Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….24

Ushaali Level 810 Stories100 Comments100 Stories500 Comments
April 23, 2018 8 Mins Read
31 Comments

ފުރިޖުން ފިިނި ފެންފުޅިއެއް ނަގައިގެން ސޯފާގައި އައިސް އިށީންނަމުން ފަންކާ އެންމެ ފުލް ކޮށްލިއެވެ. ބުރުގާ ނަގާ ދުރުގައި ބާއްވާލަމުން ކުޑަކޮށް ދޫވެ ކަނދުރާ ފޮރުވިފައިވާ އިސްތަށިތައް އެއްކޮށް ނަގާ ހުޅިއެއް ޖަހާލާފައި ތުނބުގައި ފެންތަށި ޖަހާލިތަނާ ދޮރުގައި ބެލް އަޅަން ފެށިއެވެ. ރިމީޝާ ދޮރު ހުޅުވަން ދިޔައީ ފެންތަށި އެއްކޮށް ހުސްކޮށްލައިގެންނެވެ. ބުރުގާ ބޭއްވިތަނުން އަލުން އަޅާލައިގެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ނޫރާން ފެނި ރިމީޝާ ގަނޑުވިކަހަލައެވެ. ނޫރާން ރަނގަޅު ހަބަރަކައިގެން ނާންނާނެކަން ރިމީޝާ އަށް އެނގެއެވެ.

 

 

“އެތެރަށް ވަންނަންވީނުންތޯ” ބުނަން ނުބުނަން ހުރެފައި ވެސް ރިމީޝާ ބުނެލިއެވެ. ނޫރާން ދެބުމަ ގޮށް ޖަހާލައިގެން ހުރެ އެތެރެއަށް ވަދެގެން ގޮސް ހުއްޓުނީ ސިޓިންގްރޫމު މެދުގައެވެ.

“އުޅޭތަން ތާހިރު ކުރަން ވެސް ނުކެރޭ ދޯ” ވަށައިގެން ހުރިހާ ދިމާ ބަލާލާފައި ނޫރާން ބުނެލިއެވެ.

“ނޫން… އަޅުގަނޑު ކޮންމެދުވަހަކު ވެސް ސާފުކުރަން” ރިމީޝާ ބުނެލިއެވެ. ނޫރާން ބަލާލުމާއެކު ރިމީޝާ އިސްޖަހާލިއެވެ.

“ތާހިރު ކުރާތީތަ މިޝްކު ހުރިހާ ކުޅޭއްޗިހިތައް އެތަން މިތަނުން މި ފެންނަނީ…” ނޫރާން ފާޑަކަށް ބުނެލިއެވެ.

“ސްކޫލަށް ދާން ވަންދެން މިޝްކު ކުޅެން އުޅެފައި އެދިޔައީ. އަޅުގަނޑު އަދި ގެއަށް މިވަނީ މިޝްކު ލާފައި އައިސް… އަދި ނުނެގިގެން……..”

“ހޫމް….. ދެންހެވޭ. ތިކަހަލަ މީހުންގެ އަނގައަކުން ނާރާނެ….” ރިމީޝާ އަށް ދެލޯ އަޅާލަމުން ނޫރާން ބުނެލިއެވެ. ރިމީޝާ އަށް އިސްއުފުލާލާކަށް ވެސް ނުކެރުނެވެ. ހަގީގަތަކީ އެގެއިން ނޫރާން އަށް ސާފުތާހިރިކަމާއި ތަރުތީބު ކަން ފެނި ހަޖަމް ކުރަން ދަތިވީއެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި ނޫރާން އަށް މިޝްކުގެ ކުޅޭސާމާނު ފެނުނީ ހަމަ ކުއްލިއަކަށެވެ.

“ބުނަންތަ ވާހަކައެއް. ހީނުކުރައްޗެ މިޝްކު އާއި މާ ގާތްވެގެން އުޅުނަސް ޝިނާން ކަލެއާއި ހިތާވަނީއޭ…. ޝިނާން މިހާރު ވެސް އެހުންނަނީ ކަލެއާއި ހެދިގެން ބޮލަށް އުނދަގުވެފަ. މަގޭ ދަރިންނަކީ ހިތަށް އަރާހައި އެއްޗެއް މީހުންނާއި ދިމާލަށް ބުނެ ހަދާ ކުދިބައެއް ނޫން. ކަލޭ ކިތަންމެ ދުވަހަކު ތިވައްތަރަށް މިގޭގައި އުޅުނަސް ޝިނާން އެއްޗެއް ނުބުނާނެ. ކަލެއަށް ނުވިސްނޭތަ؟ އަހަރެން މި އިންތިޒާރުކުރަނީ ކަލޭ މިތަނުން ފެއްސޭނެ ދުވަހަކަށް. މީހަކާއި އިނދެގެން ވެސް ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވުނު. ތިކަހަލަ އަންހެނަކަށް ދަރިއަކަށް ދެވޭނި ކޮން ތަރުބިއްޔަތެއް….” ހިތަށް އައިހާ އެއްޗެއް ގޮވާލުމަށްފަހު ނޫރާން ނިކުންނަން ހިނގައިގަތެވެ. އިސްޖަހާލައިގެން ނޭފަތް ދަމަން ހުރި ރިމީޝާ އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދާ ކަރުނަތައް ފޮހެން ހުރިއިރު ދެންމެ ނޫރާން އެކިޔާލި އެއްޗެހި އަދިވެސް ހުރީ ކަންފަތުގައި ހިނދުރީގައި ހިފާލާފައެވެ.

“ފަންސަވީސް ހާސް…. އެއްމަހުގެ އެޑްވާންސާއިއެކު ބަރާބަރު ފަންސާސް ހާސް ރުފިޔާ ދިހަ ދުވަސްތެރެ މަގޭ އަތަށް ދޭންވާނެ. ކަލޭތީ ކާކު މިތާ ހިލޭ ސާބަހަށް ބަހައްޓަން….” އެންމެފަހު ބަސް އިއްވާލަން ނޫރާން ބާރަށް ދޮރުޖަހާފައި ނިކުމެގެން ދިޔައެވެ. ނޫރާންގެ ތުންފަތްމަތީގައި ފަތަހައިގެ ހިނިތުންވުމެއް ވިއިރު ރިމީޝާގެ ދެތުންފަތް ފިއްތާލައިގެން ހުރީ ނުރޯން ހިތްވަރުކޮށްގެންނެވެ. އަލުން ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން އައިސް ނަންބަރަކަށް ގުޅަމުން ސޯފާގައި އިށީނދެލިއެވެ.

