Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….36

Ushaali Level 810 Stories100 Comments100 Stories500 Comments
May 11, 2018 9 Mins Read
43 Comments

“ކަމެއް ދިމާވެގެން ގުޅީމަ ވެސް މި ޝިނާނަކަށް ނޭނގޭނެ އަވަހަކަށް އަންނާކަށް. ކަމެއް ވާއިރަށް ދެކޮޅު ނުބަލާ އަނބިން ދޫކޮށްފައި ދާއިރު ވެއްޖެ ވިއްޔާ މައިތިރިނުވެގެން އިންނަން. ދެން މަ ކިހިނެއްތަ މި ދޮރު ލެއްޕިޔަނުދީ ހިފަހައްޓާނީ…. ” އެތެރޭގައި ހުރެ ދޮރުލައްޕަން މަސައްކަތް ކުރަމުން ދިޔަ އައްޔަދު ބަލިކޮށްލުމަށް ދޮރުން ބޭރުގައި ހުރެ ހަށިގަނޑުގައި ނެތް ބާރު ދައްކަމުން ދިޔަ ޒޯހަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝިނާނަށް އަޑު ލަމުން ދިޔައެވެ. އައްޔަދުގެ އެއް އަތް ތެރޭގައި ގަދަހަދަމުން ރިމީޝާ ރޮމުން ދިޔައިރު ދެލޯ ހުއްޓިފައި ހުރީ ދުރުގައި ބިރުގަނެފައި ހުރެ ރޮމުން ދިޔަ މިޝްކު އަށެވެ. އެހެން ހުރި އިރު އޭނާގެ ހިތުގައި އައްޔަދަށް އުފެދިފައިވާ ރުޅީގެ އަލިފާން ގަނޑު އިތުރަށް ހުޅުފަޅާ ރޯވަމުން ދިޔައެވެ.

ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ޒޯހަލް ގެ ބޯމަތިން ދޮރުގައި ދެއަތް އަޅާ މީހަކު ވަރަށް ބާރަށް އެތެރެއަށް ކޮށްޕާލިއެވެ. ދޮރު ހުޅުވިގެން ދިޔަ ބާރު މިނުގައި ދޮރުފަތް އައްޔަދުގެ ބޮލުގައި ޖެހި ބެލެންސް ކަޓައިގެން ދިޔައެވެ. މަދު ވަގުތުކޮޅަކަށް ރިމީޝާ އޭނާގެ އަތުން ދޫވިއެއް ކަމަކު ހަމަ އެސިކުންތުގައި އަލުން ރިމީޝާގެ އަތުގައި ހިފާ އޭނާ ގަޔާ ދިމާލަށް ދަމާލިއެވެ. ޒޯހަލް ހުރަސްކޮށް ގޭ ދޮރުން ވަން ޝިނާން ފެނި ޒޯހަލް ހުރީީ ހުޅުވުނު އަނގަ ލައްޕަން ވެސް ނޭނގިފައެވެ.

“އަދިވެސް ތިމާ މީހާގެ ވަރުގަދަކަން ދައްކާނީތަ؟ ފަހު ތަޅާލުންގަނޑަށް ސުނިލް ސެޓީ ވައްޓާލާހެން އެންމެ ފަހު ވަގުތު އައިއްސަ ވެސް ބަލަހައްޓައިގެން ހުންނާނީތަ؟…. އަހަރެން ވަރުބަލިވެއްޖޭ މިތާ މިހެން ހުރެހުރެ” ރާގުލާފައި ދެ އުކުޅުގައި އަތް ވިއްދާލައިގެން ހުރެ ޒޯހަލް ބުނެލިއެވެ. ދުރުގައި ހުރެ ރޮމުން ދިޔަ މިޝްކު ފެނި ޒޯހަލް ދުވެފައި ގޮސް މިޝްކު އުރާލިއެވެ.

“ރިމީ ދޫކޮށްލާ. ތީ މަގޭ އަނބިމީހާ” އައްޔަދާއި ދިމާލަށް ފިޔަވަޅެއް އަޅަމުން ޝިނާން ބުނެލިއެވެ. އައްޔަދުގެ ދެއަތުގެ ތެރޭގައި ހުރެ ރޮމުން ދިޔަ ރިމީޝާގެ މޫނަށް ބަލާލެވުމާއި އެކު ޝިނާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އެތެރެހަށީގައި ދައުރުވަމުން ދިޔަ ލޭތައް ކެކިގަތުމާއެކު ކަތުރު ކަށިގަނޑުގެ ދެފަރާތް ވެސް ހެލިލިއެވެ. އޭނާ ދިޔައީ އިންސާނަކު ކެތްކުރާނެ އެންމެ މަތީ ދަރަޖައަކަށް ކެތް ކުރަމުންނެވެ. އައްޔަދާއި ކައިރިއަށް ޝިނާން އަޅާ ކޮންމެ ފިޔަވަޅަކަށް އައްޔަދު ދިޔައީ ރިމީޝާ ގޮވައިގެން ފަހަތަށް ޖެހެމުންނެވެ.

“ހެހެހެ… ނާނު ގެ ވެސް އަންހެނުން ދޯ. މަގޭ އަންހެނުންނަށް ވެސް ވިޔޭ” އައްޔަދު ބުނެލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ބިރުވެރިކަމެއް ނުފެނެއެވެ. އޭނާގެ ދެއަތް ތެރޭގައި ރިމީޝާ ތެޅެމުން ދިޔައިރު އޭނާގެ ހަށިގަނޑަށް ގުޑުމެއްވެސް ނާދެއެވެ.

“މިބުނީނު ދޫކޮށްލާށޭ. އެނގޭތަ ތި އަރައިގަނެވުނީ މީހެއްގެ ހައްގަކަށް. ތީ ގާނޫނީ ބޮޑު ކުށެއް. އެހެންވީމަ ރީތިގޮތުގަ މިބުނަނީ ދޫކޮށްލާ ރިމީގެ ގައިން. އަހަރެން އަތުން ފައިން ގޯހެއް ހަދަން މަޖްބޫރު ނުކުރޭ” ޝިނާން ދެވަނަ ފަހަރަށް ވެސް ބުނެލިއެވެ.

“އަނެއްކާ ވެސް. ބަލަ ފިލުމު ތަކުގަ އިންޒާރުދޭން ހީރޯ އައިއްސަ މަޑުކުރާނީ. ފުލުހުންނަށް ގުޅަންވީތަ؟” މިޝްކު ގޮވައިގެން ކޮޓަރިއަށް ވަންނަން ދިޔަ ޒޯހަލް ބުނެލި އަޑު އިވުނެވެ. އެވަގުތު ރޮމުން ދިޔަ ރިމީޝާގެ ކަޅި އެދިމާލަށް ދަތުރުކޮށްލިއެވެ. ފުލުހުން ގެނެސްގެން ވިޔަސް އޭނާ ސަލާމަތްކުރަން އެދޭ ކަހަލައެވެ.

