Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 07

Ushaali Level 810 Stories100 Comments100 Stories500 Comments
March 30, 2018 9 Mins Read
11 Comments

ހުރިހާ ފިރިހެނުން ކައިނިމިގެން އެތަނުން ތެދުވެގެން ބޭރަށް ނިކުތުމުން އެންމެފަހުން ކާން އިށީނީ ޝަނުމް އާއި އަލްވީރާ އެވެ. ރިމީޝާ މިޝްކު އަށް ކާންދޭން ފެށިތަނާ އަލްވީރާ މާނޫން ގޮތަކަށް ރިމީޝާއަށް ބަލަން ފެށިއެވެ. ރިމީޝާ ކައިރީގައި އެއްޗެއް އަހާލަން އުޅެފައި ވެސް ދެން ބަލާލަނީ ޝަނުމް އަށެވެ. ހީވާ ގޮތުން ދައްކަން ބޭނުންވާ ވާހަކަ އިތުރު މީހަކު ކައިރީގައި އިންދާ ދައްކަން ބޭނުންނުވަނީއެވެ.

 

“ދަރިފުޅާ ރިމީ…” މިޝްކުގެ ބަލީގެ ކަންތައް މިހާރު ކިހިނެއްތަ”؟ އަލްވީރާ އަހާލިއެވެ. ކައި ނިމުނު މިޝްކު ގެ ތުންފަތް ކައިރި ފެންފޮދަކުން ރިމީޝާ ފޮހެލުމާއެކު މިޝްކު އިންތަނުން ތެދުވެގެން ގޮސް އެރީ ސިޓިންގރޫމުގައި ހުރި ސަރަންފީ ގޮނޑިއަށެވެ. ރިމީޝާ ދެން ބަލާލީ އަލްވީރާގެ މޫނަށެވެ.

“ނަސީބެއްނު މަންމަ އެހެން ބުނިި އަޑު މިޝްކު އަށް ނުއިވުނުކަން. އިވުނުނަމަ ވަރަށް ދެރަވާނެ. މިހާރު ވެސް ވަރަށް ޝަކުވާ ކުރާނެ” ހީލަމުން ރިމީޝާ ބުނެލިއެވެ.

“މަންމަ ވަރަށް ދެރަވެއްޖެ. މަންމަ ވެސް ހަނދާންނެތުނީ” ޓީވީ އިން ދައްކަމުން ދިޔަ ކާރޓޫނަށް ނަޒަރު ހުއްޓާލައިގެން ހެމުން ދިޔަ މިޝްކު އަށް ބަލާލަމުން އަލްވީރާ ބުނެލިއެވެ.

“ކޮންމެ ތިންމަހަކުން އިންޑިޔާ އަށް ދާންޖެހޭ. މިފަހަރު ޝިނާން ދަނީ ގޮވައިގެން. އަދިވެސް ރަނގަޅެއްނުވޭ. ވަރަށް ބަލައިގެން މިގެންގުޅެނީ. މަހަކު އެއްފަހަރު އިންޖެކްޝަން ޖަހައިގެން މިއުޅެނީ” ރިމީޝާ ދެރަވެފައި ބުނެލިއެވެ.

“ދެރަނުވޭ. ކުރިން ވެސް ޑޮކްޓަރ ބުންޏެއްނު ވަކި އުމުރަކަށް ދިޔައިމަ ރަނގަޅުވާނޭ އެއްކޮށް. އިންޝާﷲ. އެމަންޖެ ވަރަށް އަވަހަށް ރަނގަޅުވާނެ. އެކަލާނގެ އެންމެ އަވަހަށް އިޖާބަ ކުރައްވާ ދުއާ ތަކުގެ ތެރޭގައި ދަރިންގެ މައްޗަށް މައިމީހާ ކުރާ ދުއާ ހިމެނޭ. އެހެންވީމަ ތިގޮތަށް ދުއާ ކުރުމުގައި ދަރިފުޅު ދެމިހުރޭ” ރިމީޝާގެ އަތުގައި ފިރުމާލަމުން އަލްވީރާ ވިސްނާދެމުން ދިޔައެވެ.

 

ދުވާލުގެ ބުރަ މަސައްކަތްތައް ނިންމާ ރޭގަނޑުގެ ފެށުން ފާހަގަކުރުމަށް ހަނދަށް ފުރުސަތު ދެމުން އިރު ދުނިޔެއާއި އަލްވަދާއު ކިޔުމާއެކު ދުނިޔެ އެކީ ވަށާލީ ރޭގަނޑުގެ އަނދިރިކަމެވެ. އިޝާނަމާދު ފަހަނައަޅާ ދިޔައިރު އުޑުމަތީގައި ޖަވާހިރު ކޮޅުތަކެެއް ފަދައިން ތަރިތައް ވިދާ ބަބުޅަމުން ދާއިރު ބަލާލި މީހެއްގެ ހިތަށް ހަމަޖެހުން ގެނުވާނެކަން ކަށަވަރެވެ. ފޫހިކަމެއްނެތި އުޑުގައި އުފާ ފާޅުކުރަމުން ދިޔަ ހަނދު ދުނިޔެ މެދުގައި ޖެހެން އަދި ވަގުތު އޮތް ނަމަވެސް މިހާރު ވެސް އެ ހަނދުގެ އަލިން މުޅި ރަށަށް ފޯރާފައިވީިއިރު އަތިރިމަތީގެ ހުސް ބިމުގައި ކުރިއަށް ދިޔަ ކައިވެނި ޕާރޓީގެ މެހެމާނުނުން މި ހިތްގައިމު މަންޒަރުން އުފާ ލިބިގަންނަމުން ދިޔައެވެ.

