Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (16)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 17, 2018 6 Mins Read
60 Comments

ރުޅިވެރި ނަޒަރަކުން ލިވްޔާ މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އޭރު މަލްހާ ހުރީ އޭނާގެ ފޮށި ނަގައިގެން އަލަމާރީގައިހުރި އޭނާގެ އަންނައުނުތަށް ފޮށްޓަށް އަޅާށެވެ. “ދޮންތާ ޔޫ އަރ ނޮޓް ޑުއިންގް ރައިޓް. އަހަރެން އަދި އަންނާނަން. އެނބުރިއަންނާނަން. އަހަރެންގެ މިފަޟީހަތުގެ ބަދަލު ހިފާނަން. ޖަސްޓް ވެއިޓް އެންޑް ވޮޗް.” މަލްހާއާާއި ދިމާއަށް ބަލަންހުރި ލިވްޔާގެ ހިތުގައިވިއެވެ. އެއާއެކު ނުލަފާ ހިނުތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ.

** ** **

އެރޭ ފަތިހުފުރި ދޯނިން މަލްހާ ލިވްޔާ ރަށަށް ފޮނުވައިލިއެވެ. ކަންކަމާއި ވިސްނައިވިސްނައި ބޯގޮވައިފައިހުރިވަރުން އެވާހަކަތައް އާބިދާ ގާތުގައި ފަހުންބުނާނީއޭ ހިތައި މަލްހާ އެކަން ފަސްކޮށްލީ ފަހަރެއްގައިވެސް އެއީ އޭނާއަށްހެދޭ ގޯހެއްކަން އިހުސާސުނުވާ ހާލުގައެވެ. ލިވްޔާ ދޯންޏަށް ލުމަށްފަހު މަލްހާ އައިސް ގެއަށް ވަތްއިރު ސިޓިންގް ރޫމްގައި މަލްހާގެ އިންތިޒާރުގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ރާއިދް ހުއްޓެވެ. މަލްހާ ފެނުމާއެކު އޭނާގެ މޫނަށް ރާއިދް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ.

ކުރިމަތީގައިހުރި ރާއިދާއި ދިމާއަށް ބަލައިލުމެއްވެސްނެތި މަލްހާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ފަހަތުން ލަސްހިނގުމެއްގައި ރާއިދްވެސް ދިޔައެވެ. “މަލް.” ކޮޓަރިއަށް ވަތް މަލްހާގެ އަތުގައި ހިފައިލަމުން ރާއިދް ގޮވައިލިއެވެ. “ޚަބަރުދާރު. އަހަރެންގެ ގައިގައި އަތްނުލާތި. އަހަރެން ރާއިދާއި ދޭތެރޭ އެފަދަގޮތަކަށް ކަންތައްނުކޮށް މިހުންނަނީ ރާއިދްއަށް މައާފުކުރީތީއޭ ހީނުކުރާތި. އަހަރެން މިހުރިހައި ކަމެއްވެސް މިކުރަނީ އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެމެން ވަކިވެއްޖެނަމަ އެކުޑަ ދަރިފުޅުގެ ހިތަށްކުރާނެ އަސަރު އަހަރެންނަށް އިހުސާސުވާތީ.” ފެންކަޅިވެފައި ރާއިދާއި ނަޒަރު ސީދާކޮށްލަމުން މަލްހާ ބުނެލިއެވެ. “ރާއިދް އަހަރެމެންގެ ދަރިފުޅާ ދޭތެރޭ ނުވިސްނިއަސް އަހަރެން އަހަރެމެންގެ ދަރިފުޅާއި ދޭތެރޭ ވިސްނަން.” އެހެންބުނެލުމަށްފަހު އިސްޖަހައިލަމުން މަލްހާގޮސް ކުޑަ އެނދުގައި ނިދިފައިއޮތް ޒީވާން ގާތުގައި މަޑުކޮށްލިއެވެ. އެމައުސޫމު މޫނަށް ބަލަހައްޓައިގެން މަލްހާއަށް ހުރެވުނީއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތައްވެސް ހިފަހައްޓަން އޭނާ ބޭނުންނުވާފަދައެވެ.

މަލްހާ އާާއި ދިމާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ރާއިދް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުޖެހުނުއަޑަށް ދެލޯމަރައިލަމުން ފުންނޭވާއެއްލުމަށްފަހު މަލްހާ ފަސްއެނބުރި ބަލައިލިއެވެ. ރާއިދްގެ ހިލަމެއްނެތުމުން އޭނާ ދިޔައީކަން މަލްހާއަށް އިނގުނެވެ. ވަގުތުން ރޮއިގަންނަމުން ހުރިދިމާލުގައި މަލްހާއަށް އިނށީދެވުނެވެ. އެއާއެކު ގިސްލަގިސްލާފައި މަލްހާއަށް ރޮއިގަނެވުނެވެ. އެހިތަށް އިތުރަށް ކެތްނުވީއެވެ. މުޅިކޮޓަރީގައި މަލްހާގެ މަޑުގިސްލުމުގެއަޑު ހިފައިފައިވީއިރު ދޮރުކައިރީގައި އެއަޑުއަހަންހުރި ހީނާގެ ދެލޮލުންވެސް ހޯސްލައިފައި ކަރުނަފައިބަމުންދިޔައެވެ.

** ** **

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޓީީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައި އާބިދާ އިނެވެ. އެވަގުތު ގޭގެ ދޮރު ހުޅުވައިލިއަޑަށް އާބިދާ އެދިމާއަށް ބަލައިލިއެވެ. ފޮށި ހިފައިގެން މަޑުހިނގުމެއްގައި ގެއަށް ވަދެގެންއައި ލިވްޔާ ފެނުމުން އާބިދާގެ ދެބުމަގޮށްޖެހިގެން ދިޔައެވެ. ހައިރާންކަމާއެކު ޓީވީގެ އަޑު މަޑުކޮށްލަމުން އޭނާ އިންތަނުން ތެދުވެ ލިވްޔާއާާާއި ދިމާއަށް ފުންނަޒަރަކުން ބަލައިލިއެވެ.