“ނާންނާތި ކައިރިއަށް. އަހަރެން ރިމީ ކަރުގައި ހިފާ މަރާލާނީ. އަދި އަހަރެން އަމިއްލަ އަށް ކަރުގައި ހިފާ ރިމީ އާއި އެކީގައި މަރުވާނީ…. ނާންނާތި ކައިރިއަށް…….” ޝިނާނަށް ކެތްވީ ކުޑަ އިރުކޮޅަކަށެވެ. ބަނޑުހައިވެފައިވާ ސިންގާއެއް އޭތީގެ ޝިކާރަވެރިޔާ އަށް ހަމަލާ ދޭ އުސޫލުން ކުއްލިއަކަށް ގޮސް ހިފީ އެކަމަށް ނުވިސްނާ ހުރި އައްޔަދުގެ ކަރުގައެވެ. ނުވިސްނާ ހުރި އައްޔަދު އަތުން ރިމީޝާ ދޫވުމާއެކު ސަލާމަތުން އޮތް ޝިނާންގެ އަތުން ރިމީޝާގެ އަތުގައި ހިފާ ދުރަށް ލިއެވެ.

“އަހަރެން މިއަދު ކަލޭ މަރާލާނަން! މަރާލާނަން! ކަލެއަށް އިހުސާސް ވެސް ނުކުރެވޭނެ އެލޯތްބަށްޓަކައި އަހަރެން ކުރި ދިގު އިންތިޒާރު. ހިތު ހުރިގޮތަށް ފިޔަތަކާއި ކުޅެލާފައި ބޭނުން ނެތިގެން ގަހުން ވަކިކޮށް އެއްލާލި މާ ، އަހަރެންނަށް އެންމެ ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ވެސް އެމަލަށް އަހަރެންގެ ހިތް ދެވުނު. ކަލޭ ބޭނުންނުވިޔަސް ދެވަނަ ފަހަރަށް ކަލޭގެ އަންބަކަށް ރިމީ ވެގެން ދިޔައީ އަހަރެން ވެސް ބޭނުންވެގެން. އެވެސް ހަމައެކަނި ރިމީއަށްޓަކައި. އެކަމަކު ކަލޭ އޭނާ އަށް ނަހަދަނީ ކޮން ގޮތެއް؟ އަހަރެން ބޭނުންވަނީ ކަލޭގެ އަތުގައި ތިވާ ދިހަ އިނގިލި ވަކިވަކިން ބިންދާލަން…. އެއީ ކަލޭ އަހަރެންގެ ރިމީ އަށް ތި ދެއަތުން އަނިޔާ ކުރީތީ…………އާނ! ކަލެއަށް އަހަރެންގެ ސިކުނޑި އާއި ކުޅެލެވުނު. ފަހަރެއްގައި ވެސް އަހަރެން ހިއެއް ނުކުރަން ތިކަހަލަ މީހެއްގެ ވާހަކަތަކުގެ އަޑު އަހައިގެން އަހަރެންގެ ރިމީގެ ވާހަކަތަކަށް އަހަންނަށް ބީރު ކަންފަތެއް ދެވިދާނެ ކަމަކަށް. އެކަމުގައި މިއަދު ކަލެއަށް ކާމިޔާބު ވެއްޖެ. އެކަމަކު މާތް ﷲ ގަންދީ ހުވާކޮށްފަ މިބުނީ އަހަރެންގެ އަނބިމީގެ ހަށިގަނޑުގައި އޭނާގެ ނުރުހުމުގައި ބީހުނު އެއްވެސް އަތެއް ފައެއް ސަލާމަތުން ބާއްވަން އަހަރެން ބޭނުމެއްނޫން. މިއަދު ކަލޭ މަގޭ އަތުން މަރުވާނެ….” ޝިނާން އަޑުގަދަ ކުރަމުން ގޮސް ސިޓިންގްރޫމު ފާރުގައި އައްޔަދު ތަތްކޮށްލިއެވެ. ސޯފާ ބުޑަށް ވެއްޓިފައި އިން ރިމީޝާ ރޮމުން ދިޔައެވެ. އެމަންޒަރު ފެންނަ ކޮންމެފަހަރަކު ޝިނާންގެ ލޭ ކެކިގަނެއެވެ.

އައްޔަދުގެ ކަރުގައި ޝިނާން ހިފައިގެން ހުރި އަތް މަތީގައި އަތް އަޅައިގެން އައްޔަދު އަމިއްލަ ސަލާމަތް ހޯދަން މަސައްކަތް ކުރަމުން ދިޔައިރު ދިޔައީ މަރަށް ތެޅެމުންނެވެ. އަނގަ ހުޅުވިފައި ހުރިއިރު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނިތްކުރިމަތިން ދާތިކިތައް ވިދަމުން ދިޔައެވެ. ބަލާ ނުބަލާ ތަނެއް ނޭނގި ބޮޑުވެފައި ހުރި އައްޔަދުގެ ދެލޮލުގެ ކަޅި ދެފަރާތަށް ދަތުރުކުރަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ޝިނާން ނުވިސްނައެވެ. މިހުރިހާ ދުވަހު އޭނާ ހިފަހައްޓައިގެން ހުރި ރުޅިގަނޑު އެއްފަހަރާ ހިންދާލަން އުޅޭ ކަހަލައެވެ.

“ނޫން ނޫން ޝިިނާން ދަރިފުޅާ…. އޭނަ ދޫކޮށްލާ…. ޒާއްތަ ޔަގީންކަން މިދެނީ ދުވަހަކު ވެސް އޭނަގެ ފަރާތުން ދެން އެފަދަ އަމަލެއް ނުފެންނާނެ. މީހެއްގެ މަރާ ހަވާލުނުވޭ. ކޮންމެ ނަފްސަކީ ވެސް ހުރުމަތްގެންވާ ނަފްސެއް” އެތެރެއަށް ވަދެގެން އައި ޒާއިރާ ރޮމުން ބުނަމުން ދިޔައެވެ. އޭރު އައްޔަދު ނޭވާ ނުލެވިގެން ތެޅެމުން ދިޔައެވެ.

“އަހަރެން ވަރަށް ކެތްކޮށްފިން. އަހަރެން ބޭނުމެއްނޫން އަހަރެންގެ ރިމީގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލި މީހަކު މިދުނިޔޭގައި ބަހައްޓާކަށް” ރުޅި ގަދަވެފައި ހުރި ޝިނާން އިއްވާލިއެވެ. ތަނުގައި ކަމެއް ވާހެން ވެސް ހީނުވެ ސޯފާ ބުޑަށް ވެއްޓިފައި އިން ރިމީޝާގެ ގައިގަ ހިފާ ތަޅުވައިގަތީ ޒާއިރާއެވެ.