އަލަށް ދެމަފިރިންގެ ދުނިޔެއިން ޖާގަހޯދި ނާއިން އާއި އަންޖަލް ފޫހިކަމެއްނެތި ޕާރޓީއަށް އަންނަމުންދާ މެހެމާނުންނާއި ސަލާންކުރަމުން ދިޔައިރު ރަތް ފިނިފެންމަލުން ޖަރީކޮށްފައިވާ ބޮޮޑު ފްލާވަރ ޑްރެސް ގައި މިޝްކު ނާއިން އާއި ވީ ފަރާތުން ހުއްޓިލައިގެން ހުއްޓެވެ. އެހިސާބު ދާދި ކައިރީގައި އާއިލާގެ އެހެން މެންބަރުން ތިބިއިރު އެއިން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. އަބަދުވެސް ކަޅު ހެދުން ލުމަށް އާދަކޮށްފައިވާ ރިމީޝާ މިރޭ ގަޔަށް ހެޔޮވަރުކޮށްފައި ވަނީ ހުދުކުލައިގެ ހަށިގަނޑަށް ކުޑަކޮށް ހިފާލާފައިވާ ފައިތިލަ ކިރިޔާ ނުފޮރުވޭ ވަރުގެ މިޑީއެކެވެ. ޕަރީއެއް ފަދައިން ހެދިލައިގެން ހުރި ރިމީޝާގެ ފުރިހަމަކަން ފެނި އައްޔަދާއި އެކު ދުރުގައި ހުރި ޝިނާންގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާވެސް ނުލައެވެ. ރިމީޝާގެ ނަޒަރު އައްޔަދާއި ދިމާލަށް ހުއްޓޭ ކޮންމެފަހަރު ޝިނާން ނޭނގޭ ކަމަށް ހަދާފައި އެހެންދިމާލަކަށް ކަޅި ހުއްޓާލައެވެ. ނަމަވެސް އެހިތުގައި ނުފިލާ ރިހުމެއް އަބަދުވެސް ހުންނަނީ ހިފާފައެވެ. ރިމީޝާ ހީކުރި ގޮތާއި ހިލާފަށް ބަލާލަން ރިމީޝާގެ ސޫރަ ކިތަންމެ ހިތްގައިމަސް އައްޔަދުގެ ޝައުގުވެރިކަމެއް ރިމީޝާއަށް ނުލިބުނެވެ. އައްޔަދު ބަދަލުވެފައިވާ މިންވަރު ފެނި ރިމީޝާގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ. ރިމީޝާ އާއި އައްޔަދުގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެން ހުރި ޒާއިރާ އޭނާގެ ސިކުނޑީގައި އެއިން ކޮންމެ މަންޒަރެއް ރިކޯރޑް ކުރަމުން ދިޔައެވެ.

ޕާރޓީ ނިމި މީހުން ހުސްވެ ތަން ހަމަހިމޭންވާން ފެށުމާއެކު ދެފަރާތުގެ އާއިލާ މީހުން މަސައްކަތްފެށީ ބޭނުންކުރި ހުރިހާ ސާމާނެއް އެމީހެއްގެ ގެއާއި ހަމައަށް ގެންދިޔުމުގެ މަސައްކަތެވެ. އަންޖަލްގެ ފަރާތުން ދެފިރިހެނުންނާއި ނާއިންގެ ފަރާތުން ނަޒީމް އަދި ޝިނާން އެތަނުގައި މަޑުކުރުރީ މީހުން އެއްކޮށް ހުސްވުމުން އެސަރަހައްދު ސާފުކުރުމަށްފަހު ގެއަށް ދިޔުމަށެވެ. ނިދިފައި އޮތް އައިކު އާއި މިޝްކު ގޮވައިގެން މާކުރިިން ޒާއިރާ އާއި ރިމީޝާ ވަނީ ގެއަށް ގޮަށްސައެވެ. ޝަނުމް އާއި އަލްވީރާ ދިޔައީ ހިނގާފައި ގެއާއި ދިމާލަށް ދިޔަ ނާއިންގެ ދެމަފިރިންނާއި އެކީގައެވެ.

 

މިޝްކު ލައްވާފައި ހުރި ހެދުން ބަދަލުކުރުވާ ބާލީސް މަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ރިމީޝާ ފާހާނާ އަށް ވަދެލީ ނިދުމުގެ ކުރިން ގައިން ތާހިރު ވެލުމަށެވެ. އެއީ އަބަދުގެވެސް ރިމީޝާގެ އާދައެވެ. ނިދުމުގެ ކުރިން ހަށިގަނޑު ފެނުން ދޮވެނުލާ އޭނާ ކައިރިއަށް ނިދި ނާންނާނެއެވެ. ފާހާނާ އިން ނިކުމެ ހެދުން ބަދަލުކޮށް އެނަދަށް އަރަން ތައްޔާރުވަނިކޮށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.

“ދަރިފުޅާ ނިދީތަ؟” ޓަކި ޖެހި އަޑާއިއެކު ބޭރުން އަލްވީރާގެ އަޑު ރިމީޝާގެ ކަންފަތުގައި އައިސް ޖެހުނެވެ.

“މަންމަ. މިގަޑީގަ” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރިމީޝާ ވާހަކަދެއްކީ ފޯނުން ގަޑި ބަލާލަމުންނެވެ. ބާރަ ޖަހަން ދެތިން މިނިޓް ހުރިއިރު އެގަޑީގައި އަލްވީރާ ނުނިދާ އައުމުން ރިމީޝާގެ ހިތުގައި ބިރުވެރިކމުގެ އޮއިވަރެއް ހިނގާލިއެވެ. އެނދާއި ދޮރާއި ދެމެދުގައި އޮތް ކުޑަ ޖާގައިގާ ރިމީޝާއަށް ދެވުނީ ވެސް ކުޑަކޮށް ދުވެލާފައެވެ.