***********************************

ޝިނާނަށް ގެއަށް ވަދެވުނީ އިރުއޮށްސުނު ފަހުންނެވެ. ފެންވަރާލައިގެން އެންފުރަތަމަ ވެސް އޭނާގެ މިސްރާބަކަށްވީ ރިމީޝާ އާއި މިޝްކު ދެކިލުމެވެ. ބެލް އަޅާލަން އަތް އުފުލާލި ވަގުތު ޝިނާންގެ ކަންފަތުގައި ޖެހުނީ ރިމީޝާ ގެ އަޑުން މިޝްކު އަށް ޤުރުޢާން ކިޔަވައިދެމުންދާ އަޑެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޝިނާން ބެލްއަޅާލީ އެއްވެސް އަޑެއް ނީވުމުންނެވެ. ޝިނާން ދެފަހަރަކު ބެލް އަޅާލިތަނާ ދޮރު ހުޅުވާލީ މިޝްކުއެވެ. މިޝްކު ހީލުމާއެކު ޝިނާން މިޝްކު އުރާލާ ކޮލުގައި ބޮސްދިނެވެ. ފަރާތް ފަރާތް ހޯދާލީ ރިމީޝާ ފެންނަން ނެތުމުންނެވެ.

“ދަރިފުޅު ކޮބާ މަންމި” ޝިނާނަށް ރިމީޝާ ނުފެނުމުން އެންމެފަހުން މިޝްކު އަށް ގޮވާލާފައި އަހާލިއެވެ. ބަދަލުގައި މިޝްކު އެރީ ޝިނާންގެ އުނގަށެވެ.

“ބައްޕީ… ކުލި އަކީ ކޯއްޗެއް؟” މިޝްކު ކޮށްލި ސުވާލަކުން ޝިނާން ހައިރާންވެފައި މިޝްކުގެ މޫނަށް ބަލާލިއެވެ.

“ކިހިނެއްވީ ދަރިފުޅު….” މިޝްކުގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޝިިނާން އަށް މުހިއްމުވީ މިޝްކު ގެ ސިކުނޑިއަށް ‘ކުލި’ މި ލަފްޒް ވަން ގޮތެއް އޮޅުންފިލުވުމެވެ.

“މަންމި ކިޔަނީ … މަންމި ކާފަމެންނަށް ގުޅައިގެން އެހެންކިޔަނީ. އަބަދު ރޮނީ ދެން…. މަންމިއަށް ނޭނގޭނެ މިޝްކޮ އަށް އަޑު އިވުނުކަމެއް. މަންމި ދެވަރަވާނެތީ މިޝްކޮއަށް ނުކެރުނު މަންމި ކައިރިން އަހަން” މިޝްކު ކިޔަމުން ދިޔައެވެ. ޝިނާން އިނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ރިމީޝާ އެދެއްކީ ކޮން ކުއްޔެއްގެ ވާހަކަ ހެއްޔެވެ؟ ކަމެއް ދިމާވީހެއްޔެވެ؟ ތަފާތު އެތައް ސުވާލުތަކަކުން ޝިނާން އަށް އުނދަގުވަމުން ދިޔައެވެ.

“މަންމި އަށް ގޮވާބަ” މިޝްކު ކޮޓަރި އާއި ދިމާލަށް ފޮނުވާލަމުން ޝިނާން ބުނެލިއެވެ.

“މަންމި ބުނީ ފާހާނައިގަ އޭ….” އިރުކޮޅަކުން މިޝްކު އައިސް ބުނެލިއެވެ.

“އެހެންތަ؟ ދަރިފުޅު ބަސްއަހައިގެން ފޮތްކިޔަވާލާ އިނގޭ… ބައްޕި މިދަނީ ނަމާދުކޮށްލަން…” ޝިނާން އެބައިން ނިކުތީ އެތަނުގައި ކިތަންމެ އިރަކު އިނަސް ރިމީޝާ ނުނިކުންނާނެކަން އެނގޭތީއެވެ.

*********************************

ހަމަ އެރޭގެ ވަގުތެވެ. މިޝްކު ނިންދަވާފައި ރިމީޝާ ނިކުމެ ކޮޓަރި ދޮރު ލައްޕާލިއެވެ. ޓީވީ ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ޝިނާން އިނެވެ. ރިމީޝާ އައި ކަން އެނގުމުން ޓީވީގެ އަޑު މަޑުކޮށްލިއެވެ. ރިމީޝާ އިށީނުމުން އޭނާގެ ހުރިހާ ސަމާލުކަމެއް ރިމީޝާ އަށް ހުއްޓާލިއެވެ.

“ކޮންވާހަކައެއް ބުނަން ޝިނާން އުޅުނީ…” މޫނުމަތީގެ ކުލަވަރުތައް ރިމީޝާ ފޮރުވަން ކިތަންމެ ކުޅަދާނަޔަސް ޝިނާން އެކަން ދެނެގަތެވެ.

“ކީއްކުރާ ކުއްޔެއް؟ މިބުނީ ނަޒީމްބެމެން ގާތުގަ ކީއްކުރަން އެހާ ބައިވަރު ލާރިތަކެއްގެ ވާހަކަދެއްކީ” ޝިނާން އަހާލިއެވެ. ރިމީޝާ ދެއަތްތިލަ ހާކާލިއެވެ. މަންމަ އާއި ބައްޕަގެ ފަރާތުން ޝިނާނަށް އެކަން އެނގުނީކަން އެނގުމުން އިސްޖަހާލިއެވެ.

“ތިވާހަކަ ބާއްވަމާ…. އެގްރިމެންޓެއް ތައްޔާރުކޮށްދީ….” ރިމީޝާ ބުނެލިއެވެ.

“ކޮންކަމަކަށް” ހައިރާންވެފައި ޝިނާން އަހާލިއެވެ. އެވާހަކަތަކާއި އިތުރަށް އޭނާ ގަޔާވިއެވެ.

“މ.ޓިކާނާ. މާނައަކީ މިގޭ އެންމެތިރީގައި މިހުރި ތިންކޮޓަރީގެ އެޕާރޓްމަންޓް ޢާއިޝަތު ރިމީޝާ ނަޒީމް އަށް ކުއްޔަށް ދިނުމާއި ބެހޭގޮތުން” ޝިނާނާއި ހަރަތުކަޅި ހަމަކޮށްލަމުން ރިމީޝާ ބުނެލިއެވެ. ޝިނާނަށް ހީވީ އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރަކުން ފިރުމާލިހެންނެވެ. ރިމީޝާގެ މޫނަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

“އަހަރެންނަށް ބުނެވުނުތަ ރިމީ އަށް ތަން ކުށްޔަށް ދޭނަމޭ…” ޝިނާން އަހާލިއެވެ.

“ނުބުނޭ… އެކަމަކު ވެސް އެގޮތް އަހަރެން ބޭނުންވާތީ…” ރިމީޝާ ބުނެލިއެވެ.

“ރިމީ!!! ކަމެއްވީތަ؟ މަންމަ އެއްޗެއް ބުނީތަ؟” ޝިނާން އަހާލިއެވެ. ރިމީޝާ ދެފަރާތަށް ބޯހޫރާލިއެވެ. އެކަމަކު ޝިނާން ގަބޫލެއްނުކުރިއެވެ. މީހަކު ގެ ނުފޫޒެއް ނެތް ނަމަ މިއަދު ރިމީޝާ އެވާހަކަ ދެއްކުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟

“ރިމީ އަށް އެތައް ކުށްޔަށްދޭކަށް ނެތިން. ތީ އަހަރެންގެ ދަރިފުޅުގެ މަންމަ…….. ރިމީ މަށާ އިންނަންވީނުން…..” ބުނަން ނުބުނަން ހުރެފައި ވެސް ޝިނާން އޭނާގެ ހިތުގެ ހާލު ރިމީޝާ އަށް އިއްވާލިއެވެ. ރިމީޝާ އަށް ލިބިގެން ދިޔައީ ސިހުމެކެވެ.

“ކީކޭ؟” ރިމީޝާ އަށް ބުނެވުނެވެ.

“ނު… ނޫން…. އަހަރެން ކިހިނެއް…..” ރިމީޝާ ހުއްޓަ ހުއްޓަމުން ވެސް ވާހަކަ ކުރިއަށް ނުގެންދެވުނެވެ.

“އޯކޭ.. އެހެންވިއްޔާ އަޑުއަހާ… އަހަރެން އެތަން ކުށްޔަށް ދޭކަށް ނެތިން. ރިމީ އަށް މިޝްކު ގޮވައިގެން އެތަނުގައި އުޅުމަށް އެއްވެސް ހުރަހެއް ނެތް. މި ހިސާބުން ވާހަކަ ނިމުނީ…” ފަހު ބަސް އިއްވާލުމަށްފަހު ޝިނާން ނިކުމެގެން ދިޔައެވެ. ރިމީޝާ ފެންކަޅިވެފައިވީ ދެލޮލަކުން އެދިމާ ބަލަން އިނެވެ. ކުރިން ވެސް ޝިނާންގެ ފަރާތުން ލިބޭނީ އެ ޖަވާބުކަން އޭނާ އަށް އެނގޭއެވެ.

******************************

ހަފްތާއެއް ފަހެވެ. ހުޅުވާލާފައި ހުރި އައްޔަދުގެ ކޮޓަރި ދޮރުމަތިން ހުރަސް ކަނޑާލި ޒާއިރާ އަށް އެނދުގައި އޮތް އައްޔަދު ފެނުމުން އެދިމާލަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. ބަނޑުމަތީގައި އައިކު ބައިންދައިގެން އިންއިރު އެކުއްޖާ އިނީ އައްޔަދުގެ ފޯނުން ކޮންމެސް ކަމެއް ކުރާށެވެ. ނަމަވެސް އައްޔަދުގެ ނަޒަރު ސީދާވެފައިވަނީ އައިކު އަށެވެ. ޒާއިރާ ދޮރު ބޮޑަށް ހުޅުވާލަމުން ކޮޓަރިއަށް ވަން އިރު ވެސް އައްޔަދުގެ ސަމާލުކަމެއް ނުލިބޭއެވެ. އައިކު ކޮލުގައި ލޯބިން ފިރުމާލަމުން ޒާއިރާ އެނދުގައި އިށީނުމުން އައްޔަދު ޒާއިރާ އަށް ބަލާލިއެވެ.

“ޒާއްތާ ކަމަކުތަ؟” ބޯދަށަށް ބާލީހެއް ލައްވާލަމުން އައްޔަދު ހީލަމުން އަހާލިއެވެ.

“ނޫން… އަޔާ ކަމެއްވެފަތަ ތިއޮތީ… މިއަދު ޑިއުޓީއެއް ވެސް ނެތްތަ؟” ޒާއިރާ ބުނެލިއެވެ.

“މިއަދު އިނީ ހަވީރު ޑިއުޓީ. މިގަޑީގައި ގޭގައި އިނދެވުނީމަ ހިތަށް އެރީ އައިކު އާއި އެކީގައި ވަގުތު ހޭދަކުރާނީއޭ…” އައްޔަދު ބުނެލިއެވެ. ޒާއިރާ ފެނުމުން އައިކު ހީލާފައި ޒާއިރާ ކައިރީގައި އޭނާގެ ތުއްތު ބަހުރުވައިން އެއްޗެހިތަކެއް ކިޔަން ފެށިއެވެ.

“ރަނގަޅުތަ؟ ކަމަކާއި ވިސްނާހެން ހާދަ ހީވެޔޭ ޒާއްތަ އަށް. އެކަމަށް އަޔާ ގެ ތިދެލޯ ވެސް އެބަ ހެކިވޭ” ޒާއިރާ ބުނެލިއެވެ.

“ޒާއްތަ ދައްކާ ވާހަކަ…. އެއްވެސް ކަމެއް ނުވޭ. ކަމަކާއި ވިސްނައިގެން އެއްވެސް ކަމެއްގެ ހައްލެއް ނުލިބޭނެ. އެހެންވީމަ ބޭކާރު ކަމެެއް ކުރަނީ ކީއްކުރަން” އައްޔަދު ބުނެލިއެވެ.

