Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން…. 11

Maikaa Level 310 Stories100 Comments100 Login
March 29, 2018 5 Mins Read
10 Comments

ލައުރާގެ އަޑެއް ބަޑެއް ނީވުމުން ރިއުވީ ބަލާލިއިރު ލައުރާ އޮތީ ނިދާފައެވެ. ރިއުވީ މަޑުމަޑުން އެނދުން ތެދުވެ ލައުރާގެ ގައިމަތީ ބްލޭންކެޓް އަޅައި ދިނެވެ. އަދި ބޮކި ނިއްވާލުމަށްފަހު ރިއުވީ އޭނާގެ ލެޕްއާއި ހެޑްސެޓް ހިފައިގެން އައިސް އެނދުމަތީ އިށީނެވެ. އަދި އޭގައި އެއްޗެހިތަކެއް ޓައިޕް ކުރަން ފެށިއެވެ.

ރިއުވީ އިނީ ލެޕްގެ ތެރެއަށް ވަދެވިފައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ލެޕްްއަށެވެ. އެހެން އިންދައި ސިއްސައިގެން ދިޔައީ ކުއްލިޔަކަސް ފޯން ރިންގް ވާ އަޑު އިވުމުންނެވެ. ރިންގް ވާ އަޑު އަންނަ ދިމާ ބަލާލިއިރު ލައުރާގެ ފޯންއަށް މީހަކު ގުޅަނީއެވެ. ކާކުތޯ ގުޅަނީ ބަލާލި އިރު ގުޅަނީ ލައުރާގެ ދޮންބެ ޝާއިންއެވެ. ފޯން ނަގާނީތޯ ނުނަގާނީތޯ ވިސްނަން ހުރެފައި އެންމެ ފަހުން ފޯން ނެގިއެވެ.

” ހެލޯ.. ލައު ނިދާފައި ..” ފޯން ކަންފަތުގައި ޖައްސާލަމުން ރިއުވީ ބުނެލިއެވެ.

” ތީ ކާކު؟؟ ” އަވަސް އަވަހަށް ޝައިން ސުވާލު ކޮއްލިއެވެ. އޭނާ ހުރީ ލައުރާގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްތޯ ބަލަން ވަރަށް ބޭނުން ވެފައެވެ.

” މީ ރިއުވީ އޭ.. ނޭނގުނުތަ؟؟ ” ރިއުވީ ހީލަމުން ބުނެލިއެވެ.

” އޮހް.. ރިއުވީ ދޯ.. ކިހިނެއްތަ؟؟ ކޮން އިރަކު މާލެ އައީ..؟” ޝާއިން ވެސް ހީލަމުން ސުވާލު ކޮއްލިއެވެ. ސުކޫލްގައި ލައުރާ އުޅުނު އިރު އޭނާ ގެންގުޅުނު ހުރިހާ ރައްޓެހިންކަހަލަ ގޮތަކަށް ޝާއިންއަށް އިނގެއެވެ.

” ރަނގަޅު.. ލައު މާލެ އައި ދުވަހު ރިއުވީވެސް މާލެ އައީ.. އެކަމަކު ލައު އާއި ދިމާވި އަނެއް ދުވަހު އާޓިފިޝަލްބީޗުން.. އޭގެ ފަހުން ލައު ބޭރަށް އަބަދުވެސް ދަނީ އަހަރުންނާއި އެކީ.. ލައުރާ ނުބުނޭ ތަ؟؟” ރިއުވީ އަހާލިއެވެ.

