“އަހަރެން ވަރަށް ލޯބިވޭ ރިމީ ދެކެ. ރިމީއަށްޓަކައި އަހަރެން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އަހަރެންނަށް ކުރެވުނު ކުށަށް މާފް ނުދެނީސް މިދެފައިން ދޫކޮށެއް ނުލާނަން” ޝިނާން ބުނެލިއެވެ. ރިމީޝާ އަށް ނުހުރެވުނެވެ. ވަގުތުން ޝިނާނާއި އެއް ހަމައަކަށް ތިރިވިއެވެ.
“އިޓްސް އޯކޭ… އެކަމު ދެން ފަހަރަކުން އަހަރެންގެ ދެފައިގާ ނުހިފާތި. އަހަރެންގެ ކުރިމަތީގައި ޝިންގެ މަގާމަކީ އަހަރެންގެ ދެފައެއް ނޫން. ތީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ މަގުބޫލު ފިރިހެނާ….” ރޮވިފައި ރިމީޝާ ބުނެލިއެވެ.
“އެހެންވިއްޔާ ދާނަން ދޯ ގެއަށް. ތެންކިއު ރިމީ” ޝިނާން ރިމީޝާގެ ތުންފަތުގައި ބޮސްދިނެވެ.
“އެކަމު އެންމެ ފުރަތަމަ ތި ހަލާކުވެފަ ހުރި ތަނަށް ފަރުވާއެއްދޭން ހިނގާ ހޮސްޕިޓަލަށް” ރިމީޝާ ބުނެލިއެވެ.
“ނޫން. ގޭގައި ހުރި ރަތްބޭސް އަޅާލީމަ އެކަން ނިމޭނެ. އެހެންނޫނަސް އެތަނަށް އެހާ ތަދެއްނުވޭ. ތަދުވީ ރޭގައި ޓައިލްސްތައް މަތީގައި ނިދުނީމަ ބުރަކަށްޓަށް” ޝިނާން ބުނެލިއެވެ.
“ކީއްވެ އެތާ ނިދީ. މަށަށް ގެއިން ނިކުމެވުނީ ހުރިހާ އެނދުތަކެއް ވެސް ހިފައިގެންތަ؟” ރިމީޝާ އަހާލިއެވެ.
“ރިމީ ދިޔައިމަ ވީ ދެރައިން އެތާ އޮށްވަ ނިދުނީ. ކިތަންމެ ރުޅި އަޔަސް ދެން ގެ ދޫކޮށްފަ ނުދާތި” ރިމީޝާގެ ކޯތާފަތުގައި އިނގިލިތައް ބީއްސާލަމުން ޝިނާން ބުނެލިއެވެ.
“އޯކޭ… ޝިން ވެސް ދުވަހަކު ވެސް އިވޭ ވާހަކަތަކަށް ކަމުގެ ދެކޮޅު ނުބަލާ އަމިއްލަ އަށް ގޮތެއް ނުނިންމާތި. އަދި ދެން ދުވަހަކު ވެސް ކިތަންމެ ހަރޓް ވިޔަސް އަމިއްލަ ނަފްސަށް އަނިޔާއެއް ނުދޭތި” ރިމީޝާ ވެސް ބުނެލިއެވެ. ޝިނާން ހީލަމުން ބޯޖަހާލިއެވެ.
ރިމީ އަށް އިނގޭތަ! ރިމީ އަށް ނޭނގޭ ނުލަފާ ސިފައެއް ރިމީގެ ހުންނަކަން….” ރިމީޝާގެ ނޭފަތުގައި ހިފާލަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ދެބުމަ ގޮޮށްޖަހާލަމުން ޝިނާންގެ މޫނަށް ބަލާލިއެވެ.
“ކޮންސިފައެއް” ފާޑަކަށް ރިމީޝާ ބުނެލިއެވެ.
“ގޮތްދޫނުކުރުމުގެ ސިފަ. ރިމީ ވަރަށް ގޮތްދޫނުކުރޭ… ގައިމުން ވެސް ރިމީގެ މަންމަ އާއި ބައްޕަގެ ވެސް އެސިފައެއް ނުހުރޭ… ނާއިން ގެ ވެސް ނުހުރޭ….. ދެން ކީއްވެ ރިމީގެ؟ އަނެއްކާ ރިމީ އަށް ޔަގީންތަ އެއީ ރިމީގެ އަސްލު މައިންބަފައިންކަން” ނިތަށް ރޫ އަރުވާލަމުން ޝިނާން ސީރިޔަސް ކަމާއެކު އަހާލިއެވެ.
“ވަޓް؟؟؟ ކީކޭ ތިކިޔަނީ…. އެ ހަމަ އަސްލު މަންމަ އާއި ބައްޕައޭ” ޝިނާންގެ ބަނޑުގައި ވިކާލަމުން ދެލޯ ވަށްކޮށް ރިމީޝާ ބުނެލިއެވެ. ޝިނާނަށް ުހެވުނެވެ.
“އެންމެފަހަރަކު ބުނެބަ އަހަރެންދެކެ ލޯބިވެޔޭ” ކުޑާ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޝިނާން އަހާލިއެވެ.
“ވަރަށް ލޯބިވޭ ޝިން ދެކެ. ވަރަށް ވަރަށް ބޮޑަށް. ޝިންގެ ކޮންމެ ބީހިލުމެއް އަހަރެންނަށް ކަމުދޭ…. ނުފެންތާ ގިނަ އިރު ވީމަ ވަރަށް މިސްވޭ… އަބަދު ޝިިންގެ މޫނު ބަލަން ބޭނުމީ. އަދި ކިރިޔާ ހަޔާތުގައި ހަގީގީ ލޯތްބެއް މިވެވުނީ. އައިލަވްޔޫ ސޯ ސޯ މަޗް. ޝިންއަށްކައި ކޮންމެ ކަމެއް ވެސް…..” ހިތަށް ލިބުނު ބަޔާން ނުކުރެވޭހާ ހިތްހަމަޖެހުމުގައި ޝިނާނަށް ރިމީޝާގެ ތުންފަތުގައި އިނގިލި ބީއްސާލެވުނެވެ.
