ މޮޑެލިއެވެ. “އަންނަ ހަފްތާގަ އެބަޖެހޭ ސިންގަޕޫރަށް ދާން. ބިޒްނަސް ކަމަކު. އަހަރެން މިވިސްނަނީ މިއު ވެސް ގޮވައިގެން ދާން. ތީ އަހަރެންގެ ޕީއޭ ވީމަ. އަހަރެންނަށްވެސް ތަންކޮޅެއް ފަސޭހަވާނެ މިއު ދިޔައީމަ. އެއްމަސްދުވަސް ވާނެ އެކޮޅުގަ.” ނިކްޔަލް ހުރިހައި ވާހަކައެއް ދެއްކުމަށްފަހު އިނީ މިއުޝީންގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
އިރުކޮޅަކު ވިސްނަންއިނުމަށްފަހު މިއުޝީން ބޯޖަހައިލީ އޭނާވެސް މާހައުލު ބަދަލުކޮށްލަން ބޭނުންވެފައި ހުރިވަރުންނެވެ. “އަހަރެން ދާނަން.” ހިނިތުންވެލަމުން މިއުޝީން އެހެންބުނުމުން ނިކްޔަލްގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބުނެވެ. އޭނާ އެނބުރި އަންނާނީ އޭނާާގެ ޕްލޭން ކާމިޔާާބުކޮށްފައެވެ.
** ** **
އެނދުގައި އޮވެ ބާރަށް ކެއްސަމުންދިޔަ ހަރީރާގެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔައެވެ. ހުންއައިސްގެންގޮސް މުޅިމީހާ ކުކުރަމުންދިޔައިރު އޭނާ ލޯބިން ބަލައި ބޮޑުކުރި ކުދިން ކޮބައިހެއްޔެވެ؟ އެކަނިމައި އެކަނި އެހެން އުޅެންވުމުން މިއަދު އެހިތުގައި ހާދައި ވޭނެއް އަޅައެވެ. އެހާލުގައިވެސް ގޭތެރޭގެ ހުރިހައި ކަމެއް ކުރަންޖެހެނީ އޭނާއަަށެވެ. ބޮޑުވެފައިހުރި އަންހެންކުއްޖެއްހުރި ނަމަވެސް ހަމަހިލާ އޭނާ ރުހުމުގެ ލޮލަކުން މިހާރަކު ހަރީރާއާއި ދިމާއަކަށް ބަލައެއް ނުލައެވެ. ހިތުގައިޖެހުނަސް މިއަދު ކުރާނީ ވަކިކީއްހެއްޔެވެ؟ އައިމިނަ ބުނިދުވަހައި މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ. ހަރީރާއަށް ބޮލުގައި ހިފަހައްޓައިލެވުނެވެ. ބޭސްކެއުމުންވެސް ހުންގަނޑު މަޑުވާގޮތެއް ނުވެއެވެ.
ރޮމުން ގިސްލަމުން ދިޔަ ހަރީރާ ދެލޯ ހުޅުވައިލީ ލީޒްގެ ހަޅޭކުގެ އަޑަށެވެ. “ކިހައި ދެރަކަމެއްތަ ދެންމީ؟ އަދިވެސް ނިދަން އޮތީދޯ. ބަލަ މިއަދު ސައިވެސް ނުހަދަނީތަ؟ މަންމަވެސް ދެން ބަލިވިޔަސް ތީދެން ބޮޑުވަރު. ހީވަނީ ތުއްތު ކުއްޖެއްހެންވިއްޔަ؟” އުނަގަނޑުގައި ދެއަތްވިއްދައިގެންހުރި ލީޒް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ.
