” ސުކޫލަކަށް ނުދަމެއްނު. ކޮލެޖެއް ނުކިޔާނެދޯ ސުކޫލަކަށް. ވެއިޓް އަ މިނެޓް.. ދެންމެ މި ކޮޓަރިން އެ ދިއައީ ޒުހާ ދޯ! ސީރިއަސްލީ! އަޅެ އަޅުގަނޑު ކައިރީ ކޮންއިރަކުން ބުނަންކަމަށް ތި ހުންނަނީ. އެކަމަކު މީ ޑިމްޕީގެ ބެސްޓީއޯ!.. ޔޫ ނޯޓީ ބޯއި..” ޖަނާ ހުނުން ހުއްޓާލާފައި ޝިނާންއާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި ޖަނާގެ ކޮޑުގައި ޝިނާން ހިފަހައްޓާލިއެވެ. ” ޝުސް. އަބަދު ހުންނަނީ އަހަންނާއެކު އަންހެން ކުއްޖަކު ނުފެނިފަދޯ. […]
ރަތާއި އޮރެންޖު ކުލައިގެ ވިލާތަކުން މުޅި އުދަރެސް ބައްދާލާފައި ވީއިރު ފެނުން ތޮޅެލި އިރުގެ ރަން ދޯދިތަކުން މަޑުމަޑުން މުޅި ހިސާބު ވިރުވައިލި ރަންގަނޑެއްހެން އަލި ކުރަމުން ދިޔައެވެ. ފަތިހުގެ ވަގުތައް ގޮވާ ހައުތަކާއި ކޮވެލީގެ އަޑުން ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން އެދަނީ އިތުރަށް މަންޒަރު ފުރިހަމަ ކޮށްދެމުންނެވެ. އެއާއެކު މަގުމަތީގައި ހޭލަ މޭލަ ވަމުންދާ މީހުން ގިނަވަމުން ދިޔައެވެ. މަސްވެރިންނާއި މަގު ކުނިކަހަން ނުކުންނަ މުރާލި އަންހެނުންނެވެ. ގޮނޑުދޮށަށް މަސްހިފަންދާ ޅަފުރައިގެ ކުދިންނެވެ. ” ދަރިފުޅާ […]
ކުލަކުލައިގެ ބޮކިތަކާއި ލޭސްފޮތި އަދި ގިނަ އަދަދެއްގެ މާމެލާމެލި ބޭނުންކޮށްގެން ޒީނަތްތެރި ކޮށްފައިވާ މާހައުލުގެ މެދުގައި ބަހައްޓާފައިވާ މޭޒުދޮށުގައި މަޑު ފިޔާތޮށި ކުލައިން ޖަރީ ކުރެވިފައިވި ކައިވެނީގެ ހެދުމުގައި އިން ޖަނާގެ ތުންފަތުގައިވި ލަދުވެތި ހިނިތުންވުން އެ ދޮން ކޯތާފަތުންވެސް ފާޅުވާން ހުއްޓެވެ. އެހެނަސް ޖަނާއާ ޖެހިޖެހިގެން އިން ޝަބާންގެ މޫނުގައިވަނީ މުޅިން ތަފާތު އަސަރުތަކެކެވެ. އިރުއިރުކޮޅާ ދަތްކުނޑި ވިކާލާ ދެދަތްޕިލަ ބާރުކޮށްލާނެއެވެ. އަތް މުށްކެވިފައި ވީއިރު އެ މޫނުން އެއްވެސް އުފާވެރިކަމެއް ފާޅެއް ނުވެއެވެ. ………………………………………………………………………….. […]