“މިވަގުތު ރިމީ ވަރަށް ބޭނުން” ރިމީޝާގެ ބުރުގާ ބޮލުން ވަކިކޮށްލަމުން ޝިނާން ތިރީގައި އޮށޯވެލީ ކައިރީގައި ރިމީޝާ ވެސް ބާއްވާލަމުންނެވެ. އަދި ރިމީޝާގެ ކޯތާފަތުގައި ބޮސްދިނެވެ. ރިމީޝާގެ ކަރުދަށުގައި ޝިނާންގެ މޫނު ފޮރުވާލުމާއެކު ރިމީޝާ ފުންމައިގެން ތެދުވިއެވެ.
“ގެއަށް ގޮށްސަ ދޯ. މިޝްކޮ ހޭލަފާނެ” ރިމީޝާ ހެދުން ރީތިކޮށްލަމުން ބުނެލިއެވެ. ޝިނާން ވެސް ތެދުވެލިއެވެ. ހިއްސުތައް ހަމައަކަށް އަޅުވާލަމުން ބޮލުގެ ފުށްކިބައިގާ އަތުން މަޑުމަޑުން ޖަހާލިއެވެ. ރިމީޝާގެ މޫނަށް ބަލާލީ އެއް ތުންފަތުން ހީލަމުންނެވެ. އެ އަންހެންކުއްޖާ އާއި ކައިރި ވެވުނީމާ އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރަނީ ކީއްވެ ހެއްޔެވެ؟
އާ ދުވަހެކެވެ. މެންދުރަށް ކެއްކުމަށް ގޭގައި މަދު ބައެއް ސާމާނު ގަންނަން ބޭރަށް ނިކުތް ރިމީޝާ އަށް ފިހާރަ ކަންމަތިން ޝަނުމް ފެނުނެވެ. ޝަނުމް އާއި ހަތަރުކަޅި ހަމަވި ވަގުތު ރިމީޝާ އިސްޖަހާލިއެވެ. ބަލަން ނުކެރުނީއެވެ. ޝަނުމް އިރުކޮޅަކު ބަލަން ހުރުމަށްފަހު ރިމީޝާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ.
“ރިމިއްތަ ކޮންކަމަކާ ޝައްނު އަށް ބަލަން ނުކެރިގެން ތިއުޅެނީ” ރިމީޝާގެ ކުރިމަތީގައި ހުއްޓުމަށްފަހު ޝަނުމް ބުނެލިއެވެ. ރިމީޝާ އިސް އުފުލާ ޝަނުމްގެ މޫނަށް ބަލާލިއެވެ.
“ވަރަށް ބޮޑަށް ސޮރީ. ރިމިއްތަ ބޭނުމެއްނޫން އެއްވެސް މީހަކަށް ދެރައެއްދޭން” ރިމީޝާ ވާހަކަދެއްކިއެވެ.
“ނޫން. ރިމިއްތަ ކީއްކުރީ. ދޮންބެ ވެސް ކުށެއް ނުކުރޭ. ދޮންބެގެ ސިކުނޑި އެންމެ ރަނގަޅަކަށް މަސައްކަތެއް ނުކުރޭ. އިރާދަކުރެއްވިއްޔާ ދޮންބެ ދެން އެނބުރި އަންނާނީ ރަނގަޅުވެގެން. ދޮންބެ ވަރަށް ބަލި” ޝަނުމް ގިސްލެވިފައިވާ އަޑަކުން ބުނެލިއެވެ. ޝަނުމް އެދިން ހަބަރަކުން ރިމީޝާ އަށް ޝޮކެއް ލިބުނު ކަހަލައެވެ. ލޯބިނުވިޔަސް އެއް އިރެއްގައި އައްޔަދަކީ އޭނާގެ ފުރާނައިގެ ކާނާ ކަމުގައި ދެކުނު އިންސާނާއެވެ.
“ދޮންބެ އަށް ކިހިނެއްވީ؟ މިހާރު ކޮބާ ދޮންބެ” ދެލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ރިމީޝާ އަހާލިއެވެ.
“ދޮންބެ ގޮވައިގެން މީގެ ދެ ދުވަސް ކުރިން ފުރައިފި ބޭރަށް. ޝައްނު އާއި ޒާއްތަ މިއުޅެނީ ހަވީރު ފުރަން އައިކު ގޮވައިގެން. ދެން އެނބުރި އަންނާނީ ދޮންބެ ރިކަވަރ ވި ދުވަހަކުން. ދޮންބެ އަށް ވަނީ މައްސަލަތަކެއް ދިމާވެފައި ކަމަށް މިކޮޅުން ފަރުވާ ދިން ޑޮކްޓަރުން ބުނީ” ޝަނުމް އިތުރަށް އޮޅުންފިލުވާދިނެވެ.
“އެހެންތަ؟ ދޮންބެ ގޮވައިގެން ކާކު ދިޔައީ” ރިމީޝާ އިތުރަށް އަހާލިއެވެ.
“ޑރ. ރުފޭލް. ދޮންބެގެ އެކުވެރިއެއް. ދެން އެކޮޅުން ރުފޭލް އާއި އެކު އުޅެނީ ޒާއްތަ ދަރިފުޅު ޒިވިން” ޝަނުމް ބުނެލިއެވެ.
“ރިިމިއްތާ ދެން ދަނީ އެނގޭ. ހުޅުލެ އަށް ދާންޖެހޭ. ވަރަށް ހިތްހެޔޮކުރާތި. ދޮންބެއަށްޓަކައި ހެޔޮ ދުއާ ކޮށްދޭތި” ރިމީޝާގެ އަތުގައި ހިފަމުން ޝަނުމް ބުނެލިއެވެ. ރިމީޝާ ވެސް ހީލިއެވެ.