“ދަ.. ދަ.. ދަރިފުޅާ. މަން.. މަންމަ މިހާލުގަ ކިހިނެއް؟” ހަރީރާއަަށް ޖުމްލަފުރިހަމަ ނުކުރެވުނީ އޭނާގެ އަޑު ބެދުމުންނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެެެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މިއީހަމަ އޭނާ އެންމެ ލޯބިން ބަލައިބޮޑުކުރި ކުއްޖާހެއްޔެވެ؟
“ހޫން. ދެން އޮންނާނީ އަބަދުވެސް ބަލިވެފަ. އެހެެންނޫނީ ކޮންމެވެސް ތަނެއްގަ ރިއްސާފަ. ވަރަށް ފޫހިވޭ. އަހަރެންނަށް ހެޔޮ ކޮންމެ ގޮތަކުންވިޔަސް. އަހަރެން ބޭރުން އަންނަންވާއިރަށް ސައި ހުންނަންޖެހޭނީ ހެދިފަ.” ތުންއަނބުރައިލަމުން ލީޒް އެތަނުން ނުކުމެގެން ދިޔައެވެ.
ހަރީރާގެ މަޑު ގިސްލުމުގެ އަޑުން ކޮޓަރި ގުގުމަގުން ދިޔައިރު މިއަދު އެކަރުނަތައް ދެކޭނޭ ހަމައެކަކުވެސް ނެތެވެ. އޭނާވެސް މިހާލު މިއުޝީނަށް ޖެއްސިއެވެ. އެދެލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ ފޭބި ދުވަހެއް ދިޔައެވެ. އޭނާގެ ލޯތްބާއި އަޅައިލުމަަށްއެދި އެކުއްޖާ ކިހައި އާދޭހެއް ކުރިހެއްޔެވެ؟ ނަމަވެސް އެއިން ކޮންމެ ކަމަކަށް އެދުވަހު ހަރީރާ ދިނީ ބީރުކަންފަތެކެވެ. އަދު އޭނާ އެންމެ ލޯބިވާ ދަރިން އޭނާއާއި މެދުގައި އެކަންތައްކުރަނީ އެހެންނެވެ. އެދުވަހު މިއުޝީންގެ ހިތަށްކުރާނެ އަސަރު މިއަދު ހަރީރާއަށް ކިތަންމެ ރަނގަޅަކަަށްވެސް އިހުސާސުވެއްޖެއެވެ. އެހެނަސް ދެން ކުރާނެކަމެއްނެތެވެ. އޭނާއަށް އެވިސްނުނީ ވަގުތުފާއިތުވީ ފަހުންނެވެ. އެދަރިފުޅު މިހާރު ވީތަނެއްވެސް ހަރީރާއަށް އެނގެނީއެއްނޫނެވެ. އުޅޭ ހާލެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
ގިސްލަމުންދިޔަ ހާލު ބޯއަޅައިގެންއޮތް ބާލީހުގެ ދަށަށް އަތްލުމަށްފަހު ހަރީރާ ނެގި ފޮޓޮއަށް ހިތްދަތިގޮތަކަށް ބަލަމުންދިޔައެވެ. ހެވިފައިހުރި މިއުޝީންގެ މައުސޫމް މޫނަށް ބަލަމުން ހަރީރާ އެފޮޓޯގައި ފިރުމައިލިއެވެ. އެއީ މިއުޝީން ތުއްތުއިރުގެ ފޮޓޮއެކެވެ. ލޯބިގޮތަކަށް ދެލޯބޮޑުކޮށްލައިގެން އޮއްވައި ނެގިފައިވާ ގަނޑެކެވެ.
“މަންމަގެ ދަރިފުޅާ. މިމަންމައަަށް މައާާފުވެސް ނުކޮށްދޭނަންތަ؟ ހެޔޮނުވާނެ. މަންމަ ގާތަށް އަަދޭ. ހެޔޮނުވާނެ ދަރިފުޅާ. މަންމައަށް މައާާފު.” ގިސްލައިރޮމުންދިޔަހާލު ހަރީރާ އެފޮޓޯގައި ލޯބިން ފިރުމަމުން ދިޔައެވެ. އެދުވަސްއަލުން އަނބުރައި އަންނާނޭ ނަމައެވެ. އެއިރުން އޭނާ މިއުޝީންގެ ހިތް ލޯބިން ފުރައިލަދޭނެއެވެ. އެހެނަސް…
** ** **
އިޒާނާ އާއި ފާތުންނާ ސަލާމް ކުރުމަށްފަހު މިއުޝީން ނިކްޔަލްއާއި އެއްކޮށް ލާންޗަށް އެރިއެވެ. އެއާއެކު ލާންޗް ހުޅުލެއާާދިމާއަށް މިސްރާބުޖެހިއެވެ.
