Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 01

Ushaali Level 710 Stories100 Comments100 Stories500 Comments
March 18, 2018 8 Mins Read
44 Comments

ދަންވަރުގެ ހަމަހިމޭން ވަގުތުތައް ފަހަނައަޅާ ދިޔުމަށްފަހު އާދުވަހަކަށް އިރު އޭގެ ޑިއުޓީ ވަގުތު ފެށެންވާއިރަށް ތައްޔާރުވަމުން ދިޔައިރު އުޑުމަތީގައި ކޮންމެސް ވަރަކަށް ކަޅުވިލާތައް ސައްލާ ކުރަމުން ދިޔައެވެ. އުދަރެހުން އިރުގެ އަލި ދައްކާލުމާއެކު އުޑުމަތީގައި ބޯވެފައިވި ވިލާތައް އަތުކުރި އޮޅާލާ އިރުގެ މަސައްކަތަށް ހުރަސް އެޅުމަށް ތައްޔާރުވިއެވެ. ވީވެސް އެހެންނެވެ. އިރަށް ޖެހުނީ ކަޅު ވިލާތަކަށް ފުރުސަތު ދެމުން އެއްކައިރިއަކަށް ޖެހިލާށެވެ. ގަދަވަޔާއެކު ވާރޭ އޮށްސާލީ ލިބުނު ކާމިޔާބަށް ފަޚްރުވެރިވަމުންނެވެ. އިރުކޮޅަކާއި ކެރިގނޑު ތުނިކޮށްލުމަށްފަހު އަނެއްކާ ވެސް ބޯ ކޮށްލައެވެ. ހީވާގޮތުން ދުނިޔޭގެ ބިންމަތީގައި ފިންޏަށް ބަލިކަށިިވެފައިވި މީސްތަކުންނަށް ހޫނުކޮށްދިނުމަށް ތަހްތަށް އެރުމުގެ ހިޔާލެއް އިރުގެ ނެތެވެ. އެހެނީ ވެހެމުންދިޔަ ވާރެއިންނާއި ކަޅުވިލާތަކުން ދުނިޔޭގެ ހަތަރުފަރާތް ބައްދާލާފައި ވާއިރު އެއީ ކައިރި މުސްތަގުބަލެއްގައި ހުއްޓުމަކަށް އަންނާނެ ކަމެއް ހެނެއް ހިއެއް ނުވޭއެވެ. ވިއްސާރައިގެ ސަބަބުން ބިންގަނޑުގައި ފެންހެދި ވަޅުގަނޑުގަނޑު ހެދިފައި ވިޔަސް ސްކޫލުތަކާއި އާންމުހިދުމަތްދޭ  އެއްވެސް މަރުކަޒެއް ބަންދެއް ނުކުރެއެވެ.

ފަހަރަކަށް ފަހު ފަހަރެއް ވާރޭ ބޯކުރަމުން ދިޔައިރު އައްސޭރިއާބާދުގޭ ކޮޓަރީގައި ނިދާފައި ތިބި އަލްވީރާ އާއި ނަޒީމްގެ ދެދަރިންކަމަށްވާ އައިޝަތު ރިމީޝާ ނަޒީމް އާއި އަޙްމަދު ނާއިން ނަޒީމް ގައިގާ އޮޅާލައިގެން އޮތް ބޯރަޖާގަނޑު އިތުރަށް ހަށިގަނޑާލާ ބޮނޑިކުރަމުން ދިޔައެވެ. އިރުއަރާފަ ވިއެއް ކަމަކު ވިއްސާރައިގެ ސަބަބުން އެއްވެސް އަލިކަމެއް ފެންނަން ނެތްއިރު ހީވަނީ އެވަގުތަކީ ވެސް ދަންވަރުގެ ވަގުތެއްހެންނެވެ. ގޯތީގެ އެއްފަރާތުގައި ބަހައްޓާފައިވާ ކަޅު ހަމަށް ސާފު ބޯފެން ނެގުމަށްޓަކައި ފުރާޅުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ނަޒީމަށް އެހީތެރިވެ އަތްގާތް ކޮށްދިނުމަށްޓަކައި އަންހެނުން އަލްވީރާ އުޅުނެވެ. ދެމަފިރިން ވެސް ތެމިފައިވެ ފިނީގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައި ވިޔަސް އެއީ ކުރުން މުހިއްމު ކަމެކެވެ. ތާންގީ ފުރާ ފެންނަގާލެވުނިއްޔާ ބޯފެންކޮޅަށް އެދި އާދޭސް ކުރަމުން އަވަށްޓެރިންގެ ގޭގެއަށް ދާކަށް ނުޖެހޭނެއެވެ. ފިހާރަތަކުން އަގުބޮޮޑުކޮށް ވިއްކާ މިނަރަލް ވޯޓަރ ގަންނަން އަތުގައި ލާރި ހުއްޓަސް އެފައިސާ ވެސް ކޮންމެސް އެހެން ކަމަކަށް ރައްކާ ކޮށްފައި ބެހެއްޓޭނީ ތާންގީ ފުރާ ފެން ނެގުމުންކަން އެދެމަފިރިންނަށް ވެސް އެނގޭއެވެ.

“ވީރާ ދޭ ކުދިންނަށް ގޮވަން މިހާރު ހައެއް ޖަހަން އުޅޭނެ. މިނިމުނީ މިކަންތައް” ފުރާޅު މަތީގައި އެންމެފަހުގެ މަސައްކަތް ކުރަމުން ދިޔަ ނަޒީމް ތިރީގައި ހުރި އަލްވީރާ އަށް ބަލާލަމުން ބުނެލިއެވެ. ލައިގެން ހުރި ހައުސްކޯޓްގެ ފަސްބައިގާ ހިފާ ކުޑަކޮށް މައްޗަށް އަރުވާލަމުން އަލްވީރާ ގޭތެރެއަށް ވަންނަން ހިނގައިގަތީ ދެއަތުން ހައުސްކޯޓްގެ ފަސްބައިގަ ހުރި ފެންތައް ފެލަމުންނެވެ. ސިޓިންގްރޫމް އެއްފަރާތު މަތީ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ބަލާލިއިރު ހައެއް ޖަހަން އަދި ފަސްމިނިޓް ހުއްޓެވެ. އެހެންކަމުން އަލްވީރާ އިހަށް އޭނާގެ ކޮޓަރިއަށް ވަދެލީ ތެމިފައިވާ ހެދުން ބަދަލުކުރުމަށެވެ.

އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން އަލްވީރާ އެންމެ ފުރަތަމަ ގޮސް ވަނީ ފިރިހެން ދަރިފުޅު ނާއިން ގެ ކޮޓަރިއަކަށެވެ. އަލްވީރާ ކޮޓަރިއަށް ވަތްކަން ނާއިން އަށް އެނގުމުން އިތުރަށް ރަޖާގަނޑުން ހަށިގަނޑު ފޮރުވާލިއެވެ. ނާއިންގެ އެއަމަލުން އަލްވީރާ އަށް ހެވުނެވެ.

“މަންމަ އަށް އެބަ އެނގެއޭ ދަރިފުޅު ހޭލާ އޮތް ކަން. ތެދުވޭ. ހައެއް ޖަހައި ފަސްމިނިޓް އެވީ. އަވަސްކުރޭ…..” އަލަމާރިން ނާއިންގެ ޔުނީފޯމް ނަގާ އަލަމާރީގެ ތަޅުގައި އަޅުވާލަމުން އަލްވީރާ ދެން މަސައްކަތްކުރީ ނާއިންގެ ބުރުހަށް ބޭސް ޖަހައިދިނުމަށެވެ.

“ނާއީ…. ތެދުވާށޭ…. ހެޔޮ ކިތަންމެ ވިއްސާރަޔަސް ދަރިފުޅު ވާނެ ސްކޫލަށް ދާން… އަވަހަށް ތެދުވޭ……” އަލްވީރާ ނާއިންގެ ގައިމަތިން ރަޖާގަނޑު ދަމައިގަންނަމުން ބުނެލިއެވެ.

“މަންމަ އަބަދުވެސް ބުނަމެއްނު ފަތިސްނަމާދަށްފަހު ސްކޫލަށް ދާން އޮންނަ ދުވަހެއްވެއްޖިއްޔާ ނުނިދާށޭ… ދަރިފުޅު ނާހާނެ ވިއްޔާ މަންމަ ބުނާ ބަހެއް. ދޮންތަ ނުނިދާނެ މަންމަ އެހެންބުނީމަ”  ރަޖާގަނޑު ފަތްޖަހާލަމުން ނާއިން އޮތް ސިންގަލް ބެޑްގެ އެއްފަރާތުގައި ބާއްވާފައި ކޮޓަރިން ނިކުންނަން ދިޔައީ ނާއިން އަށް ދެން ނުނިދޭނެވަރު ކޮށްފައެވެ.

“މަންމާ މަންމާ!!! ހަމަ ދެންމެ ޕްރިންސިޕްލް ގުޅައިފި. ބުނީ ވިއްސާރަކަމުން މިއަދު ކިޔެވުމެއްނެތޭ…..” އެނދުން ފުންމައިގެން ތެދުވެ ހުސް ބޮކްސާކޮޅުގައި ހުރި ނާއިން ދޮރުން ނިކުންނަން ދިޔަ އަލްވީރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އެހެންތަ؟ ނާއި ތިހެން ބުނީމަ މަންމަ މިހަނދާންވީ. ހަމަ ދެންމެ ކަންނޭނގެ މަންމަ އަށް ވެސް އެގުޅީ… ބުނީ ނާއި އަށް ގުޅުނީ އޮޅިގެންނޯ. މިއަދު ކިތަންމެ ވިއްސާރަޔަސް ކިޔެވުން އޮންނާނޭ… އެހެންވީމަ ބޭކާރު ވާހަކަނުދައްކާ ދޭ ފާޚާނާ އަށް” ނާއިންގެ ހޭވިފައިހުރި ބޮލުގެ އިސްތަށިތައް އިތުރަށް ހާވާލަމުން އަލްވީރާ ނިކުމެ ކޮޓަރި ދޮރުލައްޕާލިއެވެ.

“ޝިޓް…. ވާރޭ ވެސް ވެހެން އެނގޭނީ ސްކޫލު އޮންނަ ދުވަސްތަކުގައި… ހިތަށް އަރާ ކިޔަވާ ނިމޭނީ ކޮންދުވަހަކުންބާއޭ……” އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔަ ނާއިން ހަރުގައި އޮތް ތުވާލި ހިފައިގެން ގޮސް ފާޚާނާ އަށް ވަނީ ދެން އިތުރު ގޮތެއް ނެތިގެންނެވެ.

ހަލުވި ކަމާއެކު ދެކުދިން ތައްޔާރުވެގެން އަންނަން ވާއިރަށް ދެކިރުތަށި ގިރާލުމަށްފަހު ކެއުމަށް ހާއްސަކޮށްފައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ތައްޓަކަށް ދެތިން ޖޯޑް ފާރޮށި ލިއެވެ. ވެހެމުންދާ ވާރޭގެ ސަބަބުން ގޭތެރޭގައި ފިނިހިފާލާފައި ހުއްޓަސް ކާމޭޒާއި ދިމާލުގައި މަތީގައި ހުރި ފަންކާ އަލްވީރާ ޖަހާލީ ކުދިން ސައިބޯން އަންނަން ވާއިރަށް ސައިތަށި ކުޑަކޮށް ހިހޫ ކޮށްލުމަށެވެ.

“މަންމާ!! ފަންކާ ނިއްވަބަ. އަޅެ ހާދަ ފިންޏޭ…. ފެންވެރީ ވެސް އެހާ ހާލުން. ވަޅުގައި ހުރި ފެން ހާދަ ފިންޏޭ މަންމާ” ކަކުލުން ތިރިއަށް ހުރި ހުދު ޔުނީފޯމްގައި ހުދު ކުލައިގެ ސްޓާކީނަށް އަރައިގެން އައި ރިމީޝާގެ އަތުގައި ހުރި ފޮތްތައް ވަކިން ހުރި ގޮނޑިމަތީގައި ބަހައްޓަމުން ކާމޭޒު ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

“މަންމާ!! ކޮބާ ނާއީ… ހަގަޑި ބައިވަނީ… އަދި ދައްކާނުލާ” ސައިތަށިން ކޯވަރެއް ބޯލަމުން ރިމީޝާ އޭނާގެ މަންމަ އަށް ބުނެލިއެވެ.