“ލިވީ ދަރިފުޅާ.” ލިވްޔާއައިސް ގޭތެރެއަށް ވަނުމާއެކު އާބިދާއަށް ގޮވައިލެވުނެވެ. “މަންމާ.” ބާރަށް ރޮއިގަންނަމުން ލިވްޔާ ދުވެފައިކަހަލަގޮތަކަށްގޮސް އާބިދާގެ ގައިގައި އޮޅުލައިގަތެވެ. އެއަޑަށް ކޮޓަރީގައިއޮތް ސަލީމްވެސް އަވަސްއަވަހަށް ބޭރަށް ނުކުތެވެ. އާބިދާގެ ގައިގައި ބައްދައިލައިގެންހުރެ ރޮމުންދިޔަ ލިވްޔާ ފެނުމުން ސަލީމްވެސް ހައިރާންވިއެވެ. އެމީހުން ލިވްޔާ ކިޔެވުމަށްޓަކައި މާލެ ފޮނުވުމުން އޭނާ އެނބުރިއެއައީ ކީއްވެހެއްޔެވެ؟ ކިޔެވުން އަދި ނިމުނީކީވެސް ނޫނެވެ.

“ދަރިފުޅާ ހުއްޓައިލައިފައި ބުނެބަލަ މަންމަމެންގާތު ވީގޮތެއް. ތިގޮތަށް ވީގޮތެއްނުބުނެ ދަރިފުޅު ރޮއިމަ މަންމަމެން ކަންބޮޑުވާނެވަރު ނޭނގޭތަ؟” އެދެމީހުން ގާތަށް އައިސް ހުއްޓިލި ސަލީމްގެ މޫނަށް ބަލައިލަމުން އާބިދާ ބުނެލިއެވެ. ސަލީމް ނިތްއަރުވައިލީ ކިހިނެއްވީތޯ އަހައިލުމުގެ ގޮތުންނެވެ. އާބިދާވެސް ދެކޮނޑު އަރުވައިލަމުން ލިވްޔާ ގޮވައިގެންގޮސް ސޯފާގައި އިނށީދެލިއެވެ.

އިސްޖަހައިލައިގެން ރޯންއިން ލިވްޔާ ވަށްކަޅިން އާބިދާ އާއި ސަލީމްގެ މޫނަށް ބަލައިލިއެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުމާއި ހާސްކަމުގެ ފައިދާ ނަގަން އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

“ދަރިފުޅު ވީގޮތެއް ނުބުނަންޏާ މަންމަ ދެން ޖެހޭނީ ދޮންތައަށް ގުޅާފައި އަހަން.” ލައިގެންހުރި ހައުސްކޯޓުގެ ޖީބުން ފޯން ނަގަމުން އާާބިދާ އެހެން ބުނުމާއެކު ނޫނެކޭ ކިޔައި ލިވްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. “ދަރިފުޅާ. ދެން ތިރުއިން ހުއްޓައިލައިފައި ބުނެބަލަ.” ލޯތްބާއެކު ލިވްޔާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް ފުހެލަމުން ސަލީމް ބުނެލީ އޯގާތެރިއަޑަކުންނެވެ.

ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލަމުން ލިވްޔާ އޭނާގެ ޕްލޭނާއި އެއްގޮތަށް އަމަލުކުރަން ފެށިއެވެ. ހުރިހައިކަމެއްގައި މަލްހާ ގޯސްކުރަމުން ދެއްކި ވާހަކަތަކުގެ ސަބަބުން އާބިދާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ވަގުތުން މަލްހާއަށް ގުޅަން އުޅުނު ނަމަވެސް ލިވްޔާ އާދޭސްކުރަން ފެށުމުން އެކަންނުކޮށް އާބިދާ މަޑުޖެހިލިއެވެ.

“ބަލަ އޭނާއަކަށް އެގެއިން ލިވްޔާއެއް ނުނެރެވޭނެ. އަދި ލިވީގެ ކިޔެވުންވެސް ނިމުނީއެއްނޫނޭ. އެހަކަށްދުވަހު ގެންދިޔައީ. މިހާރު ގެއިންނެރެ އެއްލައިލީ. ހުރެބަލަ ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭނަން. ލިވީ ދަރިފުޅު ހިތްދެރަކުރާނެ ކަމެއްނެތް. މަންމައާއެކުގައި ދެން އެންމެ އަވަހަށް ފުރާ އެއްޗަކުން މާލެދާން ތައްޔާރުވޭ. ދަރިފުޅުގެ ދޮންތައެއްކަމަކު ކަންތައްއެކުރީ ރަނގަޅަކަށްނޫން. އެއްގޮތަކަށްވެސް ދެރަވާނެކަމެއްނެތް.” ލިވްޔާގެ ކޮނޑުގައި އަތުންފިރުމަމުން އާބިދާ ބުނެލި ޖުމުލަތަކާއެކު ލިވްޔާގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ މިފަހަރު ހުއްޓައިލާނީ މަލްހާގެ ކިބައިން ބަދަލު ހިފައިފައެވެ. ރާއިދަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާގެ ހައްގެކެވެ. އޭނާ މިފަހަރު މަލްހާއަށް އެކަން ސާބިތުކޮށްދޭނެއެވެ.

