މުޅިން އާ ދުވަހަކަށް އިރު އަރާ އޭގެ ވާޖިބު އަދާކުރަމުންދެއެވެ. އިއްޔެ ހަވީރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު ވިއްސާރައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވާ ސާފު ރީތި ނޫ އުޑެވެ. ގަދައަށް އަވި ދެމުން ދިޔަނަމަވެސް ޖެހިލައި މަޑުމަޑު ވައިރޯޅިން ކޮންމެވެސް ވަރަކަށް ފިނިކަން އިހުސާސްކުރެއެވެ. ރަށުގެ ގިނަ މީހުން ހަރަކާތްތެރިވަމުން ދިޔައީ މިއަދު ކުރެވިގެންދާ ކައިވެނީގެ ޕާޓީއަށް ތައްޔާރު ކުރުމުގައެވެ. އަންހެންވެރިން ކެއްކުމުގައި ހަރަކާތްތެރިވަމުން ދިޔައިރު ފިރިހެންވެރިން ދިޔައީ ޕާޓީއަށް ސުކޫލު ހޯލުތެރެ ތައްޔާރު ކުރަމުންނެވެ. ބައެއް ބޮޑެތި ފިރިހެނުން ކުކުޅު ނޮޅާ ސާފުކުރުމުގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އައިލީން އާއި އޭނަގެ އެކުވެރިންވެސް އެކި މަސައްކަތްތަކުގައި އުޅުމެންދިޔައެވެ. ދޭތެރެ ދޭތެރެއިން އައިލީންއަށް ޔޫހާންވެސް ފެންނަމުން ދިޔައެވެ. ކޮންމެ ފަހަރަކުވެސް އެދެމެދުގައި ހިނިތުންވުމެއް ބަދަލުކުރެވެމުންދެއެވެ. ރިފްޝާ އާއި އިފާންވެސް ދިޔައީ އެކަކު އަނެކަކަށް ސިއްރު ބެލުންތައް ރައްދުކުރަމުންނެވެ. ޝައުނާ އިންތިޒާރު ކުރަމުން ދިޔައީ ޔާފިއު އޭނައަށް ބަލައިލާނެ އިރަކަށެވެ. ދުވަހެއް ދުވަހަކަށް އެގުޅުން ދަނީ ހީނަރުވަމުންނެވެ. އެ ގުޅުން ރަނގަޅު ކުރެވޭތޯ ޝައުނާ ދަނީ އޭނައަށް ކުރެވުނު ވަރަކުން މަސައްކަތްކުރަމުންނެވެ. އެހެނަސް ގުޅުމެއް ދެމެހެއްޓޭނީ ދެފަރާތުންވެސް އެއްވަރަށް މަސައްކަތް ކޮށްގެންކަން ޔަގީނެވެ. ޔާފިއުގެ ފަރާތުން އޭނައަށް އެ މަސައްކަތްކުރާކަން ފާހަގައެއްނުވެއެވެ.ޝައުނާގެ ބަދަލުގައި ޔާފިއުގެ ބެލުންތަކާއި ހިނިތުންވުންތައް ރައްދުވަމުން ދިޔައީ އިބާއަށެވެ. އެ މަންޒަރުތަކުން ޝައުނާގެ ހިތް ދިޔައީ ތޮރުފަމުންނެވެ. ޔައިޝް އޭނައަށް މާވަރަކަށް ބަލާތީވެސް ޝައުނާ ހުރީ އުނދަގޫވެފައެވެ. އޭނައަށް ބަލައިލެވޭ ކޮންމެ ފަހަރަކުވެސް ޔައިޝް އޭނައަށް ހިނިތުންވެލައެވެ. ބަދަލުގައި އޭނަ މޫނުމަތިން ފޫހިކަމާއި ރުޅިވެރިކަން ދައްކާލައެވެ. އެހެނަސް ޔައިޝް ހަމަ ކޮންމެ ފަހަރަކުވެސް އޭނައަށް ރައްދުކޮށްލަނީ ހިނިތުންވުމެކެވެ. ބައެއް ފަހަރު އޭނަ ހައިރާންވެސް ވެއެވެ. ބައްދަލުވާ ކޮންމެ ފަހަރަކުވެސް އޭނަ ޔައިޝް އާއި ވާހަކަ ދައްކައިފައިވަނީވެސް ވަރަށް ހަރުކަށިކަމާއެކުގައެވެ. ނަމަވެސް ޔައިޝް އަބަދުވެސް އޭނައާއި ވާހަކަ ދެއްކުމުގުއި މަޖާާ ގޮތްގަނޑާއި މަޑުމައިތިރިކަން ޚިޔާރުކުރެއެވެ. މެންދުރު އެކެއް ޖެހިއިރު ކައިވެނި ކުރަން ހަމަޖެހުނު ފަރާތުގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހެނދުނުއްސުރެ ޕާޓީގެ ކަންތައްތަކުގައި މީހުން ފޯރިއާއެކު ހަރަކާތްތެރިވަމުން ދިޔައެވެ. އިރުއޮއްސި ހަގަޑި ތިރީހުގައި ޕާޓީ ފެށިގެން ދިޔައެވެ. ޕާޓީ ބާއްވައިފައި ވަނީ ސުކޫލު ހޯލުގައެވެ. ސުކޫލު ހޯލުވަނީ ޕާޓީއަށް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ޕާޓީގެ ކުލައަކަށް ޚާއްސަ ކުރެވިފައވަނީ ރޯޔަލް ބުލޫ އާއި ހުދުކުލައެވެ. ޕާޓީއަށް އަންނަމުންދިޔަ ކައިވެނި ކުރި ފަރާތުގެ އާއިލާގެ މީހުންނާއި ރައްޓެހިންވަނީ ޕާޓީގެ ކުލައިން ހެދުން އަޅާފައެވެ. މުޅި ސުކޫލުވެސް ޒީނަތްތެރި ކުރެވިފައިވަނީ ރޯޔަލް ބުލޫއާއި ހުދުކުލައިންނެވެ. ސުކޫލުގެ އެތެރެއާއި ބޭރުގެ ފާރުތަކުގަ އާއި ތަނބުތަކުގައި އެދެ ކުލައިގެ ބޮކިފަތި އަޅާފައިވެއެވެ. ބޮކިފަތިތައް ދިއްލިފައިވުމުން ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ތަނބުތަކުގައި ބޮކިފަތި އަޅާފައިވީއިރު ހުރި ހުސްތަންތަނުގައި ހުދާއި ރޯޔަލް ބުލޫކުލައިގެ ފޮޅިފައިވި ޕްލާސްޓިކް ފިނިފެންމާ ހަރުކުރެވިފާވެއެވެ. އެމާތަކުގައި ވިދުން އެކުލެވިފައިވުމުން އިތުރު ފުރިހަމަކަމެއް ދައްކައެވެ. މޭޒުތަކާއި ގޮނޑިތައްވެސް ވަނީ އެދެ ކުލައިގެ ފޮތިން ޒީނަތްތެރިކުރެވިފައެވެ. ކައިވެނި ކުރެވުނު ދެމަފިރިން ތިބުމަށް ހަމަޖެހިފައިވި ތަނުގެ ބެކްގްރައުންޑްވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ހުދުކުލައިގެ ވިދުންހުރި ބޮޑު ފޮތިގަނޑުގައި ރޯޔަލް ބުލޫކުލައިގެ ފޮޅިފައިވި ފިނިފެންމާތަކެއް ދުރުދުރުގައި ހަރުކުރެވިފައިވުމުން ފެންނަނީ ވަރަށް ޗާލުކޮށެވެ. ފޮތިގަނޑާ އެއްވަރަށް މާތަކުގައިވެސް ވިދުމެއްވެއެވެ. ޕާޓީއަށް އަންނަ ކޮންމެ މީހަކުވެސް ދިޔައީ ދެމަފިރިންނާއި ސަލާމްކޮށް އެދެމީހުންނަށްވެސް ތައުރީފުކުރަމުންނެވެ. ރޯޔަލް ބުލޫކުލައިގެ ގަމީހަކާއެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އަޔާޒުއަށް ގިނަ އަންހެންކުދިންގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ކައިރީގައިހުރި އޭނަގެ އަންހެނުން މާހީގެ ކަންފަތް ބުޑުގައި އިރުއިރުކޮޅުން ކޮންމެވެސް އެއްޗެކޭ އަޔާޒު ބުނެލައެވެ. އެއިން ކޮންމެ ފަހަރަކުވެސް މާހީގެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގެންދެއެވެ. މާހީވެސް ހުރީ ރޯޔަލް ބުލޫއާއި ހުދުކުލައިގެ ވަރަށް ރީތި ކައިވެނީގެ ހެދުމެއްގައެވެ. ދެ މީހުންވެސް ބެކްގްރައުންޑްގެ ކުރިމަތީގައި ހުއްޓިގެން ތިބިއިރު ވަރަށްވެސް ފުރިހަމައެވެ. އެދެމީހުން ތިބިތަނުގެ ތަންކޮޅެއް ދުރުގައި ދެމީހުންނަށް ކުރިމަތިވާގޮތައް މިއުޒިކު ކުޅޭ ބޭންޑެއް ތިއްބެވެ. އެމީހުންނަކީ އަޔާޒުގެ ވަރަށް ގާތް ރަހުމަތްތެރިންތަކެކެވެ. ބޭންޑް ކުޅެމުންދިޔަ ލޯބީގެ ލަވަތަކުން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ރީތިވަމުންދިޔަ އައިލީން ސިއްސައިގެން ދިޔައީ އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. ދޮރު ހުޅުވާލުމަށްފަހު ވަން ޒާހިޔާ ފެނި އައިލީން ހިނިތުންވެލިއެވެ. ” މާޝާﷲ… މަންމަގެ އައިލީ މިރޭ ހާދަ ރީއްޗޭ… ” ޒާހިޔާ އައިސް އެހެން ބުނަމުން އައިލީންގެ ނިއްކުރީގައި ބޮސްދިނެވެ. އޭރު އައިލީންގެ ތުންފަތުގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ” މަންމަ މިއައީ މަންމަމެން ޕާޓީއަށް ދާވާހަކަ ބުނަން… ދޮންބެދައްތަ ބުނި ދަރިފުޅު ބުންޏޯ ޝައުއާއި ރިފޫ އާއި އެކީއޭ ދަރިފުޅު ދަނީ… ދިއުމުގެ ކުރިން މަންމަ ބުނެލަން މިއައީ… ” ހިނިތުންވެލަމުން ޒާހިޔާ ބުންޏެވެ. ”ލައްބަ އަޅުގަނޑު ބުނިން ދޮންބެދައްތަ ގާތު… މަންމަމެން