Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ސިއްރު – 5

inan Level 210 Stories100 Comments100 Login
March 29, 2018 5 Mins Read
14 Comments

“ކޮބާ އާހިލް؟ ވަރަށް ގުޅައިފިން… އެކަމަކު ފޯނެއްވެސް ނުނަގާ..” އަހަރެން އާހިލްގެ މަންމަ ގާތު އެހީމެވެ. “ވެއްޖެ ކަންނޭނގެ ކޮޓަރިތެރޭ… ދޭބަލަ ގޮވާލަން…” އަހަރެން ބޮއުނު ފެންތަށި ހިފައިގެން ދަމުން އާހިލްގެ މަންމަ ދިން ހުއްދައާއިއެއްގޮތަށް އަހަރެން ޢަމަލު ކުރީމެވެ. އާހިލްގެ ކޮޓަރިއަށް ވަނުމަށް ތަޅުގައި ހިފާލިއިރު ނަސީބަކުން ކޮޓަރި ދޮރުވެސް ހުރީ ތަޅުނުލައި ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރެ އޮތީ ފަޅަށެވެ. އާހިލް ކޮޓަރީގައި ނެތިއްޔާ ދެން ވީ ކޮންތާކުބާއެވެ؟ އަހަރެން އެކޮޓަރިތެރޭ އެނބުރި އެނބުރި ހުއްޓާ ދޮރެއް ހުޅުވުނު އަޑު އިވިގެން އެނބުރިލީމެވެ.

އެއިރު އާހިލް ފާޚާނާއިން ނިކުންނަނީއެވެ. “އަޔާން.. ކީއްކުރަނީ މިގަޑީގަ؟” އާހިލް އަހަންނާއި ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އެއީ އަހަރެން ހީކޮށްގެންވެސް ހުރި ގޮތެވެ. “އަދި އެއްވާހަކަ ހަނދާން ނެތިގެން ނުބުނެވި އޮތީމަ އެވާހަކަ ބުނަންވެގެން މިއައީ.. މިއީ ކީއްކުރާ ފޯނެއްތަ؟ ގުޅާ ގުޅާ ޖަވާބެއް ދިނީއެއް ނޫން.. އެޓްލީސްޓް މެސެޖެއް ފޮނުވާލިނަމަ ބިޒީއޭ ކިޔާފަ.. ބިރުން ހަލާކުވެފައޭ މިހުރީ.. ދާހިއްލާ ފޯވެފަ މިހުރީ މިގެއަށް އާދެވުނު އިރު.. ގެއަށް ގޮސް ނުވެސް ކައި މިއައީ އެހެންވެ އަވަހަށް..” އަހަރެން ސަމާސާ ރާގަކަށް އާހިލް އަށް ވީގޮތް ކިޔައިދިނީމެވެ. އާހިލްވެސް ޖަހާލީ ހިނިގަނޑެކެވެ.

“ހުމްމްމް.. ކީކޭތަ ދެން ބުނަންވެފަ އޮތީ؟” އަހަރެން މިގެއަށް އައި ބޭނުންވެސް އަލުން ހަނދާންވީ އާހިލްގެ މި ސުވާލުންނެވެ. “އޯހް.. އެވާހަކަ ދޯ.. އިހަށް އެއްވެސް މީހެއް ގާތު ނުބުނައްޗޭ އާޔާ ގެ ވާހަކަ.. އެވާހަކަ އިހަށް ސިއްރެއްގެ ގޮތުގަ ބާއްވަދީ.. ޕްލީޒް.. ޔާން އަށްޓަކާ.. އާޔާ އަށްޓަކާ..” އަހަރެން އާހިލްގާތު އާދޭހާއިއެކު ބުނީމެވެ. ”ހުމްމް.. ނޫޅެން… ތީ އާހިލްގެ ބެސްޓް ފްރެންޑް.. އަހަންނެއް ވެސް ބޭނުމެއް ނޫން ޔާން އަށް ދެރަގޮތެއް ވާކަށް.. ޓްރަސްޓް މީ..” އާހިލް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

