Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (20)

Mau Level 2100 Comments10 Stories
November 24, 2017 4 Mins Read
22 Comments

“ކަލެއައް ނުނިކުމެވެންޔާ މަވެސް ނެރެދީފާނަމޭ” މިހެން ކިޔާ ފައިހާ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކައް ގޮސް ގޭޓުން ބޭރައް ހޫރާލިއެވެ.

……………………………………………………………

“ކިހާ ދެރަ ކަމެއް މީކާއީލް. ޒިމްޔާ ކޯޗެއް އޮވެގެން ޒިމްޔާ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. ޒިމްޔާއަށް ވުރެ މަ މާ ރީތި ވާނެ. އޭނަ އެ އައީ އިހައް ދުވަހަކު ކީއްވެތަ މީކާއީލް މަށައް ހިތް ނުކިޔަނީ. މަ ނުކުރަނީ ކޮން ކަމެއް މީކާއީލް ހޯދަން. އެހުރިހާ ކަމެއްވެސް ކުރީ ހަމަ މީކް އަށް ރަގަޅަކަށޭ. ލައިފްއެއް ނުފެންނާނެ އެކަހަލަ މީހަކާއެކީއެއް” ފައިހާ ތެދުވަމުންގައި ފޮޅާލަމުން އަނެއް ކާ މީކާއީލް މެންގެ ގޭ ގޭޓައް ވަންނަން ހިނގައިގަތެވެ.

“ހަބަރުދާރު. ކަލެއާ ކަލޭ އަމާ މިގޭ ހަތަރު ފާރުން އެތެރެވެގެން ނުވާނެ. މަށައް އޭރުވެސް ހީވިއޭ ކަލޭއާ ކަލޭގެ އަމާގެ ކަމެކޭ. ދެމީހުން ތެރެއިން އެކަކުވެސް ނުވާނެ މިގެއަށް ވަދެގެންނެއް. ބުނަން ޒިމް މާ ރީތި ތި އަންހެނާއަށްވުރެ އެތައް ގޮތަކުން. ޒިމްޔާ މަގޭ މީހަކަށް ހަދާފަ ކަލެއަށް ދައްކާލާނަން. މަށަކީ ނުލަފާ މީހެއްކަން އަންގާލާނަށް ދެން މަގޭ ދިރިއުޅުމަށް ވްނަންޏާ” މިހެން ބުނެ ގޭޓް ތަޅުލާފައި މީކާއީލް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ފައިހާ ހުރީ އޭރު ރުޅިއައިސްގެން ފެންކަޅިވެފައެވެ.

“މީކް ދެން ކިހިނެއް ޒިމް ހޯދާނީ. ޒިމް ރާއްޖޭގަ ނެތިއްޔާ ކޮންތާކަށްބާ ދާނީ” އާޒް މީކާއީލް ކައިރި ސޯފާގައި އިށިންނަމުން އެހިއެވެ.

“ނޭނގެ. އެކަމު އަހަރެން އުންމީދު ގެއްލުވައެއް ނުލާނައް. އިރާދަކުރެއްވިއްޔާ ޒިމްޔާ ވާނީ މަގޭ މީހަކަށް. އަދި އަންނާނެއޭ ހިތް ބުނޭ. ޔަގީނުންވެސް ޒިމް މަ ދެކެ ލޯބިވާކަން އިނގޭ. އަބަދަކު ނޫޅެވޭނެއެއްނު އެހެންނެއް” މީކާއީލް މިހެން ބުންޏަސް އޭނާ ވަނީ ހިތް ނުތަނަވަސްވެފައެވެ.

 

“ކޮބާ ކިހިނެއްވަނީ؟” ގޭތެރެއައް ވަދެގެން އައި ފައިހާ ފެނިގެން ފަރުޒާނާ އަހާލިއެވެ. ކަންތައްތައް މާ ރަގަޅު ނޫން ކަން ފައިހާގެ މޫނުމަތިންވެސް އިނގުނެވެ.