އޯކޭތަ އަނެއްކާ އަޅުގަނޑު ދިޔަޔަސް.” ” މަންމަމެނައް އެއްވެސް މައްސަލައެއް ނެތް ދަރިފުޅު ޝައު އާއި ރިފޫ އާއިއެކު ދިޔަޔަސް… ރިފޫ އާއި ޝައު އަކީވެސް ހަމަ މަންމަ ދަރިން ފަދައިން ލޯބިވާ ދެކުދިންނޭ… ” ލޮއެބާއެކު ޒާހިޔާ އެހެންބުނަމުން އައިލީންގެ ކޮލުގައި ފިރުމާލުމަށްފަހު ކޮޓަރިން ނިކުތެވެ. އައިލީން ތައްޔާރުވެ ނިމުމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަދި ހިނިތުންވެލަމުން އޭނަ އަބަދުވެސް ޖަހާއި ޕްރެޓީ ސެންޓްފުޅި ނަގައި ގަޔަށް ސެންޓް ޖަހައިލިއެވެ. އެއަށްފަހު ހުދާއި ރޯޔަލް ބުލޫކުލައިގެ ހިތްތަކެއް ޖަހައިފައިވި ޕާރުސަލް ކަރުދާހުން ހަދއިފައިވި ޕާރުސަލާއި ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. ޕާޓީއަށް ވަދެގެންއައި ލިޝާންމެން ފެނުމުން އަޔާޒުގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. އެމީހުން އައިސް އެދެ މީހުނަށްވެސް މަރުހަބާ ކިޔެވެ. އަދި ކޮންމެ ކުއްޖަކުވެސް އަޔާޒު ގައިގައި ބައްދާލިއެވެ. ” އަޔާބޭ… ދޮންބެ ދެންމެ އަންނަނިކޮށްވެސް ގުޅާފަ ބުނި ވަރަށް ގިނައިން ސަލާމް ބުނައްޗޭ… ވަރަށް އަންނަ ހިތުން ހުރީ… އެކަމަކު ހަމަ މިދުވަސްކޮޅު ބިޒްނަސްގެ ވަރަށް މުހިއްމު ކަމަކު ބައްޕަ އާއި ދެމީހުން މެލޭއަށް ދާންޖެހުނީ… މަންމަމެންވެސް ސަލާމް ބުނާށޭ ބުނި އަދި ބުނި މަރުހަބާ ކިޔަން އަޔާބެއަށް ގުޅާލާނަމޭވެސް… ” ހިނިތުންވެ ހުރެ ޔޫހާން އަޔާޒުއާ ވާހަކަދެއްކިއެވެ. ޔޫހާންގެ ދޮންބެ ޔުމާން އާއި އަޔާޒު އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަޔާޒު މާލޭގައި ކިޔަވަން ހުރި އިރުއްސުރެން އެދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ދޭތެރެ ދޭތެރެއިން ޔުމާން އާއި އެކު އެގެއަށް ގޮސް އުޅުމުގެ ސަބަބުން އެގޭގެ އެހެން މީހުނާ އަޔާޒު އާއި މެދުވެސް ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ” ހެހެހެ.. ރޭގަ އަޔާބެއަށް ގުޅިއޭ… ބުނި ވަރަށް އަންނަހިތްވެޔޭ.. ޔޫން އާއި ޔޫންގެ ފްރެންޑްސް ބައިވެރިވުމުން އަޔާބެ ވަރަށް އުފާވެއްޖެ… އަދި ބުނަން ޔޫން ޕްރޮމިސް ކުރި ކަންތައް ޖެހޭނެ މިރޭ ކުރަން.. އިނގޭ… ” އަޔާޒު އެހެން ބުނުމުން ޔޫހާާން އެކަންތައް މިރޭ ކުރާނެކަމަށްބުނެ ބޯ ޖަހާލިއެވެ. އެ ހަތަރު ޒުވާނުންވެސް އަޔާޒުއާއި މާހީ އާއެކު ފޮޓޯއެއް ނެގުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަން ތަނާއި ޔޫހާންމެނަށް ކުއްޖަކު ގޮވާލުމުން އެމީހުން އެކުއްޖާގެ ގާތަށް ދިޔައެވެ. މިވީ މަދު ދުވަސްކޮޅުތެރޭ އެމީހުނަށް ވަނީ އެރަށުން ވަރަށް ގިނަ ރައްޓެހިން ލިބިފއެވެ. އައިލީން އާއި ރިފްޝާ އަދި ޝައުނާ ޕާޓީގެ ތެރެއަށް ވަދެގެންއައެވެ. އޭރު ލިޝާން އާއި އިފާންގެ އިތުރުން ޔައިޝް އެމީހުން ތިބޭނޭ މޭޒެއް ހޯދުމަށް މޭޒުތައް އަތުރާފައިވާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޔޫހާން ކުރިންވެސް އޭނަ ވާހަކަދައްކަން ހުރި ކުއްޖާ ގާތު ވާހަކައިގައި ހުއްޓެވެ. އެއްލި ކަޅިއަކުން ޕާޓީގެ ތެރެއަށް ވަދެގެން އައި ތިން ބައިވެރިންގެ ތެރެއިން މެދުގައި ހުރި އައިލީން