** ** **

އަތުގައިއޮތް ފޯނަށް ބަލަހައްޓައިގެން މަލްހާ އިނީ ހައިރާންވެފައެވެ. އާބިދާއަށް ގުޅައި ގުޅައިވެސް އޭނާ ފޯނެއް ނުނެގިއެވެ. ލިވްޔާ ފޮނުވާލަން ޖެހުނު ސަބަބު ބުނެދެން އޭނާ ގުޅާތާ މިހާރު ދެދުވަސްވީއެވެ. ނަމަވެސް އާބިދާވެސް އަދި ސަލީމްވެސް އޭނާގެ ފޯނަށް ޖަވާބުނުދިނުމުގެ ސަބަބުން އެކަންވަނީ ނުވެފައެވެ.

އިރުކޮޅަކު ފޯނަށް ބަލަންއިނުމަށްފަހު މޭޒުމަތީގައި ފޯން ބާވައިލަމުން މަލްހާ ކުރިމަތީގައިހުރި ކޮމްޕިއުޓަރގެ ސްކްރީނަށް ނަޒަރު ހުއްޓައިލީ ގަޑިޖެހެންވާއިރަށް ޔާނިކް އޭނާ އާއި ހަވާލުކުރި މަސައްކަތް ނިންމުމުގެގޮތުންނެވެ. ދެދުވަހު އޮފީހަށް ސަލާމް ބުނުމަށްފަހު މަލްހާ އޮފީހަށްއައީ މިއަދުއެވެ. ފާއިތުވެދިޔަ ދެދުވަހު އޭނާ އާއި ރާއިދާއި ދެމެދުގައިވަނީ ނުތަނަވަސްކަމުގެ ބޯފާރެއް ލެވިފައެވެ. ކިތަންމެ ލޯބިވީނަމަވެސް ރާއިދަށް މައާފުކުރަން މަލްހާއަށް އުނދަގޫވާނެއެވެ. އަލުން އަނބުރައި އެއިތުބާރުކުރެވޭނެކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ރާއިދް އެކުރީ ކުޑަކުށެއްނޫނެވެ. އެކަން މަލްހާގެހިތުން ދުވަހަކުވެސް ފުހެވިގެނެއްނުދާނެއެވެ.

ނިތުގައި އަތުން ފިރުމައިލަމުން މަލްހާ ގޮނޑީގައި ލެގިލިއެވެ. އެވަގުތު ކެބިންގެ ދޮރުގައި މީހަކު ޓަކިޖަހައިލިއަޑުއިވުމުން މަލްހާ ހަށިގަނޑު ތެދުކޮށްލަމުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. ހުޅުވިގެންދިޔަ ދޮރުން އެތެރެއަށްވަތް ނޫރާ ފެނުމުން މަލްހާ އިސްޖަހައިލީ ގަތްލަދެއްގެ ބޮޑުކަމުންނެވެ.

“މަލް.” ދެއަތްދެއަތާއި މޮޑެމުން ނޫރާ މަލްހާއަށް ގޮވައިލިއެވެ. “ނޫ. އާދޭ މިތާ އިނށީދެލަން.” އޭނާގެ މޭޒު ކައިރީގައި ހުސްކޮށްހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން މަޑުމައިތިރި އަޑަކުން މަލްހާ ބުނެލިއެވެ. މަޑުހިނގުމެއްގައި އައިސް ގޮނޑީގައި އިނށީދެލި ނޫރާއިނީ ކުށްވެރިއަކު ފަދައިން އިސްޖަހައިގެންނެވެ. ނޭނގި ނަމަވެސް އެކުވެރިޔާގެ ހިތުގައި ޖެހޭފަދަކަމެއް ކުރެވުމުން ނޫރާވެސްއިނީ ދެރަވެފައެވެ. އެދެމެެދުގައި އޮތް ދުރުކަން ވާހަކަދައްކައިގެން ހައްލުކުރަން ނޫރާ ބޭނުންވެއެވެ.

“ބިޒީތަ؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނޫރާ އަހައިލިއެވެ. “ނޫން. ބިޒީއެއްނޫން. ބްރޭކްގަޑި އެއްނު.” އަތުކުރީގައިއޮތް ގަޑިއަށް އަވަސް ނަޒަރެއްދެމުން މަލްހާ ބުނެލިއެވެ. ނޫރާއިނީ މިއަދު ހެނދުނު މަލްހާ އޭނާ ފެނިލުމުން ހަމައެކަނި ހިނިތުންވެލައިފައި ދިޔަގޮތުން ދެރަވެފައެވެ. ކޮންމެހެނެއް ހަދައިފައި ނަމަވެސް އޭނާގެ އެކުވެރިޔާ އަނބުރައި ހޯދަން ނޫރާ ބޭނުންވެއެވެ.

މަލްހާ އެހެންކަންތައްކުރީ އޭނާއަށް ނޫރާ އާާއި މުރިމަތިލާނެހައި ހިތްވަރު ނުލިބުމުންނެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންތައްކޮށް ނޫރާ ދެރަކޮށްލުމުގެ ނިޔަތުގައެއްނޫނެވެ. ނޫރާ އާއި ދޭތެރޭގައި ކަންތައްކުރެވުނުގޮތުން މަލްހާއިނީ ދެރަވެ ލަދުގަނެފައެވެ.

“އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ؟” ތުންފަތުގައި ދަތްއަޅައިލަމުން ނޫރާ އަހައިލިއެވެ. އެއަޑުގައިވި ހިތާމަވެރިކަމުން މަލްހާގެ ހިތުގައިވެސް ޖެހުނެވެ. ކުރެވެމުންދިޔަ ކުށްވެރި އިހުސާސާއިއެކު މަލްހާގެ ދެލޯ ކަރުނުން ފުރުނެވެ.

