“އައިލަވްޔޫ ރިމީ… އަހަރެން ރިމީ ބޭނުން. އަހަރެންނަށް ވިިސްނިއްޖެ. ހިތާމައަކީ ހެޔޮވިސްނުން ލިބުނުއިރު ވަގުތުފާއިތުވެފައި ވާކަން. އެކަމަކު އަހަރެމެން ދެމީހުން ކުޑަކުޑަ ހިތްވަރެއް ކޮށްލަނިކޮށް އަދި ހުރިހާ ކަމެއް ރަނގަޅުކޮށްލެވިދާނެ… ޕްލީޒް…..” ދެއަތް ޖޯޑުކޮށް ރިމީޝާގެ ކުރިމަތީގައި ހުއްޓިލަމުން އައްޔަދު ބުނެލިއެވެ.
“އަހަރެން ބޭނުމެއްނޫން. އަހަރެން ވަރަށް އަވަހާއި ކައިވެނި ކުރާނަން” ހިތާމަވެރި އަޑަކުން ރިމީޝާ ބުނެލިއެވެ.
“އަހަރެންގެ މައްސަލައެއް ނެތް. ރިމީ އެހެންމީހަކާ ިއނދެފައި އަޔަސް. އަހަރެން ބޭނުމީ ރިމީ. އަހަރެމެން ދެމީހުންނަށް ދެމަފިރިންނަށް އަދިވެސް ވެވިދާނެ. ރިމީ ވެސް ލޯބިވަމެއްނު. އެހެންވީމާ އިންނަ މީހަކާ ސުލްހަވެރިކަމާއެކު ވަރިވެފައި އާދޭ” އައްޔަދު އެއްނޭވައިން މި ހުރިހާ ވާހަކައެއް ދައްކަމުން ދިޔައެވެ.
“އައްޔަދު ކީކޭ ހީކުރަނީ؟ އަހަރެން މީހަކާއި މި އިންނަނީ ހަމައެކަނި ރޭކޮށްފައި ވަކިވާން ކަމަށްތަ؟ އެހެންވިއްޔާ ތިކުށްހީ ފިލުވަދީފާނަން. އަހަރެންގެ އުމުރުގައި ބާކީ ކިތަންމެ ތަނެއް އޮތަސް އަލުން ތި އިންސާނާގެ ދިރިއުޅުމަކަށް ނުދާނަން. އަހަރެންނަށް ދިރިއުޅެން ދަސްކޮށްދިނީވެސް އައްޔަދު. އަދި އަނިޔާވެރިންގެ ދިރިއުޅުމުން ދުރަށްދާނެ ގޮތާއި އެކަހަލަ މީހުނަށް ޖަވާބުދޭނެ ގޮތް ވެސް ދަސްކޮށްދިނީ ހަމަ ކަލޭ…. އެހެންވީމަ ޕްލީޒް އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާފައި މިތަނުން ދޭ…އަމިއްލަ އެދުން ބޮޑުވިޔަސް ތީ ބޮޑުވަރު……” އެއްއަތުން ބޭރަށް ނިކުންނަ ދޮރުފަތް ހުޅުވާލަމުން ރިމީޝާ ބުނެލިއެވެ. އެއްޗެއް ބުނަން އައްޔަދު އުޅުނު ވަގުތު އިޝާރާތުން އެކަން ރިމީޝާ ހުއްޓުވިއެވެ. އިސްޖަހާލައިގެން ހުރެ އައްޔަދު ނިކުތް ދޮރު ލައްޕާލަން އެދިމާލަށް ބަލާލިއިރު ކުރިމަތީގައި ހުރި ނޫރާން ފެނި ރިމީޝާގެ މުޅި ނަފްސު ހިމޭންވެގެން ދިޔައެވެ. އެތެރެއަށް ދަމާލާފައި ބޭރަށް ދޫކޮށްލަން ހިފާލި ނޭވާ ވެސް އެތެރެހަށީގައި ތާށިވީހެން ހީވީ އައްޔަދަށް އެއްފަހަރު އަދި އަނެއްފަހަރު ރިމީޝާ އަށް ނޫރާން ބަލާލި ގޮތް ފެނިފައެވެ. މިފަހަރު ނޫރާން ދައްކާނީ ކޮންކަހަލަ ވާހަކައެއްކަން ހިޔާލަށް ގެންނަން ވެސް ދައްޗެވެ.
*********************************
ރިމީޝާގެ ފަރާތުން އުފާވެރި ޖަވާބެއް ލިބޭނެ ކަމުގައި ޝިނާން އުއްމީދުކޮށްގެން ހުރެ ބެލް އަޅާލިއެވެ. އަތުގައި އޮތް ފޯނުން ރިމީޝާ އާއި ދައްކާފައިވާ ވާހަކަތައް ކިޔަމުން ސިކުންތަކު އެއްފަހަރު އަމިއްލަ ނަފްސަށް ހީލަމުން ޝިނާން ދިޔައެވެ. ޔަގީނުން ވެސް މިރޭ ރިމީޝާ އޭނާގެ އަންބަކަށް ވުމަށް ތައްޔާރަށް ހުރި ވާހަކަ ބުނާނެ ކަމުގައި އޭނާ ޝައްކެއް ނުކުރެއެވެ. އެހެނީ މާކުރިން ރިމީޝާ ވަނީ އޭނާ ރުހޭ ވާހަކަ ޝިނާން ކައިރީގައި ބުނެފައެވެ. ނަމަވެސް ޝިނާން ބޭނުންވަނީ ރިމީޝާ ކުރިމަތީގައި ހުރެ އެދުލުން ބުނެލާ އަޑު އަހާލާށެވެ.
ޝިނާން މާގިނައިރަކު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ދޮރުހުޅުވާލީ މިޝްކުއެވެ. ވަގުތުން ޝިނާން މިޝްކު އަތްމައްޗަށް އުފުލާލަމުން ކޮލުގައި ބޮސްދިނެވެ. އެއްފަހަރަކު ނޫނެވެ. އެތައްފަހަރަކު މިޝްކުގެ މޫނުގެ ދެފަރާތަށް ބޮސްދިނެވެ.
