Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…9

Maikaa Level 310 Stories100 Comments100 Login
March 17, 2018 5 Mins Read
10 Comments

ރިއުވީ ކީވާން އާއި ލައުރާގެ އަތުގައި ހިފައި ސިޑިއާއި ދިމަލަށް ދިޔައެވެ. ޕާޓީ ތެރޭތިބި އެންމެން އޭރު ޓެރެސްއަށް ދަނީއެވެ. އެއެންމެންގެ ތެރެއިން ރިއުވީ ސިޑިން ތަންކޮޅެއް ހޯދައިގެން މައްޗަށް އަރަން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނަ ރިއުވީގެ އަތުން ލައުރާގެ އަތް ދޫވިއެވެ. ރިއުވީ ފަހަށް ބަލާލި ނަމަވެސް އޭނާއަކަށް ލައުރާއެއް ނުފެނުނެވެ.
ލައުރާއަށްވެސް އެންމެންގެ ތެރޭގެ ރިއުވީ ގެއްލުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ ފުރަތަމަ ފްލޯއަށް ފޭބިއެވެ. އެމީހުން ކުރިންވެސް ތިބީ އެފްލޯގައެވެ. އެންމެން ޓެރެސްއަށް ދިޔުމުން އޭނާ ފިޔަވައި އިތުރު މީހަކު އެތާކު ނެތެވެ. މައްޗަށް އަރަން ހިތަށް އަރާފަވެސް އެތަ ގިނަ ވާނީ ނުދަންނަ މީހުން ކަމުން މަޑުކުރީއެވެ. އޭނަ ކުރާނެ އިތުރު ކަމެއް ނެތުމުން އެތާ އެއްފަރާތެއްގައި ހުރި މޭޒް މަތިން ކޯކް ތައްޓެއް ނަގައި ބޯލިއެވެ. އަދި ބެލްކަންޏާއި ދިމާލަށް ދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓު ފަހަތަށް އެނބުރުނީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ.

