Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ބޭނުމޭ އިޝްގާ…!(2)

Aimin Level 1
April 22, 2018 4 Mins Read
23 Comments

” ސުކޫލަކަށް ނުދަމެއްނު. ކޮލެޖެއް ނުކިޔާނެދޯ ސުކޫލަކަށް. ވެއިޓް އަ މިނެޓް.. ދެންމެ މި ކޮޓަރިން އެ ދިއައީ ޒުހާ ދޯ! ސީރިއަސްލީ! އަޅެ އަޅުގަނޑު ކައިރީ ކޮންއިރަކުން ބުނަންކަމަށް ތި ހުންނަނީ. އެކަމަކު މީ ޑިމްޕީގެ ބެސްޓީއޯ!.. ޔޫ ނޯޓީ ބޯއި..” ޖަނާ ހުނުން ހުއްޓާލާފައި ޝިނާންއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި ޖަނާގެ ކޮޑުގައި ޝިނާން ހިފަހައްޓާލިއެވެ.

” ޝުސް. އަބަދު ހުންނަނީ އަހަންނާއެކު އަންހެން ކުއްޖަކު ނުފެނިފަދޯ. މި ކުޑަ ކުޑަ ސިކުނޑިއަށް ގޯސް ހިޔާލުތައް ވަނަ ނުދީބަލަ. ދެއަރ އިޒް ނަތިންގ ބިޓްވީން މީ އެންޑް ޒުހާ. ޖަންނައަށް ސިއްރުން އަހަރެން ކަމެއް ނުކުރާނު ދެން. މޮޔަގަނޑު. ” ޝިނާން ޖަނާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.

” ޒުހާ މި ކޮޓަރިން ފެނުނީމަ ހަމަ ކޮންމެ މީހަކަށްވެސް ހީވެދާނެދޯ ކަމެއް ވީ އޭ.. ” ޖަނާ މަޑު މަޑުން ބުނެލިއެވެ.

” އެހެންވިއްޔާ ޖަންނަ ފެނުނީމަވެސް މީހުން ހީކުރާނެދޯ..” ޝިނާން ލާނެތްގޮތަކަށް ޖަނާއާ ދިމާކޮށްލިއެވެ.

” ހޫނ. ދެން ހެވޭ. ދޭބަލަ އަވަހަށް ފެންވަރައިން އަންނަން ދެންވެސް. މިހާރުވެސް ދުވާ ވަހުން ކެއްވަނީއެއް ނޫނޭ. ” ޖަނާ އޭނާގެ ނޭފަތުގައި އިނގިލިތަކުގެ ކުރިން ހިފާލިއެވެ.

” ނުވާނެ އެހެނެއް. ” ޝިނާން ވަގުތުން އަމިއްލަ ގައިން ވަސް ބަލާލިއެވެ. އަދި ޖަނާ ކުރީ ސަމާސާއެއް ކަން އެނގުމާއެކު ޖަނާއާ ދިމާއަށް ބާރު ފިޔަވަޅުތަކުގައި ދިޔައެވެ. ހުސިޔާރުވެ ހުރި ޖަނާ ޝިނާންގެ އަތުޖެހުމުގެ ކުރިން ކޮޓަރިން ނުކުންނަށް ދުއްވައިގަތެވެ. ޝިނާން ޖަނާގެ ފަހަތުން ދާކަށް ގަސްތެއް ނުކުރެއެވެ. ޖަނާ ދިޔައީކަން އެނގުމާއެކު ކޮޓަރީގެ ދޮރު ތަޅުލިއެވެ.

ޝިނާންއަށް ފާހާނާއަށް ވަދެވުމާއެކު މުޅި ހަށިގަނޑުގައި ނޭނގޭ ތުރުތުރެއް އުފެދިގެން ދިޔައެވެ. ފެންމާގަނޑު ދޫކޮށްލަމުން އޭގެ ދޮށަށް ވަނުމާއެކު ހަށިގަނޑުގައި ޖެހެމުންދިޔަ ފިނިފިނި ފެންތިކިތަކުންވެސް ސިނކުޑިއަށް ފިނިކަމެއް ލިބޭ ގޮތެއް ނުވިއެވެ. ފެނާ އެކުވެގެން އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަ ތިކިތަކުން ހިތް ތޮރުފަމުންދިޔަކަހަލައެވެ. ވޭނީ އާޙަކާއެކު މަޑުމަޑުން ގިސްލެވޭގޮތްވިއެވެ.