“އާދޭ ޖޫސްބޯން އައިކު ގޮވައިގެން. ޒާއްތަ މިހިރީ ބަދިގެ ފަރާތުގަ. ޝައްނު ވެސް މިހާރު އަންނަން އުޅޭނެ” ޒާއިރާ ނިކުންނަން ހިނގައިގަތެވެ.

“ޒާއްތާ!!” އައްޔަދު ގޮވާލިއެވެ. ޒާއިރާ އަލުން އެނދުގައި އިށީނެވެ. އައްޔަދު ގޮވާލި ރާގާއި އަޑުން ވާހަކައެއް ބުނަން އުޅޭހެން ހީވީއެވެ.

“ބަލާބަ އައިކު ދެލޮލަށް. ޒާއްތަ އަށް ކޯޗެއް ފެންނަނީ” ޒާއިރާ ބިރުގަތެވެ. އައިކު ލޮލުން އެއްޗެއް ފެނެތޯ ބަލަން ފެށިއެވެ. ޒާއިރާގެ އުނގުގައި އިން އައިކު ވެސް އެވަގުތަށް މަޑުޖެހިލިއެވެ. ޒާއިރާ އޭނާ އަށް ފާޑަކަށް ބަލާތީ އޭނާ ވެސް އިނީ ބިރުގަނެފައެވެ. އެގޮތަށް އައިކު އިނީ އިރުކޮޅަކުއެވެ. ޒާއިރާގެ އަތް ނައްޓުވާލަން ގަދަ ހަދަން ފެށިއެވެ. އެންމެފަހަށް ޒާއިރާ ދޫކޮށްލުމުން ކުޑަކުޑަ އައިކު ޓައިލްސްތައްމަތީގައި ދުވެ ފުމެން ފެށިއެވެ.

“ކިހިނެއްވީ؟ ޒާއްތައަކަށް ނުފެނުނު އެކައްޗެއްވެސް” ސީރިއަސް ވެލާފައި ޒާއިރާ ބުނެލިއެވެ.

“ސާބަސް ޒާއްތާ” އައްޔަދު ކައިރިއަށް ހިނިއައެވެ.

“ކީކޭ ދަރިފުޅު ކިޔަން ތިއުޅެނީ. ތަންކޮޅެއް ތިލަކޮށް ބުނެދީބަލަ؟ ތިހެން ބުނީމަ ޒާއްތަ ބިރުގަންނާނެއްނު” ޒާއިރާ ބުނެލިއެވެ.

“ކީކޭ ބުނާނީ ޒާއްތާ އަހަރެންގެ ދަރިފުޅުގެ ދެލޮލުން މަށަށް ފެންނަނީ ވީރާނާ މުސްތަގުބަލެއްގެ ހުޅުކޮޅު. ހިތަށް އަރަނީ އަހަރެމެންގެ ތިން މީހުން މަށާ ޝައްނު އާއި އައިކު ހާދަ ނަސީބުދެރައޭ… މަންމައެއް ބައްޕައެއް ހުރީކީ ނޫން. އަހަރެންގެ ދަރިފުޅަށް އޯގާތެރިވާނޭ މަޔަކު ހުރީކީ ނޫން. އަހަރެންނަށް ރަނގަޅު މަގު ދައްކަން ލިބުނު ބައިވެރިޔާ ވެސް މިހާރު ވަކިވެއްޖެ…. ނޫންތަ ޒާއްތާ!!!” އައްޔަދު ބަލާލީ ޒާއިރާއަށެވެ. އެދެލޯ ކަރުނައިން ފުރުފައިވާތަން ފެނި ޒާއިރާ ވެސް ދެރަވެ އިސްޖަހާލިއެވެ.

“ދަރިފުޅާ ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ. އެއްވެސް މީހަކީ ނަސީބުދެރަ މީހެއް ނޫން. މާތް ރަސްކަލާނގެ ލޯބިވެ ވޮޑިގެންވާ ފަރާތްތަކަށް އެކަލާނގެ ގިނަގިނައިން މުސީބާތްތަކާއި ކުރިމަތި ކުރުވާނެ. އެއީ އިންސާނާ އިމްތިޙާން ކުރުވުމަށްޓަކައި. ކެތްތެރިވާން ޖެހޭނެ. ކިހިނެއް އެނގޭނީ މާދަމާ ވާނެ ގޮތެއް. އަބަދުވެސް ވިސްނަންޖެހޭނީ އެންމެ ރަނގަޅު ގޮތަށް. ކޮންމެކަމަކަށް ﷲ އާއި ވަކީލުކޮށްގެން ތިބީމަ އެނިމުނީ. ކޮންމެކަމެއް ވެެސް ވާނީ އެންމެ ރަނގަޅަށް…..” އޯގާތެރިކަމާއެކު ޒާއިރާ އައްޔަދަށް ވިސްނާދިނެވެ. އައްޔަދު ކަޅިޖަހާވެސް ނުލާ ޒާއިރާގެ މޫނަށް ބަލަން އޮތެވެ.

“ޒާއްތަ އަށް ހީވޭތަ ރިމީ އަހަރެންނަށް ލިބިދާނެހެން…” އެންމެފަހަށް އައްޔަދު އޭނާގެ ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލުކޮށްލިއެވެ. ޒާއިރާ ހީލިއެވެ.

