Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (34)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
May 19, 2018 11 Mins Read
109 Comments

އެރޭ މުސްކާން ގެއަށް ލައިދޭން އިޒިކް ދިޔައެވެ. ކާރުން ފައިބާ އިޒިކް އަށް ހަނާ އަޅާލަމުން މުސްކާން އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ކުރިމަތިން މާނިއު ފެނުމާއެކު ބިރުން ފަހަތަށް ޖެހެވުނެވެ.

މާނިއުގެ ތުންފަތުގައި ވި ވިހަ ހިނިތުންވުން ފެނުމާއެކު މުސްކާން އަށް ހިން ދިރުވާލެވުނެވެ.

އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވެފަވަނީ ނުބައި ނުލަފާ އިންސާނެކެވެ. ރަހްމެއް ހަމްދަރުދީއެއްނެތް ނުލަފާ މީހެކެވެ. މުސްކާން ގެ މޫނުމަތީގައި ވި ނުތަނަވަސް ކަމުގެ އަސަރުތަކުން މާނިއު އަށް ހަމަޖެހުން ލިބިގެން ދިޔައެވެ. މުސްކާން ގެ އަނގައިގައި އޭނާ ވަނީ ވަރުގަދަ ޓޭޕް ގަނޑެއް އަޅާފައެވެ. އެ އަނގަ ހުޅުވާލަން ނުކެރޭ ވަރަށް އޭނާ ވާނީ އެ ފޮތިގަނޑު އަނގަމަތީ ބާރު ކޮށްލާފައެވެ.

މާނިއު ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު މުސްކާން އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއާއެކު އެ ވިހަ ހިނިތުންވުން ދައްކައިގެން ހުރެ އަނެއްކާވެސް މާނިއު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

އިޒިކް ކާރުގައި ފޯނެއްގައި އިނދެފައި ދުއްވާލަން އުޅެފައި އެއްލި ކަޅިއަކުން މުސްކާން އިން ގޮނޑިއާ ދިމާލުގައި ވެއްޓިފައި އޮތް އައިޑީ ކާޑެއް އިނެވެ. އޭނާ އެ ކާޑް ނަގައިގެން އޭނާ އަވަސް އަވަހަށް ގޭތެރެއަށް ވަނީ މުސްކާން އަށް އެ ރައްދު ކޮށްދޭށެވެ. ލިފްޓް ހުއްޓަކަށް މުސްކާން އަކީ އެކަނި ވެއްޖެއްޔާ ލިފްޓަށް އަރާ ކުއްޖެއްނޫނެވެ. ކުރިން އޭނާ އަށް އެއްވަރަކަށް ވެސް ލިފްޓަށް ނޭރެއެވެ. ބަންދު ތަންތަނަށް ވަދުމުން އޭނާ ހާސްވަނީއެވެ. އެހެންނަމަވެސް މިހާރު މަދުމަދުން މީހަކާއެކީ ނަމަ އޭނާ އަރައެވެ. އެވެސް ލިބުނު ކުރިއެރުމެކެވެ.

ފަހަތަށް ޖެހެމުން ދިޔަ މުސްކާން ޖެހުނީ އިޒިކް ގެ ގައިގައެވެ. އަދި އެއާއެކު މުސްކާން އަށް ސިހުމެއް ލިބުނެވެ. އޭނާ އަވަސް އަވަހަށް ފަހަތަށް ބަލާލިއެވެ. އޭރު މީގެ ހަތް އަހަރު ކުރީގެ ހަނދާން ތަކެއް އޭނާގެ ސިކުނޑީގައި ދަތުރު ކޮށްލިއެވެ. އެ ނުބައި އިންސާނުންގެ ކިބައިން އޭނާ އަށް ސަލާމަތް ނުވެވުނު ގޮތް އެ ހިތަށް ވެރިވެގެން ދިޔައެވެ. އެ ނުލަފާ އިންސާނުން ނާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާ އަޅައިގަންނަނީ އެތަނުން އެހެން މީހެއްގެ ގައިގައެވެ. މީގެ ކުރިންވެސް އޭނާ އާ މާނިއު އާ ދިމާވެއެވެ. އެއިން އެންމެ ފަހަރަކުވެސް މާނިއު ގެ ކޮންމެވެސް އަނިޔާ އަކާ ނުލާ ސަލާމަތް ވުމަކީ އޭނާ އަށް ކުރެވުނު ކަމެއްނޫނެވެ. އަދި އަމްދުން މިރޭ މާނިއު ގެ މޫނުމަތިން އޭނާ އަށް ފެނުނު އަސަރުތަށް ތަފާތެވެ.