” ނޫން ބުނި.. އެކަމަކު ނުބުނެ ކާކު ކަމެއް.. ލައު ހޭލީމައި ބުންނަންޗޭ ގުޅި ވާހަކަ.. ބާއި..” ޝާއިން އަވަހަށް ފޯން ބޭއްވިއެވެ. ލައުރާ ވަގުތު ހޭދަކުރަނީ ރިއުވީ އާއި އެކީކަން އެނގުމުން ޝާއިންއަށް ހަމަޖެހުމެއް ލިބުނެވެ.
ޝާއިންއަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ރިއުވީގެ ސިކުނޑި ސުވާލުން ފުރުނެވެ. ލައުރާގެ އުޅުން ހުންނަ ގޮތާ މެދު ސަތޭކަވަނަ ފަހަރަށް ސުވާލު އުފެދުނެވެ. މިހާރު އެކަމާ މެދު ވިސްނާ ވިސްނާ އޭނާގެ ބޯގޮވާ ވަރު ވެއްޖެއެވެ. ނަމަވެސް މިހާރު އެހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭ ދުވަސް ވަރަށް ކައިރި ވެއްޖެހެން އޭނާއަށް ހީވިއެވެ. އެކަމަކު ލައުރާ އަމިއްލަޔަށް ކިޔައި ނުދެނީސް ނާހަން ނިއްމިއެވެ. ވަގުތާއި އެކީ ކަންކަން އެނގި ހާމަ ވަމުން ދާނެއެވެ. ހުރިހާ ކަމަކަށްވެސް ބޭނުން ވާނީ ވަގުތެވެ.

ކީވާން އިނީ ރެސްޓައުރެންޓްއެއްގައި އޭނާގެ ރައްޓެއްސެއްގެ އިންތިޒާރުގައެވެ. އިރުއިރުކޮޅާ ދޮރާ ދިމާލަށް ކަޅިއެއްލެނީ އެކުވެރިޔާ ލަސްވުމުންނެވެ. އެންމެފަހުން ފޫހިވެގެން އޭނާ ފޯނުން ފޭސްބުކަށް ވަނެވެ. ” ކީވާން ” ފޯންތެރެއަށް ގޮސް ގެއްލިފައި އިން ކީވާން ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީ ހުރި ޒުވާން ފިރިހެން ކުއްޖާ ފެނުމުން ހިނިތުންވެލާ އިށީނުމަށް ބުނެލިއެވެ.

” ފިއާން.. ކިހިނެތް ކިހިނެތް؟؟” ކީވާން އަހާލިއެވެ.

” ރަނގަޅޭ.. ނުވެސް ބުނެ މާލެ އައިސްގެން ތިއުޅެނީ.. އައިތާ ކޮންދުވަހެއް ފަހުން ދިމާވެސް މިވީ.. އަބަދު ކީވާން ރައްޓެހިވެގެން އުޅޭކުއްޖާޔާ އެކީ އުޅެންޖެހެނީ.. ކީވާން ރައްޓެހިވެގެން ތިއުޅެނީ ކޮންކަހަލަ ކުއްޖަކާތަ.. ” ފިއާން މޯޅިއަކަށް ދެމިލަމުން ކަންނެތް ގޮތަކަށް ބުނެލިއެވެ.

” މަގޭ ގާރލް ހަމަ ބެސްޓޭ.. ފިއާން ނުހޯދަންތަ ކުއްޖެއް؟؟” ކީވާން ވާހަކައިގެ މަގުސަދު އޮޅުވައި ލަމުން އަހާލިއެވެ. ރިއުވީގެ ވާހަކަ ދައްކަމުން ގޮސް ލައުރާގެ ވާހަކަ ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ.

” ދެން އިނގޭ ދޯ މަގޭ ގޮތް.. މިމަހުވެސް ތިން ބިޓުން ކަޓު ވައިލައިފިން މިހާރު.. ” ފިއާން ހީލިއެވެ. ނަމަވެސް އަޑުގައި ސީރިޔަސް ގޮތެއް ހުއްޓެވެ.

” ދެން މިހާރޯ.. ކާކުތަ އެބަދުނަސީބު ވެރިޔަކީ މިހާރު؟؟” ކީވާންވެސް ހީލިއެވެ. ފިއާންއަކީ އަންހެން ކުއްޖަކު ދެދުވަހު ހަމައަށް ގެންގުޅެވޭ މީހެއް ނޫނެވެ. އެކަމަކު އަނެއްހެން ބުނާނަމަ އާއިލައަށާއި އެކުވެރިންނަށް ނުލާހިކު ރަނގަޅު ވާނެއެވެ.