“ރިމީ!! ޝިނާން މީހަކު މަރާ އެލަނީ. ޝިނާން ހުއްޓުވާ. ޒާއްތަގެ އަޔާ ސަލާމަތްކޮށްދީ. އޭނަ އެމަރު ވަނީ. އޭނަ މަރާލީމަ ދެން އެއީ ނުވާ ކަމަކަށް ނުވާނެއްނު. އެއޮށްމަރު ވަނީ…” ރޮއެރޮއެފާ ޒާއިރާ ބުނަމުން ދިޔައެވެ. ކަރުނަތަކާއި އެކު ދެލޯ ފެންކަޅިވެފައިވާ ހާލު ރިމީޝާ އެދިމާ ބަލާލިއެވެ. ތެދެކެވެ. ޝިނާން އަތުން މަރުވެގެން އެދަނީ އިންސާނެކެވެ. ރިމީޝާ ދުމެއް ޖަހާފައި އެދިމާލަށް ގޮސް ހިފެހެއްޓީ އައްޔަދުގެ ކަރުގައި ހިފާފައި ހުރި ޝިިނާންގެ ދެއަތުގައެވެ.

“މޮޔަވީތަ؟ ދޫކުރަންވީ… ހަމަ މިހާރު ދޫކުރަންވީ. މާ ލޯބިވާ މީހަކަށް ވެގެން އުޅޭނެ ކަމެއް ނެތް. ތީ މުޅިން ވެސް އެއްކަހަލަ ފިރިހެނުން. އަމިއްލަ ބޭނުމެއް އޮވެގެން ނޫނީ އަންހެނަކަށް ދުވަހަކު ވެސް ރަހުމެއް ނުކުރާނެ ބައެއް ތީ” ރިމީޝާގެ ވިހަގަދަ ބަސްތަކުން ޝިނާންގެ ނަޒަރު ހުއްޓުނީ ރިމީޝާގެ މޫނަށެވެ. ހިތަށް ވީ ތަދާއެކު އައްޔަދުގެ ކަރުން ވެސް ދެއަތް ދޫކޮށްލެވުނެވެ. ބިމުން ކަނޑާ ވައްޓާލި ރުކެއްހެން އައްޔަދު ހުރި ދިމާލުން ތިރިއަށް ވެއްޓުމާއެކު ޒާއިރާ ގޮސް ހިފެހެއްޓިއެވެ. މާނޭވާ ލެވެމުން ދިޔަ އައްޔަދުގެ އަނގައިން ފައިބާފައި ހުރި ދަވަތަކާއި ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ޒާއިރާގެ ދެއަތުން ފޮހެމުން ދިޔައިރު ގިސްލާ ރޮމުން ދިޔައެވެ. ލޯބިވާ ދަރިފުޅަށް ދިމާވެފައިވާ ދަތި ހާލަށް ޒާއިރާ އަޑުން އަޑު ނަގާ ރޮމުން ދިޔައެވެ.

“ފެނ….ފެންފޮދެއް” ލަސްލަހުން އައްޔަދު ބުނެލިއެވެ. ރިމީޝާ ދުވެފައި ބަދިގެ އަށް ގޮސް ދެން އައީ ފެންތައްޓެއް ހިފައިގެންނެވެ. އެހުރިހާ މަންޒަރެއް ބަލަން ހުއްޓިފައި ޝިނާން ހުއްޓެވެ.

“ޒާއްތާ އަޔާ މިގެއިން ގެންދޭ. ވީހާވެސް އަވަހަކަށް އަޔާ ޑޮކްޓަރަށް ދެއްކޭތޯ ބަލާ. އަދި މީވީ ކަންތަކަށް އަހަރެންނަށް މަޢާފް ކޮށްދެއްޗެ” ރޮވިފައިވި އަޑަކުން ރިމީޝާ ބުނެލިއެވެ. ޒާއިރާ ވަކި އެއްޗެއް ނުބުނެ އުނދަގުލުން އައްޔަދު ނަގައިގެން އަތުލަފިކޮށްގެން އެބައިން ނިކުންނަމުން ދުރުގައި ހުރި ޒޯހަލް އަށް ބަލާލީ ޝުކުރުވެރި ވަމުންނެވެ. އެހެނީ ވަގުތުފާއިތު ނުވަނީސް ޒާއިރާއަށް ގުޅީ ޒޯހަލް އެވެ.  ޝިނާން މަޑުމަޑުން ރިމީޝާ އަށް ދިމާލަށް އަންނަން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ފުރަގަސްދީގެން ހުރި ރިމީޝާގެ ކޮނޑުގައި ޝިިނާން އަތް ބާއްވާލުމާއެކު ރިމީޝާ ނުރުހިފައި އަތް ފޮޅުވާލިއެވެ.

“ރިމީ!! މަޢާފްްކުރޭ!!”

