******12 އަހަރުފަސް***** ހެނދުނު ވެހެންފެށި ވާރޭ ހުއްޓާލީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. މަގުމަތީގައި ދުއްވާ އެއްޗެހި މަދެވެ. ހިނގާބިގާވެ އުޅޭ މީހަކު މަގުންވެސް ނުފެނެއެވެ. “ސުނޯހައުސް” ގޭގެ ސެކިއުރީ ބަލަހައްޓަން އިން މީހާއަށްވެސް އިނީ ނިދިފައެވެ. ރަތް ކުލައިގެ ކާރެއް ސުނޯހައުސް ކުރި މައްޗަށް މަޑުކޮށްލިއެވެ. އިލްހާމް ލޯގަނޑު ތިރިކޮށްލުމަށްފަހު ސެކިއުރިޓީ ގާޑަށް ބަލާލިއެވެ. އިލްހާމް ދެލޯ ވައްކޮށްލަމުން ދެތިން ހަތަރުފަހަރު ބަރުގޮނު އަޅާލުމާއެކު އެމީހާ ތެޅިގަތެވެ. ލިބުނު ސިހުމާއެކު އޭނާ ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ޖެހިގެން އިން […]
އެރޭގެ ވަގުތެވެ. އައްޒާމް ލަމްހާމެ ްގެއަށް ދިޔައީ ރޭގަޑު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. ގޭގެ ބެލް އަޅާލި އަޑަށް ޓީވީއަށް ގެއްލިފައި އިން އައިކާއަށް ސިހިފައި ދޮރަށް ބަލާލެވުނެވެ. “އައިކާ! ދޮރު ހުޅުވަބަލަ.. އަހަރެން މިދަނީ..” ލަމްހާ އެހެން ބުނެލުމުން އައިކާ ބުރުގާ އަޅާލައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި ހުރި އައްޒާމް ފެނުމުންނެވެ. އައްޒާމްއަށްވެސްވީ ހަމަ އައިކާއަށް ވީފަދަ ގޮތެކެވެ. އެދެމީހުން ބަހެއްވެސް ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން […]
ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި […]
އަފްރީން އާދައިގެ ވަރަކަށް ވުރެ ބާރަށް ސައިކަލު ދުއްވާލީ މީހަކު މާ ސީރިއަސްވެގެން ގުޅުމުން ލަސް ކުރަން ބޭނުން ނުވާތީއެވެ. ******************* އަފްރީން އަވަހަށް ހޮސްޕިޓަލަށް ވަދެފަ ސްއިން-އިން ވާން ވެސް ނޫޅުނީ އަދި އަފްރީން ޑިއުޓީ ފެށޭ ގަޑި ކައިރި ނުވާތީއެވެ. އަފްރީން ބާރު ހިނގުމެއްގައި ގޮސް އެމަޖެންސީ ރޫމާއި އަރާ ހަމަވި އިރު ޔުއާން އެމަޖެންސީ ރޫމް ދޮރުމަތީގައި ދެކޮޅަށް ދެކޮލަށް ހިނގާލަ ހިނގާލަ ހުރުމުން އަފްރީންއަށް ހީކުރެވުނީ އަލީއަށް ކަމެއް ވީކަމުގައެވެ. […]
” އީވާ މީ ބިރުނުގަންނާތި އިނގޭ”… އަރީޝް އީވާއާ ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ. .. ” އަމް .. މީ އޯކޭ”.. ” އަހަރެން ކޮށްލާނަން ދެތިން ސުވާލު އީވާ ވާނެ ތެދަށް ޖަވާބުދޭން އިނގޭ…….. ސޯ ދަ ފަސްޓް ކުއެޝަން އިޒް އީވާ އަހަރެމެން ދިޔައީމެންނު ދަރު ހޮވަން ކައްކަން ދޯ …. އެ ވަގުތު އީވާ ދިޔައިންތަ ޖަންގައްޔަށް؟. އަރީޝް ވަރަށް ޖެހިލުންވެ ހުރެ އަހައިލިއެވެ..” ނޫން ކިހިނެއްވީ…. އޭރު ތި މީހުން ދިޔައިރު […]