” ހެހެ. މަ ދޯ.. އެކަކުވެސް ނުގެން ގުޅެން މިހާރު.. އެކަމަކު ވަރަށް ސަޅި ބިޓެއް ފެނުނު ކުރީ ދުވަހު. އޭނަ ފެނުމުން މަށަށް ހީވީ މިދުނިޔެ ފަހަނަ އަޅާފައި އެހެން ދުނިޔެއަކަސް ދެވުނުހެން. އެހާވެސް ރީތި..” ފިއާން ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

” ދެން ރަނގަޅެއްނުން.. މިސްޓާރ ވޯލްޑާއި މިސިސް ވޯލްޑް. ދައްކާލަންޗޭ މަށަށް.” ފިއާންގެ މޫނުމަތީ ކުޑަކޮން ޖަހާލަމުން ކީވާން ހެވިފައިހުރެ ބުނެލިއެވެ.

” ރަނގަޅު ކުއްޖެއް ނަމަތާ.. ތާކު ހުރި ސައިކޯއެއް ކަންނޭނގެ އެއީ.. ” ފިއާން މޫނަށް ގޮތެއް ހަދާލިއެވެ.

” އެކީއްވެޔޯ؟؟” ކީވާން ސުވާލު ކޮއްލިއެވެ.

” މަށަށްތަ އިނގެނީ.. އޭނާ ސައިކޯ އަކަށް ވީ ސަބަބެއް… ” ފިއާން ބުނެލިއެވެ. ކީވާން ޖަވާބެއް ނުދިނުމުން ފިއާން ބަލަލިއެވެ.

ކީވާންގެ ނަޒަރު ހުރީ ދޮރުން އެތެރެއަށް ވަދެގެން އައި އަންހެން ކުއްޖަކާއި ދިމާލަށެވެ. އެކުއްޖާ ހުރީ ފިރިހެން ކުއްޖެއްގެ އަތުގައި އޮޅުލައިގަނެގެންނެވެ. ކީވާންމެން ތިބި މޭޒު ކައިރިން ލާފައި ގޮސް ހުސް މޭޒެއްގައި އެދެމީހުން އިށީން އިރުވެސް ކީވާންގެ ނަޒަރު ހުރީ އެމީހުންނަށެވެ. ކުއްލިޔަކަށް ކީވާން ތެދުވިއެވެ. އަދި ބަހެއް ބުނުމެއް ނެތި ރެސްޓައުރެންޓްއިން ނިކުންނަން ހިނގައިގަތެވެ. ފިއާން އިނީ ވާނުވާ ނޭނގިފައެވެ. އަވަސް އަވަހަށް ބިލްއަށް ފައިސާ ދެއްކުމަށްފަހު ކީވާން ފަހަތުން ނިކުތެވެ. ނަމަވެސް އޭރު ކީވާން ފެންނާކަށް ނެތެވެ.

ލައުރާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ކުޑަ ހިނދުކޮޅަކަށް އޭނާއަށް އެއޮވެވުނީ ކޮން ތާކުކަމެއްވެސް ނޭނގުނެވެ. މަޑުމަޑުން އެނދުން ތެެދުވެގެން ކޮޓަރިން ބޭރަށް ނިކުތީ ބޭރުގައި ތަންކޮޅެއް އަޑުގަދަ ވުމުންނެވެ. އޭރު ކޮންމެސް ކަމަކާ ރިއުވީދެކެ ކީވާން ރުޅި އައިސްގެން އުޅެއެވެ. ލައުރާއަކަށް މިނޫނީ ކީވާން ރުޅި އައިސް ހުއްޓަކާ ނުފެނެއެވެ. ރިއުވީ ހުރީ ރޮވިފައި ނަމަވެސް ރިއުވީވެސް ކީވާންއަކަށް ދުލެއް ނުކުރެއެވެ.