“މަޢާފޭ… ދުވަހަކު ވެސް ނުކުރާނަން. މަށަކީ އެހާ މާތް މީހެއް ނޫން. އައްޔަދަށް ފަހު އަހަރެންގެ ހަޔާތް އުޖާލާ ކޮށްދޭނެ ބައިވެރިއެއް ލިބުނު ކަމަށް ހީކުރިން. އަހަރެންގެ އެކަނިވެރި ހިތްދަތި ދުވަސްތަކަށް ނިމުމެއް އައި ކަމަށް ހީކުރިން. ކޮންމެ ހާލެއްގަ ވެސް އަބަދުވެސް އަހަރެންގެ އެންމެ ކައިރީގައި ވާނޭ ހީކުރިން. އެކަމަކު…. ހެހެހެ…. މޮޔައީ އަހަރެން…. ދެވަނަ ފަހަރަށް ވެސް މީހަކަށް އިތުބާރު ކުރެވުނީ…. އެންމެ ފުރަތަމަ އިތުބާރު ކުރެވުނު އިންސާނާ ހަޔާތަށް އައުމަށްފަހު ލޯބި ލިބުނު އެންމެ ދުވަހެއް ވެސް ނެތް. އަހަރެންގެ ލޯ ކުރިމަތީގައި އެހެން އަންހެނެއްގެ ތަންމަތި ފަޅުފިލުވާދިނީ. އަހަރެންނަށް ބޭވަފާތެރިވީ. އަހަރެންގެ އެއްވެސް ކުށަކާއި ނުލާ. އެތައް ދުވަހަކު ވޭނާއި ތަދު ތަހައްމަލް ކުރުމަށްފަހު އަމާންކަމުގެ އައްސޭރިއަކަށް އަހަރެންނަށް އާދެވުނީ. އަބަދުވެސް އަހަރެންދެކެ ލޯބިވެޔޭ ބުނާ މީހާ އަހަރެންނަށް ހުވަފެން ދެއްކީ. އެމީހަކު އަހަރެން ކަންފަތް ކައިރީގައި ރީތި މިޔުޒިކެއް ފަދައިން ދެއްކި ވާހަކަތަކުގެ ސަބަބުން އަހަރެންގެ ހިޔާލު ބަދަލުވީ. އެހެންވެ ތިންވަނަ ކައިވެއްޏެއް ކުރީ. އެކަމަކު ނަތީޖާ މިދެއްކީ ކިހިނެއް؟ މީހަކު ދައްކާލި ހަމަ އެންމެ ވާހަކައަކަށް އިތުބާރު ކުރެވުނު އިރު ، އެމީހަކު ދެކެ ތިމާ ލޯބިވާއިރު އެންމެ ފަހަރަކު ވެސް ހަގީގަތަކީ ކޮބާތޯ ބަލާނުލި. އަމިއްލަ އަށް ގޮތް ނިންމީ. އަހަރެންނަކީ ބޭވަފާތެރިއެއް ކަމަށް ދެކުނީ. އަހަރެންގެ ބޮލުގައި ބޭވަފާތެރިކަމުގެ ނިޝާން ޖެހީ. އެންމެފަހުން ހިލޭ ފިރިހެނެއްގެ އަތް މައްޗަށް އަހަރެން ދޫކޮށްލާފައި ދިޔައީ. ނުވިތާކަށް ފޯން ވެސް ނިވާލީ. އަހަރެން އުޅޭނީ ކޮންފަދަ ހާލެއްގައޭ ވެސް އެންމެ ފަހަރަކު ވެސް ހިތަކަށް ނޭރި. މިއަދު އައްޔަދުގެ އަތްދަށުން އަހަރެން ސަލާމަތްވުން އެއީ ﷲ ގެ ރަހްމަތްފުޅު. އޭނާ އަހަރެންގެ ކުޑަ ދަރިފުޅު ކުރިިމަތީގައި އަހަރެން ރޭޕްކޮށްފައި ދިޔަނަމަ ޝިނާނަށް އަހަރެންނަށް ތި މޫނު ދައްކަން ކެރުނީސްތަ؟ އެނ؟ ބުނެބަލަ؟ ހަމަ ތިހެން އައިސް ކުރިމަތީގައި ހުއްޓިފައި މަޢާފްކުރާށޭ ބުނަން އަނގަ ހުޅުވަން ކެރުނީސްތަ؟ އަހަރެންގެ އަތުން ފައިން މިއަދު ގޯހެއް ނުހެދުނީ ކިރިޔާ. އަނދިރީ ތެރޭގައި އަހަރެން ހީކުރީ އެއީ ޝިނާން ކަމަށް. ޝިނާނާއި މެދު އަހަރެންގެ ހިތުގައި ވަނީ ކީކޭ ކަން އަހަރެންނަށް ކިޔާދެވުނީ އައްޔަދަށް. ޝިނާން ކަމަށް ހީކޮށް އަހަރެންނާއި އައްޔަދު….. ޗި…. ތީތަ މީހުން ލޯބިވާ ގޮތަކީ؟ އަހަރެން އެންމެ މިނިޓަކު ވެސް މިތާ ހުންނާކަށް ބޭނުމެއްނޫން. ޝިނާނަށް ފުރިހަމައަށް އަހަރެންނަށް އިތުބާރު ކުރެވުނު ދުވަހަކުން އަހަރެން ބަލާ އަދޭ” ރުޅި އާއި ވޭނާއި އެކުލެވޭ ރާގެއްގައި ރިމީޝާ ދައްކަން ފެށި ވާހަކަތައް ނިންމާލި އިރު ރަނގަޅަސް ވެސް އޭނާ އަށް ވަނީ ރޮވިފައެވެ. ޝިނާނާއި މެދު އޭނާގެ ހިތުގައި ވި ހުރިހާ ޝަކުވާތަކެއް މިއަދު ބޭރުކޮށްލެވިއްޖެއެވެ.

ކޮޓަރިއަށް ވަދެގެން ދިޔަ ރިމީޝާ އިރުކޮޅަކުން އައީ މިޝްކު އަތުގައި ހިފައިގެންނެވެ. މިޝްކުގެ ކޮނޑުގައި ދަބަހެއް އަޅުވާފައި ވާއިރު ރިމީޝާގެ އަނެއް އަތުގައި ބްރީފްކޭހެއް އޮތެވެ. ފަހަތުގައި ޒޯހަލް ވެސް ވާނުވާ ނޭނގިފައި ހުއްޓެވެ. ޝަހާދަތް އިނގިލީގައި ކުޑަކޮށް ދަތް އަޅާލީ ހިތަށް އެރި އެއްޗަކުންނެވެ.

“އަޅެ…. ރިމީގެ މި ފިލްމަށް ސޭޑް އެންޑިންގް އެއް އައީ ކަންނޭނގެ…..” ޒޯހަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

“ޒޯ…. މިޝްކު ގޮވައިގެން ބޭރުގައި މަޑުކޮށްލަދީ…. އަހަރެން މިއަންނަނީ ވޮލެޓް ހިފައިގެން” ރިމީޝާ ބުނެލިއެވެ. ޒޯހަލްގެ އަތުގައި ހިފައިގެން ދޮރުން ނިކުންނަން ދިޔަ މިޝްކުގެ ދެލޯ އަމާޒުވެފައި ހުރީ ސިޓިންގްރޫމުގައި އިސްޖެހިފައި ހުރި ޝިނާނަށެވެ. މަޑުމަޑުން ދޮރާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔަ ރިމީޝާ އަށް ވެސް ދުރުގައި އިސްޖަހައިގެން ހުރި ޝިނާންގެ ދެލޮލުން ވެއްޓިގެން ދިޔަ ކަރުނަތިކި ފެނުނެވެ. އިންތިހާ އަށް ހިތުގައި ރިއްސާލިއެވެ. ދޮރާއި ހަމައަށް ދިޔުމަށްފަހު މަޑުކޮށްލިއެވެ.

“ޝިނާން!! އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން އައްޔަދު ނޫނީ އެހެން ފިރިހެނެއްދެކެ އަހަރެންނަށް ލޯބި ވެވިދާނެ ކަމަކަށް. އެކަމަކު މިއަދު….. އާނ… އަހަރެން ޝިނާން ދެކެ ލޯބިވަން. ވަރަށް ބޮޑަށް ލޯބިވަން. އައްޔަދު ކައިރީގައި ވެސް އަހަރެންނަށް ބުނެވުނީ އެއީ ޝިނާން ކަމަށް ހީކޮށް” ރިމީޝާގެ ޖުމްލަ ތަކުން ޝިނާންގެ ހިތަށް އެތައް ހާސް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިސްއުފުލާ ރިމީޝާ އަށް ބަލާލެވުނީ ކުއްލިއަކަށެވެ.