އަހަރެން އެގެއިން ނިކުމެގެން އައީ ފަޒާގެ ތެރެއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ފަހުގައެވެ. މަޑު ހިނގުމެއްގައި އައިސް އަހަރެން ގެއަށް ވަދެގެން އައީމެވެ. އަހަރެންގެ ލޮލުގައި އެވަގުތު އަޅައިގަތީ ގޭގެ ސިޓިންގް ރޫމުގައި އަހަރެންގެ އިންތިޒާރުގައި އިން މަންމައާއި ބައްޕައެވެ. އަހަރެން ނާންނާތީ މަންމަމެން އެތިބީ ނުކައެވެ. މައިންބަފައިން ދަރިންދެކެ ވަނީ ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ؟

“ކޮބާ ކީތްކޮށްލަންށޯ މިގަޑީގަ މާ އަވަސް އަރުވާލައިގެން އެގެއަށް ތިދިޔައީ؟” ޖެއްސުން ކޮށްލާ ފާޑަކަށް ހިނިގަނޑެއް ޖަހާލަމުން އަހަރެންގެ ބައްޕަ އެހިއެވެ. އަހަރެންގެ ބައްޕަގެ މިޒާޖަކީ އެއީއެވެ. ސީރިއަސްވާނީ ވަރަށް ވަރުވީމައެވެ. ބަލިވެގެން އުޅޭއިރުވެސް ބައެއްފަހަރަށް އެހެންމީހުން ރޯއިރުވެސް ބައްޕަ އުޅޭނީ ސަކަރާތް ޖެހޭތޯއެވެ. “އެއީ ފިލާވަޅެއް އޮޅުން ފިލުވާލަން ވެގެން.. ތަންކޮޅެއް އުނދަގޫ އެއްޗެއް ވީމަ ކުރިން ދިޔައީ… ތަންކޮޅެއް ގިނައިރު އެފިލާވަޅަށް ވަގުތު ދޭންޖެހޭތީ…” ކިހާ ދެރަކަމެއް ހެއްޔެވެ؟ މިފަހަރު ދޮގުހަދަން މިޖެހުނީ ބައްޕަ ގާތުގައެވެ. މިގޮތުގައި މަތިމައްޗަށް ދޮގުހަދައިގެން އުޅެން ޖެހޭނީ ކިހާ ދުވަހެއް ވާންދެންބާއެވެ؟ ނަމަވެސް އަހަރެން މިހުރިހާ ކަމެއްވެސް ހަމަ މިކުރަނީ އަހަރެންގެ ލޯބިވާ ކޮއްކޮއަށްޓަކައެވެ. އަހަރެންގެ ލޯބިވާ މައިންބަފައިންނަށްޓަކައެވެ. އެހެންނަމަވެސް އަހަންނަށްވެސް މިގޮތުގައި އަބަދަކު ނޫޅެވޭނެއެވެ. މިހާރުވެސް އަހަރެން މިބަލަނީ ވީހާވެސް އަވަހަކަށް ކޮއްކޮއަށް އެހެން ހެދި މީހަކު ހޯދައި މަންމަމެންނަށް އެކަން އެންގުމަށެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރިއިރު އަހަރެންގެ މި ކުޑަކުޑަ އާއިލާ ހޭދަކުރީ ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ނަމަވެސް އަހަރެންގެ ކޮއްކޮއެއް ހުރެމެ އޭނާ އަހަންނާއި އެއްސުފުރާއެއްގެ މަތިން ފެންނަން ނެތުމުން އެކަމުގެ ފަޅުކަން އަހަންނަށް އިޙުސާސް ކުރެވެއެވެ. ވަރަށް ބޮޑަށެވެ. މިކަން ހިތަށް އަރައިފައި ބޭއިޚްތިޔާރުގައި ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ނަސީބަކުން އަހަރެންގެ މަންމަމެން ކެއުމުގެ ފޯރީގައި ތިބުމުން އެ މަންޒަރެއް ނުފެނުނެވެ. ނަސީބެކެވެ. ނޫންނަމަ މިއަދު އަހަރެން ވަރަށް ބޮޑު ކަމެއްގައި ބެދުނީހެވެ. ވާނީވެސް އެހެންތާއެވެ. ޙަޤީގަތެއްވެސް އަބަދަކު ފޮރުވިފަކައި ނޯންނާނެ ނޫންހެއްޔެވެ؟