” ރިއުވީ.. ކީވާން..” ލައުރާ އަޑުގެ ނެތް ކޮޅަށް ހަޅޭލަވައިގަތެވެ. ލައުރާއަކީ ކިތަންމެ މަޑުން ވާހަކަ ދައްކާ އުޅޭ ކުއްޖެއް ނަމަވެސް ހަޅޭލަވައިގަތިއްޔާ ސަތޭކަ މީހުން ހަޅޭލަވައިތަނެއްގައިވެސް ލައުރާގެ އަޑު އެއެންމެންގެ އަޑަށްވުރެ ބާރު ވާނެއެވެ. ކީވާން އާއި ރިއުވީ ވަގުތުން ހަޅޭލެވުން ހުއްޓަލިއެވެ. އަދި ދެމީހުން އެކުއެކީ ކަހަލަ ގޮތަކަށް ލައުރާއަށް ބަލާލިއެވެ.

” ކިހިނެއް ވެގެން މި އުޅޭނީ..” ލައުރާ ކިހިނެއްތޯ ވީ ބަލަން ބޭނުން ވިއެވެ. ލައުރާ ސުވާލު ކޮއްނިމޭ އިރަށް ދެމީހުންވެސް ވީގޮތް ކިޔައިދެން ފެށިއެވެ. އަނެއްކާވެސް އެތާ އަޑު ގަދަ ވިއެވެ.

” ފަހަރަކު މީހަކު ޕްލީޒް..” ލައުރާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ދެމީހުން އަނެއްކާވެސް ވާހަކަ ދެއްކުން ހުއްޓަލިއެވެ. އަދި ދެމީހުން ދެމީހުންނަށް ލޯ އަޅާލިއެވެ. ” ކީވާން ކިހިނެއް ވީ ؟؟” ލައުރާ ކީވާން އާއި ސުވާލު ކުރީ ކީވާން ކަމަކާ ނުލައި އެހެން ހަޅޭ ނުލަވާނެ ކަން އެނގޭތީއެވެ.

” ވީ ގޮތަކީ މަ ރައްޓެއްސަކާ އެކު ރެސްޓޯރެންޓްއެއްގައި އިންދާ މިހިރަ އަންހެނާ ދިޔައީ އެތަނަށް ފިރިހެނަކާ އެކީ.. ” ކީވާން ރުޅިވެރި ކަމާއި އެކު ބުނެލިއެވެ.

” ކިތަށް ފަހަރު ބުނަން ވީ މަ ނުދަމޭ މިއަދު ގެއިން ބޭރަކަށް.. ” ރިއުވީ އަމިއްލަ ދިފާއުގައި ތެދުވިއެވެ.

” ރިއުވީ.. ވެއިޓް.. އެން އީ ކިހާ އިރަކު ރިއުވީ ތި ބުނާ ފިރިހެނަކަ އެކު ދިޔައީ؟؟” ލައުރާ އަނެއްކާވެސް ސުވާލު ކޮއްލިއެވެ. މިހާރު ލައުރާ ހީވަނީ ޑިޓެކްޓިވް އެއް ހެންނެވެ.

” ދެންމެގަ.. އޭނަ ދާ އިރަށް މަ މިޔައީ.. ހަމަ އެތަނުން މިއައީ ސީދާ މިގެއަށް..” ކީވާން ރިއުވީ އާއި ދިމާ ބަލާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ހިތުގައިވެސް ކަމެއް ކޮއްޓާލިއެވެ. އެހާ އަވަހަށް ރިއުވީއަށް ގެއަށް އާދެވުނީ ކިހިނެއް ހެއްޔެވެ.

” ކިހިނެއް ދެން އެހާ އަވަހަށް ރިއުވީ ގެއަށް އައީ.. އެން ތި ބުނީ ރިއުވީ އެތަނަށް ދެންމެގައޭ ދިޔައީ.. އައި ޑޯންޓް ތިންކް ފިރިހެނަކާ އެކީ ގޮއްސަ އެހާ އަވަހަށް އަންނާނެ ކަމަކަށް..” ކީވާން ވިސްނާލުމަށް އަނެއްކަންތަށް ލައުރާ ދެއްކިއެވެ.

