ފިރިހިނަކަށްވިއަސް މިއަދު އަހަންނަކަށް ކެތެއް ނުކުރެވޭނެއެވެ.
***********************
“ޔާން އައެމް ސޮރީ” އަހަރެން އިން ގޮނޑީގައި އިށީންނަމުން ރިހާމް ބުންޏެވެ. ކުރާނެހާ ކަމެއް ކޮށްފަ ކޮންމެހެން މާފަށް އެދެންޖެހޭހެއްޔެވެ. އަހަރެން އަނގައިން ވެސް ނުބުނެ އެއިން ގޮތަށް އިނީމެވެ. “ޔާން ހިނގާ ގެއަށް ދާން އަހަރެން ވަރަށް ދެރަވޭ އެބަ ޔާން ރޯތީވެ.” އަހަރެންގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ރިހާމް ބުނިއެވެ. “ރިމް ޕްލީޒް ލީވް މީ އެ ލޯން” ލޮލުގައިވީ ކަރުނަތައް ފުހެމުން ރުޅިވެރި ރާގަކަށް އަހަރެން ބުނީމެވެ. ރިހާމަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް އޭނާ ބެލީ އަހަންނަށް އެކަން ނާންގާވޭތޯއެވެ. “އުނހޫ ކުރިންވެސް އަހަންނަށް ޔާން އެކަނި ދޫކުރެވިގެން ހެދުނި ބޮޑު ގޯހެއް މިފަހަރު އަހަރެން ނެތިން އަލުން އެ ގޯސްހަދާކަށް. ޔާނަށް ހީވޭތަ އަހަރެން ޔާނަށް ދެރަގޮތެއް ހަދާފާނެހެން؟” އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިީމެވެ.
ރިހާމް އަހަރެން ގޮވައިގެން ގެއަށް އައެވެ. އަހަރެން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރިހާމާއެކު އޭނާ ގެ އެޕާރޓްމެންޓަށް ދިޔައީމެވެ. އަހަރުމެން އެތެރެއަށް ވަންއިރު ރީކާއާ ނައިރާ ސޯފާގަ އިށީންދެލައިގެން ތިއްބެވެ. އަހަރެން ފެނުމުން ނައިރާ ފާޑަކަށް ހޭން ފެށިއެވެ. “ރިކާ ކޮބާ މަންމި؟” ރިހާމް ވަރަށް ލޯބިން ގޮސް ރިކާ ބޮލުގައި ފިރުމާލިއެވެ. “ރިމް އަހަރެން މި ހުރީ!” ފަހަތުން މިޝްކާގެ އަޑު އިވުނެވެ. ފަހަތް ބަލާވެސް ނުލާ އެއިން ގޮތަށް އަހަރެން އިނީމެވެ. “ދަރިފުޅު މާމަ ގާތަށް ދާންވިނު.” ރިހާމް އެހެން ބުނުމާއައެކު ރިކާ ދުވެލާފައި ރިހާމްމެންގެ އެޕާރޓްމެންޓާ ޖެހިގެން ހުރި ރައިދައްތަމެންގެ ބަޔަށް ދިޔައެވެ.
