އިރު ކޮޅެއް ފަހުން މީހަކު އައިސް ދޮރު ހުޅުވިއެވެ.ދޮރު މަތީ ހުރީ ފިރިހެނެކެވެ.ބަލާ ބެލުމަށް ސާޅީހަކަށް އަހަރުގެ ފިރިހެނެކެވެ.އެ ފިރިހެން މީހާ ފެނުމުން ވިޝާލްގެ ތުންފަތަށް ހިނިތުން ވުމެއް ވެރި ވެގެން ދިޔައެވެ. “ބޭބޭ….ބޭބެ ކިހިނެތްތަ”ވިޝާލް ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮއްލަމުން އަހައިލިއެވެ. “ބޭބެ ރަނގަޅު ދަރިފުޅު ރަނގަޅުތަ…”ހިނިތުން ވުމެއް ވިޝާލް އަށް ރައްްދު ކޮއްލަމުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. “އާމިރޫ…..ކާކުތަ އެ އައީ…”ކުއްލި އަކަށް ފަހަތުން އިވުނީ އަންހެނެއްގެ އަޑެވެ. “އަހަ…ވިޝާލް…. ކޮން އިރަކު މި […]
ހުރިހާ ފިރިހެނުން ކައިނިމިގެން އެތަނުން ތެދުވެގެން ބޭރަށް ނިކުތުމުން އެންމެފަހުން ކާން އިށީނީ ޝަނުމް އާއި އަލްވީރާ އެވެ. ރިމީޝާ މިޝްކު އަށް ކާންދޭން ފެށިތަނާ އަލްވީރާ މާނޫން ގޮތަކަށް ރިމީޝާއަށް ބަލަން ފެށިއެވެ. ރިމީޝާ ކައިރީގައި އެއްޗެއް އަހާލަން އުޅެފައި ވެސް ދެން ބަލާލަނީ ޝަނުމް އަށެވެ. ހީވާ ގޮތުން ދައްކަން ބޭނުންވާ ވާހަކަ އިތުރު މީހަކު ކައިރީގައި އިންދާ ދައްކަން ބޭނުންނުވަނީއެވެ. “ދަރިފުޅާ ރިމީ…” މިޝްކުގެ ބަލީގެ ކަންތައް މިހާރު ކިހިނެއްތަ”؟ އަލްވީރާ […]
ސާދަވިލޭރޭގެ ހަނދުފެނި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ވާހަކަ މީހުން ކިޔާތީ އަޑުއަހާ އުޅެމެވެ. ނަމަވެސް އެހަނދު ފެނުމުން އަހަންނަކަށް އުފާވެރި ކަމެށް ނުލިބެއެވެ. އެ ހަނދު ފެނުމުން އަހަރެންގެ ހިތަށް ލިބެނީ ބަޔާން ކުރަން ނޭނގޭވަރުގެ ހިތްދަތި ކަމެކެވެ. އަހަރެންގެ ހަޔާތުގެ އަދިރި ސަފުހާ ތަކާއި އެ ހަނދާއި ވަނީ ގުޅިލާމެހިފައެވެ. އެ ހަނދު ފެންނަ ކޮންމެފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލައެވެ. އަހަރެންގެ ހަޔާތުގައި އަހަންނަށް ލޯބިވެވުނު ކުއްޖާގެ ހަނދާން ތަކާއި އެހަނދާއި ވަނީ […]
އުޑުމަތި ސާފު ރީތި ދުވަހެކެވެ. ޖެހިލާ މަޑު މަޑު ވައި ރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތުކަމުން އަތިރިމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުންދެއެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނެވެ. ޒުވާން އުމުރު ފުރައިގެ ކުދިންވެސް ވަކި މަދެއް ނޫނެވެ https://espanolviagra.net. ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފާލާމާ ކައިރި ކުރި ލާންޗަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. ލާންޗު ފާލާމާ ކައިރިކުރުމާއެކު ހަތަރު ޒުވާނުން ލާންޗުން ފޭބިއެވެ .ހަތަރު ޒުވާނުންގެ މޫނު މަތިންވެސް ފެންނަނީ […]
“ކޮބާ އާހިލް؟ ވަރަށް ގުޅައިފިން… އެކަމަކު ފޯނެއްވެސް ނުނަގާ..” އަހަރެން އާހިލްގެ މަންމަ ގާތު އެހީމެވެ. “ވެއްޖެ ކަންނޭނގެ ކޮޓަރިތެރޭ… ދޭބަލަ ގޮވާލަން…” އަހަރެން ބޮއުނު ފެންތަށި ހިފައިގެން ދަމުން އާހިލްގެ މަންމަ ދިން ހުއްދައާއިއެއްގޮތަށް އަހަރެން ޢަމަލު ކުރީމެވެ. އާހިލްގެ ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލިއިރު ނަސީބަކުން ކޮޓަރި ދޮރުވެސް ހުރީ ތަޅުނުލައި ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރެ އޮތީ ފަޅަށެވެ. އާހިލް ކޮޓަރީގައި ނެތިއްޔާ ދެން ވީ ކޮންތާކުބާއެވެ؟ އަހަރެން […]