“މުސްކާން” މުސްކާން އެނބުރިލުމާއެކު އިޒިކް ގޮވާލިއެވެ. އިޒިކް ގެ ނަޒަރު ދެން ހުއްޓުނީ މުސްކާން ގެ މޫނުމަތީގައި ހުރި ދާތިކިތަކެވެ.

އެއަށް ފަހު ކުރިމަށްޗަށް ބަލާލުމާއެކު މާނިއު އެ ދެލޮލުގައި އަޅައިގަތެވެ. ވީ ގޮތް އެނގުމާއެކު މުސްކާން އޭނާގެ ފަހަތަށް ދަމާލާ އިޒިކް މާނިއު އާ ކުރިމަތިލިއެވެ. މާނިއު އިޒިކް އާ ދިމާލަށް ފުންކޮން ބަލާލިއެވެ. “އޯހް… މުސްކާން…” މާނިއު މުސްކާން އާ ދިމާލަށް ބަލާލަމުން އޭނާގެ ދެލޮލާ ދިމާލަށް އިޝާރާތް ކޮށްލުމަށްފަހު ދެވަނަ ފަހަރު މުސްކާން ގެ ލޮލާ ދިމާލަށް ދިއްކޮށްލިއެވެ. މާނިއު ގެ މޫނަމަތިން މިރޭ ފެންނަނީ ތަފާތު އަސަރުތަކެވެ. ބިރުވެރިކަމެވެ. އެ ދިން އިންޒާރުގެ މާނަ މުސްކާން އަށް ރަނގަޅަށް ފަހުމް ވިއެވެ. އެއާއެކު އަނެއްކާވެސް އެ މޫނުމައްޗަށް މާޔޫސް ކަމުގެ ކުލަވަރު ވެރިވިއެވެ. އިޒިކް އަށް ވެސް ކޮންމެވެސް ގޯހެއް އުޅޭކަމުގައި ހީކުރެވުނު ކަމުގައިވިނަމަވެސް އެ ވަގުތު އިތުރު ނުތަނަވަސް ކަމެއް މުސްކާން އަށް ދޭން ނުނިންމީ އެ މޫނުމަތީގައި ވި ބިރުވެރިކަމުންނެވެ. މާނިއު ދިޔުމާއެކު އިޒިކް ފުންނޭވާއެއް ދޫކޮށްލިއެވެ.

“މުސްކާން ކާޑް…” އިޒިކް އައިޑީ ކާޑް ނަގާ ދިއްކޮށްލިއެވެ. “ކާރު ތެރެއަށް ވެއްޓިފައޮތީ” މުސްކާން ކާޑުގައި ހިފުމާއެކު އިޒިކް ބުނެލިއެވެ. ހައިރާން ކަމުގެ އަސަރުތަށް މުސްކާން ގެ މޫނުމަތިން ފާޅުވިޔަސް އިޒިކް ގެ ޖަވާބުން ވީ ގޮތް ނަގައިގަނެވުނެވެ. “ތެންކިޔު” މުސްކާން ޝުކުރި އަދާކޮށްލިއެވެ. “ނަސީބެއްނު އާދެވުނުކަން ދޯ… ” އިޒިކް ބުނެލިއެވެ. މުސްކާން ސިޑިން އަރައިގެން ގޮސް ލޯ މަތިން ގެއްލެން ދެން އިޒިކް ހުއްޓެވެ. މުސްކާން ވެސް ފަހަތަށް ބަލާލާފައި ގޮސް އޮބާލީއެވެ.

އިޒިކް ފުންނޭވާއަކާ އެކު ގޮސް ކާރަށް އެރިއެވެ. އަދި ދުއްވާލިއެވެ.

މުސްކާން ދޮރު ހުޅުވާލާފައި ގެއަށް ވަނުމާއެކު އަމާޒުވީ އަނީސާގެ ރުޅިވެރި ބަސްތަކެވެ. “އުޅޭނެ ހާތާކު އުޅެފަ ކުރާނެ ހާ ކަމެއް ކޮށްފަ ގެއަށް އާދެވިއްޖެ؟” އަނީސާ ހަޅޭއްލަވައިގަތެވެ.

