Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (21)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
April 26, 2018 8 Mins Read
23 Comments

ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުންގާނުގައި ދެފަހަރަކު ބޮލުން ޖަހާވެސް ލެވުނެވެ. އެހެނެއްކަމަކު ބޮލުގަ ރިއްސަމުން ދިޔަވަރަށް ލުއި ވި ހެނެތް ހިޔެއް ނުވިއެވެ. އޭނާ ކާރުސްޓާރޓް ކޮއްލިއެވެ. އަދި ދުއްވާލިއެވެ. އެހެންނަމަވެސް އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ކޮންމެވެސް އެހެން ތާކަށެވެ.

އެ ދިޔަ މަގުމަތީގައި އޭނާ އެތާހުރި ފިހާރެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ވަނެވެ. އަންޖުމް ބޭނުންވާފަދަ ބޮކި އަރުވާ ފުޅިއެއް ގަނެގެން އޭނާ ނުކުމެގެން ގޮސް ކާރަށް އަރާ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް އަވަސްވެގަތެވެ.

އެވަގުތު ރާސިލް އަށް އެއްލި ކަޅިއަކުން ފިހާރަ ދޮރުމަތީގައި ކަހަލަ ގޮތަކަށް ހުއްޓުލައިގެން ތިބި ލޯބި އާއިލާ އެއް ފެނުނެވެ. މަންމަ އާއި ބައްޕަ ވެގެން ދެފަރާތުން ދަރިފުޅުގެ އަތުގައި ހިފާލައިގެން ތިބިއިރު ކިތަންމެ ހާވެސް އުފާވެރިއެވެ. އޭނާ އަށް އެފަދަ ނަސީބެއް ލިބޭނީ ކޮންއިރަކުން ބާ އޭ ހިތަށް އަރާ ހާލު ފުންނޭވާއެއްދޫކޮއްލިއެވެ. އަދި ކާރު ދުއްވާލިއެވެ.

ރާސިލް ކާރު ހުއްޓާލީ ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލަށެވެ. ކާރު ޕާރކު ކޮއްލީ އެތަނަށް އަންނަ އާއްމުން ކާރު ޕާރކުކުރަން ހަދާފައިވާ ސަރަހައްދުގައެވެ. އެއަށްފަހު ކާރުން ފައިބާ ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓާލިއެވެ. މީހުން ގިނައެވެ. އޭނާ ހޮސްޕިޓަލް ގެ އެތެރެއަށް ވަނުމުގެ ބަދަލްގައި އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.

އެހެން ހުރިއިރު އޭނާ އަށް މީގެ ހަތަރު ކުރީގެ ހަނދާންތަށް އާވެގެން ދިޔައެވެ. އެއީ ވިއްސާރަރެއެވެ. އެކްސިޑެންޓެވެގެން ގެނެވުނު އިރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެންބިއުލެންސް މަޑުކުރީ މި ހޮސްޕިޓަލްގެ ކުރިމަތީގައެވެ. އޭގެތެރިން އައިލީޝް ގެ ލެއިން ތަތް ތެޅިފައިވާ ހަށިގަނޑު ނެރެވުނީ އޭނާގެ ވެސް ކުރިމަތީގައެވެ. އެތަނުގެ ބޭރު ހަލަބޮލި ވެގެން ދިޔައީ ވެސް އެ ދެލޯ ކުރިމަތީގައެވެ. މެޑިކަލް ޓީމް ތަކުން އައިސް އައިލީޝް އަށް އަވަސް ފަރުވާ ދޭން ފެށީވެސް އޭނާ ބަލަން ހުއްޓައެވެ. ހާދަ ހިތްދަތި މަންޒަރެކެވެ. އެ ވަގުތު ކޮޅު އައިލީޝް ސަލާމަތް ކޮށްދެއްވުން އެދި އޭނާ އަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ދުޢާ ދެންނެވުނު އަދަދެއް ނޭނގެއެވެ. އެހެންނަމަވެސް އެއީ އޭނާ ގެ ކުށުން ވީ ކަމެކޭ ހިތާ އޭނާ އަށް މާޔޫސްވެވުނެވެ.

ޖެހިބުދެއްހެން ހުއްޓުން އަރާފައި އޭނާ ހުރި އިރު ދާނިޝް އައިސް އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފާވާހަކަ ދެއްކިއެވެ. “ފެނުނުތަ އަހަރެންގެ ކޮއްކޮ ކަލޭ ދެކެ ލޯބިވާވަރު…” ދާނިޝް ވެސް ދިޔައީ ރޮމުންނެވެ. ރުޅިވެރިކަމާއެކު ރާސިލް އަށް ބަލާލަމުން އޭނާ ރާސިލް ގެ ގަމީހުގެ ގިރުވާނުން ދޫކޮށްލިއެވެ. އަދި އައިލީޝް ނެރުނު އެނދާ ދިމާލަށް ދިޔައެވެ.

***

ހިޔާލްތަކުން ނުކުމެވުމާއެކު ރާސިލް ހަމަޖެހިލަމުން އޭނާގެ މަންޒިލަށް ދިޔުމަށް އަވަސް ވެގަތެވެ. މަޑު ފިޔަވަޅުތަކައް ގައި އޭނާ ގޮސް ހޮސްޕިޓަލަށް ވަނެވެ. ހަދާފައިވާ ވޯކްވޭއިން އޭނާ ދިޔައީ ހޮސްޕިޓަލް ގެ ފަހުން ހުޅިވި ބަޔަށެވެ. އެ ހޮސްޕިޓަލަކީ ދެބައި ހުންނަ ހޮސްޕިޓަލަކަށް ވުމާއެކު ގުޅުވާލެވިފައިވަނީ މަތީގައި އިންނަ ބްރިޖަކުންނެވެ. ވަކިން ވެސް ވެދެވެއެވެ. ފަނަރަ ބުރީގެ އެ އިމާރާތަށް ވަދެފައި އޭނާ ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ.