“މަންމާ!! ކަމަކުތަ”؟ ރިމީޝާ ދޮރު ހުޅުވާލިއިރު ނިދާ ހެދުމުގައި ކުރިމަތީގައި ހުރި އަލްވީރާ ފެނުމުން އަހާލިއެވެ.

“ދަރިފުޅު އަދި ނުނިދާނެކަން އެނގޭތީ މަންމަ މިއައީ ކުޑަ ވާހަކައެއް ދައްކާލަން ކަމަށް” އެތެރެއަށް ވަންނަމުން އަލްވީރާ ބުނެލިއެވެ. ރިމީޝާ ހީލިއެވެ. އަދި އަލްވީރާގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަލްވީރާ ރިމީޝާއަށް ކުރިމަތިލީ ނިދާފައި އޮތް މިޝްކުގެ ބޮލުގައި އަތް ހިންގާލާފައެވެ.

“ދަރިފުޅާ! ތީ މަންމަގެ ހުރި ހަމައެކަނި އަންހެންދަރިއަކީ. ދަރިފުޅަށް ކަމެއް ވާތަން ދުށުމަށް މި މަންމައަކަށް ކެތެއްނުވާނެ. އަދި ދަރިފުޅާ ބެހޭ ގޮތުން މީހަކު ނުބައި ވާހަކައެއް ދައްކާ އަޑު އަހަން ވެސް މަންމައަކަށް ކެތެއްނުވާނެ” އަލްވީރާ ރިމީޝާގެ އަތްތިލައިގާ ހިފައިގެން އިނދެ ބުނަމުން ދިޔައެވެ. ފުން ނޭވައެއްލީ ދައްކަން ޖެހޭ ވާހަކައެއްގެ ސަބަބުން ކުޑަކޮށް އުނދަގުކަމެއް އިހުސާސް ކުރެވުމުންނެވެ.

“މަންމަ ބުނަން މިއުޅޭ އެއްޗަކީ ދަރިފުޅާ ޝިނާން ތިހެން ނުއިނދެ އެއް ގެއެއްގައި އުޅެން ޖެހުމުން އެކަމާއި މަންމަ ވަރަށް ބިރުގަނެއޭ. ތިގޮތަށް އުޅުމަށް ވުރެ ދެކުދިން އިނދެގެން ރީތި ގޮތުގައި ވެސް އުފާވެރި އާއިލާއެއް ގޮތަށް އުޅެވޭނެ ދޯ. ދަރިފުޅު މިކަމާއި ކީކެ ބުނާނީ؟” އަލްވީރާ ރިމީޝާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

“މަންމާ!! އަޅުގަނޑު ޝިނާން ދެކެ ލޯތްބެއްނުވޭ. ކުރިން އިން އިރު ވެސް ލޯބި ނުވޭ. އެކަމަކު އެއީ އޯގާތެރި ބައްޕައަކަށް ވެފައި ހިތްހެޔޮ އެކުވެރިއަކަށް ވީތީ ހިތުގައި ގަދަރާއި ހަމްދަރުދީވޭ. އަޅުގަނޑު ކިހިނެއް އިންނާނީ؟ އެނދުން ތެދުވެ އަލްވީރާ އަށް ފުރަގަސް ދެމުން ރިމީޝާ ބުނެލިއެވެ.

“އެކަމަކު ދަރިފުޅާ!!” އަލްވީރާ ވެސް އެނދުން ތެދުވެ ބުނެލިއެވެ.

“މަންމަ އަޅުގަނޑަށް އިތުބާރު ކުރަންޏާ ތިވާހަކަ ނުދައްކާ. އަޅުގަނޑު ފާފައެއް ނުކުރާނަން. އަޅުގަނޑަކީ މާތްﷲ ށް ފުރިހަމަ ތަޢުބާ އަކުން ތަޢުބާ ވެގެން ހުރި އަޅެއް. އަޅުގަނޑު އެގޭގައި މިހުރީ ހަމައެކަނި މިދަރިފުޅަށްޓަކައި. އެކުއްޖާ އާއި ނުލާ އަޅުގަނޑަށް އެންމެ ނޭވައެއް ވެސް ނުލެވޭނެ” އަލްވީރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވެނީސް ރިމީޝާ ވާހަކަދައްކަން ފެށިއެވެ. އަދި އަލްވީރާ އަތުގައި ހިފާލަމުން އަލުން އެނދުގައި ބޭންދިއެވެ.

“ދަރިފުޅު ތިހާ ދުވަސް އެގޭގައި ހޭދަކުރި އިރު ވެސް ކުޑަކޮށް ވެސް ޝިނާން ދެކެ ލޯތްބެއްނުވޭތަ؟ ކީއްވެ ދަރިފުޅާ؟” އިސްޖަހާލައިގެން އިން ރިމީޝާގެ ދަތްދޮޅީގެ ދަށަށް އަތްލައްވާ އިސް އުފުލުވާލަމުން އަލްވީރާ އަހާލިއެވެ.

“މަންމާ! އަޅުގަނޑު ވަރަށް ލޯބިވޭ. އަޅުގަނޑަށް އެހެންމީހަކު ދެކެ ލޯތްބެއްނުވެވޭނެ. އަޅުގަނޑު ބޭނުމީ އޭނަ އާއި އިންނަން. އަޅުގަނޑުގެ އެތެރެހަށީގައި މިވާ ހިތް އެންމެ ޅަ އިރުގައި ވެސް އެދުނީ އެލޯތްބަށް. އަދިވެސް އެދެނީ އޭނަ އަށް. އަޅުގަނޑުގެ ހިތުގައި މިވާ ލޯތްބަށް ކުޑަވެސް ބަދަލެއްނާދޭ. މަންމަގެ ހިތަށް އިހުސާސް ވެސް ނުކުރެވޭ ވަރަށް އަޅުގަނޑު އޭނަ ދެކެ ލޯބިވޭ. ވީއިރު ޝިނާން އާއި އިނދގެން ވަފާތެރިކަންމަތީގައި އަޅުގަނޑު ކިހިނެއް ހުންނާނީ؟ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވިސްނާދޭނީ ކިހިނެއް؟ އަޅުގަނޑު ބޭނުމެއްނޫން ޝިނާން އަށް އެވަރުގެ ދެރައެއް ލިބޭކަށް” އެއްއަތުން އަނެއް އަތުގެ އިނގިލިތައް މޮޑެމުން ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ. ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުމުން އަލްވީރާ ރިމީޝާގެ ގައިގާ ބައްދާލިއެވެ. ބޮލުގައި ބޮސްދިނެވެ.