ޖަނާއަށްޓަކައި ޝިނާންގެ ހިތުގައިވާ ލޯބި ޖަނާއަށް ނުފެންނާތީ އެ ހިތަށް ތަދުވަނީއެވެ. ހުރިހާ އެންމެނަކަށް އެމީހުން ލޯބިވާ މީހުނެއް ނުލިބޭނެކަން ޝިނާންވެސް ގަބޫލުކުރެއެވެ. ޖަނާ އޭނާ ދެކެ ލޯބި ނުވާންވީ ކީއްވެހެއްޔެވެ؟ އެންމެ ގާތް ރަޙުމަތްތެރިއާއަށް ވީތީ ހެއްޔެވެ؟ މިއަދު ޖަނާ ދެކެ އެހާ މަތިވެރި ލޯތްބެއް ވެވޭ އިރުވެސް އޭނާގެ ދޫ ހިމޭނުން ބާއްވަން އޭނާއަށް މަޖުބޫރެވެ. ހިތުގެ ތަސައްލީއަށް ޓަކައެވެ. ލޯބިވިޔަސް ބުނަން ޖެހިލުންވަނީއެވެ. އެދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން ހީނަރުވެދާނެ ކަމުގެ ބިރަށެވެ. ހުރިހާވެސް މައްސަލައަކީ ޝިނާންއަށް ޖަނާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވެވުމެވެ.

ލޯ މަރާލައިގެންހުރި ޝިނާންއަށް ސިފަވަމުންދަނީ ޖަނާ އޭނާގެ ކުރިމައްޗަށް އަރާ ހުއްޓެލިގޮތެވެ. އެވަގުތު އޭނާގެ އަތު ތެރެއަށް ޖަނާ ގެނެސް ލާން ޝިނާން ނުހަނު ބޭނުންވިއެވެ. އެ ރީތި ދިގު އިސްތަށިގަނޑުގައި ފިރުމާލާ އިރެއްފަދަ އަލި މޫނުގައި ބޮސް ދޭން ޝިނާން ބޭނުންވި އެވެ. ވަރަށް ލޯބިވެޔޭ ބުނެލާ ހިތުން އެ ހިތް ތެޅި ފޮޅުނު ވަގުތު އޭނާގެ ހިތުގެ މައްޗަށް ބާރުފޯރުވުމަށް ސިކުނޑި މަޖުބޫރުކުރިއެވެ. ޖަނާއާ އޮތް ގުޅުމަށް ބުރޫއެއް އަރާފާނެތީއެވެ.
ދުވެފައި ގެއަށް އައި ޖަނާ ކޮޓަރިއަށް ވަދެވުމާއެކު ދޮރު ލައްޕާ ތަޅުލިއެވެ. ހުރިތަނުން ގުނޑިލަންވެސް ނޭގިފައި ހުރި ޖަނާގެ ލޮލުން ވިދާ ބަބުޅަމުން އައި ކަރުނަތިކިތައް އެ ދޮން ކޯތާފަތުގައި ބޮސް ދޭން ފެށުމާއެކު އެނދު މައްޗަށް ގޮސް ބަންޑުން ވެއްޓިގަތެވެ. އޭނާއަށް ރޮވެނީއެވެ. ކީއްވެހެއްޔެވެ؟ ޖަނާ ވިސްނަމުން ދިޔައެވެ. އޭނާއަށް ރޮވެންވީ ސަބަބެއް އަމިއްލަ ހިތާ ސުވާލު ކުރަމުން ޖަވާބެއް ލިބޭތޯއެވެ.

ރިންގުވަމުންދިޔަ ފޯނަށް ބަލަހައްޓައިގެން ޖަނާ އޮތީ ފޯނު ނަގާ ހިތް ނުވެފައެވެ. އެހެނަސް ގުޅަނީ ކާކުތޯ ބަލާލުމަށްފަހު ޖަނާ ކަންފަތުގައި ފޯނު ޖައްސާލީ އެއީ އޭނާގެ ކޮލެޖުން ދިމާވި ގާތް ރަޙުމަތްތެރިއެއް ކަމަށްވާ ދިމްނާގެ ކޯލަކަށް ވީތީއެވެ.

” ހާދަ ވަރަކަށް ގުޅައިފީމޭ.. އާރ ޔޫ އޯކޭ ޖަންނަތު.” އެ އަޑުގައިވި ކަންބޮޑުވުން ޖަނާއަށްވެސް އިޙުސާސް ވެގެން ދިޔައެވެ.