ޔޫހާންގެ ލޮލުގައި އަޅައިގަތެވެ. މިރޭ އައިލީންގެ ރީތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މިރޭ އައިލީން ލައިފައިވާ ހެދުމުގައި އޭނާ ފެންނަނީ ހަމަ ޕްރިންސަސް އެއްހެންނެވެ. ރޯޔަލް ބުލޫކުލައިގެ ފޮތި ދަށަށް ލުމަށްފަހު އެފޮތީގެ މަތީގައި ހަމަ އެކުލައިގެ ލޭސްފޮތި ހިމަނައިގެން ފަހާާފައިވި ހެދުން ވަރަށްވެސް ރީއްޗެވެ. ރޯޔަލް ބުލޫކުލައިގެ ލޭސް ފޮތީގައި ހަމަ އެކުލައިގެ ކުދި އެސްތަކަކުން ދުރުދުރުގައި ފޮޅިފައިވި ފިނިފެންމަލެއްގެ ކުރެހުމަށް އެ އެސްތައް ތަތްކޮށްފައިވުމުން މާފުރިހަމަކަމަށް ދައްކައެވެ. ފައިތިލަ އާއި ހަމައަށް އަންނަ ވަރަށް ދިގުކޮށް ފަހާފައިވި އެ ހެދުމުގެ ފަސްބައި ވަނީ ވަރަށް ފުޅާކޮށެވެ. ދިގުކޮށް ފިޓުކޮށް ފަހައިފައިވި އަތް ހަމައެކަނި ރޯޔަލް ބުލޫކުލައިގެ އެލޭސް ފޮތިން ފަހާލައިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ވަނީ އެއްފަރާތުން ކަފި ކުރުމަށްފަހު ކުރިމައްޗައް ގެނެސް ކަނާތް ފަރާތުގެ ކޮނޑުމަތީގައި ބާއްވައިލައިފައެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް ދެފަރާތުން މޫނުމައްޗައް ދޫކޮށްލައިފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ދޮން މޫނުގެ ފުރިހަމަ ކަންވެސް އިންތިހާއެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެލޯ ވަށައިގެން އައިލައިނާއިން ފަވާލައިފައިވުމުން އެ ދެލޮލުގެ ހުދުކަން މާ ގަދަކަމަށް ދައްކައެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެ އެސްފިޔަތައް އިހުނަށްވުރެވެސް ދިގުހެން ހީވެއެވެ. ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އެދެ ތުންފަތުގައި ޖައްސާފައިވުމުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކަރުގައި ހެދުމާ ގުޅޭނޭހެން ރޯޔަލް ބުލޫކުލައިގެ ފަށެއް އަޅާފައިވީއިރު ކަންފަތުގައިވެސް ވަނީ ހަމަ އެކުލައިގެ ކަންފަތުލާ ދޭތި ލައިފައެވެ. ދީވާނާ ވެފައިވާ މީހެއް ފަދައިން ޔޫހާން އައިލީން އާއި ދިމާލަށް ބަލަން ހުއްޓެވެ. އައިލީން އާއި އޭނަގެ އެކުވެރިން އަޔާޒު އާއި މާހީ އާ ސަލާމްކުރުމަށްފަހު މަރުހަބާ ކިޔެވެ. އަދި ދެތިން ފޮޓޯނެގުމަށްފަހު ކުރިޔަށް ހިނގައިގަތެވެ. ކުރިޔަށް ހިނގައިގަތް އައިލީންއަށް ހުއްޓެވުނީ ކަޅި ޖަހާނުލައި އޭނައަށް ނަޒަރު ހުއްޓައިލައިގެން ހުރި ޔޫހާން ފެނުމުންނެވެ. ޔޫހާން އޭނައަށް އެވަރަށް ބަލާތީ އައިލީން ހުރީ ލަދުން ވިރިވިރިއެވެ. އެހެނަސް ޔޫހާންގެ އެ ތޫނު ދެލޮލުން ނަޒަރު ވަކިކޮށްލުންވީ އޭނައަށް ނާދިރުކަމަކަށެވެ. ޔޫހާންވެސް މިރޭ ފެންނަނީ ކުރިއަށްވުރެވެސް ސްމާޓްކޮށެވެ. ލައިފައިވި ހުދު ކުލައިގެ ސްކީނީ އާއި ރޯޔަލް ބުލޫކުލައިގެ ގަމީހުން ޕާޓީ އާއި ވަރަށް ބޮޑަށް ގުޅުވައިލައިފާކަން ދޭހަވެއެވެ. ގަމީހުގެ އަތް އޮޅަބޮށްޓާއި ހަމައަށް އޮޅާލައިފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަޅުކަންގަދަ އިސްތަށިގަނޑުވެސް ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ކަޅާއި ހުދުކުލަ ހިމެނޭ ސްނީކާސް ބޫޓަށް އަރައިފައިވުމުން ޔޫހާން އާއި ވަރަށްވެސް