ޗެކިން ނިންމައިލުމަށްފަހު ދެމީހުން އެތަނުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ފްލައިޓްއަށްއަރާާ ވަގުތު ޖެހުމުން ނިކްޔަލް މިއުޝީން ގޮވައިގެން ހިނގައިގަތެވެ. ހިތްބަިރުގެންފައިހުރި މިއުޝީންވެސް ހިނގައިގަތީ ނިކްޔަލް އޭނާއަށް ދެރަގޮތެއްވިޔަ ނުދޭނޭކަން އެނގޭތީއެވެ.
ސިންގަޕޫރުގެ އެއަރޕޯޓްގައި ފްލައިޓް ޖެއްސުމާއެކު ދެމީހުން އޭގެއިން ފައިބައި ހިނގައިގަތެވެ. ލަގެޖްތައް ހިފައިގެން ދެމީހުން ނުކުތްއިރު އެމީހުން ބަލައި ފިރިހެނަކު އައިސް ހުއްޓެވެ. އަވަހަށް ކާރަށް އެރުމަށްބުނެ އޭނާ ދޮރުހުޅުވައިލުމަށްފަހު ގޮސް ލަގެޖްތައް ކާރުގެ ޑިކީއަށް ލިއެވެ.
ކާރު ދުއްވައިލުމާއެކު މިއުޝީން ސިންގަޕޫރުގެ ރީތި މަގުތަކަށް ނަޒަރު ހުއްޓައިލިއެވެ. ތެމިފައިވާ ރީތި މައުގަސްތަކާއި މަގުމަތި ފެނުމުން އެތަނަށް ވާރޭވެހިފައި އެހުއްޓީ ހަމަދެންމެކަން އެނގުނެވެ. އޭރުވެސް އުޑުމަތި ވަނީ އެއްކޮށް ބޯކަޅުވިލާތަކުން ބައްދައިލެވިފައެވެ.
ކާރުގޮސް މަޑުކޮށްލީ ބޮޑު ދަގަނޑު ގޭޓެއް ލައިފައިވާ ގެއެއްގެ ކުރިމައްޗަށެވެ. އެތަނުގައި ގޮނޑިއެއްގައިއިން ވޮޗަރު އަވަސްއަރުވައިލައިފައި ގޭޓު ދެފަރާތަށް ހުޅުވައިލުމާއެކު ގެއާ ހަމައަށްދާން އޮތް ހިމަމަގުން ލައިފައި ކާރު ދުއްވައިލިއެވެ. ގޭގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލުމުން ހައިރާންވެފައިއިން މިއުޝީން ދޮރުހުޅުވައިލަމުން ކާާރުން ފޭބިއެވެ.
“ވާއު. ހާދަ ރީތި ގެއެކޭ. މިއީ ކޮންތަނެއް؟” މުޅިއެސަރަހައްދަށް ނަޒަރު ހިންގަމުންދިޔަ މިއުޝީން ނިކްޔަލްއާާއި ދިމާއަށް ބަލައިލަމުން އަހައިލިއެވެ.
“މިއީ އަހަރެންގެ ބައްޕަ މިކޮޅުން ގަނެފައި ހުރި ގެ.” މިއުޝީން އުޅެމުންދިޔަގޮތްފެނި ހެވިފައިހުރި ނިކްޔަލް ބުނެލިއެވެ. “ހާާދަ ރީއްޗޭ.” މިއުޝީންހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ.