“އޭނަ އެއީ ކާކު ކަން މަންމަ ކައިރީގައި ނުބުނާނަންތަ؟” އަލްވީރާ ލޯތްބާއެކު އަހާލިއެވެ. އޭނާގެ ދަރިފުޅު އެދަރަޖައަށް އެމީހަކު ދެކެ ލޯބިވާކަމަށް ވަންޏާ އެލޯބި އެދަރިފުޅަށް ހޯދާ ދިނުމަށް ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް ކުރަން އަލްވީރާ އަތުކުރި އޮޅާލިއެވެ.

“އެއީ އައްޔަދު. މަންމަ އަށް އޭނަ އެނގޭނެ. މިހާރު އޭނަގެ ދަރިއެއް އޮތަސް އަޅުގަނޑުގެ ހިތް ބުނޭ އޭނަގެ ހިތުގައި ކޮންމެސް ތަނެއްގައި އަޅުގަނޑަށްޓަކައި ލޯބިވާނޭ” ރިމީޝާގެ ޖަވާބުން އަލްވީރާ ރިމީޝާ ގަޔާ ދުރުކޮށްލަމުން އެމޫނަށް ބަލާލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ރިމީޝާގެ ދެލޯ ކައިރި ފޮހެލިއެވެ.

“މަންމަ އަށް އޭރުވެސް ހީވި އެކަހަލަ އެއްޗެއް. މަންމަ ދޭން އޮތީ އެންމެ ނަޞޭޙަތެއް” އަލްވީރާ ބުނެލިއެވެ. އެއް އަތުން އަލްވީރާ ދިޔައީ ރިމީޝާގެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ. ރިމީޝާ ދެކަންފަތް ކޮޅަށް ޖަހައިގެން އޮތީ އަލްވީރާގެ ނަޞޭޙަތް އަޑު އަހާ ހިތުންނެވެ. ކުރިން ވެސް އޭނާ ވަނީ އަލްވީރާގެ ނަޞޭޙަތް އަޑު ނޭހުމުގެ ސަބަބުން ވަރަށް ބޮޑު ކުށެއް ކޮށްފައެވެ. މިއަދު ތަކުރާރުކޮށް އެފަދަ ދެވަނަ ކުށެއް ކުރާކަށް އޭނާ ބޭނުމެއް ނުވޭއެވެ.

“ދަރިފުޅުގެ ތި ނިންމުމާއި މަންމަ ދެކޮޅެއް ނޫން. އެކަމަކު ކޮންމެ ކަމެއް ވެސް ކުރަންވާނީ އޭގެ ރަނގަޅާއި ނުބައި ބަލާފައި. ބުނަން މިއުޅޭ އެއްޗަކީ ތިމާ ލޯބިވާ މީހަކު ހަޔާތަށް ގެނައުމަށް ވުރެ ބޮޑަށް ތިމާ ދެކެ ލޯބިވާ މީހަކު ދިއްކޮށްލާ އަތުގައި ހިފުން މާ ބުއްދިވެރިއޭ. ދެން އަވަހަށް ނިދާލާ. މަންމަ ވެސް މިދަނީ ނިދަން. މިހާރު ބައްޕަ ވެސް އަތުވެދާނެ” އަލްވީރާ ނިކުމެގެން ދިޔައީ ރިމީޝާގެ މޫނުގައި ލޯބިން ފިރުމާލާފައެވެ. ބާލީސް މަތީގައި ބޯއަޅާލައިގެން އޮތް ރިމީޝާ މަޑުމަޑުން ދެލޯމަރާލީ ހިތުގައި އުފެދިފައިވި ޝަކުވާތަކާއި ސިކުނޑި ހަލަބޮލި ކުރަމުން ދިޔަ އުދާސްތައް އެއްފަރާތް ކޮށްފައި ނިދީގެ އަރާމު ދުނިޔެއަށް ދިޔުމަށް ހިތު އަޅައިގެންނެވެ. ނަމަވެސް އޭނާ އަށް ޖެހުނީ ދެފަރާތަށް ފުރޮޅި ފުރޮޅި ބޭކާރު ވަގުތަކެއް ހޭދަކުރާށެވެ. އަލްވީރާ އެންމެފަހުން ބުނެލި ޖުމްލައިން އޭނާ އަށް ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރު ކުރީއެވެ.

ހަވީރުގެ ވަގުތެވެ. ޒާއިރާ ގޮވައިގެން އަލްވީރާ ރަށް ދައްކާލުމަށް ބޭރަށް ދިޔަތާ ކުޑަ އިރުކޮޅެއްވެއްޖެއެވެ. ޝިނާން ވެސް މިޝްކު ގޮވައިގެން ބަނދަރު މައްޗަށް ނިކުމެލީ މިޝްކު ހިތްހަމަޖައްސާލުމަށްޓަކައެވެ. އެކުގައި ރިމީޝާ ގެންދަން މިޝްކު ބޭނުންވިޔަސް ޝިނާން އެކަމަކަށް ދެކޮޅެ ހެދީ އެވަގުތަކީ ބައްޕި އަދި ދަރިފުޅުގެ ވަގުތޭ ބުނެއެވެ. ކޮޓަރި ތެރޭގައި އެއްވެސް ތަނަކަށް ނުދެވި ޝަނުމް ބަންދުވެފައި އިނީ އައިކު ނިދާފައި އޮތުމުންނެވެ. އަނެއްކޮޅުން އައްޔަދު މިއަދު ވަރަށް ގަދައަށް ރޯގާޖެހި ހުން ގަދަވެފައި އޮތުމުން ބޭސް ކާންދޭން ޖެހޭ ގަޑި ކަޓައިދާނެތިއެވެ.