“ކިހިނެއް އެނގޭނީ… ލިބިވެސްދާނެ… ނުލިބުނަސް އެކަމާއި ހިތް މަރުނުވެ ހިތްވަރާއެކު ކުރިއަށް ދެވިދާނެދޯ. އަދި ހޯދަން ގަދައަޅާ މަސައްކަތްވެސް ކުރެވިދާނެ ދޯ….” އައްޔަދުގެ އަތުގައި ފިރުމާލަމުން ޒާއިރާ ބުނެލިއެވެ. އައްޔަދު ވެސް އެއްތުންފަތުން ހީލިއެވެ. ޒާއިރާގެ ވާހަކަތަަކުން އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

**********************************

ބަނޑުގައި އަތް އަޅާލައިގެން ކުރިއަށް ދިޔަ ޒޯހަލް އިރުކޮޅަކާއި ލިފްޓް ކައިރީގައި ކޮޅަށް ތިބި ތިން އަންހެނުންނަށް ބަލާލައެވެ. އެއިން ކޮންމެ މީހެއްގެ ނަޒަރު ސީދާވެފައި ހުރީ ޒޯހަލް އަށެވެ. އަންހެންބަޔަކު އަންހެނަކަށް އެވަރަށް ބަލާތީ ޒޯހަލް ހުރީ ކުޑަކޮށް ހިނިވެސް އައިއްސައެވެ. އަންނަން ބުނި ގަޑިއަށް ވުރެ ކުޑަތަންކޮޅެއް ލަސްވުމުން ރިމީޝާ ދޮރު ހުޅުވާލީ ޒޯހަލް ކޮބާތޯ ބަލާލަންވެގެންނެވެ. ދޮރު ހުޅުވާލި ވަގުތާއި ޒޯހަލް ދޮރުމަތީގައި ހުއްޓުނު ވަގުތުވީ އެއްވަގުތަކަށެވެ. ޒޯހަލް ހީލައިގެން ހުއްޓަސް ރިމީޝާގެ ނަޒަރު ސީދާވެފައި ހުރީ ފަހަތުގައި ޒާތަކަށް ބަލަހައްޓައިގެން ތިބި ތިން މީހުންނަށެވެ. މާބޮޑު ކަމަކަށް ނަހަދާ ރިމީޝާ އަވަހަށް ޒޯހަލްގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދުމަށްފަހު ދޮރުލެއްޕިއެވެ.

“ކޮބާ މަންމާ ހިވޭ ކަމެއްހެން. ރަށުން މީހުން ގެނެސްގެން މިހާ އަވަހަށް ތަނަށް ވެރިވެގަތީ. ކޮބާ ކުލި. މިހާރު ދިހަވަނަ ދުވަސް ފަހަނައަޅާ ދަނީ… އަޅުގަނޑަށް ހީވަނީ މަންމަ އަށް ވެސް މިކަމެއް ނުވާނެހެން” ރިމީޝާ ދެކެ އިންތިހާދަރަޖައަށް ރުޅިއައިއްސާ ހުރި ނޫރާންގެ ރުޅިގަނޑަށް ނިބްރާސްގެ ވާހަތަކުން އިތުރަށް ހުޅުހިފި ކަހަލައެވެ. މޫނު ކުނިކޮށްލާފައި އެނބުރުނީ ސިޑިއާއި ދިމާލަށެވެ.

“އަދި މިކަހަލަ ވަގުތަކަށް މިގޭ ލިފްޓް ހަލާކުވާން ވެސް އެނގެނީ…. ބޮޑުކަމެއް… ހުދާ!!!…… ގެއަށް ނުވަދެ އައްޔަދުމެން ބަޔަށް ގޮސް އޭނަ ކައިރީގައި ބުނެބަލަ ލިފްޓް ހެދުމުގެ ކަންތަކުގަ އުޅޭށޭ…” ސިޑިން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ނޫރާން ވާހަކަދެއްކިއެވެ.

 

“ހުވާ މިބުނީ މަ ހީކުރީ އަނެއްކާ އަންހެނުން ތެރޭގައި އުޅޭ އެކަހަލަ ބައެއް ކަމަށް. އެހާ ވަރަށް ވިއްޔާ ބެލީ…. އެއީތަ ޝިނާންގެ ތިން ދައްތައަކީ…” ރިމީޝާ ގެނެސްދިން ފިނި ފެންތަށި ލަސްލަހުން ބޮމުން ޒޯހަލް ވާހަކަދައްކަމުން ދިޔައެވެ.

“އެއީ ޝިނާންގެ މަންމަ އާއި ދެ ދައްތަ. މެދުގައި ކުރު ކަޅު ކުލައިގެ ޓޮޕް ކޮޅެއްގައި އެއީ މަންމަ” ސޯފާގައި އިށީނދެ އުނގަށް ކުޝަން ލަމުން ރިމީޝާ ބުނެލިއެވެ. ކުއްލިއަކަށް ޒޯހަލް ކެއްސަން ފެށިއެވެ. ހަގީގަތުގައި އެއީ ޝިނާންގެ މަންމަކަން އެނގުމުން އޭނާ ކޮށި އެރީއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ފެންތަށި ބަހައްޓަމުން ތެދުވެ ބެލްކަނީގެ ބިއްލޫރި ދޮރުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލަމުން ދިޔައެވެ.

“ގަބޫލެއްވެސް ނުކުރެވޭ… ޝިިނާންގެ މަންމަ ހީވަނީ އަހަރެމެންގެ ދަރިއެއްހެން ވިއްޔާ…. ބަލާބަ މަ ހުރިގޮތް. ހީވަނީ މަށަކީ ޝިނާންގެ މަންމަގެ މާމަހެން….. ލަދުވެސް ގަނެއްޖެ….” ސީރިއަސް ކަމާއެކު ޒޯހަލް ދައްކަމުން ދިޔަ ވާހަކަތަކުން ރިމީޝާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ނުތަނަވަސްކަން ފިލާ އިސާހިތަކު ހެވެން ފެށިއެވެ.

“ބޮޑުކަމެއް….” ހުނުމުގެ ތެރެއިން ރިމީޝާ އަށް ބުނެވުނެވެ.

“ކޮބާ މިޝްކު؟” ޒޯހަލް އަހާލިއެވެ.

“ވެއްޖެ ކޮޓަރީގަ” ރިމީޝާ ޖަވާބުދިނެވެ.

“ހޫމް… ކިހިނެކޭވީ….؟ ޝިނާން އަނެއްކާ އިންނަން އެހީތަ؟” ޒޯހަލް ބުނެލިއެވެ.

“އަހައިފި. އެކަމަކު އަހަރެން ނޫނެކޭ ބުނެފިން. މަށަކީ ކިހާ ފެންވަރެއްގެ ކާކު ކަން ޒޯ އަށް އެނގެއެއްނު. ޝިނާނަށް ހައްޤީ އަހަރެން ކަހަލަ މަތިމަތިން ވަރިކޮށްފަ ހުރި ބާއޮޑިއެއްނޫން. އެއީ ވަރަށް މާތް އިންސާނެއް. އޭނަ އަށް ހައްގުވާނީ މާތް އަންހެންކުއްޖަކާ” މަޑުމަޑުން ރިމީޝާ ކިޔަމުން ދިޔައެވެ.