“ނޫން. އަހަ.. އަހަރެން.” ބުނަންބޭނުން ކިތަންމެވާހަކައެއްހުރި ނަމަވެސް އެވާހަކަތައް ދައްކާނެ ގޮތެއް މަލްހާއަކަށް ނުވިސްނުނެވެ. “އިޓްސް އޯކޭ. އަހަރެންނަށް މައާފުކުރޭ މަލް. އަހަރެން.. އަހަރެން އެވާހަކަތައް ދެއްކީ އެއްގޮތަކަށްވެސް މަލް ދެރަކުރާކަށްނޫން.” އިނގިލީގައިއޮތް އަނގޮއްޓިއާއި ކުޅެމުން ނޫރާ ބުނެލިއެވެ.

“ނޫ ނުޖެހޭނެ އަހަރެންގެ ކިބައިން މައާފަށް އެދޭކަށް. ކުށްކުރީ އަހަރެން. ނޫ އެއްނޫން. އެހެންވީމަ މައާފަށް އެދެންވެސް ޖެހޭނީ ޚުދު އަހަރެން. ނޫ އަހަރެންނަށް މައާފުކުރޭ. ވިސްނައިނުލާ އަހަރެންނަށް އެރޭގައި ނޫ އާ ދިމާއަށް ހަޅޭލެވުނީ.” ވާހަކަދައްކަމުންގޮސް މަލްހާގެ އަޑު ބެދޭގޮތްވުމުން އޭނާ ހުއްޓައިލިއެވެ. އޭރު ނޫރާވެސްއިނީ މަލްހާގެ މޫނަށް ބަލަހައްޓައިގެންނެވެ.

“އިޓްސް އޯކޭ މަލް. އަހަރެން އަންޑަރސްޓޭންޑްވެއޭ. މަލްގެ މަގާމުގަ އަހަރެން ހުރިނަމަވެސް އެފަދަ ވާހަކައެއް އަޑުއިވުނީމަ ހަމައެހެންކަންނޭނގެ ކަންތައްކުރާނީ.” މޭޒުމަތީގައިއޮތް މަލްހާގެ އަތުގައި ހިފައި ކުޑަކޮށް ފިތައިލަމުން ނޫރާ ބުނެލިއެވެ.

“އެދުވަހު.. އެދުވަހު ނޫގެ ވާހަކަތައް އަހަރެންނަށް ގަބޫލުކުރެވުނުނަމަ.” ފެންކަޅިވެފައިއިނދެ މަލްހާ ނޫރާއާއި ދިމާއަށް ބަލައިލިއެވެ. ހައިރާންކަމާއެކު ނޫރާ މަލްހާގެ މޫނަށް ބަލައިލަމުން އޭނާގެ ގޮނޑި މަލްހާއާއި ގާތްކޮށްލިއެވެ.

“މަލް. ހުރިހައިކަމެއް ރަނގަޅުތަ؟” މަލްހާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ނޫރާ އަހައިލިއެވެ. “ނޫން.” ގިސްލަ ގިސްލައިފައި ރޮއިގަންނަމުން މަލްހާ ހުރިހައި ވާހަކައެއް ނޫރާއަށް ކިޔައިދިނެވެ. ދެލޯބޮޑުކޮށްލައިގެން މަލްހާއާާއި ދިމާއަށްބަލަން ނޫރާއަށް އިނދެވުނީ އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައެވެ.

މަލްހާގެ ކެބިންގެދޮރުމަތީ އެހުރިހައި ވާހަކައެއް އަޑުއަހަންހުރި ޔާނިކް ހުރީ ގަނޑުވެފައެވެ. ގިސްލައިރޮމުންދިޔަ މަލްހާގެ އަނގައިން ނުކުތް ކޮންމެ ޖުމުލައަކާއެކު ޔާނިކްގެ އަތް މުށްކެވިގެންދިޔައެވެ. އެދެލޮލުން އަލިފާންކަނި ބުރަމުންދިޔައިރު ރާއިދާއިމެދު ޔާނިކްގެ ހިތް ނަފުރަތުން ފުރުނެވެ. އޭނާއަށް ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވާންވެސް ރާއިދަށް ނޭނގުނީހެއްޔެވެ؟ އެމީހުންގެ ލޯބީގެ ނިޝާނެއް މިދުނިޔޭގައި ހުރިކަންވެސް ރާއިދް ހަނދާންނެތުނީހެއްޔެވެ؟ މަލްހާގެ ހާލަތާއިމެދުގައި ޔާނިކްއަށް ހަމްދަރުދީވެވުނެވެ. ލޯބިން އެކަރުނަތައް ފުހެލައިދެވޭނެނަމައޭ ޔާނިކްގެ ހިތަށް އަރަމުންދިޔައެވެ. އެނިކަމެތި އަންހެންކުއްޖާ އޭނާގެ އަތުގެތެެއަށްލައި ބޮނޑިކޮށްލަން ޔާނިކްގެ ހިތްއެދުނެވެ. އެހެނަސް..

ކެބިންގެ ދޮރާއިދިމާއަށް އަންނަމުންދިޔަ ފިޔަވަޅުތަކެއްގެ އަޑުއިވިފައި ތެޅިގަންނަމުން ޔާނިކް ބާރުހިނގުމެއްގައި އޭނާގެ ކެބިންއަށްގޮސް ވަނެވެ. ގޮނޑިއަށް ވެއްޓިގަންނަމުން އިސްތަށިގަނޑުގައި އަތުން ހިފަހައްޓައިލަމުން މޭޒުމަތީގައި އެއްއަތުން ޖަހައިލީ އަދިވެސް މަލްހާގެ ގިސްލުމުގެއަޑު އެކަންފަތްކައިރީގައި ގުގުމަމުންދިޔަގޮތުންނެވެ.