ލިފްޓް އައުމާއެކު އޭނާ ފިތާލީ ދިހަވަނަ ފްލޯއަށެވެ.

ލިފްޓް ހުއްޓުމާއެކު ލިފްޓުން ފައިބާ އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އޭނާ ފުންނޭ ވާއެއްލިޔެވެ. ލިފްޓުގެ ކުރިމަތީގައި ހުރި ބިއްލޫރި ދޮރު އޭނާ އައުމާއެކު އޮޓެމެޓިކުން ހުޅުވުނެވެ. އޭނާ ވަނެވެ. އަދި އެތަނުގަ ކައުންޓަރ ގައި އިން ކުއްޖާ އަށް ހިނިތުންވެލަމުން ކަނާތްފަރާތު ލުރިމަތީ އިން ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. ރާސިލް އަބަދު އަބަދު އައިސް އައިސް ކައުންޓަރ ގައި ތިބޭކުދިންވެސް ވަރަށް ރަނގަޅެވެ. އޭނާ ގޮސް ޖީބުން ކާޑު ނަގާ ދޮރުގެ އެއްފަރާތުގައި އިން އެއްޗާ ދިމާކޮށްލިއެވެ. އެއާއެކު އެ ދޮރު ހުޅުވުނެވެ. އެތަން ހުޅުވުމުން އޭނާ އެތެރެއަށް ވަނެވެ. އެއްފަރާތުގައި އިން ނާރސް ސްޓޭޝަންގައި އޭރުވެސް ހަތަރު ކުއްޖަކު ތިއްބެވެ. އަދި ކައުންޓަރ ކައިރީގައިވެސް ފައިލް ތަކެއް ބަލަން ޑޮކްޓަރަކާ ދެ ނަރުހަކު ތިއްބެވެ އެތަނުގެ ދެފަރާތުގައި ބައިވަރު ރޫމްތަށް ހުއްޓެވެ. ގޮނޑިވެސް ފާރާ ކައިރީގައި ބަހައްޓާފައި ހުރި އިރު އެތަން ފެންނަނީ ހުސްކޮށެވެ. އެތަނުން އޭނާ މިސްރާބުޖެހީ ފަސްވަނަ ރޫމާ ދިމާލަށެވެ.

ގޮސް ދޮރު ހުޅުވާލާ ވަނެވެ. އެނދު ކައިރީގައި އިން ޒީޝާ ސިހިފައި ފަހަތަށް ބަލާލިއެވެ. އެއާއެކު ރާސިލް ފެނިގެން ފަނޑު ހިނިތުންވުމެއް އޭނާ ތުންފަތަށް ވެރިކޮށްލިއެވެ.

ރާސިލް ގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އައިލީޝް އަށެވެ. އިންޓިއުބޭޝަން އާއި ވެންޓިލޭޝަންގެ އެހީގައި އޮތް އައިލީޝް ފެނި އޭނާ ގެ ދެފައި ކޮޅުން ވާގި ދޫވާހެން ހީވިއެވެ. އެއީ މިވީ ހަތަރު އަހަރު ތެރޭގައި އޭނާ އަށް އަރައި ނުގަނެވުނު ކަމެކެވެ. ކޮންމެ ދުވަހަކު އައިލީޝް އެ ހާލުގައި ފެނި ފެނިވެސް އާދަ ނުވެވުނު ކަމަކީ އެއީއެވެ. އެހެންފަހަރު ފަހަރު އައިލީޝް ފެނިގެން ވީ ގޮތް މިފަހަރުވެސް އޭނާ އަށް ވިއެވެ. ހިތަށް ތަދުވިއެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ. ރާސިލް އަށް ބަލާލި ޒީޝާ އެނބުރި އައިލީޝް އަށް ބަލާލާފައި ނުކުމެގެން ދާން މިސްރާބުޖެހީ އެ ދެމީހުންނަށް ވަގުތު ކޮޅެއް ދޭށެވެ.

އޭނާ ހިނގައިގަތް ތަނާ އެވަގުތު ދޮރު ހުޅުވާލާފައި ދާނިޝް ވަނެވެ. ރާސިލް ފެނިގެން އެއްޗެއް ނުބުނި ކަމުގައި ވިނަމަވެސް އޭނާގެ ދެ ބުމަ ގޮށް ޖެހުނެވެ.

ދާނިޝް ފެނިގެން ހައިރާންވި ޒީޝާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. “ދާން… ކީއްވެ ނުވެސް ބުނި އައީ… ޒީ އަށް ނުވެސް އެނގޭ” އޭނާ އަހާލިއެވެ. އެ އާއެކު ދާނިޝް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ދާން… އެހަށް ހިނގާބަލަ ބޭރަށް” އިރުކޮޅަކު ދާނިޝް އައިލީޝް އަށް ބަލަން މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ސިހުނީ ޒީޝާގެ އަޑަށެވެ. ޒީޝާ ގެ ލޮލުން ބުނަން މަސައްކަތް ކުރަމުން ދާ ވާހަކަ އޭނާ އަށް ވެސް ފަހުމްވިއެވެ. އެހެންނަމަވެސް އޭނާ ނުކުންނަ ހިޔާލެއް ނުކުރިއެވެ. “ޒީ… އިހަށް މަޑު…”

“ދާން އެހަށް ހިނގާ… އަންނާނީ އޭ އިރުކޮޅަކުން…” ޒީޝާ އައިސް ދާނިޝް ގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކުމާއެކު ދާނިޝް ޒީޝާގެ މޫނަށް ބަލާލާ ބޯ ޖަހާލަމުން ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޒީޝާގެ އަތް އޮތީ ދާނިޝް ގެ އަތު ތެރޭގައެވެ.