ކޮޓަރީ އެނދުގައި އޮތް އައްޔަދު ފޯނުން ކައިވެނި ކުރެވުނު ރޭގައި ޖަނާން އާއި އެކީގައި ނަގާފައި ހުރި ފޮޓޯތައް ބަލަން އޮތް އިރު އެތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ކޮޓަރި ދޮރުހުޅުވާލާފައި މީހަކު އެތެރެއަށް ވަނުމުން އައްޔަދު ބަލާނުލީ އެވަގުތު ކޮޓަރި އަށް ވަންނާނީ ބޭސް ދޭން ޝަނުމް ކަން އެނގުމުންނެވެ.

“ޝައްނު. އައިކު ނުހޭލާތަ؟ ދޮންބެ ވެސް ކުޑަކޮށް އެސޮރު ގޮވައިގެން ބޭރަށް ނިކުމެލަން ކަމަށް” ފޯނުން ނަޒަރު ވަކިކޮށްނުލާ އޮތް އައްޔަދު ބުނެލިއެވެ. އެއްވެސް ޖަވާބެއް ނުލިބުމުން އައްޔަދު ދޮރާއި ދިމާލަށް ބަލާލިއެވެ. ދޮރު ކައިރީގައި ހުރި ރިމީޝާ ފެނުމުން އައްޔަދަށް އޮތްތަނުން ކޮޅަށް ތެދުވެވުނެވެ.

“ރިމީތަ؟” މޫނު މައްޗަށް ވެރިވި ހައިރާންކަން އެއްފަރާތް ކޮށްލަމުން އައްޔަދު އަހާލިއެވެ.

“ކިހިނެއްވީ؟ އެހެންމީހަކަށްތަ އިންތިޒާރުކުރީ” ރިމީޝާ ބުނެލިއެވެ. ރިމީޝާ ބަލަން ހުރީ ސީދާ އައްޔަދުގެ މޫނަށެވެ.

“އެނ؟… ނުން… އާނ…. ޝައްނު ބޭސް ދޭން އަންނާނަމޭ ބުނީމަ” އައްޔަދު އަޅައަޅައިގަންނަމުން ބުނެލިއެވެ.

“ޝައްނު އުޅެނީ އައިކު އަށް ބުށްފުޅި ދީ. އެހެންވެ ބޭސް އަހަރެންގެ އަތަށް ދީފައި އަޔާ އަށް ދޭން ބުނީމަ މިކޮޓަރިއަށް ވަދެލީ. ސޮރީ އުނދަގު ކުރެވުނީމަ” ރިމީޝާ ބުނެލިއެވެ.

“އިޓްސް އޯކޭ” ސައިޑްކަބަޑް މަތީގައި އޮތް ޕެނަޑޯލް ކާޑުން ދެގުޅަ ކަނޑާލާފައި އަނގައަށް ލާފައި ފެންފޮދަކުން ބޭސްގުޅަ ދިރުވާލިއެވެ. ވިދިވިދިގެން ދެތިން ކޯވަރު ބޯލުމަށްފަހު އައްޔަދު ރިމީޝާއަށް ބަލާލިއެވެ.

“އަހަރެން ވާހަކައެއް އަހާލަން ބޭނުން” އައްޔަދު ބުނެލިއެވެ.

“މިތާ އިށީނދެލަން ވީނުން” އެނދުން ތަން ދައްކަމުން އައްޔަދު ބުނެލިއެވެ.

“ނޫން. މިތަން ވެސް ރަނގަޅު. ބުނެބަ. ކޮން ވާހަކައެއް” ރިމީޝާ ހަށަން ބަނދެލަމުން ބުނެލިއެވެ.

“ކީއްވެ ޝިނާން އާއި ދެމީހުން ޑިވޯސްވީ” އައްޔަދު އަހާލިއެވެ.

“ބޭނުން ފުދުނީމަ” ރިމީޝާގެ ޖަވާބު ކުރެވެ. އައްޔަދު ރިމީޝާއަށް ބަލާލިއެވެ. ދެބުމަށް ގޮަށްޖެހިގެން ދިޔައީ ރިމީޝާ އެބުނި ޖުމްލަ ނަގައި ނުގަނެވުނީމައެވެ.

“ތިބުނީ؟” އައްޔަދު އަހާލިއެވެ.

“މިބުނި އެއްޗެއް ބާއްވާ… އަހަރެން އަޔާ އާއި ސުވާލެއް ކުރަންތަ؟” ރިމީޝާ ބުނެލިއެވެ. އައްޔަދު ރިމީޝާއަަށް ބަލަން އިނދެ ބޯޖަހާލިއެވެ.

“ކީއްވެ އަހަރެން ދޫކޮށްލާފައި ފިލީ. ކޮބާ ސަބަބަކީ؟ އަހަރެން ހުތުރީތަ؟” ރިމީޝާ އަހާލިއެވެ. އައްޔަދުގެ ފަރާތުން އަންނާނީ ކޮންކަހަލަ ޖަވާބެއް ކަން ނޭނގި ރިމީޝާގެ ހިތް ތެޅިލިއެވެ.

“ލޯބިނުވެވުނީމަ” އައްޔަދު އިސްޖަހާލިއެވެ. ކުށްވެރިއެއް ފަދައިންނެވެ.

