Skip to content
އެސްފިޔަ

ާމާދަމާވެސް ލޯމަރާލަންޖެހިދާނެއެވެ.

އިރުއޮއްސި އަނދިރިވަމުންދެއެވެ. ކަށްވަޅު ފަދަ ހަމަހިމޭންކަމެއް ވެރިވެފައިވާ މާޙައުލުގައި އެކަނިމާއެކަނި ޖެޓީ މަތީގައި އިށީންދެލައިގެން އިން ޖުމާން އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ލޮލުން ކަރުނަ ހިނދޭގޮތެއް ނުވެއެވެ. ފަނާވަމުންދިޔަ އޭނަގެ ޙަޔާތާާމެދު ވިސްނިވަރަކަށް ހިތުގައި އެޅިފައިވާ ޒަޙަމްތައް ދިޔައީ ފުންވަމުންނެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ހަޔާތުގެ ހުޅުކޮޅުވަނީ ދެންމެދެންމެ ނިވިދާނެހާ ފަނޑުވެފައެވެ. މިހެންވީވެސް ހުދު އޭނަގެ ސަބަބުންނެވެ. ހެޔޮއެދޭ ގާތް މިތުރުންކަމުގައި ދެކިގެން އުޅުނު އިންސާނުންގެ ސިފައިގާ ތިބި ޝައިޠާނުންތައް ކޮށާދިން މަގުން ހިނގަމުންގޮސް ކަށިކުނބުރު ވަލަކަށް ވެއްޓުނީ ޚުދު އޭނަގެ މޮޔަކަމުންނެވެ. މޫނުމަތީގައި އަތް އަޅާ ބާރުކޮށްލެވުނީ އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަލެއް ބޮޑުކަމުންނެވެ. ޖުމާންގެ ހަނދާންތައް ދަތުރުފެށީ މީގެ އަހަރުތަކެއް ކުރިއަށެވެ.

********************

ޖުމާންގެ އުމުރުން އެންމެ ދެެއަހަރުގައި ބައްޕަ ދުނިޔެ ދޫކޮށް ދިޔުންވީ އެކުޑަ ކުޑަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ ޖުމާންގެ މަންމަ އޭނާ ބަލާ ބޮޑުކުރަމުންދިޔައީ ބައްޕައެއް ނެތްކަމުގެ ފަޅުކަން އިޙްސާސްވެސް ނުކުރެވޭނެހާ ލޯތްބާއި އަޅާލުންދީގެންނެވެ. އަތްމަަތި މާތަނަވަސް ނޫންކަމުގައިވިޔަސް ރީތިހެން ހީވާ އަންނައުނާއި މީރު ކާނާ ކާންދީގެން ގެންގުޅެމުން ދިޔައިރު އެމަންމަ ދިޔައީ ދަރިފުޅުގެ ޙައްޤުގައި ރެއާއި ދުވާލު އެތަކެއް ޤުރުބާނީތަކެއްވަމުންނެވެ. ކިތަންމެ ބަލިކޮށް އުޅުުނުކަމުގައިވިޔަސް ހޭބޯނާރާ މަސައްކަތްކުރަމުންދިޔައީ ދަރިިފުޅަށް އެއްވެސް ކަމެއް އުނިވެނުދިނުމަށްޓަކައެވެ. ނަތީޖާއެއްގެގޮތުން ޖުމާން ބޮޑުވަމުން ދިޔައީވެސް އެމަންމަ އުންމީދުކުރިފަދަ ހެޔޮލަފާ، މަންމަދެކެ ނުހަނު ލޯބިވާ ދަރިއެއްގެ ގޮތުގައެވެ.