“ކީކޭ ބުނާނީ ދަރިފުޅާ. އަންހެނަކަށް ވުރެ އެސޮރުގެ ތަތްކަން ގަދަވާނެ. އަޅެ ފިރިހެންކަށް ވީމަ ތައްޔާރުވާން އެހާ ލަސްވޭތަ” ހެނދުނުގެ ސަޔަށް ރޮށި ފިހެން ފުށްގަނޑުު މޮޑެން ހުރި އަލްވީރާ ނާއިންގެ ކޮޓަރިއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ތެޅެމުން ފޮޅެމުން ކޮޓަރިން ނިކުމެގެން އައި ނާއިން މޭޒުކައިރީގައި ކޮޅަށް ހުރެ ކިރުތަށި އެއްނޭވައިން ދަމާލިއެވެ.

“ސާބަސް ނާއި އަށް. ތަތްކަމުން މިހީވަނީ އަންހެނެއްހެން”  ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލަމުން ރިމީޝާ ބަލާލީ އޭނާގެ ކޮއްކޮ ނާއިން އަށެވެ.

“ސޮރީއޭ ދޮންތާ… ފާޚާނާތަށި މަތީގައި އިންދާ ނިދުނީ. ހޭލެވުނީ އަނެއްފަރާތު ފާޚާނާއިން ބައްޕަ ކަރުކެހިލީމަ. މަންމާ! މިއަދު ކިޔަވާދޭގޮތަށްތަ އޮތީ” ނާއިން ފޫހިވެފައި ހުރެ އާފުރިލަމުން އަލްވީރާ އަށް ބަލާލަމުން އަހާލިއެވެ. ރިމީޝާ ކައިރިއަށް ހިނިއައެވެ.

“އަހާނެއްނު. ދެންމެ ސްޕަރވައިޒަރ މެސެޖް ކޮށްފައި އޮތީ. އެގެއެއްގައި ތިބި ކުދިންގެ އަދަދަށް ވާރޭ ކުޑަ ހަމަނުވާ ގޭގޭ ކުދިން ސްކޫލަށް ނަޔަސް އެންމެ ރަނގަޅޯ. ފިލާވަޅުތައް ފަހުން ހޯދަދޭނަމޭ” ނާއިން އެހެން ބުނުމުން ދުރުގައި ބޫޓަށް އެރެން އިން ރިމީޝާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނުހޭން ހުއްޓަސް އަލްވީރާ އަށް ވެސް ހެވުނެވެ.

“އެހެންތަ! އެއީ ވާރޭ ކުޑަ ހަމަނުވާ ގޭގެއެއްނު. މިގޭގައި ހަތަރު މީހުން ތިބިއިރު އެބައޮތް ހަ ކުޑަ. އެވަރު ރަނގަޅުވާނޭ ކިޔާފައި ދެންމެ ބައްޕަގެ ފޯނަށް ސްޕަރވައިޒަރ ގުޅި” ކޮޓަރިން ނިކުމެގެން އައި ނަޒީމް އަތުގައި އޮތް ތިން ކުޑަ ކާމޭޒުގެ އެއްފަރާތުގައި ބާއްވަމުން ބުނެލިއެވެ. ދެން ބުނާނެ އެއްޗެއް ނެތިގެން އަނގަ ހަދާލާފައި ނާއިން ބޯކަހާލިއެވެ. ރިމީޝާ އާއި އަލްވީރާ ހެވިފައި ނާއިން އަށް ބަލަން ހުރިއިރު މޭޒުކައިރީގައި އަތުކުރީގައި ގަޑިއަޅަން ހުރި ނަޒީމް ވެސް އޭނާގެ ސަމާސާ ބައި ބޮޑު ފިރިހެން ދަރިފުޅަށް ބަލާލީ ހެވިފައެވެ.

“މަންމަމެން އޯކޭ ނަޔަސް… ޒޯ އެއަންނަނީ. އަޅުގަނޑު ދާނީ ޒޯ އާއި އެކީގައި” މައިދޮރުން ބޯދިއްކޮށްލިއިރު ބޮޑު ކުޑައެއްގައި އެގެއާއި ދިމާލަށް އަންނަމުން ދިޔަ ރިމީޝާގެ އެކުވެރި ޒޯހަލް ފެނުމުން އަލްވީރާ އަށް ބަލާލަމުން ބުނެލިއެވެ. ޒޯހަލްގެ ބޯމަތިން ރިމީޝާގެ ބޯ އުފުއްލާލާ މަގުގެ ކޮޅަށް ނަޒަރު ހިންގާލީ އެދިމާލުން އޭނާގެ ދެލޯ ހޯދަމުންއެދާ އިންސާނާ ފެނިލާތޯއެވެ.

ޒޯހަލް އާއި އެކުގައި ރިމީޝާ ދިޔަސް ނާއިން އަށް ޖެހުނީ އެކުގައި ބައްޕަ ނަޒީމް ގޮވައިގެން ދާށެވެ. ސަބަބަކީ އޭނާގެ ރައްޓެހިން އުޅޭގެ ހުންނަނީ އެގެއާއި ވަރަށް ދުރުގައި ކަމަށް ވުމުންނެވެ. ސްކޫލަށް ވަނުމުގެ ކުރިން އަތުގައި އޮތް ކުޑަ ނަޒީމް އާއި ހަވާލުކުރުމަށާއި އެއްކޮށެވެ. ވެހެންމުންދާ ވަރޭ ކުޑަކޮށް ވެސް ތުނިކޮށްނުލާތީ ބައެއް ކުދިން ސްކޫލް ބޫޓް އަތުން ހިފާލައިގެން ދާތަން ވެސް މަގުގެ ބައެއް ތަންތަންކޮޅުން ފެންނަމުން ދިޔައެވެ. ގޭދޮރުން ކުޑަކޮށް ބޯދިއްކޮށްލައިގެން އަލްވީރާ ހުއްޓެވެ. އޭނާ ގޭތެރެއަށް ވަދެ ދޮރު ލައްޕާލީ ތިންބަފައިން މަގުން ލަނބާލީމައެވެ.