“ރިމިއްތަގެ ހެޔޮ ދުއާ އަބަދުވެސް ތި ފެމެލީ އާއި އެކުގައި ވާނީ. ޒާއްތަ ކައިރީގައި ވެސް ބުނާތި ރިމިއްތަ އާއި ޝިނާންބެ އަށް މާފްކޮށްދެން. ފުރަން ދިޔުމުގެ ކުރިން ރިމިއްތަ އަށް އައިކު ދައްކާލަން އަންނައްޗެ” ދާން ހިނގައިގަތް ޝަނުމްގެ އަތުގައި ހިފަމުން ރިމީޝާ ބުނެލިއެވެ. ހީލަމުން ބޯ ޖަހާލާފައި ކުރިއަށް ދިޔަ ޝަނުމް އަށް ބަލަހައްޓައިގެން ރިމީޝާ އަށް ހުރެވުނީ ހިތަށް އަސަރު ކުރި ވަރުންނެވެ. އޭނާގެ ސަބަބުން މީހަކަށް ދެރައެއް ދެވިއްޖެ ކަމުގައި ތަކުރާރުކޮށް ހިތް އިންޒާރު ދެމުން ދާތީއެވެ. ވިސްނުމެއްގައި ހުރެފައި ފިހާރަ އާއި ދިމާލަށް ހިނގަމުން ދިޔައިރު ދުލު ކުރީގައި ވަނީ އައްޔަދަށްޓަކައި ހެޔޮ ދުއާ އެވެ.
***************************************
އެއް އަހަރު ފަސް
ރާނބާ ރެސްޓޯރަންޓް ކުރިމައްޗަށް ހުއްޓާލި ޓެކްސީ އިން ފައިބައިގެން ވަދެގެން ދިޔަ ދެމަފިރިންގެ ދެއަތް ވަނީ ޖޯޑުކޮށްލާފައެވެ. ބަލާބެލުމަށް ސާޅީހަކަށް އަހަރުގެ ދެމަފިރިން ލައިގެން ހުރި ހެދުން ވެސް ވަނީ ވިލި ނޫކުލައިން ޖަރީކޮށްފައެވެ. ބުރުގާ ނާޅާ ހުރި އަންހެންމީހާ ބޮޑަށް ވައްތަރީ ރާއްޖޭން ބޭރު މީހަކާއެވެ. އެތެރޭގައި ހުރި އަލްވީރާ އެދެމީހުންނަށް ބޮޑު ހިނިތުންވުމެއް ދިނެވެ. ސަލާންކޮށްލަމުން ދެ އެކުވެރިން ފަދައިން ދެމީހުން ވާހަތަކެއް ދައްކާލިއެވެ.
“އަހަރެމެން ދެމަފިރިން ވެސް މިއަދު މިތިބީ ވަރަށް އުފަލުން. އަލްވީރާގެ ދެމަފިރިން ތިކޮށްދިން ހެޔޮ ކަންތައް ދުވަހަކު ވެސް ހަނދާން ނައްތާނުލާނަން. ހަގީގީ ދުނިޔެ އަކީ ކޮބާކަން މިއަދު އަހަރެމެންނަށް ވެސް އެނގި ސާފުވެއްޖެ. އުފަންބިމާ ދާންވީ ތެދުމަގު ނޭނގޭކަމަށް ހަދައިގެން އުމުރުގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެ. އުފަލާ މަޖަލުގައި ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ބޭކާރު ހަރަދުތަކެއް ކުރެވިއްޖެ. ހެއްދެވި ފަރާތެއް ވާކަން އަހަރެމެންނަށް ހަނދާންކޮށްދިނީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު. އެދަރިފުޅު މަދު ދުވަސްކޮޅެއްގެ ތެރޭގައި އަލްވީރާ އާއި ނަޒީމްގެ ފަރާތުން އެނގިގެން ދިޔަ ހުރިހާ ހެޔޮކަންތައް އެދަރިފުޅުގެ ފަރާތުން މިއަދު މިވަނީ އަހަރެމެންނަށް ފައިދާއެއް ކޮށްފައި” ޖަނާން ގެ މަންމަ ކައުސަރުގެ ވާހަކަތަކުން އަލްވީރާގެ ފެންކަޅިވެގެން ދިޔައެވެ. ޔަގީނުން ވެސް އޭނާގެ ސަބަބުން މަގު ގެއްލިފައިވި ބަޔަކަށް ﷲ ހިދާޔަތް ދައްކަވައިފިއެވެ.
“ޝުކުރު ކުރަންވީ މަށަކަށް ނޫން. މުޢުމިނުންގެ ހާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތް ﷲ ށް ޝުކުރުކުރޭ. އެކަލާނގެ އިރާދަފުޅުން މެނުވީ ގަހަކުން ހިކިފަތެއް ވެސް ވަކިިވެގެން ތިރިއަށް ނުފައިބާނެ. ބަލާބަ. އެއީ ތިދެމަފިރިންގެ ދަރިފުޅު. ކައުސަރާއި މުބާރިކް ނައިސްގެން ކުޑަކޮށް ޝަކުވާ ވެސް ކޮށްފަ އެތާ އެހުރީ. އިރުކޮޅަކުން ކައިވެނިކޮށްދޭ މީހުން އަންނާނެ” އަލްވީރާ އެހެން ބުނި ވަގުތު ކައުސަރުގެ ނަޒަރު ގޮސް ހުއްޓުނީ އެކުވެރިންތަކެއް ކައިރީގައި ކައިވެނީގެ ބޮޑު ހެދުމުގައި ހުދު ފިނިފެންމަލެއްހެން ފަރިވެ ފޮޅިފައި ހުރި ޖަނާނަށެވެ. ޖަނާނާއި ދާދި ކައިރީގައި ޖަނާންގެ ފަރި ހަރަކާތްތަކަށް ގޮސް ހުސްވެފައި އޭނާގެ ވާންއުޅޭ ފިރިމީހާ އަރަޝް ވެސް ދެޖީބަށް އަތް ޖަހާލައިގެން ހެވިފައި ހުއްޓެވެ. އެވަގުތު ކައުސަރުގެ ލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.
“އެއައީ. ހިނގާ އެކޮޅަށް ދަމާ” ކައިވެނިކޮށްދޭ މީހުން އައުމާއެކު އަލްވީރާ ކައުސަރުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
ޖަނާނާއި އަރަޝްގެ ކައިވެނި ވެގެން ދިޔުމުން ދެން ފެށިގެން ދިޔައީ ޕާރޓީއެވެ. މަދުމަދުން ޖަމާވަމުން ދިޔަ މެހެމާނުން ހިނދަކަށް ފަހު ހިނދެއް އިތުރު ވަމުން ގޮސް ހުރިހާ ހިސާބަކުން ވެސް މިހާރު ބޮނޑިވެފައި ތިބި މީހުން ގިނަވާން ފެށިއެވެ. ޖަނާންގެ ވައަތް ފަރާތުގައި ވިލު ނޫކުލައިގެ ބޮޑު ހެދުމުގައި ހުރި މިޝްކު ފެނިފައި މިހުރިހާ އިރު ގޮނޑިއެއްގައި އިން ރިމީޝާ ތެދުވެލިއެވެ. އެވަގުތު އޭނާ އަރައިގެން ހުރި ކަށި ފައިވާނުގެ ކަށި ބެލެންސް ނުވެ އަރި އަޅާލިއެވެ.
“މަގޭ ދަރި” ކައިރީގައި އިން އަލްވީރާ އަށް އެހެން ބުނެވުނު އިރު ރިމީޝާ ހުރީ ޝިނާންގެ ހިމާޔަތުގެ ދަށުގައެވެ. ޝިނާންގެ މޫނު ފެނުމުން ރިމީޝާ ކައިރިއަށް ހިނިއައެވެ.
“ސާބަސް މީ އެވަރުގެ ކަމެއް ނޫން… ދެން ހީލަބަލަ” ޝިނާންގެ އަނގައިގެ ދެފަރާތުގައި ދެ އިނގިލި ޖައްސާ ކުޑަކޮށް ފޭކޮށްލަމުން ރިމީޝާ ބުނެލިއެވެ. އެވަގުތު ޝިނާންގެ ހުސްކޮށް އޮތް އަތް ޖައްސާލީ ރިމީޝާގެ ހިމަ ހަށިގަނޑުން ބޭރަށް ނިކުމެފައި ހުރި އަށް މަހުގެ ބޮޑު ބަނޑުގައެވެ.
“މަންމަ ބުނޭ މަންމަގެ ދަރިފުޅު ގާތު ވިހަން ކައިރިވެފައި ހުންނަ އިރު ގައި ވެސް އަދިވެސް އުސް ފައިވާނަކަށް އަރާށޭ” ރިމީޝާ ގޮނޑީގައި ބޭންދުމަށްފަހު ޝިިނާން އަލްވީރާ އަށް ބަލާލަމުން ބުނެލިއެވެ.
“އެކަމަކު ދަރިފުޅާ މަންމަ އެވަރަށް ބުނީމަ ވެސް ހަމަ ތިއަށްތަ އަރައިގެން ތިއައީ. އަންޖަލް އެތިރި ބޫޓް ދިނީމަ ވެސް އެއަށް ނޭރުނީ ދޯ” ނާއިން އާއި އަންޖަލްގެ ކުޑަ ދަރިފުޅު ނާފް އުނގަށް ލައިގެން އިން އަލްވީރާ ބުނެލިއެވެ.
“މަންމާ މިބޮޑު ހެދުމާއި އެކު އެހާ ތިރި އެއްޗަކަށް އެރުނީމަ ހެދުން އޮންނާނީ ފައިދަށުގައެއްނު. އެހެންވެ މިރެއަށް އެކަނި. ޕްލީޒް ރުޅިނާދެބަލަ ޝިން” ޝިނާންގެ މޫނުގައި ހިފާ އަނބުރާލަމުން ރިމީޝާ ބުނެލިއެވެ. ޝީނާން ހީލިއެވެ. ހަމަ އެހާ އަވަހަށް މޫނު މައްޗަށް ސީރިއަސް ކަން ވެރިވިއެވެ.
“ޕްލީޒް ޖާން. ތިއަށްވުރެ ތަންކޮޅެއް ސީރިއަސް ވެގެން އުޅެބަލަ. ކޮންމެ ކަމެއް އެއީ ރިމީ އަށް ފެނުނަސް އެއީ އަދި އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ. ރިމީ އަށް ކަމެއް ވިއްޔާ އަހަރެން ވަރަށް ދެރަވާނެ” ރިމީޝާގެ އަތްތިލަ އަށް ބޮސްދެމުން ޝިނާން ބުނެލިއެވެ. ލަދުގަނެފައި އިން ރިމީޝާ ވަށައިގެންވި މީހުންނަށް ކަޅިއެއް އެއްލިއެވެ. ގިނަ މީހުންގެ ލޯތައް ވަނީ އެދެމީހުންނަށް ހުއްޓިފައެވެ.
“ސާބަސް މިތިބަ ލަވްބާރޑްސް…. ދޮންތައެއް ނުވެއްޓޭނޭ ދޮންތަބޭ. ބަލާބަލަ ދޮންތަ ލަދުން އިންވަރު….” ދުރުގައި ހުރި ނާއިން އިތުރަށް ރިމީޝާ ލަދު ގަންނަވާލިއެވެ. ރިމީޝާ ނާއިން އަށް ކަޅި އަޅާލިއެވެ. ކުދިންގެ ސަކަރާތް ފެނި އަލްވީރާ އާއި ނަޒީމް އިނީ އެތެރެއަށް ހީލަހީލައެވެ. ސިކުންތަކަށް ފަހު ސިކުންތެއް ކުރިއަށް ދިޔައެވެ. ޕާރޓީގައި ހަރަކާތްތެރިވާ މީހުންނަށް ވަގުތު ކުރުވަމުން ދިޔައެވެ. އެހާ ގިނައިރު ވަންދެން ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ފައިގާ ރިއްސަން ފެށުމުން ޖަނާންގެ މޫނުމަތީގައި ހުރި އުޖާލާކަން ކެނޑެމުން ދިޔައެވެ. އިރުކޮޅަކާއި ކައިރީގައި ހުރި އަރަޝްގެ އަތުގައި ހިފާލާފައި ފަހަރަކު ފައެއް ހިއްލާލަމުން ކުޑަކުޑަކޮށް ހަރަކާތް ކޮށްލައެވެ.