“ދަރިފުޅު ނުނިދަންތަ. އެހެންޏާ މިގަޑިމީ ދަރިފުޅު ނިދާ ގަޑިއެއްނު” މިޝްކު އުނގަށް ލައިގެން އައިސް އިށީންނަމުން ޝިނާން ބުނެލިއެވެ.
“ޝްޝްޝް…. މަންމިއަކަށް ނޭނގޭނެ މިޝްކޮ މިތަނަށް އައިކަމެއް. މަންމި ފާހަނައިގަ ވީ. މިރޭ މީ މިޝްކު އެކަނިން ނިދާ ރެއެއް. މިދަނީ އެނގޭ ބައްޕި. ގުޑްނައިޓް…..” ޝިނާންގެ ކަރުގައި ބައްދާލާ މޫނުގައި މިޝްކުގެ ކުޑަކުޑަ ތުންފަތް ޖައްސާލާފައި ދިޔައެވެ. އިރުކޮޅަކުން ރިމީޝާ ކުރިމަތީގައި އައިސް ހުއްޓުނެވެ. ޝިނާން ވަރަށް ފަރުވާތެރިވެ ރިމީޝާ އަށް ބަލާލިއެވެ. ޝިނާނާއި ހަތަރުކަޅި ހަމަވުމުގެ ކުރިން ރިމީޝާ ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްލިއެވެ.
ރިމީ ކޮޅަށްތަ ހުންނާނީ” ޝިނާން އަހާލިއެވެ. ރިމީޝާ ކުޑަކޮށް ހީލާފައި ހުރި ދިމާލުން ތިރީގައި ހުރި ގޮނޑީގައި އިށީނެވެ.
“އަހަރެން ވަރަށް އުފާވި ރިމީ ގަބޫލުވީމަ” ޝިނާން ރިމީޝާ އާއި ދިމާލަށް ކުޑަކޮށް ގުދުވެލަމުން ބުނެލިއެވެ. އޭރު ރިމީޝާ އިނީ ތިރިއަށް ބަލަހައްޓައިގެންނެވެ.
“އަހަރެން ބޭނުމެއްނޫން ލަސްކުރާކަށް. މަންމަވެސް މިފަހަރު ގަބޫލުވެއްޖެ” ރިމީޝާ އަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.
“ރިމީ!!! އަހަރެންގެ ހިތް ނުތަޅުވާ…. އެންމެފަހަރަކު ވެސް ތިދުލުން ބުނެލަބާ ޝިނާނާއި އިންނާނަމޭ. ގަބޫލޭ…. އަހަރެން ރިމީ ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވޭ…….” މިފަހަރު އެސްފިޔަތަކުގެ ފުރަގަހުގައި ހިފަހައްޓައިގެން ހުރި ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އޮހިގަތްއިރު އަނގައިން އަޑެއްވެސް ނިކުތެވެ. ސޯފާމަތީގައި އޮތް ކުޝަނުން މޫނު ނިވާކުރެވުނީ އެމަންޒަރު ޝިނާނަށް ފެނުނަ ނުދިނުމަށްޓަކައެވެ.
“ރިމީ!!!! ކިހިނެއްވީ؟ ރިމީ ހިތުގައިޖެހޭ ކަމެއް ނުވަތަ އެއްޗެއް ބުނެވުނީތަ؟ ގަބޫލުނޫނީތަ؟ ޕްލީޒް ހުއްޓާލަބަލަ. ވީކަމެއް ބުނޭ” ޝިނާން ހީވީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވި ހެންނެވެ. ފުންމައިގެން އައިސް ރިމީޝާގެ ދެކަކޫ މަތީގައި އަތް ބާއްވާލައިގެން ތިރީގައި އިށީނެވެ.
“އަހަރެން ދާންވީތަ މިތަނުން. ރިމީ ކޮންމެސް އެއްޗެއް ބުނީމަ ދޯ އެނގޭނީ….” ރިމީޝާ ހުއްޓާނުލުމުން ޝިނާންގެ ހިތްވަރު އެލޭގޮތްވިއެވެ. ރިމީޝާ ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ޝިނާނަށް ފުރަގަސްދިނެވެ. ކަރުނަތަކަށް އޭރުވެސް ހުއްޓުމެއް ނާދޭއެވެ.
“އަހަރެން ބޭނުމެއްނޫން…. އަހަ… އަހަރެން ބޭނުމީ ރަށަށް ދާން” ކަންފަތްބުޑުގައި ބޮޮމެއް ގޮށްވާލިޔަސް އެވަރުގެ ސިހުމެއް ޝިނާނަށް ނުލިބޭނެކަން ކަށަވަރެވެ. ހުވަފެނެއްކަމަށް ހިތާ ދެފަރާތަށް މޫނު ތަޅުވާލިއެވެ.
“ކީކޭ ރިމީ!!” ލިބިފައިވާ ހައިރާންކަމުގެ ތެރެއިން ޝިނާނަށް ބުނެވުނެވެ.
“ތިއިވުނީ ރަނގަޅަށް. އަހަރެން ބޭނުމެއްނޫން ޝިނާނާއި އިންނަން. އަހަރެންގެ ދިރުއުޅުމުން ދުރަށް ޝިނާން ދޭ. މިޝްކު ކަމަކާއި ގުޅޭ ގޮތަކަށް ނޫން ގޮތަކަށް ޝިނާން އަހަރެންނާއި ވާހަކަދައްކަން ވެސް އަހަރެން ބޭނުމެއްނޫން…..” ޝިނާންގެ ހިތުގައި ތާޒާ ކަމާއެކު އުފެދިފައިވާ ޒަޙަމްތަކަށް ލޮނުމިރުސް އެޅުމަށްފަހު ރިމީޝާ އެތަނުން ދުއްވައިގަތެވެ.