“ނެނގެ މަށަކަށް. ވަރެއްގެ ޒިމްޔާއެއް. ހުރިހާ ކަމެއް ކޮންމެސް ގޮތަކުން އިނގިއްޖެއް. ޔަގީނޭ އެ ޒިމްޔާ އެދެއްކީ. މަހީކުރީ ޒިމްޔާގެ އުނދަގޫ ފިލީ ކަމަށް. އެހެންޏާ ބުރުވާލާ އިރައް އައިއްސި. އެކަމުދެން ކިހިނެއް ހަދާނީ. އަދި ބުނި ކަލެއާ ކަލޭގެ އަމައާވެސް ނުވާނެޔޯ އެގެއައް ވަދެގެންނެއް.” ފައިހާ ދަބަސް ސޯފާ މައްޗައް ހޫރާލަމުން ބުންޏެވެ.

“ހަމަ ސަހާދެއް. އެހެން ބުނިތަ؟ ހާދަ ގޮތް ކުޑަވެސް ވެއްޖެއޭ. ކަލޭ ކުޑާއްތަވެސް ބަލާނެ އެކަހަލަ ކައްޕަޅި މީހުންނާ ގުޅުވޭތޯ” ފަރުޒާނާ ހުރީ ވަރަށް ރުޅިއައިއްސައެވެ. ރުޅިއައިވަރުން އޭނާ އެތާ ނުހުންނަން ކޮޓެރިއައް ވަދެ ދޮރު ޖެހިއެވެ.

“ކުޑޫ ތީ ކޮން ކަމެއްދެން. ތީ މީހުން އުޅޭ ގޮތެއް ނޫނެއްނު. ކުޑޫގެ ބޭބެ އެއްފަދަ މީހެކޭ އެއީ. ކުޑު ތިވަނީ ލޯތްބެއް ނޫން” ތަންޝާ ކުޅިބަލަން ހުރެފަ ބުނެލިއެވެ. ތަންޝާ އަކީ ފައިހާގެ ބައްޕައާއި އެއްބަފައި މީހެއްގެ ދަރިއެކެވެ. މަލެ ކިޔަވަން އައިސް ހުންނަނީ ފައިހާމެން ކައިރިއެވެ.

“ތަންޝާ ކޮންމެހެން މަގޭ ދިރިއުޅުމަކަށް ފާޑު ކިޔާނެ ކަމެއް ނެތް. މަށެއްވެސް ކަލޭގެ އެކަހަލަ ކަންތައްތަކާއެއް ނުބެހެމެއްނު” ފައިހާ އިތުތައް ރުޅި ގަދަވީ ތަންޝާ އެކަމަށް އެއްޗެއް ބުނުމުންނެވެ.

…………………………………………….

މީކާއީލް އާއި އާޒް އޭގެ އަނެއްދުވަހު ފުރީ މާލޭގަ އިތުރައް ހުންނަން ބޭނުންނުވެގެންނެވެ. މާލޭގައި ހުންނަ އިރު އިތުރައް ޒިމްޔާގެ ހަނދާން އާވާތީއެވެ. ކިތައްމެ ދުވަހެއް ވިޔަސް އިންތިޒާރުގައި ހުންނަން މީކާއީލް ބޭނުމެވެ. އިތުރު އެހެން މީހެއް ދެކެ ލޯބިވާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

މީކާއީލްމެން އައުމުން އެންމެންވެސް އެކަމާ ބެހޭގޮތުން ސުވާލް ކުރުމުން ތެދު ތެދައް ހުރިހާއެއްޗެއް މީކާއީލް ކިޔައިދިނެވެ. ކިތަންމެ ރުޅިއަޔަސް މިހާރު ކުރެވޭނެ ކަމެއް ނެތެވެ. ޒިމްޔާވީ ކޮންތާކު ކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.