ދެމީހުން ނުކުތުމާއެކު ރާސިލް ގޮސް ޒީޝާ ކުރިން އިން ގޮނޑީގައި އިށީނެވެ. އަދި މަޑުމަޑުން އައިލީޝް އަށް ގޮވާލިއެވެ.

“އައިލީ… ދެން ތެދުވޭ… އަހަރެން ކުރި ކުށުގެ އަދަބު މިހެން ނުދީ ޕްލީޒް… އަހަރެންގެ ހިތަށް ދެން ކެތެއް ނުވާނޭ…” ރާސިލް ހިތާ ހިތާ ވާހަކަ ދެއްކިއެވެ. އޭގެން އެންމެ ވާހަކަ އެއްވެސް ދުލު ކުރިއަކަށް ނަޔެވެ.

“އައިލީ… އަހަރެމެންގެ ދަރިފުޅު ވަރަށް ބޮޑު ވެއްޖެޔޭ މިހާރު… މަންމަ އަކަށް އެ ދަރިފުޅުވެސް ބޭނުންވާނެއެއްނު… އައިލީ ތިހެން އޮތީމަ އެދަރިފުޅަށް ވެސް މަންމަ އެއްގެ ލޯއްބެއް ނުދެވޭ… އަހަރެންނަކަށް މަންމަ އެއްގެ ރޯލެއް އަދައެއް ނުކުރެވޭ…” ރާސިލް މަޑުމަޑުން ބުނެލިއެވެ. އެ އަޑު ނުކުތީ ވައިއަޑުން ކަމަށް ވިޔަސް ގުޅާފައިވާ މެޝިނު ތަކުގެ އަޑު ފިޔަވާ އެހެން އަޑެއް ނުވާ އެ ކޮޓަރިތެރޭގައި ރިއްޗަށް އެ އަޑު އިވެއެވެ.

“އައިލީ… ކޮންމެ ކަމަކީވެސް އިމްތިހާނެއް… ކެތް ކުރަން ޖެހޭނެކަން އަހަރެންނަށް ވެސް އެނގޭ… މީ އިންސާނެއް… އަހަރެންވެސް ކެތް ކުރަން މަސައްކަތް ކުރިން… އަދިވެސް ކެތް ކުރާނަން… އެކަމަކު ހަތަރު އަހަރު ވީ… ހަތަރު އަހަރު…” ރާސިލް އިސްޖަހާލިއެވެ. އޭނާ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ. މަޑުމަޑުން އަތް ގެންގޮސް އައިލީޝް ގެ ނިތްކުރިމަތީގައި ފިރުމާލަމުން އޭނާ ކުޑަކޮށް ތެދުވެލިއެވެ. އަދި އޭގެފަހުން ގުދުވެލާ އެ ނިތުގައި ބޮސް ދިނެވެ.

އަދި އަނެއްކާވެސް ގޮނޑީގައި އިށީނެވެ. “ސޮރީ އައިލީ…” ރާސިލް ބުނެލިއެވެ.

“ސޮރީ އައިލީ… މިއަދު މެންދުރު އައިސް ވެސް އަވަހަށް ދާން ޖެހުނީ.. އޮފީހުން ކަމަކު ގުޅުމުން… މިރޭ އައިލީ ގާތު އިންނަން ވެސް ބޭނުން އެކަމަކު… އަހަރެމެން ގެ ދަރިފުޅު ހުންނާނެ އަހަރެން ދާނެ އިރަކަށް އިންތިޒާރުގަ… ކޮންމެހެން ވެސް ގެއަށް ދާން ޖެހޭނެ… އަބަދުވެސް މަންމަ ކޮބާހޭ އަހާނެ… ހެހެ. އަހަރެން ހިތަށް އަރާ މިވަގުތު އައިލީ ލޯ ހުޅުވާލާނެނަމައޭ އޭރުން ގައިމުވެސް އަހަރެން ދާނީ އަންޖުމް ކައިރިއަށް އައިލީ ގޮވައިގެން…” ރާސިލް ވާހަކަ ދެއްކިއެވެ.

“އަންޖުމް އަކީ އަހަރެމެންގެ ލޯބި ދަރިފުޅަށް އަހަރެން ދިން ނަން… އަންޖުމް އެއިނީ ވެސް އައިލީ އާ ގުޅުވާފައޭ… އެހެންނު ވާނީ ވައްތަރީވެސް ހަމަ އައިލީ އާއޭ…” ރާސިލް ދެންވެސް ވާހަކަ ދެއްކިއެވެ. އޭނާ ގެ ވާހަކަ ދެއްކުމުގައި އެއްވެސް ފޫހިކަމެއް ނުވެއެވެ.

ރާސިލް އެތަނުގައި އިން އިރު މީގެ ހަތަރު އަހަރު ކުރީގެ ހަނދާނެއް އައިސް އޭނާ ވަށައިލިއެވެ.

***

ގޭން ނުކުމެގެން ދުއްވައިގަތް އައިލީޝް މަގުގެ މެދާ ހިސާބުން ހުއްޓި އޭނާގެ ކަނާތް ފަރާތް ބަލާލުމަށްފަހު ވާތް ފަރާތަށް ބަލާލިއެވެ. އެ ވަގުތު ފަހަތަށް ބަރުކޮށްގެން އައި ލޮރީ ރާސިލް އާއި ދާނިޝް ގެ ލޮލުގައި ވެސް އަޅައިގަތެވެ. ވާރޭ ވެސް ވެހެމުން ދިޔައެވެ. ލޮރީ އައި ބާރުމިނުގައި އައިލީޝް ގެ ގައިގައި ޖެހުމާއެކު ޑްރައިވަރަށް ވެސް ކުއްލިއަކަށް ހުއްޓާލެވުނެވެ. ލޮރީ އުސްކަމުން ނާއި ވިސްސާރަރޭ ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން ޑްރައިވަރަށް ވެސް އެތަނުގައި އަންހެން ކުއްޖަކު ހުރިކަން ނޭނގުނީއެވެ. އިނގުމާއެކު އޭނާ ލޮރީ މަޑު ކުރިއެވެ. އެހެންނަމަވެސް އޭނާ އަށް މަޑު ކުރެވުނީ އައިލީޝް ގެ ގައިގައި ޖެހުނު ފަހުންނެވެ. “އައިލީ” ރާސިލް އާއި ދާނިޝް އަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.