މިޝްކުގެ މަގަތުން ރިމީޝާ އަށް އޮށޯވެވުނީ ކިރިޔާއެވެ. އަޑު ފަޅައިގެން ގޮސް ބާރަށް ރޮއެގަނެވުނެވެ. މިޝްކު އަށް ހޭލެވިދާނެތީ އަނގަމަތީގައި އަތްއަޅާ ކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ރިމީޝާ އަށް އެކަން ކާމިޔާބު ނުވިއެވެ. މަންމި ރޯކަން އެނގި ނުނިދިފައި އޮތް މިޝްކު އެނދުގައި އިށިން އިރު ދެތުންފަތް ވަނީ ފިއްތާލާފައެވެ. ރިމީޝާގެ ރުއިމުގެ އަޑުން ހަމަ ރަނގަޅަށް ވެސް މިޝްކު ހިތަށް ތަދުކޮށްލައިފިއެވެ. ފުރަގަހުން ރިމީޝާގެ ހަށިގަނޑުގައި މިޝްކު އަށް ބައްދައިގަނެވުނީ ހިތުގައި ޖެހިފައި އިންލެއް ބޮޑުކަމުންނެވެ. ރިމީޝާ އަށް މިޝްކުގެ ބީހުން އިހުސާސްވެ މަޑުމަޑުން މިޝްކު އާއި ވީކޮޅަށް އެނބުރި ބޯއަޅާލީ މިޝްކު އުނގުތެރޭގައެވެ.
“މަންމި!!!!” ރިހުން އެކުލެވިގެންވީ އަޑަކުން މިޝްކު އަށް ގޮވާލެވުނެވެ.
“ދަރިފުޅާ މަންމިގެ ގައިގަ ދަރިފުޅުގެ ދެއަތުން ފިރުމާލަދީބަލަ. މަންމި ނިންދަވާލަ ދީބަލަ” ކުރެހިފައިވާ އަޑަކުން ރިމީޝާ އަށް ބުނެވުުނެވެ. ވަގުތުން މިޝްކު ރިމީޝާގެ ބޮލުގައި ފިރުމަން ފެށިއެވެ. ދެލޯ ކައިރިން ފާޅުވާން ހުރި ކަރުނަތައް ފޮހެދިނެވެ.
“މަންމި ނުރޮއި. މިޝްކޮ ވަރަށް ދެރަވޭ…” ޅަ އަޑުން މިޝްކު ބުނެލިއެވެ. ރިމީޝާ ހިނިތުންވާން މަސައްކަތްކުރިއެވެ.
“މަންމި ބޭނުމީ ނިދަން ދޯ. މިޝްކޮ ލަވައެއް ކިޔަންތަ. އެއީ މިއަދު ކްލާހުން ދަސްކުރި ލަވައެއް” މިޝްކު ބުނެލިއެވެ. ރިމީޝާ ބޯޖަހާލަމުން މިޝްކޮ އަތްތިލައިގެ ބަނޑުފުށުގައި ބޮސްދިނެވެ.
“މަންމީ ލޯބި މަންމީ
ހިތުގައިވާ އަރާމޭ ތީ
މަންމި ލޯބި މަންމީ ލޯ އެދޭނޭ ނޫރޭ ތީ
ގައިމޭ ހިތުގައި ފިރުމާލާ މި ހިތުގެ ފުރާނާއެ ތީ
މަންމީ ލޯބީ މަންމީ” ރާގެއް ނެތަސް މިޝްކު އެކިޔާދިން ލަވައިން ރިމީޝާގެ ހިތާމަތަކަށް ވަގުތުން ލުޔެއް ލިބުނު ކަހަލައެވެ. އެދަރިފުޅުގެ ޅަ އަޑުން އެލަވައިގެ އެއްތަންކޮޅެއް ތަކުރާރުކޮށް އަހަމުން ރިމީޝާ ދިޔައެވެ. މިފަހަރު އެދެލޮލުން ކަރުނަ ފައިބަމުން އެދަނީ އެދަރިފުޅަށްޓަކައެވެ. ޝިނާނަށް ފުރަގަސްދީފައި ރިމީޝާ އެ އައީ ވެސް ހަމައެކަނި މިޝްކުއަށްޓަކައެވެ. ހަގީގަތް އެނގޭނީ ހަމައެކަނި ރިމީޝާ އަށެވެ.
***********************************
ހެނދުނު ސައިބޯން ޝިނާން ނުތެދުވާތީ ނޫރާން އެކޮޓަރީގައި ދެފަހަރަކު ޖަހާލިއެވެ. ގަޔާނުވެފައި ހުރެ ޝިނާން ދޮރު ހުޅުވާލި ވަގުތު އެންމެފުރަތަމަ ވެސް ނޫރާންގެ ނޭފަތުގައި އައިސް ޖެހުނީ ސިގިރެޓްގެ ނުބައި ވަހެވެ. މޭގައި އަތް އަޅާލައިގެން ހުރެ ނޫރާން އޯކަށްދެމިގަތެވެ. ބޮޑަށް ކޮޓަރިތެރަށް ބޯދިއްކޮށްލިއިރު ސައިޑްކަބަޑް މަތީގައި ހުރި އަޅިކެނޑިން އޭރުވެސް ދުން އަރަމުން ދިޔައެވެ. ކަމެއްވާހެން ވެސް ހީނުވެ ޝިިނާން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ނޫރާން ކޮޓަރިތެރެއަށް ވަދެ ޝިނާނަށް ވަރަށް ފަރުވާތެރިވެ ބަލާލިއެވެ. އެދަރިފުޅުގެ މިލާފައިވާ މޫނުމަތި ފެނި ނޫރާންގެ ހިތަށް ހަމްދަރުދީ ވަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަށް ލިބުނު ކާމިޔާބަށް ފަޙްރުވެރިވިއެވެ.