“މާހް ވަރަށް ހަމަޖެހިގެން އެކަންވާނީ.. އެހެންވީމަ މާދަމާ އަހަންނާއެކު ފުރަތަމަ ގޮސް ވާނުވާ ބަލާލާނީދޯ.. ” މަލީހް ގެ އަޒުމަކަށް އެއްވެސް ބަދަލެއްނާނަކަން ބުނުމުން ޔާމިން އޭނައަށް ފެންނަގޮތް ހާމަކޮށްލިއެވެ. “އަހަންނަށްވެސް ފެންނަނީތިގޮތް.. ” މަލީހްވެސް ޔާމިންގެ ވާހަކައަށް ތާއީދުކޮށް ކުޑަވަގުތުކޮޅަކު ވާހަކަދައްކާލާފައި ނިދަންދިޔައީ މާދަމާ އަވަހަށް ހޭލަންޖެހޭތީއެވެ. މަލީހްއަށް ހޭލެވުނީ ޔާމިންގޮވާއަޑަށެވެ. އޭރު އެހިސާބުގަ ހުންނަ މިސްކިތަކުން ފަތިހުގެ ބަންގި ގޮވާއަޑުއިވެއެވެ. “މިތެދުވީ.. ” މަލީހް ތެދުވެޔާމިންއަށް ޖަވާބުދިނުމަށްފަހު އަވަސްވެގަތީ ނަމާދުކުރަން ތައްޔާރުވާށެވެ. މިސްކިތަށް ދާން […]
ފަހަތަށް އެނބުރި ބަލާލިގޮތަށް އެކި ކުދިން އެކި ދިމާލަށް ދުއްވައިގަތީ މޯޑްގެ އަތުގައި ހުރި ކުލަޕެކެޓްތައް ފެނުމުންނެވެ. ހުދު ކުލައިގެ ޔުނީފޯމްގައި ތިއްބާ އެ ޖަހައިފިނަމަ އެ ކުލަ ރީތިކޮށް ނުފިލާނެއެވެ. ފަހު ޓެސްޓު ނެގުމުން ދެން އެ ޔުނީފޯމް ލާން ނުޖެހުނު ނަމަވެސް ކޮންމެ ކުއްޖެއްވެސް އެ ކުއްޖެއްގެ ސާނަވީ ތައުލީމުގެ ހަނދާނަކަށް ޔުނީފޯމް ފޮރުވާފައި ބެއިންދުމަކީ އާންމުކަމެކެވެ. ދުވެފައިދިޔަ ކުދިންތަކަށް ބަލަން މޯޑް އިނީ ހެވިފައެވެ. އޭނަގެ ރޭވުން ކާމިޔާބުވާގޮތް ވުމުން ސައިކަލު ދުއްވާލީ […]
(މިއީ ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީވާހަކައެކެވެ.) ސަފީނާ އިނީ ކޮޓަރީގައެވެ. އެނދުގައި އިށީނދެލައިގެން، ފާރުގައި ލެނގިލައިގެންނެވެ. ސަފީނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޮލުގައި ދިރުމެއްނެތެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮންމެސްކަމަކާ ފިކުރުކޮށް ހިތާމަކުރަނީކަން ޔަޤީނެވެ. އެކަން ދެނަހުރި މީހަކު މިދުނިޔެމަތީގައި ހުރިހެނެއް ހިޔެއްނުވެއެވެ. “..ދެން މިކަންތައް އިސާހިތަކު އެންމެނަށް އެނގިދާނެ.. އޭރުން ދެން އަހަރެން..” ސަފީނާ ކޮއްޅަށް ތެދުވެ، ބަނޑުގައި އަތް ޖައްސާލަމުން ލޯމަރާލިއެވެ. ފިރިމީހާ […]
މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް […]