Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (24)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 28, 2018 8 Mins Read
49 Comments

ސިޑިން ފަރިތަކަމާއެކު ފައިބަމުންދިޔަ ޔާނިކް ސިހުނީ ލުތުފީގެ އޯގާތެރި އަޑުންނެވެ. އެތައް ދުވަހަކަށްފަހު ބައްޕަ އެހައި ލޯބިން ގޮވައިލުމުން އުފަލުންގޮސް ޔާނިކްގެ ހިތް ފުރުނެވެ. އެދިމާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ޔާނިކްއަށް އޭނާ ގާތުގައި އިނށީނުމަށް އިޝާރާތްކޮށްލުމުން ކިޔަމަންތެރިކަމާއެކު ޔާނިކް ލުތުފީއާއި ޖެހިގެން އިނށީނެވެ. ޔާނިކްގެ މޫނަށް ބަލަންހުރުމަށްފަހު ހިނިތުންވެލަމުން ލުތުފީ ދުރަށް ނަޒަރު ހުއްޓައިލިއެވެ. “ބައްޕަ އެބައޮތް ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސީރިއަސް ރާގަކަށް ލުތުފީ ބުނެލި ޖުމުލައާއެކު ޔާނިކްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ.

“ކޮންވާހަކައެއްތޯ؟” ވަރަށް އަދަބުވެރިކަމާއެކު ޔާނިކް ލުތުފީ ގާތުގައި އަހައިލިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ލުތުފީ ވާހަކަދަައްކަންފެށިއެވެ. “ދަރިފުޅު މަލްހާ ދެކެ ކިހައި ވަރަކަށް ލޯބިވޭ؟” ލުތުފީކޮށްލި ސުވާލުން ތެޅިގަނެފައި ޔާނިކް ލުތުފީގެ މޫނަށް ބަލައިލިއެވެ. ލުތުފީއަށް އެހުރިހައި ވާހަކައެއް އިނގުނީ ކިހިނެއްހެއްޔެވެ؟ ގައިމު އޭނާ މަލްހާދެކެ ލޯބިވާ ވާހަކައެއް އެއްފަހަރުވެސް ލުތުފީމެން ގާތުގައި ބުނެފައެއްނުވާނެއެވެ.

ދޭނެ ޖަވާބެއް ނޭނގިފައި ޔާނިކް އިންނަންފެށުމުން ލުތުފީ އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. “ބައްޕައަށް ކިހިނެއްތޯ އިނގުނީ އަޅުގަނޑު ލޯބިވަނީ..” ޔާނިކްއަށް ޖުމުލަ ފުރިހަމަކުރާކަށް ނުކެރުނެވެ. އިސްޖަހައިލަމުން އެހެންދިމާއަކަށް ނަަޒަރު ހުއްޓައިލީ ލުތުފީ ސީދާގެ އޭނާގެ މޫނަށް ބަލަންއިނުމުން އުނދަގޫވީވަރުންނެވެ.

“ދަރިފުޅު ކިތަންމެ ސިއްރުކޮށްގެން އުޅުނަސް ބައްޕައަށް މިއޮތީ އިނގިފައެއްނު. ހެހެ. ދެން އެސުވާލު އެހަށް ބާވާފަ ބައްޕަގެ ސުވާލަށް ޖަވާބު ދީބަލަ.” ޔާނިކްގެ ކޮނޑުގައި އަތްއަޅުވައިލަމުން ލުތުފީ ބުނެލިއެވެ. އިރުކޮޅަކު ލުތުފީގެ މޫނަށް ބަލަންއިނުމަށްފަހު ފުންނޭވާއެއްލަމުން ޔާނިކް ވާހަކަދަައްކަންފެށިއެވެ.

“އަޅުގަނޑަކަށް ނޭނގެ ތިސުވާލަށް ޖަވާބު ދޭނެ ގޮތެއް. ބުނެދެން ނޭނގޭ ވަރަށް އަޅުގަނޑު މަލްހާދެކެ ލޯބިވޭ. ވަރަށް ބޮޑަށް. މަލް.. މަލް.. ދެރަވެފަ ހުންނަތަން ބަލާކަށް އަޅުގަނޑުގެ މިހިތަކަށް ކެތެއްނުވޭ. އަބަދު މަލްގެ އުފަލަށްޓަކާ ދުޢާކުރެވޭ.” ހިތުގެ ހާލު ޔާނިކް ލުތުފީއަށް އަންގައިދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ލުތުފީވެސް ޔާނިކްގެ ކޮންމެ ޖުމުލައަކަށް ބޯޖަހަމުންދިޔައެވެ.

“މަލްހާދެކެ ވާލޯބި ދަރިފުޅު ޒީވާން ދެކެވެސްވޭތަ؟” ލުތުފީ އޭނާގެ ދެވަނަ ސުވާލުކޮށްލިއެވެ. މިފަހަރުވެސް ޔާނިކް ޖަވާބުދިނުމުގެ ކުރިން އިސްއުފުލައިލައި ލުތުފީގެ މޫނަށް ބަލައިލިއެވެ. “ލައްބަ. އަޅުގަނޑުގެ އަމިއްލަ ދަރިއެއްފަދައިން ޒީވާންދެކެ ލޯބިވޭ.” ޔާނިކް ތެދުތެދަށް ޖަވާބުދިނެވެ. މަލްހާ ބަނޑުބޮޑުވި ހިސާބުންފެށިގެންވެސް އޭނާއަށްވަނީ އެތުއްތު ފުރާނަދެކެ ލޯބިވަން ފެށިފައެވެ. އެލޯބި އަދިވެސް އެހިތުގައި ވެއެވެ. އުމުރަށްވެސް ވާނެއެވެ.

“މަލްހާއާ ކައިވެނި ކުރުމަށްފަހު ދަރިފުޅަށް ދަރިފުޅުގެ އަމިއްލަ ދަރިއަކު ލިބުމުން އެކުއްޖާއާ ޒިވާންއާ.” ލުތުފީގެ ސުވާލު މެދުކެނޑުނީ ޔާނިކް ވާހަކަދަައްކަން ފެށުމުންނެވެ. “ނޫން. އިންޝާ ﷲ ދުވަހަކުވެސް ތަފާތެއް ނުކުރާނަން. އެދުވަހަކުން ޒީވާން ވާނީ އަޅުގަނޑުގެ ދޮށީ ދަރިއަށް. އެއްވެސް ފަރަގެއް އެދެމެދުގައެއް އަޅުގަނޑު ނުބާވާނަން.” ވަރަށް ޔަގީން ކަމާއެކު ކެރިހުރެ ޔާނިކް ދިން ޖަވާބުން ލުތުފީގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިއަދު އޭނާ ޔާނިކާއި މެދުގައި ފަޚުރުވެރިވާކަން އެހިނިތުންވުމުން އަންގައިދެމުންދިޔައެވެ.

“އަލްޙަމްދުލިއްލާޙް. ތިހެންވީއިރު ތިދެކުދިންގެ ގުޅުމަށް މަންމާއާ ބައްޕަގެ ރުހުންދެން. މަލްހާގެ ޢިއްދައިގެ ދުވަސްތައް ނިމުނީމަ އޭނާއާ މިވާހަކަދައްކާ. އެކަމަކު ބުނަން. މިކައިވެންޏަށް މަލްހާއަށް އެއްވެސް ވަރަކަށް މަޖުބޫރުކޮށްގެން ނުވާނެ.” ހިނިތުންވެއިނދެ ޔާނިކްގެ ކޮނޑުގައި ޖަހައިލަމުން ލުތުފީ އިންތަނުން ތެދުވިއެވެ. “ލައްބަ. ޝުކުރިއްޔާ ބައްޕާ.” ޔާނިކްވެސް ލުތުފީގެ ފަހަތުން ތެދުވަމުން އުޖާލާވި މޫނަކާއިއެކުގައި ބުނެލީ ހިތްހަމަޖެހިފައި ހުރެއެވެ. މައިންބަފައިންގެ ރުހުންވެސް ﷲ އިރާދަފުޅުން ލިބުނީއެވެ. ދެންއޮތީ މަލްހާގެ ރުހުން ހޯދުމެވެ. އެކަންވެސް ﷲ އިރާދަފުޅުން އޭނާއަށް ވާނެކަން ޔާނިކްއަށް ޔަގީންވެއެވެ. އޭނާއަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރުކުރުމެވެ. އޭނާ މިވާ ތެދުވެރިލޯބި ކޮންމެވެސް އެއްދުވަހަކުން މަލްހާއަށްއަދި އިހުސާސުވާނެއެެވެ. އެެދުވަހަކުން މަލްހާ އޭނާގެ އެދުން ގަބޫލުކުރާނެކަން ޔާނިކްއަށް ޔަގީންވެއެވެ.

** ** **

އިރުއޮއްސެމުންދިޔަ ވަގުތެވެ. އިރު އޭގެ ވާޖިބްއަދާކުރުމަށްފަހު ދުނިޔެއަށް އަލްވަދާޢު ކިޔަމުންދިޔައީ ރޭގަނޑުގެ ރާނީއަށް ރަނިކަންކުރަން ފުރުސަތުދެމުންނެވެ. އުޑުމަތި ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިއްސަކުން ފަވައިއަޅައިފައިވާ ހެންނެވެ. ކޮޅުކޮޅަށް ދަތުރުކުރަމުންދިޔަ ދޫނިސޫފާސޫފިތައް އެހިތްގައިމު މަންޒަރު އިތުރަށް ހިތްގައިމުކޮށްދެމުން ދިޔައެވެ.

އުޑާދިމާއަށް ނަޒަރު ހުއްޓައިލައިގެން ކުޑަދޮރުގައި ލެގިލައިގެން މަލްހާ ހުރީ ފުންޚިޔާލަކަށް ގެއްލިފައެވެ. މާދަމާ ރާއިދާއި ލިވްޔާގެ ކައިވެނިކުރެވިގެންދާނެއެވެ. އެޚިޔާލު ހަތަރުދަމު އޭނާއަށް އުނދަގޫކުރަމުން ދިޔައިރު ޔާނިކް އެންމެފަހުން ދެއްކިވާހަކަތައްވެސް އެސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟ ކިތަންމެ ބޭނުންވި ނަމަވެސް ރާއިދެއް އޭނާއަކަށް ދެނެއް ނުލިބޭނެއެވެ. ރާއިދްދެކެ ވެވުނުލޯބި ޔާނިކްދެކެ ވެވިދާނެކަން މަލްހާއަކަށް ޔަގީނެއް ނުވެއެވެ. ވީއިރު އެދިރިއުޅުމަށް ގޮސްގެން އެދިރިއުޅުން ހަލާކުކުރާކަށްވެސް މަލްހާ ބޭނުމެއްނުވެއެވެ.

ޔާނިކް ޒީވާނާއި ބަހައްޓާ ގާތްކަންފެނިފައި މަލްހާ ހައިރާންވާހައިވެއެވެ. ޒީވާންވެސް ޔާނިކްދެކެވަނީ އަމަށަކު ލޯތްބެއްނޫނެވެ. އަބަދު ޔާނިކް ނައިސްގެން ޝަކުވާކުރާގޮތުންވެސް އެކަން އިނގެއެވެ. ޔާނިކްއަކީ ޒީވާނަށްޓަކައި ރަނގަޅު ބައްޕައަކަށްވާނެ މީހަކުކަމާއިމެދަކު މަލްހާ ޝައްކެތް ނުކުރެއެވެ. އެހެނަސް ޔާނިކްގެ އެއެދުމަށް އާނބަސްދޭން މަލްހާ ޖެހިލުންވެއެވެ.

ފާއިތުވަމުންދިޔަ ދުވަސްތަކާއެކު ޒީވާންވެސްވަނީ ރާއިދްމަތިން ހަނދާންނެތެންފަށައިފައެވެ. ކުރިން އަބަދު ރާއިދްގެ ވާހަކަ މަލްހާ ގާތުގައި އެހިނަމަވެސް އެހަޔާތަށް ޔާނިކް އައިފަހުން އެކަންވެސް މަޑުމަޑުން ހުއްޓެމުންދިޔައެވެ. ޒީވާނަށްޓަކައި ޔާނިކްއަށް އާނބަސްބުނަން ބައެއްފަހަރު މަލްހާގެ ހިތަށް އަރައެވެ. ނަމަވެސް..

މަލްހާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އަތުން ނިތްކުރީގައި ފިރުމައިލަމުން ހަމަޖެހިލަން އޭނާ މަސައްކަތްކުރަމުންދިޔައެވެ. ފަހަކަށް އައިސް އަބަދު ކަންކަމާ ވިސްނޭތީ އޭނާގެ ބޮލުގައިވަނީ ނުފިލާ ރިހުމެއްވެސް އުފެދިފައެވެ. ކިތަންމެ ވަރަކަށް ނުވިސްނަން އުޅުނުނަމަވެސް އެކަން މަލްހާއަށްވަނީ ކާމިޔާބުނުވެފައެވެ. އަބަދު އެކިޚިޔާލުތަކަށް ގެއްލިފައި އިނދެވެނީއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ދެލޯމަރައިލަމުން މަލްހާ ހަށިފުރައި ނޭވާއެއްލިއެވެ. ކެތްތެރިވުމަށް އޭނާ ހާދަހައި މަސައްކަތެއް އެބަކުރެއެވެ. އޭނާގެ މިކެތްތެރިކަމުގެ މޭވާ ކޮންމެވެސް އެއްދުވަހަކުން ލިބޭނެކަން ގައިމެވެ. އިންތިޒާރު ކުރެވެނީ އެދުވަހަކަށެވެ.

“މަންމީ” ޒީވާންގެ އަޑަށް ފަހަތަށް އެނބުރިލަމުން މަލްހާ ގަދަކަމުން ހިނިތުންވެލިއެވެ. ކުދިފިޔަވަޅުތަކެއް އަޅަމުން ދުވެފައި ޒީވާން އައިސް މަލްހާ ގައިގައި ލޯބިން ބައްދައިލިއެވެ. “މަންމިގެ ދޫނި. ކޮންތާކުން ތިއައީ؟ މަންމި ވަރަށް ހަނދާންވި ދަރިފުޅު މަތިން.” ލޯތްބާއެކު ޒީވާން އުރައިލަމުން އެކޯތާފަތުގައި ބޮސްދީފައި މަލްހާ އަހައިލިއެވެ.

“ޕާރކް. ކުޅުނީ. ޔޭ ޔޭ.” ދެއަތްޖަހައިލަމުން އުފާވެލައިފައި ޒީވާން ބުނެލިއެވެ. ބޯޖަހައިލަމުން މަލްހާވެސް ހިނިތުންވެލިއެވެ. “ޔާނިކްބެއަށް ތެންކްޔޫ ބުނިންތަ ދަރިފުޅު ޕާރކަށް ގެންގޮސްދިނީމަ.” މަޑުހިނގުމެއްގައިގޮސް އެނދުގައި އިނށީދެލަމުން ޒީވާން އުނގުގައި ބައިންދައިލަމުން އަނެއްކާވެސް މަލްހާ އަހައިލިއެވެ. އެއާއެކު ޒީވާން ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ހިނިތުންްއިނދެ މަލްހާ ޒީވާންގެ އިސްތަށިކޮޅު ހާވައިލިއެވެ. އެއީހަމަ ރާއިދްގެވެސް އޮންނަކަހަލަ ފަން އިސްތަށިކޮޅެކެވެ. ވަގުތުން މަލްހާގެ ދެލޯފުރި ބަންޑުންވާންފެށިއެވެ. ރާއިދްމަތިން މާބޮޑަށް ހަނދާންވީއެވެ. ރާއިދާއި މެދުގައި ހިތުގައި ކިތަންމެ ޝަކުވާއެއްވީ ނަމަވެސް އަދިވެސް އެހިތުގައި ރާއިދަށްޓަކައި ލޯބިވާކަން ގައިމެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ މިއަދު އޭނާއަށް މިހުރިހައިކަމަކަށް ކެތްތެރިވުން މުހިންމެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ. ޒީވާނަށް ފެނުމުގެކުރިން އަތުގެ ނުފުށުން މަލްހާ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލިއެވެ. އޭނާ ކެތްތެރިވާނެއެވެ. ކޮންމެ ކަމަކަށްވެސް ކެތްތެރިވާނެއެވެ.

** ** **

އެނދުގައި އޮށޯވެލައިގެން ލިވްޔާ އޮތީ ހިނިތުންވެފައެވެ. އެއްއަތުގައި ކައިވެނީގެ ކާޑު އޮތްއިރު ސީލިންގާއި ދިމާއަށް ބަލަހައްޓައިގެންއޮތް ލިވްޔާގެ ސިކުނޑީގައިވަނީ މާދަމާ ކުރެވިގެންދާނެ އޭނާއާއި ރާއިދްގެ ކައިވެނީގެ އެކިއެކި ޚިޔާލުތަކެވެ.

މާދަމާއިން ފެށިގެން ރާއިދްވާނީ ހަމައެކަނި އޭނާގެ މީހަކަށެވެ. ދެން އެދެމެދަށް އިތުރު އެއްވެސް މީހަކަށް ނުވަދެވޭނެއެވެ. ވަދުނަކަ އޭނާާ ނުވެސްދޭނެއެވެ. މަލްހާގެ ނަން އުމުރަށް ރާއިދްގެ ހަޔާތުން ފުހެލެވުނީއެވެ. އެލޯތްބަށް އޮންނާނީ ހަމައެކަނި އޭނާގެ ހައްގެވެ. ހަމައެނަކި އޭނާގެ ހައްގެވެ. އެތައްދުވަހެއްގެ ދިގު އިންތިޒާރެއްގެ ނިމުން އައުމުން އުފާނުވާނީ ކާކުހެއްޔެވެ؟ އެހެންނޫނަސް އޭނާކުރި އިންތިޒާރުގެ ނިމުން މިހައިފޮނިވެދާނެކަމަށް ދުވަހެއްގެ ކޮޅުންވެސް އޭނާ ހިއެއްނުކުރެއެވެ.

ހިނިގަނޑެއް ޖަހައިލަމުން ލިވްޔާ އޮތްތަނުން ތެދުވަމުން އަތުގައި އޮތް ކާޑަށް ބަލައިލީ ފަޚުރުވެރިކަމާއެކީއެވެ. ރަތާއި ހުދުގެ އެކާޑު ހުޅުވައިލަމުން އެތެރޭގައި ލިޔެފައިވާ ލިޔުންކޮޅު ކިޔަމުންދިޔަ ލިވްޔާގެ ހިތްއަވަސްވެ ނޭވާ ކުރުވަމުންދިޔައެވެ. ލަދުންގޮސް މޫނު ރަތްވެގެންދިޔައެވެ. “ރާދު ވެޑްސް ލިވީ.” އެޖުމުލައާއެކު ލަދުވެެތި ހިނިތުންވުމެއް ލިވްޔާގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އެއްއިނގިލީގައި ދަތްއަޅައިލަމުން އަނެއްކާވެސް ލިވްޔާ އެނދުމައްޗަށް ވެއްޓިގަތެވެ.

“ސޮރީ ދޮންތާ. އައި ނޯ އައި ޑިޑް ރޯންގް ވިތް ޔޫ. އެކަމަކު ކީއްކުރާނީ؟ އަހަރެންނަށްވެސް ލޯބިވެވުނީ. ކޮންމެގޮތަކުންވިއަސް އެލޯބި ހާސިލްކުރަން ބޭނުންވީ. ޓްމޯރޯ ހީ ވިލް ބީ މައިން. ދޮންތަ ދެން ރާދު މަތިން ހަނދާންނައްތައިލާ. ސޮރީ އަގެއިން.” އަތުގައިއޮތް ކާޑުގައި ފިރުމަމުން ލިވްޔާ ބުނެލިއެވެ. އޭރުވެސް ލުއި ހިނިތުންވުމެއް އެތުންފަތްމަތީގައި ރަސްކަންކުރަމުން ދިޔައެވެ.

** ** **

ޔާނިކްގެ ކާރު ގޭޓު ކުރިމައްޗަށް މަޑުކޮށްލިއިރު އިންތިޒާރުގައި މަލްހާ ހުއްޓެވެ. ކާރު މަޑުކޮށްލުމާއެކު އިސްޖަހައިލަމުން ކޮނޑުގައި އަޅުވައިފައިއޮތް ދަބަހުގައި އެއްއަތުން ހިފައި ބާރުކޮށްލަމުން މަޑުހިނގުމެއްގައި އައިސް މަލްހާ ކާރަށް އެރިއެވެ. ކުރީ ޝީޓްގައި ހަމަޖެހިލައިގެން އިނެއްކަމަކު ޔާނިކްގެ ނަޒަރުވަނީ މަލްހާގެ ލަސްހަރަކާތްތަކަށް ހުއްޓިފައެވެ. ނުބުންޏަސް މިއަދުމީ ރާއިދާއި ލިވްޔާ ކައިވެނިކުރާ ދުވަސްކަން ޔާނިކްއަށް އެނގެއެވެ. މަލްހާގެ ކޮންމެ އަމަލަކުން އެކަމާ އޭނާ ހިތާމަކުރާވަރު ދައްކުވައިދެމުންދިޔަގޮތުން ޔާނިކްގެ ހިތުގައި ޖެހޭގޮތްވިއެވެ. މަލްހާގެ އުފަލަކީ ރާއިދްކަމަށްވަނީނަމަ އެއުފާވެސް މަލްހާއަށް ހޯދައިދޭން އޭނާ ބޭނުންވެއެވެ. ޔާނިކްގެ ހިތްއެދެނީ އަބަދުވެސް މަލްހާ އުފަލުގައި އުޅުމަށެވެ. ފުންނޭވާއެއްލަމުން ޑްރައިވަރަށް އިޝާރާތްކޮށްލުމާއެކު އޭނާ ކާރު ދުއްވައިލިއެވެ. ބާރުދުވެލީގައި އައި ކާރު ޔާނިކްގެ އޮފީސްކުރިމައްޗަށް މަޑުކޮށްލުމާއެކު ދޮރުހުޅުވައިލަމުން އަވަސްއަވަހަށް މަލްހާ ކާރުން ފޭބިއެވެ. އެދުވަހަށްފަހު ޔާނިކްއާއި ކުރިމަތިލާންވުމުން މަލްހާ ޖެހިލުންވި ނަމަވެސް މިއަދު އޭނާއަށް މިނޫންގޮތެއް ނެތެވެ.