ލައުރާގެ އަޑެއް ބަޑެއް ނީވުމުން ރިއުވީ ބަލާލިއިރު ލައުރާ އޮތީ ނިދާފައެވެ. ރިއުވީ މަޑުމަޑުން އެނދުން ތެދުވެ ލައުރާގެ ގައިމަތީ ބްލޭންކެޓް އަޅައި ދިނެވެ. އަދި ބޮކި ނިއްވާލުމަށްފަހު ރިއުވީ އޭނާގެ ލެޕްއާއި ހެޑްސެޓް ހިފައިގެން އައިސް އެނދުމަތީ އިށީނެވެ. އަދި އޭގައި އެއްޗެހިތަކެއް ޓައިޕް ކުރަން ފެށިއެވެ. ރިއުވީ އިނީ ލެޕްގެ ތެރެއަށް ވަދެވިފައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ލެޕްްއަށެވެ. އެހެން އިންދައި ސިއްސައިގެން ދިޔައީ ކުއްލިޔަކަސް ފޯން ރިންގް ވާ އަޑު އިވުމުންނެވެ. ރިންގް […]
ސިޑިން ފަރިތަކަމާއެކު ފައިބަމުންދިޔަ ޔާނިކް ސިހުނީ ލުތުފީގެ އޯގާތެރި އަޑުންނެވެ. އެތައް ދުވަހަކަށްފަހު ބައްޕަ އެހައި ލޯބިން ގޮވައިލުމުން އުފަލުންގޮސް ޔާނިކްގެ ހިތް ފުރުނެވެ. އެދިމާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ޔާނިކްއަށް އޭނާ ގާތުގައި އިނށީނުމަށް އިޝާރާތްކޮށްލުމުން ކިޔަމަންތެރިކަމާއެކު ޔާނިކް ލުތުފީއާއި ޖެހިގެން އިނށީނެވެ. ޔާނިކްގެ މޫނަށް ބަލަންހުރުމަށްފަހު ހިނިތުންވެލަމުން ލުތުފީ ދުރަށް ނަޒަރު ހުއްޓައިލިއެވެ. “ބައްޕަ އެބައޮތް ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސީރިއަސް ރާގަކަށް ލުތުފީ ބުނެލި ޖުމުލައާއެކު ޔާނިކްގެ ހިތް […]
ހުއްޓުންއަރާފައި ހުރި މަލާކަށް ސިހުންލިބުނީ އަލޫކް ކުކުރާލުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަލޫކްގެ ގާތަށްޖެހިލުމަށްފަހު އިޚްތިޔާރުން ބޭރުގައި މަލާކަށް އަލޫކްގެ ނިތްކުރީގައި އަތްޖައްސާލެވުނެވެ. ކުއްލިއަކަށް އަތްދަމައިގަނެވުނީ އަލޫކްގެ ނިތްކުރި ހޫނުކަމުންނެވެ. މުޅިމީހާއޮތީ ހުންއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަލޫކަށް އެހީވާން ކިތަންމެ ބޭނުން ނަމަވެސް އެފަދަ ވަގުތެއްގައި ދެމީހުން އެތަނުން ފެނުމުން ވެދާނެ ގޮތަކާއި އަބުރަށް ލިބިދާނެ ހުތުރަކަށްޓަކައި މަލާކް ހިތާދެކޮޅަށޤ މަޑުމަޑުން، ފަރުވާތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން މަލާކްގެ ގިޔުޅު އަތުކުރީގައި ހިފުމާއެކު […]
ކާމޭޒު ދޮށުގައި އިން ޔޫސުފް އިނީ މާކިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރު މަލީހާ ތަށިތަކަށް ޖޫސް އެޅުމުގައި އުޅެއެވެ. މިންހާ މޭޒު ކައިރީ އިންނަމަވެސް ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މާއިޝް އޭރު ސިޓިންގްރޫމްގައި ސުކޫލް ފިލާވަޅެއްނިންމުމުގައި އުޅެއެވެ. ކޮޓަރިން ނުކުތް މާކިން ފެނުމާއެކު މާއިޝް ކުރަން އިން މަސައްކަތް ހުއްޓާލަމުން ހިނގައިގަތީ ކާގެއަށެވެ. އެކުއެކީ ވަދެގެން އައި ދެފިރިހެން ދަރިން ފެނުމުން ޔޫސުފް ގެ ހިތަށް ހަމަޖެހުންލިބިގެންދިޔައެވެ. އެހާ ދުވަސް ފަހުން އާއިލާ […]