ޝިނާނާއި ވާހަކައިގާ އިން ރިމީޝާ އަށް ސިހުމެއް ލިބިގެން ދިޔައީ ކުރިމަތީގައި އައިސް ހުއްޓުނު ޝަނުމް ފެނިފައެވެ. ކުރިއަށް ވުރެ ހަށިގަނޑު ދެމިލާފައި ހުރުމުގެ ސަބަބުން ޝަނުމް އިތުރަށް ދިގު ކަމަށް ދައްކައެވެ. ތަފާތު ގޮތަކަށް ބުރުގާ އަޅައިގެން ހުރިއިރު ލައިގެން ހުރި ވިލުނޫކުލައިގެ ދިގު މިޑީ ޝަނުމް އާއި ނުހަނު ގުޅެއެވެ. ޝަނުމް ފެނުމާއެކު ރިމީޝާ އަށް ގޮނޑިން ތެދުވެވުުނީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ބަނޑަށް ތަދެއް ވެސް އަރައިގެން ދިޔައެވެ. އެއް އަތުން ބަނޑުގައި އަތް އަޅާލައިގެން ހުރިހާ މީހުން ހުރަސްކޮށް ރިމީޝާ ގޮސް ހުއްޓުނީ ޝަނުމް ކުރިމަތީގައެވެ. އަނގަފުޅާ ބޮޑު ހިނިތުންވުމެއް ދީގެން ހުރި ޝަނުމްގެ ހަށިގަނޑުގައި ބަނޑާއެކު ރިމީޝާ ބައްދާލިއެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް ހިނިތުންވަމުން ޝަނުމް ރިމީޝާގެ ބަނޑުގައި ފިރުމާލިއެވެ.
“ކޮންކަހަލަ ބޭބީއެއް” ހީލަމުން ޝަނުމް އަހާލިއެވެ.
“ސަޕްރައިޒެއް. ވަރަށް އަވަހަށް އެނގޭނެ. ކޮބާ އެހެންމީހުން ނާދޭތަ؟” ކެތްމަދުވެފައިވާ ރާގަކަށް ރިމީޝާ އަހާލިއެވެ. އެވަގުތު ފަހަތުން އައިސް ހުއްޓުނު ޒާއިރާ ރިމީޝާގެ ލޮލުގައި އަޅައިގަތެވެ. ޒާއިރާގެ އިނގިލީގައި ހިފަހައްޓައިގެން ހުރި ތިން އަހަރަށްދާ އައިކު ފެނުމުން ރިމީޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެއް އިނގިލި އަނގަޔަށް ލައިގެން ހުރި ލޯބި އައިކު ރިމީޝާ އަށް ބަލާލަމުން ލަދުރަކި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ޝަނުމް ގުދުވެލައި އައިކު އުރާލުމުން ޝަނުމް އާއެކު ރިމީޝާ އައިކު ގައިގާ ބައްދާލާ ކޮލުގައި ބޮސްދިނެވެ. އިރުކޮޅަކުން ހީގަނެގެން ހުރި ޒާއިރާ ވެސް ޝަނުމް ކައިރީގައި އައިސް ހުއްޓި ރިމީޝާގެ ބަނޑުގައި ފިރުމާލިއެވެ.
“އަސްލު ހިއެއް ނުކުރަން ޒާއްތަމެންނަށް އެންގިޔަސް އައިސްދާނެ ކަމަކަށް. ވަރަށް ވަރަށް އުފާވެއްޖެ. ވަރަށް ބޮޮޑަށް ޝުކުރިއްޔާ. އަދި ޕާރޓީ ހާއްސަކޮށްފައިވާ ކުލައިގެ ހެދުން ލައިގެން ތިބީމަ ވަރަށް އުފާވެއްޖެ” ރިމީޝާ ބުނެލިއެވެ. ޒާއިރާ ލޯތްބާއެކު ރިމީޝާގެ ބުރަކަށީގައި ފިރުމާލަމުން ނިތުގައި ބޮސްދިނެވެ. ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން ހެވިިފައި ތިބި އަލްވީރާ އާއި ނަޒީމަށް ވެސް ޒާއިރާ ހިނިތުންވުމެއް ދިނެވެ. އޭނާގެ ހިނިތުންވުން ފަނޑުވީ އަލްވީރާ އާއި ދާދި ކައިރީގައި ތިބި ޖަނާންގެ މައިންބަފައިން ފެނިފައެވެ. އެދެމަފިރިންގެ ތުންފަތަށް ވެރިކޮށްލި އޯގާތެރި ހިނިތުންވުމުގެ ސަބަބުން ޒާއިރާ އަށް މަޖުބޫރުވީ ހިނިތުންވެލާށެވެ. ހަމަ އެހިނދުގައި ޒާއިރާގެ ކަޅި ދަތުރުކޮށްލީ ރައްޓެހިންތަކާއި އެކު ފޮޓޯ ނަގަމުން ދިޔަ އަރަޝް ގެ އަތުގައި ހިފައިގެން ހެވި ދިލިފައި ހުރި ޖަނާނަށެވެ. ޒާއިރާ ޝަނުމްގެ އަތުގައި ހިފައިގެން މަޑުމަޑުން ޖަނާނާއި ދިމާލަށް ދިޔައެވެ. ޖަނާނަށް އެމީހުން ފެނުނީ އޭނާ ކުރިމަތީގައި އައިސް ހުއްޓުނު ވަގުތުގައެވެ. ކިޔާނެ ބަހެއް ނޭނގުމުން ޒާއިރާ އާއި ޝަނުމްގެ ކުރިމަތީގައި ޖަނާން އިސްޖަހާލިއެވެ. އަރަޝް އަށް ޖަނާންގެ މޫނު މައްޗަށް ވެރިވި ކުލަވަރު ރީތިކޮށް ފެނުނެވެ. ޒާއިރާމެންނަށް ހިނިތުންވުމެއް ދެމުން އަރަޝް ޖަނާންގެ އަތްތިލައިގާ ހިފާލުމަށްފަހު ފިތާލިއެވެ. އެވަގުތު ޖަނާން އިސްއުފުލާ އަރަޝް އަށް ބަލާލިއެވެ. އެއަށްފަހު ބަލާލީ ޒާއިރާ އާއި ޝަނުމް އަށެވެ.
“ޒާއްތާ!! ޝައްނު!! ރަ….ރަނގަޅުތަ؟” ހީލަމުން ޖަނާން އަހާލިއެވެ. އަދި ސަލާމަށް އަތް ދިއްކޮށްލިއެވެ. ޒާއިރާ އާއި ޝަނުމް ވަކިވަކިން ޖަނާނާއި ސަލާމް ކޮށްލިއެވެ.
