Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (1)

No one Level 210 Stories100 Comments
May 16, 2018 2 Mins Read
17 Comments

ކުޑަދޮރުގައި ހުރި ދޮރުފޮތިގަނޑުގެ ކުދި ކުދި ހޯތަކުން ފުރޭނިގެން އައި އިރުގެ ރަން ދޯދިތައް ނިދިފައި އޮތް ރިމްޝާގެ ދޮންދޮން މޫނަށް އެޅި އަލިވެގެންދިޔަ ހިނދު ދެތިންފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ. ނިދުމުގެ ސަބަބުން ޗޮކްލެޓް ކުލަޔަކަށްދާ ފަން އިސްތަށިގަނޑު ހޭވިފާވާއިރު އެދޮންދޮން މޫނުމައްޗަށް ވެރިވެފައިވާ ލުއިހިނުތުންވުމުގެ ސަބަބުން މީހަކު ބަލާ ފޫހިނުވާނެއެވެ. ރިމްޝާގެ މަންމަ ހަސީނާއަކީ ދިވެއްސެއް ނަމަވެސް ރިމްޝާގެ ކިބައިގައިވާ ބޭރުކުއްޖެއްގެ ސިފަތަކުގެ އަސްލަކީ އޭނަގެ ބައްޕައެވެ. އިސްމާޢީލްގެ ކިބައިގައި އެއްވެސް ހަރުދަނާކަމެއްނެތްކަން އެނގިހުރެވެސް ހަސީނާ އިސްމާޢީލްއާ ކައިވެނިކުރީ އޭރު ވެވިފައިވާ ކަނުލޯތްބެއްގެ ސަބަބުންނެވެ. އިސްމާޢީލްގެ ރީތިކަމުގެ ޖާދޫގައިޖެހި ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް އެޅުނު ކަތިފިޔަވަޅުގެ ނަތީޖާ ހަސީނާއަށް ފެނުނީ ނުހަނު ހިތިކޮންނެވެ. ހަސީނާ ވަރިކޮށްފައި އިސްމާޢީލް އޭނަގެ ޤައުމަށް އެނބުރިދިޔައީ ރިމްޝާއަށް އަހަރެއްވެސް ނުވަނީހެވެ. ރިމްޝާ ދެކެ ހަސީނާ އެންމެ ނަފްރަތުކުރާ މައިގަނޑު ސަބަކީވެސް އިސްމާޢީލްގެ ފަރާތުން ލިބުނު ދަރިއަކަށްވާތީއެވެ. ނަސީރުއާ އިނުމާ ހަމަައަށްވެސް މީހެއްގެ އަޅާލުމެއްނެތި ދަތިޙާލުގައި އުޅެންޖެހުނީވެސް ހަމަ އެޢިސްމާޣީލްގެ ސަބަބުންކަމަށްވާތީއެވެ.

ނިކަން ހަމަޖެހިލައިގެންއޮވެ ރިމްޝާ ވިސްނަމުންދިޔައީ ރޭގެ ހުވަފެނާ ދޭތެރޭގައެވެ. އާދައިގެ މަތިން ރިމްޝާއަށް ފެނުނީ ހަނދާންހުންނަންފެށީންސުރެންވެސް އެކަމަކަށްޓަކައި އޭނަ ފެންބޮވައިގެންފައިވާ މައިމީހާގެ ލޯތްބާއި އަޅާލުމެވެ. މޫނުމަތީގައިވާ ހިނިތުންވުން ގެއްލިގެންދިޔައީ ކެތްތެރިކަމާއިއެކު އެދުވަހަކަށް އިންތިޒާރުކުރަމުންދިޔަ ނަމަވެސް އެއީ ހުވަފެނުންނޫނީ ފެންނާނެ ދުވަހެއް ނޫންކަން ހަނދާންވުމުންނެވެ.

