ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. މިރޭ އޮންނަ ކައިވެނީގެ ޙަފްލާއަށް ޝާފީ މެންގެ ޢާއިލާއާއި ޝައިމަންގެ ޢާއިލާ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔައީ ޝާފީމެންގެ ގޭގައެވެ. ގަޑީގެ ސިކުންތު ކަށި އެނބުރެމުން ގޮސް ވަގުތު ކުޑަތަން ކުރަމުން ދިޔައީ ޝައިމަންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދެމުންނެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނެވެނީ މިހެންވެގެނެވެ. ކައިވެނީގެ ފަހުން ޝިނާންގެ މައިންބަފައިންވެސް ޝާނާމެން ގެއަށް ބަދަލުވުމަށް ޝާފީ ބުނެފައިވާތީ އޭނާ ވަނީ ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ. […]
“އަހަރެން އަތުގައި ބޭސްތިއަޅަނީ ކީއްކުރަން . ލޭ ހުސްވެގެން މަރުވެގެން ވެއްޓެންދެން ބެހެއްޓިނަމަ….” ކުއްލިއަކަށް އައްޔަދުގެ ތުންފަތުގައި ރިމީޝާ އިނގިލިތަކުން ބައްދާލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވާހަކައެއް ދެއްކި ކަހަލައެވެ. “އަޔާ މަރުވަން ނޭދޭ އެތައް ބައެއް ތިބޭނެ. ކުޑަކުޑަ ދަރިއަކު ވެސް އެބައޮތްދޯ” ރިމީޝާ އިސްޖަހާލަމުން ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން ދުނިޔޭގައި އުޅޭކަށް. އަހަރެންދެކެ ލޯބިވާ އެކަކު ވެސް ނެތް” އައްޔަދު ބުނެލިއެވެ. ރޮވިފައިވާ އަޑަކުންނެވެ. “ތިހެން […]
ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ. އަހަރެން ނުވެސް ދެނެހުރިކަމެއްގައި ޙަޤީގަތް ބަލާލުމެއްނެތި އިބާ އެދިޔައީ އަހަރެން ކުށްވެރި ކޮށްފައެވެ. އިބާގެ އަނގައިން ބޭރުވިކޮންމެ ބަހެއްމެ އަހަރެންގެ ހިތް ފޫއަޅުވަމުންދިޔަ ތީރުތަކެއްފަދައެވެ. އަހަރެން ކިތަންމެ ދެރަވި ނަމަވެސް ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއެވެ. ދެއަތް މުށްކަވާލާފައި ފަޔަށްލެވުނުހާ ބާރެއްލަމުން ގެޔާއި ދިމާލަށް މިސްރާބުޖެހީމެވެ. ގެއަށްވަދެވުމާއެކު، ޔުނީފޯމާއެކު ސޯފާގައި އޮށޯވެ ބޯމަތީގައި އަތް ބާވާލައިގެން އޮތް އަދުހަމް ފެނި އަހަރެން އެހުރިހާއިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ […]
ދަތުރު ވަރުބަލިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކުވެސް އިޝާާ ނަމާދު ކޮށްގެން އަވަސްވެގަތީ ނިދާށެވެ. ނިދަން އޮށޯވެ އޮތް އިރުވެސް ކޮންމެ މީހެއްގެ ހިޔާލުގައިވެސް ވަނީ ދަތުރުގެ އެކިއެކި ހަނދާންތަކެވެ. އައިލީން އާއި ޔޫހާން އެކަކު އަނެކަކުގެ ހިޔާލުގައި އޮތް އިރު ރިފްޝާ އާއިި އިފާންވެސް ދިޔައީ އެދެމީހުންގެ ހިޔާލުތަކުން ހިތަށް ހަމަޖެހުން ހޯދަމުންނެވެ. ޔައިޝްއަށް ޝައުނާ އާއި އޭނަގެ އެކިއެކި ކޯޅުންގަނޑުތައް ހަނދާންވެ ހެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ޔާފިއުގެ އަމަލުތައް ހުންނަގޮތް ސިފަވުމާއެކު އޭނަގެ […]