ބޯ ބާރޭގެ ތެރޭގައި ހިޝްމާ އަށް ވެސް ބާރަށް ރޮއިގަނެވުމާއެކު އެ ދިމާލަށް ދުއްވައިގަނެވުނެވެ. ދާނިޝް އާއި ރާސިލް ވެސް ދުވެފައި ގޮސް އައިލީޝް ގާތަށް މަޑުކޮށްލިއެވެ. ރާސިލް ގުދުވާން އުޅުމުން ދާނިޝް އޭނާގެ ދެއަތުގައި ހިފާ ދުރަށް ކުޑަކޮށް ކޮއްޕާލުމަށްފަހު އިށީނެވެ. ދެލޯ މެރޭ ނުމެރޭ ހާލު އައިލީޝް އަތުން ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައެވެ.

“ޔެސް… ޓެލް މީ އައިލީ… އަވަހަށް ބުނޭ…” ދާނިޝް ބުނެލިއެވެ. އެއާއެކު އައިލީޝް ހަރަކާތް ކުރަން ފެށިއެވެ. “އެންބިއުލެންސް އަވަސް” ދާނިޝް އެހެން ބުނެ ހަޅޭއްލަވައި ގަނެފައި އަނެއްކާވެސް އައިލީޝް ކުރަމުން ދިޔަ ހަރަކާތް ތަކަށް ސަމާލް ކަން ދިނެވެ.

“ދޮންބޭ… އަހަރެން ވަރަށް ލޯބިވޭ ރާސިލް ދެކެ…އަހަރެން ގާތަށް އޭނަ އަޔަސް ދުރު ނުކުރާތި އިނގޭ… އެ ހެޔޮ އަހަރެން ގެ އެންމެ ފަހު ވަގުތު ކޮޅުކަމަށް ވިޔަސް… އަހަރެން ނެތް ދުވަހަކުވެސް އޭނާ އަޔަސް އަހަރެން ގެ ދަރިފުޅު ދައްކައްޗޭ… އަހަރެންގެ ދަރިފުޅު އޭނާ ބޭނުންވާނަމަ ދުރު ނުކުރައްޗޭ… ބޭބީ… ބޭބީ ސަލާމްތަ ކުރައްޗޭ ދޮންބޭ… އަހަރެން… އަހަރެން ސަލާމަތް ނުވިޔަސް ބޭބީ ސަލާމަތް…” އައިލީޝް އަށް އަތުން ހަރަކާތް ކުރެވުނީ އެވަރަށެވެ. އޭނާގެ ލޯ މެރިގެން ދިޔައެވެ. މުޅި އެތަނުގައި ލޭގެ ކޯރެއް ހެދިފައި ވެއެވެ.

މާ ގިނަ އިރެއްނުވެ އެންބިއުލެންސް ގެ ސައިރެންގެ އަޑު އިވުނެވެ. އޭރު ހިޝްމާ ވެސް އައިސް އައިލީޝް ގާތު އިށީދެގެން ރޯން އިނެވެ. ރާސިލް ވެސް އިށީނެވެ. މިފަހަރު ދާނިޝް އޭނާ އަށް ނުރުހުމުގެ ބެލުމަކުން ބަލާލުމަށް ފަހުވެސް އެއްޗެކޭ ނުބުނެއެވެ. “އައިލީ އައިލީ އައިލީ ލޯ ހުޅުވަބަލަ” ވާރޭގެ ތެރޭގައި ރާސިލް އައިލީޝް ގެ އަތުގައި ހިފާ ތަޅުވައިގަތެވެ. އޭނާ ގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތަށް ރޮނގަކަށް ފައިބަމުން ދިޔަނަމަވެސް ބޯ ވާރެއާއެކު އެކުވެގެން ދަނީއެވެ. އެހެންކަމުން އޭނާގެ ލޮލުން އަންނަ ކަރުނަތަށް ވަނީ ފަރުދާވެގެން ގޮހެވެ.

ޒާހިދު ވެސް އެ ހިސާބަށް އަރާ ހަމަވެފައި ޝޮކެއް ލިބިފައި ހުރި މީހަކު ފަދައިން ހުރީއެވެ. އެންބިއުލެސް އައުމާއެކު އައިލީޝް ގެންދެވުނީ ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލަށެވެ.

***

ހިޔާލް ތަކުން ނުކުތުމާއެކު ރާސިލް ކަރުނަތަށް ފޮހެލިއެވެ. އަދި އައިލީޝް ގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެއަށްފަހު އެ އަތުގައި ފިރުމާލިއެވެ. މަޑުމަޑުންނެވެ. ލޯ މަރާލައިގެން އޮތް އިރު މައުސޫމެވެ. ހަށިގަނޑު ހިކި އަނަރޫފަވެފައިވާއިރު ދެކޯތާފަތް ވަނީ ވަޅުޖެހިފައެވެ. ދެލޯ ކައިރި ކަޅުވެފައި ވާއިރު ހިތް ހަލާކު ވާފަދަ އަސަރުތަށް އައިލީޝް ގެ މޫނުމަތިން ރާސިލް އަށް ފެނިގެން ދެއެވެ. އޭނާ އަށް ކެތް ކުރަން ދަތިވަނީއެވެ. ހުރިހާ ކަމެއް މެދުވެރިވާން ޖެހުނީ އޭނާ އާ ހެދި ކަމަށް ގަބޫލު ކުރެވެނީއެވެ.