އަލްވީރާ އާއި ނަޒީމް އަކީ ކުޑައިރުން ފެށިގެން އެކުގައި އުޅެމުން އައި އުމުރުން އެންމެ ތޭރަ އަހަރުގައި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިފައިވިި ނަމޫނާ ދެމަފިރިންނެވެ. ދެމަފިރިންގެ ކައިވެންޏަށް ޖުމްލަ ތިން ކުދިން ލިބިފައި ވިޔަސް މިވަގުތު ދުނިޔޭގައި ތިބީ ދެކުދިންނެވެ. އުފަން ރަށުގައި މައިންބަފައިންނާއި އެކުގައި ދިރުއުޅުމެއް ފަށައިގެން އުފާވެރި ކަމުގައި ދުވަސްތައް ގުނަމުން ދަނިކޮށް ދެމަފިރިންނަށް ވެސް ޖެހުނީ ވަކި ހިސާބަކުން ލޯބިވާ މައިންބަފައިންނާއި ވަކިވާށެވެ. ރަށަކީ ދެމަފިރިންގެ ވެސް އުފަން ރަށަށް ވުމާއެކު އެރަށުގައި ދެމަފިރިންގެ ވެސް ތިމާގެ މީހުން މަދުން ނަމަވެސް އުޅެއެވެ. ގެއަށް ޒިޔާރަތް ނުކުރި ކަމުގައި ވިޔަސް އަބަދުވެސް އެކަކު އަނެކަކުގެ ހާލު ބަލާ އެކަކު އަނެކަކަށް އޯގާތެރި ބައެއް ކަމުގައި އެމީހުން ވެފައިވެއެވެ.

އައްސޭރިއާބާދު އަކީ ނަޒީމްގެ ބައްޕަގެ ގެއެކެވެ. ދުނިޔޭގައި ނަޒީމްގެ އެއްބަނޑު އެއްބަފާ އިތުރު މީހަކު ނުހުންނާތީ މައިންބަފައިންގެ މަރަށްފަހު ލިބޭ މަދު ލާރިކޮޅުން ނަޒީމް އަށް ވީވަރަކުން އެގެވަނީ ކޮޅަށް ޖަހާ މަރާމާތު ކޮށްފައެވެ. ބޮޑު ގޯއްޗަކާއި ސިޓިންގްރޫމަކާއި އެކު ޖުމްލަ ހަތަރު ކޮޓަރި ހުންނަ އިރު ސަރުކާރުން ކޮންމެ ގެއަކަށް ކަޅު ހަމެއް ހަދިޔާ ކުރުމުން އެ ހަން ބެހެއްޓުމަށް ވެސް ނަޒީމް ވަނީ ވަކިން ތަންކޮޅެއް އަމިއްލަ މަސައްކަތުން ރާނާ ސިމެންތި ޖަހާ ހަދާފައެވެ. އެންމެ ކުރީގައި ގޭގޭގައި ރޭނުމުގެ މަސައްކަތްކުރަމުން އައި ނަޒީމް މިހާރު ރަށުގައި މަސްވެރިކަން ކުރާ އެންމެ ބޮޑު ދޯނީގައި ކެޔޮޅެއްގެ ވަޒީފާއަދާކުރާތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ދިރުއުޅުމުގެ ފެންވަރަށް ބަލާއިރު އެހާ ތަނަވަސް ނުވިޔަސް ތިބި ދެދަރިންނަށް ރަނގަޅަށް ކިޔަވާ ދިނުމަށްޓަކައި ދެމަފިރިން ވެސް ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ދޮށީ ދަރިފުޅު ރިމީޝާ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދާއިރު ނާއިން ކިޔަވަނީ ގުރޭޑް ނުވައެއްގައެވެ. އަލްވީރާ އާއި ނަޒީމްގެ އުނގުތެރެއިން ތަރުބިއްޔަތު ލިބިގަނެގެން ދާދި އެކީގައި ބޮޑުވަމުން އަންނަ ދެކުދިން ވެސް ކިޔެވުމުގައި ރަނގަޅު ނަތީޖާތައް ހާސިލްކުރަމުން ދަނީ އެއްވެސް މީހެއްގެ ފަރާތުން ޓިއުޝަނެއް ނުނަގައެވެ. ދެކުދިންނަކީ ވެސް ހިތްއަލި ދެކުދިންނަށް ވުމީ އެއާއިލާ އަށް މާﷲ ލެއްވި ރަޙްމަތެކެވެ.

 

ދެދުވަސް ފާއިތުވެގެން ދިޔައިއިރު ވެސް ވިއްސާރަ އަލިވެފައި ނުވާތީ މިއަދު ވެސް އެސެމްބްލީ ބޭއްވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ގަޑިއަށް އެކައުންޓް ޓީޗަރ ކްލާހަށް ވަނުމާއެކު ހުރިހާ ކުދިން ކޮޅަށް ތެދުވިއެވެ. ހުރިހާ ކުދިންނާއި ހެނދުނުގެ ސަލާން ކުރުމަށްފަހު ފިލާވަޅައިގެން ކުރިއަށް ދާން ފެށިއެވެ. ދެވަނަ ބަރީގައި ޒޯހަލް ކައިރީގައި އިން ރިމީޝާ ފަސްއެނބުރި ހުޅުވާފައި ހުރި ކުޑަދޮރުން ފެންނަން  ހުރި ކްލާހަށް ބަލާލިއެވެ. ދެން ފެނުނީ ރަކި  ހީލުމަކަަށްފަހު އަލުން ބޯޑަށް ބަލާލި މަންޒަރެވެ.