“ދޮންތާ އަޅުގަނޑު…”

މުސްކާން ގެ ވާހަކަ ހުއްޓުނީ ކޯތާފަތަށް އެރި ހޫނު ހަމަލާއިންނެވެ. “ޝިނާން ގުޅާފަ ނުބުނި ނަމަ އަހަރެންނަކަށް ވެސް ނޭނގޭނެ” އަނީޝާ ދެވަނަ ފަހަރު ހަޅޭއްލަވައުގަންނަމުން ބުނުމުން މުސްކާން އަށް ވެގެން އުޅޭ ގޮތް ސާފުވިއެވެ. އެއަޑަށް ކޮޓަރީގައި އޮވެފައި އަބާން ނުކުތެވެ. އަބާން އަކީ ޒިހާން ގެ ކޮއްކޮއެވެ. އޭނާ އަކީވެސް ޒިހާން އެކޭ އެއްފަދައިން މުސްކާން އަށް ހެޔޮ އެދޭ މީހެކެވެ. އެހެންކަމުން އޭނާ އެއްޗެއްބުނަން އަނގަހުޅުވާލިއެވެ. އެހެންނަމަވެސް ދެން އޭނާގެ ދޮންތަ މުސްކާން އަށް ނިސްބަތް ކޮށް ހާމަ ކޮށްލި ހުތުރު ބަހުން އޭނާގެ ބަސްވެއް ހުއްޓިގެން ދިޔައެވެ.

ދޮންބެ ޒިހާން ވެސް ގޭގައި ނެތުމުން އަނީސާގެ ކަންތަށް ވަކިން ބޮޑުވާނެކަން އަބާން އަށް އެނގެއެވެ. އޭނާ އަށް ރުޅި އާދެވުނީ ޝިނާން ދެކެއެވެ. މުސްކާން އަކީ އަޚްލާގު ރަނގަޅު ކުއްޖެއްކަން އޭނާ އަށް އެނގެއެވެ. މުސްކާން ގެ ފަރާތުން މިހާތަކަށް ވެސް އެމީހުން ލަދުގަންނަން ޖެހޭ ފަދަ އަމލެއް ފެނިފައެއްނުވެއެވެ. ބަޔަކު އޭނާ ރޭޕް ކުރުމަކީ އަދި އެހެންކަމެކެވެ. އެކަމުގައި މުސްކާން ގެ ކުށެއްނެތެވެ.

މުސްކާން އާއި ޝިނާން އާ ވަކިވިކަން މިރޭ ޝިނާން ވަނީ އޭނާ އަށް ބުނެދީފައެވެ. އެކަމަކު މުސްކާން އާ ބެހޭ ގޮތުން އެ ފަދަ ގޮތަކަށް އަނީސާ ގާތު ވާހަކަ ދައްކާފާނޭ ކަމަކަށް އަބާން އަށް ހީކުރެވިފައި ނެތީއެވެ. އަނީސާގެ ދެންތިބޭ ތިން ކުދިންވެސް މުސްކާން ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.  އަބާން ދެފަރާތަށް ބޯ ހޫރާލިއެވެ. މުސްކާން ގެ މައުސޫމް ކަން އެމީހުންނަން ނުފެންނަނީއެވެ.


ގެއަށް އައިސް ގޭޓުން ކާރު ވައްދާލިއިރު ވެސް ދާނިޝް އާއި ރާސިލް އާ ދެމެދު ވާހަކަ ތަށް ދެކެވެކުން ދިޔައެވެ. ދުއްވަން އިނީ ދާނިޝްއެވެ.

ގޭތެރޭގައި ވަނީ އާދަޔާ ހިލާފް ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން ފޫ ދުއްވާލީ ޒާހިދު ސިޓިން ރޫމަށް ނުކުތުމުންނެވެ. ފޯން ގައި ހުރި އިރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. އޭރު ހިޝްމާ ވެސް ގޭގައި ނެތީ އޭނާ ވީ އައިލީޝް ގާތަށް ގޮސްކަމަށް ވީތީއެވެ. ޒީޝާ އަންޖުމް ގާތުގައި މަޑުކޮށްލަން ބުނެފައި ފާހާނާއަށްވަނެވެ. މިރޭވެސް ރާސިލް ގެއަށް ނައިސްގެން އަންޖުމް ބޮޑާ ހާކަނީއެވެ.