“ކޮން ފޮތެއްގަބާ އޮތީ ޅަ އުމުރުގައި މަތިމަތިން ވަރިވެފައި ތިބޭ އަންހެނުންނަށް ރަނގަޅު ބައިވެރިޔަކު ލިބުން ހައްގުނޫނޭ… ރިމީ ވެސް ދައްކާ ވާހަކަދޯ….. އަހަރެން ހަމަ އަޖައިބުވޭ…. ފޮނިވަނީތަ ފިރިހެނަކު އެހާ ވަރުން އުޅޭތީ…” ޒޯހަލްގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިފައި ވިޔަސް ވާހަކަދެއްކީ ރިމީޝާ އަށް ވިސްނޭނެފަދަ ގޮތަކަށެވެ.

“ހެޔޮނުވާނެ ރިމީ ތި މުސްކުޅި ބޯދާ ހިޔާލް ދޫކޮށްލަބަ.  ޝިނާން އެހުންނަނީ ރިމީގެ އާބަހަކަށް އެދިއެދި. އައްޔަދާއި އިނުމުގެ މާކުރިން ވެސް ޝިނާން އެދުނީ ހަމަ ރިމީ އަށް. ރިމީ އަށް އެކަން އެނގެއެއްނު. އޭނާ ސާބިތުވެސް ކޮށްދިނެއްނު…….” ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ.

“އެކަމަކު ޒޯ….” ރިމީޝާ އެއްޗެއް ބުނެވޭތޯ ބެލިއެވެ.

“ކޮން އެކަމަކު މިކަމަކުއެއް… އޯކޭ… ކާޝިފްގެ ދޮން ކާފަ އެބަހުރި. މުސްކުޅި. ބޭނުންވަނީ ހަޔާތުގެ ބައިވެރިއެއް. އެކަހަލަ މީހަކަށް ރަނގަޅުވާނެ ރިމީ ކަހަލަ ވަރިކޮށްފަ ތިބޭ ކުދިން. އަނެއްކާ ތިކަހަލަ ލޫޅާފަތި ކުއްޖެއް ލިބުނީމަ ބޭނުންވެސްވާނެ. މާބޮޑަށް ލޯބިވެސްވާނެ. އުފަލުގައި ގެންގުޅެވޭ ވަރަށް އެ ކާފަ އަތުގައި ފައިސާ ވެސް އެބަހުރި. ރިމީ ބުނޭ އާއެނކޭ….” ޒޯހަލްގެ ބޭނުމަކަށްވީ ރިމީޝާ ރުޅިއަރުވާލައިގެން ވިޔަސް އޭނާގެ ވިސްނުން ބަދަލުކުރުމެވެ.

“ޗީ… މަ މިއުޅެނީ ކާފަ އާއި ނީނދެވިގެންދޯ…” ރިމީޝާ އަނގައަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

“އެހެންޏާ…. މީހަކާއި އިންނަ ވާހަކަދައްކާއިރަށް ތިބުނަނީ މަށަކީ ވަރިކުރިފުޅެއް… ކާކު މަ ބޭނުންވާނީ….؟ ރިމީ އާއި މި މައުލޫއަށް ވާހަކަދައްކާ ދައްކާ މިހާރު މަ ހޮޑުލަވަން ފަށައިފި……” ރާގުލާފައި ޒޯހަލް ބުނެލިއެވެ.

“އޭ އަނެއްކާ ހޮޑުނުލައްޗެ. މިތަނަށް ވިހާފާނެ….. އޯކޭ… މަ ވިސްނާނަން….” ރިމީޝާ އެކުވެރިޔާގެ ފުސްމޫނުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ.

ޒޯހަލް އެނބުރި ދިޔުމުން ރިމީޝާ ވިސްނާލިއެވެ. ޝިނާނަށް އާ ބަސް ބުނަންވީ ހެއްޔެވެ؟ ކުއްލިއަކަށް ރިމީޝާގެ ހިތަށް އައިސް ވަނީ އައްޔަދުގެ ތަސްވީރެވެ. އަދިވެސް އައްޔަދަށް އެހިތް އެދެނީ ހެއްޔެވެ؟

*************************************

ފާހާނާ އިން ނިކުތް ޝިނާން ތުވާލި ގެންގޮސް ހަރުގައި އަޅުވާލިއެވެ. ކޮފީތައްޓެއް ހިފައިގެން ކޮޓަރިއަށް ވަން ނޫރާން ޝިނާނަށް ބަލާލިއެވެ. ޝިނާން ހީލިއެވެ. އެހެންޏާ ނުފެންނަ ހިނިތުންވުމެއް އެދަރިފުޅު މޫނުމަތިން މިއަދު ނޫރާން އަށް ފެންނަމުން ދިޔައެވެ.

“ކޮންވާހަކައެއް ދަރިފުޅު ބުނަން އުޅުނީ…” އެނދުގައި އިށީނދެލަމުން ނޫރާން ބުނެލިއެވެ.

“މަންމާ!! އަޅުގަނޑު މިއުޅެނީ މީހަކާއި އިންނަން. މަންމަ ވެސް ބޭނުންވޭނުން އެގޮތް” ނޫރާންގެ ކައިރީގައި އިށީނދެ ނޫރާންގެ ދެއަތްތިލަ ޝިނާންގެ ދެއަތްތިލަ ތެރެއަށް ލައްވާލަމުން ބުނެލިއެވެ. ވަގުތުން ނޫރާންގެ ތެތްތިރީސް ދަތް ފެންނަވަރަށް ހީލިއެވެ. ޝިނާންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

“މަންމަ ވަރަށް އުފާވެއްޖެ…. ކޮންއިރަކަށް މަންމަ ތައްޔާރުކުރަންވީ” ލިބުނު ހިތްހަމަޖެހުމުގައި ނޫރާން އަހާލިއެވެ.