“ލޯބިނުވެވުނުކަން އެނގުނީ އަހަރެންގެ ހުރިހާ އެއްޗެއްގެ ބޭނުން އަޔާ އަށް ކުރެވުނީމަތަ؟ އަހަރެންގެ އިހުސާސްތަކާއި ، އަހަރެންގެ އިއްފަތް” ރިމީޝާއަށް ރޮވުނެވެ.

“އަހަރެންނަށް އެނގޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން. އެކަމަކު އެރޭ އެވީ ކަމެއްވީ ރިމީ ވެސް ބޭނުންވެގެން. ދެން މިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. އެއީ މާޒީ” އައްޔަދު ބުނެލިއެވެ. ރިމީޝާގެ ހިތުގައި އިތުރަށް ރިއްސާލިއެވެ.

“ހެހެހެ… މާޒީ….. އަޔާ ތިބުނީ އެކަން ހަނދާން ނައްތާލީއޭތަ؟” މަލާމާތުގެ ހީލުމަކުން ހީލަމުން ރިމީޝާ ބުނެލިއެވެ.

“އާނ.. އެކަންތައް މިހާރު ހަނދާންކޮށްގެން އަހަރެމެންނަށް އޮތީ ކޮން ފައިދާއެއް. އަހަރެމެން ދެމީހުން ވެސް އޭގެފަހުން ދިރިއުޅުމެއްފެށީނު. ދެމީހުންގެ ވެސް އެތިބީ ދަރިން. އަހަރެމެން މިހާރު ވިސްނަންވާނީ ދަރިންގެ މުސްތަގުބަލަށް. މާޒީއަކަށް ނޫން” އައްޔަދު ބުނެލިއެވެ.

“އެހެންތަ؟ އަޔާގެ ހިތުން އެކަންތައް ފިލާ ދިޔަސް އަދިވެސް ތާޒާ ކަމާއެކު އަހަރެންގެ ހިތުގައި އެކަންތައް އެބަވޭ. ހިތާމައަކީ އަހަރެންނަށް އަޔާގެ ފަރާތުން އެވަރުގެ ބޮޑު ދެރައެއް ލިބުނީމަ ވެސް ތި އިންސާނާ އަހަރެންގެ ރޫހުން ބޭރުނުވާކަން. އަދިވެސް އަހަރެން ހިތް އެދެނީ އަޔާ އަށް ކަން” ރިމީޝާ ބުނަން ބެނުންވި ޖުމްލަތައް އައްޔަދަށް އިއްވާ ދިނުމަށްފަހު އެކޮޓަރިން ނިކުމެގެން ދިޔައެވެ.

“ސޮރީ ރިމީ… އަހަރެން ގަބޫލުކުރަން އަހަރެންކަން ރިމީ ބާކީކުރީ. އެކަމަކު އެއްގޮތަކަށް ވިސްނައިފި ކަމުގައި ވާނަމަ އަހަރެން އެގޮތަށް ކަންތައްކުރީ ރިމީ އަށް ރަނގަޅަކަށް. އަހަރެމެން ދެމީހުންނަށް ހެވަކަށް. އަހަރެމެން ދެމީހުންނަށް އުފާވެރި މުސްތަގުބަލެއް އޮތީ ދެމީހުން ގުޅިގެން އުޅުމަކުން ނޫން. މިގޮތަށް ދުރުގައި ތިބެގެން. އަހަރެންނަށް އޭރު ވެސް މިހާރު ވެސް ރިމީ އާއި ގުޅެވޭކަށް ނެތް. އޭރު ގުޅެވެން ނެތީ ހަމަ އެންމެ ސަބަކަށްޓަކައި. އެކަމަކު މިހާރު ސަބަބު ބައިވަރު…… އަހަރެންނަށް މިހާރު ވިސްނިއްޖެ އަހަރެންނަށް ހަގިގީ ލޯތްބެއް ވެވުނީ ރިމީ ދެކެއެއް ނޫން. އަހަރެންގެ މުޅި ހަޔާތަކީ ޖަނާން. އެކަމަކު ޖަނާން ލޯބިވީ އަހަރެން ދެކެއެއް ނޫން. އަހަރެންގެ ފައިސާ ދެކެ. އަހަރެން އެދުނިން ލޯބިނުވިޔަސް ފިރުމާލަ ދިނުމަށް…. އެކަމަކު ޖަނާން….. އަހަރެން ދޫކޮށްލީ… އަހަރެންގެ ދަރިފުޅު މައެއްގެ ލޯބިން ބާކީ ކުރީ. ދަރިފުޅުދެކެ ވެސް ލޯބިނުވި. އެދަރިފުޅު މިހާރު ވެސް ބުނާ ކަހަލަ.. މަންމާއޭ ތިމަންނަ ދެކެ ވެސް ލޯބިނުވިޔަސް ތި މަންމަގެ ދެއަތުން ފިރުމާލަދޭށޭ….. މާފްކުރޭ ރިމީ!!! ރިމީ އަހަރެން ބޭނުންވިޔަސް އަހަރެން އެދެނީ އަހަރެންގެ ޖާން އަށް”

ލޯބިވާ މަންމަ އާއި ބައްޕަ މިދުނިޔެ ދޫކޮށް ދިޔަ ދުވަހު އައްޔަދުގެ ފަރާތުން އެހެންމީހުންނަށް ފެނިފައިވަނީ ކެތްެތެރިކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް މިއަދުގެ މިވަގުތު އެމިސާލު އައްޔަދަކަށް ނުދެއްކުނެވެ. އެތައް ބައެއްގެ ހަނދާންތަކާއި ހިތުގައި ކޫރުން ލެވިފައިވާލެއް ބޮޑުކަމުން ހިތަށް މާބޮޑަށް އަސަރުކޮށްފިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ހިތުގައި ނަގައިގަތް ދިލައިގެ ބާރުން ދެލޮލުގައި އުފެދުނު އާވިގަނޑު ކެކި އަރައިގަތުމެވެ. ލޮލުން ފެން އޮހޮރެންފެށީ އެކަމަށް ތައްޔާރު ވެސް ނުވެ ހުއްޓައެވެ.