“އައި އެމް ސޮރީ އައިލީ” އައިލީޝް އަށް އަޑު އިވޭވަރަށް ރާސިލް ބުނެލިއެވެ. އެހެންނަމަވެސް އޭނާ އަށް ޔަގީންނުވާ ކަމަކީ އެ އަޑު އައިލީޝް އަށް އިވޭނެކަން ނޫނީ ނީވޭނޭކަމެވެ.

އިރުކޮޅަކު މަޑު ކޮށްލުމަށް ފަހު އޭނާ އެ ރޫމްއިން ނުކުތް އިރު ގޮނޑި ބަރީގައި ޒީޝާ އާއި ދާނިޝް ވެސް ތިއްބެވެ.

“ދާން… ދެން އެކަމާ ނުވިސްނާ… ކޮންމެ ގޮތެއް ވިޔަސް ރާސިލް އަކީ އައިލީ ގެ ހަޒްބެންޑް… ހަގީގަތުގަ އޭނަ އަށް ވެސް ހަގީގަތް ނޭނގުނީމަ އެހެން އެވީ” ޒީޝާ ވެސް ދާނިޝް އަށް ވިސްނަދޭން އިނދެފައި ވާހަކަ ހުއްޓާލީ ރާސިލް ނުކުތުމުންނެވެ.

ޒީޝާ ރާސިލް ފެނިގެން މިފަހަރުވެސް ހިނިތުންވެލިއެވެ.

“ޒީ… ދަނީ އިނގޭ…” ރާސިލް ކޮޓަރިއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. އެއާއެކު ޒީޝާ ބޯޖަހާލިއެވެ. ރާސިލް ދިޔުމުގެ ކުރިން ދާނިޝް އަށް ބަލާލިކަމުގައި ވި ނަމަވެސް އޭނާ އިނީ ފޯނާ ކުޅެން އިސްޖަހައިގެންނެވެ.

ދޮރާ ހިސާބަށް ގޮސް އޭނާ ބަޓަން އަށް އޮއްބާލަމުން ދޮރު ހުޅުވާލިއެވެ. އަދި ނުކުތެވެ. ދެން އޭނާގެ މިސްރާބުހުރި ގެއާ ދިމާލަށެވެ. ގެއަށް ވަތް އިރުވެސް ސިޓިން ރޫމް ސޯފާގައި އަންޖުމް އިނެވެ. އޭނާ ކައިރީގައި ހިޝްމާ އިނދެގެން ވާހަކަ ދައްކައެވެ. “ދޫނީ… ދެން ހިނގާބަލަ ނިދަން… ޑެޑީ ޕްރެސެންޓް ދޭނެއެއްނު މާދަން… ދެން ނިދާފަ ތެދުވާއިރު އޮވެދާނެ މާ ބޮޑު ޕްރެސެންޓެއް ވެސް” ހިޝްމާ ވާހަކަދައްކަމުން ދިޔައީ އަންޖުމް އާއެވެ. ރާސިލް އައިސް އެ ހިސާބަށް އަރާ ހަމަވެފައި އަންޖުމް އަށް ބަލާލިއެވެ.

ސޯފާގައި އިށީދެ އިނދެ ކަކުލުގައި އުޅަބޮށި ކޮޅު ވިއްދާލައިގެން ދަތް ދޮޅީގައި އަތް އަޅުވާލައިގެން އިން އަންޖުމް ދިޔައީ ތާއްޔާ ޖެހެމުންނެވެ. އެހެންނަމަވެސް ހިޝްމާ ބުނެލާ ބަހަށް ނިދި އަޑުން ނޫނެކޭ ބުނެލަމުން ދިޔައެވެ. “ޑެޑީ އައީމަ އޭ ނިދާނީ މާމާ” އަންޖުމް އާފުރިލަމުން ބުނެލިއެވެ. އެއާއެކު ރާސިލް އަށް ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެވުނެވެ.

“ޑެޑީ އިޒް ބެކް އޭ ޕްރިންސެސް…” ރާސިލް އަންޖުމް ގާތަށް ޖެހިލާ ކުޑަކޮށް އަންޖުމް އާ ދިމާލަށް ގުދުވެލަމުން ބުނެލިއެވެ. އެއާއެކު އަންޖުމް ބޮޑުކޮށް ދެލޯ ހުޅުވާލަމުން އަވަސް އަވަހަށް ދެލޯ އުނގުޅާލިއެވެ. “ޑެޑީ ކޮބާ ކޮއްކޮ ގެ ޕްރެސެންޓް؟” އަންޖުމް އާ ފުރެމުން ސުވާލުކޮށްލިއެވެ. “މާމަ ބުނީމަ ކީއްވެ ނިދަން ނުދިޔައީ… މިއޮތީ ޕްރެސެންޓް ދެން ހިނގާ ނިދަން ދާން” ރާސިލް އޭނާގެ އެއްއަތުގައި އޮތް ކޮތަޅުގައި އޮތް ބޮކި އަރުވާ ފުޅި ނަގާ އަންޖުމް އަތަށް ދިނެވެ. އެއާއެކު ނިދިފިލާފައިވާ މީހަކުފަދައިން އަންޖުމް ސޯފާ މަށްޗަށް ކޮޅަށް އެރިއެވެ. ރާސިލް އަންޖުމް އުރާލިއެވެ.