“ވަރަށް އަވަހަށް. އަޅުގަނޑަށް މިރޭ ޖަވާބެއްލިބޭނެ” ޝިނާން އެއްދިމާލަކަށް ބަލަން އިނދެ ބުނެލިއެވެ. އޭނާގެ ހިތުގައި ކުރެހިފައިވާ ތަސްވީރަކީ ރިމީޝާގެ ތަސްވީރެވެ. ނަމަވެސް ނޫރާން ދެކެމުން އައީ ނޯޔާގެ ހިތްގައިމު ތަސްވީރެވެ.

“ނުބުނޭތަ އަދި. އެކަމަކު އެމަންޖެ ބޭނުންނުވާނެ ވިސްނާކަށް. މަންމައަކަށްނު އެނގޭނީ އެކަމަށް އޭނާ އެދިއެދި ހުރިވަރު” ނޫރާން ބުނެލިއެވެ.

“ނޫން މަންމާ.. ރިމީ އަކީ ވަރަށް ބަސްމަދު ކުއްޖެއް. އެކަމަކީ އޭނާ އަށް ޔަގީންވާ ކަމެއް ވިޔަސް ދެވަނަ ފަހަރަށް ވިސްނާފައި ނޫނީ ގޮތެއް ނުނިންމާނެ” ޝިނާން ބުނެލިއެވެ. ވަގުތުން ނޫރާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ހިތުގައި އުފެދިފައިވި ނަފްރަތުގެ އަލިފާނުގައި ހުޅުރޯވި ކަހަލައެވެ.

“އެނ؟ ރިމީޝާއޭ….” ފާޑަކަށް ނޫރާން އަށް ބުނެލެވުނެވެ. ޝިނާނަށް ވަގުތުން ނޫރާންގެ މޫނަށް ބަލާލެވުނެވެ.

“އާނ މަންމާ ރިމީޝާ… މީގެ ހަފްތާއެއްހާ ދުވަސްކުރިން އަޅުގަނޑު އެދުނީ އިންނަން. އެފަހަރު ނޫނެކޭ ބުންޏަސް މިއަދު ގުޅާފައި ބުނި ބައްދަލުކުރަން ބޭނުމޭ… އަޅުގަނޑަށް އެނގޭ ރިމީގެ ޖަވާބަކަށްވާނީ ކޯއްޗެއްކަން” ޝިިނާން ބުނެލިއެވެ. ހިތްހަމަނުޖެހިފައި ވިއެއް ކަމަކު ނޫރާން މަޑުން އިނެވެ.

“މަންމަ ގަބޫލުނުވާނީތަ؟ މަންމަގެ މިދަރިފުޅަށްޓަކައި ގަބޫލުވޭ. ރިމީ އަކީ ވަރަށް ކިޔަމަންތެރި ރަނގަޅު ކުއްޖެއް” ނޫރާންގެ ކޮނޑުމަތީގައި ބޯއަޅާލަމުން ޝިނާން ބުނަމުން ދިޔައެވެ.

“މަންމަ ގަބޫލު. އެކަމަކު ރިމީޝާ މަންމަ އާއި މެދު ހިތްހަމަޖެހޭހެން ހިއެއްނުވޭ……” ޝިނާންގެ ބޮލުގައި ފިރުމަމުން ދިޔަ ނޫރާން ދުލުން ބަސްތައް ބޭނުންކުރަމުން ދިޔަސް އޭނާގެ ހިތާއި ސިކުނޑި ދައްކަމުން ދިޔައީ މުޅީން އެހެން ވާހަކައެކެވެ. މިފަހަރު ދަރިފުޅަށް އޭނާގެ ކުށެއް އޮތްކަން ނާންގާނެއެވެ. ކައިވެންޏަށް ދެކޮޅު ހަދާނީ ވެސް ހުދު ރިމީޝާއެވެ.

****************************************

މިޝްކު ޤުރުޢާން ކްލާހަށް ލާފަށް ގެއަށް އައިސް ވަން ރިމީޝާ އަށް ސިހުމެއް ލިބުނީ ސޯފާގައި އިން އައްޔަދު ފެނިފައެވެ. އެހާ ދުވަސްފަހުން އައްޔަދު ފެނުމުން ހިނދުކޮޅަކަށް ރިމީޝާގެ ނަޒަރު އައްޔަދުގެ މޫނަށް ހުއްޓުނެވެ. ހީލަން ވެސް ނޭނގިފައި ހިތާމައިގެ ތަސްވީރެއްހެން ރިމީޝާ އަށް ބަލަން ހުރި އައްޔަދު ފެނުމުން ބުނަން ނޭނގޭ އިޙްސާސްތަކެއް ރިމީޝާ ގެ ހިތާއި ކުޅެމުން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތް ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. މީގެ އެތައް ދުވަހެއް ކުރިން ވެސް އޭނާގެ ހިތް އެދި ގޮވި އިންސާނަކީ އެއީއެވެ. އެފަހަރު އޭނާ އިޖާބަދިނީ އޭނާގެ ހިތުގެ ގޮވުމަށެވެ. މިފަހަރު އެހެންވާކަށް އޭނާ ބޭނުމެއްނުވެއެވެ.

“މިގޭގަ؟ ކޮންކަމަކު” ދުރު ބަލާލަމުން ރިމީޝާ ބުނެލިއެވެ. ނަމަވެސް ފިނިފެންމާ ކުލައިގެ ޝޯލް ބުރުގާގެ ތެރެއިން ފާޅުވާން ހުރި ރިމީޝާގެ ދޮންމޫނަށް ބަލަން އައްޔަދަށް ހުރެވުނީ ބަސްހުއްޓިފައެވެ.

“ސޮރީ” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އައްޔަދު ބުނެލިއެވެ.

“އެހެންވީމަ ދާންވީނުން. އަހަރެން އުޅުނަދީބަލަ ހެޔޮނުވާނެ. އައްޔަދުގެ ދިރިއުޅުމުން ބޭރުގަ އަހަރެން މިހިރީ” އާދޭހުގެ ރާގެއްގައި ރިމީޝާ ބުނެލިއެވެ.