މަލްހާއަށް އެތައްހިތްވަރެއްދީފައި އެކެބިންއިންނުކުތް ނޫރާގެ ހިތްވެސްވަނީ ރާއިދާއިމެދުގައި ނަފުރަތުން ފުރިފައެވެ. ހަމައެގޮތަށް ލިވްޔާއާއި މެދުގައިވެސް ނޫރާވަނީ ހިތްހަމަނުޖެހިފައެވެ. ލިވްޔާ ކަންތައްއެކުރިގޮތުން ނޫރާހުރީ ހައިރާންވެ އަންތަރީސްވެފައެވެ. މަލްހާއެއީ އޭނާގެ ދޮނަތްވިއްޔާއެވެ. ޕިސްޕިސް ލައްވައިލަމުން ނޫރާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

** ** **

އެނދުގައިއޮތް ރާއިދްއޮތީ ފޯނުގައިހުރި ލިވްޔާގެ ތަސްވީރުތަކަށް ބަލާށެވެ. ފޮޓޮއަކަށްފަހު ފޮޓޮއެއްބަލަމުންދިޔަ ރާއިދްގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނުއަޑަށް ފޫހިގޮތަކަށް ރާއިދް އެތެރެއަށް ވަދެގެންއައި މަލްހާއާއި ދިމާއަށް ބަލައިލިއެވެ.

އެބެލުމުގައިހުރި ދުރުކަމުން މަލްހާގެ ހިތަށް ތަދުވިއެވެ. އެހެނަސް އެކަން މޫނުމަތިން ނުދައްކައި މަލްހާއައިސް އެނދުގައި އިނށީދެލިއެވެ. އެއާާއެކު ފޯންގެ ސްކްރީން ލޮކްކޮށްލަމުން ރާއިދް އޮތްތަނުން ތެދުވެ ބޭރަށްދާން ހިނގައިގަތެވެ. އެތަންބަލަންއިން މަލްހާާގެ ލޯފެންކަޅިވެގެން ދިއުމާއެކު އޭނާއަށް އިސްޖަހައިލެވުނެވެ.

ކޮޓަރިން ނުކުމެގެންދިޔަ ރާއިދާއި ދިމާއަށް ހީނާ ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެރެއަށްފަހު ހީނާ ރާއިދަކާއި ކޮންމެހެން ދައްކަންޖެހޭ ވާހަކައެއްނޫނީ ނުދައްކައެވެ. މަލްހާ އުޅެމުންދިޔަ ހާލު ފެނުމުން އޭނާއަށްވެސް ރޮވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ރާއިދަށް ވިސްނައިދޭން އޭނާވެސް މަސައްކަތްކުރިއެވެ. އެކަމަކު އޭނާ ދެއްކި އެއްވެސް ވާހަކައެއް ރާއިދް ގަބޫލެއްނުކުރިއެވެ.

“ތީ މިގެއަށް ގެނެސްފައިހުރި ނޯކަރެއް. އެހެންވީމަ އަމިއްލަ ހައިސިއްޔަތު ދަނެގެން އުޅޭ. މިއީކީ ކަލެއާ ބެހޭކަމެއްނޫން. މަލްހާ އެއީ އަހަރެންގެ އަނބިމީހާ. އޭނާއާއި ދޭތެރޭ ކަންތައްކުރާނެ ގޮތެއްވެސް އިނގޭނީ ހަމައަހަރެންނަށް. އެހެންނޫނަސް އަހަރެން މަލްހާދެކެ ލޯތްބެއްނުވޭ މިހާރު.. ވަރަށް އަވަހަށް.. އެކަން އެނގޭނެ.” ރާއިދްގެ ޖަވާބު ހީނާގެ ކަންފަތްބުޑުގައި ތަކުރާރުވަމުންދިޔައެވެ. ރާއިދް އެބުނި ބަސްތަކުގެ މާނަ ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް ވިސްނުނެެވެ. ރާއިދް ރާވަމުންދިޔަ ކަންތަކުގެ ހިލަމެއްނުވާހާލު މަލްހާ ހިތްވަރާއެކު އެކައިވެނި ސަލާމަތްކުރަ މަސައްކަތްކުރަމުންދާތަންފެނި ހީނާ ހަމްދަރުދީވެއެވެ. ނަމަވެސް މިކަމުގައި އޭނާއަށް ވަކިކުރެވޭނީވެސް ކީއްހެއްޔެވެ؟

** ** **

“ބީ ރެޑީ މައި ޑިއަރ ސިސްޓަރ. އައި އެމް ކަމިންގް. މިފަހަރު ދޮންތަ އަހަރެންނަށް ތިދިން ކޮންމެ ކަމެއްގެ ބަދަލުހިފާނަން. ވަރަށް ދުވަހު ކެތްކުރެވިއްޖެ. ދެން ނުވާނެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ނުވާނެ. ޔޫ ހެވް ޓް ލީވް ރާދު. ހީ އިޒް މައިން. ހަމައެކަނި އަހަރެންގެ.” އަތުގައިއޮތް ފޯނުގެ ޑިސްޕްލޭގައިހުރި ރާއިދާއި އޭނާގެ ފޮޓޮއަށް ބަލަމުން ދެފަރާތަށް ހިނގަމުން ލިވްޔާ ބުނެލިއެވެ.

ނުލަފާ ހިނިތުންވުމަކާއެކު ލިވްޔާ އެނދުގައި އޮށޯވެލިއެވެ. އޭނާގެ ޕްލޭން ކާމިޔާބުވާކަށް ދެންމާގިނަދުވަހެއް ނެތެވެ. މަލްހާ ޖެހޭނީ އެމީހުންގެ ދިރިއުޅުމުން ދުރަށްދާށެވެ. އަބަދަށް ދުރަށްދާށެވެ. ހިތްހަމަޖެހުމުގެ ހިނިތުންވުމަކާއެކު ލިވްޔާާ ދެލޯމައިލިއެވެ.