“ހަ އެއްގޮތަކަށް ނިދާކަށް ނުދިޔައޭ… ކީކުރާނީ… މިހާރު ޕްރެސެންޓް ވެސް ލިބުނީނު… ދެން އަވަހަށް ނިދަންނޭ ވީ ދޯ” ހިޝްމާ ރާސިލް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

އަންޖުމް އުފަލުން ހުރެ ރާސިލް އާ އެކު ދިޔައެވެ. ހިޝްމާ ވެސް ބޯ ހޫރާލާފައި އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ހެނދުނު ހޭލި އަންޖުމް ގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާގެ އެނދުގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ބޮކިއަރުވާ ފުޅިއެވެ.

އޭނާ އެ ފުޅި ނަގައިގެން އެނދުން ފައިބައިގެން ނުކުތެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ ދޮރާ ދިމާލަށް ދިޔައީ ރާސިލް ހޭލަފާނެތީއެވެ. ކުޑަކޮށް ކޮރާލައިގެން ހުރެ ދޮރު ހުޅުވާލާ ނުކުތެވެ. އަދި ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ފަތިސް ނަމާދު ކޮށްގެން އައިސް ބޮލުގަ ރިއްސާލުތަނާ ނިދުނު ރާސިލް އަށް ހޭލެވުނީ ފޯން ގެ އެލާރްމެ ގެ އަޑަށެވެ. ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރު އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ރާސިލް ދެފަރާތަށް ބޯ ހޫރާލަމުން މޯޅިއަކަށް ދެމިލިއެވެ. އަދި އެނދުން ތެދުވިއެވެ. އެއީ އަންޖުމް ގެ ކަމެއްކަން އޭނާ އަށް ދެނެގެންނަން އުނދަގުލެއް ނުވިއެވެ. ނަމާދުކުރުމުގެ ރީތި އާދަ އަށަގެންނުވުމުގެ ގޮތުން އޭނާ ފަތިން ނަމާދަށް ތެދުވާއިރު އަންޖުމް ވެސް އާއްމުކޮށް ނަގާނެއެވެ. އަންޖުމް ކޮޓަރީގައި ނިދާރެއަކު ވިއްޔާ އޭނާ ތިރިއަށް ދާއިރު ދާނީ ނަމާދަށް ތައްޔާރުކުރާ އެއްޗެހި ހިފައިގެން އަންޖުމް އާއި އެކު އެ އެއްޗެހިވެސް ހިޝްމާ އާއި ހަވާލުކޮށްފައެވެ. ރޭގައި ފަތިސް ނަޟާދުކޮށްގެން އައިސް ގޮތަށް އަންޖުމް ވެސް ނިދީއެވެ. ހިޝްމާ ގާތު ވެސް ނިދަން ބޭނުންވާ ރެއަކު އަންޖުމް ނިދާނީ ހިޝްމާގާތުގައެވެ.

ރާސިލް ވަނީ އެ ކޮޓަރީގެ އެއްފަރާތުގައި އަންޖުމް އަށް ޓަކާ ކުޑަ ކޮޓަރިއެއް ތައްޔާރުކޮށްފައެވެ. ރާސިލް ގެ ކޮޓަރިތެތެއިން އެތަނަށް ދެވެނީ އެ ދެ ކޮޓަރީގެ ދެމެދު ދަމާފައިވާ ފަރުދާ ކަހާލައިގެންނެވެ. އަންޖުމް ގެ ކޮޓަރިތެރޭގައި އޭނާއަށް ހާއްސަ އެނދަކާ ކިޔަވަން އިންނާނޭ ސްޓަޑީ ޓޭބަލް އެއްގެ އިތުރުން ޕްލޭ ކޯނާ އެއްވެސް ހަދާދީފައިވެއެވެ. ހުރިހާ އެއްޗެއް ވެސް ހުރީ ފިޔާތޮށި ކުލައިންނެވެ. ފާރުތަކުގައި މަޑު ފިޔާތޮށި ކުލައެއް ލާފައި ވާއިރު އެތަނުގެ ހުރި ފަރުނޗަރ ތަކުގައި ވަނީ ގަދަ އަދި މަޑު ފިޔާތޮށި ކުލައެވެ.

“އަންޖޫ… ރާސިލް އަންޖުމް އަށް ގޮވާލަމުން ކޮޓަރިތެރެއަށް ބޯ ދިއްކޮށްލިއެވެ. އެއާއެކު ހިޝްމާ މިއަދު ކޮންމެވެސް ތަނަކަށް ހެނދުނު ދާ ވާހަކަ ބުނުމާއެކު އެނާ ތިރިއަށް ދާން މިސްރާބުޖެހީ އަންޖުމް އެކަނި ކީއްކުރަނީ ތޯ ބަލާލުމަށެވެ. ދެފަހަރަކު އަންޖުމް އަށް ގޮވާލަމުން އޭނާ ސިޑިން ފައިބަން ފެށިއެވެ. ވަކި ހިސާބަކަށް ފޭބުނުތަނާ ސޯފާގައި އިށީދެ އިނދެ ބޮކި އަރުވަމުން ދިޔަ އަންޖުމް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ހައިރާން ކަމެއް ވެރިވީ ސޯފާގައި އަންޖުމް ކައިރި އިން ހިޝްމާ ލޮލުގައި އަޅައިގަތުމުންނެވެ.

“މަންމަ ނުދަނީބާ؟” ރާސިލް ހިތަށް އެރިއެވެ. އެއާއެކު ހިޝްމާ އަށް ވެސް އެއްލި ކަޅިއަކުން ރާސިލް ލޮލުގައި އަޅައިގަތެވެ. “އަންޖުމް ހޭލި ގޮތަށް އައިސް މި އިނީ… މަންމަ ވެސް މިއަދު ނުދާން ވެގެން މިއިނީ” ހިޝްމާ ރާސިލް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އަންޖުމް ބޮކި އަރުވަން އިނދެފައި ދެލޯ ބޮޑުކޮށްލަމުން ހިޝްމާ އާ ދިމާލަށް ބަލާލިއެވެ.