އަންޖުމް ޒީޝާ ފާހާނާއަށް ވަދެ ދޮރު ލައްޕާލުމާއެކު ދުވެފައި ކޮޓަރިން ނުކުމެ ތިރިއަށް މިސްރާބުޖެހިއެވެ. އޭނާ ދިޔައީ މާމާ އޭ ކިޔާފައި ގޮވަމުންނެވެ. ހިޝްމާ ދިޔަކަމެއް އަންޖުމް އަކަށް ނޭނގެއެވެ. ސިޑީގެ ހަރުފަތް ތަށް ހަލުވި ކޮށް ގިރާކުރުމަށް ފަހު އަންޖުމް ދުއްވައިގަތެވެ. އޭނާ އަށް ސިހުން ލިބުނީ ޒާހިދު އެތަނުގައި ހުރުމުންނެވެ. އެ އަނގައިން ކާފާ އޭ މަޑުމަޑުން ބުނެލުމާއެކު ޒާހިދު ވެސް އެދިމާލަށް ބަލާލިއެވެ. އެކަމަކު އޭނާ އަންޖުމް އަކަށް މާބޮޑު ސަމާލް ކަމެއް ނުދިނެވެ. އަންޖުމް މަޑުމަޑުން ހުރެފައި ގޮސް ސޯފާގައި އިށީންނަން އުޅުނު ވަގުތު ސޯފާ ގެ ކުރިމަތީގައި ހުރި މޭޒުގައި އަޅައިގަނެފައި އެތާ ހުރި ފެންތަށި އެ މޭޒުމަށްޗަށް ބަންޑުންވިއެވެ. އެއާއެކު އެތަނުގައި ހުރި ގަނޑުތަކަކަށް ފެން އެޅިގެން ދިޔައެވެ. ބިރާ ސިހުން އެކުލެވިގެން ވީ ދެލޮލުން އޭނާ ޒާހިދުއަށް ބަލާލިއެވެ. ޒާހިދު އައިސް ރުޅީގައި އަންޖުމް އާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

“އަންޖު” އެ އަޑު ނުހަނު ބާރެވެ. ޒާހިދު އަށް މި ހަޅޭއްލަވައިގަނެވުނީ ކުޑަ ކުއްޖަކާ ދިމާލަށް ކަމެއްވެސް ނޭނގޭ ފަދައެވެ. އަނގައިން ހުތުރު ބަހެއްވެސް ބުނެލައިފިއެވެ.

އަދި އެއައި ގޮތަށް އައިސް އަންޖުމް ގެ އަތުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. ފަހަތަށް ދިޔަ އަންޖުމް ވެއްޓުމުގެ ކުރިން އެތަން ފެނުނު ރާސިލް އައިސް އަންޖުމް ހިފެއްޓިއެވެ. އޭނާ ވެސް ދާނިޝް އާ ވާހަކަ ދައްކަމުން ވަނީ ފަހަރެއްގައިވެސް އެފަދަ މަންޒަރެއްފެނުދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް ވަގުތަށް އާދެވުނުކަމީ ނަސީބެކެވެ. އަންޖުމް ރީތިކޮށް ތިރީގައި ބަހައްޓަމުން ޒާހިދު އާ ދިމާލަށް ބަލާލި ރާސިލް ގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އޭނާ އައި ރުޅީގައި އެދިމާލަށް ފިޔަވަޅެއް އެޅިއެވެ. އިފްޝާ މަތިން ހަނދާން ވުމުންވެސް އޭނާ އަށް ރުޅި ކޮންޓްރޯލް ކުރަން ދަތިވަނިއެވެ. މިއަދު އޭނާ އެ ދިމާކުރީ އަންޖުމް އަށް އަނިޔާދޭށެވެ. އެއީ އަނެއްކާވެސް އޭނާ އަށް ދުވަހަކުވެސް މާފުކުރެވޭނޭ ކަމެއްނޫނެވެ. އެހެންނަމަވެސް މިފަހަރުވެސް ދާނިޝް ކުރިއަށް ޖެހިލާ ރާސިލްގެ އަތުގައި ހިފައްޓާލުމާއެކު ރާސިލް އެ ދިމާލަށް ބަލާލިއެވެ. ދާނިޝް ދެފަރާތަށް ބޯ ހޫރާލުމާއެކު ރާސިލް އަށް ފުންނޭވާއެއްލެވުނެވެ.

“ޒީ ކޮބާ؟” ދާނިޝް ގެ އަޑުގައި ހިންހަމަނުޖެހުމެއްވިއެވެ.

“އަންޖޫ” އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ އަންޖުމް އަށް ގޮވަމުން ސިޑުން ފައިބަމުން ދިޔަ ޒީޝާއެވެ. ޒާހިދު އަންޖުމް އާ ދޭތެރޭ ކަންތަށް ކުރިގޮތް ދާނިޝް އަށް ފެނުމާއެކު އޭނާ އަށް ވެސް ވިސްނާ ނުލާ ރުޅި އިސްކުރެވުނީ ޒީޝާ އަށެވެ.