ދެމީހުން އެކީގައި ގެއަށް ވަތްވަގުތު މުޅި އެހިސާބުން ދުވާލި ކާތަކެތީގެ މީރުވަހުން ކުޅުދިޔާވެގެން ދިޔައެވެ. ބަދިގޭގެ ހުޅުވިފައިހުރި ދޮރު ފެނުމުން ނިކްޔަލް މިއުޝީން ގޮވައިގެން އެދިމާއަށް ހިނގައިގަތެވެ.
އޭރު އަވަދިނެތި މޭޒުމަތީގައި ތަށިތައް އެތުރުމުގައި ދެބައި އުމުރުގެ އަންހެނަކު ހަރަކާތްތެރިވަމުން ދިޔައެވެ. ނިކްޔަލް ފެނުމާއެކު އުފާވެލައިފައި އެމީހާ އައިސް ނިކްޔަލް ގައިގައި ކުޑަކޮށް ބައްދައިލިއެވެ. މިއުޝީންހުރީ މިވަނީ ކިހިނެއްކަން ނޭނގިފައެވެ.
“މިއު މިއީ އީރާ. އަހަރެން ކިޔަނީ އީރައްތަ. ހެހެ. މިގޭގައި ކެއްކުމުގެ ހުރިހައިކަމެއްކުރާނީ އީރައްތަ. މަންމަމެން ދުނިޔޭގަތިބިއިރުވެސް މިގޭގަ އުޅޭމީހެއް. އެހެންވެ އީރައްތަ ދެކޭނީ އަހަރެންމީ އޭނާގެ ދަރިއެއްގެ ގޮތުގަ. ވަރަށް ލޯބިވާނެ އަހަރެންދެކެ.” އީރާގެ ގައިގައި ހިފަހަށްޓައިލަމުން ނިކްޔަލް ހިނިތުންވެފައި ބުނެލިއެވެ. މިއުޝީންވެސް ހިނިތުންވެފައި އީރާ އާއި ސަލާމް ކޮށްލިއެވެ.
** ** **
އޭގެ އަނެއްދުވަހެވެ. ހެނދުނު ހެނދުނާ ނިކްޔަލް ތައްޔާރުވާން ބުނެފައިވާތީ މިއުޝީން އަވަސްއަރުވައިލައިފައި ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. އޭރު ނިކްޔަލްވެސް އޭނާގެ ކޮޓަރިން ނުކުންނަނީއެވެ. މިއުޝީން ފެނުމުން ހިނިތުންވެލަމުން ސިޑިއާއި ދިމާއަށް ހިނގައިގަތުމުން މިއުޝީންވެސް ފަހަތުން ހިނގައިގަތެވެ.
ކާރުގެ ފަހަތު ޝީޓްގައި ދެމީހުން ހަމަޖެހިލުމުން ޑްރައިވަރ ކާރު ދުއްވައިލިއެވެ. މިދަނީ ކޮންތަނަކަށްތޯ ނިކްޔަލް ގާތުގައި ސުވާލުކުރުމުންވެސް އޭނާ ވަކި ޖަވާބެއްނުދިނީ ދިޔައިމައި އެނގޭނެއްނޫންހޭ ބުނަމުންނެވެ. މިއުޝީންވެސް ފަހުން ސުވާލެއްނުކުރީ ނިކްޔަލްގެ ފަރާތުން އެދެވޭ ޖަވާބެއްނުލިބޭނެކަން އެނގުމުންނެވެ.
ކާރު އައިސް މަޑުކޮށްލީ ބޮޑު ހޮސްޕިޓަލެއްގެ ކުރިމައްޗަށެވެ. ހައިރާންވެފައި މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލުމުން އަވަހަށް ފައިބަން ބުނެ ނިކްޔަލްވެސް ދޮރު ހުޅުވައިލައިގައި ފޭބިއެވެ.