” ހޫމް. އައި އެމް ފައިން. ދިމް ކިހިނެއް؟ ” ޖަނާ އޭނާގެ އަޑުގައިވި ހިތްދަތިކަން ފޮރުވަން މަސައްކަތް ކުރަމުން ޖަވާބުދިނެވެ.

” އޯކޭ ހަމަ. މަންމަ ބުނީ ޖަންނަ ކައިރީ ބުނާށޯ ގުޅާލާށޭ. ޖަންނަ ނެތީމަ ހާދަހާ ފޫއްސޭ. އަބަދު މިޖެހެނީ ގޭގަ އޮންނަން. ދެން އަވަހަށް އަންނަން އުޅެބަލަ. އަހަރެންވެސް ގޮވައިން ދިޔަނަމައެއްނު. އަފާވެސް ގޮއްސި ރަށަށް. މުއްތޮބެގެ ޒައިއްކޮ ހިތާނު ކުރަނިއްޔޯ. ބުނިތަ ޖަންނަ ކައިރީ؟ އަޅެ ހިނގާބަ ދާން. ވަރަށް މަޖާވާނެ ކަންނޭނގެ. ” ދިމްނާ އެއް ނޭވާއިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.

” ސާބަހޭ ދިމް. ހާދަ ދޫހަލުވި ވެގެން އުޅޭ ދުވަހެކޭ. ތިއުޅެނީ އަހަރެމެން ނެތީމަ ފޫހިވާތީއެއް ނޫންކަން ޔަގީން. އަފާއާ އެކު އަމްޖޭބެ ވެސް ދިޔައީދޯ. ހެ ހެ ހެ އެހެންނޫންނަމަ ދިމް ތިގޮތަށް ފޫހިވެގެނެއް ނޫޅޭނެ. ” ޖަނާ އޭނާގެ އެކުވެރިޔާއަށްޓަކައި އަމިއްލަ ހިތާމަތަށް ދިރުވާލަމުން ދިމްނާއާ ދިމާކޮށްލިއެވެ.

” ވާއު. ކިހިނެއްތަ ޖަނާއަށް އަހަރެން އެހާ ރަނގަޅަށް އެނގެނީ. އަޅެ އަމްޖޭއަށްވެސް ޖަނާއަށް އެނގޭހެން އެނގޭނެ ނަމަ. މިހެން ހުއްޓާ ދެން ފެންނާނީ އަތުން ބީވާތަން ކަންނޭނގެ. މިވަރަށް މެއްސެންހެން ކުރިމަތީ އެނބުރޭ އިރުވެސް އަޅެ އަހަރެންނަށް އޭނާގެ ސަމާލުކަމެއް ނުލިބޭ ވިއްޔަ. ޖަންނަ. ރުޅި ނާންނައްޗޭ. އަހަންނަށް ހީވަނީ އަމްޖޭ ލައިކް ވާ ކުއްޖަކީ ޖަނާހެން. ” ދިމްނާ ފިނިވެފައިވާ އަޑަކުން މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޖަނާ ހޭން ފެށިއެވެ.

” ދިމް ދައްކާ މޮޔަ ވާހަކަ. އަމްޖޭބެ ކިޔާއިރުވެސް ތަ؟ ”

” އަސްލުވެސް އޭ. އަޅެ ޖަނާ ވިސްނާލަބަލަ. ޖަނާ ކަމަކު ކިޔައިފިއްޔާ އަމްޖޭ އެހެން ހުރިހާ ކަމެއް ބަހައްޓާފަވެސް ބަލާނެ ޖަނާ ބުނި ކަމެއް ކޮށްދެވޭތޯ. ވަރަށް ގިނަ ފަހަރު ދެކެން ޖަނާއަށް އަމްޖޭ ބަލަން ހުންނަ ގޮތް. ” ދިމްނާގެ އަޑުގައިވި ކަންބޮޑުވުން ޖަނާއަށްވެސް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނާ ހިމޭންވެ ދިމްނާގެ ވާހަކަތަކާމެދު ފުރަތަމަ ފަހަރަށް ވިސްނާލިއެވެ.

” އުފް ޔާރް.. ތި ގޮތަށް ނުވިސްނަބަލަ. އަމްޖޭބެ ވާނީ ހަމައެކަނި ދިމްގެ މީހަކަށް. މާލެ ދެވުނުހާ އަވަހަށް އަހަރެން ދިމްއަށް ތިކަމުގަ އެހީ ވާނަން. ޑޯންޓް ވޮރީ ދިމް. ޓްރަސްޓް މީ ” ޖަނާ އޭނާގެ އެކުވެރިޔާ ހިތްހަމަޖައްސަ ދޭން މަސައްކަތް ކުރިއެވެ.