 

ރަށުގެ ހިތްގައިމު މާހައުލުގައި އެއް ހަފްތާ އުފަލާއި މަޖަލުގައި ހޭދަކުރުމަށްފަހު ދެ އާއިލާ އެނބުރި މާލެ އައިތާ ދެވަނަ އަށް ވީ ދުވަހެވެ. އެމް.އެން.ޑީ.އެފް ގައި ވަޒީފާ އަދާ ކުރާ ޝިނާން ގިރިފުށީގައި އޮތް ޓްރެއިނިންގް އަކަށްފަހު މިއަދު މީ މާލެ އަންނަން ބުނި ދުވަހެވެ. ނާއިންގެ ކައިވެންޏަށްފަހު އެނބުރި މާލެ އައިގޮތަށް ޝިނާން އަށް ޖެހުނީ ފުރައިގެން އަނެއްކާ ވެސް ދާށެވެ.

ވަދެގެން އައި ޝިނާން ފެނި ސިޓިންގރޫމު ސޯފާގައި އިން މިޝްކު ފުންމައިގެން ގޮސް ޝިނާންގެ ގައިގާ އޮޅުލައިގަތެވެ. މީހަކު ވަން އަޑަށް ބަދިގޭގައި އަތަށް އަންގި އަރުވައިގެން މަސްކޮށަން ހުރި ރިމީޝާ ވެސް ކުޑަކޮށް އަރިވެލާފައި ކާކުތޯ ބަލާލިއެވެ. ދެބަފައިން އެކަކު އަނެކަކު ގައިގާ ބައްދައިގެން ތިބެ ބޮސްދެމުން ދިޔަމަންޒަރުން ރިމީޝާއަށް ހީލެވުނެވެ. އިރުކޮޅަކަށްފަހު މިޝްކުގެ ކިބައިން މިންޖުވެގެން ޝިނާން ކުރިއަށް ހިނގައިގަތީ ރިމީޝާ ދެކިލާހިތުން ހިތް ތެޅިފޮޅޭތީއެވެ.

ބަދިގެ ދޮރަށް އެރިއިރު ރިމީޝާ ހުރީ ޒިންކު ކައިރީގައި ދެއަތް ދޮންނާށެވެ. ފަހަތުން މީހެއްގެ ހިލަން ވެގެން ބަލާލިއިރު ޝިނާން އައިސް ފުރިޖު ކައިރީގައި ހުއްޓެނީއެވެ. ރިމީޝާ ހީލަމުން އަނެއް ފަރާތަށް އެނބުރިލި އިރު ވެސް ޝިނާން ގެ ކަޅި ހުއްޓިފައި ހުރީ ރިމީޝާއަށެވެ. ހިތްފުރެންދެން ބަލާލަނީ ކަންނޭނގެއެވެ.

“އަދި އިރުކޮޅެއްވާނެ މަސްކޮޅު ހަދާލަން. ކުރިން އަންނަން ބުނި ގަޑިއަށް ވުރެ އަވަހަށް ވިއްޔާ ތިއައީ” ތުވާލިކޮޅުން އަތް ފޮހެލަމުން ރިމީޝާ ގޮނޑި ދުރުކޮށްލާފައި އިށިން ޝިނާން އަށް ބަލާލަމުން ބުނެލިއެވެ.

“އާދެބަ ކައިރިއަށް” ރިމީޝާއަަށް ބަލަން އިނދެ ޝިނާން ބުނެލިއެވެ. ރިމީޝާ ހާސްވިއެވެ. ލަސް ފިޔަވަޅު ތަކެއްގައި ރިމީޝާ އަންނަން ފެށިއެވެ.

“ހެހެހެ…. ރިމީ!!! ނޫޅެމޭ ކާލާކަށް” ރިމީޝާގެ އަތުގައި ހިފާ ދަމައިގަންނަމުން ޝިނާން ބުނެލިއެވެ. ރިމީޝާ އިސް އުފުލާ ބަލާލިއިރު ޝިނާން ލައިގެން ހުރި އަތްދިގު ގަމީސް ގޮށް ނައްޓުވާތަން ފެނުމުން ރިމީޝާގެ ހިތް ތެޅެން ފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ޝިނާން ގަމީސް އެބާލަނި ކީއްކުރަން ހެއްޔެވެ؟ ހާސްވެފައި ކުރިއަށް ފިޔަވަޅު އަޅަމުން އަންނަ ރިމީޝާ ހުރި ގޮތުން ޝިނާން ހުރީ ލާނެއް ހިންޏެއް އައިއްސައެވެ.

“ޑަން….ޑަން…. އެބަ އިވެޔޭ ރިމީގެ ހިތުގެ އަޑު…” ޝިނާން ސަމާސާ ކޮށްލިއެވެ. ރިމީޝާ ގަދަކަމުން ހީލިއެވެ.

“މި ލައިގެން އިންނަންވީމަ އެހާ އަރާމެއް ނޫން. ރިމީ މަށަށް ޓީޝާޓެއް ގެނެސްދޭންވީނުން” ރިމީޝާ އަތަށް ޝިނާންގެ މުށި ކުލައިގެ އަތްދިގު ގަމީސް ދިއްކޮށްލަމުން ބުނެލިއެވެ. ރިމީޝާ ހީލަމުން ގޮވާލީ މިޝްކު އަށެވެ.