** ** **

“ރާދު.” ކާންހެދުމަށްފަހު ކާގެއިން ނުކުތް މަލްހާއަށް ގެއިން ނުކުންނަންދިޔަ ރާއިދް ފެނުމުން ގޮވައިލިއެވެ. ހުރިތަނުގައި ހުއްޓިލަމުން ހޫން ލައްވައިލި ނަމަވެސް ރާއިދް އެނބުރި މަލްހާއާއި ދިމާއަކަށް ނުބަލައެވެ.

“ކާން.. އަންނަންވީނު.” ހިސާބަކަށް ޖެހިލުންވެހުރެ މަލްހާ ބުނެލިއެވެ. “އުހުނ. ނެތް މިގެއިން ކާހިތެއް. މިދަނީ ފްރެންޑަކާ ބައްދަލުކޮށްލަން. ބޭރުން ކައިގެން އަންނާނީ. މަލްހާ ކަންޏާ ކައިގެންހުރެ. އަހަރެނަަށް އިންތިޒާރުކުރާނެކަމެއްނެތް.” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ހިތްހަމަނުޖެހިފައި ރާއިދް ބުނެލިއެވެ.

“އެކަމަކު.” މަލްހާ ބުނަންއުޅުނު ޖުމުލަ ފުރިހަމަވާގޮތެއް ނުވިއެވެ. “ކިހައި ދެރަކަމެއްތަ؟ މަލްހާއަށް އަޑުނީވެނީތަ؟ ހެޔޮނުވާނެ. ޖަސްޓް ލީވް މީ އެލޯން.” ނުރުހިފައި މަލްހާއާއި ދިމާއަށް ލޯއަޅައިލަމުން ރާއިދް ގޭގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

ރާއިދްގެ ބަސްމަގުހުރިގޮތުން މަލްހާ ހިތުގައި ޖެހުނެވެ. ހިތާއިދިމާލުގައި އަތުން ފިރުމައިލަމުން މަލްހާ ރާއިދާއި ދިމާއަށް ބަލައިލިއެވެ. ނުކުންނަން އުޅުނު ރާއިދް މަޑުޖެހިލީ ގޭގެ ބެލް ޖެހިއަޑަށެވެ. އެނބުރި މަލްހާއާއި ދިމާއަށް ބަލައިލަމުން ރާއިދްގޮސް ދޮރުހުޅުވައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެގެންދިޔައީ ދޮރުމަތީގައިތިބި ބައަކުފެނިފައެވެ.

ހެވިދިލިފައިއިން ލިވްޔާގެ ގާތުގައި އާބިދާއާއި ސަލީމްވެސް ތިއްބެވެ. އަންގައިވެސްނުލާ ކުއްލިއަކަށް ލިވްޔާ އައުމުން ރާއިދްގެ ހިތްއުފަލުން ފުރުނެވެ. ހިނިތުންވެލަމުން އަވަހަށް އެތެރެއަށް އައުމަށް ބުނެލިއެވެ. ތަންކޮޅެއްދުރުގައިހުރި މަލްހާވެސްހުރީ ދޮރުމަތީތިބީ ކޮންބައެއްކަން އެނގެންބޭނުންވެފައެވެ.

ރާއިދްގެ ފަހަތުންވަތް ލިވްޔާ ފެނުމާއެކު މަލްހާގެ ބުމަގޮށްޖެހިގެން ދިޔައެވެ. ހިތްހަމަނުޖެހިފައި އެދިމާއަށް ބަލަހައްޓައިގެންހުރި މަލްހާގެ ހައިރާންކަން އިތުރުވީ ގޭތެރެއަށްވަތް އާބިދާއާއި ސަލީމް ފެނުމުންނެވެ. ވީއުފަލެއްގެ ބޮޑުކަމުން މަލްހާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އޭނާ އެހައި ހިތާމައިގައިވީއިރު އެމަންމަ މަތިން ހާދަހައި ހަނދާންވިއެވެ. މަންމަގެ އުނގުގައި ބޯއަޅައިލައިގެންއޮވެ އޭނާގެ ހިތުގައިވި ޝަކުވާތައް ބަންޑުންކޮށްލަން ބޭނުންވެއެވެ. ދާނެ ރަނގަޅު މަގު އެމަންމަ ދައްކައިދޭނެކަން މަލްހާއަށް ޔަގީންވެއެވެ.

މަންމާއޭ ކިޔައި އެދިމާއަށް މަލްހާ ދުއްވައިގަތެވެ. އެހައިދުވަސްފަހުން އާބިދާ ފެނުމުން އެހިތްވަނީ އުފަލުން ފުރިފައެވެ. ލޯތްބާއެކުގޮސް އާބިދާގެ ގައިގައި މަލްހާ ބައްދައިލިއެވެ. އެހެނަސް އެއްވެސް ހަރަކާތެއް ނުގެނެސް އެހުރިގޮތަށް އާާބިދާ ހުރީއެވެ.

“މަންމެން އަންގައިވެސްނުލާ ތިއައީ. ކީއްވެ އަހަރެން ގުޅީމަ ފޯންނުނަގަނީ؟ ކިހައިވަރަކަށް އަހަރެެން މަންމަމެންނަށް ގުޅިން.” އާާބިދާގެ ކޮނޑުގައި ބޯޖައްސައިލަމުން ކުޑަކުއްޖަކު ފަދައިން މަލްހާ ޝަކުވާކޮށްލިއެވެ. އާބިދާއަށްކެތްވީ އެހިސާބަށެވެ. މަލްހާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ކުއްލިއަކަށް އޭނާގެ ކޯތާފަތްމަތީގައި އާބިދާ ޖެހިއެވެ. އަރައިގަތް ދިލައާއެކުގައި މަލްހާއަށް އޭނާގެ ކޯތާފަތުގައި މަޑުމަޑުން ފިރުމައިލެވުނެވެ. އޭރު ވީތަދުން އެދެލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ.