“ﷲ ގެ އިރާދަފުޅުން ވަރަށް ރަނގަޅު. ތިދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި” ޖަނާންގެ ބޮލުގައި ފިރުމާލަމުން ޒާއިރާ ބުނެލިއެވެ. އެވަގުތު ޒާއިރާގެ ފުރަގަހުން ކުޑަ ކުއްޖެއްގެ އަތުގައި ހިފައިގެން އަންނަ ރިމީޝާ އަށް ޖަނާންގެ ނަޒަރު ހުއްޓުނެވެ. އިސާހިތަކު ޖަނާންގެ ކަޅި ލަސްލަހުން ރިމީޝާ ކައިރީގައި ހުރި ކުޑަ ކުއްޖާއަށް ހުއްޓުނެވެ. އޭނާގެ ދެލޯ ފުރިގެން އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މީހުންގެ ނަޒަރު އެދިމާލަށް ހުއްޓޭހެން ހީވުމުން އަރަޝް އެ ގުރޫޕް ގޮވައިގެން މީހުން މަދު ހިސާބަކަށް ޖެހިލިއެވެ. އިސްޖަހާލައިގެން ހުރެ ރޮމުން ދިޔަ ޖަނާން އިތުރަށް އައިކުގެ މޫނަށް ބަލާކަށް ކެތެއް ނުވިއެވެ. އައްޔަދާއި ޒާއިރާގެ ހުއްދައެއް ނެތި އެކުއްޖާ ގައިގާ އިނގިލި ކުރި ޖައްސާލާކަށް ވެސް އޭނާ އަށް ނުކެރުނެވެ. އެހެންކަމުން އޭނާ އަރަޝްގެ މޭގައި ލައްވެލިއެވެ. އަރަޝް ޖަނާންގެ ދެލޯ ލޯތްބާއެކު ފޮހެދިނެވެ. ގޮނޑީގައި ޖަނާން ބޭންދުމަށްފަހު ޝަނުމްގެ އުރަށް އަރާ އިން އައިކު ގެނެސް ބޭންދީ ޖަނާންގެ އުނގުގައެވެ. ޖަނާން އައިކު ގައިގާ ބައްދައިގަތެވެ. ވާނުވާ ނޭނގިފައި އިން އައިކު އިނީ އަދިވެސް ރަކިވެފައެވެ.
“ދަރިފުޅާ!! މަންމަގެ ދޫންޏާ!! މަންމަ އަށް މާފްކުރޭ… ދަރިފުޅު ތީ މި މަންމަގެ އުފަން ދަރިއެއް. ދަރިފުޅު ދުނިޔެއަށް އައި ފަހުން އަދި މި މަންމަ އަށް ދަރިފުޅަށް ލޯބީގެ ޒައްރެއްގެ މިންވަރު ވެސް ދެވިފައެއް ނެތް. މަންމަ އަށް މާދްކުރޭ. މަންމަ އަށް ނުވިސްނުނީ….” ރޮއެރޮއެފާ ޖަނާން އައިކު ގައިގާ އެތަން މިތަނުގައި ބޮސް ދެމުން ދިޔައެވެ. އެވަގުތު އެތަނުގައި ތިބި ހުރިހާ މީހުންގެ ދެލޯ ވެސް ފުރިގެން އައެވެ.
“އިޓްސް އޯކޭ ޖަނާންދައްތާ! ޖަނާންދައްތަ ބޭނުން އިރަކުން ޖަނާންދައްތަ އާއި އައިކު ބައްދަލުކުރުވާނަން. އަދި އައިކު ބޮޑުވާވަރަކަށް ބުނެދޭނަން ޖަނާންދައްތަ އަކީ މަންމަ ކަން. ދޯ ޒާއްތާ!” ޖަނާން ގެ ކޮނޑުގައި އަތް އަޅާލަމުން ޝަނުމް ބުނެލިއެވެ. އަދި ޒާއިރާ އަށް ދޯ ދިނެވެެ. ޒާއިރާ ވެސް ހީލާފައި ބޯ ޖަހާލިއެވެ.
“އެކަމަކު އައްޔަދު… އޭނަ އަށް އެނގިއްޖިއްޔާ….” ޖަނާން ބުނެލިއެވެ.
“ދޮންބެއަށް ހުރިހާ އެއްޗެއް ވެސް އެނގޭ. ދޮންބެވެސް އެބައުޅޭ އައިސްގެން. އަދި ބައްދަލުކުރާނެ” ޝަނުމް ބުނެލިއެވެ.
“އައިކު މަންމަމެންނަށް ފެނިއްޖެތަ؟” މިފަހަރު ޖަނާން ވާހަކަދެއްކީ ރިމީޝާ އާއެވެ.
“ހޫމް… މިތަނަށް އެއައީ ކައުއްތަގެ އުނގުގައި އިނދެފައި” ރިމީޝާ ބޯޖަހާލިއެވެ.
އެގާރަ ޖަހަން ގާތްވުމާއެކު ޕާރޓީ އަށް އަންނަމުން ދިޔަ މެހެމާނުން މަދުވަމުން ގޮސް ދެފަރާތުގެ އާއިލާ މީހުން އެކަނިވިިއެވެ. ވަރުބަލިކަމުން ރިމީޝާ ގޮނޑިން ނުތެދުވެ އިނދެ ބާކީ ތިބި މީހުންނާއި ބައިވެރިވެގެން މަޖާ ވާހަކަ ދައްކަމުން ދިޔައެވެ. އައިކު ނިދުމުން ޒާއިރާ އަށް ޖެހުނީ ޝަނުމް ބަހައްޓާފައި ގެއަށް ދާށެވެ. މޭޒު ދަށުގައި ގުރޫޕް ހަދައިގެން ޖަނާނާއި އަރަޝް އާއި ދިމާކުރަމުން ދިޔަ ރިމީޝާ ސިހުނީ ކައިރީގައި އިން ޝަނުމް ދޮންބެ އޭ ކިޔާފައި ގޮވާލުމުންނެވެ. އެވަގުތު އެދިމާލަށް ރިމީޝާ އާއި ޖަނާންގެ ކަޅި އެކީގައި ދަތުރުކޮށްލިއެވެ. ހުރިހާ މީހުން އެކީގައި ކޮޅަށް ތެދުވުމުން ރިމީޝާ ވެސް އުނދަގުލުން ގޮނޑި ދުރުކޮށްލާފައި ތެދުވެލިއެވެ. އައްޔަދާއި ރުފޭލް އެކީގައި އައިސް ހުއްޓުނު ވަގުތު ޝަނުމް އެދިމާލަށް ގޮސް ހުއްޓުނީ ރުފޭލް އާއި އައްޔަދާއި ދެމެދުގައެވެ. ދެފަރާތުން ދެމީހުންގެ އަތްތިލައިގާ ހިފަހައްޓާލަމުން ޝަނުމް ހީލިއެވެ. މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އައްޔަދުގެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިއްސައެއް ނުވެއެވެ. ނަމަވެސް ކުރިއަށް ވުރެ ބޮޑަށް ހަށިގަނޑުގައި މަސްޖަހާލާފައި ހުރި ކަން ފާހަގަވެއެވެ.