“ޒީ… އަށް ކީއްވެތަ އަންޖު ނުބެލެންވީ… އަންޖު ތިރިއަށް އައީމަ ޒީ ވެސް އަންނަން ޖެހޭނޭ… އަންޖު އަށް ކަމެއް ވީނަމަ… ޒީ ޖެހޭނީ ޒިންމާ ނަގަން” އަޑު ހަރުކޮށް ދާނިޝް ވާހަކަ ދެއްކުމުން ޒީޝާ ދެރަވިއެވެ. އޭނާ އިސްޖާހާލިއެވެ. ކުށްވެރި އިހްސާސް އެއްކުރެވިގެން ދިޔައެވެ. އަންޖުމް ރޮމުން ދިޔައީތީ ރާސިލް މަސައްކަތް ކުރީ އަންޖުމް ހުއްޓުވޭތޯއެވެ. އެ ދެލޮލުން ކަރުނަ ފޮހެމުން ދިޔަވަރަކަށް ކަރުނަތަށް ރޮނގަކަށް ފައިބަމުން ދިޔައެވެ. މިކަމުން ވެސް ރާސިލް ގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ.

“ދޮންބޭ އިޓްސް އޯކޭ” ޒީޝާ އާއި ދާނިޝް އާ ދެމެދު ދެބަސްވުމެއް ވާކަށް ރާސިލް ނޭދެއެވެ.

ދާނިޝް ދެންވެސް ޒީޝާ އާ ދިމާލަށް ނުރުހުމުގެ ބަހެއްބުނެލުމުން އަންޖުމް ވެސް ދެރަވެފައި ވާހަކަ ދެއްކިއެވެ. “ޑެޑީ… ކޮއްކޮ އެކަނިޔޭ އައީ… ކޮއްކޮ ބަސް ނޭހުނީ އޭ” އަންޖުމް ދެރަވެފައި ވާހަކަ ދެއްކުމުން ރާސިލް ގެ އިތުރުން ދާނިޝް ގެ ސަމާލް ކަން ވެސް އަންޖުމް އަށް ހުއްޓުނެވެ. އެއާއެކު ދާނިޝް އަށް ޒީޝާ އާ ދިމާލަށް ބަލާލެވުނެވެ. އަދި ނިތްކުރިމަތީގައި އަތް ހިންގާލީ ޒީޝާ އާ ދިމާލަށް ބާރަށް ބުނެވުނީތީއެވެ. ވީ ގޮތް ނުބަލާ ޒީޝާ އާ ދިމާލަށް އެއްޗެހި ކިޔުނީތީއެވެ.

“އަންޖުމް އަށް ކަމެއްވިނަމަ މަގޭ ހުރި ނުބައިކަން ދެން ފެނިގެންދާނީ” ދާނިޝް ގެ ހިތުގައި އޮތެވެ. އެހެންނަމަވެސް އެއިން އެއްވެސް ބަހެއް އޭނާ ދުލުން ބޭރެއް ނުކުރިއެވެ. “ދެންމެ އަންޖުމް އަށް ކަމެއް ވި ނަމަ….” ރާސިލް އަށް ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން އެންމެ ފަހުން ވަކިހިސާބަކަށް ބުނެފައި ހުއްޓާލިއެވެ. އޭނާ އަންޖުމް އުރާލިއެވެ. “ޑެޑީ ގެ ޕްރިންސެސް ކީއްވެ ނުނިދާ… ހިނގާ ބަލަ ކޮޓަރިއަށް ދާން ދޯ…” ރާސިލް ބުނެލިއެވެ.

“ރާސިލް… އައެމް ސޮރީ” ޒީޝާ ބުނެލިއެވެ. އަދިވެސް އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔައީކަން ރާސިލް އަށް އެނގެއެވެ. އެހެންކަމުން “އަސްލުވެސް އޯކޭ” އޭ ބުނެލިއެވެ. “އިޓްސް އޯކޭ އޭ… ރިއަލީ… ދެން އެކަމާ ނުވިސްނާ” ރާސިލް ބުނެލިއެވެ. އަދި އަންޖުމް ގޮވައިގެން ހިނގައިގަތެވެ.

ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނުމާއެކު ރާސިލް އަންޖުމް ތިރީގައި ބެހެއްޓިއެވެ. އޭރުވެސް އަންޖުމް އަށް ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ. ރާސިލް އަންޖުމް ގެ އަތުގައި ހިފާލައިގެން ގޮސް އެނދުގައި ބައިންދަމުން ތިރީގައި އިށީނެވެ. “ޑެޑީ… ގެ ޕްރިންސެސް ހެޕީ ވާނެ ގޮތަކާ ދޭތެރޭ ޑެޑީ މި ވިސްނަނީ އަމްމްމްމް…. މާދަން ހިނގާ މަންމި ކައިރިއަށް ދާން ދޯ… އަންޖު ބޭނުންތަ ދާން؟” ރާސިލް އަހާލިއެވެ.