މަލްހާގެ ނުތަނަވަސްކަން ވިސްނި ޔާނިކްވެސް އިތުރަށް މަލްހާ ނުތަނަވަސްވެދާނެފަދަކަމެއް ނުކުރެއެވެ. ބާރު ހިނގުމެއްގައި އޮފީހާއި ދިމާއަށް ހިނގައިގަތް ޔާނިކްގެ ފަހަތުން އިސްޖަހައިގެންހުރެ މަލްހާވެސް ހިނގައިގަތެވެ.

“މަލޫ.” އޮފީހަށްވަތް މަލްހާ ސިހުނީ އޭނާގެ ނަމުން ނޫރާ ގޮވައިލިއަޑު އިވިފައެވެ. ދެލޯބޮޑުކޮށްލަމުން ރިސެޕްޝަން ދޮށުގައިއިން ނޫރާއާއި ދިމާއަށް ބަލަހައްޓައިގެންހުރި މަލްހާ ފެނުމުން ނޫރާއަށް މަޖާވިއެވެ. ހިނިގަނޑެއް ޖަހައިލަމުން އަތުގެ އިޝާރާތުން އައުމަށްބުނުމާއެކު ހައިރާންވެފައިހުރެ މަލްހާ އެދިމާއަށް ދިޔައެވެ.

“ނޫ. ހަމަ އަސްލަށްވެސް އައީތަ؟” އެހިސާބާ އަރައިހަމަވުމާއެކު ނޫރާ ކުޑަކޮށް މަލްހާގެ ގައިގައި ބައްދައިލިއެވެ. މަލްހާގެ މޫނުމަތިން ހިނދުކޮޅަކަށް ނަމަވެސް އުފާވެރިކަން ފާޅުވެގެންދިޔަތަންފެނި ދުރުގައިހުރި ޔާނިކް ސިއްރުވެރިގޮތަކަށް ހިނިތުންވެލިއެވެ.

“ޔެސް. އެމް ބެކް. ހެހެ. ސަޕްރައިޒް ވެއްޖެދޯ. އެހެންވެ ނުބުނީވެސް. މަލް ސަޕްރައިޒްކޮށްލަން. ބަލާ މޫނަށްވީ ގޮތް. ހެހެ.” އުފާވެރިރާގަކަށް ނޫރާ އެހެންބުނެލުމާއެކު ލޯއަޅައިލަމުން މަޑުމަޑުން މަލްހާ ނޫރާގެ ކޮނޑުގައި އަތުން ޖަހައިލިއެވެ.

“މިއަދު ބްރޭކްގަޑީވާނެ ދިމާވެލަން. އޯކޭ އެއްނު.” އަތުކުރީއޮތް ގަޑިއަށް ބަލައިލަމުން ނޫރާ އެހެންބުނެލުމާއެކު މަލްހާ ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ. ހިނިތުންވެލަމުން ދެމީހުން ވަކިވީ ދައްކަންހުރި ހުރިހައި ވާހަކައެއް އެގަޑީގައި ދެއްކުމަށް ފަސްކޮށްލަމުންނެވެ.

ބްރޭކްގަޑި ޖެހުމުން ދެމީހުން ކެންޓީނާއި ދިމާއަށް މިސްރާބުޖެހިއެވެ. ހިތްހަމަޖެހޭ ހިސާބުން މޭޒެއް ހޯދުމަށްފަހު ދެމީހުންވެސް އެދިމާއަށް ހިނގައިގަތެވެ. ހަމަޖެހިލުމަށްފަހު ނޫރާ ކާންބޭނުންވާ ތަކެއްޗަށް އޯޑަރ ދެމުން މަލްހާގެ މޫނަށް ފުންކޮށްބަލައިލިއެވެ. ހިނިތުންވެފައިހުރިނަމަވެސް އެހިނިތުންވުން ފުރިހަގޮތެއްގައި މަލްހާގެ ލޮލާއި ހަމައަކަށް ވާސިލެއް ނުވެއެވެ. ހީވަނީ ހިތާމަތަކެއް ފޮރުވުމަށްޓަކައި ގަދަކަމުން ވެރިކުރިވައިފައިހުރި ހިނިތުންވުމެއް ހެންނެވެ. އެމޫނުމަތިވަނީ އެއްކޮށް މިލައިފައެވެ. ތުންފަތް ހިކިފައިވީއިރު ކުރިއަށްވުރެ މަލްހާ ހިކިކަންވެސް ނޫރާއަށް ފާހަގަވިއެވެ.

“މަލް. އާ ޔޫ އޯކޭ؟” ޖަވާބު އެނގޭއިރުވެސް ނޫރާއަށް އެހެން އަހައިލެވުނީ ކަންބޮޑުވެފައިހުރިވަރުންނެވެ. އެއްމަސްދުވަހު މަލްހާއާއި ބައްދަލުނުވެ ހުރުމަށްފަހު މިއަދު ބައްދަލުވީއިރު އޭނާގެ އެކުވެރިޔާއެވަނީ މުޅިން ބަދަލުވެފައެވެ.

ނޫރާގެ ސުވާލުން މަލްހާ އިސްޖަހައިލީ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާގެ ހިތާމަތައް ނޫރާއަށް ސިއްރުނުވާނެކަން އިނގުމުންނެވެ. ކަރުނަތައް ލޮލަށް ޖަމާވުމުގެ ކުރިން ހިތްވަރުކޮށްފައި މަލްހާ ކަރުނަތައް އެތެރެއަށް ހިނދައިލުމުގައި ކާމިޔާބުހޯދިއެވެ. އެހުރިހައިއިރު ބަހެއް ނުބުނެ ނޫރާ އިނީ މަލްހާ ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.

“ނޫ.. އައި.. އައި އެމް ޑިވޯސްޑް. ރާދު އަހަރެން ވަރި..” މަލްހާއަށްބުނެވުނީ އެހިސާބަށެވެ. ވަޓްއޭ ބުނަމުން ނޫރާއަށް ކުޑަކޮށް ހަޅޭލަވައިގަނެވުނެވެ. ނޫރާގެ އަޑަށް އެތަނުގައިތިބި ބައެއްމީހުންގެ ނަޒަރުތައްވެސް އެދިމާއަށް އަމާޒުވެގެންދިޔައެވެ. އެހެނަސް އެކަމަކަށް އޭނާ މާބޮޑު ފަރުވާލެއް ނުދެއެވެ. “ކޮންއިރަކު؟ ކީއްވެ މަލް އަހަރެންގާތު ނުބުނީ؟” ހިތްހަމަނުޖެހިފައި ނޫރާ ޝަކުވާކޮށްލީ އެހައިބޮޑުކަމެއް ހިނގިއިރުވެސް މަލްހާ އޭނާއަށް އަންގައިނުލުމުންނެވެ. އެއާއެކު ކުރުގޮތަކަށް މަލްހާ ނޫރާ ދިޔައީއްސުރެވީ ހުރިހައިކަމެއް ކިޔައިދިނެވެ. އޭރު ނޫރާ ހީވަނީ ރުޅިއައިސްގެންގޮސް ހަލާކުވެދާނެހެންނެވެ.