“ޝިނާން މިގެއަށް އައިސް އަހަރެން ކައިރީގައި އެސުވާލު ކުރީމަވެސް ޖަވާބުދޭން އަހަރެން މަސައްކަތް ކުރިން. އަހަރެން ބޭނުންވީ ވަރަށް ހާއްސަ ގޮތަކަށް އަހަރެން ހިތުގެ ހާލު ޝިނާނަށް އިއްވާލަން. އެކަމަކު އަމިއްލަ އަށް ގޮތް ނިންމަން ތިމާ މާ ކުޅަދާނަވީމަ އެއްޗެކޭ ކިޔާފައި ދިޔައީ…” ރިމީޝާ އޭނާގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ބޭރު ކުރަމުން ދިޔައެވެ. ޝިނާން ރިމީޝާ އާއި ދިމާލަށް އަންނަން ފިޔަވަޅެއް އަޅާލުމާއެކު ރިމީޝާ ހުއްޓުވިއެވެ.

“ނޫން…. އަހަރެން ނުހުއްޓުވާތީ… އަހަރެން މިގެއިން ދާނީ. ޝިނާން އަހަރެން ވަރަށް ބޮޑަށް ހިތުގައި ޖައްސައިފި” ރިމީޝާ ކައިރިއަށް އައުމަށް ޝިނާން އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޝިނާނަަށް ޖެހުނީ ހުއްޓޭށެވެ. ރިމީޝާ ނިކުމެގެން އެދިޔައީ އޭނާގެ ހިތް މަތީގައި ފައިން އަޅާ ޗިސް ކޮށްލާފައެވެ. ހަށިގަނޑުން ބާރު ދޫވެފައިވާ ނިކަމެއްޗެހެން ޝިނާނަށް ހުރި ތަނަށް ތިރިވެވުނީ ކުރެވުނު ކަންތަކުން ބޯހާސްވުމުންނެވެ. ރިމީޝާ އެބުނީ ތެދެކެވެ. އޭނާ އަށް ރިމީޝާ އަށް ޝައްކު ކުރެވުނެވެ. އެކަމު މިކަމުގައި ހުސް އެކަނި ކުށްވެރިއަކީ އޭނާ ކަމުގައި ވާންވީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަސް ވީއިރު ވެސް ލޯބިވާ ވާހަކަ ނުބުނެ ރިމީޝާ ހުރީ ކީއްވެ ހެއްޔެވެ؟ ޝައްކު ކުރަން ފުރުސަތު ދިނީ ކީއްވެ ހެއްޔެވެ؟ ޝިނާނަށް ބޮލުގައި ދެފަރާތުން އަތް އަޅާލެވުނެވެ. ރިމީޝާގެ ނަމުން ބާރަށް ގޮވާލެވުނީ ވެސް ހިތަށް ކެތް ނުވުމުންނެވެ.

“ބޭބީ ޕްލީޒް! ޑޯންޓް ކްރައި” ކޮޓަރި ތެރޭގައި ހުރި ރުފޭލް ގެ މޭމަތީގައި ބޯ އަޅާލައިގެން ރޯން ހުރި ޝަނުމްގެ ބޮލުގައި ފިރުމާލަމުން ރުފޭލް ބުނެލިއެވެ. ރުފޭލް އަކީ މިހުރިހާ ދުވަހު ޝަނުމް ގެންގުޅުނު ސިއްރު ލޯބިވެރިޔާއެވެ. އައްޔަދާއި އެކުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ތަޖްރިބާ ހުރި މޮޅު ޑޮކްޓަރެކެވެ.

އެނދުގައި ނިދިފައި އޮތް އައްޔަދަށް ބަލާލަމުން ޝަނުމް އޭނާގެ ކަރުނަތައް ފޮހެލިއެވެ. އައްޔަދުގެ މަގަތުން އިށީންނަމުން އައްޔަދުގެ އަތްތިލަ ބާއްވާލީ ޝަނުމްގެ އަތް ތެރޭގައެވެ. އޭނާގެ ދޮންބެ އަށް ޖެހިފައިވާ ނިކަމެތި ހާލަށް އިތުރު މީހަކު ކުށްވެރި ކުރެވޭކަށް މިއަދު އޭނާ އަށް ނެތެވެ.

“ދޮންބޭ!! ދޮންބެ ވަރަށް އަވަހަށް ރަނގަޅުވާނެ. ދޮންބެ ޝައްނު ދޫކޮށްލާފައި ނުދައްޗެ. މިދުނިޔޭގައި ޝައްނުގެ ހުރި ހަމައެކަނި މީހަކީ ތީ…” ޝަނުމް އަށް ރޮޮވުނެވެ. ރުފޭލް ޝަނުމް ކައިރީގައި ކުރުކަކޫ ޖަހައިގެން އިށީނެވެ.

“ތިހާ ފިނޑިވާކަށް ނުވާނޭ ލަވް… ބީ ސްޓްރޯންގް” ޝަނުމްގެ އުނގުގައި ދެއަތް އަޅުވާލަމުން ރުފޭލް ބުނެލިއެވެ. އެވަގުތު ހޫނު ސޫޕްތައްޓެއް އަތަށް ލައިގެން ވަން ޒާއިރާ ފެނުމުން ރުފޭލް ފުންމައިގެން ތެދުވިއެވެ.

“ހުރިހާ ކަމެއް މިރޭގެ ނިޔަލަށް ހަމަޖެހޭނެ. މިދުވަސްކޮޅަކީ ޝައްނުގެ ޗުއްޓީ އަށް ވިކަން ނަސީބު. ރުފޭލް އަށް ދެވޭ ގޮތެއް ނުވޭތަ؟ މިވަގުތު އަޔާ އެ އޮތީ އެކުވެރިއަކަށް ނުހަނު ބޭނުންވެފަ. ޒާއްތަ އަށް ފެންނަނީ ރުފޭލް ވެސް ދާން” ޝަނުމް ތެދުވި ތަނުގައި އިށީންނަމުން އަތުގައި ހުރި ސޫޕްތަށި ބެހެއްޓީ ސައިޑް ކަބަޑް މަތީގައެވެ.

“ޒާއްތާ!!! މިހާރު ވެސް އިންނާނީ ލީވް އަކަށް އެދިފައި. އަދިވެސް ވަރަށް ޓްރައި ކުރާނަން. މިވަގުތު އަޔާ އަށް އެކުވެރިޔަކު ބޭނުންވާނެ. އަޔާ އެވަނީ މެންޓަލީ ފިޒިކަލީ ވަރަށް ޑައުން ވެފަ. އެހެންމަ އަޅުގަނޑު މިވަގުތު ގޮސްލީ. ވާނުވާ އަޅުގަނޑަށް އަންގާތި” ކޮޓަރިން ނިކުންނަން ދަމުން ރުފޭލް ބުނެލިއެވެ. އަދި ޒާއިރާ އައްޔަދުގެ މޫނަށް ބަލަން އިން ވަގުތު ޝަނުމް އަށް ބަލާލަމުން އަތުން އިޝާރާތްކޮށް ގުޅާނަން ކަމުގައި ބުނެލިއެވެ. އަތުން ފްލައިން ކިސް އެއް ފޮނުވާލީ ޝަނުމްގެ ތުންފަތްމަތިން ހިނިތުންވުމެއް ދެކިލާ ހިތުންނެވެ. ރުފޭލް އަށް އޭނާގެ ބޭނުން ކާމިޔާބު ވެސް ވިއެވެ.