“އަޅާނުލާ ދަރިފުޅާ!! މަންމަ އެ ރިމީޝާ އާއި ގަބޫލުނުވަން ވެސް ހުރީ ހަމަ އެހެންވެ. ދަރިފުޅާ ހަމަ އެންމެ އެކަށީގެން ވަނީ ނޯޔާ އާއި” ޝިނާންގެ މަގަތުން އިށިން ނޫރާންގެ ވާހަކަތަކުން ޝިނާން އަށް ލިބިގެން ދިޔައީ ސިހުމެކެވެ. އޮތްތަނުން ތެދުވެ ނޫރާންގެ މޫނަށް ބަލަން ފެށުނީ ޝައްކުގެ ނަޒަރަކުންނެވެ.
“ދަރިފުޅު ތި ހީކުރާކަހަލަ ކުއްޖެއްނޫން ރިމީޝާ އަކީ. މަންމަ މިއަދު ބޭރަށް ނިކުތްއިރު އެބަޔަށް އައްޔަދު ވަންނަނިކޮށް ދެކުނިން. އެގޮތަށް ހިލޭ ފިރިހެނުން ގެއަށް ވައްދާނެތަ ރަނގަޅު ކުދިން” ނޫރާން ދައްކަމުންދިޔަ ވާހަކަތަކުން ޝިނާނަށް ލިބެމުންދިޔަ ސިހުން ހިނދެއް ހިނދަކަށް ބޮޑުވަމުން ދިޔައެވެ.
“މަޑުކޮށްބަލަ. މަންމަ ކީކޭ ތިކިޔަނީ. މަންމަ އަށް ކޯޗެއް އެނގެނީ. ބުނެބަލަ މަންމަ އަށް ކިހިނެއް އެނގުނީ އަޅުގަނޑު ރިމީޝާ އާއި ގުޅުމެއްހުރި ކަމެއްވެގެން އުޅޭކަން” ވަގުތުން ނޫރާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތް ޝިނާނަށް ފެނުނެވެ.
“މި…..މި… އެކަހަލަ ކަމެއްވެގެން ނޫންތަ ދަރިފުޅު……” ނޫރާން އޭނާގެ ދިފާއުގައި އެއްޗެއް ބުނަން އުޅުނަސް ޝިނާން އެކަން ހުއްޓުވިއެވެ.
“ޝުކުރިއްޔާ އަޅުގަނޑަށް ތިހާ ހެޔޮއެދޭ އަޅުގަނޑު ދެކެ ތިހާ ލޯބިވާ މަންމައަކަށް ވީތީ…..” ނޫރާނަށް ބަލާލަމުން ޝިނާން އިއްވާލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ދަމުން އަތުގައި ހުރި ބާރެއްލާފައި ދޮރު ޖެހިއެވެ. ކުރެވުނު ކަންތަކުން މޮޔަހީވެފައި ނޫރާން އިނީ ދެން ކަންތައްކުރަންވީ ގޮތަކާއި މެދު ވިސްނާށެވެ.
************************************
މިޝްކު އަށް ސައި ދިނުމުގައި ރިމީޝާ ބުރަކޮށް އުޅުނު ވަގުތެވެ. ފުލުފުލުގައި ބެލް އަޅާ އަޑު އިވެން ފެށުމުން ރިމީޝާ ބޯ އަރިކޮށްލާފައި ދޮރާއި ދިމާލަށް ބަލާލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝިނާން ފެނުމުން ރިމީޝާ ބަލާލީ ފާޑަކަށެވެ. ލައިގެން ހުރި އަޅި ކުލައިގެ އަތްކުރު ގަމީހުގައި ވަނީ ރޫޖެހިފައެވެ. މުޅި ރޭ އެއްކޮށް ނުނިދާ ހުރުމުގެ ސަބަބުން ދެލޮލަށް ރަތްކަމެއް ވެރިވެ މުޅި މޫނުގެ ކުލަވަރި ހުރީ އޮށްސިފައެވެ. ކުޑަކޮށް ދިގުވާން ފަށާފައި ހުރި ބޮލުގެ އިސްތަށިތައް ވެސް ތަރުތީބެއްނެތި ހިމޭންވެފައި ވާއިރު ރިމީޝާ އަށް ދުވަމުން ދިޔައި ސިގިރެޓް ވަހެވެ. ރިމީޝާ އަށް ނޭފަތްމަތީގައި އަތް އަޅާލެވުނީ އެހެންވެއެވެ.
“ޝިނާން!!! ރަނގަޅުތަ؟” ކުޑަކޮށް ދުރަށް ޖެހިލަމުން ރިމީޝާ ބުނެލިއެވެ. އެއަޑު އިވުނުކަމަށް ނަހަދާ ޝިނާން ހިފީ ރިމީޝާގެ އަތުގެ މުލައްދަނޑީގައެވެ. ރިމީޝާ އަށް ސިހުމެއް ލިބުނެވެ. ހައިރާންވެފައި ޝިނާންގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ދެފަހަރަކު އަތް ނައްޓުވަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޝިނާން ހިފައިގެން ހުރީ އެހާ ފަސޭހައިން ރިމީޝާ އަށް ކާމިޔާބުވާހާ ކުޑަކުޑަކޮށް ނޫނެވެ. ރިމީޝާ އަށް އިތުރު ސިހުމެއް ލިބުނީ ޝިނާން ރިމީޝާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމުންނެވެ. މިޝްކު ބަލަން އިން ގޮތް ފެނި ރިމީޝާ ވަނީ ކަންބޮޑުވެފައެވެ. ޔަގީނުން ވެސް މިހާރު މިޝްކު އިންނާނީ ބިރުގަނެފައި ކަން ރިމީޝާ އަށް އެނގެއެވެ.