“އައްޗި ކޮށް އުޅެންޏާ ކޮއްކޮ އަށް ދެނެތް ނުގަނެދޭނަން އިނގޭ… ފަތިސް ނަމާދުކޮށްގެން ރޭގަ ޤުރުއާންވެސް ނުކިޔަވަމެއްނު. އެހެންވީމަ ފުރަތަމަ ރީތިވެގެން ސައި ބޮއިގެން މާމަ އާއެކީ ޤުރުއާން ކިޔަވާނީ” ރާސިލް ގެ އަޑު ގައި ނިދީގެ އަސަރު އޭރުވެސް ހުއްޓެވެ.

“އަވަސް” ރާސިލް ދެން ވެސް ހުރިތާ ހުރެ ބުނެލިއެވެ. އެއާއެކު އަންޖުމް ރާސިލް އާ ދިމާލަށް ދާން އަވަހަށް ދުއްވައިގަތެވެ. އެއާއެކު ފައި ކަހާލައިގެން ގޮސް އޭނާ ވެއްޓެން ދިޔައެވެ. “އާތް…”


“އާތް” އެއާރޕޯޓުން ނުކުމެގެން އައި އަންހެން ކުއްޖާގެ ފައިގައި އެއްޗެއް އެޅުމާއެކު އޭނާ ވެއްޓެން ދިޔައެވެ. އެވަގުތު އޭނާ ގެ އަނގައިން އަޑެއް ނުކުތުމާއެކު ދެލޯ މަރާލެވުނެވެ. އެއްލުނު އަތުގައި ކޮންމެވެސް މީހަކު ހިފެއްޓި ކަމީ ނަސީބެކެވެ. އެހެންނޫނީ އޭނާ ވެއްޓުނީހެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު އޭނާ ކުރިމަތީ ހުރި ޒުވާނާ އަށް ބަލާލިއެވެ. އެއާއެކު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ބޭބެ” ހާސްކަމާ އެކުވެގެން ގޮސް އޭނާ އަށް ބުނެވުނީ އެވަރަށެވެ.

“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޫރު (ފަސްދޮޅޮސްދެވަނަ ބައި)

Next

ލޯބި ނުވިޔަސް ފިރުމާލަދީ…..26

Next
April 27, 2018

ލޯބި ނުވިޔަސް ފިރުމާލަދީ…..26

Previews
April 26, 2018

ނޫރު (ފަސްދޮޅޮސްދެވަނަ ބައި)

23 Comments!

  1. unique says:
    April 26, 2018 at 10:38 pm

    yeyy Hi Mi i got first dhw plx say yes

  2. Axy says:
    April 26, 2018 at 10:44 pm

    Thanks HI MI dhooni
    Up kohlley dhw ? ? ?

  3. Nafoo says:
    April 26, 2018 at 10:57 pm

    Yayyyy.. I got second dhw.. Masha Allah varah furihama..

  4. unique says:
    April 26, 2018 at 11:02 pm

    vvvv nice Hi Mi vvv awesome aily marunuvyma eah vure happy

  5. EHLEE says:
    April 26, 2018 at 11:07 pm

    Wow v reethi. Dhen mihveeh kihineii tha nihmeyy bah in. Angoo vehthuneeh mah

  6. Naadhee says:
    April 26, 2018 at 11:58 pm

    V v v reethi mi part ves

  7. Ainthu says:
    April 27, 2018 at 12:13 am

    Wow… V v v reethi.. waitin for next part

  8. Aasi says:
    April 27, 2018 at 12:21 am

    Raasil ge hayaathah aa anhenkujjaku annanee dho. Sad alhe

  9. Kamana says:
    April 27, 2018 at 2:52 am

    V ufaavejje ailee dhuniyeyga huryma… v rythi vaahaka. ❤

  10. Aleesha says:
    April 27, 2018 at 3:28 am

    Himi…. aslu hithah eree.. anjum n aileesh mi dhenan gulheny kn gothakun baa ey… Story ga iny bunefa dharifulhah nan kiee ailee aa gulhuvaafa yo… hehe… aslu aina… or ayra kahala nameh maa gulheyne kanneyge… ☺☺

  11. Ifu ♥️ says:
    April 27, 2018 at 6:05 am

    ? OMG
    Sooooo reeethi
    HiMi dhooonyaaa thanks a lot aily alive behettyy thyyy???
    N I was dooo happy raasil anjum ah ANJU ge namun govythyve ???
    Rovvaalaafa vex HiMi ah ingey readers happy kuran
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    I really love mi vaahakaige scenes thah dheke
    N raasil yaa anju aa dhemeehun ge scenes thah emme lawbyy ???
    He loves her a lot ???
    N dhen ifu ah inthizaaru kureveynyyy aily enburi ais emeehunge famly complete vaa dhuvahakah ?????
    Hehe…..
    Finally zeeshaa n dhaanish gulhunyy dhw???
    I knew it
    HiMi dhoooni ???
    Ifu vvvvvv ufaaa vejje HiMi mihaaa awesome baeh up koh dhinyyy ma
    I waited a lot ????
    Ekm e waiting aaa balaafa mi part Hama habeyys ?????
    Love u dhooonyaaa❤️?❤️?❤️?
    Next part ah vex varah inthizaaru kureveyne ????

  12. Any says:
    April 27, 2018 at 6:55 am

    Wow mi baives v furihama ???