**********************************

އާދުވަހަށް އިރު އެރީރު ޝިނާން އޮތީ ސިޓިންގްރޫމު ޓައިލްސް މަތީގައެވެ. ދެލޯ ހުޅުވާލުމާއެކު އޭނާ އަށް ބަނޑުހައި ހޫނުކަމުގެ އިހުސާސް ކުރެވުނެވެ. ކަރުހިއްކައި ގަނެގެން މަތީ ތައްޔަށް ވަނީ ބާރުކޮށްފައެވެ. ތަށިމުށިތައް މަތީގައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުން ރިހުމެއް އިހުސާސް ވަމުން ދިޔައެވެ. ލައިގެން ހުރި އަޅި ކުލައިގެ ގަމީހުގައި ވަނީ ރޫ ޖެހިފައެވެ. ކުރީ ދުވަހުގެ ހަންދާންތައް އާވުމާއެކު ކަރު އެލުވާލިއެވެ. ނަމަވެސް އަލުން އިސްއުފުލާ ކުރިމައްޗަށް ނަޒަރު ހިންގާލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ލައިގެން ހުރި ގަމީސްް ހަށިގަނޑުން ވަކިކޮށް ތިރިއަށް އެއްލާލަމުން އެންމެ ފުރަތަމަ ގޮސް ވަނީ ބަދިގެއަށެވެ. އަމިއްލަ އަށް ސެންޑްވިޗަކާއި ބިސްގަނޑެއް ތައްޔާރު ކޮށްލައިގެން ކޮފީ ތައްޓަކާއި އެކު ގޮހޮރު ފަޅުފިލުވާލިއެވެ. އެއަށްފަހު ބަދިގެ ރީތިކޮށްލުމަށްފަހު ތިރީގައި އޮތް އޭނާގެ ގަމީސް ނަގައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ޖީންސުގެ ޖީބުގައި އޮތް ފޯނު ނަގާ ބަލާލި އިރު ޗާޖް ހުސްވުމުގެ ސަބަބުން އޮތީ ނިވިފައެވެ. ފޯނު ޗާޖަރަށް ޖަހާލާފައި ދެން އޭނާ އަވަސްވެގަތީ ފެންވެރުމަށެވެ.

ހިތްހަމަޖެހޭ ވަރަށް ފެންވަރާ ނިމުމުން ފާހާނާ އިން ނިކުމެ އަލަމާރީގެ އިސްތިރި ކޮށްފައި ހުރި ހެދުންތައް ހުރި ބައިން ރިމީޝާ އަށް އެންމެ ކަމުދާ އަތް ދިގު ގަމީހާއި ޖީންސު ނެގިއެވެ. އެހުރިހާ އިރަކު ލަވައެއްގެ ރާގަށް ތުނބުން ފުމެމުން ދިޔައެވެ. ހީވާ ގޮތުން ހަމަޖެހެން މަސައްކަތް ކުރަނީއެވެ. އެންމެފަހު ކަމަކަށް ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާ ޒޯހަލް ގެ ނަންބަރު ހޯދާލުމަށްފަހު ގުޅާލިއެވެ.

“މިގެއަކު ނޫން ރިމީ މަޑުކުރީ” ޒޯހަލް ގެ ޖަވާބުން ޝިނާން މުޅިން މާޔޫސް ވިއެވެ.

“އެކަމު ބުނެފާނަން” ޝިނާނަށް އުއްމީދެއް ލިބުނެވެ. ފޯނު ނިއްވާލަމުން ޒޯހަލް ބުނި އެޑްރެސް ފަހު ފަހަރަށް ހިތުން ކިޔާލިއެވެ. ޑްރެސިންގޓޭބަލް މަތީގައި އޮތް ސައިކަލް ތަޅުދަނޑިފަތި ހިފައިގެން ގެއިން ނިކުމެގެން ދިޔައީ ވަރަށް ހަމަޖެހިގެން ހުރެއެވެ.

******************************

ދުވަހު ކުއްޔަށް ރިމީޝާ އަށް ލިބުނު ކޮޓަރި ކުޑަ ނަމަވެސް މިޝްކު އާއި އެކު އުޅެވޭ ވަރުވެއެވެ. އެކޮޓަރި ސާފުތާހިރުވެފައި އަރާމުވިއެވެ. ނިދަން ސިންގަލް ބެޑެއް ހުއްޓެއް ކަމަކު އަރާމުގައި މިޝްކު ނިދިއެވެ. ނުނިދި ވިސްނުތަކާއި އެކު އުޅުނީ ރިމީޝާ އެވެ. އެނދުގައި ނިދާފައި އޮތް މިޝްކު ހޭލަންވާއިރަށް ސައިބޯނެ އެއްޗެއް ގަންނަންދާން ބުރުގާ އަޅަމުން ދިޔަ ރިމީޝާ ސިހުނީ ދޮރުގައި ޓަކި ޖެހި އަޑަށެވެ. ކުޑަ ހައިރާންކަމެއް ލިބުނީ ދޮރު ފުރަގަހުގައި ހުރި މީހަކީ ކާކު ކަން ހިތަށް ވެސް ނޭރުމުންނެވެ. ދެ ވިސްނުމެއްގައި ހުރެ މަޑުމަޑުން ދޮރު ކައިރިއަށް ގޮސް ތަންޑު ނައްޓާލުމަށްފަހު ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި ހުރީ ޝިނާން ކަން އެނގުމާއި އެކު ރިމީޝާ އުޅުނީ އަވަހަށް ދޮރުލައްޕާށެވެ. ނަމަވެސް ޝިނާން އެކަން ނާކާމިޔާބު ކޮށްލިއެވެ. ހީލަމުން އެތެރެއަށް ވަދެ އެތެރެއިން ދޮރު ތަންޑުލިއެވެ.

“ކީއްކުރަން ތިއައީ” ޝިނާނަށް ފުރަގަސް ދެމުން ރިމީޝާ އަހާލިއެވެ.

“މަގޭ އަންހެނުންނާއި މަގޭ ދަރި ބަލާ. ހިނގާ ގެއަށް ދާން” ދެ ޖީބަށް އަތް ޖަހާލަމުން ޝިނާން ބުނެލިއެވެ.

