“އަނިޔާ… މިހާރުވެސް ތިދެނީ ހަމަ އަނިޔާ” އައިލީޝް ކުޑަކޮށް އެނދުން ތެދުވެލާ އިޝާރާތް ކޮއްލިއެވެ. އެއާއެކު ރާސިލް އެ ދިމާލަށް އައި ގޮތުން އޭނަ އަށް މޫނު އަނބުރާލާ ގޮދަޑީގައި މޫނު ޖައްސާލެވުނެވެ. “އަދި އެބަ ޖަދަލުކުރެއެއްނު… ތިއަށް ވުރެ ބޮޑު އަނިޔާއެއް ލިބޭ ހިތުންތަ ތިއުޅެނީ އޭތް” ރާސިލް ހަޅޭއްލަވައިގަތެވެ. އައިލީޝް އިސް އުފުލާލާ ހިޔާލެއް ދެން ނުކުރިއެވެ. އޭނާ ރޯލަ ރޯލާ އޮތީއެވެ. ރާސިލް ގެ ފަރާތުން ރޭ ފެނުނު އޯގާތެރިކަން މިހާރު ކޮބާބާއެވެ. […]
ކުއްލިޔަކަށް އަހަރެން ސިހިގެން ދިޔައީ އަންހެން ކުއްޖެއްގެ ތޫލި ހަޅޭކުގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރުމުންނެވެ. ޔަގީނުންވެސް އެއީ އާޔާ ނޫން އިތުރު އެހެން ކުއްޖެއް ނޫނެވެ. އަހަންނަށާއި އާހިލް އަށް ލިބުނު ހައިރާންކަމާއި ސިހުމާއިއެކު އަޑު އައި ދިމާލެއް ނޭނގިގެން ތިބީއެވެ. ކުއްލިއަކަށް ފެނުނީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބައެއް ސްކޫލް މުވައްޒަފުންވެސް ސްކޫލުގެ ސިޑިއަކާއި ދިމާލަށް ދާތަނެވެ. އަހަންނާއި އާހިލްވެސް އެދިމާލަށް ދުއްވައިގަތީމެވެ. އަދިވެސް އަހަރެމެންގެ ޙައިރާންކަން ނުފިލައެވެ. މީހުންގެ ތެރެއިން އުނދަގުލުން […]
އިބްރާހީމްބެ ނިކާލަށް ގޮވާލައިފައި ފަކީރާއަކާއި ބައްތިތަކެއް ހޯދައިގެން ގެނައުމަށް އެދުނެވެ. އެތަކެތި ހިފައިގެން ބޯގަންވިލާ ގަސް ކައިރިޔަށް ދިޔުމަށް ބުނީ ނިހާގެ ނުތަނަވަސްވެފައިވާ މޫނަށް ބަލާލަމުންނެވެ. އިބްރީސް ނެތިކޮށްލެވޭނެފަދަ ހަތިޔާރެއް އެތަނުގައި ވާނޭކަމަށް އިބްރާހީމްބެ ބުނުމާއެކު ނިހާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންދިޔައެވެ. އިބްރާހީމްބެމެން ގެއިން ނުކުތުމަށް ހިނގައި ގަތުމާއިއެކު ނިހާ ބިރުން ތެޅިފޮޅެން ފެށިއެވެ. އަދި ކަރު ބުޑުން ބިރުވެރި ތޫލި އަޑެއްނެރެމުން ހޭރެންފެށީ ބުރުން ބޭރުވާން މަސައްކަތްކުރަމުންނެވެ. ******** މަރުޖީނާގޭ ސިޓިންގ ރޫމް ސޯފާގައި […]
ހަބަރުހުސްވެގެން ގާސިމް ވެއްޓުމާއެކު ޖައިލަމްއާއި ލަޔަކް ހިތްވަރުކޮށްލާފައި ތެދުވިއިރު ދެމީހުން ތިބީ ސުވާލުތަކަކުން ބަނދެވިފައެވެ. ނަމަވެސް އޭރު ގާސިމްއަށް ވީ ކީއްކަމެއް, ނައީމާއަށް ވީގޮތެއް އެއިން މީހަކަށް ރޭކާވެސް ނުލައެވެ. އެހާބާރުސްޕީޑްގައި އައިސް ކުއްލިއަކަށް މަޑުކޮށްލުމުން ލިބުނު ސިހުމުގައި ޖައިލަމްއާއި ލަޔަކް ހުރީ ގުޑާލަންވެސް ނޭންގިފައެވެ. “ބައްޕަ.. ބައްޕަ އަށް ކީއްވީބާ.. އަނެއްކާ އާޔާގެ ވާހަކަ ބުނީމަ ބައްޕައަށް އެހެންވާންވީ ކީއްވެ.. ބައްޕަ އެހާރުޅިއަންނަ ކުއްޖެއްވީމަ ހިތްހަމަ ނުޖެހުނީކަމަށްވެސް ވެދާނެ.. އެދުވަހު އަހަރެން އާޔާ ކަމުދާ ވާހަކަ […]
” ރަނާ …. ހިނިތުންވެލަބަލަ… މަށަށް ރަނާ އެންމެ ކަމުދަނީ ހީލީމަ…. މަ އަދި އަނބުރާ ރަނާ ކައިރިޔަށް އަންނާނަމޭ…. ޑޫ ރިމެމްބާ .. އައި ލަވް ޔޫ އަ ލޮޓް….” ރަނާ ގެ ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެލަދެމުން އަލްވިން ، ރަނާ އައް ހިތްވަރު ދިނެވެ. ” ރަނާ އަހަރެންގެ އުފަލައް ރަނާ ހުރަސް އަޅަންޔާ އަހަރެން ރަނާގެ ދުވަސްވެސް ދުއްވާލާނަން… ހީކުރީތަ މަށަށް ނުކެރޭނެޔޭ… އެއްގޮތަކައްވެސް އެހެން ހީނުކުރައްޗޭ….” […]