ކޮއްކޮ ބޭނުމީ މަންމި ކައިރިއަށް ދާން” އަންޖުމް އަމިއްލަ އަށް ކަރުނަތަށް ފޮހެމުން ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ހިނިތުންވެލިއެވެ. އެހެން ވިއްޔާ ހިނގާ އަވަހަށް ނިދަން ދޯ… އޭރުންނެއްނު ހެދުނު ދެވޭނީ. ހެހެ” ރާސިލް ހެމުން ބުނެލިއެވެ. އެހެން ބުނުމާއެކު އަންޖުމްވެސް ވަރަށް ފަސޭހައިން ގޮސް ނިދާބަޔަށް ވަނެވެ. އަންޖުމް ނިދުމާއެކު ރާސިލް ވެސް ކަބަޑް ހުޅުވާލާ އެ ފޮތް ނަގަން އުޅުނެވެ. އެ ވަގުތު އޭނާގެ ލޮލުގައި އޭގެތެރޭގައި އޮތް ކެވެލި ކޮޅު އަޅައިގަތެވެ. ކުރިން ދުވަހުއޭނާ އެ ކެވެލި ކޮޅު އޭގެތެރެއަށް ލެވުނު ކަން ހަނދާނަށް އައުމާއެކު އެ ކެވެލި ކޮޅު ނަގާ އެއަށް ބަލާލިއެވެ. އެއާއެކު ތަންކޮޅެއްކުރީގެ ހަނދާނެއް އައުމާއެކު ލުއި ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. އަނެއްކާވެސް އެ އޮތް ތަނުގައި ބައިންދަމުން އޭނާ ފޮތް ހިފައިގެން ގޮސް އެނދުގައިއިށީނެވެ. އެ ފޮތުގެ ފުރަތަމަ ބައިގައި ހުރީ މުޅިންވެސް ޒާހިދު ގެ ފަރާތުން އައިލީ އަށް ލިބުނު އަނިޔާ ތަކާ އޭނާ ތަހައްމަލް ކުރި ވޭނުގެ ވާހަކައާއި ދާނިޝް ކޮންމެ ފަހަރަކު އޭނާ އަށް ހިތްވަރު ދޭ ވާހަކައެވެ.

ފަހަތުގައި ރާސިލް ގެ ވާހަކަތަށް ވެސް ހުއްޓެވެ. ދަރިފުޅަށް ޓަކާ ކުރި އިންތިޒާރުގެ ވާހަކައެވެ. ރާސިލް އެ ފޮތަށް ބަލަހައްޓައިގެން އިނެވެ.


އަނެއްދުވަހު ހެދުނު އަންޖުމް ރީތިކޮށްގެން ގޮވައިގެން ރާސިލް ހޮސްޕިޓަލަށް ދިޔައެވެ. ކުރިން ދުވަހު ފެނުނު އަސަރުތަށް މިއަދު އަންޖުމް ގެ ފަރާތަކުން ނުފެނެއެވެ. އެމޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އަންޖުމް ގޮވައިގެން އައިލީ އޮތް ރޫމަށް ވަނުމާއެކު އަންޖުމް އައިލީޝް އާ ދިމާލަށް މިސްރާބުޖެހިއެވެ.

“މަންމީ” އަންޖުމް ގޮވާލިއެވެ. އޭނާ އައިލީޝް ގެ އަތުގައި އަތް ލިއެވެ. އަންޖުމް ކަންތަށް ކުރާ ގޮތެއް ބަލަން ރާސިލް ތަންކޮޅެއް ދުރުގައި ހުއްޓެވެ. ކުރީ ފަހަރާ ތަފާތުކޮށް މިފަހަރު އަންޖުމް ގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ހާސްކަމެއް ރާސިލް އަކަށް ނުފެނުނެވެ. އެކަމުން އޭނާ އަށް ވެސް ހިންހަމަޖެހުން ލިބުނެވެ. “ޑެޑީ” އަންޖުމް ގޮވާލިއެވެ. ހިޔާލް ތަކަށް ގެއްލިފައި ހުރި ރާސިލް އަށް ސިހުން ލިބުނެވެ. އޭނާ މަޑު ފިޔަވަޅު ތަކެއްގައި އަންޖުމް ގާތަށް އައިސް ހުއްޓުނެވެ. އެއާއެކު އަންޖުމް އޭނާގެ އެތް އަތުން ރާސިލް ގެ ކަނާއަތުގައި ހިފައްޓާލާ އުފުލާލަމުން ގެނެސް އައިލީޝް އާއި އޭނާގެ އަތުގެ މަތީގައި ބާއްވާލިއެވެ. “ކޮންޕްލީޓް ފެމެލީ” އަންޖުމް ގެ އަޑު އިވި ރާސިލް ފެންކަޅިވިއެވެ. އެހެންނަމަވެސް އިސާހިތަކު އެ ކަރުނަތަށް ހިންދާލަމުން އަންޖުމް ގެ ވާހަކައިގައި ބައިވެރިވެލިއެވެ.