“ދޫކޮށްލާ… ކިހާ ދެރަކަމެއް… ކޮން ފާޑަކަށް ތިއުޅެނީ. ތި ވައްތަރަށް އުޅުނީމަ ނޭނގޭތަ މިޝްކު ބިރުގަންނާނެ ވަރެއް. އެކުއްޖާ ބަލަން އިން ގޮތެއް ނުފެނޭތަ؟ ތި ކަހަލަ މަންޒަރުތަކަކީ އަހަރެން އެކުއްޖާ އަށް ދައްކާ މަންޒަރެއް ނޫން…..” ކުއްލިއަކަށް ހަށިގަނޑަށް ގެނައި ހަރަކާތަކާއެކު ލުއްކެއްޖަހާ އަތް ނައްޓުވާލަމުން ރިމީޝާ ބުނެލިއެވެ.
ހަމަހޭވެރިކަން ޝިނާން އަށް ވީ އަދި ކިރިޔާއެވެ. ތެދެކެވެ. އޭނާ އަށް ކަންތައް އެކުރެވުނީ ރަނގަޅަކަށް ނޫނެވެ. ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ އޭނާ މޮޔަ ވަނީއެވެ. މޫނާއި އެކު ބޮލުގައި ފިރުމާލަމުން ޝިނާން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. ދެން ފެނުނީ އެނދުގައި އިށީނދެ ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލި މަންޒަރެވެ. ޝިނާނަށް ބަދަލުތަކެއް އައިސްފައިވާ ތަން ފެނި ރިމީޝާ ހިމޭންވިއެވެ.
“ފާހާނާ އަށް ވަދެ މޫނު ދޮވެލައިގެން ހަމަޖެހިލާ. މި އަންނަނީ މިޝްކު ހަމައަކަށް އަޅުވާލާފައި” ޝިނާން ވާހަކަތަކެއް ދައްކަން އުޅޭހެން ހީވުމުން ރިމީޝާ ބުނެލިއެވެ. އަދި ކޮޓަރިން ނިކުތެވެ.
ދެލޯބޮޑުކޮށްގެން އެ ކޮޓަރި އާއި ދިމާލަށް ބަލަން އިން މިޝްކު އިނީ ރިމީޝާ ފެނުމުން ހީލަން ވެސް ނޭނގިފައެވެ. ނަމަވެސް ރިމީޝާ މާބޮޑު ކަމަކަށް ނަހަދާ ހީލާފައި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލާފައި އިށީނެވެ.
“ބައްޕި އަށް ކިހިނެއްވީ؟ މަންމި އަށް ތަދުވިތަ؟” ރިމީޝާ އެއްޗެއް ނުބުނުމުން މިޝްކު ބުނެލި އަޑު އިވުނެވެ. ރިމީޝާ އަށް ސިހުމެއް ލިބުނެވެ. މިވީ ވަގުތު ތަކުގައި މިޝްކު އަށް ފެނުނު މަންޒަރާއި މެދު ވިސްނީކަން އެނގި ހިތުގައި ހަމްދަރުދީ އުފެދުނެވެ.
“ހެހެހެ… ނޫނޭ ދޫނީ…. ބައްޕި ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ އެ އައީ…. މަންމި އަތުގައި ހިފައިގެން ހުރީ ބޯ އަނބުރައިގަނެގެން ވެއްޓިދާނެތީ. މަންމި މިއައީ ބައްޕި ކައިރީގައި ބުނެފައި ބަސްއަހައިގެން އޮންނާށޭ……. ” ރިމީޝާ އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ. އެ ކުޑަކުޑަ ހިތަށް ހަމަޖެހުމެއް ލިބި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވި މަންޒަރު ފެނި ރިމީޝާ އަށް ވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ.
“މި ހުރިހާ އަލުވިކޮޅެއް ހުސްކޮށްލައްޗޭ ދަރިފުޅު. މަންމި މި އަންނަނީ ބައްޕި އަށް ބޭސްދީފައި….” މިޝްކު ބޮލުގައި ފިރުމާލަމުން ރިމީޝާ ކޮޓަރިއަށް ދިޔައީ ޝިނާނަށް ކޮފީ ތައްޓެއް ތައްޔާރުކޮށްގެންނެވެ.
ރިމީޝާ ކޮޓަރިއަށް ވަން އިރު ޝިނާން ހުރީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. ކޮނޑުމަތީގައި ތުވާލި އޮތްއިރު ކުރިން ލައިގެން ހުރި ގަމީސް ވެސް ވަނީ ޓީޝާޓަކަށް ބަދަލުކޮށްފައެވެ.
“ކޮންމެސް ކަމެއްވެއްޖެ” ޝިނާންގެ ފަހަތުން ހުއްޓިލަމުން ރިމީޝާ ބުނލިއެވެ. ޝިނާން އެނބުރިލުމުން ކޮފީތަށި ދިއްކޮށްލިއެވެ. ކޮނޑުމަތީގައި އޮތް ތުވާލި އެނދުމަތީގައި ބާއްވާލަމުން ޝިނާން ރިމީޝާ އަށް ބަލާލިއެވެ.
“ސޮރީ” ޝިނާން މަޑުމަޑުން ބުނެލިއެވެ.
“ޝިން ރޭގައި ނިދިންތަ؟ ހީނުވާތީ މިއަހާލީ…..” ޝިނާން ދެލޯ ވިދައިގަތެވެ. އަދި ދުވަހަކު ވެސް ރިމީޝާ އެހާ ލޯބި ނަމަކުން އޭނާ އާއި މުިހާތަބްކޮށްފައެއް ނުވެއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ހިތަށް އެތައްހާސް ޓަނުގެ އުފާވެރިކަން އިހުސާސް ކުރެވިގެން ދިޔައެވެ.
“ޝިން” ޝިނާން ޖަވާބެއްނުދީ ލަސްވުމުން ދެވަނަ ފަހަރަށް ރިމީޝާ ޝިނާނަށް ގޮވާލިއެވެ. ޝިނާން ފޮނި ހިޔާލުތަކުން ބޭރުވެ ތެޅިގަނެފައި ރިމީޝާ އާއި ނަޒަރު ސީދާކޮށްލިއެވެ.