” އައި ޓްރަސްޓް ޔޫ ޖަންނަ. ލެޓްސް ނޮޓް ޓޯލްކް އެބައުޓް ހިމް. އަފާ ބުނި ޖަނާ ކޮންމެވެސް ރަންނަމާރިއެއް ހޯދާ ވާހަކަ. އެއީ ތެދެއްތަ؟ ވީ ގޮތެއް އަފާވެސް ނުބުނި. ބުނީ ޖަންނަ ކުރެން އަހާށޯ. ކިޔާދީބަލަ! މިހާރު އެ ރަންނަމާރި ފެނިއްޖެތަ؟ ” ދިމްނާ ވާހަކަ ބަދަލުކޮށްލިއެވެ.

ދިމްނާ ފެށި ވާހަކައިން ޖަނާގެ މޫޑު ވަގުތުން ގޯސްވިއެވެ. ދެ ލޯ ބޮޑުވެ މޫނުމައްޗަށް ލޭ ކުލަ އަރައިގެން ދިޔައީ އެ ހިތުގައި އުފެދެންފެށި ރުޅިވެރިކަމުގެ ސަބަބުންނެވެ.

” އަދިއެއް ނުފެނޭ. ކައިރި މުސްތަގުބަލެއްގައި ދިމާވެއްޖެޔާ ހަނދާނުން ނުފިލާވަރު ކޮށްލާނަން. ހާދަ ރުޅިއެއް އައޭ އެދުވަހު. އަފާގެ ދޮންތަ ބުނެގެން ގޭ ކުރިމަތީ ހުރި ފިހާރައިން 5 ކިލޯ ފުށް ގަނެގެން އަހަރެން ނުކުތީ. ވަރަށް ވައިގަދަ ދުވަހެއް އެއީ. ވާރޭ ކަނިވެސް ޖަހާ އޭރު. އަވަހަށް ގެއަށް ދާން އުޅުނީ. މަގު ހުރަސްކުރަން ފައި ނަގަނަގަ އޮއްވާ އެ ރަންނަމާރި އައި ނައި ތަނެއް ނޭނގެ، ގައިގައި ޖެހިގަތް ގަތީނުން ފުށްކޮތަޅާއެކު އަހަރެން ވެއްޓުނީ ކާނުގަނޑު މައްޗަށް. ވަޔާ އެކު ފުށް ތައް ބުރީ އަހަރެންގެ މުޅި ގަޔަށް. އެވަރުން ނުފުދިގެން ކޮތަޅުގަނޑުގައި ހުރި ބާކީ ފުށްތައްވެސް އޮއްސާލީ އަހަރެންގެ ބޮލަށް. ގަސްތުގަ ކުރިކަމެއް އެއީ. ހަމައިގަ ހުރި މީހެއްހެނެއް ހިޔެއް ނުވޭ. ބޮލުގެ އިސްތަށިގަނޑު ހީވަނީ ހަތާގަނޑެއްހެން. ބިރުން އެއްޗެކޭ ނުބުނަން. އެކަމަކު ބިންމަތީގައި ހުރި ފުށްތައް އެ ރަންނަމާރި މޫނަށް ޖަހާފަ އަހަރެން ދުއްވައިގަތީ ގެޔަށް. ނަސީބަކުން ފަހަތަކުން ނާދޭ. ”
ޖަނާގެ ވާހަކަތައް އަޑު އަހަންހުރި ދިމްނާ ޕަކަޕަކަ ލާފައި ހޭން ފެށިއެވެ.

ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރި ޝަބާން ހީވަނީ މޮޔަވެފައި ހުރި ހެނެވެ. އަމިއްލަ ސޫރައަށް ބަލަ ބަލާފައި ހުއްޓާނުލާ ހެނީއެވެ. އެނދުމަތީ ކަންބޮޑުވެފައި ޝަކީލާ އިނީ ހަދާނެގޮތް ބޮޑުވެފައެވެ. އޭނާއާ ޖެހިޖެހިގެން އިން ތަމީނާގެ ރުޅިގަނޑު ހީވަނީ ދެންމެ ދެންމެ ފަޅައިގެން ހިނގައިދާނޭހެނެވެ.
(ނުނިމޭ)

Share Article

Follow Me Written By

Aimin

Level 1

I love reading and writing stories. Even though would like to hear the readers view . Will improve in sha Allah. ?

