Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހަނދާން ނުދާނޭ ފިލާ 8

Samaa Level 110 Stories
April 25, 2018 3 Mins Read
12 Comments

“ހަޔާ ދަރިފުޅާ! އުނދުންމަތީ ހުރި އެއްޗެހި ބާލައިފިން އިނގޭ ބޮޑު ދައިތަ މިދަނީ ނިދަން، އެކޮއިވެސް އުޅޭ ނިދަން” ކުއްލިޔާ ގޭތެރޭގައި ހުރެ ހަޔާއަށް އަޑުއިވޭ ވަރަށް ގޮވާލާފައި ބުންޏެވެ. ސިއްސައިގެން ގޮސް ހަޔާ ވިޝާލް ގެ އަތުތެރެއިން ދެމިގަތެވެ. “އާން، ބޮޑުދައިތަ ދޭ ނިދަން، އަހަރެން ނިދާނި ތަންކޮޅެއް ފަހުން” ހަޔާ ހުރީ ކުއްލިޔާ ނޭނގިނަމަވެސް އެތަނަށް އަތުވެދާނެތީއެވެ. ބޮޑުދައިތަގެ ހަބަރެއް ނުވުމުން ނިދަން ދިޔައީކަން ޔަގީން ވިއެވެ.

“ވިޝާލް” ހަޔާ ކޮންމެވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެހެންނަމަވެސް ވިޝާލް ބަލަހައްޓައިގެން ހުރި ގޮތް ފެނި ހަޔާ އަށް ކޮންމެވެސް ވަރަކަށް ފަސްޖެހެވުނެވެ. “ކިޔާބަލަ. އަހަރެން މިހިރީ އަޑުއަހަން. ނޫނީ އަހަރެން ފަށަންވީތަ؟” ވިޝާލް ބުންޏެވެ. ހަޔާ އަސްފިޔަ ދެތިންފަހަރަކު ޖަހާލަމުންއިސްއުފުލާ ބަލާލީ ސީދާ ވިޝާލް ގެ ދެލޮލަށެވެ. އެދެލޮލުގެ ވިދުން ގަދަކަމުން ވާހަކަދައްކަން ހަމަރަނގަޅަށެވެސް ހަޔާ އަށް އުނދަގޫ ވިއެވެ. “ހަޔާ ހީކޮށްފާނެ އަހަރެން ކީއްވެބާއޭ މިގޮތަށް ކަންތައްކުރަނީ” ވިޝާލް ހުރީ ހަޔާގެ ހަރަކާތައް ބަލާށެވެ. ހަޔާ ބޯޖަހާލިއެވެ. ވިޝާލް ގޮސް އިށިއިނދެލީ އަނެއްކާވެސް ޖޯލިފަތީގައެވެ. އަދި އަތުގެ އިޝާރާތުން ހަޔާ ގާތުގައި އިށިއިނުމަށް އެދުނެވެ. ހަޔާ މަޑުހިނގުމެއްގައި ގޮސް ވިޝާލް އިން ޖޯއްޔާއި ދެ ޖޯލި ދޫކޮއްފައި އިށިއިނެވެ. “އަހަރެންކައިރި އިނަކަސް ކައެއްނުލާނަމޭ” ވިޝާލް މަޖާވެލާފައި ބުންޏެވެ. އެހެންނަމަވެސް ހަޔާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. “ވިޝާލް އަށް އެނގޭތަ މިދުނިޔޭގައި ހާދަހައި ބައިވަރު ކަންތަކެއް ބަދަލު ވެއްޖޭ. އަހަރުމެން މިހާރު މީ ކުޑައިރު ކުޅެން އުޅުނު މީހުންނާއި ތަފާތު ބައެއް. އެންމެންވެސް ބަދަލުވޭ. ދުނިޔެއަކީ ވަރަށް އަނިޔާވެރިތަނެއް.” ހަޔާ ދެ އަތް އަނެއް އަތުގެ ތެރޭ ބޮނޑިކޮއްލަމުން ބުންޏެވެ. “އަހަރެން ގަބޫލުކުރާގޮތައި މީހުންނެއް ނޫން ބަދަލުވަނީ އެކަމަކު މީހާގެ ހާލާތާއި ވަގުތު ބަދަލުވޭ. އެބަދަލާއިއެކު މީހުންގެ އަމަލު ބަދަލުވަނީ. ދުނިޔޭގައި އުޅޭއިރު ބައިވަރު ކަންތައްތަކާއި ދިމާވާނެ.އެކަންކަމާއި ކުރިމަތިލާނެ ހިތްވަރު ހުންނަންޖެހޭނެ.” ވިޝާލް ގެ ނަޒަރު އަނެއްކާވެސް ހަޔާގެ ލޮލަށް އަމާޒުކޮއްލަމުން ބުންޏެެވެ. “އަހަރެންނަކަށް ނޭނގެ ވިޝާލް ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްކަމެއް، އެނގޭހާވެސް އެއްޗަކީ އަހަރެންނަށް ވަރަށް އުނދަގޫ ވާކަން ތިގޮތައް ވިޝާލް އުޅޭތީ. ކުޑައިރުގެ އެއްވެސް ރައްޓެއްސެއް މިހާރު އެކުވެރިކަންމައްޗަކު ނެތް. ހުރިހާ ރައްޓެހިން ބީވެ ހިނގައްޖެ. ހަގީގަތުގައި އަހަރެންނަކީ މިހާރު އެކަނިވެރިއެއް. އަހަރެން މިދުނިޔޭގައި މިހުރީ ހަމަ އެކަނި އަހަރެންގެ ދަރިފުޅުގެ ސަބަބުން ކަންނޭނގެ.” ހަޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