  13. Aysh says:
    April 27, 2018 at 7:32 am

    Vaanuvaaeh neyge mihaaru vahakaige.. abadhu kommeves hiyaaaleh v foohi.. kurin v shauguveri koh kee vahaak eh mee ekm up kuraaleh laskamunnaai vahaka mihaaru kuriyah gendhaa gothun foohivejje shaukuverikan kedijje.. dhen mivahaak kiyaa hitheh neh

  14. Xaaaan says:
    April 27, 2018 at 8:02 am

    Yey ailee mareh nuvey dhw so happy???????????? xaan hithah eriyey faharehga coama akahves hingaidhaaney egothah dhw mivy????? Masha Allah mi partves haadha reechey❤❤???? xaan bunaany himi vareh nethey hama story liyan thy hama xaange f thnx dear mihaa reethi storythah meehun kiyaa hihvaa gothah genes dheythy????❤ waiting next part❤

  15. ❤ kingsanjel? says:
    April 27, 2018 at 8:50 am

    Salhi salhi…..himi. Raasil ge life ahh ehen kujjaku nugennacche thanks ingey aily alive kon beivveeema thanks …himi you are the best …..anjel get fav story Mee ….and you are my fav writer. Much loves ..anjel?

    Dhen aily ahh vaahaka dhekkeyne Tha …plx aily hey araa iru vaahaka dhekkeyne goyy hadaidheee?

  16. ❤ kingsanjel? says:
    April 27, 2018 at 8:57 am

    Can you plx cover pic inn fenna eccheh kiaa dheeba like you did last time on hithaa furaanain ..anjel?

  17. annoying reader says:
    April 27, 2018 at 9:13 am

    hehe soo again i guessed it right dhwww. aili is alive even if in a coma state. alhe himi then aili wake kohbba four years v ey. and dhanish rasil dheke rulhi ayas aili ge edhumah behetti dhw. kobaitha nulafaa zahid maruvi tha? alhe fahe eyna ge hilameh ves nuve viyya. izik ge kokko mi kaaku baa anehkka? curious to know abt her nw. anyway dhanish and zee married tha? or in a relation? himi when next part can u up soon? im so excited and curious. please aili wake up eyrun huriha kameh ves settle vaani. rasil and anju misses u. anju ulhe goiy so loabi. hehe i love it. And ifooo i dnt mind u being her number 1 fan? fighting to b number 1 will make me immature since im 24 ??. anyway hi mi u can be a great author, for a living u could write. u shud think abt publishing a book yu really have the pottential ? loves

  18. Blue beauty says:
    April 27, 2018 at 11:35 am

    kihineh mivany hi mi dhooni… alhey aileesh avahah ragalhu kohba…mi part ves varah reethi… ???❤????????

  19. Pinky shifoo says:
    April 27, 2018 at 12:52 pm

    Wowwww ?????… AWESOME ❤️❤️❤️❤️❤️… Mi part vx v v v reethi ?????… Guess was correct dhw ?????… Anjoo haadha cute ey ???????… V v v loabi ❤️❤️❤️❤️ ❤️❤️… Anjoo n raasil ge scenes v v furihama ingey Hi Mi ??????… Kobaa tha ailee ge dad??? Dhaanish and zeesha married tha??? Izik ge kohkko akee kaakubaa anehkaa??? Raaidhaa baa anehkaa??? Heheheh ????… Dhaanish Anjoo n raasil dhurunukury ailee ge edhumakah dhw ???… He loves her a lot ❤️❤️❤️❤️ ❤️❤️❤️… Haadha reehchey mi story ❤️❤️❤️❤️????????… Ehaame interesting ?????… I just love your stories Hi Mi ❤️❤️❤️❤️???????… Curiously waiting for the next part ????… Keep going like that always ??????????… U are a great writer n v talented Maasha Allah ❤️❤️❤️❤️????????… Lots of love from Hi Mi ge biggest fan Pinky ❤️❤️❤️❤️????????????…

  20. Inoo says:
    April 27, 2018 at 1:18 pm

    4 aharu kurin ailee ge nulafaa bafaa kyvetha ailee aa medhu egothah kanthah kuree. Eynage atheh vaahen hyvey raasil koko rape kurumuga. Ekan falhaa araany kon irakun tha. Aslu maigandu Marsala aky ifshaa. Bt vaahakaige misraab change vejje mihaaru. Konirakuntha hurihaa kameh falhaa araany. Ailee coamaa in hwylevey iru vaahaka dhekevey gothah hadhaabala

    1. Hi Mi says:
      April 27, 2018 at 1:45 pm

      Hey inoo. Vaahakaige misraab kihineh change vaa vaahaka thibuni???. Ifsha ge case ge hageegathaa dhimaalah dhana vegen mi hurihaa kameh ves vani. Like raasil ah ves hageegai ingihjje mihaaru dhaanish nun kan ekan kuree. And maigadu ga raasil aa ailee aki ves meege muhimmu role eh kulhey dhemeehun. Lead dhemeehun ge thereyga himeney ne. Ehen v ma e bai ves bodah grnes dheyn jeheyne kamah himi gabool kurani. Mi dhigu vaahaka eh. Ehen v ma enme haadhisaa eh nun hingaani. Ehenihen kanthha thah ves vaane. Ekam enme fahun hama hurihaa kameh ves falhaa araane. Hurihaakamrh ves hunnaani varah bodah ekathi anekahchaa link vefa. Story kiyamun dhaa varakah ingeyne. Madu madun hageegai thah ingemun dhaani. So lets wait and see dw. V ufaavehjje comment kiyaalaafa. Konme comment aki ves libey kuri erumeh. In Sha Allah. Faadu kiyun ufalaa eki gabool kuran… ummeedhu kuran olhun fili kamah. ☺☺☺

  21. Icy says:
    April 27, 2018 at 2:18 pm

    wow Hi Mi
    varah reethi
    curiously waiting for the next part

  22. Hi Mi says:
    April 27, 2018 at 3:34 pm

    salaam. miothy 20th part. sorry reyga aamukoh kuraa commeent ves kohnulevuni…. thanks all:)

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (22)←


All Right Reserved!