‘ޔެސް ވީ އާރ” ރާސިލް ބުނެލިއެވެ. “ޑެޑީ ކީއްވެ ރޮނީ” އަންޖުމް ބުނެލިއެވެ. ރާސިލް ގެ ލޮލުން ކަރުނަ ތިއްކެތް ވެއްޓުނުކަން އޭނާ އަށް އިހްސާސްވެސް ކުރެވުނީ އަންޖުމް ބުނީމައެވެ. “ނުރޮން ޑެޑީއެއް” ރާސިލް އެ ކަރުނަ ފޮހެމުން ބުނެލިއެވެ. “ޑެޑީ އިށީނދެބަލަ” އަންޖުމް ކަރު ކުޑަކޮށް އުފުއްލާލަމުން ބުނެލިއެވެ. އެއާއެކު ރާސިލް ގުދުވވެލިއެވެ. އެއާއެކު އަންޖުމް އޭނާވެ ތުއްތު ތުއްތު އަތުން ރާސިލް ގެ ކަރުނަތަށް ފޮހެދިނެވެ. އަދި މަންމި ހޭލާނެޔޭ ބުނެލިއެވެ. ހިނިތުންވަމުންނެވެ. އަންޖުމް ގެ އަމަލް ތަކަށް ބަލަން އިންރާސިލް ގެ ހިތުގައި ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.

އެވަގުތު އައިލީޝް ހޭލާނެނަމައޭ ހިތަށް އެރީ ކިތަށް ފަހަރު ކަމެއްނޭނގެއެވެ. ހިތާމަގެ ކަނޑެއްގައި އޭނާ ޣަރަގު ވަނީއެވެ. ހަދާނީ ކީއްހެއްޔެވެ؟. ކުރާނީ ކިޔެއްހެއްޔެވެ؟. ހިތާމައަކަށް ފަހު ހިތާމައެކެވެ. އެދުވަހުވެސް އެދެމީހުން އައިލީޝް ގާތު އެ ހޭދަ ކުރެވުނު ވަގުތު ކޮޅުގައިވެސް ހޭލަފާނޭ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބުނެވެ. ހަތަރު ގަޑިއިރު އަންޖުމް އާއި ރާސިލް އައިލީޝް ގާތު ތިއްބެވެ. ދާން ވެގެން އެނބުރިލާ ދޮރާ ހިސާބަށް ދިޔުމުގެ ކުރީގައިވެސް ރާސިލް އަށް ފަހަތަށް ބަލާލެވުނީ އުންމީދު ކުރެވުނު ވަރުންނެވެ. ލޯ މަރާލަމުން އޭނާ ފުންނޭވާއެއްލަމުން ކުރިމަތި ބަލާލިއެވެ. އަންޖުމް ވެސް ފަހަތަށް ބަލާލިއެވެ. ދެން އޭނާ ބަލާލީ ލޯ މަރާލައިގެން ހުރި ރާސިލް އަށެވެ. އެވަގުތު މެޝިންތަކުގެ އަޑު ގަދަވެގެން ދިޔައެވެ. ބީޕް ތަކުގެ އަޑު އަވަސް ވެގެން ދިޔައެވެ. އަންޖުމް ގެ ލޮލުގައި ލޯ ހުޅުވައިގެން އޮތް އައިލީޝް އަޅައިގަތް ކަމުގައި ވިނަމަވެސް އެ ވަގުތު އެތަނުގައި ހުރި މެޝިން ތަކުގެ އަޑު ގަދަވުމުން ބިރުވެރިކަމެއް އެ ހިތުގައި ވިއެވެ. އެއްޗެއް ބުނަން އޭނާ ނުކުޅެދުނެވެ. އެހެން ހުރެފައި ރާސިލް ގެ އަތަށް ބާރު ކޮށްލިއެވެ. ލޯ މަރާލައިގެން ހުރި ރާސިލް ހުރީ އެހެން ދުނިޔެއެއްގައި ކަހަލައެވެ.

ވަށައިގެން ވަމުން ދާ އެއްވެސް ކަމެއް އޭނާ އަށް އިހްސާސް ނުވާ ކަހަލައެވެ.