އަހަރެން ކެއުމަށް ފުރިހަމައަށް އިންސާފުކުރުމަށްފަހު ކޮޓަރިއާދިމާލަށް މިސްރާބުޖެހީ ހަވީރުވާންވާއިރަށް އަވަހަށް ފިލާވަޅުތައް ނިންމާލެވޭތޯއެވެ. ކޮޓަރިއަށްވަދެ ލަހެއް ފަހެއް ނުކޮށް އަހަރެންގެ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. އަހަރެން ފިލާވަޅު ހަދާ ނިންމާލުމަށްފަހު ފިލާވަޅުހެދި ފޮތް، ފޮތް ހަރުގަނޑަށް ލުމަށްފަހު އެނބުރިލީވަގުތު ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ރިންގުވި އަޑަށެވެ. ފޯނު އަތަށް ނެގައި ބަލައިލި ވަގުތު ސްކްރީނަށް އަރާފައި އިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާހިލްގެ ނަމެވެ.

“ކޮބާ މިއަދު ހަވީރު ހޮސްޕިޓަލަށް ޖައްސާނުލާނަންތަ؟ މަ ފިލާވަޅުތައްވެސް ހަދައި ނިންމައިފިން… ހަވީރު އެއްކޮށް ފްރީ… ބުރެއް ޖަހާލާށާއި އެއްކޮށް ދާނީ…” އަހަރެން ފޯނުނަގައި ކަންފަތުގައި ޖައްސާލުމަށްފަހު އެއްޗެކޭ ނުބުނެވި އުޅެނިކޮށް އާހިލް އެއް ނޭވާއިން ހުރިހާ ކަމެއް ކިޔާލައި ނިންމައިފިއެވެ. ހިނިވެސް އާދެވުނެވެ. ހިތަށް އެރިއެވެ. މިއީ ކަންތައްތައް ނިންމަންވެސް ވާ ކުޅަދާނަ މީހެކެވެ. އެހެނަސް އަހަންނަށް އެ ޚިޔާލު ކަމުދިޔަވެސް މެއެވެ. އެހެންނޫނަސް މިއަދު އަހަރެންގެ ކޮއްކޮ ބެލުމީ އަހަރެންގެ ޒިންމާއެއް ވިއްޔާއެވެ. އޭނާ ގާތަށް ނުގޮސް އަހަންނަށް ވަކި ހުރެވޭނެ ހެއްޔެވެ؟

ފެންވަރާލައިގެން އަހަރެން ނިކުމެ އަތުގައި އޮތް ކަޅުރަތްކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ އެންމެ މިހާރުގެ ކުދިން ލާ ވައްތަރުގެ ފަޓުލޫނު ލީމެވެ. އަތުގައި އޮތް ބޮޑީސްޕްރޭފުޅީގެ މެދާއި ހަމައަށް ދާވަރަށް އެވެސް ޖަހައިގެން ވަރަށް ރީތިވެލައިގެން ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅަމުން ކޮޓަރިން ނިކުތީ އަޞުރު ނަމާދަށް ދިޔުމަށްފަހު ހޮސްޕިޓަލަށް ދިޔުމުގެ ނިޔަތުގައެވެ. “މަންމާ… މިސްކިތަށް މިދަނީ… ނަމާދުކޮށްގެން އާހިލްއާއި އެކީ ހިނގާލަން ދާނަން އިނގެ.. އޯކޭ ދޯ ދިޔަޔަސް؟” އަހަރެން މަންމައަށް ގޮވާލަމުން އަހާލީމެވެ. މަންމަގެ ޖަވާބު ސިކުންތެއްވެސް ނުވަނީސް ލިބިއްޖެވެ. ވަރަށް ހެވިލައިގެން ހުރެ އަހަރެން ގެއިން ނިކުމެ ލިފަޓަށް އެރީމެވެ.