ގުޅެއެވެ. ވައަތު ޖީބަށް އަތް ޖަހައިލައިގެން ހުރުމުން އެފިރިހެން ވަންތަކަން އިތުރުކޮށްދެއެވެ. ކަޅި ޖަހާނުލާ އެކަކު އަނެކަކަށް ބަލަން ދެމީހުނަށްވެސް ތިބެވުނީއެވެ. ” އައިލީ… ވޭކް އަޕް ފްރްމް ޔުއާ ޑްރީމް… މިހާރު އަހަރުމެން ދެމީހުން މިތާ ތިބެތިބެ ދެފައި ވާޅުވެއްޖެ… އަދިވެސް ހިތްފުރޭ ވަރަށް ޔޫންއަށް ނުބެލެންޏާ ކޮންމެވެސް އެހެން އިރަކުން އަންނާާނީ އައިލީ އިނގޭ… މިހާރު ދެން ބަނޑުހައިވެސް ވެއްޖޭ… ” ސިހިފައި އައިލީން ޔޫހާންގެ ލޮލުން ނަޒަރު ވަކިކޮށްލީ ޝައުނާ އޭނަގެ އަތުގައި ހިފައި ކޮށްޓާލަމުން ވާހަކަ ދެއްކުމުންނެވެ. އޭރު ރިފްޝާ އާއި ޝައުނާ ހުރީ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. ލަދުން ގޮސް އައިލީންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަވަހަށް ހިނގާށޭ ބުނެ އައިލީން ރިފްޝާ އާއި ޝައުނާއަށް ވުރެވެސް ކުރިން ހިނގައިގަތެވެ. ޔޫހާާންއަށްވެސް އައިލީންގެ އެ ޖާދުވީ ދެލޮލުން ނަޒަރު ވަކިކޮށްލެވުނީ އައިލީން އޭނަގެ ލޮލުން ނަޒަރު ވަކިކޮށްލުމުންނެވެ. ގަތް ލަދުން އޭނައަށް ބޮލުގައި އަތް ހިންގާލެވުނެވެ. ދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ޝައުނާ އާއި ރިފްޝާ އަށް ނުހީ ނުހުރެވުނެވެ. ޔޫހާން ވާހަކަ ދައްކަންހުރި ކުއްޖާވެސް ހުރީ ހީހީވަރުބަލިވެފައެވެ. ރިފްޝާ އާއި ޝައުނާ ހިނިގަނޑު މަތަކުރަމުން އައިލީންގެ ފަހަތުން ހިނގައިގަތެވެ. ޔޫހާާންއަށް އޭނަގެ ކައިރީގައި ހުރި ރައްޓެހި ކުއްޖާގެ ދިމާކުރުންތަކާއި ކުރިމަތިލާން ޖެހުނެވެ. ޔޫހާާންގެ ހަބަރެއް ނުވުުން އެންމެ ފަހުން ލިޝާން އޭނަ ބަލައި އައެވެ. ލިޝާން އައުމާއެކު ޔޫހާން އާއި ވާހަކަ ދައްކަން ހުރި އާކިފް ދެންމެ ކަންތައްތައް ވީގޮތް ކިޔައިދިނެވެ. އެއާއެކު ލިޝާންގެ ދިމާކުރުން ތަކާވެސް ޔޫހާންއަށް ކުރިމަތިލާން ޖެހުނެވެ. ލިޝާން އާއިއެކު އައިސް އިށީން ޔޫހާން ފެނުމުން ޔައިޝް އާއި އިފާން ލަސްވުމުން ޝަކުވާކުރިއެވެ. ” ސޯ ޔޫން ލަސްވީމަ ޔޫން އާ ލިއްޓު އާ މަޑުކުރަން ޖެހޭނީ މިތާ މަށާއި ޔައި އާ ކާއެއްޗެހި ގެންނަންދެން… އަހަރުމެން ދެ މީހުން ކާއެއްޗެހި ގެނައިމަ ޔޫން އާ ލިއްޓުއާ ދާނީ… އޯކޭ ” އިފާން އެހެން ބުނުމުން އެދެ މީހުން އެންމެ ރަނގަޅު ކަމުގައި ބުނުމުން ޔައިޝް އާއި އިފާން ކާއެއްޗެހި ބަލައިދިޔައެވެ. ” އައިލީ…. އައިލީ މިތާ އިނދޭ އިނގޭ… ތިއޮއް ބޮޑު ހެދުމުގަ އުނދަގޫވެސް ވާނެއެއްނު ދޯ… ސޯ އައިލީ އިންނާނީ.. މަށާ ޝައުއާ ކާއެއްޗެހި ގެންނާނީ… ކޮންމެސް އެކަކު ޖެހޭނެއެއްނު މޭޒު ބަލަންވެސް އިންނަން… އެހެންނޫނީ އެހެން ބަޔަކު އައިސް މިތާންގަ އިށީންދެފާނެ… ” ރިފްޝާ އެހެން ބުނުމުން އައިލީން ހިނިތުންވެލަމުން އޭނަ ބޭނުންވާ އެއްޗިހި ކިޔައިދިނެވެ. އައިލީން ބޭނުންވާ އެއްޗެހި އެނގުމާއެކު ޝައުނާ އާއި ރިފްޝާ ކާއެއްޗެހި ބެހެއްޓިފައިވި ބަޔަށް ދިޔުމަށް މިސްރާބުޖެހިއެވެ. ތަށްޓަކަށް ފްރައިޑް ރައިސް އަޅަން ހުރި ޔައިޝްގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުމެއްއައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އެތަނަށް