“ތި އެންމެންނަށް ދެން އެންމެ އަވަހަށް ލިބޭނީ ޝައްނު އާއި ރުފޭލްގެ ސައި” އެވަގުތު ހުރިހާ މީހުން އަތް ޖަހާލިއެވެ. ރިމީޝާ އަށް އައްޔަދަށް ބަލާލެވުނު ވަގުތު އެއީ އައްޔަދު ވެސް ރިމީޝާ އަށް ބަލާލި ވަގުތެވެ. ހިނދުކޮޅަކަށް ދެމީހުންނަށް އެކަކު އަނެކަކަށް ފަރުވާތެރިވެ ބަލާލެވުނެވެ. ރިމީޝާގެ ބަނޑު އައްޔަދަށް ފެނުމާއެކު ހިންދިރުވާލެވުނެވެ. ހިތުގައި ރިހުމެއް އުފެދި ދެއަތްތިލަ ގެންގޮސް ޖީބަށް ޖަހާލިއެވެ. އެއަށްފަހު ރިމީޝާގެ ބަނޑުން ނަޒަރު ވަކިކޮށް ޝިިނާނަށް ބަލާލިއެވެ.
“ބަޑީ!! ވެދިޔަ ކަމެއް ވެދިޔައީ…. ވަރަށް ބޮޑަށް ސޮރީ…..” ޝިނާންގެ ކޮނޑުގައި ޖަހާލަމުން އައްޔަދު ބުނެލިއެވެ. ހީލަމުން ޝިނާން ވެސް އައްޔަދާއި ސަލާންކޮށްލިއެވެ. ބައްދާލަމުން އެއީ އެވަރު ކަމެއް ނޫނޭ ބުނެ އަތް އިސްކުރެވުނީތީ އޭނާ ވެސް މާފަށް އެދުނެވެ.
“ކޮންގްރާ ބްރޯ. ދެކުދިންނަށް ވަރަށް އުފާވެރި ކައިވެންޏަކަށް އެދެން. ވަރަށް މަރުހަބާ ޖަނާން” އައްޔަދު އަރަޝް އާއި ޖަނާނަށް ވެސް މަރުހަބާ ކިޔެވެ. އަރަޝް އައްޔަދާއި ސަލާންކޮށްލުމުން ޖަނާން އިސްއުފުލާލަމުން އައްޔަދަށް ބަލާލިއެވެ. އަދި ހިނިތުންވުމެއް ދިނެވެ. ހުރިހާ ޒުވާނުންގެ އިތުރުން ގެއަށް ނުގޮސް އެތަނުގައި މަޑުކޮށްގެން ތިބި އާއިލާ ހުރިހާ މީހުން ވެސް އައްޔަދާއި ރުފޭލް އާއި ވާހަކަދެއްކިއެވެ.
ޕާރޓީ އެއްކޮށް ނިމުމުން އަރަޝް އާއި ޖަނާން ރެސްޓޯރަންޓުން ދިޔައީ ތިން ނަންބަރު ޖެޓީއަށެވެ. އެދެމީހުންގެ ހަނީމޫން ދަތުރު ހަމަޖައްސާދިނީ ޝިނާނާއި ރިމީޝާއެވެ. ޖަނާންގެ މައިންބަފައިން ވެސް އެމީހުން ހުޅުމާލޭގައި ތިބޭ ގެސްޓްހައުސް އަށް ދިޔުމަށް ނިކުތުމުން ބާކީ ވީ ރިމީޝާގެ އާއިލާ އާއި އައްޔަދުގެ އާއިލާއެވެ. އަލްވީރާ އާއި ނަޒީމް މިޝްކު އާއި ނާފް ގޮވައިގެން މާކުރިން ގެއަށް ދިޔުމުން ނާއިން ސައިކަލުގައި އަންޖަލް ގޮވައިގެން ގެއާއި ދިމާލަށް ދުއްވަލިއެވެ. ރުފޭލް ޝަނުމް ގޮވައިގެން ސައިކަލުގައި ދިޔުމުން އައްޔަދާއި ޝިނާން އަދި ރިމީޝާ އެކަނިވިއެވެ. “ކިހިނެއް ދަނީ؟ އަހަރެމެން ވެސް މި ނައްޓާލަނީ” ދުރުގައި ޕާރކް ކޮށްފައި ހުރި ސައިކަލަށް އަރައިގެން އައި ޝިނާން ރިމީޝާ އާއި ކައިރިކޮށްލަމުން ރެސްޓޯރަންޓް ދޮރުމަތީގައި ހުރި އައްޔަދު ކުރެން އަހާލިއެވެ.
“ރުފޭ އަންނާނެ ޝައްނު ވައްޓާލާފަ. ކުޑަކަމަކު ހޮސްޕިޓަލަށް ވަދެލާފައި ދާން” އައްޔަދު ޖަވާބުދިނެވެ. ލަސްލަހުން ރިމީޝާ ޝިނާންގެ ފަހަތަށް އަރާ އިށީނދެލިއެވެ. ޝިިނާންގެ އުނަގަނޑުގައި ދެއަތް ވަށާލުމާއެކު ޝިނާން ދުއްވާލަންވީހޭ ރިމީޝާ ކުރެން އަހާލިއެވެ. ރިމީޝާ ބޯޖަހާލުމުން ޝިިނާން ސައިކަލް ކުރިއަށް ދުއްވާލިއެވެ. އެވަގުތު ރިމީޝާ އައްޔަދަށް ބަލާލިއެވެ. އައްޔަދު ވެސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އައްޔަދުގެ ދެލޮލުން ރިމީޝާ އަށް ހުރިހާ ކަމެއް އެނގި ސާފުވިއެވެ. އައްޔަދު އަދިވެސް އެދެނީ އޭނަ އަށް ކަމެވެ. ނަމަވެސް އެކަމުގައި މިއަދު އޭނަ އަށް އައްޔަދަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާ ހިތް އެދެނީ ޝިިނާނަށެވެ. ލޯބިވަނީ ޝިނާން ދެކެއެވެ. އެލޯބި ދުވަހަކު ވެސް ނިމުމެއް އަންނަން އޭނަ ނޭދޭއެވެ. އައްޔަދަށް ޖެހޭނީ އޭނާ މަތިން ހަނދާން ނައްތާލާފައި ކުރިއަށް ދާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.