އަހަރެން މަގުމައްޗަށް ނިކުތް އިރު އާހިލް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. އޭނާގެ އާދައިގެ ވަރަކަށް ކޮށާލެވިފައިވާ، ކަޅުކަން ގަދަ ވަރުގަދަ އިސްތަށިގަނޑުގައި ވަނީ އެއްފަރާތަކަށް ފުނާ އަޅާފައެވެ. ލައިގެން ހުރި މަޑު އަޅިކުލައިގެ އަތްދިގު ގަމީހާއި ނޫކުލައިގެ ޖީންސްގެ ސަބަބުން އެ އިސްކޮޅުން ދިގު ޒުވާނާ ރީތިކަމަށް ދައްކައެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އަހަންނެކޭ އެއްފަދައިން އޭނާވެސް އަރައިގެން ހުރި މިހާރުގެ ފުރާވަރުގެ ކުދިންގެ މެދުގައި މަގުބޫލު ފެޝަން ބޫޓެވެ. އަހަރެން ނިކުތް ތަން ފެނިގެން ހިނިތުން ވެލަމުން އަހަންނާއި އެއްކޮށް އޭނާވެސް ހިނގައިގަތީ މިސްކިތަށްދިޔުމަށްފަހު އަހަރެމެންގެ މަންޒިލަށް ދިޔުމަށެވެ.

ނަމާދުކޮށްލައިގެން މިސްކިތުން ފޭބުނު އިރު ހުރީ ހަތަރެއް ޖަހަން ގާތްވެފައި ކަމުން މަޑުމަޑުން އޭޑީކޭ ހޮސްޕިޓަލަށް ދާން އަހަރެމެން ހިނގައިގަތީމެވެ. “ޔާންއަށް އާޔާ ވަރަށް އިންތިޒާރުކުރާނެ ކަންނޭނގެ އެ ޙާލުގައި އޮވެގެންވެސް.. އުހުނ… އޭނަޔަކަށް އަދި ނޭނގޭނޭ ދޯ ޔާން ތިއީ އޭނާގެ ބޭބެކަމެއް… ހަނދާން ނެތުނިއްޔޭ.. ހިނގާ އަވަހަށް އޭނައަށް ޙަޤީޤަތް ކިޔައިދެން ދަމާ.. ޔާން ނުކިޔައިދިނިއްޔާ މަ މިއަދު އޭނަޔަށް ކިޔައިދޭނަން… އިނގޭ ޔާން އަށް ތިހެން އުޅެން ފަސޭހައެއް ނުވާނެކަން.. ބަލަ އޭނާގެ މައިންބަފައިންނަކީ ހަމަ ޔާންގެވެސް މައިންބަފައިންނޭ… އެމީހުންގެ ލޯބި އޭނަވެސް ބޭނުންވާނެއްނު..” އާހިލް އަހަންނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ތެދެކެވެ. އަހަރެންގެ މައިންބަފައިންގެ ލޯބި އާޔާއަށްވެސް ޙައްޤެވެ. ނަމަވެސް އަހަރެން އަދި މި ދެ ދުވަހު މި މަޑުކޮށްލީ އެންމެ ރަނގަޅު ވަގުތު އަންނަންދެނެވެ. މިއަދު މިއޮތީ އެވަގުތު އައިއްސަ ކަންނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ. މިއަދު އަހަރެން އާޔާއަށްވެސް އަދި އަހަރެންގެ މަންމަމެންނަށްވެސް މި ޙަޤީގަތްތައް އިރާދަކުރެއްވިއްޔާ ކިޔައިދޭނަމެވެ.