“ޝިން މިތަނަށް އައިކަން މިޝްކުގެ މާމަ އަށް އެނގޭތަ؟ މިބުނީ ޝިނާންގެ މަންމަ އަށް އެނގޭތަ؟” ރިމީޝާ ކަންބޮޑުވުމަކާއެކު އަހާލިއެވެ. ރިމީޝާގެ އެސުވާލުން ޝިނާންގެ ޝައްކުގެ ބޮޅުފައްޗަށް އިތުރު ބޮޅެއް މެހިގެން ދިޔައެވެ. ރިމީޝާ އަށް ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ.
“ކީއްވެ ތިހެން ތިއެހީ… ނޭނގެ މަންމަ އަށް އެނގޭކަމެއް ނޭނގޭކަމެއް. އެނގުނަސް މަށަށް ހެޔޮ” ހަމަޖެހިލާފައި ޝިނާން ބުނެލިއެވެ.
“އެކަމަކު މަށަކަށް ހެވެއްނޫން. ޝިން މިތަނުންދޭ. މިބަޔަށް އެހާ ވަރަށް ނާދޭ… ޕްލީޒް… ޝިން ދައްކަން ބޭނުންވާ ވާހަކައެއް ވިއްޔާ ފޯނުން ބުނޭ. ދެން އަވަހަށް ދޭ. ދަމުން މިޝްކު ކައިރިއަށް ޖެހިލާފައި ދައްޗެ” ރިމީޝާ އަވަސް އަވަހަށް ބުނެލިއެވެ.
“ކިހިނެއްވީ؟ މަންމަ އިއްޔެގަ މިބަޔަށް އައިތަ؟ އެއްވެސް އެއްޗެއް ބުނިތަ؟ ރިމީ ދޮގުނަހަދައްޗެ…” ޝިނާން ކަތިނަޒަރަކުން ރިމީޝާ އަށް ބަލާލިއެވެ. ރިމީޝާ ޝިނާން އަށް ފުރަގަސްދިނެވެ.
“މީހަކު އެއްޗެއް ބުނެގެނެއްނޫން މިހެން މިބުނީ. އެގޮތް އަހަރެން ބޭނުންނުވާތީ…..” ރިމީޝާ ބުނެލިއެވެ. ފަހަރެއްގައި ވެސް އޭނާ އަށް ބުނެވޭ ބަހަކުން ދަރިއަކާއި މަޔަކާއި ދެމެދު ކުނިގަނޑެއްގެ ހިޔަނި އެޅޭކަށް ރިމީޝާ އެއް ނޭދޭއެވެ.
“އަހަރެންގެ މޫނަށް ބަލާލާފައި ހަތަރުކަޅި ހަމަކޮށްފައި ބުނެބަލަ” ޝިނާން އިތުރަށް ޔަގީންކުރަން ބޭނުންވިއެވެ. ވަގުތުން ރިމީޝާ އެނބުރުނެވެ. ޝިނާން އާއި ކުޑަކޮށް ގާތަށް ޖެހިލިއެވެ.
“ހަތަރުކަޅި ހަމަކުރުމަކީ ނުބައި ކަމަކަށް އަނެއްމީހާ އަށް ދެވޭ ދަޢުވަތަކަށް ނޫނީ ނުވާނެ. އެކަމަކު ޝިންގެ މޫނަށް ބަލަން ހުރެ މިބުނަނީ…. މީހަކު އެއްޗެއް ނުބުނޭ. އެ ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެއް” ރިމީޝާ ބުނެލިއެވެ. ދެވަނަ ސިކުންތުގައި ޝިނާންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ.
“އެންމެރަނގަޅު. އަހަންނަށް ރިމީ ވަރަށް ރަނގަޅަށް އެނގޭ… ކޮފީ އަށް ވަރަށް ބޮޑަށް ޝުކުރަން” ރިމީޝާގެ އަތަށް ހުސް ޖޯޑު ލައިދީފައި ޝިނާން ކޮޓަރިން ނިކުމެގެން ދިޔައެވެ. ރިމީޝާ އަށް ހުރެވުނީ ފާޑަކަށް ބަލަހައްޓައިގެންނެވެ.
********************************
މިޝްކު ސްކޫލަށް ލާފައި ގެއަށް އައި މަގުމަތީގައި ރިމީޝާ އާއި މަގުމަތިން ޒޯހަލް ދިމާވިއެވެ. ވިހެއުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޒޯހަލް އާއި ކާޝިފް އަވަދިނެތި ވިޔަފާރިކުރުމައިގެން އުޅެނިކޮށް ޒޯހަލް އަށް އެއްލިކަޅިއަކުން ރިމީޝާ ފެނުނީ މަގު ހުރަސްކޮށްލި ތަނެވެ. އެވަގުތު އެއީ އެމީހުން ވެސް ގެއަށް ދާން އުޅުނު ވަގުތުކަމުން ޒޯހަލް ބޭނުންވީ ރިމީޝާ އާއި ކުޑަވާހަކައެއް ދައްކާލުމަށްޓަކައި އެގެއަށް ދާށެވެ. ކާޝިފް ވެސް އިތުރު ބަހެއް ނުބުނީ އޭނާ ކުޑަ މަސައްކަތެއް ނިންމުމަށްޓަކައި އޮފީހަށް ދާންވެފައި އޮތުމުންނެވެ.
ދެ އެކުވެރިން އެކި ވާހަކައިގާ ތިބެ ގެއަށް އައިސް ވަންއިރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ރިމީޝާ ބުރުގާ ނަގަން ތައްޔާރުވީތަނާ މަޑުޖެހުނީ ޒޯހަލް ބުނި އެއްޗަކުންނެވެ.
“އެއީ؟ ކީއްވެ ބުރުގާ ނުނަގާށޭ ތިބުނީ؟” ޒޯހަލް އަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ.