*********

ހިޔާލުތަކަށް ގެއްލިފައިއޮތް ރިމްޝާއަށް ހޭވެރިކަންވީ ކުރިމަތީގައިހުރި ގަޑި ފެނުމުންނެވެ. ފުންމައިގެން ތެދުވެވުނުއިރު ދެލޯވަނީ ބޮޑުވެފައެވެ. އެހެންދުވަސްދުވަހު ފަސްގަޑި ބައިގައި ހޭލާކުއްޖާއަށް މިއަދު މިހޭލެވުނީ އަށެއްޖަހާވެސް ބޮޑުވި ފަހުންނެވެ. ބަލާކަށްނުހުރެ ގޮސް ފާހާނާއަށްވަފެ ރީތިވެލައިގެން ގޮސް ބަދިގެއަށްވަދުނީ މަންމަމެން ހޭލުމުގެ ކުރިން ކާނެއެއްޗެއް ތައްޔާރުކުރުމަށެވެ. އަތްމަތި އަވަސްކޮށްލާފައި ކެއްކުމައިގެން އުޅުނުއިރު ހިތްނުތަވަސްވެފައިވަނީ މަންމައަށް ހޭލެވިއްޖެނަމަ ކަންތައްވާނެ ގޮތް ރަނގަޅަށް އެނގޭތީއެވެ. “ރިމްޝާ! ނޫނޭ އަދި ނުވެ ކައްކަން ވަންނާކަށް. މިމަންޖެ އަޅެ މިހުންނަނީ ކަންނެތްކަމުންގޮސް ހައްދުފަހަނަ އަޅާފަވިއްޔަ. މިހާރު އީނާލްމެންވެސް އެއޮއްހޭލީ. ސަހާދެއްމިބުނީ ދެން މާ ކަންނެތްވެގެން އުޅެންޏާ މިގޭން ނެރެލާނީ.” ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތް ބަލާލެވުނީ ހަސީނާގެ ބަރުއަޑު ކަންފަތުގައިޖެހުމުންނެވެ. ކުޑަކުޑަ މިރާން ކިހިއްޔަށް ޖަހައިގެންހުރެ ރުޅިވެރިކަމާއެކު ހަސީނާގެ އަނގައިން ބޭރުވި ރަހުމްކުޑަ ޖުމްލަތަކުން ރިމްޝާގެ ހިތްފޮތިފޮތިވެގެންދިޔައެވެ. ވާނީވެސް އެހެންތާއެވެ. ތިމާ ބަނޑުއަޅާވިހޭ ދަރިފުޅުލައްވާ ދޮންދަރިންތަކަށް ނޯކަރެއް ފަދައިން ހިދުމަތްކުރުވުމުގެއިތުރުން އެމަންމަގެ ދުލުން ނުރުހުމުގެ ގޮތުންނޫނީ ރިމްޝާއަށްޓަކައި ބަހެއްވެސް ބޭރެއްނުވެއެވެ. ކޯތާފަތުގައި ބީހެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލީ އެމަންޒަރު ފެނުނުކަމުގައިވިޔަސް ހަސީނާގެ ހިލަހިތަށްކުޑަކޮންވެސް އަސަރެއްނުކުރާނެކަން އެނގޭތީއެވެ. ހުރިހާ މަސައްކަތެއްކޮށްނިންމާލާފައި ރިމްޝާއަށް އޮފީހަށްދާން ރެޑީވެވުނުއިރު ގަޑިވެސްޖެހިއްޖެއެވެ. ހިތަދަތިކަމާއި ހިތާމައިން ފޯވެފައިވާ ހަޔާތާމެދު ވިސްނަމުން ގެއިން ނުކުތް ރިމްޝާ ބާރަށް ހިނގާލާފައިދިޔައިރު ހަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސްނުވެއެވެ.

…. ނުނިމޭ…

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

ކިޔުންތެރިންގެ ބައި..

Next

ވާދޫއަށް ކުރި ދަތުރު

Next
May 17, 2018

ވާދޫއަށް ކުރި ދަތުރު

Previews
May 16, 2018

ކިޔުންތެރިންގެ ބައި..

17 Comments!

  1. Ziff says:
    May 16, 2018 at 6:27 pm

    Wow..heevanee v reethi vaane hen..v reethi mi story…story gavaidhun up kurahche…

  2. Shiman says:
    May 16, 2018 at 6:28 pm

    Wow.. Reethi vaane hen hyvany

  3. Areen says:
    May 16, 2018 at 6:44 pm

    Nice…heevey reethi vaanehen

  4. noor says:
    May 16, 2018 at 6:45 pm

    maa sha allah.. 🙂 vrh reethi… heevey vrh vrh vrh reethi vaanehen mi story.. dhn huri baithah thankolheh dhigu koh genesdheyn masahkaiyy kurahchey… eyrah vrh vrh vrh furihama vaane story.. 🙂 vrh vrh kamugossi mi vaahaka.. 🙂

  5. mishy says:
    May 16, 2018 at 6:45 pm

    Woww.. no onee..l vrh vrh reethi vrne hn hii vey… daily kh up khladhhcheyy… vrh vrh reethi feshun…. frst stry ge feshumr balrf mi stry ge feshun vrh vrh reethi… yuh hv improved alt…. whn nxt…. waitinn…

  6. Anonymous says:
    May 16, 2018 at 6:51 pm

    V reethi feshun… Heeveyy rythi varrne hen…. Ehkam konme dhuvahaku up kohdhehcheyyy… Kepp it up…. ??❤❤???

  7. No one says:
    May 16, 2018 at 7:09 pm

    Thank u so much all.. vaahaka kiyaalaafa comment kohlyma♥️❤️????? . I will try to upload a new part on 29th may.. that is after finishing my exams

    1. reader says:
      May 16, 2018 at 11:38 pm

      Omg aharun exam es 29th ga nimeyny… Kon rasheh?

  8. Neih bunaa hitheh says:
    May 16, 2018 at 7:35 pm

    Ohh vrh vrh reethi…???

  9. Yaania says:
    May 16, 2018 at 7:53 pm

    ??? it’s beautiful. Keep it up dear..

  10. ainth says:
    May 16, 2018 at 8:09 pm

    Wow…V salhi vaane hen heevani mi vrhaka wait for next part…

  11. Blackaholic says:
    May 16, 2018 at 9:36 pm

    Masha Allah… vvv reethi.. gud luck with the story… n if u dnt mind can u tell me how old u r?? Just felt curious as u said u r doing exams?

    1. No one says:
      May 16, 2018 at 9:45 pm

      Thank u so much blackholic… Vr ufaa vehje story kamudhiyaiima..???.. well I’m 15 years

  12. Inan says:
    May 17, 2018 at 12:17 am

    Nice

  13. Maya says:
    May 17, 2018 at 8:58 pm

    Hey.. Our exam is also finishing in 29th..and am also 15 gud keep it up?????… U can do better.. Story hama awesome ??????????

    1. No one says:
      May 17, 2018 at 9:13 pm

      Thank you so much maya.. for the lovely and colourful comment❤️?????❣️

  14. Roxy says:
    May 26, 2018 at 2:01 pm

    Roxy ah maa fahun dw mi cmmnt kureveny bt no one ge stry eh vma hama kiyaalaahiy v ??? beautiful as always buddy ??

Comments are closed.


All Right Reserved!