“ޔާން ފަހަތަށް އެނބުރިބަ!” ދިހާމް އެހެން ބުނުމާއިއެކު އަހަރެން ފަހަތަށް އެނބުރުނީމެވެ. މިޝްކާމީ ކޮންނަހަލަ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މިހާރު އެހެރީ މޫނު އަޅާފައެވެ. އަހަރެން ފާޑަކަށް ރިހާމާ ދިމާއަށް ބަލާލީމެވެ. “ދެން ރިމް ޔާންއަށް އެހެން ނުހަދަބަ ދޯ!” ދޯއަށް ދަމާލަމުން މިޝްކާ ބުންޏެވެ. ހަމަ އެވަގުތު އައިނައިި ތަނެއް ނޭންގި ޖިޔާން ވެސް ސޯފާގައި އިށީނެވެ. “ޔާން ރަނގަޅަށް ބަލާބަ އެއީ މިޝްކާތަ؟” ރިހާމް އަހަންނާކޮއްލި ސުވާލުން އަހަރެންނަށް ފާޑެއްގެ ގޮތެއްވިއެވެ. އަހަރެން ރަނގަޅަށް މިޝްކާއާ ދިމާއަށް ބަލާލީމެވެ. އަހަރެން ބޯއަރިއަރި ކޮށްފައި ބަލަންހެދުމުން ޖިޔާނާ ނައިރާ ހޭންފެއްޓިއެވެ. “ޔާން އެއީ މިޝްކާއެއް ނޫން އިނގޭ އަހަރެން މެރީ ކޮށްގެން މިއުޅެނީ މަލަކާއާ!” “މަލަކާ؟” އެއީ ކާކުކަން ނޭންގުމުން އަހރެްނ އަހާލީމެވެ. ” ޔާން ގަނޑުތިހާ ފޮނި ނުވިއަސް ހެޔޮ އިނގޭ! މިޝްކޮ ފެނުމެން ދެން އެހެން އަންހެނުން ދުނިޔޭގަ އުޅޭކަންވެސް ނޭންގެވިއްޔާ!” “އޯ މަލޫ ދޯ އޯމައި ގޯޑް އަޅޭކީއްވެތަ މަށަށްކުރިން ނުވިސްނުނީ” އަހަންނަށް ކުރިން ނުވިސްނުނީކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މަލަކާ އަކީ މިޝްކާގެ ދައްތައެވެ. އަދި ސާދިންގެ އެއްމާބަނޑު ކޮއްކޮއެވެ. އަހަރުމެން ކިޔެވީ އެއްކުލާހުގައެވެ. އޭރުވެސް މަލަކާ ރިހާމާ ގަޔާވެއެވެ. “އަޅެ ދިމް ކީއްވެތަ ނުބުނީ މަލާއޭ އެއީ” “ޖޭބޯއި އަޑުއަހަން ހުރީއްޔާނު ބުނެވޭނީ. މަގޭ މަލާ އިންޓްރޮޑިއުސް ކޮށްދޭންއުޅެނިކޮށް ވިއްޔާ ދިޔައީ ޔާންއަށްވީ ގޮތްފެނިފަ މަށަށް އޭރުވެސް އިނގުނޭ ޔާން ހިކުރީ މަލާ އަކީ މިޝޫކަން އެހެންވެ ހަމަ ޔާން ތަޅުވާލަންވެގެން އެއްކަލަ އިރުވެސް މިޝީއޭ ކިޔާފަ މަލްއަށް ގޮވީ. އެ ގަޑިީގަ ޔާން ބަލާލިގޮތުން ހީވި ދެންމެ ދެންމެ މަ ކާލަފާނެހެން ނުހޭންހުއްޓަވެސް މަށަށް ހެވުނީ!” ރިހާމް ހެމުން ހެމުން ކިޔާދިނެވެ. “އޭ ރިމް އިނގޭތަ މިހިރެ މީހާ އެރޭ މަށަށް ގުޅާފަ ބުނީ ބޭނުމޯ މީޓްޖުރަން އެޔޮށް ދަންވަރު. އަސްލު މަ ހީކުރީ ކަމެއް ވީ ކަމަށް. އިނގޭތަ މަ ދިޔާމަ ބުނީ ކީކޭކަން! އިނގޭހޯ މިޝްކާ އުޅެނީ ރިމް އާ މެރީކޮށްގެނޯ އަދި ތިމަންނައަށް ހީވަނީ ރިމް މިޝޫއަށް އަނިޔާކުރާހެނޯ! މަގޭ ހިނިގަނޑު ހަމަ ފަޅާގެން ނުދިޔައީ ކިރިޔާ ނުހޭން ހުރެފަވެސް ހެވުނު.” ޖިޔާން ހީހީ ވަރުބަލިވެގެން