” އަރާން…” ފަހަތަށް އެނބުރުނު އިރު ފަހަތުގައި އަރާން ހުރުމުން ލައުރާ ސިހުނެވެ. ޕާޓީތެރޭގައި އަރާން ހުރިކަން އެނގުނު ނަމަވެސް އޭނާ ހުރީ ދެވަނަ ފަހަރަށް އަރާން ފެންނާނެ ކަމަކަށް ނޫނެވެ. ޓެރެސްއަށް ނުދިޔަ އެއް ސަބަބަކީވެސް އަރާން ފެނިދާނެ ކަމަށެވެ. ނަމަވެސް އަރާން އެހުރީ އޭނާގެ ކުރިމަތީއެވެ.
ލައުރާ އިސްޖަހާލީ އަރާންއަށް ނުބަލާށެވެ. އަދި ފަހަތަށް އެނބުރި ދާން ހިނގައިގަތެވެ. އެތަށް އަހަރެއް ފަހުން އަރާން ފެނުމުންވެސް އޭނާގެ ހިތް އަވަސްވިއެވެ.
” ލައުރާ ” އަރާން ކިތަންމެ މަޑުން ކިޔާލިއަސް ލައުރާއަށް އެއަޑު އިވުނެވެ. ލައުރާގެ ފައިގާ ހީވީ ކަސްތޮޅު އެޅުވުނު ހެންނެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ފަސްއެނބުރި ބެލުމެއްނެތި ހިނގައިގަތެވެ. މަގުމައްޗަށް ނިކުން އިރު އުފަން ދުވަހުގެ ތަހުނިޔާ ކިޔާ އަޑު އިވެއެވެ. އެހެން ކަމުން ބާރަ ޖެހީކަން އެނގުނެވެ.
ލައުރާ ހުރީ އޭނާގެ ކަރުނަތަށް އޭގެ މަގާމު ދޫކޮއް ފައިބަފާނެތީވެ ބިރުންނެވެ. ކިތަންމެ ރޯހިތް ވިޔަސް އިތުރަށް އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާކަށް ބޭނުމެއް ނޫނެވެ. ލައުރާ ފޮން ނަގައި ގެއަށް ދަނީކަމަށް ރިއުވީއަށް މެސެޖުކޮއްލިއެވެ. އެހެން ނޫނީ އޭނާ ވީ ތަނެއް ނޭނގިގެން ރިއުވީ ހާސް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
މަޑުމަޑުން ހިނގާލައިފައި ދިޔަ ލައުރާއަށް ފަހަތުން މީހަކު އަންނަ ކެމެއް ނޭނގެއެވެ.ދެވޭ ނުދެވޭއެއް ވެސް އޭނާއަކަށް ނޭނގެއެވެ.މާޒީގެ ތެރެއަށް ގޮސް ގެއްލިފާހުރުމުގެ ސަބަބުންނެވެ. ވަކި ހިސާބަކަށް ގޮސް ލައުރާ ހުއްޓުނެވެ. ކުރިމަތީ ހުރީ އޭނަ ކުރިން އުޅުނު ގެއެވެ. އެގޭގެ ތިންވަނަ ފްލޯގައި ވަނީ އުފާވެރި ހަނދާންތަކެކެވެ. ހަމަ އެހެންމެ އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި އަދި ހިތާމަވެރި ދުވަސްތަށް ވެސް ވަނީ އެގޭގެތެރޭގައެވެ.
އަރާން ދިޔައީ ލައުރާ ފަހަތުންނެވެ. ލައުރާ ހުރީ ކަމަކަށް ގެއްލިފާކަން އޭނާއަށް އެނގުނެވެ. ސަބަބަކީ ތިން ހަތަރު ފަހަރު އެއް މަގުން ދާތީއެވެ. ވަކި ހިސާބަކަށް ގޮސް ލައުރާ ހުއްޓުނެވެ.އަރާން ލައުރާ ބަލަން ހުރި ދިމަލަށް ބަލާލިއެވެ. ވަގުތުން އެއީ ލައުރާ ކުރިން އުޅުނު ގެކަން އޭނާއަސް އެނގުނެވެ.
” އަރާން ” ކުއްލިއަކަށް މީހަކު އައިސް އަރާންގެ ކޮނޑަށް އަތް ވައްތަލިއެވެ. އަރާން ދިޔައީ ސިއްސައިގެންނެވެ. ހިވީ ވައްކަމެއް ކުރަނިކޮން ފަޅާއެރިހެންނެވެ. އަރާންގެ ސިހިފައި ހުރި މޫނަށް ބަލަން ހުރި އައުސް ހޭން ފެށިއެވެ. ދުވަހަކުވެސް އަރާންގެ އެކަހަލަ ސިފައެއް އޭނާއަކަށް ފެނިފައެއް ނުވެއެވެ.