ވަދެގެން އައި ޝައުނާއަށެވެ. ޝައުނާ ފެންނަލެއް މިރޭ ހާދަ ތަފާތެވެ. ރޯޔަލް ބުލޫކުލައިގެ ބޯ ފޮތީގެ މަތިން ހަމަ އެކުލައިގެ ލޭސް ފޮތި އަޅާ ގަޔަށް ފިޓްކޮށް ފަހައިފައިވި އެ ހެދުމުގައި ޝައުނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ރޯޔަލް ބުލޫކުލައިގެ ލޭސް ފޮތީގައި ދުރުދުރުގައި ހަމަ އެކުލައިގެ ކުދި އެސްތަކަކުން ފޮޅިފައިވި ފިނިފެންމަލެއްގެ ކުރެހުމަށް އެއެސްތައް ތަތްކޮށްފައިވުމުން ވަރަށް ވެސް ރީއްޗެވެ. ހެދުމުގެ ދެއަތުގައިވެސް ހަމައެކަނި ލޭސްފޮތި ބޭނުންކޮށްފައިވުމުން އެ ހެދުމާ ވަރަށް ގުޅޭކަމަށް ދައްކައެވެ. ގަޔަށް ފިޓްކޮށް ފަހައިފައިވި އެ ހެދުން ފައިތިލަ އާއި ހަމައަށް އަރައެވެ. ފައިތިލަ އާއި ހިސާބުން ތަނބިކަށްޓާއި ހަމައަށް ފަޅައިލައިފައިވުމުން ހިނގާލާ އިރު އެ އޮމާން ފައި ހާމަވެގެންދެއެވެ. ޗޮކްލެޓް ކުލައިގެ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެލޯ އިތުރަށް ފުރިހަމަ ކޮށްދެނީ އައިލައިނާއިން އެދެލޯ ފަވާލައިފާވުމުންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވީ އިރު ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާފައެވެ. އަރައިފައިވި ހައި ހީލް އާއި ކަރުގައި އަޅައިފައިވި ފަށުގެ އިތުރުން ކަންފަތުލާ އެއްޗެހިވެސް ވަނީ ރޯޔަލް ބުލޫކުލައިންނެވެ. ބުޅި އިސްތަށގަނޑު މައްޗައް ނެގުމަށްފަހު ހުޅިއެއް ގޮތަށް ޖަހައިފައިވުމުން ކުރިއާ ވަރަށްވެސް ތަފާތެވެ. ކުރުކޮށް ކޮށައިލެވިފައިވި އިސްތަށިކޮޅުތައް ދެފަރާތުން މޫނުމައްޗައް ދޫކޮށްލައިފައިވުމުން ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ހިނގަމުން އައި ޝައުނާއަށް އޭނަގެ ހިނގުން މަޑުޖައްސާލެވުނީ އޭނައަށް ނަޒަރު ހުއްޓާލައިގެން ހުރި ޔައިޝް ފެނިފައެވެ. ޔައިޝް އޭނައަށް ބަލަންފެށި ގޮތައް ހުއްޓުން އަރާފައި ހުރުމުން އޭނަ ހުރީ ކުރާނެކަމެއް ނޭނގިފައެވެ. ނޫންކަމަށް ހަދައިފައި ޝައުނާ އައިސް ތަށްޓެއްނަގައި ކާއެއްޗެހި އަޅަން ފެށިއެވެ. ” އޭ ޔައި… ތިއޮއް ވެރެނީ ބޭރަށޭ.. ޝައު އާ ދިމާލަށް ބަލައިގެންހުރެ އަޅަންޏާ އެހެންނު ވާނީ.. އެހެން ދިމާލަކަށް ބަލައިލަންވެސް ނޭނގުނު ވިއްޔަ.. ހެހެހެ.. ” އިފާން އެހެން ބުނުމުން ޔައިޝް ސިހިފައި ތައްޓަށް ނަޒަރު ހުއްޓާލި އިރު އޭނަ އެންމެ ފަހުން ނެގި ބަތް ސަމްސާ ވަނީ ތައްޓާއި ދުރަށް ދިމާކުރެވިފައެވެ. ޔައިޝްއަށް ވީ ގޮތް ފެނި ޝައުނާގެ ގާތަށް ހިނިވެސް އައެވެ. އޭނާއަށްވެސް ހިނދުކޮޅެއް ނަމަވެސް ވަންދެން ޔައިޝްއަށް ބަލައިލެވުނެވެ. ރޯޔަލް ބުލޫކުލައިގެ ގަމީހަކާއެކު ކަޅުކުލައިގެ ސްކިނީގައި ޔައިޝް ފެންނަނީ ވަރަށް ރީތިކޮށެވެ. ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައިފައިވުމުން އިތުރަށް ފުރިހަމަކޮށްދެއެވެ. ޔައިޝް ބަލާލުމުގެ ކުރިން ޝައުނާ އަވަސް އަވަހަށް ތައްޓަށް ކާއެއްޗެހި އެޅުމައިގެން ކުރިއަށް ދިޔައެވެ. ކޯކުތަށިތައް ބަހައްޓާފައިވި މޭޒު ކައިރިއަށް ގޮސް އެތަނުން ތައްޓެއްގައި އިފާން ހިފިއެވެ. ސިހިފައި އޭނާއަށް ތައްޓާާއި ދިމާލަށް ބަލައިލެވުނެވެ. އެހެން ކުއްޖަކުވެސް ވަނީ އޭރު އެތަށީގައި ހިފަހައްޓާފައެވެ. އިފާންއަށް އޭރުވަނީ ކޯކު ތައްޓާއި އެކީ އެކުއްޖާގެ އަތުގައިވެސް ހިފިފައެވެ. އިފާން ތަށިން ނަޒަރު ވަކިކޮށްލަމުން އެކުއްޖާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު ރިފްޝާ ދެލޯ ބޮޑުކޮށްލައިގެން އޭނައަށް ބަލަން ހުއްޓެވެ. އިފާން ރިފްޝާގެ ބޮލުން ފެށިގެން ތިރިއަށް ނަޒަރު ހުއްޓާލިއެވެ. ރިފްޝާގެ ހެދުންވެސް ފަހައިފައިވަނީ ޝައުނާގެ ހެދުން ފަހައިފައިވި ކަހަލަ ފޮތިންނެވެ. ކަކުލުން ތިރިއަށް އަންނަ އެހެދުމުގެ ފަސްބައި ވަނީ ވަރަށް ފުޅާކޮށެވެ. އަތްކުރުކޮށް ފަހައިފައިވުމުން އެދޮން އަތްވަނީ ހާމައަށެވެ. ކަންފަތުލާ އެތީގެ އިތުރުން ކަރުގައި އަޅާފައިވި ފަށާއި އަތުގައި އަޅާފައިވި ބްރޭސްލެޓްވެސް ވަނީ ރޯޔަލް ބުލޫކުލައިގައެވެ. އަރައިފައިވި ހައި ހީލްގެ ސަބަބުން ރިފްޝާ ދިގުކަމަށް ދައްކައެވެ. ރިފްޝާގެ ނަޒަރުވެސް އޭރުއްސުރެ އަމާޒުވެފައިވަނީ އިފާންއަށެވެ. ރޯޔަލް ބުލޫކުލައިގެ ގަމީހަކާއެކު ޖިންސް ފޮތީގެ ސްކިނީގައި އިފާން ފެންނަލެއް ވަރަށްވެސް ސްމާޓެވެ. ފަން އިސްތަށިކޮޅު ސްޓައިލް ކޮށްލައިފައިވާ ގޮތުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ” އޭ ހެލޯ… ދެން ތި ކޯކުތަށިން ވެއްޖެއެއްނު ކޮންމެވެސް އެކަކު ދޫކޮށްލަން… މިތާ ތި ނޫނަސް އެބަހުއްޓޭ ކޯކު… ” ޔައިޝް އައިސް އިފާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން އެހެން ބުނުމާއެކު ސިހިފައި އިފާން ތަށިން އަތް ދޫކޮށްލިއެެވެ. ޝައުނާ އައިސް ހިނގާށޭ ބުނުމުން ރިފްޝާ ޔައިޝް އަށާއި އިފާންއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު އެހެން ކޯކު ތައްޓެއް ހިފައިގެން ހިނގައިގަތެވެ. ވެދިޔަ ކަންތަކުން އޭނާ ހުރީ ވަރަށް ލަދުގަނެފައެވެ. ” ކޮބާ މިހާރު ކާކުބާ ބަލަނީ…. އަދިވެސް މަށާ ދިމާކުރާތި… ދެންވެސް ހިނގާ އަވަހަށް ދާން… ” ޔައިޝް އިފާން އާއި ދިމާކޮށްލިއެވެ. އަދި ދެމީހުންވެސް ކޯކު ތައްޓެއް ނަގައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. ” ކީއްވެތަ އެހާ ލަސްވީ ” ރިފްޝާ އާއި ޝައުނާ އައުމާއެކު އައިލީން އަހާލިއެވެ. ” މި ރިފޫ އާ ގެދި ލަސްވީ… އިފާން އާ ދެމީހުން އެއް ކޯކު ތަށީގަ ހިފިގޮތައް އެކަކަކު އަނެކަކަށް ގެއްލިފަ.. ” ޝައުނާ އެހެން ބުނުމާއެކު ރިފްޝާ ޝައުނާއަށް ބަލައިލިއެވެ. ” ޝައު އޯ… ޝައު ވެސް ޔައިޝް ފެނުނީމަ ހުރީ ހުއްޓުން އަރާފަ.. ” ރިފްޝާވެސް ވަކި ދޫކުރާކަށް ބޭނުމެއްނުވިއެވެ. ” އޯހޯ… އެއްކަލަ ދެ މީހުން ފެށީ ދޯ… ތިމީހުނަށްވެސް ނަން ވާނީ އަހަރެން… މީހާރު އިނގިއްޖެ އެއްނު މަށަށް އެކަނި ނޫންކަން ކުދިންކުދިން ފެނުނީމަ ގޮތްގޮތް ވަނީ.. ދެންވެސް ދޭ އަވަހަށް ދެން ގެންނަން ހުރި އެއްޗެހި ބަލައި..” އައިލީން އެހެން ބުނުމުން ދެ މީހުންވެސް އައިލީން އާއި ދިމާލަށް ބަލައިލުމަށްފަހު މޫނަށް ވައްތަރެއް ޖައްސާލަމުން ދެން ގެންނަން ހުރި ބަލައި ހިނގައިގެވެ. އައިލީންއަށް ހިނިތުންވެލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








Me first
Mifaharu vx shiman first ???… Heheh..