ކިޔާދިނެވެ. އަހަރެން ވަރަށް ލަދުގަނެ ރަކިވިއެވެ. “ވެލް ޔާން އައި ހޭވް އަ ގުޑް ނިއުސް ފޯ ޔޫ މިޝްކާ ވެސް ޔާންދެކެ ވަރަށް ލޯބިވޭ!” މަލަކާ އެހެން ބުނުމުން އަހަރެންނަށް ހީވީ ދުނިޔެ ރަންވިހެންނެވެ. ” ބަލާބަ ޑޮކްޓަރ މުހައްމަދު ޔާއިން ޔުނާން ބްލަޝްވިއްޔޯ!” ނައިރާ ޑޮކްޓަރއޭ ބުނުމުން އަހަންނަށް ދެލޯ ބޮޑު ކުރެވުނެވެ. ވަގުތުން ޖިޔާނާ ދިމާއަށް ބަލާލެވުނެވެ. “ޔާން ސީކްރެޓއެއް ބުނަންތަ އަހަރެން ޔާން އަށް މާފުދޭން ނިންމިީ ތި ކޮންމެހެން ނައިގެ ދޮންބެއަށް ވެގެންނެއްނޫން މިޝްކާ އާދޭސްކުރުމުން! އިނގޭތަ ޔާން ކިޔަވަން ދިޔަކަން އެންމެނަށްވެސް އިނގޭ ޔާންއަށް ޚަރަދު ކުރީ މަށެއް ނޫން ޔާނގްގެ ފެމެލީއިން” ޖިޔާން ބުންޏެވެ. “ހަމަ އަސްލުވެސްތަ އަޅޭ ޖިޔާނޫ މިއޮށް ހުރިހާ ދުވަހު ނުބުނެ ހުރެފަ މިއަދުތަ ބުނަން އިނގުނީ. މީނަ މީ ސިއރު ހިފަހަށްޓަން ހާދަ މޮޅުމީހެކޭ ދޯ! ހައަހަރު ދުވަހު އެކީ އުޅުނު އިރު ނުބުނޭވިއްޔާ ނައިރާއާ ރަށްޓެހިވެގެން އުޅޭވާހަކަ ކަލޭ ވަރަށް ގަދަ އިނގޭ. މމ ރިމް މަލާ ނައި އަދި ޖިޔާން ކޮންގްރެޓްސް! ރިމް ވަރަށް ބޮޑަށް ސޮރީ އިނގޭ އަހަރެން ރިމްާއާ… ” އަހަރެން އެހިސާބަށް ބުނެފަ ހުއްޓާލީއެވެ. “އިޓްސް އޯކޭ” ރިހާމް އަހަރެން ގައިގަ ބައްދާލިއެވެ.
ނުނިމޭ
12 Comments!
Comments are closed.
Finally up vee dho??
vrh nice story ehh.. keep it up
Vv reethi mi part vx ????
V v v v reethi mi part vx….keep it up…Waiting 4 the next part ❤ ❤ ❤ ❤ ?
Naseebehnu ehmen samaasaa kurikan…. Yaain aaa mishooo gulhuvaalahche ….waiting 4 next part
Maasha Allaah V nice mi partves. Keep it up dear ?
aawwww… haadha loabi part ekey mi ves.. ekam yaain aa ekuri samaasaaeh dhw.. naseebehnu e samaasaa viha nuvikan.. hehe.. vrh vrh reethi inge mi part vs kiyaaraa… well done.. keep it up.. waiting for the nxt part.. <3<3<3<3<3 🙂
Yey me bunigotha hama Evy….
Avahah up kondheebala
Vrh reethi mi part ves.. keep it up.. Kon irakuntha Dhn oiyy Bai.. varah kiyaahithun mihury.. avahah up kohdhybala kiyaaraa.. kiyaa hiyy vanyyyy
Haadha laheyy nxt part.. Ehaa lasvanya foohivey kiyanvxx….
Slm all varah bodah sorry ehaa lahun vaahaka up kureveythyve miadhu dhen oibba up kohdheynan ISA