“މަންމާ.” އޭނާއާއި ދިމާއަށް އަމާޒުވެފައިވާ އާބިދާއާއި ސަލީމްގެ ރުޅިވެރި ނަޒަރުފެނި މަލްހާއަށް ވައިއަޑުން ގޮވައިލެވުނެވެ. އެއްގޮތަކަށްވެސް އާބިދާ އެހެންހަދަންޖެހުނު ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. ހައިރާންވެފައި ރާއިދަށްވެސް އެމަންޒަރުބަލަން ހުރެވުނުއިރު އޭނާގެ ފަހަތުގައި ހުއްޓިލައިގެންހުރި ލިވްޔާގެ މޫނުމަތީގައިވީ މަލާމާތުގެ އަސަރުތަކެވެ. އެތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއިރު ހިތާހިތުން އޭނާ މަލްހާއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންދިޔައެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޝީން(ނަވާރަ ވަނަބައި)

Next

ލޯބިކަން 2

Next
March 18, 2018

ލޯބިކަން 2

Previews
March 17, 2018

ޝީން(ނަވާރަ ވަނަބައި)

60 Comments!

  1. Aki says:
    March 17, 2018 at 6:55 pm

    hama inthizaaru ga huhta thi up kohla… mifaharu first libunee dho mi

    1. Nau says:
      March 17, 2018 at 10:05 pm

      Hehe ya dhw dear.. ?

  2. Nau says:
    March 17, 2018 at 6:56 pm

    Salaam all.. Here is the 16th part.. Hope u all will like this part too.. Point out the mistakes for me.. N enjoy reading.. Nxt part in sha allah tmrw.. Hv a v gud nyt. Ly all❤?

  3. Ibsha says:
    March 17, 2018 at 6:56 pm

    Varah reethi ?❤?❤?❤

    1. Nau says:
      March 17, 2018 at 10:06 pm

      Thanks dear❤

  4. Hashaa says:
    March 17, 2018 at 7:03 pm

    Vvvvv reethi…????

    1. Nau says:
      March 17, 2018 at 10:06 pm

      Thanks dear❤

  5. Queen angela? says:
    March 17, 2018 at 7:17 pm

    Habeys..u r the best…luv u nau.kyp up the good wor??

    1. Nau says:
      March 17, 2018 at 10:07 pm

      Thanks alot dear.. Luv u too❤

  6. Axy says:
    March 17, 2018 at 7:20 pm

    Thanks Nau ? v v reethi
    Hama heevanee film ay balaa levey hen ???????

    1. Nau says:
      March 17, 2018 at 10:07 pm

      Awwn.. Hehe thanks alot my dear❤

  7. Pinky shifoo says:
    March 17, 2018 at 7:37 pm

    Oh nooooo ???… Mal haadha dhervaaney ???… I hate livyaa ???… Mi part vx Maasha Allah v v v reethi ???… Haadha inthizaaru kohfymey mi story kiyaalan libeyne vaguthakah ???… Enme inthizaaru kurevey eh story mee mihaaru ???… I really like it ???… Keep up the good work Nau ???… 2 typing mistakes iny… Dhn ehen mistake eh faahaga eh nuvey ???… I really appreciate your hard work ???… Curiously waiting for the next part ???… Lots of love and take care ??????❤️❤️❤️??????

    1. Nau says:
      March 17, 2018 at 10:08 pm

      Awwwn thank u soooo soooo much dear.. Lots of love n tvgc❤

  8. tom says:
    March 17, 2018 at 7:40 pm

    vhhhh….vvvvv salhi enge nau??????

    1. Nau says:
      March 17, 2018 at 10:08 pm

      Thanks dear❤

  9. Swety says:
    March 17, 2018 at 7:51 pm

    Alhey mall ah ehen nahadhaba pls????haada kiyaahithu indha ey e nimunee?kam vvvvv nice ingey

    1. Nau says:
      March 17, 2018 at 10:08 pm

      Lets see dhw.. Thanks alot dear❤

  10. Shai says:
    March 17, 2018 at 7:52 pm

    Varah reethi ekam thankolheh kuree vedhaane kiyaahithun ineema kamahves
    Waiting for next part

    1. Nau says:
      March 17, 2018 at 10:09 pm

      Hehe may be.. Thanks alot dear❤

  11. Sai says:
    March 17, 2018 at 7:53 pm

    Haadha reehcheyy mi story… hama kiyaa hiyy vanyy… waiting… ❤❤❤

    1. Nau says:
      March 17, 2018 at 10:09 pm

      Awwwn thanks alot my dear❤

  12. Azu says:
    March 17, 2018 at 8:11 pm

    Haadhahaa gotheh neh anhenekey mi livya mee…adhi raidh ves ulhey vahthareh.??..e dhemeehunah rangalhu filaavalheh dheyn vaane ingey….mal fakeeru…
    Mi vaahaka kiyamun dhaairu rulhi gadha vanee…e hama liyuntheriyaage molhukan ingey..ma sha allah…??❤

    1. Nau says:
      March 17, 2018 at 10:10 pm

      Awwwn thank u sooooo much dear.. Hmm lets see dhw. Ekakah dheraeh dhyfa anekakah ufalugaeh noolheveyne dhw.. Lets see wat hppns dhn.. Thanks again❤

  13. Aku says:
    March 17, 2018 at 8:17 pm

    alhe atleast mal ge brother e vaahaka gabool kurbela… LIVYA I HATE U

    1. Nau says:
      March 17, 2018 at 10:11 pm

      Lets see.. Thanks dear❤

  14. Ran says:
    March 17, 2018 at 8:20 pm

    ♥️♥️♥️ V v v v reethi

    1. Nau says:
      March 17, 2018 at 10:11 pm

      Thanks dear❤

  15. Shirufa jamaal says:
    March 17, 2018 at 8:21 pm

    V reethi mi story v touching

    1. Nau says:
      March 17, 2018 at 10:11 pm

      Thanks alot dear❤

  16. Shann says:
    March 17, 2018 at 8:23 pm

    Alhey nau, mal ah haadha dheragothekey thi hadhany… Livyaa kurihoadhy dhw… Dhen raaidh mal divorce kuraany dhw… Yaanik ah kanneynge hama ulhe ulhefa mal libeyny dhw… Haadha aslaa ehgothey… V v rythi mibaives…???