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (19)

Next

ކެތްކުރާނަން އުއްމީދުގައި 13

Next
April 23, 2018

ކެތްކުރާނަން އުއްމީދުގައި 13

Previews
April 22, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (19)

23 Comments!

  1. Aimin says:
    April 22, 2018 at 11:08 pm

    Assalam alaikum.
    Alhugandu v bodah balive ulheythee daily koh up nukoh dhevigen miulheny. Story dhigu kuranves v beynun vi. But roagaa gadha kamun nu vee. Hope readers understand vaane kamah n maaf kuraane kamah! Pls point out the mistakes for me. Hope you guys like this part too.

  2. Lam says:
    April 22, 2018 at 11:18 pm

    Ey kudhinay ladhakaa hureh thadheh nuhfilaaneh… Nihkan kehrign bunehba i love u ey.. Kuriah oiii part gai vaany kihinehbaaaa????… Nice story….keep it up my lovely aimin… Ure doing well..

  3. Naju says:
    April 22, 2018 at 11:19 pm

    It’s ok dear… I’m understood…Avas shifaayakah edhen n story hama v salhi ?

  4. Lam says:
    April 22, 2018 at 11:19 pm

    Ey kudhinay ladhakaa hureh thadheh nuhfilaaneh… Nihkan kehrign bunehba i love u ey.. Kuriah oiii part gai vaany kihinehbaaaa????… Nice story….

  5. Lam says:
    April 22, 2018 at 11:23 pm

    Sry … Nayguni comment dhiyakahmeh anyways get well soon …..

  6. lotus says:
    April 23, 2018 at 5:27 am

    Wow.. v fakka mi story.. sooo sad fr these two luvbrds… frndship gellidhaanethee bunan nukerifa dhw… Btw, writr ah avas shifaa aka edhen

  7. Shafa says:
    April 23, 2018 at 10:43 am

    Vv reethi mi partvs.. Shafakahllah..??waiting for the next part.??❤?

  8. Aphro grl says:
    April 23, 2018 at 11:46 am

    beynumey ishqaa eyge meyvaaa..farikama ekyyyy hinithunvefa vymaa.. shinanoo thi ruin huttaalafa jana kairy buneba mihen.. hahah?vahaka v salhi specially vaahakaige nan.

  9. Aphro grl says:
    April 23, 2018 at 11:52 am

    Aimin ah avas shifaa akah edhen

  10. Siya says:
    April 23, 2018 at 1:25 pm

    V v v reethi mi part vex❤when next part waiting ….and get well soon aimin ☺☺☺

  11. unique says:
    April 23, 2018 at 2:26 pm

    Insha Allah u’ll be fine……………… story hama habeys…………..waitin

  12. Tushaa says:
    April 23, 2018 at 3:18 pm

    I really don’t like the starting of this story I hope next part will be nice and easy to understand what is happening in the part first two I don’t understand clearly

  13. Sana says:
    April 23, 2018 at 3:18 pm

    Beautiful???
    Get well soon????
    When next part?

  14. Nunama says:
    April 23, 2018 at 3:19 pm

    Waiting for next part

  15. Naju says:
    April 24, 2018 at 8:33 pm

    When is next I’m waiting…

  16. lotus says:
    April 25, 2018 at 11:52 am

    Koba tha nxt prt.. writr aduivx bali vetha.. get wel soon

  17. naash says:
    April 25, 2018 at 10:18 pm

    i have been reading this from the beginninggg…..soooo nice storyyyyy…….when next part???????plx make it fast…..soo curiuos to know what happens next…..and get welll soonn….

  18. lotus says:
    April 26, 2018 at 9:13 pm

    dear writr.. r u stil not feelin well… pls get wel soon n up a new part.. curiously waitin

  19. axoo says:
    April 29, 2018 at 9:24 pm

    Aimin..u still not feeling well???? get well soon..

  20. Siya says:
    May 1, 2018 at 9:11 pm

    Kobaa thr next part???Aimin adhivex balii thr Get Well Soon

  21. Sana says:
    May 12, 2018 at 6:32 pm

    Kobaatha next part?

  22. Sabaa says:
    June 8, 2018 at 7:08 pm

    I luved the story❤️❤️❤️ Looking forward to next part
    Insha allah u ll b fine soon???

  23. Shaaa says:
    June 20, 2018 at 8:05 pm

    Alhe mi story continue nukuraneebaa? Konmes javaabeh beynun writer ge faraathun

Comments are closed.



All Right Reserved!