ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]
“ކިތަށް ފަހަރުތަ ބުނަންވީ ނޭގެޔޭ… އަހަރެންގެ ކުރިމަތީ ހުރެގެން ތި ވައްތަރު ތައް ނުޖައްސާ އައިލީޝް” ރާސިލް ގެ އަޑުގައިވި ނުރުހުންތެރިކަމުން އައިލީޝް ހިނދުކޮޅަކަށް މަޑުޖެހުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރު އެލުވާނުލާ ލޯމަރާލުމާއެކު ފުންނޭވާ އެއްލާ އަނެއްކާވެސް ރާސިލް އާ ކުރިމަތިލިއެވެ. “އަހަރެންނަށް އެނގޭ މި ހަރަކާތް ތަކުގެ މާނަ ރާސިލް އަށް ނޭނގޭނެކަން… އެކަމަކުވެސް މިހިތަށް… މިހިތަކަށް ކެތެއް ނުވެޔޭ… ރާސިލް… އަށް އެނގޭތަ… މި ހިތަށް ކިހާ އަސަރެއްކުރާކަން… ރާސިލް އެކަންޏެއް ނޫނޭ މި […]
“ކިހިނެއްތަ މަލް؟ ކަންތައްތައް ކިހިނެއް؟ ކޮބާ ހަޒްބަންޑް؟” އެއްފައްޗަކަށް އީނާލް ސުވާލުތައް އަމުނައިލިއެެވެ. އީނާލްގެ ސުވާލުތަކާއެކު މަލްހާ ތުންފަތުގައި ދައިގަންނަމުން އިސްޖަހައިލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. މަލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަގޮތުން އީނާލް ހައިރާންވިއެވެ. އޭނާއަށް އަނެއްކާ ނުބައި ސުވާލެއް ކުރެވުނީބާވައެވެ؟ ހާސްވެފައި އީނާލް މަލްހާގެ ކޮނޑުގައި އަތްބާވައިލިއެވެ. “މަލް. ހުރިހައިކަމެއްވެސް ރަނގަޅުތަ؟” އީނާލްގެ ސުވާލާއިއެކު ފެންކަޅިވެފައި މަލްހާއަށް އީނާލާއި ދިމާއަށް ބަލައިލެވުނެވެ. މަލްހާހުރިގޮތުން ހުއްޓުން އަރައިފައި އީނާލަށް އިނދެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް މަލްހާ އެފަދަ […]
ބިރުވެރި ދުވަސްތަކަކަށްފަހު ހަތަރުމީހުން އަނެއްކާވެސް އުފާވެރިކަން ހޯދިއެވެ. ނަމަވެސް ދެން އައީ ޝިފާންވެސް އަދި ޔުސްރާވެސް އެންމެ ދެރަވީ ދުވަހެވެ. ދެމީހުން ދަރިއެއް ފަދައިން ބަލަމުން އައި އަލާނިޔާ ހިތާމަވެރިގޮތަކަށް ދުނިޔެ ދޫކޮށްދިޔައީއެވެ. އެދުވަހުގެ ފަހުން ދެމީހުންގެ ހަޔާތުންވެސް ބައެއް މަދުވިފަދައެވެ. ދެމީހުން ދެމީހުންގެ ހިތްވަރަށް ވެގެން ކެތްކުރީއެވެ. ނަމަވެސް މިއަދު ޝިފާން އެވަނީއެކަނިވެފައެވެ. އޭނާއާ އެކު މިއަދު ވަނީ ހަމައެކަނި ޔުސްރާގެ ހަނދާންތަކެވެ. ****************** ހިޔާލީ ދުނިޔެއިން ނިކުމެވުނުއިރު ޝިފާންއަށް ރޮވިއްޖެއެވެ. އަހަރުތަކެއްގެ ދަތުރު ތެރެއަށް […]
ދަންވަރުގެ ހަމަހިމޭން ވަގުތުތައް ފަހަނައަޅާ ދިޔުމަށްފަހު އާދުވަހަކަށް އިރު އޭގެ ޑިއުޓީ ވަގުތު ފެށެންވާއިރަށް ތައްޔާރުވަމުން ދިޔައިރު އުޑުމަތީގައި ކޮންމެސް ވަރަކަށް ކަޅުވިލާތައް ސައްލާ ކުރަމުން ދިޔައެވެ. އުދަރެހުން އިރުގެ އަލި ދައްކާލުމާއެކު އުޑުމަތީގައި ބޯވެފައިވި ވިލާތައް އަތުކުރި އޮޅާލާ އިރުގެ މަސައްކަތަށް ހުރަސް އެޅުމަށް ތައްޔާރުވިއެވެ. ވީވެސް އެހެންނެވެ. އިރަށް ޖެހުނީ ކަޅު ވިލާތަކަށް ފުރުސަތު ދެމުން އެއްކައިރިއަކަށް ޖެހިލާށެވެ. ގަދަވަޔާއެކު ވާރޭ އޮށްސާލީ ލިބުނު ކާމިޔާބަށް ފަޚްރުވެރިވަމުންނެވެ. އިރުކޮޅަކާއި ކެރިގނޑު ތުނިކޮށްލުމަށްފަހު އަނެއްކާ ވެސް […]