” މަށަށް ތަ އިނގެނީ؟؟ އޭނަ ކައިރި އަހާބަލަ..” ކީވާންގެ ރުޅިގަނޑު މިހާރު ހުރީ ކޮންމެސް ވަރަކަށް ފިނިވެފައެވެ. މިހާރުވެސް ރިއުވީ އެފިރިހެނެއްގެ އަތުގައި އޮޅުލައިގަނެގެން ވަންތަން އޭނަގެ ދެލޯ ކުރިމަތީ ސިފަވެއެވެ.

” އެއީ އަނެއްކަ ރިއުވީތަ؟؟” ކީވާންއަށް ވިސްނައިލެވުނެވެ. ރިއުވީގެ ހުންނަނީ ބުޅި އިސްތަށި ގަނޑެކެވެ. ނަމަވެސް އެއަންހެން ކުއްޖަގެ ހުރީ ފަން އިސްތަށިގަނޑެކެވެ. އެނޫން އެހެން ތަފާތެއް ނެތެވެ. އެއީ ހަމަ ހުރި ގޮތަށް ހުރި ރިއުވީއެވެ. އެހެންވީމާ އޭނާއަށްވެސް އޮޅޭނެތާއެވެ. ” ރީވް.. އައެމް ސޮރީ .. އިޓް ވޯޒް އަ މިސްއަންޑަސްޓޭންޑިންގް ” ކީވާން މާފަށް އެދުނެވެ.

” މިސްއަންޑަސްޓޭންޑިންގް ވިލް ހެޕެން. އެކަމަކު އޭގެ މާނައެއް ނޫން ކަންނޭނގެ އެއި އައިސް ހަޅޭލަވާކަށް..” ރިއުވީ އޭނާގެ ކަރުނަތަށް ފޮހެލަމުން ބުނެލިއެވެ.

” އައި އެމް ސޮރީއޭ.. އަސްލު އެގާރލް ވަރަށް ވައްތަރު ރިވީ އާއި. އޮންލީ ހެއާ.. އިސްތަށިގަނޑު ފަންކަން އެކަނި.. ދެން އިއްޔެ ރިވީ އިސްތަށިގަނޑު ފަންކުރާ ވާހަކަ ދެއްކީވެސް.. އަހަރުން ތިބި މޭޒު ކައިރިން ލާފައި އެކުއްޖާ ދިޔައީވެސް.. ޝައްކުވި ފުރަތަމަވެސް ..” ކީވާން ރިއުވީގެ ދެއަތުގައި މަޑުމަޑު ހިފަހައްޓާލަމުން ރިއުވީގެ މޫނަށް ބަލާލިއެވެ. ރުޔުމުގެ ސަބަބުން އެރީތި މޫނުވަނީ ދުޅަވެފައެވެ.

” އޯކޭ.. އެކަމް ދެންވެސް ޝައްކު ނުކުރަންޗޭ.. ޕްލީޒް.. ޔޫ އާ މައި ވަން އެން އޮންލީ..” ރިއުވީ ކީވާންގެ މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެނބެމުން ބުނެލިއެވެ.

” ނަސީބެއްނުން.. ލައުއަށް ފައިޓް ހުއްޓުވުނު ކަން.. އެން ޕްލީޒް ތި މީހުންގެ ރޮމެންސް ކޮންމެސް އެހެން ތާކަށް ގެންދެބަލަ.” ލައުރާ އޭނާ އެތާ ހުރިކަން އަންގާލިއެވެ. ވަގުތުން ކީވާން ރިއުވީ އަތުން ދޫކޮއްލިއެވެ.

” ތޭންކްސް ލައު އެން ޔޯ ބިގް ވޮއިސް..” ރިއުވީ ހިނިތުން ވެލިއެވެ. ލައުރާ އޭނާއަށް އެކޮއްދިނީ ވަރަށް ބޮޑު ކަމެކެވެ. ލައުރާ މިއަދު ކީވާން އާއި އޭނާއާއި ދެމެދަށް ނުވަން ނަމަ ވާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. މިނޫނީ އެދެމީހުން ދުވަހަކުވެސް ޒުވާބެއް ނުކުރެއެވެ. އަބަދުވެސް ކުރާނީ ޖެއްސުމެވެ.