” ވައްކަން ކުރަނީތަ؟؟” ޖެއްސުން ކުރާ ފާޑަކަށް އައުސް އެހިއެވެ. އައުސް އެއްޗެއް ހޯދަންވެގެން ތިރިއަށް ފޭބި ތަނާ ލައުރާ ފަހަތުން އަރާން ނިކުތްތަން ފެނުމުން އެމީހުންގެ ފަހަތުން އޭނާވެސް އައީއެވެ.
” އޭނާ އުޅޭގެއެއް ހޯދަން ހަމަ ބޭނުން ވީ.. އެހެން ނޫނަސް އައި ޕްރޮމިސް ދޯ ހެލްޕް ވާން..” އަރާން އަވަސް އަވަހަށް ބުނެލިއެވެ. އަދިވެސް އޭނާ ހުރީ ހާސްވެފައެވެ.
” ތިކަން އެބަ އިނގެޔޭ.. ބަލާބަލަ..” އައުސް ލައުރާއާއި ދިމަލަށް އިޝާރާތް ކޮއްލިއެވެ. އޭރު ލައުރާ ހުރީ އެމީހުންނާއި ދިމާ ބަލަހައްޓައިގެނެވެ. ލައުރާ ބަލަން ހުރުމުން އެމީހުން ނޫންކަމަށް ހަދާފައި ދާން ހިގައިގަތެވެ.
” އަރާންމެން ޖެހިގެން ހުރި ގޯޅިއަޅަންދެން ލައުރާ ހުރީ ބަލާށެވެ. އެމީހުން އޭނާ ފަހަތުން ބިސްމަޅި ދުއްވީކަން ޔަގީނެވެ. އެހެން ނޫންނަމަ އެމީހުނން މިތަނަށް އަންނަންވީ ކީއްވެހެއްޔެވެ؟ އޭނާ ފަހަތުން އައިއްޔާ އައުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟؟ ހިތުގައިވި ސުވާލަތަށް އެއްފަރާތް ކޮއްފައި ލައުރާ ގެއަށް ދާން ހިނގައިގަތެވެ.
” ލައުރާ ” ދޮރުން އެތެރެއަށޤ ވަދެވުނު ކަމެއް ނޭނގެއެވެ. ޝާއިން ލައުރާއަށް ގޮވާލިއެވެ. ލައުރާ ދިޔައީ ސިއްސައިގެންނެވެ. ޝާއިން އާއި މާޝާ މިހާ ލަސްވަންދެން ހުންނާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް އެމީހުން އޭނާގެ އިންތިޒާރުގައި އެތިބީ އަނެއްކަ ކިހިނެއްވީބާވައެވެ. ލައުރާ ކުޑަކޮން ހާސްވިއެވެ.
“ކިހިނެއްވީ ” ލައުރާ ހަމަޖެހިލާފައި ގޮސް މާޝާ ކައިރީ ސޯފާގައި އިށިނެވެ.
” ކީއްވެ އަބަދު ބޭރުގައި ތިއުޅެނީ؟؟ ދުވަހަކު ގޭގައި މަޑެއް ނުކުރެވޭ..” ޝާއިން އޭނާގެ ހިތުގައި ކޮއްޓަމުންދާ ސުވާލު ކޮއްލިއެވެ.
” ވަޒީފައިގައި އުޅޭތީވެއޭ.. ވަރަށް ބިޒީ މިދުވަސް ކޮޅު އަލަށް ވަނީމަ..” ލައުރާ ބަހަނާ ދައްކާލިއެވެ.
” ވަޒީފާއަށް ދިޔައަސް ނިމޭނެ ފައިވްގެ ކުރިން.. ދެން ކާކު އެއްނަނީ ބަލާ؟؟” ޝާއިން ދެވަނަ ސުވާލު ކޮއްލިއެވެ.
” އެއީ ރައްޓެއްސެއް..” ލައުރާ އިސްޖަހާލިއެވެ. ރިއުވީމެންގެ ވާހަކަ ޝާއިން ކައިރީ ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ.
” ދެން އޭނާއާއި އެކީގަތަ މުޅި ދުވަސް ހޭދަކުރަނީ؟؟” ޝާއިން ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.
” ނޫން. ” ލައުރާ ދިޔައީ ވީހާވެސް ކުރުކޮން ޖަވާބު ދެމުންނެވެ.
” ދެން ކޮންތާކު؟؟ ހެނދުނު ހަތްގަޑި ބައިގައި ދާ ގޮތަށް ތިއަންނަނީ ރޭގަނޑު އެކެއް ދޭއް ޖަހާ ފަހުން…”
” ޝޮޕިން ކުރަން ދަނީ…”