“އައިލަވްޔޫ ރިމީ… އަހަރެން ރިމީ ބޭނުން. އަހަރެންނަށް ވިިސްނިއްޖެ. ހިތާމައަކީ ހެޔޮވިސްނުން ލިބުނުއިރު ވަގުތުފާއިތުވެފައި ވާކަން. އެކަމަކު އަހަރެމެން ދެމީހުން ކުޑަކުޑަ ހިތްވަރެއް ކޮށްލަނިކޮށް އަދި ހުރިހާ ކަމެއް ރަނގަޅުކޮށްލެވިދާނެ… ޕްލީޒް…..” ދެއަތް ޖޯޑުކޮށް ރިމީޝާގެ ކުރިމަތީގައި ހުއްޓިލަމުން އައްޔަދު ބުނެލިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 7

Next

ތިޔަ އިންތިޒާރުގައި 6

Next
April 23, 2018

ތިޔަ އިންތިޒާރުގައި 6

Previews
April 23, 2018

އެހަނދާން ނުދާނޭ ފިލާ 7

31 Comments!

  1. Inoo says:
    April 23, 2018 at 12:58 pm

    Inoo first dhw❤❤

  2. Ainth says:
    April 23, 2018 at 12:59 pm

    Yeyyy finally ???
    Me first dhw ??

    1. no name says:
      April 23, 2018 at 1:26 pm

      U r 2nd

  3. Aki says:
    April 23, 2018 at 12:59 pm

    haadha rangalhey writer

  4. Ushaali says:
    April 23, 2018 at 1:00 pm

    salaam all!!!
    mi bai ves huriha kudhinnah kamudhaane kamah ummydhu kuran. 25 vana bai maadhama migadyga up kolleveytho balaanan. insha allah 🙂
    mi bai ga ves mistake eh evves kuhjjakah faahaga vehjje nama ekan faahaga kolla dhinun edhen 🙂
    huriha kudhinnah ves varah baajjaveri dhuvahakah edhen……. babye…… tc……

  5. Araash says:
    April 23, 2018 at 1:44 pm

    Dhn kihineh vaany?

  6. lotus says:
    April 23, 2018 at 1:45 pm

    Wow… v salhi… dhn vaanee kohinebaa???

  7. Ina says:
    April 23, 2018 at 1:51 pm

    Vvvv reethi ..pls rimee aai ayaa aai gulhuna nudheythi. Rimee liben jeheynee sinaan ah.

  8. shaan says:
    April 23, 2018 at 1:58 pm

    den remiee n shenaan gulhuvaba plz eyrae den salhe vaanee

  9. Xxxx says:
    April 23, 2018 at 2:01 pm

    Zoahal..?story v. Nice

  10. Kamana says:
    April 23, 2018 at 2:14 pm

    Ayaa beynunviyas kihineh rimy innaanee.. eyna ehery 3 fah variakun varikohfa.. dhn jeheynee fahkadan ..

  11. Aishu says:
    April 23, 2018 at 2:17 pm

    Shinaan mamma ge ehen meehunnah vure 1 dhaiy ves ithuru dhw ? mifaharu bodu fanyeh wattaalaane

  12. ss says:
    April 23, 2018 at 2:17 pm

    sinaan & rimee gulhuvachey. eyrun massage ves reethivaanee.

  13. shai says:
    April 23, 2018 at 3:13 pm

    Alhe shinan aa gulhuvabala times plz???

  14. Eeeeyyysha says:
    April 23, 2018 at 3:28 pm

    Rimy and shinaan ehnun vaahaka ga main character ge gothuga faalhuvamun aii, so it won’t be nice, plxxx ayyadh and rimy

    1. Inoo says:
      April 23, 2018 at 11:34 pm

      I also want rimee and ayaa….♡♡

  15. afoo says:
    April 23, 2018 at 3:38 pm

    Kiyaahithun ovvaa e nimunee.v nice.thankolhe dhigukolladhee writer.

  16. afoo says:
    April 23, 2018 at 3:41 pm

    Wow…rimy & shinan

  17. lotus says:
    April 23, 2018 at 4:02 pm

    Dhw..emme fahu vaguthu rimee n ayaa hv to b togethr but mihaaru story dhaagothun heevanee shinan aa hen gulheynee

  18. Beauty says:
    April 23, 2018 at 4:53 pm

    Wow

  19. maya says:
    April 23, 2018 at 5:06 pm

    rimy and shinaan gulhuvabaa pulyxxxx;’:”‘;;;vv reethi ..shinaange kehtherikamuge meyvaa foni vaan jeheyne dhwww?????/

  20. .... says:
    April 23, 2018 at 6:41 pm

    3 fashun varikuryma alun kaivenyeh nukureveyne eh nu ?

  21. shanko says:
    April 23, 2018 at 6:46 pm

    V reethi mi part ves..

    Mee furmathama comment mi story ah… gavaidhun mivaahaka kiyan.. v reethi story eh.. emme foohi vaa vaguthu mi vaahaka kiyani ves… kuriyah oi thaa ga miyah vure reethi vaahaka thakeh kiyan libeyne kamah..
    All the best ?????

  22. Meee says:
    April 23, 2018 at 7:17 pm

    Alhe story v reethi but eba in kanneyge mistake eh thehthirees dhah noonen hunnany bahthirees dhaih ehn hunnany dhw etha kolhu may b typing mistake eh kanneyge dhw …..story vvvvvvvvvvv loabi ????????????????????

  23. Eleven says:
    April 23, 2018 at 7:42 pm

    Plxx…shinaan and rimy gulhuva dheebala

  24. Beauty says:
    April 23, 2018 at 8:10 pm

    Rimeesha aky meehun use kurun noon kameh igey myheh noon. Vara foohi vey

    1. beast says:
      May 6, 2018 at 5:47 am

      Ekamvx eba kian dhw ??

  25. chumpu says:
    April 23, 2018 at 8:51 pm

    Ey eulhey sinaan ge mom menah hey aruvaalabala v foohi dhn emeehun ulhey gothun

  26. Beauty says:
    April 23, 2018 at 10:03 pm

    Story very beeutifuull
    ???

  27. Iss says:
    April 23, 2018 at 10:20 pm

    Neygun mivaahakaaga remee loabivaa meeheh.

  28. ishna says:
    February 28, 2019 at 6:09 pm

    Magey vote rimii n shinaanah??

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ…..25←


All Right Reserved!