“ލުކް ހަޔާ އައި ނޯ އައިއެމް ނޯވަން ފޯ ޔޫ، ބަޓް އައި ކެއަރ ފޯ ޔޫ. އަހަރެން ބޭނުންވޭ އެނގެން ހަޔާގެ ހުރިހާ ކަމެއް.” ވިޝާލް ބުންޏެވެ. “ބަޓް ވައި؟ ކީއްވެ؟ އަހަރުމެން މީ ކުޑައިރުގެ ރަހުމަތްތެރިން އެކަމަކު މިހާރު އެކަމެއް ނެތް. ތެދަށް ބުނަންޏާ އަހަރެންނަކަށް ނޭނގެ ވިޝާލް އާއި ބެހޭ އެއްވެސް އެއްޗެއް މިހާރު. ވިޝާލް ކެއަރ ކުރަންޖެހޭ ސަބަބެއްވެސް ނުވިސްނުނު.” ހަޔާ އިސްއުފުލާބަލާލަމުން ބުންޏެވެ. “ވިޝާލް އަށް އެނގޭތަ އަހަރެން ހާދަ ރުއިމެއް ރޮއެފީމޭ. ހާދަ ވޭނެއް ތަހަންމަލު ކޮއްފީމޭ.” އަނެއްކާވެސް ހަޔާ ބުނެލިއެވެ. “އަހަރެން ބޭނުންވޭ ހަޔާގެ ކޮންމެ ހިތާމައެއްގައި އެކުގައިވާން. އޭރު ނެތަސް މިހާރު ބޭނުންވޭ. އަހަރެން ހަޔާދެކެ އަބަދުވެސް ލޯބިވޭ. މާލޭގައި އުޅުނުއިރުވެސް އަބަދު ހިޔާލްކުރެވޭ. އޭރު ޅަވީމައި ޅަހިޔާލް ކަމަށް ހީކުރެވުނު އެކަމަކު މިރަށަށް އައިސް ހަޔާ އާއި ބައްދަލުވީމައި އަލުން މިއެނގުނީ އަސްލު އެއީ ތެދެއްކަން. އާން އަހަރެން ލޯބިވޭ ހަޔާ ދެކެ.” ވިޝާލް އަށް ބުނެވުނީ މިވަރަށެވެ. ހަޔާގެ މޫނު ރަތްވެ އަނގުރުކޮޅަކާއި އެއްވަރެވެ.