” ފިހާރަތަށް ބަންދުކުރާނެ އެގާރަ ޖެހީމަ.. ކޮންތާކު އެހާ ލަސްވަންދެން އުޅެނީ؟؟”
” ރެސްޓައުރެންޓްގައި..”
” ރެސްޓައުރެންޓު ބަންދުކުރާނެ ބާރަ ޖެހީމަ..”
” ހިނގާލަން ދަނީ..”
” އެކަނި؟؟”
” ރައްޓެހިންނާ އެކީވެސް ދަން..”
” އެކަނި ދަން ދޯ..”
” ބައެއް ފަހަރު..”
” ބިރެއް ނުގަނޭތަ ރޭގަނޑު ތިން ހަތަރު ގަޑިއިރު އެކަނި އުޅޭކަށް ؟؟”
” ކީއްވެ ބިރު ގަންނަންވީ؟؟”
” ރޭގަނޑު އެހާ ލަސްވަންދެން އުޅެން އާންމު ކޮން ކުދިން ބިރު ގަންނާނެ… އަދި މިހާ ޕާޓޭން ގިނަ ދުވަސް ވަރެއްގައި..”
” ބިރު ގަންނަންވީ އެންމެ ފަރާތެއްދެކެ ދޯ.. އެކަލަނގެއާއި ވަކީލް ކޮއްލީމައި ނިމުނީ..”
” ތިހެންނެކޭ ނުބުނަން ދޯ.. ކޮންތާކަށް ދަނީ؟؟”
” އެކިފަހަރު އެކިތަންތަނަށް..”
” މިސާލަކަށް؟؟
” ނޭނގެ ބުނާކަށް ”
” އެނގެން ޖެހޭނެދޯ…”
“މާލެ ވަށާ ހިނގަނީ..”
” ތިގެން ގުޅޭ ރައްޓެއްސަކީ ފިރިހެން ކުއްޖެއްތަ؟؟”
” ބޯތް ”
” ތިބުނީ؟؟”
” ގާރލް އަކާއި ބޯއި އެކޭ..”
” އެއްވެސް މަސައްކަތެއް ކުރޭ؟؟”
” ހޫމްމް ”
” ކޮންކަމެއް؟؟”
” އޮފީހަކަށް ދަނީ..”
” ކޮންތާކުން ދިމާވި ބައެއް؟؟”
” އާޓިފިޝަލް ބީޗުން..”
” ކީއްކުރަން އެތަނަށް ދިޔައީ؟؟؟”
” ހިނގާލަން..”
” ކޮންއިރަކު އެއީ؟؟”
” އައިތާ ދެވަނައަށް ވީ ދުވަހު..”
” ކޮންތާކުން މިރޭ ތި އައީ؟؟”
” ޕާޓީއަކުން ”
” ކޮންތާކު އޮތް؟؟”
” އޮފީސް ކުއްޖެއްގެ ގޭގަހެން ހީވަނީ.. ދެން ދަންތަ ނިދަން ؟ ވަރަށް ވަރުބަލި ވެފައި މިހުރީ…” ލައުރާ އިތުރު ސުވާލަކަށް ޖަވާބު ދޭ ހިތެއް ނުވިއެވެ.
” އާން އޯކޭ.. އެކަމަކު މާދަމާ އަކު ނުދެވޭނެ ބޭރަކަށް..” އިރުކޮޅަކު ވިސްނަން އިނދެފައި ޝާއިން ބުނެލިއެވެ.
” އެޔޯ؟؟؟” ލައުރާގެ ދެބުމަ ގޮތްޖެހުނެވެ.
” ގޭގައި އެންމެ ދުވަހަކު މަޑު ކޮއްލިއްޔާ ކީއްތަ ވީ؟؟ ހޮނިހިރު ދުވަސް ބަންދެއް ނޫންތަ؟؟” ޝާއިން ފަރުވާތެރި ކަމާއެކު ލައުރާއަށް ބަލާލިއެވެ.
” ޔާ ބަންދު.. އެކަމަކު…”
” އެހެންވީމާ ރަނގަޅެއްނުން.. ފެމެލީ އާއިއެކު ޓައިމް ސްޕެންޑް ކުރެވޭނެ.. ” ޝާއިން އޭނާގެ ފަހު ބަސް އިއްވަފައި މާޝާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ލައުރާ އިންތާ އިނީ އެވެ. އިރު ކޮޅަކު އެހެން އިނދެފައި ލައުރާ އޭނާގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި އެއްޗެހި ބަދަލު ކޮއްގެން އޭނަ ނިދާކަށް ނޫޅުނެވެ. ލެޕް ނަގައިގެން ފިލްމެއް ބަލަން އޮތީއެވެ. ނިދަން އޮތީ ފަތިސް ނަމާދު ބަންގި ގޮވުމުން ނަމާދު ކޮއްގެންނެވެ. މާދަން ބޭރަށް ނުދެވޭތީވެ ވީހާވެސް ގިނަ އިރަކު ނިދަން ބޭނުމެވެ.