“ލަދުގެ ކަންފުޅެއްވެސް އެދެމީހުން ގައިގައި ނެތީދޯހަމަ. އަހަރެން ހައިރާންވެއްޖެ ތިހައި ހިސާބަށް ތިކަންތައް ގެންދަން އެމީހުނަށްކެރުނަތީވެސް. ބުނަން މަލް. މަލް ތިހެން ދެރަވެ ބަލިކަށިވެގެން އުޅެންޏާ އެމީހުންހަމަ މަލް ދެރަކުރާނީ. އެއީ އެމީހުނަށްލިބޭ ހިތްވަރެއް. އެއްގޮތަކަށްވެސް ދެރަވާނެކަމެއްނެތް. އިނގޭ އުނދަގޫވާނެކަން. އެކަމަކު ހިތްވަރުގަދަކުރޭ. އެމީހުންގެ އެއަމަލުތަކުން ތިހެން ކަރުނައެޅުމުގެ ބޭނުމެއްނެތް. ބޭވަފާތެރިންނަށްޓަކައި ކަރުނައޮހޮރުމަކީ ބޭކާރުކަމެއް. ސޯ ބީ ސްޓްރޯންގް އެންޑް ފޭސް ދިޒް. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކީ.” މަލްހާގެ އަތުގައި އަތް ބާވައިލަމުން ނޫރާ ހިތްވަރުދެމުންދިޔައިރު މަލްހާގެ ހިތަށް އެކަމުން ބުނަދޭންނޭނގޭ ހަމަޖެހުމެއްލިބެމުންދިޔަކަން އޭނާއަށް ފާހަގަވިއެވެ.

“ނޫ. އަހަރެންވެސް ބޭނުމެއްނޫން އަބަދު މިގޮތަށް ކަރުނައޮއްސާފަ ބަލިކަށިވެގެން އުޅޭކަށް. ނޫ ބުނެބަލަ. އަހަރެން ކިހިނެއްތަ ހަދަންވީ؟” ނޫރާގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން މަލްހާ އަހައިލިއެވެ. އިރުކޮޅަކު މަލްހާގެ މޫނަށް ބަލަންއިނުމަށްފަހު ނޫރާ ކުޑަކޮށް ބޯޖަހައިލިއެވެ.

“އަހަރެން ބުނާކޮންމެކަމެއްވެސް މަލް ކުރާނަންތަ؟” ދެލޯހަނިކޮށްލަމުން ނޫރާ އަހައިލިގޮތުން މަލްހާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަނެއްކާ ނޫރާ އޭނާ ލައްވާކުރަންއެއުޅެނީ ކޮންކަމެއްހެއްޔެވެ؟ ނޫރާ އެއެދޭކަމެއް އޭނާއަށް ކުރެވިދާނެހެއްޔެވެ؟ މަލްހާ ހިމޭނުން އިނުމަށްފަހު ނޫރާގެ މޫނަށް ބަލައިލުމަށްފަހު ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.

“ﷲ އިރާދަކުރެއްވިއްޔާ އަހަރެން މަސައްކަތްކުރާނަން ނޫ ބުނި ކޮންމެ ކަމެއްވެސްކުރަން.” ކެރިއިނދެ މަލްހާ އެހެންބުނެލުމާއެކު ނޫރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ފުންނޭވާއެއްލުމަށްފަހު ނޫރާ ކަންތައްކުރަންވީގޮތް ކިޔައިދީ ނިންމައިލިއިރު މަލްހާގެ ދެލޯވަނީ ބޮޑުވެފައެވެ.

“ނޫން ނޫ. އަހަރެންނަށް ލާހިކެއްނޫން. އަހަރެން ކިހިނެއް؟” މަލްހާ ވަގުތުން ދެކޮޅުހަދަން ފެށިއެވެ. އެއާއެކު ނޫރާ މަލްހާގެ އަތުގައި ހިފައި ތަޅުވައިގަތެވެ. “ނޯ މަލް. ޔޫ ހޭވް ޓް. މަލް ބުނީމެއްނު ކުރާނަމޭ. އަހަރެންނަށްޓަކާ. އެމީހުން ހީކުރީ އެމީހުން އެގޮތަށް ކަންތައްކުރީމަ މަލް ދެރަވެގެންގޮސް މޮޔަވާނެކަމަށްތަ؟ ޗި. ޝޯ ދެމް ޔުއަރ ސްޓްރޯންގް. އެމީހުނަށް އެހީވަނީ ކުށްހީއެއްކަން އަންގައިލަބަލަ. ތިހާ ފިނޑިވެގެންނުއުޅެބަލަ މަލް. ޕްލީޒް. މަލް އެހާ ހިތްވަރުގަދަވެއްޖެއްޔާ އެމީހުން ބަލިކަށިވާނެ. ޕްލީޒް މަލް. އެއްބަސްވެބަލަ.” އާދޭހާއެކު ނޫރާ މަލްހާއަށް ވިސްނައިދެމުންދިޔައެވެ. އެތައްއިރަކު ނޫރާ ވިސްނައިދީ ހިތްވަރުލައިދިންފަހުން މަލްހާ އެކަމަށް އެއްބަސްވިއެވެ. ވަގުތުން ޔެސްއޭ ބުނެލަމުން ނޫރާ ގޮނޑީގައި ލެގިލިއެވެ. އޭނާގެ ޕްލޭން ސިކުނޑީގައި ތަކުރާރުކޮށްލަމުން ނޫރާ ހިނިތުންވެލިއެވެ.

** ** **

ކާރު ރާއިދްމެން ގޭގެ ދޮރުމަތީގައި ޕާރކްކޮށްލުމާއެކު ޔާނިކް ކާރުން ފޭބިއެވެ. އެގެއަށް ބަލައިލަމުން އިރުކޮޅަކު އޭނާ ކުރަންމިއުޅޭ ކަންތަކާމެދުގައި ވިސްނަންހުރުމަށްފަހު ޔާނިކް މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތެވެ. އޮފީހުގެ ރަސްމީގަޑި ނަމަވެސް ޔާނިކް އެގެއަށްއެއައީ މަލްހާގެ އުފަލަށްޓަކައެވެ.

ގޭގެ ބެލް ޖަހައިލަމުން ޔާނިކް ދޮރުމަތީގައި މަޑުކޮށްލިއެވެ. ހުޅުވިގެންދިޔަ ދޮރުމަތީގައިހުރި ހީނާ ޔާނިކްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ. “ރާއިދްއާ ބައްދަލުކޮށްލެވިދާނެތަ؟” އެތެރެއަށް ވަންނަމުން ޔާނިކް މަޑުމައިތިރި ރާގަކަށް އަހައިލިއެވެ. ލައްބައޭ ބުނަމުން ޔާނިކް ގާތުގައި ސޯފާގައި އިނށީނުމަށްބުނެފައި ހީނާ އެތެރެއަށް ހިނގައިގަތެވެ.

އިރުކޮޅެއްފަހުން ސޯޓަކާއި ކަޅު ކުލައިގެ ޓީޝާރޓެއްގައި ސިޓިންގްރޫމަށް ނުކުތް ރާއިދް ފެނުމުން ޔާނިކް އިންތަނުން ތެދުވަމުން ސަލާމް ގޮވައިލިއެވެ. ސަލާމުގެ ޖަވާބުދެމުން އިނށިނުމަށް ބުނުމަށްފަހު ރާއިދްވެސް އެތަނުން ސޯފާއެއްގައި އިނށިދެލިއެވެ.