“ލޯތްބޭ! ހަހަހަ. ތިލަފުޒް ތީ އަހަރެންގެ ހަޔާތުގައި މާނަ ނެތް ބަހެއް. ލޯތްބަކީ ވާ އެއްޗެއް ނޫން. ތިހެން ވަރަށް ލޯބިން ތަރިބާލަން ކިޔާނެ އެންމެން. އެކަމަކު….” ހަޔާއަށް ރޮވުނެވެ. ވިޝާލް އަށް ހަޔާ ރޯތަން ބަލަން ހުންނާކަށް ނުކެރުނެވެ. ހަޔާ އާއި ގާތްވެލަން ޖޯލިން ތެދުވެ ހިނގައިގަތުމުން ހަޔާ ޖޯލިން ތެދުވެ އެކަން މަނާ ކުރިއެވެ. “ނޫން އަހަރެން ބޭނުމެއްނޫން އެއްވެސް މީހެއްގެ އެހީއެއް އަދި ސިމްޕަތީއެއްވެސް، އަދި މީގެ ފަހުން އަހަރެންނާއި ގާތް ނުވާތި” ހަޔާ ސީދާ ވިޝާލްގެ މޫނަށް ބަލަމުން ބުންޏެވެ. “ހަޔާ! އަހަރެންނަކަށް ނޭނގެ ނިއަލް ހަޔާ އާއި މެދު ކަންތައް ކުރިގޮތެއް އެކަމަކު އަހަރެން ބޭނުން އެނގެން އަދި އަހަރެން ބޭނުން ހަޔާއާއި އެކުގައި ވާން. ކޮންމެފިރިހެނަކީ ނިއަލްއަކަށްވެސް ނުވާނެ ދޯ.” ވިޝާލް ބުންޏެވެ. “ހުއްޓާލާ! އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ނުވަނިއްޔާ ވަރަށް ރަނގަޅު. އަދި މީގެ ފަހުން އަހަރެންމީ ދަންނަ މީހަކަށް ހަދައިގެން ވާހަކަވެސް ދައްކައިގެން ނުވާނެ. އަހަރެން ބޭނުމެއްނޫން ލޯތްބެއް. އަހަންނަށް ރަނގަޅީ ދެން މިތަނުން ވިޝާލް ދިޔައިއްޔާ.” ހަޔާ ރުއިން ބާރުކޮއްލަމުން ބުންޏެވެ. ވިޝާލް އަށް އިތުރަށް ވާހަކަ ކުރިއަށް ގެންދާކަށް ނުކެރުނެވެ. އަދި މަޑުމަޑުން އެގެއިން ނިކުންނަން ހިނގައިގަތެވެ.  ހަޔާ ދުވެފައިގޮސް ގެޔަށްވަދެ ދޮރުތަޅުލިއެވެ. އޭރުވެސް އޭނައަށް ރޮވެނީއެވެ. ނިއަލްގެ ހަނދާންތައް އުނދަގޫ ކުރަނީއެވެ. ނިއަލްދެކެ ވާލޯބި އެހެންމީހަކު ދެކެ ވެވޭނީ ކިހިނެއްހެއްޔެވެ. ނިޔަލް އޭނައާއިމެދު ކޮންމެގޮތަކަށް ކަންތައްކުރިޔަސް ނިޔަލްގެ ހަނދާންތަކުން ދުރުނުވެވޭނެކަން އެނގެއެވެ.

************************************************

ވިޝާލް އަށް މަގުގައި ހިނގައިފައި ދިޔައިރު އެޔެއް މިޔެއް ވަތްކެތް ނުވެއެވެ. ހަޔާގެ ކޮންމެ ބަހެއް ބޮލުތެރޭ އެނބުރޭކަހަލައެވެ. ވިޝާލް ބޭނުންވަނީ ހަޔާގެ ލޯތްބެވެ. އެހެންނަމަވެސް މިރޭ ހަޔާގެ ހިތުގެ ހާލު އެނގުމުން މިހާރު ބޭނުންވަނީ ހަޔާ އަށް އެލޯބިދޭށެވެ. ދުވަހަކުވެސް ހަޔާ ދެރަކުރާކަށް ބޭނުމެއްނުވެއެވެ. ގެޔާ ހަމަޔަށް ދެވުނު އިރު ވެސް މީހާ ހަމައަކަށް ނޭޅެއެވެ. ހީވަނީ ހިތް ހުއްޓިދާނެ ހެންނެވެ.

************************************************

ހަޔާ ފެންވަރާލައިގެން ނިކުމެ ލޯގަނޑަށް ބަލާލިއިރު ދެލޯހުރީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. އަނެއްކާވެސް ވިޝާލްގެ ވާހަކަ ހިތައް އައެވެ. އެހިނދު ހަނދާނަށް އައީ ނިއަލް ލޯބި ހުށައެޅި ދުވަހުގެ މަތިންނެވެ.

