ގޭގެ މައިދޮރުގެ ބެލް ރިންގްވި އަޑު މުޅިގޭގައި ގުގުމާލިއެވެ. ނިބާލް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައި ސައިމަންގެ އާއިލާއާ ސަލާން ގަލާން ކުރަމުންނެވެ. އެހެންނަމަވެސް ސައިމަންގެ ދެވަނަ ދަރިފުޅު ޒާއިންއާ ސަލާންކޮށްލިއިރު ދެމީހުންގެ ނަޒަރު ބައަދަލުވި ހިނދު ނިބާލްއަށް އޭނާއަށް ދެވަނަ ފަހަރަށް ބަލާލަން މަޖުބޫރުވިއެވެ. ކުރިން ކޮންމެވެސް ތާކުން ފެނުނު ސޫރައެކޭ އެހިތް ބުނަމުން ދިޔައެވެ. ނަމަވެސް ހަނދާނަށް އެ ސޫރަ ގެންނަން ކުރި މަސަތްކަތްވީ ނާކާމިޔާބެވެ. ސައިމަންގެ ދޮށީ […]
ރޭގަނޑުގެ ވަގުތެވެ. ހޮޅިބުރިއެއްގެ އަލިކަން ވެސް ނުވާ އަނދިރި ގޯޅީގަނޑުގެ ތެރެއިންއިވެމުން ދިޔައީ ދެ ފިރިހެނެއްގެ ބަރު އަޑެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ ރާގުން އެތާނގައި ޒުވާބެއް ހިނގަމުން ދަނީކަން ދެނެގަންނަން ފަސޭހައެވެ. ” ޒައިއްޓެ ކަލޭ ހަނދާން ކުރާތި އަހަރުމެންނާ ގުޅުން ކަނޑާލައިފިއްޔާ ކުރިއަށް އޮތްތާނގަ އަހަރުމެންގެ އުނދަގޫ ވަރަށް ބޮޑުވާނެ… އޭރުން ކަލޭގެ މުސްތަގުބަލަކީ މާ އުޖާލާ އެއްޗަކަށް ނުވާނެ ” އިންޒާރެއް ދޭފަދަ ގޮތަކަށް ކަމާލު ބުނެލިއެވެ. އޭނާ ހުރީ […]
ވިއްސާރަ ދުވަހެކެވެ. އެއްއަތުން ކުޑައެއް ނަގައިގެން އަނެއް އަތުން ފޯނާ ކުޅެމުން އޭ.ޑީ.ކޭ ހޮސްޕިޓަލު ތެރެއިން ނިކުތް ނައުރީންއަކަށް އޭނާ ކުރިމަތިން އައި ޒާއިންއެއް ނުފެނުނެވެ. ޒާއިންގެ ނަޒަރުވެސް ހުރީ އޭނާގެ ފޯނަށް ހުއްޓިފައި ކަމުން އޭނާއަށް ނައުރީން ފެނުންވީ ނާދިރުކަމަކަށެވެ. ކުޑައެއްގެ ހިޔާ ނުވަތަ ކޯޓެއްގެ އެހީތަރިކަން ލިބިފައި ނެތުމުގެ ސަބަބުން އޭނާ ދިޔައީ ބޮޑު ތިކިވާރޭގެ މުތީތަކެއް ފަދަ ތިކިތަކުން ތެމި ފޯވަމުންނެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާރޓު ވަނީ ގައިގައި ތަތްލަވާފައެވެ. ކަނދުރާއާ […]