ހެނދުނު ހޭލައިގެން ޝާއިން ލައުރާއަށް ގޮވުމަށް މާޝާ ގާތު އެދުނެވެ. މާޝާ ލައުރާގެ ކޮޓަރި ދޮރުގައި ޓަކި ޖަހަޖަހާ ބަލި ވިއިރުވެސް އަޑެއްބަޑެއް ނީވުނެވެ. ތަޅުގައި ހިފާލިއިރު ތަޅުލައިފައި ހުރުމުން އޭނާ އެދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. އަދި ބޯ ދިއްކޮއްލިއެވެ. ” ލައުރާ ” މާޝާ ގޮވާލިއެވެ. ލައުރާ ޖަވާބުގައި ހޫމް އަޅުވާލިއެވެ.
” ލައުރާ ކޮން އިރަކު ހޭލަނީ؟؟” މާޝާ ދޮރު މަތީ ހުރެ އަހާލިއެވެ.
” ފަތިސް ނަމާދު ކޮއްގެންނޭ ނިދީ..” ލައުރާ ފުރޮޅެމުން ބުނެލިއެވެ. އެއަޑުގައި ނިދިކަން ހުއްޓެވެ. މާޝާ އަޅައި ނުލައި ދިޔައީ ލައުރާ ނިދަން ބޭނުން ވާނެކަން އެނގިގެންނެވެ.
” ކޮބާ ލައުރާ ؟؟؟” ޝާއިންއަށޤ މާޝާ ފެނުމުން ފުރަތަމަވެސް އަހާލިއެވެ.
” ނިދާފަ.. ވަރަށް ލަހުން ނޯ ނިދީ. އެހެންވެ އަޅައި ނުލީ..” މާޝާ ހެނދުނުގެ ނާސަތާ ހަދަން ފެށިއެވެ.
ފޯން އެލާމް ވުމާއި އެކު ހިތާ ދެކޮޅަށް ލައުރާ ތެދުވިއެވެ. ފާހަނައަށް ވަދެ ފެންވަރައިލައިގެން ނިކުމް ފެހި ކުލައިގެ ޓީޝާޓް އަކައި ދަނބު ކުލައިގެ ލެގިން އެއް ލިއެވެ. ކުރުކޮއް ކޮށާފައިވާ އިސްތަށިކޮޅު މޫނުމަތިން އެއްފަރާތަކަށް ވައްޓަލުމައްފަހު ދިގުކޮންއޮތް ބައި އަނެއް ފަރާތަށް ގެނެސް އައްސާލިއެވެ.
ލައުރާ ބޭރަށް ނިކުތްއިރު ޝާއިން އާއި ޒައިކަލް ޓީވީ ބަލަން އޮތެވެ. ޝައިކާ އާއި ޖީޝަލް އެމީހުން ކައިރީ ކުޅެން ތިއްބެވެ. މާޝާ އުޅެނީ އެމީހުން ކެއި ތަށިތައް ނެގުމުގައެވެ
” ކޮންތާކަސް ލައުރާ ދާން ތިއުޅެނީ؟؟” ލައުރާ ހަމަ ނިކުތުމާއި އެކު ޝާއިން އެހިއެވެ.
” ތާކަށް ނުދަން.. ސައިބޯން ވެގެން މިއުޅެނީ..” ލައުރާ ބަދިގެއްސް ވަންނަމުން ޖަވާބު ދިނެވެ.
” އެކަމަކު ހީވަނީ ބޭރަސް ދާން އުޅޭހެން..” ޝާއިން ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ލައުރާ ޖަވާބުގައި އެހެންހޭ ބުނެލިއެވެ.
” މިއަދު ހަވީރު ދާންވާނެ އަހަރެމެންނާއިއެކު ހިނގާލަން..” ލައުރާ ސައި ބޮއެގެން އައިސް ޝާއިން ކައިރީ ހުއްޓިލުމުން ޝާއިން ބުނެލިއެވެ.
” ކޮން ބައެއް ދަނީ؟؟” ލައުރާ ސިހުނެވެ.
” އެންމެން..” ޝާއިން ޖަވާބު ދިނެވެ.
” ލައު އަކަށް ނުދެވޭނެ..”
“އެޔޯ؟؟”
” ކަމެއް ނުވެ.. ” ލައުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފަހަތުން ޒައިކަލްވެސް ދިޔައެވެ. ލައުރާއަށް ދޮރު ރަނގަޅަށް ނުލެއްޕެނިސް ޒައިކަލް އެތެރެއަށް ދެމިގަތެވެ.
” ނިކުމޭ..” ޒައިކަލް ވަންތް ފެނި ލައުރާ އަމުރު ކޮއްލިއެވެ. ޒައިކަލް ލައުރާ ކިޔަ އެއްޗަކަށް ބެލުމެއްނެތި ލައުރާ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ލައުރާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ” ނިކުންނާށޭ…”