“ރިމީ ބުނީމެއްނު މިގޭ އުޅޭ ބައެއް މީހުން ރިމީ ދެކެ ވަރަށް ލޯބިވެޔޭ….. އެކަހަލަ މީހަކު ލަނޑެއްދިނުމަށް ވެސް ކަމެއް ރާވާފައި އޮވެދާނެ…..” ޒޯހަލް ބުނެލިއެވެ. ރިމީޝާ ހީލިއެވެ. ޒޯހަލް އެދެއްކި ވާހަކަތައް ރިމީޝާ ގަބޫލެއްނުކުރެއެވެ.
“ވަރަށް މަޖާ ޒޯ…. ދެން އެކަމު ވަރަށް ހޫނޭ….” ރިމީޝާ ބުރުގަލުން މޫނުމަތި ފޮހެލަމުން ބުނެލިއެވެ.
“މަށަށް ވެސް ހޫނޭ… މަ އެހެން ބުނީ ކުޑަދޮރުތައް ވެސް އެހެރީ ހުޅުވާފައި. ބޭރުން މީހަކަށް ރިމީ ބުރުގާ ނާޅާ ހުއްޓާ ފެނިދާނެއްނު” ޒޯހަލް މިފަހަރު ދެއްކި ސަބަބު ރިމީޝާ އަށް ގަބޫލުކުރެވުނެވެ.
“ކާކުބާ ކުޑަދޮރު ހުޅުވީ… މިޝަކޮ ގޮވައިގެން މަނިކުތީ ހުރިހާ ތަނެއް ތަޅުލާފައި. ހަނދާންއެބަހުރި. މިޝްކު ވެސް ބުނިވިއްޔާ މަންމި އޭ ހުރިހާ ދޮރެއް ތަޅުލާށޭ…. ފާޑެއްގެ ސެންޓް ވަހެއްވެސް އެބަހުރި. ވަގެއް ވަނީ ކަންނޭނގެ” ރިމީޝާ ފަރާތްފަރާތް ހޯދާލަމުން ބުނެލިއެވެ.
“އެއްކަލަ ޝައްކުބޮނޑި. އާނ އެހެންޏަ ތިވަގު މިގެއަށް ވަދެ ސެންޓް ޖަހައިގެން އެދިޔައީ….. މަށަކަށް ނުދުވާ އެއްވެސް ވަހެއް…. ދެން އިށީނދެބަލަ ދައްކަން އައި ވާހަކަ އަދިވެސް ނުދެއްކޭ ވިއްޔާ” ޒޯހަލް ރަށު ރާގުގައި ވާހަކަދައްކަމުން ދިޔައެވެ. ރިމީޝާ އަދިވެސް އެ ވިސްނަނީ އެކަމާއެވެ. މީހަކު ވަންކަމަށް އޭނާ އަށް ޝައްކު ކުރެވެނީއެވެ.
“މި އަންނަނީ ފިނި ފެންފުޅިއެއް ހިފައިގެން” ރިމީޝާ ދިޔައީ ބަދިގެ އާއި ދިމާލަށެވެ. ޒޯހަލް މޭގައި އަތް އަޅާލިއެވެ. ދެން ނަޒަރު ސީދާކޮށްލީ ކޮޓަރިއަކާއި ދިމާލަށެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ.
“ކޮން ޖަވާބެއް ޝިނާނަށް ދިނީ… ނުބުނާތީ ތިމަންނަ ބުނީ ނޫނެކޭ… ލޯބިވަނީ އެހެންމީހަކު ދެކެއޭ…” ރިމީޝާ ފެންފުޅި ހިފައިގެން އައިސް އިށީނުމުން ޒޯހަލް އަހާލިއެވެ.
“ޖަވާބެއްދީފިން. ޒޯ… މަށަކަށް ނެތް ޝިނާން އާއި އިނދެވޭކަށް. ތެދަށް ބުނަންޏާ އަހަރެން ވެސް ބޭނުން ޝިނާނާއި އިންނަން…… އެކަމަކު…..” ރިމީޝާ މަޑުމަޑުން ބިއްލޫރިތައްޓަށް ފެންއަޅަމުން ބުނެލިއެވެ.
“އެކަމަކު ކިހިނެއްވީ؟ ރިމީ ބޭނުން. ޝިނާން ބޭނުން. ގައިމުން ވެސް އަލްވީރައްތަ އާއި ނަޒީމްބެ ތިކަމަށް ދެކޮޅެއް ނުވާނެ…. ދެން ކޮބާ ހުރަހަކީ؟” ޒޯހަލް ބުނެލިއެވެ. ގޮނޑީގައި ޒޯހަލް އިން ގޮތް އެހެން ގޮތަކަށް ބަދަލުކޮށްލީ ބަނޑާއި ހެދި އުނދަގުވެގެންނެވެ.
“ޝިނާންގެ މަންމަ ޔޯ…. އެމީހުންގެ ރުހުން ވެސް ބޭނުންވާނެއްނު” ރިމީޝާ ބުނެލިއެވެ.
“ޝިނާން ބުނި އޭނަ މަންމަ ވެސް މިހާރު އޯކޭއޭ…..” ޒޯހަލް ބުނެލިއެވެ.
“ޒޯ… ޝިނާން މަންމައަކީ ވަރަށް ހަރުކަށި މީހެއް. ޝިނާނަށް ދައްކަނީ އެހެން މޫނެއް. މިބަޔަށް އައިސް މަށަށް އެހާވަރު ކުރޭ… ކޮންމެގޮތެއް ވިޔަސް އެއީ ޝިނާންގެ މަންމައަށް ވެފައި މިޝްކުގެ މާމައަށް ވީތީ އަހަރެން އޭނަ އަށް ގަދަރުކުރަން” ރިމީޝާ ބުނެލިއެވެ. ޒޯހަލް ކޮޓަރި އާއި ދިމާލަށް ކަޅިއެއް އެއްލިއެވެ. ރިމީޝާ ބަލާލުމުގެ ކުރިން ހުރިހާ ސަމާލުކަމެއް ރިމީޝާ އަށް ހުއްޓާލިއެވެ.
