ދުވާލުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު އިރު ހަނދަށް ފުރުސަތު ދެމުން ވަކިވެގެނ ދިޔައީ ދުނިޔެއަށް އަނދިރިކަން ވެރިކުރުވަމުންނެވެ. ދޫނި ސޫފާ ސޫފީގެ އަޑު މުޅިންހެން ކެނޑި ރޭގަނޑަށް މިޔުޒިކު ކުޅެމުން ދިޔައީ ފަނި ފަކުސައެވެ. ލޯބިވެރިންނަށް ޙާއްސަ ފިނިފިނި މިރޭ ނީލް ހުރީ ހިތުގެ ރާނީއަށް އެހިތުގެ ޙާލު ބަޔާން ކުރާނެ ގޮތަކާއިމެދު ވިސްނާށެވެ. އެތައްގޮތަކަށް ވިސްނުމަށްފަހުވެސް ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ހެވެވެ. އޭނާ މިރޭ އޭނާގެ ލޯބި ކޮންމެ ގޮތެއް ހަދައިގެންވެސް […]
ފިޔާމް ހުރީ ހަދާނެ ގޮތްހުސްވެފައެވެ. ހެނދުނު ފިޔާމް ޑިއުޓީއަށް ގޮސް އަންނަ އިރު ރިފާ އިންނަނީ ވަރަށްވެސް މާޔޫސްވެފައެވެ. ހިނގާލެވޭ ވަރެއް ނޫނެވެ. ދެފައި ދުޅަވެފައި ހުރުމުންނެވެ. ކެވޭ ވަރެއް ނޫނެވެ. ކާ އެއްޗެހީގައި ރަހައެއް ނުލާތީއެވެ. އޭނާގެ ޙާލު ވަރަށްދެރަ އެވެ. އެންމެ ފަހުން ހުރިހާ ގޮތަކުންވެސް ވިސްނުމަށްފަހު ފިޔާމް ނިންމީ ރިފާގެ މައިންބަފައިން ކައިރިއަށް ދުވަސްކޮޅަކަށް ނަމަވެސް ދިއުމަށެވެ. ޝައިމަން މީހަކާއި އިން ކަން ނޭނގޭ ޙާލުގައެވެ. އެއްބަނޑު އެއްބަފާ ކޮއްކޮގެ ޙާލު އަޑުއަހާފައި […]
“އަހަރެން ވަރަށް ލޯބިވޭ ރިމީ ދެކެ. ރިމީއަށްޓަކައި އަހަރެން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އަހަރެންނަށް ކުރެވުނު ކުށަށް މާފް ނުދެނީސް މިދެފައިން ދޫކޮށެއް ނުލާނަން” ޝިނާން ބުނެލިއެވެ. ރިމީޝާ އަށް ނުހުރެވުނެވެ. ވަގުތުން ޝިނާނާއި އެއް ހަމައަކަށް ތިރިވިއެވެ. “އިޓްސް އޯކޭ… އެކަމު ދެން ފަހަރަކުން އަހަރެންގެ ދެފައިގާ ނުހިފާތި. އަހަރެންގެ ކުރިމަތީގައި ޝިންގެ މަގާމަކީ އަހަރެންގެ ދެފައެއް ނޫން. ތީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ މަގުބޫލު ފިރިހެނާ….” ރޮވިފައި ރިމީޝާ ބުނެލިއެވެ. “އެހެންވިއްޔާ […]
އިރުއޮއްސި އަނދިރިވަމުންދެއެވެ. ކަށްވަޅު ފަދަ ހަމަހިމޭންކަމެއް ވެރިވެފައިވާ މާޙައުލުގައި އެކަނިމާއެކަނި ޖެޓީ މަތީގައި އިށީންދެލައިގެން އިން ޖުމާން އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ލޮލުން ކަރުނަ ހިނދޭގޮތެއް ނުވެއެވެ. ފަނާވަމުންދިޔަ އޭނަގެ ޙަޔާތާާމެދު ވިސްނިވަރަކަށް ހިތުގައި އެޅިފައިވާ ޒަޙަމްތައް ދިޔައީ ފުންވަމުންނެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ހަޔާތުގެ ހުޅުކޮޅުވަނީ ދެންމެދެންމެ ނިވިދާނެހާ ފަނޑުވެފައެވެ. މިހެންވީވެސް ހުދު އޭނަގެ ސަބަބުންނެވެ. ހެޔޮއެދޭ ގާތް މިތުރުންކަމުގައި ދެކިގެން އުޅުނު އިންސާނުންގެ ސިފައިގާ ތިބި ޝައިޠާނުންތައް ކޮށާދިން […]