“ސާބަސް” ރިމީޝާގެ ކޮނޑުގައި ޖަހާލަމުން ހީލާފައި ޒޯހަލް ވެސް ބުނެލިއެވެ. ޒޯހަލް ވެސް އެނބުރި ބަލާލިއިރު އަރިމަތީ ކުލާހުގައި ހުޅުވާފައި ހުރި ކުޑަދޮރުން ފެންނަން އިން ގުރޭޑް 10އެސް ގައި ކިޔަވާ ސްކޫލް ކެޕްޓަން އަޙްޔަދު ފާޑަކަށް ހެވިފައި އިނެވެ. ޒޯހަލް ހީލަމުން ދެފަރާތަށް ބޯތަޅުވާލާފައި އަލުން ފިލާވަޅަށް ސަމާލުކަން ދިނެވެ. މަޑުމަޑުން ކްލާސް ފެށިގެން ކުރިއަށް ދާއިރު ދެކްލާހުގައި ތިބެ ލޮލާއި ލޮލުން އަޙްޔަދު އަދި ރިމީޝާ ދިޔައީ ލޯބީގެ މެސެޖްތައް ބަދަލުކުރަމުންނެވެ. ރިމީޝާގެ އެހަރާކާތްތަކަށް ކަޅި އަޅާލައިގެން އިނީ ކްލާސް އެންމެ ފަހަތު ބަރީގައި ތިބި ފަސްވަރަކަށް ކުދިންގެ ގުރޫޕަކުންނެވެ.

އިންޓަރވަލް ރަނގަބީލާއެކު ހުރިހާ ކުދިން ކުލާސްތަކުން ނިކުމެ ބޮޑުއަކުރުން ‘ނިކުންނަ’ ޖަހާފައިވާ ގޭޓާއި ދިމާލަށް ދާތަން ފެންނަން ފެށިއިރު ހީވީ ގިނަ ދުވަސްތަކެއް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ބަކަރި ތަކެއް ކޮށިން ދޫކޮށްލި ހެންނެވެ. ޑެސްކް މަތީގައި ހުޅުވާފައި ހުރި ފޮތްތައް ދަބަހަށް އަޅަމުން ރިމީޝާއާއި ޒޯހަލް ވެސް ކްލާހުން ނިކުމެ ގޭޓާއި ދިމާލަށް ދާން ފެށިއެވެ.

“ވަރަށް ފޫހިވޭ. މަގޭ ހިތަށް އަރާ މި މީހުން މިތަނަށް އަންނަނީ ކިޔަވަންބާއޭ. ނޫނީ ބިޓު ކަޓުވަންބާއޭ” އެންމެފަހުން ކުލާހުން ނިކުމެގެން އައި ޒޯހަލް އާއި ރިމީޝާ އަޑު އައި ދިމާލަށް ބަލާލިއިރު ވެސް އެއީ ކާކުގެ އަޑެއްކަން އެނގުނެވެ. ހަތަރުކުދިންގެ ގުރޫޕްގެ އެންމެ ކުރީގައި ހުރި އަޒާ ތުންގަނޑު އޫ ކޮށްލުމުން ރިމީޝާ އާއި ޒޯހަލް އަށް އެއްކޮށް ހެވުނެވެ.

“މިސް ޖޭ” ޒޯހަލް ރިމީޝާގެ އަތުގައި ހިފައިގެން ހިނގުން ބާރުކޮށްލީ އިތުރަށް އަޒާމެން ރުޅިއަރުވާލާފައެވެ.

“އަހަރެން ބުނާނީ އާޒްގެ ހިތުގައި ތިވާ އެއްޗެއް އަވަހަށް އަޙްޔަދު ކައިރީގައި ބުނާށޭ. އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ” ޒޯހަލް އާއި ރިމީޝާ އެކީގައި ނިކުމުގެން ދިޔަ މަންޒަރު ބަލަން ހުރި ވިދާ އަޒާގެ އަތުގައި ކޮށްޓާލަމުން ބުނެލިއެވެ. ވިދާ އާއި އެއްބައިވުމުގެ ގޮތުން ބާކީ ތިބި ތިން ކުދިން ވެސް ބޯޖަހާލިއެވެ.

“އަހޫ ކައިރީގައި އަހަރެންތަ ކުރިން ބުނަންވީ. އަހަރެން ބަލާލާ ގޮތުން ވެސް އަހޫ އަށް އެނގޭނެ ދޯ އަހަރެން ހިތުގައި އޮތް އެއްޗެއް. އެހެންނޫނަސް އަހޫ ވެސް މިހާރު އެ ރިމީޝާ އަށް ބަލާނީ ނިކަން ވަރަށް ލޯބިން. އަހޫ ލައިކްވަނީ ރިމީޝާ އާއި ކަންނޭނގެ. ވަރަށް ފޫހިވޭ” ރުޅި އައިއްސާ އަޒާ ހިނގައިގަތުމުން އޭނާގެ ބައިވެރިން ވެސް ފަހަތުން ހިނގައިގަތެވެ.

 

ދެތިން ތެޔޮޖެހީ ރޮށި ތައްޓަށް ކޮށާލުމަށްފަހު ނާއިންގެ ތަށި ކައިރިކޮށްލަމުން އަލްވީރާ ޖެހުނީ އަށިމަތީގައި ގާނާފައި ބެހެއްޓި ހުނިތަށި ބަލައެވެ. ހުންޏާއި ލުނބޯ ހުތް ޖަހާފައި އެއަށް ތެއްލި މިރުހެއް ފިތާލިއެވެ. އެއަށްފަހު ތަށި ކައިރީގައި އަރިއަށް ކޮށާލާފައި އޮތް ދެތިން ފިޔާފޮތި ބޭއްވުމަށްފަހު ސަމްސަލެއް ލުމަށްފަހު ނާއިން ކައިރީގައި ކާންފަށަން ބުނަމުން އަލްވީރާ ދެން ޖެހިލީ އުނދުންމައްޗަށް އުދާފައި ހުރި ސައިކުރާ ކައިރިއަށެވެ. ފޯރީގައި ކަމުން ދިޔަ ރިމީޝާ ނާއިން އާއި ދިމާލަށް ބަލާލިއެވެ. އެހެން ދުވަސްދުވަހު މަޖާވެފައިި ވާހަކަތަައް ހުސްނުވާ ނާއިން މިވަގުތަށް މަންމަންވެފައި އިން ކަހަލައެވެ.

“މަންމާ!!! އަޅުގަނޑު ބުނީ އިރުއެރީ ރަނގަޅު ކޮޅުންތަ؟” ރިމީޝާ އެހެން ބުނި އަޑަށް ޖޯޑަށް ސައި އަޅަން ހުރި އަލްވީރާ ރިމީޝާ އަށް ބަލާލިއެވެ. އަދި ހަމަ އެހާ އަވަހަށް ކުރަން ހުރި މސައްކަތަށް ސަމާލުކަން ދިނީ ޖޯޑު ފުުރި ސައި ބަންޑުން ވެދާނެތީއެވެ. އެހެންކަމުން ރިމީޝާ ދެއްކި ވާހަކައިގާ ވާނުވާ އަލްވީރާ އަށް ނޭނގުނެވެ.