“ޝިނާން މަންމަ އެއްޗެއް ބުނީތަ އަނެއްކާ…….؟” ޒޯހަލް އަހާލިއެވެ. އެވަގުތު ރިމީޝާގެ ވިސްނުން ތަފާތު ދިމާލަކަށް ދަތުރުކޮށްލިއެވެ.
“އަހަރެންގެ ދަރިފުޅު ކަލޭ ކަހަލަ ނާތަހްޒީބު މުސްކުޅި އެއްވެސް އަގެއްނެތް އަންހެނެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި އަހަރެންގެ ހުރި ހަމައެކަނި މާމާ ދަރިފުޅަށް ކޮންމެފަދަ ނިކަމެތި ކަމެއް ދޭން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެންމެ ފުރަތަމަ އަބަދުވެސް އިސްވާނީ މަގޭ އުފަންދަރި. އެދަރި ނެތިފައި މާމަ ދަރިވެސް ބޭނުމެއްނެތް. މިބުނި އެއްޗެއް އެނގިއްޖެތަ؟ މިޝްކު ހެޔޮހާލުގައި ކައިރީގައި ބަހައްޓަން ބޭނުންވަންޏާ ޝިނާނާއި އިންނަން ދެކޮޅު ހަދާ…. އަދި ބުނަން މިއިން އެއްވެސް ކަމެއް ޝިނާން އަށް އެނގިއްޖެނަމަ އަހަރެންގެ ހުރިވަރެއް އަންގާލާނަން…………”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.





Yeyyy☺☺☺☺ first…
Kiyaalaafa comment kollaanan.. Luv u
yes mifaharu Nu Xu first dhw 🙂 congra
Salaam all!!!
mi bai ves huriha kudhinnah kamudhaane kamah heekuran. maadhama ge part kudakoh lasvedhaane. ekamu varah try kuraanan avahah genesdhen. huriha kudhin ves inthizaaru kuraane kamah heekuran.
varah baajjaveri dhuvahakah edhen 🙂 🙂
Kobaa vaahakaige mireyge bai
Maasha allah v salhi.. mee first dhwww
thankyou Neen 🙂
V nice
thankyou Aisha 🙂
konirakun next part . vara interesting.
Alhe haadhareethiey dhn konirakun plx miyadhu adhi eh baa genes dheebala plx plx
Varugadha maidhaitha eh
Dhogeh noon. Shinaan gs mamma kuraa kanthah eheree….?
Mi part vx vvvvv salhi..☺☺☺☺varah kiyaa hithun indhaa e nimuny mi part..❤❤❤❤??waiting waiting???luv yuh ???
mibai ves vara reethi vara furihama thenkyou
Stry haadha furihama ey. Masha allah. Ushaali mi maatu ah ragalhu filaavaheh nagaa dhiyy bala dear.haadhahaa kiburu veri foni aadhamu ge dhari ekey.
Shin kan nyge e huri kotariy ga adu ahah. Zolah aa shin aa raavai gen e ulheny dhw.. v ragalhu vaane kaashif ge dhon kaafayaa e maatu gulhu viyy ma.hahaha
Keep it up .waiting 4 new part …..?????
– salaam-
# stry kiyaa man #
Shinan kanneynge kotaritherey filaahury.. v rythi mi part ves?☺
V v reethi mi part ves. Hithah araa adhi miadhu eh part kiyaalan Libeyne nama ey
Very nice Waiting for next part
just wow and waiting i dont have more words??><<
Nice
Stry varah varah reethi…..waiting 4 the next part
Before u said while explaining the divorce issue that ayyadh have one more chance as they re married all over again after first divorce, and now your saying thah merrying shinaan and to come back to ayyadh in the story, he already have one chance dho as u said earlier, plxxxx ayyadh and rimy gulhuvaa orelse sad, alhe eii ehnun tha real stars of this story
V. Furihama
zohal aai shinaan raivaigendhoa e vaahaka dhakkanee. kotareega vee shinaan. mammage rayvun e hoadhany. falhaaaruvaalaafa shinaan and rimy gulhuvabala. edhemeehun loabin ulhay bai kiyaahivvany
Hehe shinaan zohalge beynun hifee dhw
Story varah reethi
Wow v v kiyaahithun huttaa thi ninmaaly…. When next part??
Mi baives hama v furihama. Next part ah inthizaarkuran
Vvv salhi
Varah varah Reethi??
Dhen shinan aa rimee gulhuvaa maitu aa deal kurany fahun
???whn nxt prt
plz vaahakaige anehbai avahah up kohdheebala…hedhunuhsure inthizaaruga meenee.
Ushaali when is next part…avahah up kohla dheeba 26 vana bai
Miadhuge part lasvaany gadi tha noony dhuvahakah tha
Eccheh bunaa iru ves ragalhah bunaanama
Varah foohi vey
V inthizaaru ga. Koba tha next part
Salaam huriha kudhin….
Kurin ves ushaali bunin 26 vana bai lasvaaney. Thursday night (maadhama rey) dhanvaru ge vaguthegga noony friday morning ge konmes gadi eh ga genesdheynan. Insha allah 🙂
Evve kuhjjeh rulhi isnukoh keitheri kamaa eku intizaaru kuraane kamah heekuran 🙂
Good night ???
Adhi comment kolli huriha kudhinnah varah varah bodah shukuriyya ❤❤❤
Inthizaarun mi hendhunaa haveeruve dhanee
Ushaa ey next episode kiyaahithun dheravanee.
hahah..dhw…anyways we’ll wait dear…. we love the story after all……….bxyvma dhw we understand
ALHEY…haadha lowbi story ekey dhow but ushh darling haadha inthixaarekey thikuruvany….love yaa big fan of u ushh
Comment ah nubala irukolhakun mi vaahaka inthw belenee.kihaadhera.try kohdhee mireynamaves vaahaka genesdheveythw.lovely stort.hama best.????
v reethi story eh ,next part??
Its ok dear… waitin ga lotus vx meenee
Its ok dear… waitin ga lotus vx meenee