އިރުކޮޅެއްވީތަނާ ކޮޓަރީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒޯހަލް އެވެ. ރިމީޝާ އާއި ހިލާފަށް ޒޯހަލްގެ މޫނުމަތިން ފެންނަނީ ވަރަށް ހަމަޖެހިލާފައި ހުންނަ ތަނެވެ. “ފޫކޮޅަށް ކައްޓެއް ހެރިގެންތަ ތިއުޅެނީ” އެނދުގައި އިށީނދެލާފައި ތެދުވި ރިމީޝާ ފެނުމުން ހީލާފައި އެތެރެއަށް ވަދެގެން އައި ޒޯހަލް ބުނެލިއެވެ. “ނޫނޭ… ވަރަށް ބިރުގަނޭ. ހިތަށް އަރާ ނަތީޖާ އަންނާނީ ކިހިނެއްބާއޭ…. އެގްޒާމްތައް ހެދުނު ގޮތާއި މެދު މިހާރު ޝައްކު އުފެދޭ ވަރަށް ނަތީޖާ އާއި މެދު އޭނާ އަށް ވިސްނެން […]
މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ. އަތުގައި އޮތް ހުދު ކުލައިގެ ކޯޓް އަށް ދާނިޝް ގެ ނަޒަރުހުއްޓުނެވެ. ދާނިޝް އެކޭ އެއްގޮތަށް އެޒުވާނާ […]
“..މިކިޔަނީ އިލްހާމްއަށް އަންހެން ދަރިޔަކު ލިބުނޭ! އެދަރިޔަކީ ނިހާއެއް ނޫނޭ!..” އިބްރާހީމްބެ ބުންޏެވެ. އެއަޑު އިވިފައި އެންމެ ބޮޑު ޝޮކެއް ލިބުނީ ނިކާލަކަށް ނޫނެވެ. މަރުޖީނާ އަނެއްކާވެސް އެދިމާއަށް އަންނާތީ އޭނާ ފަހަތުން ހަލުވި ފިޔަވަޅުތައް އަޅަމުން އައި ޞަފިއްޔާއަށްވެސް އިބްރާހީމްބެ ބުނި އެއްޗެއް ސާފުކޮށް އިވުނެވެ. އޭނާއަށް ލިބުނު ޝޮކުގައި ހުއްޓުން އެރީ ކުއްލިއަކަށެވެ. “..އިލްހާމްއަށް ލިބުނު އަންހެންދަރި މިދުނިޔެއަށް ފުރަތަމަ ނޭވާލީންސުރެން އިބްރީސްގެ ބާރުތައް މަޑުމަޑުން ލިބެމުން އައީ!” އިބްރާހީމްބެ އިތުރަށް ބުނެލިއެވެ. “..އެ […]
އިމްތިހާންް ނިމި އޭގެ ނަތީޖާ އިޢުލާން ކުރި ދުވަސް އައިސް ބޯމަތިވީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަތީޖާ ބަލާދިޔުމަށް ކޮޓަރީގައި ތައްޔާރުވާން ހުރި ރިމީޝާގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. ދިހަ އަހަރު ދުވަސް ވަންދެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އަދި ކިރިޔާ ލިބެން އުޅެނީއެވެ. ދެއަތް ދެއަތާއި ހާކަން ފެށި ފިނިވި ވަރުންނެވެ. ހާސްކަމާއެކު ކޮޓަރީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށް ފަހު ދެން ބަލާލަނީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާއި […]
“އޭނަ މަރުވިއްޔާ މާ ރަނގަޅުވާނެ.. އެކަހަލަ މީހުންނާހެދި މި ރާއްޖެ އަޅުވެތިވަނީ..” ދެއަތް މުއްކަވާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެ ޝާކިންއަށްޓަކާ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ނަފްރަތެވެ. އޭނާ ސަލާމަތްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ޝުބާ އަހަރެންނާ ދިމާއަށް ބަލާލިއިރު ރުޅިއައިސްގެން އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. ކުއްލި ހަރަކާތަކާއެކު އޭނާ އަހަރެންގެ މޫނުމައްޗަށް އެތި ފަހަރެއް ވީއްލާލީ ނުވިސްނާ ހުއްޓައެވެ. “އަރޫން މޮޔަވީތަ؟ ޝާކިން އެއީ ތި ބުނާ ކަހަލަ މީހެއް ނޫނޭ! އޭނާއަށް ދިމާވި […]
އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ. ***** އެ ދުވަހުގެ ހަނދާންތަކުން އޭނާ އަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ނިދުމުގެ ބަދަލް ގައި އޭނާ ތެދުވެ ނަމާދަށް ދާން އަވަސްވެގަތެވެ. ————– އަނެއްދުވަހު ހެދުނު އޮފީހަށް ދާން ރާސިލް ތައްޔާރުވަމުން ދިޔަ އިރު އާދައިގެ މަތިން އައިލީޝް އޭނާގެ ހަރަކާތްތަކަށް ބަލަން އިންތަން ރާސިލް އަށް […]
އެއްފައްޗަކަށް އޭނާ ބުނަންބޭނުންވާ ހުރިހައި އެއްޗެއް ބުނުމަށްފަހު ލިވްޔާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސް ދިނުމެއްނެތި ހީނާ މަލްހާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި ލިވްޔާއަށް ހުރެވުނީއެވެ. ހީނާ ދިޔަދިމާއަށް ލިވްޔާ ބަލައިލިއެވެ. ފުންނޭވާއެއްލަމުން ކާކޮޓަރިއަށް ވަނުމެއްވެސްނެތި އޭނާ އޭނާގެ ކޮޓަރިއާއިނދިމާއަށް ހިނގައިގަތީ ވީފޫއްސެއްގެ ބޮޑުކަމުންނެވެ. އޭނާގެ އުޅުމަށް ގޮތްފާޑުކިޔަން ހީނާ އެއީ ކާކު ހެއްޔެވެ؟ އޭނާގެ މައިންބަފައިން ނުކުރިކަމެއް އެހެންމީހަކުވެސް ކުރާކަށް ނުޖެހެއެވެ. ކުޑަހިނދުކޮޅެއްގެެ ތެރޭގައި އޭނާގެ ސިކުނޑިން ހީނާ ކީހުރިހައި އެއްޗެއް […]
“އަދި ހަމަ ފަށައިގަތީ ދޯ…. ރަނގަޅުވާނެ ފަހުން. މަންޖެ އަށް މަ ދޭން އޮތް ނަސޭހަތަކީ މީ އަހަރެމެންގެ ކިޔެވުމުގެ ފަހު އަހަރޭ…. އަޙްޔަދުގެ ނަން ތިހިތުގައި ރަން އަކުރުން ފަވާލާފައި ވިޔަސް ‘ކިޔެވުން’ މި ލަފްޒު އެ ނަން މަތީގައި މާބޮޑަށް ފަވާލައިގެން ހުންނައްޗޭ” ނަސޭހަތެއްދޭ ފަދަ ގޮތަކަށް ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ. ހަވީރުގެ ވަގުތެވެ. ފޫހިކަމެއް ނެތި އުޑުގައި އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުން ދިޔަ އިރު ގެ ބާރު ކެނޑި […]
ދެއެކުވެރިން އެކީގައި ގޮސް ގެއަށް ވަންއިރު، ގޭތެރޭގައިވަނީ މަރުފަދަ ހިމޭންކަމެވެ. ފަސްއަހަރުފަހުން އާދެވުން އިރު އެއްވެސްބަދަލެއް ގެއަށް އައިސްފައިނުވާކަން ލަޔަކް އަށް އިހްސާސްވީނަމަވެސް މިއަދާއި ހަމަޔަށްވެސް ގޭތެރޭގައިވާ ސާފްތާހިރުކަން ހިތަށް ހަމަޖެހުން ގެނުވާހާވެއެވެ. ލަޔަކްގެ މަަންމަ ރަޝްފާއަކީ އަބަދުވެސް ސާފްތާހިރުކަމަށް ލޯބިކުރާމީހަކަށްވުމުން ލަޔަކްވެސް ވަނީ މިރީތިއާދައަށް ހޭނިފައެވެ. ލަޔަކްއާއި ޖައިލަމް ފިޔަވަޅުގެ އަޑުނީއްވާ މަޑުމަޑުން ގޮސް އެކުއްޖެއްގެ ކޮޓަރިއަށްވަނީ ވެފައިވާ ވަރުބައްޔާއެކު ފެންވަރާ ތާޒާވެލައިގެން ނިކުމެ ރަޝްފާއަށް ގޮވަންދިއުމަށް ނިންމާފައެވެ. ވަގުތަކީ މެންދުރުނަމާދުގެ ވަގުތުކަމުން ރަޝްފާއިންނާނީ ނަމާދަށްކަން […]