ނަމަވެސް ޖުމާންގެ އުޅުމަށް ބަދަލުތަކެއް އަންނަންފެށީ ފަހަކަށް އައިސް އޭނާ ގުޅުނު ރައްޓެހިންތަކެއްގެ ސަބަބުންނެވެ. އަހިވަކަކާޖެހި އަހިވަކެއް ފާވާނެއޭ ބުނާ ފަދައިން ޖުމާންގެ އުޅުންވެސްދިޔައީ އެމީހުންނެކޭ އެއްގޮތަށް ބަދަލުވަމުންނެވެ. ނަމާދުކުރުމާާ ޤުރުއާން ކިޔެވުންފަދަ ދީނުގެ މަތިވެރި ފަރުޟުތަކަކީ މިހާރު ޖުމާންއަށް މާމުހިންމު ކަންތައްތަކެއްނޫނެވެ. މާޒީވަމުންދިޔަ ކޮންމެ ދުވަހަަކާއި އެއްކޮށް ޖުމާންގެ އުޅުމަށް އަންނަމުންދިޔަ ބަދަލުތައް ފެނި ޖުމާންގެ މަންމަ އެތަކެއް ރެއަކު ނުނިދާހުރެ ދަރިފުޅު ހެޔޮ މަގަށް ރުޖޫޢަކޮށްދެއްވުމަށްއެދި ދުޢާކުރަނީ ދެލޮލުން ކަރުނައަޅާ ޙާލުގައެވެ. ކިތަންމެ ވަރަށް ނަސޭޙަތްދިނަސް އެބަސް ޤަބޫލުކުރާނެ ވަރަށްވުރެން ޖުމާންވަނީ ޤާފިލުކަމުގެ ތެރެއަށް ޣަރަގުވެގެންގޮހެވެ.

ރައްޓެހިންނާއިއެކު އުޅުމުގެ ތެރޭގައި ޖުމާންއަށް ވަރަށް ޒަމާނީ އަންހެން ކުއްޖެއްދެކެ ލޯބިވެވުނެވެ. ޖުމާންއަށް ނޭންގުނީ އެއިންކޮންމެ ކަމަކީވެސް ފަރުދާގެ ނިވަލުގަަައިތިބި ނުބައި ޝައިޠާނުންތަކުގެ މޮޅެތި ރޭވުންތައްކަމެވެ. އެއަންހެންކުއްޖާގެ ޖާދޫގައިޖެހި ޖުމާން ދީވާނާވަމުންދިޔަ ނަމަވެސް އެކަންވީ ކުޑަދުވަސްކޮޅެއްގެ ކަމަކަށެވެ. ހިތްފުރޭވަރުވުމުން އެއަންހެންކުއްޖާ ޖުމާން ދޫކޮށްދިޔައީ ފޫހިވެއްޖެ ކަމުގައި ބުނެފައެވެ. އެކަންވެގެންދިޔައީ ޖުމާންއަށް ކެތްކުރެވޭ ވަރުގެ ކަމަކަށްނޫނެވެ. ދެން ޚިޔާރުކުރީ ނުބައިކަން ބޮޑުވެގެންވާ މަގެކެވެ. ހިތަށް ހަމަޖެހުން ހޯދުމަށްޓަކައި ހުއްޓުމެއްނެތި މަސްތުވާތަކެތީގެ ބޭނުންކުރަމުންދިޔައީ ރައްޓެހިންގެ ހިޔާލާ އެއްގޮތަށެވެ. އެކަމުގެ ނުބައިކަމާ ދޭތެރޭ ނުވިސްނި ތާންގައި ހަށިގަނޑަށް ލިނިދާނެ ގެއްލުމަކާމުދުވެސް ފަރުވާލެއް ނުބަހައްޓައެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް ހިތާމަތަކަށް ކެތްނުވެގެން ޖުމާންގެ މަންމަ މިފަނާވަނިވި ދުނިޔެއާއި އަލްވަދާޢުކީ ދުވަސްވެގެންދިޔައީ ޖުމާންއަށްވެސް ދިރިހުއްޓާ އޭނަގެ މަރުގެ އިންޒާރު ލިބުނުދުވަހަށެވެ. މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެއް ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރު ބުނީ މާާގިނައިން މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރުޖެހި އޭގެ އެންމެ ފަހު ސްޓޭޖުގައިވާކަމަށެވެ. ދެން ދުނިޔޭގައި ހޭދަކުރެވޭނީ މަދު ދުވަސްކޮޅެއްކަމުގައި ޑޮކްޓަރު ބުނުމާއިއެކު ޖުމާންގެ ކަންފަތްދޮށުގައި ހީވީ ހޮނުގުގުރިއެއް ޖެހިހެންނެެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޣާފިލުކަމުން ހޭލެވި ދެލޯ ހުޅުވުނުއިރު ވަގުތުމިވަނީ ފާއިތުވެފައެވެ. ޖުމާންއަށްޓަކައި އެތަކެއް ޤުރުބާނީތަކެއްވުމަށްފަހު އެހެޔޮލަފާ މަންމަ ދުނިޔެދޫކޮށް އެދިޔައީ ޖުމާނައަށްޓަކައި ކަރުނައަޅައަޅާ ހިތަށް ކެތްނުކުރެވުމުންނެވެ. ޖުމާންގެ ހަޔާތް ނިމިގެން މިދަނީ ޖާހިލުކަމުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮންނެވެ. ސުވަރުގެއަށް ދެވޭނީ މަންމަގެ ފައިތިލަަދަށުންކަމަށްވާއިރު ޖުމާންގެ ކިބައިން މަންމައަށް ދެވުނީ ހިތާމައާއި ހިތްދަތިކަމެވެ. ދެން އެމަންމައަށްޓަކައި ކަރުނައަޅާ ރުއިމަކުން ވާނެއެއްކަމެއްވެސްނެތެވެ. ޖުމާންއަށް ދުނިޔެމަތީގައިވެސް އޭނައަށް ޙައްޤު ޢަޛާބުލިބިއްޖެއެވެ. ޙުދު ޖުމާންއަށްވެސް އެކަން ޤަބޫލުކުރެވުނެވެ.