“ކީއްކުރަން ހޮސްޕިޓަލަށް ތިއައީ؟” ހައިރާންކަމާއެކު ނިކްޔަލްގެ ފަހަތުން ހޮސްޕިޓަލަށް ވަންނަމުން މިއުޝީން އަހައިލިއެވެ. “މިއު ފައިގެ އޮޕަރޭޝަން ކުރަން.” ދެޖީބަށް އަތްޖަހައިލަމުން ހަމަޖެހިފައި ނިކްޔަލް އެހެންބުނުމުން މިއުޝީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ނިކްޔަލްގެ އަތުގައި ހިފައި ހުއްޓުވީ ކީކޭހޭ އަހައިލަމުންނެވެ.
“ކިހިނެއްވީ؟ ޑޮކްޓަރުން ބުންޏެއްނު އޮޕަރޭޝަން ކުރީމަ ރަނގަޅުވާނޭ. ރަނގަޅުވާކަށް ބޭނުމެއްނޫންތަ؟” މިއުޝީންގެ ފެންކަޅިވެފައިވާ ދެލޮލަށް ލޯތްބާއެކު ބަލައިލަމުން ނިކްޔަލް އަހައިލިއެވެ.
“ނޫން. އެކަމު ނިކް ނުޖެހޭނެ.” މިއުޝީންގެ ޖުމުލަ ފުރިހަމަކުރިޔަކަ ނިކްޔަލް ނުދިނެވެ. “ރަނގަޅުވާން ބޭނުމެއްނުދޯޯ. އެހެންވީމަ ހިނގާ. ނޯ އެކްސްކިއުޒް. އަހަރެން މިހައިވަރުން ހުރިހައިކަމެއް ހަމަޖެއްސީމަ ދެން ނޫނެކޭ ނުބުނައްޗޭ. އޭރަށް އަހަރެން ވަރަށް ދެރަވާނެ.” މިއުޝީންގެ އަތުގައި ހިފައިގެންހުރެ ހޮސްޕިޓަލް ތެރެއަށް ވަންނަމުން ނިކްޔަލް އެހެންބުނުމުން މިއުޝީނަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ނޫނެކޭ ބުނަން ބޭނުންވި ނަމަވެސް އެހިތަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން ރުއިން ފިޔަވާ އިތުރުކަމެއް އޭނާއަކަށް ނުވިއެވެ.
ނިކްޔަލް މިއީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟ މިޒަމާނުގައި އެހެންމީހުންގެ އުފަލަށްޓަކައި މިފަދަކަންކަން ކޮށްދެނީ ކާކު ހެއްޔެވެ؟ ނަމަވެސް ނިކްޔަލް ކިހައި ތަފާތުހެއްޔެވެ؟ އޭނާއަށްޓަކައި އެހުރިހައިކަމެއް އެކޮށްދެނީ ކީއްވެހެއްޔެވެ؟
މިއުޝީންގެ ހިތަށް ބައިވަރު އެއްޗެހި އަރައި ފައިބަމުންދިޔައެވެ. އެދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. އެފުސްކަމުގެ ތެރެއިން އޭނާގެ އަތުގައި ހިފަހައްޓައިގެންހުރެ ހިނގަމުންދިޔަ ނިކްޔަލްގެ މޫނަށް މިއުޝީން ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
47 Comments!
Comments are closed.







Salaam all.. Miothy 10 vana bai.. Hope u guys will like this part too.. Let me knw the mistakes.. N enjoy reading.. Have a gud day.. Nxt part in sha allah tmrw.. Ly all..?❤
Yey me first. V reethi mi part vx nau dhoonyaa… waiting
Yayy.. U first dear.. Thanks awa dhoonyaa..
haaaaaaaadhaaaaaaa kureyyyyyyyyyyyyy im waiting fpr next prt vvvvv obi inge… ly??
btw me second????
Thanks dear..?
Wow eakam haadha kurey
Thanks dear
yeyy finally ❤❤
varah reethi mi part ?