“ކުރިން ފެނުނު މީހަކާ ހާދަ ވައްތަރޭ. އަހަރެމެން ކުރިން ދިމާވިދޯ.” ޔާނިކްގެ މޫނަށް ބަލަންއިނދެ ވިސްނައިލަމުން ރާއިދް އަހައިލިއެވެ. “ހޫމް. މަލް ވިހަންވެގެން ހޮސްޕިޓަލަށް..” ޔާނިކްއަަށް އެހިސާބަށް ބުނެވުނުތަނާ ހަނދާންވެއްޖެއޭ ބުނަމުން ރާއިދް ހިނިތުންވެލިއެވެ. “މަލްހާގެ ބޮސްދޯ ތީ. ސޮރީ. މަލްހާ މިހާރު އުޅެނީ މިގޭގައެއްނޫން.” ފަރުވާކުޑަރާގަކަށް ރާއިދް ބުނެލިގޮތުން ޔާނިކް ހިތްހަމަނުޖެހުނެވެ.

“އިނގޭ ތިކަން. އަހަރެން މިއައީ މަލްހާ ހޯދާކަށްނޫން. ރާއިދާ ބައްދަލުކޮށްލަން.” ޔާނިކް އޭނާއައި ބޭނުމައިގެން ކުރިއަށްދެވޭތޯ އުޅެގަތެވެ. “އަހަރެން. ކީއްވެ؟” އަމިއްލަ މެޔާއި ދިމާއަށް އެއްއަތުން އިޝާރާތްކޮށްލަމުން ހައިރާންވެފައި ރާއިދް އަހައިލިއެވެ.

“އާން. ރާއިދާ ބައްދަލުކުރަން. އަހަރެން އުއްމީދުކުރަން އަހަރެން މިދައްކާ ވާހަކަ ރާއިދް އަޑުއަހާނެކަމަށް.” ފުންނޭވާއެއްލަމުން ޔާނިކް ބުނެލިއެވެ. ނިތަށް ރޫއަރުވައިލަމުން ބުނާށޭ ރާއިދް ބުނެލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ.

“އަހަރެން ނެތިން ވާހަކަ ދިގުކުރާކަށް. ރާއިދް މަލްއާ ދޭތެރޭ ތިކަންތައްކުރަނީ ރަނގަޅަކަށްނޫން. މަލް ހާދަ ލޯތްބެއްވެއޭ ރާއިދްދެކެ. އެކުއްޖާއަށް ތިހެންހަދަން ހެޔޮނުވާނެ. މަލްއާ ދޭތެރޭ ވިސްނައިނުލިއަސް ތިދެމީހުންގެ އެހުރި ތުއްތު ދަރިފުޅާ މެދުގައި ރާއިދް ވިސްނައިލަބަލަ. އާއިލާއެއް ތިހެން ރޫޅިގެންދިއުމުން އެންމެބޮޑު އަސަރެއްކުރާނީ ދަރިންނަށް. އެވަރުވެސް ރާއިދް ހަނދާންނެތީތަ؟ މަލް ވިހަންވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަސްމަތިން ހަނދާންކޮށްބަލަ. ކޮބާ އޭރު ރާއިދް މަލްދެކެވީ ލޯބި؟ ހަނދާންނެތުނީތަ؟” ހިތްހަމަނުޖެހިފައި ހުއްޓަސް ޔާނިކް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

“ވަޓް ރަބިޝް. ކަލޭތީ ކާކު އަހަރެންގެ ޒާތީ ދިރިއުޅުމަށް ފާޑުކިޔަން. ކަލެއަށްކީއް އަހަރެން މަލްހާދެކެ ލޯބިވިޔަސް ނޫނީ ނުވިޔަސް. މިއީ އަހަރެންގެ ދިރިއުޅުން. އަހަރެން ބޭނުންގޮތަކަށް ކުރިއަށް ގެންދާނީ. އެއްވެސް މީހަކަށް އަހަރެންގެ ޒާތީ ދިރިއުޅުމަށް ފާޑުކިޔުމުގެ ހައްގެއް ނުއޮންނާނެ. އެނގިއްޖެ. އެހެންނޫނަސް މަލްހާ އެހުރީ ހުރިގޮތް ވިހެއިފަހުން. އެގޮތަށް ހުއްޓަ އޭނައާ އިންނާނެ މީހަކުވެސް ނުވާ.” ރާއިދްގެ ވާހަކަ މެދުކެނޑުނީ ޔާނިކްގެ ހަޅޭކުގެ ސަބަބުންނެވެ.

“ޚަބަރުދާރު. މަލްއޭ ކިޔައިގެން އެންމެ ބަހެއްބުނެލިއަސް ނިމުނީ. އަހަރެން މިތަނަށްއައީ މަލް އެކުރާހިތާމަފެނި ރާއިދަށް ވިސްނައިދޭންކަމަށް. އެކަމަކު ތިކަހަލަ މީހަކަށް ވިސްނައިދިނުމަކީވެސް ބޭކާރުކަމެއް. ޔޫ ޑޯންޓް ޑިޒާވް އަ ޖެމް ލައިކް ހާރ. އެއްދުވަހުން އަދި ރާއިދަށް އިހުސާސުވާނެ ގެއްލިތިޔައީ ކިހައިއަގުބޮޑު ޖަވާހިރެއްކަން.” އެހެންބުނެލުމަށްފަހު ޔާނިކް އިންތަނުންތެދުވެ ނިކުންނަން ހިނގައިގަތެވެ. އެންމެ ހިނދުކޮޅަކުވެސް އެގޭގައި މަޑުކުރާކަށް އޭނާބޭނުމެއްނުވެއެވެ.

“ކަލެއަށް ހާދަވަރެކޭދޯ ތިވީ. މަލްހާ ހިތާމަކުރާތަންފެނި ކަލެއަށް ތިހާވަރުވަންޏާ ކަލޭ ގޮސް އޭނައާ އިންނަންވީނު.” ޔާނިކްއާ ދިމާއަށް މަލާމާތުގެ ރާގަކަށް ރާއިދް ބުނެލިބަސްތަކާއެކު އޭނާގެ ދެއަތްމުށްކެވިގެންދިޔައެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓެމުން ޔާނިކްވެސް މަލާމާތުގެ ރާގަކަށް ހީލިއެވެ.

“ޔަގީނެއްނު. ﷲ އިރާދަކުރެއްވިއްޔާ ތިދުވަސްވެސް އަދި ފެންނާނެ. އަހަރެންމީ މީހުންގެ ބޭރުފުށުގެ ރީތަކަމަށް ބަލައިފަ ލޯބިވާ މީހެއްނޫން. ބޭރުފުށުގެ ރީތިކަމަކީ ކޮންމެވެސް އެއްދުވަހަކުން ގެއްލިދާނެ އެއްޗެއް. އެއީ މަލްހާއަށްވިއަސް އަދި ލިވްޔާއަށްވިއަސް. އެކަަމަކު އެތެރެފުށުގެ ރީތިކަމަކީ ތާއަބަދަށްދެމިގެންދާނެ އެއްޗެއް. މަލް ކޮންމެ ގޮތަކަށްހުއްޓަަސް ﷲ އިރާދަފުޅުން އަހަރެން އަބަދުވެސް ލޯބިވާނަން.” އެހެންބުނެލުމަށްފަހު އެތަނުން ނުކުމެގެންދިޔަ ޔާނިކްއާ ދިމާއަށް ބަލަހައްޓައިގެން ގަބުވެފައި ރާއިދަށް ހުރެވުނީއެވެ. ޔާނިކްގެ ބަސްތައް ސިކުނޑީގައި ތަކުރާރުވާންފެށުމުން ދެފަރާތަށް ބޯހޫރައިލުމަށްފަހު މިރޭ ކުރެވިގެންދާނެ އޭނާއާއި ލިވްޔާގެ ކައިވެންޏާއިމެދުގައި ރާއިދް ވިސްނައިލިއެވެ. އެއާއެކު އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