އާދައިގެ މަތިން މިޒްނާ ތައްޔާރުވަމުން ދިޔައީ ކޮލެޖްއަށް ދާށެވެ. ނެތް ހިތްވަރުލައިގެން ވެސް އޭނާ ދިރިއުޅޭނެއެވެ. ފިރިހިނަކަށްޓަކައޭ ކިޔާ ދިރިއުޅުން ހަލާކު ކޮއްލާކަށް އޭނާ ބޭނުމެއް ނޫނެވެ. ކޮލެޖްއަށް ވަތް ތަނުން ފުރަތަމަވެސް އޭނަ އަޅައިގަތީ މައިޝާއެވެ. ވީ ފޫހިން ކްލާހަށްދާން ހިނގައިގަނެފަވެސް އޭނާ ބަލާލީ މައިޝާއާއި ދިމާއަށެވެ. މައިޝާ ހުރި ގޮތުން އިންތިޒާރު އެކުރަނީ އާޒްއަށް ކަން އިނގުނެވެ. އެދެމީހުން ލޯބިން އުޅޭތަން ބަލަން މިޒްނާއަށް ކެއްނުވާތީ އިތުރައް މަޑުކުރަން ނުހަދާ ކްލާހަށް ވަންނަން ދިޔައެވެ. ނަމަވެސް އެކަކުވެސް ނެތި އެތާ އިންނަން ޖެހުމުން ބޭރައް ނިކުތްވަގުތު މައިޝާ އެ ކޮލެޖްގެ ނަން މައްޝޫރު ކިސަން ކައިރި ހުރިތަން ފެނުނެވެ. ކިސަން އަކީ އެކި އަންހެން ކުދިން މަށައް މަށައް ގޮވާލަ ގޮވާލަ ހުންނަ ކުއްޖެކެވެ. ޔޫކޭއަށް އުފަން ކުއްޖެކެވެ. ކިސަންގެ ރީތި ކަމުގެ ފައިދާ އޭނަ ކިތަންމެ ރަގަޅައްވެސް ނަގައެވެ. ދުވާލަކު ކުއްޖެއް ގެންގުޅޭނެއެވެ. އެމީހުން މިސްރާބު ހުރި ދިމާއަށް މިޒްނާ ހިނގައިގަތެވެ. އެދަނީ ރަގަޅު ނިޔަތަކު ނޫންކަން މިޒްނާއަށް އިގުނެވެ. ފާހާނަތައް ހުންނަ ތަނައް ވަންނަމުން ދެމީހުން މީހެއް ހުރިތޯ ބަލާލިއެވެ. މިޒްނާއެތާ ހުރި ތަނބެއް ފަހަތައްވަދެ ފިލިއެވެ. އެދެމީހުން ވަނުމުން މިޒްނާ މަޑުމަޑުން އެތާތެރެއައް ބޯދިއްކޮއްލިއެވެ. އެމީހުންވީ ކޮންމެސް ފާހާނާއެއްތެރޭ ކަމުން އަވަހަށް އެތަނައްވަނެވެ. އެމީހުން އުޅޭހެން ހީވާ ފާހާނަ ފެނުމުން އެތާ ކުރާ ކަމެއް ބަލަން މިޒްނާ ޖެހިގެން ހުރި ފާހާނާތެރެއަށް އެތާހުރި ހަރުގަނޑު ވެއްދިއެވެ. އެއައް އަރާ މަތިން ބަލާލިއިރު ކަމަކުދާކަށް ނެތެވެ ދެމީހުން ތިބީ އެކެތިގަނޑަކަށް ވެގެން ނެވެ. މިޒްނާ ފޯނުން ވީޑީއޯ ކުރަން ފެށިއެވެ. ދެން ކުރަން ފެށި ކަމަކުން މިޒްނާއަށް ބަލަން ނުކެރިގެން ތިރިއަށްފޭބިއެވެ. އޭރު މީހާހުރީ ދާހިއްލާ ފޯވެފައެވެ. ހަދާނެ އެއްޗަކާ ދޭތެރޭ ވިސްނަން ހުރެފަ އޭނާ ދިޔައީ ކޮލެޖް އޮފީފަށެވެ. އެތަނަށް ގޮސް ތަފްސީލް ކޮއް ކިޔައިދިނުމުން އެމީހުން އަވަހަށްގޮސް އެދެމީހުން އެތަނުން ނެރުނެވެ. އިސާހިތަކު މުޅި ކޮލެޖް ތެރޭ އެވާހަކަ ފެތުރުނެވެ. މައިޝާއާއި ކިސަން ކޮލެޖުން ކަނޑާލެވުނެވެ. އާޒްވެސް އެމައްސަލައިގަ މައިޝާއާއިރުޅިވިއެވެ. މިޒްނާއޭނައަށް ދެއްކި ވީޑިއޯ އިން އޭނާ އިތުރައް މައިޝާ ދެކެއައީ ރުޅިއެވެ.