Thanks merr❤
Vv reethi… Thankolheh kuru dho..
Ya dhw.. Btw thanks dear
wowww. obiness to the maxxx ?????❤ haadha reehcheyyy.. alhey nick kihaa rangalhu dho. anyways, waiting as usual for this lovely story..LY ?????
Awwn.. Thanks alot my dear.. Ly too??
Wow nau, haadha rychey mibaives.. Hama neyvaa hifahahtaa laigen innan jehuny.. Dhen vaani kihinehbaa mihithah arany.. Mihaaru khonireh mi vaahaka up vi tho balaathaa.. Ehaaves kiyaahithun mihunnany.. Nau v v v molhu.. Masha Allah.. Luv u nau
Awwn.. Thanks a lot shann dear.. Luv u too
Wow v reethi mi part ves ❤❤❤❤i am waiting for the next part☺☺☺☺☺☺☺?
Thanks faxoo❤
varah furihama.. alhey miadhu adhi one part up kohla dheebaa pls
Thanks aki.. V v try kuraanan ingey.. Bt nt sure..
V reethi miprtves ekam thankolheh kuru ?Alhe nau midhemeehun gulhuvabala waiting for the next prt
Thanks shaa. Lets see dhw vaagotheh..?
V.nice dear
Thanks dear
Alheyy… I love you Nik..??
I want someone like him..?
He is sooo loabi..♥♥♥♥
And mi Story adhi e ah vure loabi…??❤❤❤❤
Vvvvvv sheyy reethee..??
Kon irakun next part up kohdheynee?? ✨✨
Miadhu ves ethah faharaku check kurevunu up kuri tho..?✨
Hama kiyaa hithun hurevenykee noon..?
Mirey up kohdheveyne tha?
Waiting waiting….??
Keep it up darling…??✨
Love you so much….?❤✨
Alhey.. Hehe.. Thanks alot darl.. Will try ingey.. Love u soo much my dear..?❤
Hey nauuuuuu……
Masha allah vvvvv salhi mi part vess.
Keep it up dear…
Waiting 4 next part…..???????????????????????????
Thanks dear❤
Wow vv reethi..alhe miu ah nik dheke loabi veveyne nama ❤ ❤..Hehe
Waiting for a next part
Thanks chim.. Lets see wats gonna hppn dhn dhw.. ❤❤
Wowwwwwwww
Vv loabi mi part ves
LYSM Dear
Thanks afu
vvvv reethi nau?????????
Thanks dear
Heevanee hama series eh beley hen.. meyah gotheh vegen dhiya e hospital ah aissa operation ge vaahaka buneema miu kairee.. haadha molhey ingeu twist thah gennan.. varah touching story eh mi..
Awwwnn.. Thank u soooo much maree dear..
V vvvvvv rythi story. Mirey neytha parteh kiyaalan libeykah.
Thanks dear
Aww nik kihaa ragalhu hama miu dheke vaa loehbey ge bodhu kamun dho and hareera ge haal huri gothun i feel so bad for her varah dheravi ebai kee iru?? ekam miu ah ves eyna evaru kuri vihyaa hehe waiting
for the upcoming part ?❤
Ya dhw.. Hehe.. Thanks dear❤
Kureh noon, hama best, varah reethi mi vaahaka??
Thanks eyra❤
Hey guys.. Sry ibgey tday havyru n nyt vx v bxy koh dhiyaee.. Ehnve nxt part adhi write nukurevey.. Bt in sha allah maadhan mrnin ga upkoh dheynan ingey.. Sry all..
Ma Sha allah! Mi haadhaha touching story ekey… Hareera ah vamun dha goi sifa v ma varah dhera v… Hama ehaame ufaavi miu ah kanthah v gothun.. mikahala firihenun dhuniyeyga mihaaru varah madhuvaane… Varah reethi vaahaka …
Ya dhw deae.. Hehe.. Thanks❤
V REETHI ?
Thanks dear?