“އާނ!! ދަރިފުޅާ ރަނގަޅަށް އިރުއެރީ…. ހުޅަނގު ފަރާތުން އިރުއަރާނީ ގިޔާމަތްވާން ކައިރިވީމައެއްނު” އަލްވީރާގެ ޖަވާބުން ރިމީޝާ އަމިއްލަ ބޮލުގައި ޖަހާލިއެވެ. ނުވިސްނާ ހުރި އަލްވީރާ އަށް ރިމީޝާ ބުނަން އުޅުނު އެއްޗެއް ނުވިސްނުނީއެވެ. ރިމީޝާއަށް ހެވުނެވެ.

“މަންމާ!!” ރިމީޝާ ގޮވާލުމާއެކު އަލްވީރާ ބަލާލިއެވެ. އެވަގުތު ރިމީޝާ އިޝާރާތުން ހިމޭންކަމާއެކު ކާން އިން ނާއިން އަލްވީރާ އަށް ދައްކާލިއެވެ. އަލްވީރާ ހީލަމުން ދެސައިޖޯޑު ހިފައިގެން އައިސް ރިމީޝާ އާއި ނާއިން ކައިރީގައި ދެފަރާތުގައި ބަހައްޓާލިއެވެ.

“މަންމާ!! މިއަދު އިންޓަރވަލް ފަހުން ކިޔަވާނުދޭ… ކޮންމެސް ރަށަކުން ބައެއް އަންނާތިއޯ….” ރިމީޝާ އެހެން ބުނީ އަލްވީރާ އަށް ބަލާލަމުން އެއްލޯ މަރާލާފައެވެ.

“އަސްލުވެސްތަ ދޮންތާ…. ޔޭ….. ކައިގެން ދާނީ އަޑޭމެން ގެއަށް. މިއަދު އޮންނާނީ މުބާރާތް ނިންމުން. މިއަދުގެ މެޗުން އަޑޭ ބަލިކޮށްލާނަން. ނަސީބެއްނު ކިޔަވާނުދޭކަން. މިއަދު އިންގްލިޝް ޓެސްޓެއް އޮންނާނެ ވާހަކަ ސަރ ބުނީމަ އެކަމާއޭ މި ވިސްނާލީ…. ރަނގަޅަށް އެވީ” މިވީހާއިރު ހިމޭނުން އިން ނާއިން އަށް ދިރުމެއް ލިބުނު ކަހަލައެވެ. އަލްވީރާ ދެފަރާތަށް ބޯތަޅުވާލިއެވެ. ކޮޓަރިން ނިކުމެގެން އައި ނަޒީމް އަށް އެތަނުގައި ވީ ކަންތައް ނަގައިގަނެވުމުން ހީލާފައި އައިސް ނާއިން އާއި ދިމާލަށް ހުރި ގޮނޑި ދުރުކޮށްލާފައި އިށީނެވެ.

“ވީރާ!! ދެންމެގަ މަގޭ ފޯނަށް ގުޅަނީ ނާއީ ގެ އިނގިރޭސި ޓީޗަރ. ބުނީ ނާއީ ކައިރީގައި ބުނާށޭ ކިޔެވުން ވެސް އެބައޮތޭ. ޓެސްޓް ވެސް އެބައޮތޭ….” ނަޒީމް އެހެން ބުނުމުން ކައި ނިމިގެން ޒިންކު ކައިރީގައި އަތް ދޮންނަން ހުރި ރިމީޝާ ހިނި ފަޅައިގެން ދިޔައެވެ. ރިމީޝާ ހޭތަން ފެނި އަލްވީރާ އަށް ވެސް ނުހީ ނުހުރެވުނެވެ. ހެމުން ދިޔައިރު އަލްވީރާ ދިޔައީ ނަޒީމްގެ ތައްޓަށް ރޮށި ފިލުވަމުންނެވެ. ހުރިހާ މީހުން ހޭތަން ފެނި ނާއިންގެ އަނގަ ހުތްވިއެވެ. އެންމެން އޭނަ މޮޔަހެއްދީ ކަން އެނގި އަމިއްލަ އަށް ރަކި ނުވާންވެގެން އޭނަ ވެސް ހީހެދިއެވެ.

“މިފަހަރު ތި ޓެސްޓަކުން ދަރިފުޅު އެންމެ މަތިން ނުގެނައިއްޔާ ވަރުގަދަ އަދަބެއް ދޭނަން” ނާއިންގެ ކަންފަތުގައި ހިފާލަމުން އަލްވީރާ ބުނެލިއެވެ. ނަމަވެސް ތަދުނުވާނޭހެން ލޯތްބާއެކުގައެވެ.

“ސްކޫލަށްދާން ފަރުވާކުޑަކުރާ ވެސް ކުއްޖެއްނޫނޭ މީ. އެކމަކު އަބަދުވެސް މިކަހަކަ ގޮތަކަށް ވާހަކަ ހުންނަނީ” އަލްވީރާ ނާއިން އަށް ބަލާލަމުން ބުނެލިއެވެ. އޭރު ކޮޓަރިން ނިކުމެގެން އައި ރިމީޝާ އިންޓަރވަލް ފަހުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މާއްދާތަކުގެ ފޮތްތައް ހިފައިގެން އައިސް މޭޒު ކައިރީގައި ހުއްޓެނީއެވެ.

“ނޫން އަސްލު މަންމާ ވީގޮތަކީ އިންގްލިޝް ސަރ ތަންކޮޅެއް މައްޗަށް ބެގީ ޖަހާފައި ހުރެގެން އަޅުގަނޑަށް ވަރަށް ބޮޮޑަށް ހެވުނީ. އެހެންވެ އެދުވަހު ސަރ އަޅުގަނޑަށް ވަރަށް ގިނައިން ލޯއެޅި. އެގަޑި ނިމެންދެން އަޅުގަނޑު ހުންނަން ޖެހުނީ ކުލާހުން ބޭރުގަ” އަސްލު ކަންވީގޮތް ނާއިން ހުރިހާ މީހުންނަށް ކިޔާދިނެވެ. އޭރު ވެސް ރިމީޝާ އަށް ހެވެނީއެވެ.