Yeyyyyy first libunee o
Dhen faharakun first hodhaanee dhw sheen ❤️
Salaam all ❤️❤️❤️❤️????????????… Here is the 5th part ????… Hope u guys will like this part too ????… Waiting for you guys comments ???… Thank you so much all for the support ❤️❤️❤️???… Love you all ❤️❤️❤️????????????
Miadhu mi kiyaalee mi story ge 5 part ves. . Vvvvvvv reethi. Mie v kiyaahiyvaa style ge vaahaka eh.. dhen v inthizaaru kureveyne up vaane irakah.. ehaaves reethi viyya.. keep it up ingey dear
Awwwwn ???… Thankyou sooooo much sheen ❤❤❤❤????????… v v v v ufaavehje story kiyaalyma n comment kohleemavx ????????❤❤❤.. ummeedhu kuran kuriah oi thaanga sheen ge comment fennaane kamah ??????????… v v v v ufaavehje comment kiyaalaafa ????????????❤❤❤???????????????…
this part is awesome…Amazing…hehe ekudhin nah vy goi dho…..
when is next part??
Waiting……
Luv u Ifoo
Nuha ❤❤❤???.. Thankyou soooo much Nuha ❤❤❤??????????????????… v v v ufaavehje story kiyaalaafa comment kohleema ??????❤❤❤… ummeedhukuran kuriah huri parts thakunvx Nuha ge comments fennaane kamah ??????… Next part In Sha Allah maadhama ?????????
Wow..pls avaha up kolladheeeba
sooo happy to see ur comment in every part ???❤❤❤?????????… Thankyou so much for the support lotus ???????????????❤❤❤… Next part In Sha Allah maadhama ???
Ifoooo thankolheh kuru dhww ? story kiyaa hithun inyma neyngun nimun iru vess.. Hehe.. Varah varah reeethi ingey.. Emmen ekaku anekaku fenna irah gellifa dhww ??? Dhen yoohan ah hama keekey bunaany haadha furihama eyy ????? varah loabi mi part vess.. Iru irukolhaa balaalan mi story up vefa ebainthoa..Ehaaaaa ves kiyaalaa hithun hunnany ngey.. Avahah up kolla dhehcey varah varah inthizaaruga mi hunnany hama keh madhuvefa ????❤❤??hehe.. Keep up the good work and always lovess ?????❤❤?
Livy dear ❤️❤️❤️❤️❤️???????????????… Thank you soooooo much ????????… V v v inthizaaru kuraa eh comment thy ingey Livy ????… V v v v inthizaaru kurevey Livy ge comment ah ❤️❤️❤️❤️❤️???????????… Sorry kuruvyma… Aslu vx yoohaan hama v v v reethi dhw… Hehe ????… V v v v v ufaavey thihen loabi loabi comment kohlaathy ❤️❤️❤️❤️?????????????…. Thank you soooooo much once again ❤️❤️❤️❤️… Now next part submit kohlaifinn ????… Keep waiting ????… Love u Livy ❤️❤️❤️????????????????????….
Stry haadhaha ey reethiyy.masha allah. Yaafiyu nizaamun gehluvaalan v feny.v bolah undhagu viyy eyna ulhey gothun……..yoohan vex avahah loabi vaa vahaka buney ehen noony ladu libidhaane . Haha….dear adhi kuada koh stry dhigu kohla dhiyybala…..keep it up..
Waiting 4 nw part…
-salaam-????
Hey man ????… Thank you soooooo much story kiyaalaafa comment eh kohlyma ????❤️❤️❤️❤️????????… V v v v ufaavehje ????… Ifoo v v v v inthizaaru kuraa comment eh thy ????❤️❤️❤️❤️… Yaafiu dhw… Thikama eba ulhen ingey mihaaru… Heheh… Yahhh… Yoohaan vx dhen bunanvihyey dhw ailee gaathu… Let’s see what happens… ????… Sry kuruvyma… Now next part submit kohlaifinn ???… Keep waiting ???… Thank you soooooo much for the support ❤️❤️❤️??????
vvvvvvvvvv reethi mi part vx 🙂 ifoo ulhenee kon rashehga tha?
Rishy ❤️❤️❤️❤️????… Finally rishy ge comment eh libihje ????… I was waiting for ur comment ????… Thank you soooooo much for the support ❤️❤️❤️???… V v v v v ufaavehje rishy ah story reethi v ma ????… Ifoo ge rahh dhw… It’s a secret ????… Heheh… Now next part submit kohlaifinn… Keep waiting ????
This part is amazing..When is next ifoo….?????
Thankyou soooooo much ???? Naju ????❤️❤️❤️❤️.. Next part ifoo submit kohlaifinn ???… Keep waiting ???.. V v v v ufaavey Naju ge comment knme part akun vx fennaathy ❤️❤️❤️??????….
Masha Allah vv reethi story eh mee…
Thanks vv ifoo mi story ge part tha up kohdhey thee v ????
Masha Allah vv reethi story eh mee….