……………………………………………………………………….

ކިޔާންވެސް ހަފްތާއެއް ޒިމްޔާ ކައިރި މަޑުކޮއްފަ އައީ މާލެއެވެ. ޒިމްޔާވަނީ މެލޭޝީޔާގެ މާހައުލަށް ހޭނިފައެވެ. ނަމަވެސް އަދިވެސް މީކާއީލްގެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ. ކޮންމެސް ދުވަހަކުން އޭނާ މީކާއީލް ކުރިމައްޗައް އަރަންޖެހޭނެ ކަން އޭނައަށްވެސް އިނގެއެވެ. އަނެއްކާ މިހެދެނީ ގޯހެއްބާވައޭވެސް ހިތައް އަރައެވެ. އެ ސްކްރީން ޝޮޓް ތައް ފެނުމުން އޭނާ މީކާއީލްއާއި އެވާހަކަ ނުދައްކާ ގުޅުން ކަނޑާލީއެވެ. ނަމަވެސް އިތުރު ހެއްކެއް އެކަމަކަށް ޒިމްޔާ ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއް ޔަގީންވެއެވެ. އޭނާ ހޯދަން މީކާއީލް އެހެން ނޫނީ އައީހެވެ. ޒިމްޔާއަށް ނޭނގުންކަމީ މީކާއީލް ޒިމްޔާ ހޯދަން އައި ކަމެވެ. ދެމީހުންގެވެސް ނަސީބު ދެރަ ކަމުން ދިމާ ނުވީއެވެ.

ކިޔާންއަށްވެސް ވިސްނެނީ މީކާއީލް ޒިމްޔާ ހޯދަން އައިކަމާއެވެ. އޭނާ ލަފައިގެން ގެއަށް އައީމަ އެގޭ މީހުން ޒިމްޔާ ހޯދަން މީކާއީލް އައި ވާހަކަ ބުންޏެވެ. ނަމަވެސް ފަހުން އަޅާ ނުލީ ކޮންމެސް އެއްޗެއް ކިޔައިގެން ޒިމްޔާ ހޯދަން އައީ ކަމަށް ވިސްނައެވެ.

……………………………………………………………………….

“އޭ ދޮންބެ ހިނގާބަ ޕިއްޒާއެއް ކާންދާން” މިޒްނާ ގެއައް ވަންނަމުން ގޮވައިގަތެވެ.

“އާން. ހިނގާދާން. ބޭރައްދާށޭ މިއުޅެނީ މިޒޫ އަންނަންދެން މިތިބީ ދޯ” މިހެން ބުނެ ފަޔާޒް މިޒްނާ ގެއައް ވަދެވަދެ އޮއްވަ ނެރުނެވެ.

“ދެން ދޮންބޭ. މިޒޫގެ ފޮތްތައް ބަހައްޓާފައެއްނު ދެވޭނީ”

“ގެނޭ މަގޭ އަތައް. ގެއައް ވަދެފިއްޔާ ސިފަ އޮޅޭވަރަށް މޭކަޕް ކޮއްގެން ނިކުންނާނީ” އާޒް މިހެން ބުނުމުން މިޒްނާ ތުން ދިގުކޮއްގެން ހުއްޓެވެ. މައިޝާއާއި ރުޅިވިފަހުން މިޒްނާ އާޒްއާއި ގުޅުން ރަގަޅުކަން އެންމެންނައްވެސް އިނގެއެވެ. މިޒްނާއަށް ނޭނގި މި އާއިލާ ދަނީ މިޒްނާގެ ކައިވެންޏައް ތައްޔާރުވަމުންނެވެ. މިޒްނާގެ ޑައިރީ ފުރަތަމަވެސް ފެނުނީ އާޒްއަށެވެ. އެހިސާބުން މިޒްނާގެ ހިތުގެ ހާލު އާޒްއަށް އިނގުނެވެ.