ހަޔާގެ ބެސްޓްފުރެންޑް ތޭރިޔާގެ އަށާރަވަނަ އުފަންދުވަހުގެރޭ ބޭއްވި ޕާޓީ އަށް ހަޔާ ދިޔައީ ވަރަށް ނަލަވެލައިގެންނެވެ. ފެންނަ ކޮންމެމީހަކުވެސް ވަށްކަޅިން ބަލާނުލާ ނުދެއެވެ. ހަޔާ ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ. “ހޭއި ބޭބީ ޔޫ ލުކް އޯސަމް. އެކަމަކު ހާދަލަސްވީ އަހަރެން މިހާރު ކޮންއިރެއް ހުންނަތާ އިންތިޒާރުގައި” ތުންކޮޅު އޫކޮއްލަމުން ފޮނިވެލާފައި ޕާޓީ އަށް ވަދެގެން އައި ހަޔާ ފެނި ތޭރިޔާ ބުންޏެވެ. “އާން އެއީ ބޮޑުދައިތަގެ ކަންތަކޭ. އެނގޭނުން ދެން ރޭގަނޑު ތާކަށް ނިކުންނަންޏައި ދޯ” ހަޔާ ބުނި އެއްޗެއް ފަހުމުވާނެކަން އެނގޭތީ ތޭރިޔާ އަށް ނިތް އެއްލަމުން ބުންޏެވެ. “ވާއޮ، ބަލާބަލަ އެހެރަ އަންނަ ހަނދެއް” ޕާޓީއަށް ވަދެގެން އައި ނިއަލް ފެނި ހަޔާގެ ކޮނޑުގައި ކޮއްޓާލަމުން ތޭރިޔާ ބުންޏެވެ. “ނޮޓް ބޭޑް” ހަޔާ އަށް ހިތާހިތުން ބުނެލެވުނެވެ. ނިއަލް ޕާޓީ އައިސް ވަދެ ތޭރިޔާއަށް ހައި ޖަހާލާފައި ވިޝް ކޮއްލިއެވެ. އަދި ގިފްޓެއް ދީފައި ކައިރީގައި ހުރި ހަޔާއަށް ފުންކޮށް ބަލާލިއެވެ. “ކޮންފަދަ ނަލަ މަލެއް. އައި އެމް ޑެޑް. އާވވވވވވވވް.” ނިއަލް އަށް ހިތާހިތުން ކިޔާލެވުނެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Samaa

Level 110 Stories

read, enjoy and give feedback guys.. i am just an amateur in this field.

Other Articles

Previous

ޔާއިން 10

Next

ކެތްކުރާނަން އުއްމީދުގައި 15

Next
April 25, 2018

ކެތްކުރާނަން އުއްމީދުގައި 15

Previews
April 25, 2018

ޔާއިން 10

12 Comments!

  1. Naju says:
    April 25, 2018 at 3:23 am

    Wow ?? v salhi ingey…

    1. Samaa says:
      April 25, 2018 at 1:09 pm

      Tq ?

  2. Tushaa says:
    April 25, 2018 at 5:00 am

    What salhi ? It’s too short it’s only two words

    1. Samaa says:
      April 25, 2018 at 1:08 pm

      Tq ?

  3. Nunama says:
    April 25, 2018 at 5:01 am

    Waiting for next part

    1. Samaa says:
      April 25, 2018 at 1:10 pm

      On Friday in sha Allah ?

  4. Inoo says:
    April 25, 2018 at 6:32 am

    Wow…mi part vx v v reethi…waiting 4 the next part

    1. Samaa says:
      April 25, 2018 at 4:00 pm

      tq 🙂 next part will be up on friday in sha Allah

  5. Sana says:
    April 25, 2018 at 1:10 pm

    Masha Allah beautiful story??????????
    Waiting for next part??

    1. Samaa says:
      April 25, 2018 at 1:12 pm

      Tq dear ?.. next part on Friday in sha Allah

  6. Ainth says:
    April 25, 2018 at 4:19 pm

    Theyriyaa ey…..hahah

  7. Ri says:
    April 25, 2018 at 10:52 pm

    Salhi vaahaka eh thankon lhen kuree

Comments are closed.

Next Episodeއެހަނދާން ނުދާނޭ ފިލާ 9←


All Right Reserved!