“މަންމާ.” އޭނާއާއި ދިމާއަށް އަމާޒުވެފައިވާ އާބިދާއާއި ސަލީމްގެ ރުޅިވެރި ނަޒަރުފެނި މަލްހާއަށް ވައިއަޑުން ގޮވައިލެވުނެވެ. އެއްގޮތަކަށްވެސް އާބިދާ އެހެންހަދަންޖެހުނު ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. ހައިރާންވެފައި ރާއިދަށްވެސް އެމަންޒަރުބަލަން ހުރެވުނުއިރު އޭނާގެ ފަހަތުގައި ހުއްޓިލައިގެންހުރި ލިވްޔާގެ މޫނުމަތީގައިވީ މަލާމާތުގެ އަސަރުތަކެވެ. އެތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއިރު ހިތާހިތުން އޭނާ މަލްހާއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންދިޔައެވެ. “އާދޭ އަހަރެންނާއެކު ލިވްޔާގެ ކޮޓަރިއަށް.” މަލްހާއާއި ދިމާއަށް ބަލައިލުމެއްވެސްނެތި އެހެން ބުނެލުމަށްފަހު އާބިދާ އެދިމާއަަށް ހިނގައިގަތެވެ. ފަހަތުން ސަލީމާއި ލިވްޔާވެސް ހިނގައިގަތުމުން ހުއްޓުންއަރައިފައިހުރި […]
ރުޅިވެރި ނަޒަރަކުން ލިވްޔާ މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އޭރު މަލްހާ ހުރީ އޭނާގެ ފޮށި ނަގައިގެން އަލަމާރީގައިހުރި އޭނާގެ އަންނައުނުތަށް ފޮށްޓަށް އަޅާށެވެ. “ދޮންތާ ޔޫ އަރ ނޮޓް ޑުއިންގް ރައިޓް. އަހަރެން އަދި އަންނާނަން. އެނބުރިއަންނާނަން. އަހަރެންގެ މިފަޟީހަތުގެ ބަދަލު ހިފާނަން. ޖަސްޓް ވެއިޓް އެންޑް ވޮޗް.” މަލްހާއާާއި ދިމާއަށް ބަލަންހުރި ލިވްޔާގެ ހިތުގައިވިއެވެ. އެއާއެކު ނުލަފާ ހިނުތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ. ** ** ** އެރޭ ފަތިހުފުރި ދޯނިން މަލްހާ ލިވްޔާ ރަށަށް ފޮނުވައިލިއެވެ. […]
ރިއުވީ ކީވާން އާއި ލައުރާގެ އަތުގައި ހިފައި ސިޑިއާއި ދިމަލަށް ދިޔައެވެ. ޕާޓީ ތެރޭތިބި އެންމެން އޭރު ޓެރެސްއަށް ދަނީއެވެ. އެއެންމެންގެ ތެރެއިން ރިއުވީ ސިޑިން ތަންކޮޅެއް ހޯދައިގެން މައްޗަށް އަރަން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނަ ރިއުވީގެ އަތުން ލައުރާގެ އަތް ދޫވިއެވެ. ރިއުވީ ފަހަށް ބަލާލި ނަމަވެސް އޭނާއަކަށް ލައުރާއެއް ނުފެނުނެވެ. ލައުރާއަށްވެސް އެންމެންގެ ތެރޭގެ ރިއުވީ ގެއްލުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ ފުރަތަމަ ފްލޯއަށް ފޭބިއެވެ. އެމީހުން ކުރިންވެސް […]
މިއީ މީހަކަށް ދިމާވި ހަޤީޤީ ހާދިސާތަކެކެވެ. އެ ނާމާން ދުނިޔެ އަހަރެން ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ މުޅިންވެސް އަނދިރިކަމެވެ. އާނއެކެވެ. އަހަރެންގެ ވަށައިގެންވީ އަނދިރިކަމެވެ. ދުނިޔޭގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންވީ އެނާމާންކަމުގެ ތެރެއަށް ގެއްލިފައެވެ. އަހަރެންވީ އެތައް އިހްސާސެއްގެ ތެރެއަށް ޣަރަޤުވެފައެވެ. ބިރުވެރިކަމުގެ އިހްސާސެވެ. ހިތާމަވެރި ކަމުގެ އިހްސާސެވެ. އެކަނިވެރިކަމުގެ އިހްސާސެވެ. އެތަނުން އަހަރެން ސަލާމަތް ކޮށްދޭނެ މީހެއްގެ އިންތިޒާރުގައި ކަރުނަ އޮހޮރީމެވެ. އަލިކަމެއް ފެންނަން ނެތުމުން ރުޅިވެރިކަންވެސް ދެއްކީމެވެ. އެ […]