ޝައިމަންގެ ބައްޕަ ހިނިތުންވެލީ ދަރިފުޅުގެ އުފަލަށްޓަކައި މިފަދަ ބޮޑު ކަމެއް އޭނާއަށް ކޮށްދެވޭތީއެވެ. ” ދެން މީ މިދެމަފިރިންގެ ދޮށީ ދަރިފުޅު ޝައިމަން. އަދި ހުންނާނެ އަންހެން ކުއްޖެއް. ޝައިމަންއަށް ވުރެ ކުޑަވާނީ އެންމެ 2 އަހަރު. އެކަމަކު ބައްޕަމެން މާލެ ބަދަލުވުމާއި އެކު ޚަބަރު ލިބުނީ މީހަކާއި އިނދެގެން 2 ދުވަސްނުވެ ފިލައިގެން ދިޔަ ޚަބަރު. ދޯ އަދުހަމް.” އަދުހަމަށް ދޯ އަޅާލަމުން ޝާފީ ބުންޏެވެ. ” ކީއްކުރާނީ ޝާފީ؟ އެއީ މިޒަމާނުގެ ހާލަތު. މައިންބަފައިންނަކީ […]
“އަހާ…. ހަހަ… މަމީ ކަލޭގެ ކުރީގެ އަންހެނުން ޒީޝާ ގެ ފިރިމީހާ… ކަލޭގެ ދުޝްމަނެއް… ކަލޭ ކުރި ކުށްތަށް ދުނިޔެއަށް ބޭޒާރުކުރަން ފެން ބޮވައިގަނެފައިވާ މީހެއް… ކަލޭ އަށް އަހަރެން ނޭނގިދާނެ… އެކަމަކު އަހަރެންނަށް ކަލޭ އެނގޭ… ކަލޭގެ ތި އަތުގަ އިން ލަފު… ތިއީ އަހަރެން ކަލޭ ހޯދަން އަންނަން ޖެހުނު އެންމެ ބޮޑު ސަބަބު… އަދި މިވަރުން ނޭނގުނިއްޔާ… އަދިވެސް ކިޔާލަދީފާނަން… އިފްޝާ ރޭޕް ކުރުމުން ކަލޭގެ ކިބައިން ބަދަލް ހިފަން އުޅޭ މީހެއް” […]
“އަބަދުވެސް. ކުރިން ޖަނާންގެ ރީތިކަން އަހަރެންގެ ބޮލަށް ސަވާރުވެފައި ހުރުމުން އެކަން އިހުސާސްނުވީ. އެކަމަކު ޖަނާން އަހަރެންނާއި އިންނަން އޮތް ރޭގައި ފިލައިގެން އެހެން ފިރިހެނެއްގެ ފަހަތުން ދިޔުމުން އެކަން އަހަރެން ހަނދާންވީ. މިހާރު އަހަރެންގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ރިމީޝާ” އައްޔަދު ޖެހިލުމެއްނެތި ބުނެލިއެވެ. “އެކަމަކު ރިމީ މިހާރު އެއީ މީހެއްގެ އަންބެއް. ކިހިނެއް އައްޔަދު އޭނާ ހޯދާނީ. އަންހެނަކަށް ދެފިރިހެނުން ހުއްދައެއް ނޫން” ޖަނާން ދެލޯ ފޮހެލަމުން ބުނެލިއެވެ. “އެހެންވީމަ ރިމީ އަދި ހުރިހާ […]
ވިއްސާރަ ދުވަހެކެވެ. އެއްއަތުން ކުޑައެއް ނަގައިގެން އަނެއް އަތުން ފޯނާ ކުޅެމުން އޭ.ޑީ.ކޭ ހޮސްޕިޓަލު ތެރެއިން ނިކުތް ނައުރީންއަކަށް އޭނާ ކުރިމަތިން އައި ޒާއިންއެއް ނުފެނުނެވެ. ޒާއިންގެ ނަޒަރުވެސް ހުރީ އޭނާގެ ފޯނަށް ހުއްޓިފައި ކަމުން އޭނާއަށް ނައުރީން ފެނުންވީ ނާދިރުކަމަކަށެވެ. ކުޑައެއްގެ ހިޔާ ނުވަތަ ކޯޓެއްގެ އެހީތަރިކަން ލިބިފައި ނެތުމުގެ ސަބަބުން އޭނާ ދިޔައީ ބޮޑު ތިކިވާރޭގެ މުތީތަކެއް ފަދަ ތިކިތަކުން ތެމި ފޯވަމުންނެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާރޓު ވަނީ ގައިގައި ތަތްލަވާފައެވެ. ކަނދުރާއާ […]
ދުވަހަކީ އަވިގަދަ ދުވަހެކެވެ. ވައިވަނީ ހިނދިފައެެވެ. ގަހެއްގައި ފަތެއްވެސް ހިރިނުލައެވެ. ދުނިޔެ އަކީ އެކައްޗަކަށް މަރުވެފައިވާ ކަހަލައެވެ. އަހަރެން އޮތީ ގޭގެ ސިޓިންގްރޫމް ސޯފާގައި އޮށޯވެލައިގެންނެވެ. ޚީޔާލަށް އަންނަނީ ޙަޔާތުގެ ސަފްޙާތަކުގައި ކުޑަވަގުތުކޮޅެއްގެ ހުޅުހިފި ތެރޭގައި ހަނދާންތަކެވެ. އަހަންނަކީ ޝާޙީ ޢާއިލާއަކަށް ނިސްބަތްވާ އުމުރުން އެންމެ ވިހި އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް ޢަޒުމަކަށްވީ މަތީ ފެންވަރުގެ ވަކީލަކަށްވާށެވެ. ލަކުނެއް ފަދައިން ފާހަގަ ކޮށްލެވޭފަދަ އަގުހުރި ޚިދުމަތެއް ޤައުމަށް ކޮށްދިނުމެވެ. އާދެ އަހަންނަކީ ޒައިދުއެވެ. ޢާއްމު […]