ރޭގަނޑުގެ ވަގުތެވެ. ހޮޅިބުރިއެއްގެ އަލިކަން ވެސް ނުވާ އަނދިރި ގޯޅީގަނޑުގެ ތެރެއިންއިވެމުން ދިޔައީ ދެ ފިރިހެނެއްގެ ބަރު އަޑެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ ރާގުން އެތާނގައި ޒުވާބެއް ހިނގަމުން ދަނީކަން ދެނެގަންނަން ފަސޭހައެވެ. ” ޒައިއްޓެ ކަލޭ ހަނދާން ކުރާތި އަހަރުމެންނާ ގުޅުން ކަނޑާލައިފިއްޔާ ކުރިއަށް އޮތްތާނގަ އަހަރުމެންގެ އުނދަގޫ ވަރަށް ބޮޑުވާނެ… އޭރުން ކަލޭގެ މުސްތަގުބަލަކީ މާ އުޖާލާ އެއްޗަކަށް ނުވާނެ ” އިންޒާރެއް ދޭފަދަ ގޮތަކަށް ކަމާލު ބުނެލިއެވެ. އޭނާ ހުރީ […]
މުޅިން އާ ދުވަހަކަށް އިރު އަރާ އޭގެ ވާޖިބު އަދާކުރަމުންދެއެވެ. އިއްޔެ ހަވީރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު ވިއްސާރައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވާ ސާފު ރީތި ނޫ އުޑެވެ. ގަދައަށް އަވި ދެމުން ދިޔަނަމަވެސް ޖެހިލައި މަޑުމަޑު ވައިރޯޅިން ކޮންމެވެސް ވަރަކަށް ފިނިކަން އިހުސާސްކުރެއެވެ. […]
“ކަމެއް ދިމާވެގެން ގުޅީމަ ވެސް މި ޝިނާނަކަށް ނޭނގޭނެ އަވަހަކަށް އަންނާކަށް. ކަމެއް ވާއިރަށް ދެކޮޅު ނުބަލާ އަނބިން ދޫކޮށްފައި ދާއިރު ވެއްޖެ ވިއްޔާ މައިތިރިނުވެގެން އިންނަން. ދެން މަ ކިހިނެއްތަ މި ދޮރު ލެއްޕިޔަނުދީ ހިފަހައްޓާނީ…. ” އެތެރޭގައި ހުރެ ދޮރުލައްޕަން މަސައްކަތް ކުރަމުން ދިޔަ އައްޔަދު ބަލިކޮށްލުމަށް ދޮރުން ބޭރުގައި ހުރެ ހަށިގަނޑުގައި ނެތް ބާރު ދައްކަމުން ދިޔަ ޒޯހަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝިނާނަށް އަޑު ލަމުން ދިޔައެވެ. އައްޔަދުގެ އެއް […]
“މަންމީ!! ކޮންތާކު. ހާދަ އަނދިރިއޭ. މިޝްކޮ ވަރަށް ބިރުގަނޭ.. ދިއްލަބަ. ބައްޕީ!! މަންމި އުޅެނީ ތަން ނިއްވާލައިގެން. މަންމީ ބައްޕި ގޮވަނީ ފޯނުން” މިޝްކުގެ ވާހަތަކުން ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަނދިރީގެ ތެރޭގައި ހުރި އައްޔަދަށް ބަލާލީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ. ނަމަވެސް އެމޫނުން އެއްވެސް އެއްޗެއް އޭނާ އަށް ނުފެނުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެތާ މަޑުނުކޮށް އޭނާ ދުވެފައި ގޮސް ދޮރުމަތީގައި ހުރި މިޝްކު ގޮވައިގެން ކޮޓަރިއަށް […]
“ކޮން ވާހަކަ އެއްދައްކަން؟” ދާނިޝް އަހާލިއެވެ. އޭނާ ރާސިލް އާ ކުރިމަތިލިއެވެ. “މާދަން… މާދަން އަހަރެން މިއުޅެނީ އަންޖުމް އައިލީ އާ ބައްދަލު ކުރަން ގެންދަން” ރާސިލް ފުރަތަމަ އަޅައިގަތަސް ފަހުން ޖުމްލަ ފުރިހަމަ ކޮއްލީ ޔަގީންކަމާއެކުގައެވެ. “އާރ ޔޫ ޝުއާ” ވެރިވި ހައިރާންކަމާއެކު ދާނިޝް އަށް އަހާލެވުނެވެ. “ޔެސް އައި އޭމް… އަންޖު އަބަދު މަންމަ ގެ ވާހަކަ ދައްކާއރު އަހަރެން ހުންނަނީ ދޭނެ ޖަވާބެއް ނޭނގިފަ… އައިލީ ފެނުމުގެ ނަސީބު އަންޖުމް އަށް ވެސް […]