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ނާމާން ދުނިޔެއިން ލިބުނު އަލިކަން

Next

މިހަޔާތް އަލިކޮށްލި ނޫރު 3

Next
March 17, 2018

މިހަޔާތް އަލިކޮށްލި ނޫރު 3

Previews
March 17, 2018

ނާމާން ދުނިޔެއިން ލިބުނު އަލިކަން

10 Comments!

  1. Swety says:
    March 17, 2018 at 11:35 pm

    Yey me first dhw☺☺☺

    1. Maikaa says:
      March 21, 2018 at 9:54 am

      congratulationssss

  2. Fathun says:
    March 18, 2018 at 7:35 am

    V v reethi. .mi vaahaka…keep it up…when next part

    1. Maikaa says:
      March 21, 2018 at 9:55 am

      thankxx.. next part Friday or Saturday

  3. maroon says:
    March 18, 2018 at 12:30 pm

    You have the talent. Ekam ragalhu kuranvy kanthahves eba huri. Misaalakah sukunthah (koh, kiyaa iru abadhuves innaany shaviyani sukun)
    And kudakoh spelling mistakes thah ves eba huri. Sentenceh nimmaafa dheva sentence feshumuge kurin kurin liyunu baige thankolheh kiyaalaathi. Eyrun mistakes madhuvaane.
    Abadhuves aa paragrapheh fashaany aa vaahakaeh gennan, ei eh scence eh therein vy namaves. New scence eh nama enter ah fihthaalaafa type ——- a couples of times and press enter. Eyrun kudakoh visible line akun new scence vaki kureveyne…
    Express more emotions ngey. Misaalakah rulhi aisfa huri nama rulhi aee kyhve kan. Adhi meehaku jumlaeh bunely kihineikan, misaalakah nuruhunvefa, hiyhama nujehifa,faruvaa kudakoh,fulhaa hinithun vumakaai eky,saadhaakoh, e gothah facial expression kiyaa dhemun… and mihen series koh story liyaa iru part nimman vaany readers ah shauguverivaa suvaalu thakeh or answers thakeh dhyfa. Komme part aku noon namaves ngey… in my opinion miee hama ekani lauraa ge nazarun liyaa story eh nama “aharen” beynun koggen liyuneema maa furihama vaane. But its upto you. Migothahves vvvv furihama ah gendhevidhaane.
    V reethi storyga beynun koffa huri names. And curious to know lauraa ge past. Ehen pary thakah balaafa mi part reethi.

    1. Maikaa says:
      March 21, 2018 at 9:56 am

      thanks for the advise

  4. princess says:
    March 19, 2018 at 8:56 am

    very beautiful story eh..kn irakun next part

    1. Maikaa says:
      March 21, 2018 at 9:57 am

      thanks.. maybe friday or saturday

  5. nash says:
    March 19, 2018 at 1:55 pm

    wow…varah salhi mihaaru….keep it upppp….best of luck

    1. Maikaa says:
      March 21, 2018 at 9:57 am

      thankxx

Comments are closed.


All Right Reserved!