*****************

ޖުމާންއަށް ހިޔާލުތަކުން ބޭރުވެވުނީ މަޣުރިބު ނަމާދުގެ ބަންގީގެ އަޑަށެވެ. އެއަޑު އިވުމުން ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއްލިބުނެވެ. ޖުމާން އަވަސްވެގަތީ ނަމާދަށްދިއުމަށެވެ. ހަޔާތުގައި ބާކީ އެންމެ ސިކުންތެއް ލިބުނުކަމުގައިވިޔަސް ތައުބާވެ ކުށްފާފަތައް ފުށްސެވުމަށްއެދި ދުޢާކުރުމަށް ހިތުގެ އެންމެ ފުންމިނުންވަނީ ޢަޒުމް ކަނޑައަޅާފައެވެ. މާދަމާވެސް ލޯމަރާލަންޖެހިދާނެއެވެ.

Comments (29)

  1. shaan

    nice ?????

    1. No one
      shaan

      Thank you shaan..

  2. mishy

    Wowww… vrh vrh reethi…. waitin 4 ur new stry….♥♥♥♥♥

    1. No one
      mishy

      Thank u mishy.. I’m really happy that u liked this story..❤️❤️❤️

  3. eysh

    Varah reethi varah iburaiytheri vaahaka eh mee. Great work dear. Story varah reethi. Keep it up ??????

    1. No one
      eysh

      Thanks eysh.. vr happy vehje vaahaka kiyaalyma

  4. ???ashko

    Nice
    Mi nimuneetha mi stry
    Vrh nice ngey??????????

    1. No one
      ???ashko

      Yes ashko.. this is a short story.. vr happy vehje story kiyaalyma..❤️❤️?

  5. eema

    V reethi

    1. No one
      eema

      Thanks..

  6. Someone

    I m also 15 jst shcked hrdha reehchey keep it up buddy ??❤

  7. No one

    Thank u someone for the lovely comment.. i really hope to see a story from u too????

  8. neelaa

    V reethi v ibraiy theri

    1. No one
      neelaa

      Thank u

  9. Shafaq

    Salhi…

    1. No one
      Shafaq

      Thank u so much shafaq

  10. Shaany

    Vara loabi I’m also a story writer so its amazing to read you’re story

    1. No one
      Shaany

      Thank u so much shaany… I’m really happy vaahaka kiyaalyma..hope to see a story from u soon

  11. Saadhu

    V iburetheri vahakaye.mashaa Allah.

    1. No one
      Saadhu

      Thank u saadhu for the lovely comment

  12. Neih bunaa hitheh

    Masha Allah vrh reethi vaahaka..

    1. No one
      Neih bunaa hitheh

      Thanks nei bunaa hitheh.. I’m really happy and shocked that u read the story and gave a positive comment.. so sweet of u..???❤️

  13. Naju

    Masha Allah v rythi ibraitheri vaahaka eh

    1. No one
      Naju

      Thank you najoo….

  14. ???ZEEN??

    Reethi vaahka eh

    1. No one
      ???ZEEN??

      Thank u zeen

  15. saroo

    vvv reethi vaahaka eh

  16. Kayaan

    V v v v v v reethi vaahaka e … keep it up

  17. ownx

    wow

Comments are closed.