ހޮސްޕިޓަލުން ވަދެގެން ދިޔައިރު ތަފާތު ބޭސްތަކުގެ ވަސް ދޭތެރެއަކުން އަހަރެންގެ ނޭފަތަށް ފޯރައެވެ. ހޮސްޕިޓަލެއް ވިއްޔާ މިކަހަލަ ވަސްވަސް ދުވާނެއްނޫންހެއްޔެވެ؟ އަހަރެންގެ ސޭކު ކަމާއިމެދު އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. މިގޮތުގައި ހިނގަމުންގޮސް އާޔާ އޮތް ރޫމަށް ދެވިއްޖެއެވެ. މިހާރު އޭނާ ވަނީ ވަރޑަށް ބަދަލު ކުރެވިފައެވެ. ޙާލު ރަނގަޅުވަމުން އަންނާތީއެވެ. އާޔާ ގާތަށް ގޮސް ހުއްޓުނުތަނާއި އަހަރެންގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. ލަގޮނޑީގައި ރިހުމެއް އުފެދުނެވެ. ލޮލުން ނީރާލި ކަރުނަތިކި އަހަރެންގެ ކޯތާފަތަށް ބޮސްދިނުމަށްފަހު ހަނާ އަޅާލައިފައި ދަތްދޮޅިން ނެއްޓިގެން ގޮސް އާޔާ އޮތް އެނދުމައްޗަށް ވެއްޓުނެވެ. އާހިލް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލީ އަހަރެންގާތު ހިތްވަރުކުރާށޭ ބުނާކަހަލަ ގޮތަކަށެވެ. އާޔާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރ ވިދާޅުވި ނަމަވެސް އަދިވެސް އޭނާ ވަނީ އޮކްސިޖަން މާސްކު އަޅުވާފައެވެ. އެ ރީތި ދޮން މޫނު ވަނީ މިލާ މޯޅިވެފައެވެ. އެ އުފާވެރި ލޯބި ހިނިތުންވުން ވީ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތްކަހަލައެވެ. އަހަރެން ހިތާހިތުން އާޔާގާތު އެދެމުން ދިޔައީ އަވަހަށް ރަނގަޅުވުމަށެވެ. ނަމަވެސް މިކަމުގައި އޭނާއަށް އަމިއްލައަށް އެއްވެސް ކަމެއް ކުރެވޭނެ ހެއްޔެވެ؟ ކުޅަދުންވަންތަ ﷲ އަށް މެނުވީ އެއްވެސް ކަމެއް ދެނެވޮޑިގެންވެސް ނުވެއެވެ.

އަހަރެން އާޔާގެ ގާތަށް އައި އިރު އާޔާގެ މައިންބަފައިންގެ ގޮތުގައި ބަލަމުން އަންނަ ދައްތައާއި ބޭބެ ވެސް އެތާ ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ރޭގައިވެސް ނުނިދާ އެމީހުން ތިބީ އާޔާގެ ގާތުގައެވެ. އެވަގުުތު އަހަރެން ހިތަށް އެރީ އަހަންނަށް އަހަރެންގެ މައިނަބަފައިންގާތު މިވާހަކަ ނުބުނެވި މިއުޅެވެނީ ރަނގަޅަށްބާއެވެ؟ އެހެންނޫނަސް މިއަދު މިވާހަކަތައް އެމީހުންނަށް ކިޔައިދޭނަމެވެ. ހާސްވާންވީ ކޮންކަމަކާހެއްޔެވެ؟ މިކަހަލަ ދެތިން ޚިޔާލެއް ކޮށްލުމަށްފަހު އަހަރެން އެދުނީ އެމީހުން އިހަށް އަރާމުކޮށްލަން ދިއުމަށެވެ. ނަސީބަކުން އެމީހުން ވަރަށް އަވަހަށް އަހަރެން ދިން ޚިޔާލަށް ތާއީދުކޮށް ގެއަށް ދިޔައެވެ. އަހަރެންގެ ބޮލުގައި މިއެޅުނީ ކުރިއަށްވުރެ ބޮޑު ޒިންމާއެކެވެ. އަޝާރަ އަހަރުގެ އަހަންނަށް މިޖެހުނީ ދުވަހަކުވެސް ނުއުފުލާ ވަރުގެ ބޮޑު ޒިންމާއެއް އުފުލާށެވެ. އެކަނި އަންހެން ކުއްޖެއް ބެލުމުގެ ޒިންމާއެވެ. ކޮއްކޮއެއް ބެލުމުގެ ޒިންމާއެވެ. ނަމަވެސް އަހަންނަށް އެއްވެސް މައްސަލައެއް ނެތެވެ. އަހަރެންގެ ކޮއްކޮ މިވަގުތު އަހަންނަށް މާ މުހިއްމެވެ.