    1. Nau says:
      March 17, 2018 at 10:12 pm

      Hehe my dear.. Lets see dhw vaagotheh.. Thanks alot dear❤

  17. Asha says:
    March 17, 2018 at 8:25 pm

    Now foohi vejje miss vaahaka ah…….. Y abadhu malo ah dhera libeny.. Ash any varah hiyy dhera kujjeh

    1. Nau says:
      March 17, 2018 at 10:14 pm

      Alhey so sry dear.. Sometimes to prepare us for the best blessing of life, Allah will give us difficult tests.. May be thats wats hppnin to mal dhw.. Lets see wat hppns.. Bt abadhu ekakah molhehvx nulibeyne dhw.. Hehe.. So dnt be sad.. Jst kyp waiting.. Btw thanks alot my dear.. ❤

  18. Asha says:
    March 17, 2018 at 8:26 pm

    I mean mi vaahaka

  19. Blue rose says:
    March 17, 2018 at 8:27 pm

    Wow v salhi mi part ves.. waiting for the next….?

    1. Nau says:
      March 17, 2018 at 10:15 pm

      Thanks dear❤

  20. Xxxx says:
    March 17, 2018 at 8:42 pm

    V.nice dear.. waiting.waiting ??

    1. Nau says:
      March 17, 2018 at 10:15 pm

      Thanks alot dear❤

  21. EHLEE says:
    March 17, 2018 at 10:20 pm

    Wow v reetih??

    1. Nau says:
      March 18, 2018 at 4:06 pm

      Thanks dear❤

  22. Luba says:
    March 17, 2018 at 10:39 pm

    Nau livyaa ah knmes gotheh hadhan fehnanii… ? anyway varah furihama masha allah ..

    1. Nau says:
      March 18, 2018 at 4:06 pm

      Aan dhw.. Hehe lets see.. Thanks dear❤

  23. Nanee says:
    March 17, 2018 at 10:43 pm

    Mi story v nice… Yanik ah mal libeynee eyrunn reethivaanee

    1. Nau says:
      March 18, 2018 at 4:07 pm

      Lets see dear.. Thanks alot❤

  24. Hannah says:
    March 17, 2018 at 11:03 pm

    alhey nehyyyyyy
    mal fakeerah thi hen nuhadhabala

    1. Nau says:
      March 18, 2018 at 4:07 pm

      Hehe adhi rangalhu vaane in sha allah.. Lets see.. Thanks dear❤

  25. Chim says:
    March 18, 2018 at 1:29 am

    Story hama v salhi ❤..ehaa olhun bolhun nuve faseyha kamaaeku kiyaalevey mi story I mean koosani vaahaka thah madhu..??..mee v aslaa ehgoiy story eh…eulhey 2myhunnah rangalhu filaavalheh dheynvaane nau..ulhey vahthareh dhen..v reethi vaane nik ah mal libey goiy vehjjiyya..
    keep it up nau ???????

    1. Nau says:
      March 18, 2018 at 4:08 pm

      Awwn thanks alot dear.. Lets see dhw❤

  26. Mee says:
    March 18, 2018 at 2:07 am

    as always habbu.. ekm hyyvani kuruhenn.. alhe please dhigukoh up kohdhechey.. hama kiyaa hiyy vanyy.. maybe kiyaa hithun inyyma kuruhen heevany kanneynge dhw? avahah aneh part up kohdhechey… as always reethi ngey..

    1. Nau says:
      March 18, 2018 at 4:08 pm

      Alhey kurutha.. Hehe.. I made it lng.. Vedhaane ehn kamahvx.. Hehe. Thanks alot my dear❤

  27. Niu says:
    March 18, 2018 at 9:09 am

    V v v reethi

    1. Nau says:
      March 18, 2018 at 4:08 pm

      Thanks dear❤

  28. nuxeesh says:
    March 18, 2018 at 9:21 am

    wow nau haadh molhey dhw. vrh reethi mi story keep it up. waiting for the next part. i luv this story

    1. Nau says:
      March 18, 2018 at 4:09 pm

      Awwn thanks alot dear❤

  29. Ainth shazu says:
    March 18, 2018 at 10:02 am

    Varah salhi

    1. Nau says:
      March 18, 2018 at 4:09 pm

      Thanks dear❤

  30. Shafa says:
    March 18, 2018 at 10:06 am

    Pis pis livya haadha rahum kudaey…mal ah ehn hadhaigeneh nuvaane ehnnu..v foohivey livya dheke??anyways keep going vvv reethi story Masha allah …gud luck and luv you??❤?

    1. Nau says:
      March 18, 2018 at 4:10 pm

      Ur ryt. Asluvx dhw.. Dhn lets see vaagotheh.. Thanks alot dear. Luv u too❤

  31. naal says:
    March 18, 2018 at 4:12 pm

    When next part

    1. Nau says:
      March 18, 2018 at 4:24 pm

      Nw mi up kurany..

Comments are closed.


All Right Reserved!