“ދަރިފުޅު މަންމި ކޮޓަރީ އަލަމާރީ ތަޅުގައި އިންނާނެ މިއަދު އިސްތިރިކުރި ބައްޕިގެ ބްލޫ ޓީޝާޓް. ދޭބަލަ ހިފައިގެން އަންނަން” މިޝްކު ހީލާފައި ދިޔުމުން ޝިނާން ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ އުނދުން ކައިރިއަށް ޖެހިލީ އުނދުން މަތީގައި ހުރި ތެޔޮކޮޅު ހޫނުވާން ފެށުމުންނެވެ.

“ކީކޭ މިއަދު ޑޮކްޓަރ ބުނީ” ޝިނާން އަހާލިއެވެ. ޖިންސު ޖީބުގައި އޮތް ފޯނު ނަގާ ސިއްރުން ރިމީޝާ ދުރުގައި ހުރެ ކުރަމުން ދިޔަ ކަންތައް ވީޑިޔޯ ކުރަމުން ދިޔައެވެ. ރިމީޝާ އަށް ޝައްކެއްވެސް ނުވެއެވެ.

“ބުނީ މަޑުމަޑުން ކަންތައް ކުރުވާށޯ. ދެން ބަލައިގެން އުޅޭށޯ ވީހާވެސް.  ޝިނާން ނެތިގެން ވަރަށް ބޮޑާވެސްހޭކި” މަސައްކަތުގައި ހުރެ ރިމީޝާ ބުނެލިއެވެ.

“ހާދަ ހީވެޔޭ ރިމީ ވަރަށް އުފަލުން ހުރިހެން ކަމެއްވީތަ؟ އަޔާ ގެ ކަމެއްތަ؟” ޝިނާން ބުނެލިއެވެ. ރިމީޝާ ހީލިއެވެ. ޝިނާންގެ މޫނަށް ބަލަން ހުއްޓިފައި ހުރިއިރު ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ރިމީޝާގެ ފަރާތުން ޖަވާބެއް ނަޔަސް އެ ހިނިތުންވުން ފެނި ޝިނާންގެ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔައެވެ. ހިތުގައި ރިއްސާލިޔަސް ޝިނާން ރިމީޝާއަށްޓަކައި ހިނިތުންވެލިއެވެ.

“ބައްޕި ކީއްވެ މަންމި ގެ ފޮޓޯ ނަގަނީ” ޝިނާން ސިހިގެން ދިޔައީ ކައިރިން އިވުނު މިޝްކުގެ ޅަ އަޑުންނެވެ. ޝިނާން ދެލޯ ބޮޑުކޮށްލަމުން ރިމީޝާއަށް ބަލާލިއިރު ނަސީބަކުން ރިމީޝާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މިޝްކު އަޑު ރިމީޝާ އަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ދެން ބަލާލީ ކައިރީގައި ހުރި މިޝްކުއަށެވެ. ޝިނާން ކުޑަކޮށް ގޮނޑި ފޭކޮށްލުމަށްފަހު މިޝްކު ނަގާ މޭޒު މަތީގައި ބޭންދިއެވެ. އަދި މިޝްކުގެ ކޮލަށް ބޮސްދިނުމަށްފަހު މިޝްކު ގެ އަތުގައި އޮތް ޓީޝާޓް ކޮނޑުން ވަކިކޮށްލުމަށްފަހު ކޮނޑު ޖެހިގެން ހުރި ގޮނޑިމަތީގައި ބޭއްވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރީތި ސޫރައެކޭ 2-

Next

ލޯބިކަން 5

Next
March 30, 2018

ލޯބިކަން 5

Previews
March 29, 2018

ރީތި ސޫރައެކޭ 2-

11 Comments!

  1. Ushaali says:
    March 30, 2018 at 4:59 am

    salaam all….. varah varah baajjaveri hendhunakah adhi barakaaitheri hukuru dhuvahakah edhen. 🙂
    mi bai ves huriha kudhinnah kamudhaane kamah heekuran. varah nidhi aisgen indhe mi upkolly. mistake hurun varah gaai mi part ga. ushaali ge vahaka thakah support kuraa adhi inthizaaru kuraa huriha kudhinnah bunelan othy thigothuga abadhuves dhemihure dhehchey. i love you all 🙂
    next part on sunday. insha allah 🙂

  2. miya says:
    March 30, 2018 at 6:15 am

    Varah reethi mi bai ves. Next part ah inthizaaru kuran. …

  3. Anonymous says:
    March 30, 2018 at 6:29 am

    varah reethi aneh bai avahah up kohdhehchey ingey

  4. Niu says:
    March 30, 2018 at 7:42 am

    Vvreethi

  5. lotus says:
    March 30, 2018 at 8:05 am

    V nice mi part vx.. alhe mi story ga kihinetha vaan mi ulhenee? Evrybody luvx someone but that person doesnt luv in return.. eh kolha dhimiyas vaaneh nuvaane dhw.. curiously waitin for the next part

  6. Ainth says:
    March 30, 2018 at 10:09 am

    Wow ushaa haadha furihamaey mibaives… Rythi kamun hama bunaane ehchehves neynge

  7. Pinky shifoo says:
    March 30, 2018 at 10:19 am

    Maasha Allah mi part vx v v v reethi ❤️❤️❤️… Kihineh baa vaanee dhen??? ???… V v interesting ingey hama story kuriah gendhaa goi ???… Keep up the good work ???… I love your stories ushaali ❤️❤️❤️… Curiously waiting for the next part… Lots of love and take care ❤️❤️❤️????????????

  8. Beauty says:
    March 30, 2018 at 1:13 pm

    Varah Reethi mi bai ves..
    Next part when???

  9. pop says:
    March 30, 2018 at 2:07 pm

    ma benun vany sinaan aa rimee gulhen eyrun maa reethivaane…..

  10. Nu Xu says:
    March 30, 2018 at 5:55 pm

    Mi part vx v salhi ?????? waitin 4 nxt prt…. Lotx of luv ????

  11. Ushaali says:
    March 31, 2018 at 3:18 am

    thankyou all 🙂

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 08←


All Right Reserved!