މީކާއީލްވެސް ހިނިތުންވެލައިގެން ހުއްޓަސް އޭނާ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދެއެވެ. އެ ހިތް އެދި ގޮވަނީ ހަމައެކަނި ޒިމްޔާއަށެވެ. ނަމަވެސް ޒިމްޔާ މިއަދުވަނީ އޭނައާއި މާދުރައް ގޮއްސައެވެ. މިހާރު ޒިމްޔާ އޭނައަށް ނަފްރަތްވެސް ކުރާނެ ކަންނޭނގެއެވެ. ނޫނީ އެހެން މީހަކާއެކީ އުޅޭނެ ކަންނޭގެއެވެ. މީކާއީލްއަށް އިނގިހުރެ ޒިމްޔާ އެހެން މީހެއްގެ ހައްގަކަށްވިޔަކަ ނުދޭނެއެވެ.

…………………….

ތިން އަހަރު ފަސް……………………………..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ކިފާހް (1)

Next

ނޫރު (އެއްވަނަ ބައި)

Next
November 24, 2017

ނޫރު (އެއްވަނަ ބައި)

Previews
November 23, 2017

ކިފާހް (1)

22 Comments!

  1. Juma says:
    November 24, 2017 at 3:20 am

    Wow…. it’s amazing?????. …. ekamu mihaa dhuvas kohfa up kohli iru haadha kurey?? mau ah kihineh v enehkaa????? N waiting for the nxt prt ingey ❤❤

    1. Juma says:
      November 24, 2017 at 3:27 am

      Alhey mi faihaa gandu??? mau thi ulheny story ninmaalan tha??? By the way mifaharu I’m first dhw?? heheh

    2. Mau says:
      November 24, 2017 at 4:06 am

      Nooney Jum. Adhi noolheyey nimeykah❤️ Nimen ulhey irun bunaanah okay. 😉 Next part dhigu koh genesdheynah insha allah. Btw thankyou Juma❤️❤️❤️❤️

    3. Juma says:
      November 24, 2017 at 7:40 am

      Ehndhww…. mi part in gothun i thought ninmaalan ulheny kamah …. ehnve ingey?? n wc mau❤❤❤

  2. Zuam says:
    November 24, 2017 at 8:11 am

    Wow….. varah varah reethi….

    1. Mau says:
      November 24, 2017 at 6:15 pm

      Thank zuam?

  3. Yaloo says:
    November 24, 2017 at 8:16 am

    Stry vvvvv reethi..whn nxt prt??

    1. Mau says:
      November 24, 2017 at 6:19 pm

      thanks. Liyevunuha avahah up kohdheynah

  4. PRINCESS AFU says:
    November 24, 2017 at 10:07 am

    Wowww Vv salhi ????

    1. Mau says:
      November 24, 2017 at 6:21 pm

      Thanks Afu?

  5. Angel says:
    November 24, 2017 at 11:44 am

    When next part?love this story❤️✨

    1. Mau says:
      November 24, 2017 at 6:29 pm

      Nimunytha avahakah up kohdheynah. Thanks ingey?

  6. Friends says:
    November 24, 2017 at 11:51 am

    Hey mau……
    Masha allah stry vvvvv nice…keep it up….
    Plx upload soon dear…
    Waiting 4 next part….
    Have a nice day…?????????????????????????

    1. Mau says:
      November 25, 2017 at 2:46 am

      Thankyou?

  7. Fenupari says:
    November 24, 2017 at 1:44 pm

    Alhey mau plx plx next part thankolheh avahah up kohladhyba plx.mivaahaka v hiyaahiyyvey.adhi vvvv reethi.?????

    1. Mau says:
      November 25, 2017 at 6:35 am

      Thanks 🙂

  8. Rsh says:
    November 24, 2017 at 1:47 pm

    Haadha kurey……
    Ekm Reethi….?
    Waiting for next……?

    1. Mau says:
      November 25, 2017 at 6:36 am

      Thanks 😀

  9. Nahu says:
    November 24, 2017 at 7:26 pm

    Mau v reethi mi part vx. when nxt prt

    1. Mau says:
      November 25, 2017 at 6:37 am

      Thanks. Nimunuhaa avahakah upload kohdheynah 🙂

  10. Nahoo says:
    November 25, 2017 at 6:53 am

    Wow nice

    1. Mau says:
      November 25, 2017 at 8:06 am

      Thankss

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (21)←


All Right Reserved!