** ** **

އޮފީސް ނިންމައިލުމަށްފަހު މަލްހާ ގެނެސް ގެއަށްލުމަށްފަހުދާން އެނބުރުނު ޔާނިކް ހުއްޓުނީ މަލްހާ އޭނާގެ ނަމުން ގޮވައިލުމުންނެވެ. ރާއިދްގެ ބަސްތަކުގެ ސަބަބުން އޭރުވެސް އޭނާގެ ތަބީއަތުވަނީ ޚަރާބުވެފައެވެ. ނަމަވެސް މަލްހާގެ ފޮނިއަޑު ކަންފަތުގައިޖެހުމާއެކު އެހުރިހައި ނުތަނަވަސްކަމެއް ހިތުން ފިލައިގެންދިޔަކަހަލައެވެ.

އެނބުރި މަލްހާއާއި ދިމާއަށް ބަލައިލިއިރު އިސްޖަހައިގެން ދެއަތްދެއަތާ މޮޑެންހުރި މަލްހާ ފެނުމުން ޔާނިކް ހައިރާންވިއެވެ. “ކިހިނެއްވީ މަލް؟” މަލްހާ އޭނަ ގާތުގައި ވާހަކައެއް ބުނަންވެގެންއުޅޭހެން ހީވުމުން ހިތްއަވަސްވެފައި ޔާނިކް އަހައިލިއެވެ.

“މި. އުމް. ޔާނިކް މިރޭ ފްރީތަ؟” ދެފަރާތަށް ނަޒަރު ހިންގަމުން މަލްހާކޮށްލި ސުވާލާއެކު ޔާނިކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ޔެސް. ކިހިނެއްވީ؟ ތަނަކަށް ދާންވީތަ؟” ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ހަމަޖެހިލުމަށްފަހު ޔާނިކް އަހައިލީ ސީރިއަސްކަމާއެކުއެވެ.

“އަހަރެންނާ ނޫ އާއެކުގައި ޕާޓީއަށް ދެވޭނެތަ؟” ކުޑަކޮށް ހާސްވެފައިހުރެ މަލްހާ އަހައިލިއެވެ. މަލްހާ ބުނަންބޭނުންވެގެން އެއުޅެނީ ކީކޭކަން ޔާނިކްއަށް ވިސްނުނުފަދައެވެ. “ކާކުގެ ޕާޓީއަކަށް؟” ހިތްހަމަނުޖެހިފައި ޔާނިކް އަހައިލިގޮތުން މަލްހާ އިސްއުފުލައިލައި ޔާނިކްގެ މޫނަށް ބަަލައިލިއެވެ. “އޫމް. ރާއިދް އެންޑް ލިވީގެ.” ހާސްވެފައިހުރި ނަމަވެސް ހިތްވަރުކޮށްފައި މަލްހާ ބުނެލިއެވެ. އެއާއެކު ޔާނިކްގެ ދެބުމަގޮށްޖެހިގެން ދިޔައެވެ. އެދެމީހުން އެއްކޮށް ފެނުމުން އެހައި ހިތަށް ތަދުވާއިރުވެސް މަލްހާ އެމީހުންގެ ކުރިމައްޗަށްދާން ބޭނުންވަނީހެއްޔެވެ؟

“ކީކުރަން އެތަނަށްދަނީ؟ އަދިވެސް ތިހިތަށް ތަދުވާވަރު ކުޑައީތަ؟ ލިބުނު ހިތާމަތައް ކުޑައީތަ؟ މަލްއަށް ކެތްވާނެތަ އެމީހުން ދެމަފިރިންގެ ގޮތުގައި ތިއްބައިދެކެން؟” ހިތްހަމަނުޖެހިފައިހުރެ މަލްހާއަށް ވިސްނައިދެވޭތޯ ޔާނިކް މަސައްކަތްކުރިއެވެ. އެއާއެކު ތުންފަތުގައި ދަތްއަޅައިލަމުން މަލްހާ އިސްޖަހައިލިއެވެ. އިރުކޮޅަކު އެހެންހުރެފައި މަލްހާ އިސްއުފުލައިލީ ހިނިތުންވަމުންނެވެ.

“ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް ކެތްވާނެ. ލައްކަދުވަސްވެއްޖެ އެމީހުންގެ އެއަމަލުތަކުން އަހަރެން ކަރުނައަޅާތާ. ދެން އިތުރަށް ﷲ އިރާދުފުޅުން އެމީހުންގެ ސަބަބުން އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން. އެމީހުން ހީކުރަނީ އަހަރެންމީ ވަރަށް ބަލިކަށި މީހެއްކަމަށް. އެކަމަކު އެދުވަސް ފަހަނައަޅައި ގޮސްފި. ދެން އެމީހުންނަށް ފެންނާނީ މުޅިންއާ މަލްހާއެއް. އާން. ﷲ އިރާދަފުޅުން ކޮންމެކަމެއްވިއަސް އަހަރެން ކެތްތެރިވާނަން. އަހަރެން ގައިގައި އެހައި ހިތްވަރުއެބަހުރި. އެމީހުނަށް އަހަރެންނަށް ދައުވަތުދޭން މިތަނަށް އަންނަން ކެރުނިއްޔާ އަހަރެންނަށް އެމީހުނަށް މަރުހަބާކިޔަން އެތަނަށްދާންވެސް ކެރޭނެ. ސޯ ޓެލް މީ ޔާނިކް. އަހަރެމެންނާއެކީ ދާނަންތަ؟” މަލްހާގެ އަޑުގައިހުރި ހިތްވަރާ ޖޯޝާއި ކެރުންތެރިކަން ފުރަތަމަފަހަރަށް އިހުސާސުވެފައި ޔާނިކްހުރީ ބުނާނެއެއްޗެއްވެސް ނޭނގިއެވެ. ވަގުތުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. “އޮފްކޯޒް. އަހަރެން ހަމަ ތައްޔާރު.” ޔާނިކްގެ ޖަވާބާއެކު މަލްހާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެންދިޔަތަންފެނި އޭނާގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް އިހުސާސުވެގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ބޭނުންވަނީ އުމުރަށް 15 ވަނަ ބައި

Next

ޝީން (ހަތާވީސްވަނަ ބައި)

Next
March 28, 2018

ޝީން (ހަތާވީސްވަނަ ބައި)

Previews
March 28, 2018

ބޭނުންވަނީ އުމުރަށް 15 ވަނަ ބައި

49 Comments!

  1. N@-B says:
    March 28, 2018 at 5:22 pm

    Vaahaka kiyaalaa hithun huhta thi up kohly. .. ☺?

  2. buddy says:
    March 28, 2018 at 5:37 pm

    MAASHA ALLAH VARAH REETHI?????

  3. Nau says:
    March 28, 2018 at 5:39 pm

    Salaam all.. Here is the nxt part.. Hope u all will like this part too.. Point out the mistakes for me.. N enjoy reading.. Nxt part in sha allah friday ga.. Kyp waiting.. Hv a v nice day.. N thanks alot for the love n support u guys r giving me.. Will always remember that. Really thankfull.. Ly all.. ❤?