Me first dhw…
🙂 yes Ary first
Ary adhi mi site ge vaahaka kiyan fleshy…Ary jehyny mi vaahaka alun fashan…hykuran v enjoy story akah vaane kamah…good luck and keep it up my dear Ushaali…lots of love
And thanks for replying my comment..is this 18+ story or wat…cuze I am 14..
🙂 salaam all
mi bai ves huriha kudhinnah kamudhaane kamah heekuran. vahaka nimeny mihaaru. dhn inee emme fahu episode. insha allah maadhama vr try kuraanan gennan. but yagyn kameh nudheveyne. yagynun ves maadhama reygandu konmes gadi eh ga genesdheynan….. ummydhu kuraanan fahu bayah inthizaaru kuraane kamah…. vr baajjaveri 🙂 dhuvahakah edhen huriha kudhinnah
Me second dhw Usha?
🙂 yes mifaharu Shiha second….
Mee 3rd dhw
Wowwww….. vrh vrh reethi…. rimee nd shin gulhunythr??? Vrh vrh reethi…. dhn iniii enme last prt thr? Nd now who is the partner of ayaa…. curiously waitin…♥♥♥♥♥♥
🙂 thankyou so much mishy
fahu baiga ingeyne huriha kameh ves… keep 🙂 waiting
Finally… up vehje….. varah inthizaaru kurevunu……ushaali….. this is amazing…..can’t wait to the last episode…luv u ushaali??.
🙂 thankyou so much Laana
🙂 keep waiting dear
Cover pic have ebain Rimeesha and Shinaan dhen Ayyadh and Rimee….What happened there..
Story is amazing…
Vedhaane ennu ehn RIMY akahvs.. rimeesha ekey noonennu iny…lets see vaane gotheh..ushaali nuhadhaane story hadi vaagotheh..love it ushaali..<3
Vaa*
🙂 thankyou Aishy
ehaa boda confuse nuvey… maadhama ah inthizaaru kollaa. eyrun ingeyne huriha 🙂 ehcheh ves
🙂 mthankyou Ushey
yes vahaka ninmey iru vr. reethi vaane…. 🙂 keep waiting dear vaa gotheh
Alhe dhn ayaa ah rimee nulibeyne dhw??
Anyways stry vr reethi. Keep it up ushaa?
lets see Lau. emme fahu vaguthu gai ves nathyjaa badhalu vedhaanenu… 😀
lets see dhw… dhn vaagotheh 🙂
So sad 🙁 dhen nuves kiyane l hate this story v heart vejje i love ayyadhu
super. ithuru vaahakaeh genesdhechey. the best writer
Woooww..vvv reethi story..next part ge inthizaaruga..Hama vvvv salhi..vvv sad vex vey mi story kiyaafa..
Keep it up dear..
🙂 thankyou so much Sinn
konme vahaka eh ga ves dheravaa kahala haadhisaa thah hinga eh nu dhw… ehen v 🙂 ma maa bodah dhera nuvey
V reethi… nice story.?
Masha allah stry vvv reethi.keep it up ushaali.
Dhemeedha fehi bulhalah viyy varu vex nuvi dhw ayyadh .haha.
Waiting 4 last part……
-salaam-????
Mi viyy gothun heevany rimeesha eii ehen meehen ge dharieh hen.haha.rimee aa ayyadh aa nugulhu vaathi igey dear.vedhaane dhw hama rimeesha dheke vaa loabin ayyadh enan kiyaa ehen kujjaka kaiveni kurany kamah vex.javaabu nygey shuvaalu thakeh. Avahah up kohla dhehchey igey ushaali.
Anekka sinaan maraa nulaathi ayyadhah rimeeshaa dheyn
Wow.. Vvvv reethi mi part ves.. ???Waiting for the night ingey..??
Possibilities:
* Shinaan maruvany
* Rimeeshaage twinseh hunnany
* Viheumuge therey dhimava kamakun rimeeshage hadhaanun baeh fuhevenee..
Ushaali.. Dhen rimy and shin vaki Nukurahchey.????. Eyrun v hadi vaane. I know Ushaali hadi koh nuninmaanekan.. Shin maraanulachey??????.. Ayadh ah rimy nudheythi dhen… Mi part v habeys… ????????????
Wats with the covr pic.. anekka aya ge life ah rimee kiyaa ehen kujjaku annaneetha
masha allah varah reethi
Twins hunnanykanneyge rimeesha aa rimee…dhen ethanun rimee aa ayyadh gulheny hen heevany…..hehehe heevany igey
Mashallah varah reeethi mi part vess. ushaa haadha varakah inthixaaru kurevehje ey… m waiting last part
Alhey. Shin maraalaafa ayyadh ah rimee nudheythi. Dhn oih gothakee rimee kiyaa ehn kujjeh ayyadh ge life ah aun. Mihaaru heevey rimee ae ehn baehge dhari ekey ves. Dhen neynge dhw. Waiting waiting
BTW, this story is superb. Ushaaly is the best ❤❤????
rimeesha and rimee ei twins.. rimeeshaa bely rimeeshaa ge aslu mom eh noon. ayyadhu ah rimee fenigen rimee aa marry kuran ulheny… what!!!???
hahaha tets see dhw
Dear Ushaali…..when is next part….. I can’t wait….. anyways the story is superb! ………keep ur amazing work…… i love u ushaali…???
( pls do reply to my comment )
Kobaa next part avahah up kohdheeba pls… V salhi mi part
Vaahaka liyany tha mihaaru. Up nukurevign thiulheny. Bunaane liye nimifa ey othy. Ehn nama up kurevifa dw hunnaany mihaaru
dont be so negative honey. she might be busy with something ?
Konirakuntha dhen next part up vaany