އިރުއިރުކޮޅާ މީހެއްގެ ރުއިމުގެ އަޑު އިވެއެވެ. އެއަށްފަހު ކޮންމެވެސް ބަލި މީހަކު ގެންދާތަން ފެނެއެވެ. ބައެއްފަހަރަށް އެންބިއުލާންސް އެލާމް އަޅާ އަޑުވެސް އިވެއެވެ. ޑޮކްޓަރުންނާއި ނަރުހުން އެކި ކަންކަމުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ޑޮކްޓަރުން ހާސްކަމާއިއެކުއެވެ. އަދި އަނެއްބައި ޑޮކްޓަރުން މަޑުމަޑުން ނިކަން ހަމަޖެހިލައިގެންވެސް އުޅޭތަންވެސް ފެނެއެވެ. އެހެންނަމަވެސް ދޭތެރެއަކުން ނަރުހަކު ނިކަން ބާރަށް ދުވެލައިފައިވެސް ގޮސްފާނެއެވެ. އަދި އިސާހިތަކު ނިކަން އަޑުގަދަވާ ފަހުރުވެސް އާދެއެވެ. މުޅިންވެސް ތަފާތު މީހުންނެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާނުންނާއި ކުޑަކުދިންނެވެ. […]
އިރު އުދަރެހާ ތޮޅެމުން ދިޔައިރު ރަތްވިލާތަށްވެސް ދިޔައީ ބައިވެރިވަމުންނެވެ. ހިތްފަސޭހަ ވައިރޯޅިތަކާއިއެކު ރުކުގެ ފަންތަށް ހެލޭތީ ރީތި ރާގެއް ކުޅޭހެން ހީވެއެވެ. ހިތްތަކަށް ހިތްހަމަޖެހުން ގެނުވައިހައި އެ މާހައުލު ހިތްގައިމެވެ. ނަމަވެސް އޭނާގެ ހިތަށް ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެން ކަމެށް ނޭންގެއެވެ. ޝާހިލް އިނީ ކަރުނުން ދެލޯ ފުރިފައެވެ. އަމިއްލަ ނަފްސުދެކެ ފޫހިވެފައެވެ. އެހެންމީހުންނަށް ބޮޑު އުނދަގުލަކަށް ވެފައިވާކަން އޭނާއަށް ގަބޫލުކުރެވެއެވެ. މިއީ އޭނާގެ ވިސްނުން ހުންނަ ގޮތެއްނޫނެވެ. ހަޔާތުގެ ހަންހާރައާއި އުފަލުން ފުރިފައިވާ ދުވަސްތަށް ވޭތުކުރުމުގެ […]
ދެލޯމަރައިލަމުން ހަމަޖެހިލުމަށްފަހު މަލްހާ އިންތަނުން ތެދުވިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައިގޮސް ކުޑަދޮރުކައިރީގަައި ހުއްޓިލިއެވެ. އެސްފިޔަތައް އުފުލައިލަމުން ކަޅުސާލެއް އޮޅައިލައިގެންވި އުޑާދިމާއަށް މަލްހާ ބަލައިލިއެވެ. ކުދި ޖަވާހިރުތަކެއްފަދައިން ވިދައި ބަބުޅަމުންދިޔަ ތަރިތަކަށް މަލްހާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު ޢަލީ ބިން އަބީ ޠާލިބް ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް މަލްހާގެ ހަނދާނަށް އައެވެ. “ޑޯންޓް ލެޓް ޔުއަރ ޑިފިކަލިޓީސް ފިލް ޔޫ ވިތް އެންޒައިޓީ.. އާރފްޓާރއޯލް އިޓް އިޒް އޮންލީ އިން ދި ޑާރކެސްޓް ނައިޓްސް ދެޓް ސްޓާރސް […]
“ޕްލީޒް… ދެން ހުއްޓާލާ… ކޮންމެ ދުވަހަކު އަހަރެންނަށް ހަނދާންކޮށް ނުދިނަސް އަބަދުވެސް ހަނދާންކުރާނަން ޝިނާން އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް” ޖުމްލައިގެ ފަހު ބައިތައް ކިޔާލިއިރު ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ ދުވަސްތަކެއް ހަނދާންވީއެވެ. “މަންމީ!!!” ދެލޯ ފޮހެމުން ބަދިގެއަށް ވަދެގެން އައި މިޝްކު ފެނުމުން ރިމީޝާ ކުރަން ހުރި ހުރިހާ މަސައްކަތެއް ބެހެއްޓުމަށްފަހު މިޝްކު އުރާލިއެވެ. “އަދި ހަނދާންނެތިފައޭ މިހުރީ. މިރޭ ކެއުމުގައި މިގޭ ވެރިން ބައިވެރިވާނެ. އެމީހުން ހަވީރު […]