“ކޮބާ ޝިނާންގެ އަންބެއް. ނެތް މިގެއަކު” ރިމީޝާ ބުނެލިއެވެ.

“ތީ އަހަރެންގެ އަނބިމީހާ. އެއޮތީ އަހަރެމެންގެ ދަރިފުޅު. ޕްލީޒް ރިމީ ހިނގާ ދާން” ފަހަތުން ރިމީޝާގެ އަތުގައި ހިފާލަމުން ޝިނާން ބުނެލިއެވެ.

“އަތްނުލާތި. ނުދާނަން. ކީއްކުރަން އަހަރެން ދާންވީ” ރިމީޝާ ގޮތްދޫނުކޮށް ގޮތުގައި ހިފަހައްޓާލިއެވެ.

“އޯކޭ… މިތަނުގައި ތިން މީހުންނަށް އުޅެވިދާނެ. ރިމީ އާއި މިޝްކޮ ނިދާނީ އެނދުގަ. އަހަރެން މިހިރަ ސޯފާގަ. ތިން މީހުން ކާން ކޮންމެ ދުވަހަކު އަހަރެން ބޭރުން ކާއެއްޗެހި ގެންނާނަން” ކޮޓަރިތެރެ ވަށައިގެން ބަލާލަމުން ކުރިއަށް ޖެހިލާފައި ޝިނާން ބުނެލިއެވެ.

“ހެލޯ… އެކްސްކިއުޒްމީ… މީ ތިން މީހުންނަށް އުޅެވޭ ގޮތަށް ހަދާފައި ހުރި ތަނެއް ނޫން. ޝިނާން ތިއައި ތަނަކަށް ދޭ” ރިމީޝާ ބުނެލިއެވެ.

“އަހަރެން ދަންޏާ ދާނީ ރިމީ ވެސް ގޮވައިގެން” ޝިނާން ރިމީޝާގެ މޫނަށް ބަލާލިއެވެ. ރިމީޝާ މޫނު އަނބުރާލިއެވެ.

“ނުދާނަން. ނިކުމޭ… ނިކުމޭ މިތަނުން” ޝިނާންގެ ބުރަކަށީގައި ހިފާ ދޮރާއި ދިމާލަށް ކޮށްޕާލަމުން ރިމީޝާ ބުނެލިއެވެ.

“އައްދިޔޯތް…. އާ….” ރިމީޝާ އަތް އެޅިތަނުގައި ޝިނާން އަތްލެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. ނަމަވެސް ބުރަކަށީގެ އެ ހިސާބުގައި ޝިނާން އަށް އަތްލެވޭ ގޮތެއް ނުވިއެވެ.

“ކިހިނެއްވީ މިތަނަށް. ކޮން އެކްޓެއް ތިޖައްސަނީ” ދެވަނަ ފަހަރަށް ވެސް ރިމީޝާ އެތަނުގައި ޖަހާލަމުން ބުނެލިއެވެ.

“ނޫނެކޭ… ވަރަށް ތަދުވޭ” މިފަހަރު ޝިނާންގެ ލޮލުން އޭނާ އަށް ލިބެމުންދާ ވޭން ރިމީޝާ އަށް ފެނިގެން ދިޔައެވެ.

“ދައްކަބަލަ…. ބާލާ” ޝިނާންގެ ގަމީހުގެ ގޮށްތައް ނައްޓުވަމުން ރިމީޝާ ބުނެލިއެވެ. ބުރަކަށީގެ މަތިން ކަނދުރާގެ ދަށުން ވަރަށް ބޮޑު ތިން ފިތްގަނޑު ރިމީޝާ އަށް ފެނުނެވެ. އެތަނުން ހުރީ ކުޑަކޮށް ލޭވެސް ހިލިފައެވެ. މުޅި ތަން ރަތްވެފައި ވާއިރު ޒަހަމަކީ ގިނައިރުތަކެއް ނުވާ ޒަހަމެއްކަން ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

“ސުއްބޫހުން… މީ ކިހިނެއްވެފަ ހުރި ތަނެއް” ރިމީޝާ އަނގަ މަތީގައި އަތް އަޅާލަމުން ބުނެލިއެވެ.

“އަހަރެންނަށް ރިމީ އާއި މެދު އެގޮތަށް ކަންތައް ކުރެވުމުން އަމިއްލަ އަށް އަދަބު ދީފަ މިހިރީ. ބެލްޓުން ޖަހާލީ އެންމެ ފަހަރަކު. ވަރަށް ތަދުވި. އެހެންވެ ދެވަނަ ފަހަރަށް ޖަހަން ނުކެރުނު” ޝިނާން ބުނެލިއެވެ.

“މޮޔަތަ ޝިނާން. ތީ މީހުން ކުރާ ކަހަލަ ކަންތައްތަ؟ އަމިއްލަ ނަފްސަށް އަނިޔާވެރިވުމަކީ ބޮޑު ފާފައެއް. ޝިނާންގެ ހަށިގަނޑުގެ ވެރިފަރާތަކީ ބަލަ ހެއްދެވި ފަރާތޭ…. މިކަން މިގޮތަށް ކުރީމަ އެގޮތަށް ޝިނާން ކަންތައް ނުކުރާ ކަމަށް ވާނެތަ؟ އަހަރެން ދާނެ ކަމަށް ހީކޮށްފަ ކުރި ކަމެއް ވިއްޔާ ތި ވިސްނީ މުޅިން ގޯސްކޮށް. ނުދާނަން މަށެއް” ރިމީޝާ ހިތްހަމަނުޖެހިގެން ޝަކުވާ ކުރިއެވެ. ޝިނާނާއި ދުރަށް ފިޔަވަޅެއް އަޅާލި ވަގުތު ސިހުނީ ދެން ޝިނާން ކޮށްލި ކަމަކުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނުދާނޭ ތިހަނދާން ފިލާ 2

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 5

Next
May 11, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 5

Previews
May 10, 2018

ނުދާނޭ ތިހަނދާން ފިލާ 2

43 Comments!

  1. Navii says:
    May 11, 2018 at 10:19 am

    Yey

    1. Navii says:
      May 11, 2018 at 10:35 am

      Vvvvvvv reethi mi part ves.. When next part??.. And me first tha??

    2. Ushaali says:
      May 11, 2018 at 11:43 am

      yes navii mifaharu 1st dhw… and thankyou dear 🙂

    3. Navya says:
      May 11, 2018 at 11:58 am

      Hey I’m navya? hehe

  2. Ushaali says:
    May 11, 2018 at 10:20 am

    🙂 salaam all
    mi bai ves huriha kiyuntherinnah kamudhaane kamah heekuran. 37 vana bai maadhama ge konmes gadi eh ga genesdheveytho vr try 🙂 kuraanan. insha allah

  3. Nathu says:
    May 11, 2018 at 10:26 am

    Yeyyy.. me second dhwww… kiyaalaafa comment kollaaanan..???