“ދަރިފުޅާ ނާއިން. އެހެން ދެން މީހުންނަށް މަލާމާތް ނުކުރައްޗެ. ދަރިފުޅު ތިގޮތަށް ކަންތައްކުރީމަ ކިހާ ފިލާވަޅެއް ގެއްލޭނީ. ނޫނީ ދުވަސްކޮޅަކުން މަންމަ އާއި ބައްޕަ ސްކޫލު އޮފީހަށް ދަމަން ފަށާނެ. އޭރުން މަންމަމެން ކިހާ ލަދެއް ގަންނާނެ” ނާއިން އަށް ވިސްނާދޭ ކަހަލަ ގޮތަކަށް އަލްވީރާ ވެސް އަދި ނަޒީމް ވެސް ވާހަކަދައްކަމުން ދިޔައެވެ.

“ދެން އެވަރެއް ނުވާނެ މަންމާ. އަސްލު މިހާރު ވެސް ހިނިއާދޭ ސަރ ހިޔާލަށް ފެނުނީމަ” އަނގައިގަ ހުރި ކާއެއްޗެހިތަކާއެކު އަނެއްކާ ވެސް ނާއިން އަށް ހެވުނެވެ. އެމަންޒަރު ފެނުމުން ރިމީޝާ އަށް ވެސް ނުހީ ނުހުރެވުނެވެ.

 

މަގުގެ އެއްފަރާތުން ޒޯހަލް އާއި އެކުގައި ހިނގާފައި ދިޔަ ރިމީޝާ އިރުކޮޅަކާއި މަގުގެ އަނެއް ފަރާތުން ފިރިހެން ކުދީންގެ ގުރޫޕަކާއެކު ކުރިއަށް ދިޔަ އަޙްޔަދަށް ބަލާލާފައި ހީލައެވެ.

“ސާބަހޭ… އަހަރެންގެ ހިތަށް އަރާ މިދެމީހުންގެ ލަވް ސްޓޯރީ ނިމޭނީ ކިހިނަކުންބާއޭ” ރިމީޝާގެ ކޮނޑުގައި އަތުގައި އޮތް ލޮގް ފޮތުން ޖަހާލަމުން ޒޯހަލް ބުނެލިއެވެ.

“ދެން…. ހާދަ އަވަހަކަށް އަހަރެމެން ލަވް ސްޓޯރީ ނިންމަން ތިއުޅެނީ… ވަރަށް ފޫހިވޭ. އަދި މިއުޅެނީ ވާހަކަވެސް ދައްކާ ނުލެވިގެން. ދެފަރާތުން ފޮނުވާ ސަލާމަކުން ހިތްހަމަޖައްސާލައިގެން މިއުޅެނީ” ޒޯހަލް އަށް ދެލޯ އަޅާލަމުން ރިމީޝާ ފެށި ޖުމްލަ ނިންމާލީ އިރު އެ ތުންފަތުގައި ވަނީ ލަދުވެތި ހިނިތުންވުމެކެވެ.

“އަދި ހަމަ ފަށައިގަތީ ދޯ…. ރަނގަޅުވާނެ ފަހުން. މަންޖެ އަށް މަ ދޭން އޮތް ނަސޭހަތަކީ މީ އަހަރެމެންގެ ކިޔެވުމުގެ ފަހު އަހަރޭ…. އަޙްޔަދުގެ ނަން ތިހިތުގައި ރަން އަކުރުން ފަވާލާފައި ވިޔަސް ‘ކިޔެވުން’ މި ލަފްޒު އެ ނަން މަތީގައި މާބޮޑަށް ފަވާލައިގެން ހުންނައްޗޭ” ނަސޭހަތެއްދޭ ފަދަ ގޮތަކަށް ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ޝީން(ވިހިވަނަ ބައި)

Next

ނޫރު (ފަންސާސްއެއްވަނަ ބައި)

Next
March 19, 2018

ނޫރު (ފަންސާސްއެއްވަނަ ބައި)

Previews
March 18, 2018

ޝީން(ވިހިވަނަ ބައި)

44 Comments!

  1. Ushaali says:
    March 18, 2018 at 11:05 pm

    salaam! ushaly ge 05 vana story ah huriha kudhinnah maruhaba 🙂
    ushaly ge nimidhiya vahaka thakah libunu fadha tharuheebeh mi vahaka ah ves libeyne kamugai ummydhu kuran 🙂
    vahakaiga evves kiyuntheriakah mistake eh fenihjjenama plz faahaga kolladhinun edhen 🙂
    huriha kudhinnah ves varah baajjaveri reygandakah edhen 🙂 🙂 🙂

  2. Fai says:
    March 18, 2018 at 11:07 pm

    U are the best writer

    1. Ushaali says:
      March 18, 2018 at 11:13 pm

      thankyu Fai 🙂

  3. Juvey says:
    March 18, 2018 at 11:16 pm

    Yey ..ushaali is back ..missed you. .mi story vx reethi vaane ??❤??

  4. Ushaali says:
    March 18, 2018 at 11:20 pm

    awwww 🙂 thankyou Juvey…. yes… varah reethi koh gendhan try kuraanan

  5. Mee says:
    March 18, 2018 at 11:23 pm

    omg ushali is back.. yes vrh reethi,, waiting aneh bayah, kon dhuvas thakaku up vaany?

    1. Ushaali says:
      March 18, 2018 at 11:32 pm

      thankyu Mee 🙂 vahaka aa bayeh konme dhe dhuvahakun eh dhuvahu kiyaalan libeyne. insha allah 🙂

  6. Aki says:
    March 18, 2018 at 11:25 pm

    heevey mi vaahaka varah reethi vaane hen

    1. Ushaali says:
      March 18, 2018 at 11:34 pm

      thamkyu Aki 🙂 yes varah reethi vaane. insha allah 🙂

  7. Fai says:
    March 18, 2018 at 11:29 pm

    When next part?