” އަސްލުވެސް. ލައުރާ ބޭނުމެއް ނުވާނެ ދޯ މައިކްއެއް އެހެންވީމާ.. ވާން ހުރި ޝޮކެއްގައި .. ހިތަށް އެރި ކާކު ބާވައޭ އެހާ ބާރަށް އެ ހަޅޭ ލަވައިގަތީ.. އަނެއްކަ ވާންގެ ކަންފަތް ބުޑުގައި ސްޕީކަރެއް އިނީބާވައޭ.. ” ކީވާންވެސް ހިނިތުންވެލިއެވެ. އަދި އޭނާގެ މަޖާ ރާގުގައި ބުނެލިއެވެ. އެހެން ނޫނަސް އޭނާ އެބުނީވެސް ތެދެކެވެ. ލައުރާ ހަޅޭލަވައިގަތުމުން ކީވާން ދިޔައީ ސިއްސައިގެންނެވެ.

” އަދިވެސްލައު ދޯ.. ތިމީހުން ހަޅޭލަވާ އަޑަށް އެޔޮއްމީރު ނިދި ކޮޅުން ހޭލެވުނީވެސް. ހަހް. އެހެން ނޫނަސް ޓެލަ މީ އެބައުޓް ދި ގާރލް ޔޫ ސޯ..” ލައުރާ ތުން އަނބުރާލިއެވެ. އަދި ރާގެއް ލާފައި ބުނެލިއެވެ. ” ރިއުވީގެ ޓުވިން ސިސްއާއި ދިމާވީ ދޯ..”

” އޭނާ ދޯ.. އެއީ ހަމަ ރިއުވީ.. ނަސީބެއް ކަންނޭނގެ އެމީހުން ކައިރިއަށް ގޮސް ހަޅޭފަޅޭ ޖަހައިނުގަނެވުނުކަން .. އެން ލައުރާ އޮތީ މިގޭގައި ނިދާފަތަ؟” ކީވާން އެއް ފަހުރު ލައުރާއަށް އަނެއްފަހަރު ރިއުވީ އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

” ޔާ.. ދެޓް ރިމައިންޑްސް މީ.. ލައުރާގެ ދޮންބެ ގުޅި. ދެން ރިވީ ވާހަކަ ދެއްކީ.. ބުނިން ލައު ނިދާފައޭ.. “

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ޝީން (ހަތާވީސްވަނަ ބައި)

Next

ސިއްރު – 5

Next
March 29, 2018

ސިއްރު – 5

Previews
March 28, 2018

ޝީން (ހަތާވީސްވަނަ ބައި)

10 Comments!

  1. oooo says:
    March 29, 2018 at 10:18 am

    wow….nicee….whn next…keep it up

    1. Maikaa says:
      March 29, 2018 at 2:36 pm

      thanks … umm idk next part kon dhuvahaku kameh.. but im trying saturdayga..

  2. Pinky shifoo says:
    March 29, 2018 at 10:37 am

    V v v reethi ???… Mi part kuryge part ah vure dhigu henn heevey ???… Keep up the good work… Waiting for next part…

    1. Maikaa says:
      March 30, 2018 at 3:26 pm

      thank you pinky shifoo

  3. sadhdhaamu husen says:
    March 29, 2018 at 10:57 am

    aura nivaa nuvaa zaathuge photo nulumakee mi faraathuge varah bodu edhumeh

    1. Maikaa says:
      March 29, 2018 at 2:36 pm

      k.. thanks for the advise..

  4. maldha says:
    March 29, 2018 at 7:23 pm

    Salhi meethi

    1. Maikaa says:
      March 29, 2018 at 8:14 pm

      thank you maldha

  5. shif? says:
    March 31, 2018 at 7:04 pm

    Vvvv reethi mivaahaka?

    1. Maikaa says:
      April 6, 2018 at 2:34 pm

      thanks

Comments are closed.

Next Episodeކެތްކުރިން ކުރަން އަދިވެސް ކުރާނަން…12←


All Right Reserved!