    1. Ushaali says:
      May 11, 2018 at 11:42 am

      🙂 yes Nathu avahah kiyaalaa

  4. Riyaa says:
    May 11, 2018 at 10:38 am

    V nice.. keep it up dear waiting 4 tha nxt prt….

    1. Ushaali says:
      May 11, 2018 at 11:42 am

      🙂 thankyou Riyaa… keep waiting

  5. Jenna says:
    May 11, 2018 at 10:40 am

    V reethi??
    Waiting for next part…………

    1. Ushaali says:
      May 11, 2018 at 11:41 am

      🙂 thankyou jenna… keep waiting

  6. Ahaanaa says:
    May 11, 2018 at 10:44 am

    Vara reethi awesome! Next part konirakun baa i’m waiting❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ushaali says:
      May 11, 2018 at 11:40 am

      Thnakyou Ahaanaa… insha allah. 🙂 maadhama. keep waiting

  7. NAAZ says:
    May 11, 2018 at 10:47 am

    Masha Allah v reethi mibai vx …next part avaskoh genasdhybala usha ❤️❤️❤️

    1. Ushaali says:
      May 11, 2018 at 11:40 am

      wait NAAZ… maadhama next part kiyaalan 🙂 libeyne. insha allah

  8. Nadhee says:
    May 11, 2018 at 10:53 am

    Nimenee dhw

    1. Ushaali says:
      May 11, 2018 at 11:39 am

      🙂 yes nimen varah kairi vehjje

  9. Yunaal says:
    May 11, 2018 at 11:04 am

    Amazing wow. Eagerly waiting for next part.

    1. Ushaali says:
      May 11, 2018 at 11:38 am

      thankyou Yunaal. insha allah maadhama 🙂 next part

  10. Ooi says:
    May 11, 2018 at 11:07 am

    Rimeesha dheke v foohivey. Loabi vaa vaahaka nubune vunihyo. Hama foni kan. Dhn anehka ayyadh konme kameh kuriyas maaf kohgn ulhey. Ekam shinan ah enme kameh kurevunyma vx edhiyaee. Shinan maa varun eyna fahathun ulhey thy ey e. Shinaan vx dhn rimeesha fahathun noolhebala e varah. eyrun annaane nuhurevign.. Foohi vey e rimeesha dheke. Firiheneh vihyaa kamudhey. Shinaan n rimeesha gulhunyma reethi vaany. Shinaan ehaa loabi vey vihya.

    1. Ushaali says:
      May 11, 2018 at 11:37 am

      thnakyou Ooi…. next part kiyaafa goi nimman hingaa dhw….

  11. mishy says:
    May 11, 2018 at 11:39 am

    Wowww…. vrh vrh reethi… yeyyy… finally rimee shin dheke lwbi v….. curiouslii waitin for the nxt prts… nd wnt to read the luv strii of shin nd rimee….♥♥♥♥♥

    1. Ushaali says:
      May 11, 2018 at 12:43 pm

      🙂 thankyou mishy… finally dhw…

  12. pinkish pinker says:
    May 11, 2018 at 11:40 am

    Varah reethi mibaives….rimee hama bodaa haakanee ey dhw….he he…kuda mistake eh ebain shinan bunefa rimee akee eynage haggeko….anbimeehaa akee firimeehaage haggeh noon aslu….vedhaane dheenee gothun liu ah ekan onna goiy neygenee kamah

    1. Ushaali says:
      May 11, 2018 at 1:15 pm

      Anbimeeha akee firimeeha ge hahggeh nooney keevveba nubuneveny

  13. ss says:
    May 11, 2018 at 12:10 pm

    v reethi. dhen ekkon genesdheeba hams kiyaahithun

    1. Ushaali says:
      May 11, 2018 at 2:11 pm

      Ehkoh genesdheyn v dhw… Visnaanan ❤❤❤

  14. ❤ says:
    May 11, 2018 at 1:01 pm

    Just wow.. ?????

    1. Ushaali says:
      May 11, 2018 at 2:14 pm

      Thanks ❤

  15. Inoo says:
    May 11, 2018 at 1:40 pm

    Wow…varah reethi mi part vx waiting 4 the next part♥♥

  16. shaa says:
    May 11, 2018 at 1:58 pm

    ushaa mi story nimuneema hama mikahala reethi vahakaeh fashahchey las nukoh v v v reethi mihaaru adhi mi vaahaka…..

  17. Shai says:
    May 11, 2018 at 3:03 pm

    Ey varah reethi ingey ingey mi part ves mihaaru vaahaka ekeekiyaalaa gothun miothee.ekam ehaa Gina dhuvas nukoh miah vure reethi vaahakaeh genes dheyne kamah unmeedh kuran

  18. Aikko says:
    May 11, 2018 at 3:20 pm

    Nooooo ayyadh n rimee gulhuvaa shinaan dheke haadha flossed veyey

    1. Ushaali says:
      May 11, 2018 at 3:42 pm

      Aikko beynumee ayyadh and rimeesha gulhentha

    2. Hshaa says:
      May 11, 2018 at 6:36 pm

      Yes me ves beynumy egui aikko thubuny ragalha

  19. Luba says:
    May 11, 2018 at 4:43 pm

    varah furihama masha allah … ushaa mi hama best

  20. lotus says:
    May 11, 2018 at 5:28 pm

    So shockin.. dhen rimee n shinan gulheynee dhw

  21. Na says:
    May 11, 2018 at 6:19 pm

    V v habeys haadha nice ey

  22. Swety says:
    May 11, 2018 at 11:50 pm

    Aslu mi duvas kolhu buxy kamun comment nukeruvey. …ekam baraabarah kiyan huriha parteh ves

  23. Beauty says:
    May 11, 2018 at 11:55 pm

    Asluves kon kameh. Hageegathuga rimeesha aky maa maai maa thaahiru myheh noon shinan kahala maai myhaku deserves much better than that
    Kaivenin beyruga ziney koggen dhari aku libunu. Halaalu noon kaivenyeh kuri. Hiley firihenakaa eky eh geyegga ethah dhivahaku ulhunu. Mihaaru ayyadhu eothy egeyga. Maa thaahireh noon. Komme kameh koffa maa innocent vaan ulheny. Eheneh nuvaane dho. Hagygathuga ma dhekey gothuga emme gotheh fotheh ageh nei myhunge therein myhaku rimeesha aky. Komme kamakun innocent eh nuveveyne

  24. Sweetie says:
    May 12, 2018 at 7:57 am

    Best comment of the year.?????

  25. Xub says:
    May 12, 2018 at 9:47 am

    Part tha thankohleh ah vaha up kohla dhiney ma baraa baru vaane

    1. Ushaali says:
      May 12, 2018 at 9:59 am

      Xub mihaaru innaany koffa

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….37←


All Right Reserved!