    1. Thu says:
      March 30, 2018 at 9:32 pm

      V fake friday ga up kohdheyn bunefa nukohdhey vahaka up eh
      Aslu readers ge trust gelle kameh nau thikranee
      If yuh are really buxii yuh can fix ehnu vaki days thakehp kohdheyn so the readers will know dhw up vaane ireh so hama v support kuran nau ah bt mihen vanyaa v dhera dhen

    2. Nau says:
      March 30, 2018 at 10:01 pm

      Ya dear ur ryt. M sry lasvyma. Aslu havru up kuran iny.. Bt kuda kamehga thaashivy ehnve lasvy.. Sry ingey. Umm so lets say nau up kuran bunaa day ge nyt ga in sha allah enme lasvegenvx up kuraanan.. Bunaa day ah up kuran always try kuran. Up nukurevenyaa i will lets u guys knw before.. Sry again dear.. In sha allah wnt repeat again.. ?

  4. Khaleesi says:
    March 28, 2018 at 5:39 pm

    Yeyyy story is awsome thanks thihaa busy koh ulhenmun vaahaka up kurythee
    And well wishes to u nau ?❤️❤️

  5. Riyaa says:
    March 28, 2018 at 5:43 pm

    Nice story…. i love it?

  6. real girl says:
    March 28, 2018 at 5:47 pm

    slm sis wen next part?

  7. Queen angela? says:
    March 28, 2018 at 5:58 pm

    Vvvvvv nice strii..thanks nau

  8. Ibsha says:
    March 28, 2018 at 6:03 pm

    Varah reethi

  9. Fai says:
    March 28, 2018 at 6:10 pm

    Vaahaka vvvvv reethi
    Vaahakayaa deytherey v v hiyhamajehey
    Keep it up

  10. Shann says:
    March 28, 2018 at 6:12 pm

    Wow nau haadha furihamaey mibaives… Hama mulhin kosvehje

  11. Any says:
    March 28, 2018 at 6:39 pm

    Alhey hadhamolhey nau very reethi love u

  12. Ihu says:
    March 28, 2018 at 6:45 pm

    Vaahakha varah salhi ???????

  13. Azy says:
    March 28, 2018 at 6:46 pm

    V V V reethi ? ? Thanks Nau v reethi hisaabakun miotheee nimifa ☺☺☺
    ????????????

  14. Pinky shifoo says:
    March 28, 2018 at 7:01 pm

    Wonderful ❤️❤️❤️… Maasha Allah mi part vx v v v reethi ???… Sifakurunthah hama obiness to the max ???… V v v reethi ???… Keep up the good work Nau ???… Curiously waiting for the next part… Lots of love and take care Nau ❤️❤️❤️???????????????

  15. Fathun says:
    March 28, 2018 at 7:06 pm

    Varah reethi I love it

  16. lotus says:
    March 28, 2018 at 7:13 pm

    Wow… vvvv salhi… waiting for the next part… good luck nau???

  17. Chim says:
    March 28, 2018 at 7:22 pm

    Story hama v salhi..dhen hyvey maa reethi vaanehen..

  18. Sumee says:
    March 28, 2018 at 7:38 pm

    W.Salam.
    Islaamee shariah gai 2 sisters aa ehvaguthega kaiveni nukurevey. Malhaa huree vari kohffa namavess ihdhaiga viyya raaidh ah Malhaa ge kokko livyaa aa kaiveni nukureveyne. Sababakee ihdhaiga hunna Haa dhuvahehga malhaa vaany raaidh ge anbi meehaa ah. Mi kahala thankolhu thakah balaigen vaahaka liumah ehen or else v hama nujehey.

    1. Nau says:
      March 29, 2018 at 11:04 am

      Thank u soooo much dear thikanthah faahaga kohladhinyma.. Aslu bxy koh ulhen hadhaahen ekanthah mind in kahsaalaahen gosfa e hury.. Thanks again.. Umm knmes eh part aku thankolheh change kohlaagen viyas thithankolhu in sha allah rangalhukohlaanan.. V happy vehje.. ?

  19. Minnu says:
    March 28, 2018 at 7:46 pm

    story vvvvvv nice… i love it

  20. Anonymous says:
    March 28, 2018 at 7:51 pm

    varah reethi aneh bai varah avahah ap kohdheebaka haadha kehmadhuvefa ey mihiree plx plx

  21. Mia says:
    March 28, 2018 at 8:17 pm

    Reethi.. Thankolheh dhigukoh vaahaka up kohdhybala plx

  22. tom says:
    March 28, 2018 at 8:22 pm

    Vhh….v furihama v salhi ????????? lu

  23. Mal says:
    March 28, 2018 at 9:06 pm

    ????❤️???❣️varah salhi waiting.. 4 the next

  24. haja says:
    March 28, 2018 at 9:56 pm

    vv reeth mi partves

  25. Su maa says:
    March 28, 2018 at 10:30 pm

    MASHA ALLAH… VARAH VARAH FURIHAMA

  26. Ran says:
    March 28, 2018 at 11:39 pm

    Haadha reehchey waiting for next part ♥️♥️

  27. Luba says:
    March 29, 2018 at 12:50 am

    Masha allah ?

  28. yoosh says:
    March 30, 2018 at 12:24 pm

    Wow vaahaka v v habeys nau ………??????

  29. shazu says:
    March 30, 2018 at 1:51 pm

    When up vany?

  30. Laylerr says:
    March 30, 2018 at 5:35 pm

    Maashaa Allah ….v.v.v.reethi mi story??

  31. Waitin says:
    March 30, 2018 at 6:41 pm

    Kobaatha next part.. haadha lahey

  32. lotus says:
    March 30, 2018 at 7:05 pm

    Mirey up vaane tha new part… curiously waitin..?

  33. Ibsha says:
    March 30, 2018 at 7:19 pm

    Kba 25

  34. ? says:
    March 30, 2018 at 7:24 pm

    Waiting

  35. Haikko says:
    March 30, 2018 at 8:20 pm

    When up next part.. waiting

  36. shazu says:
    March 30, 2018 at 8:27 pm

    Avass koh up kohdheeba please

  37. Rishy says:
    March 30, 2018 at 8:37 pm

    ??Kobaa part 25

  38. Rishy says:
    March 30, 2018 at 8:45 pm

    ? waiting

  39. unique says:
    March 30, 2018 at 8:52 pm

    nau bxy dhw……..ehnve ehaa late koh story upkohdheny

  40. Niha says:
    March 30, 2018 at 9:00 pm

    .. mi part ves v v v reethi… <3 nau free vaa haa avahah up kohladhehchey.. varah kiyaalaa hithun meenee

  41. Sana says:
    March 30, 2018 at 9:15 pm

    Waiting for 25 part ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  42. sum sum ? says:
    March 30, 2018 at 9:19 pm

    Nau busy?????????

  43. Anonymous says:
    March 30, 2018 at 9:20 pm

    Kobaa 25 vana part

  44. Loabi says:
    March 30, 2018 at 9:41 pm

    Avas pls

  45. lotus says:
    March 30, 2018 at 9:50 pm

    Did somethin happen?? is everythin ok nau??? Vaahaka las vaathee ahaalee.. hopin that nothingx wrong???

  46. kaaku says:
    April 1, 2018 at 6:11 pm

    Admin!!vaahaka liyan vaki haahsa app eh oveytha esfiya ge

Comments are closed.

Next Episodeތަޤްދީރު (25)←


All Right Reserved!