    1. Ushaali says:
      March 18, 2018 at 11:35 pm

      maadhan noon aneh dhuvahu. insha allah 🙂

  8. Lana❤ says:
    March 18, 2018 at 11:58 pm

    V reethi mi bai

    1. Ushaali says:
      March 19, 2018 at 1:47 am

      Thankyu Lana ❤

  9. Riz says:
    March 19, 2018 at 12:03 am

    Yeyyyty…. 1 of the best writer… thnk u ushaali… konme dhuvahaku genesdhehchey

    1. Ushaali says:
      March 19, 2018 at 1:48 am

      Thankyu Riz ❤

  10. alu says:
    March 19, 2018 at 12:14 am

    YAYY!! ur back..v ufaa vehjje ushaage new story eh fenunyma /<3

    1. Ushaali says:
      March 19, 2018 at 1:48 am

      Awww… Thankyu alu ❤

  11. Raai says:
    March 19, 2018 at 12:19 am

    Ahyadhu kiyan v undhagooo..
    Ushali aeema but v v happy..

    1. Ushaali says:
      March 19, 2018 at 1:50 am

      Kiyan feshyma faseyha vaane Raai ? n thankyu ❤

  12. Re Hen Dhi says:
    March 19, 2018 at 12:45 am

    Loabi nuvanyaa firumeytha?? ??✌️

    1. Tihkoo Fallu says:
      March 19, 2018 at 1:25 am

      Chakoya kanfaiy mathy ey

    2. Ushaali says:
      March 19, 2018 at 1:52 am

      Yes dear…. loabi nuviyas firumaa myhun ulhey…. ?

  13. Shann says:
    March 19, 2018 at 4:48 am

    Wow v v rythi

  14. Reem says:
    March 19, 2018 at 6:44 am

    Very nice ??

  15. g... says:
    March 19, 2018 at 6:45 am

    Ushaali is back??? naain ulhey goiy haadha majaley dho??vaahaka kiyamun dhiya iru hama hini aadhevey…. hehe….feshun …. hama v salhi❤❤❤

    1. Ushaali says:
      March 19, 2018 at 11:43 pm

      dhw g… 🙂 nain fahun varah serius vaane adhi 🙂

  16. Friends says:
    March 19, 2018 at 9:35 am

    Ushaali ge nw stry eh dhw.ummeedh kuran kuriyah dhaa varakun salhi vaane kamah.kuriy stry thahha .loabi nuveyas firumaa goih balaalan friends vess mihuriy.haha.stry kiyamun dhiya iru hama hindhaa nuleve.e haa majaa .keep it up.waiting 4 nw part.have a great day.???

    1. Ushaali says:
      March 19, 2018 at 11:42 pm

      yes Friends ushaali ge new story eh mee varah reethi vaane insha allah 🙂

  17. Mariyam Ubaid says:
    March 19, 2018 at 11:30 am

    Reethi

    1. Ushaali says:
      March 19, 2018 at 11:40 pm

      thankyu dear 🙂

  18. Pinky shifoo says:
    March 19, 2018 at 2:36 pm

    V reethi ❤️❤️❤️… Ushaali ge last story v v v reethi ???… I like that ???… I haven’t comment for that bt I read the whole story ???.. Ummeedhukuran v reethi v kiyaahihvaane fadha vaahaka akah vaane kamah ???… Eagerly waiting for the next part ☺️☺️☺️… Lots of love and take care ❤️❤️????????

    1. Ushaali says:
      March 19, 2018 at 11:39 pm

      awwwww. thankyu so much Pinky shifooo 🙂 🙂 mi vahaka kiyaalache nimendhen. varah reethi koh genesdheynan. insha allah 🙂

  19. Swety says:
    March 19, 2018 at 3:54 pm

    Ushalii. ….vvvv reethi vaahaka takeh kiyuntherinna hama ah genes dheefi. ….mi vaahaka ves v reethi vaane kamah ummeedhu kuran

    1. Ushaali says:
      March 19, 2018 at 10:45 pm

      thankyu Swety 🙂 insha allah. mi vahaka varah reethi vaane

  20. Niu says:
    March 19, 2018 at 7:43 pm

    V reeethi
    ????

  21. Ahmed says:
    March 19, 2018 at 8:46 pm

    ?❤️ Vrh reethi

    1. Ushaali says:
      March 19, 2018 at 10:43 pm

      thanks Ahmed 🙂

  22. Xee says:
    March 19, 2018 at 9:59 pm

    Kon kahala nanthakehtha alhe? Rimeesha ah sure ramsha, nuny rimsha kiyan v ehnu.. Dhn ah’yad ah vure ayyad ves Mââ reethi.. Kiyaalan faseyha nanthakeh v ma bunely.. Story reethi

    1. Ushaali says:
      March 19, 2018 at 10:42 pm

      thanks Xee 🙂 ushaali akah hiyeh nuvey rimeesha mi namakee kiyan undhagu nameh hen. ramsha noony rimsha kiyaa gothah hama rimeesha ves kiyene dhw. ekamu ahyadh kiyan undhagu vedhaane kan ushaali igaboolu kuran. e varah nukiyaa kahala nameh v ma. next partun feshigen ahyadh ge name change koh dheynan. insha allah 🙂 and thanks for the commnet 🙂

  23. veeraa says:
    March 21, 2018 at 12:42 pm

    feshun v reethi.. waitn 4 nxt prt. ummydhu kuran reethi vaane kamah n thnk u ushh.

  24. ކުއްޖަ says:
    March 22, 2018 at 12:14 pm

    ފަޑަ ބޯ ކަހަލަ ވާހަކަ ނުލިޔަބަ

  25. Ary says:
    May 12, 2018 at 4:29 pm

    Ushaalhi dear…I am the girl who commented at the part of 37… So I am going to read it…. I am going to one of ur biggest fan…will comment after reading it…..love u ushaali dear..♥

  26. Ary says:
    May 12, 2018 at 4:51 pm

    Ushaali dear v salhi mi part…keep it up adhi mi kiyan feshy fashaagen… sorry for that..I will be in ur side forever…love us story…mi story ninmaafa…ushaali he aneh 4 story vs kiyaalaanan…♥♥

  27. Ary says:
    May 12, 2018 at 4:54 pm

    Kiyevumah iskan dheynvaany furathama….u knw wat I have a bf…and I am in grade 8

Comments are closed.


All Right Reserved!