އަހަންނާއި އާހިލްގެ މަޤުސަދަށް ހުރަސްއެޅީ އާޔާގެ ޙާލަތެވެ. އެހާ ފޯރީގައި އޭނާ ގާތު އެވާހަކަ ބުނަން އައި އިރު މިވަގުތު އޭނާގެ ހެޔެއް ނެތެވެ. ދޭތެރެއަކުން އޭނާ ހޭ އަރައިފައި ހޭ ނެތެނީއެވެ. އެއީ އަދިވެސް މުޅިން އެއްކޮށް ރަނގަޅުނުވާތީ ވާގޮތެއް ކަމަށް އަހަރެން ސުވާލުކުރުމުން ޑޮކްޓަރ ވިދާޅުވިއެވެ. “އާޔާ… ހެޔޮނުވާނެ… ދޮންބެއަށްޓަކައި ތެދުވެބަލަ… މަންމަމެންނަށްޓަކައި ތެދުވެބަލަ… މަންމަމެން ވަރަށް އުފާވާނެ ކޮއްކޮ އައީމަ… ދޮންބެ އަދިވެސް މަންމަމެންގާތު ކޮއްކޮގެ ވާހަކަ ނުބުނެ މިހުރީވެސް ކޮއްކޮގެ ޙާލު އަދި މިއަށްވުރެވެސް ރަނގަޅުވީމަ ބުނަންވެގެން… ކޮއްކޮ ހޭއެރީމަ ނޫނީ ނުބުނަންވެގެން… ނޫނީ މަންމަ ސަކަރާތްވެސް ވެދާނެ… އަހަރެމެންގެ މަންމަ ވަރަށް ހިތް ބަލި ވާނެ.. އެހެން ނޫނަސް މިއޮތް ހުރިހާ ދުވަހު ނުފެނި ހުރެފަ ފެންނަ ވަގުތު ކޮއްކޮ ތިޙާލުގައި އޮށްވާ އެތަން ބަލަން މަންމައަކަށް ވަކި ކެތެއް ނުވާނެ…” އާޔާގެ ގާތުގައި އިން އެއް ގޮނޑީގައި އާހިލް އިށީނދެ އިން އިރު އޭނާއާއި އެންމެ ގާތަށް ވީ ގޮނޑީގައި އަހަރެން އިށީނދެ އިނީމެވެ. އަހަރެން އާޔާއާއި ވާހަކަދައްކަމުން ދިޔަ ވަރަކަށް ރޮވެމުން ދިޔައެވެ. އަހަރެންގެ ކޮއްކޮ މި ވޭން ތަޙައްމަލު ކުރާތަން ދެކޭކަށް އެންމެ ވަގުތުކޮޅަކަށްވެސް އަހަންނެއް ބޭނުމެއް ނޫނެވެ. ނަމަވެސް ތަޤުދީރު ނިޔާކުރާގޮތް ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟

ލޮލުގައިވާ ކަރުނަތައް ފޮހެލަމުން ކޮއްޅަށް ތެދުވެލީ މަންމަމެނަށް ގުޅާށެވެ. އާޔާގެ މިޚަބަރު ދޭށެވެ. އޭނާގެ ހުރިހާ ޙަޤީޤަތެއް ކިޔައިދޭށެވެ. އަހަރެން ތެދުވެ ފޯނު ހުޅުވާލުމަށްފަހު ކޮންޓެކެޓްސް އަށް ގޮސް ބައްޕަގެ ނަންބަރު ހޯދުމަށްފަހު ޑައިލް ކޮށްލީމެވެ. ބައްޕައަކީ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ ޒިންމާދާރު މުވައްޒަފެއްކަމުން ބައްޕަގެ އަތުގައި އަބަދުވެސް ފޯނު އޮންނާނެއެވެ. އެހެން ކަމުން ވަރަށް އަވަހަށް ފޯނު ނަގާނެކަންވެސް އަހަންނަށް އިނގެއެވެ. ކަންތައް ވީވެސް އެހެންނެވެ. އަހަރެން ‘ހަލޯ’ އޭ ބުނުމުގެ ކުރިން އާހިލް އަހަންނަށް ވަރަށް ބާރަށް ގޮވާލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. އެ އަޑުގައި ސިހުމާއިއެކު އެތައް މާނައެއް އެކުލެވިގެންވެއެވެ. އަހަރެން އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ވެއްޓުނު ގޮތަށް ފޯނު ބިންމަތީގައި ޖެހި އޭގެ އެކި ބައިބައި އެކި ދިމާލަށް ބުރައިގެން ދިޔައެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ވެގެން މިއުޅެނީ ކީއްބާއެވެ. ވާން މިއުޅެނީ ކީއްބާއެވެ. މިސުވާލުތައް އަހަރެންގެ ސިކުނޑި ތެރޭގައި އެނބުރި އެނބުރި ހުރީއެވެ. ޖަވާބެއް ނުލިބޭ ޙާލުގައެވެ. އަހަރެން އާހިލްގެ އަޑަށް އަވަހަށް އެދިމާލަށް އެނބުރިލީމެވެ. ދެރަ ގޮތެއް މެދުވެރި ނުކުރެއްވުން އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

inan

Level 210 Stories100 Comments100 Login

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…. 11

aakko
Next

އެ ރޭގަނޑު 1

Next
aakko
March 29, 2018

އެ ރޭގަނޑު 1

Previews
March 29, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…. 11

14 Comments!

  1. oooo says:
    March 29, 2018 at 10:17 am

    yeyyy..me first…mmm story nice varah ingey..whn next part

    1. inan says:
      March 29, 2018 at 10:54 am

      thank u oooo… in sha alllah tommorow…

  2. mishy says:
    March 29, 2018 at 10:33 am

    Alheyyy…. vrh reethi… kn irakun thr nxt prt up khkadheynii… nxt prt dhigu khkeveythw balahcheyy…

    1. inan says:
      March 29, 2018 at 10:56 am

      Alhamdhulillah! thank you mishy… in sha allah maadhan… kuriyah huri baithah dhigu kureveytho balaanan…

  3. Ifa says:
    March 29, 2018 at 10:47 am

    Over emotional vefa

    1. sadhdhaamu husen says:
      March 29, 2018 at 10:54 am

      under emotional vefa

    2. inan says:
      March 29, 2018 at 11:02 am

      Ifa ge khiyaalah maruhabaa.. kudairun feshigen kokkoeh hurikan neyngi, umurun 18 aharu vee fahun ekan e kujja ah inguny.. ingunu iru eynage kokko ehaa haaluga oiyythan fenunyma hageegathuga dhera vaane.. thimaage amilla kokko akah ehn v namaves dhera vaane eh noontho? vrh bodah shukuriyyaa Ifa ge khiyaalu faalhu kurehvythy…

  4. sadhdhaamu husen says:
    March 29, 2018 at 10:55 am

    ey ifa dhogu nahadhabae

  5. Cuty says:
    March 29, 2018 at 11:30 am

    Wow.? Story varah reethi igey. Next part avahah up kohlahchey igey. ??

    1. inan says:
      March 30, 2018 at 10:07 pm

      Shukuriyyaa Cuty..

  6. faathun says:
    March 29, 2018 at 12:37 pm

    Alhey dhenvaani kihine

    1. inan says:
      March 29, 2018 at 11:33 pm

      kuriyah oiyy bai kiyaalyma varah rangalhah engigen dhaane faathun…

  7. Naadhee says:
    March 29, 2018 at 6:21 pm

    V v v v reethi. Next part kon irakun

    1. inan says:
      March 29, 2018 at 11:34 pm

      Thank u Naadhee.. in sha allah maadhamaa kuriyah oiyy bai up kohdheveytho balaanan..

Comments are closed.

Next Episodeސިއްރު – 6←


All Right Reserved!