އަންޖުމް ދެވަނަ ފަހަރަށް ވެސް ރާސިލް ގެ އަތަށް ބާރު ކޮށްލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އައިލީޝް އަށެވެ. ރާސިލް އަށް ލޯ ހުޅުވާލެވުނެވެ. އޭނާ އަންޖުމް އާ ދިމާލަށް ބަލާލިއެވެ. އޭރު އަންޖުމް ހުރީ ފަހަތަށް ބަލާލށެވެ. ރާސިލް ގެ ކަންފަތުގައި އެ އަޑުތަށް ޖެހުނީ ދެނެވެ. “ޑެޑީ” އަންޖުމް ގެ އަޑު އިވިލީ ނުހަނު މަޑުންނެވެ. ރާސިލް އަންޖުމް ގެ ނަޒަރު ހުއްޓި ހުރި ދިމާލަށް ބަލާލިއެވެ.

އައިލީ” ރާސިލް އައިލީޝް އަށް ގޮވާލަމުން ބާރު ބާރަށް ގޮސް އެނދު ކައިރީގައި ހުއްޓުނެވެ. އައިލީޝް ގެ މޫނުގައި ދެއަތުން ހިފާލަމުން ދެފަހަރަކު އައިލީ އަށް ގޮވާވެސް ލިޔެވެ. އޭރު އަންޖުމް ވެސް ކައިރީގައި ހުއްޓެވެ. ރާސިލް އަވަސް އަވަހަށް ނަރުސްކުއްޖަކަށް ގޮވަން ވެގެން އެތަނުގައި އިން ބެލް އަށް އޮއްބާލިއެވެ. އަދި އަވަސް އަވަހަށް ނުކުމެގެން ދާން ވެގެން އެނބުރުނެވެ. އޭރު ނަރުސްކުއްޖަކު އައިސް ވަންނަނީއެވެ. އެ ކުއްޖާ އައިސް ވަނުމާއެކު ފެނުނީ މެޝިންތަކުގެ އަޑެވެ. އެހެންކަމުން އަވަސް އަވަހަށް ދެން ހުރި ނަރުސް ކުއްޖާ ގާތު ޑޮކްޓަރަށް ގޮވަން ބުނެލިއެވެ. ރާސިލް އައިލީޝް އާ ދިމާލަށް ގުދުވެގެން އޮތް ނަމަވެސް އައިލީޝް ގެ އެއްވެސް ހަރަކާތެއްނެތެވެ. ހަމަ އެކަނި ލޯ ހުޅުވާލައިގެން އޮތްކަމެވެ. ރާސިލް ގެ ލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ.

“އައިލީ” ރާސިލް ހަޅޭއްލަވައިގަތެވެ. ޑޮކްޓަރު އިޝާން އައިސް ރާސިލް ގާތު ދުރަށް ޖެހިލަން ބުނުމާއެކު ރާސިލް ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭގެ ފަހުން އައިލީޝް އަނެއްކާ ދެވަނަ ފަހަރު ލޯ ހުޅުވާލީ ފަނަރަ މިނިޓް ފަހުންނެވެ. އިރުކޮޅަކުން އަނެއްކާ ލޯ މަރާލުމަށްފަހު ދެން ނުހުޅުވިއެވެ. ޑޮންޓަރު އިޝާން ރާސިލް އަށް ބަލާލާފައި ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ރާސިލް ގެ ހިތަށް އަނެއްކާވެސް މާޔުސްކަން ވެރިވިއެވެ.

“ވީ ހޭވް ހޯޕް” އިރުކޮޅެއްފަހުން ޑޮކްޓަރު އިޝާން އިއްވާލިއެވެ. އެ އަޑު އިވި ރާސިލް ގެ ލޮލަށް އަނެއްކާވެސް އުފާވެރިކަމުގެ ކަރުނަތަށް ޖަމާވިއެވެ. ހެއްދެވި ފަރާތަށް ޙަމްދުކުރެވުނެވެ. އައިލީ ރަނގަޅު ކުރައްވާތޯ ދެންނެވުނެވެ.

އެދުވަހު ރާސިލް އާއި އަންޖުމް އެކުގައި އެތަށް ވަގުތެއް އައިލީ ގާތު ހޭދަކުރިއެވެ. ދެވަނަ ފަހަރަށް ވެސް އައިލީޝް ލޯ ހުޅުވާލާތޯ ދުއާ ކުރެވުނު އަދަދެއްނޭނގެއެވެ. ޑޮކްޓަރުންގެ ފަރާތުން އައިލީޝް ހޭ އަރާފާނޭ ކަމުގެ އުންމީދު ލިބުމުން އެނާ އަށް މާ ބޮޑަށް އުންމީދު ކުރެވެން ފެށުނީއެވެ.

އެތަށް އިރަކު ރާސިލް ވެސް އައިލީޝް އާ ވާހަކަ ދެއްކިއެވެ. އޭނާ ގެ ވާހަކަ ތަކެވެ. އަންޖުމް ގެ ވާހަކަތަކެވެ. ހިޝްމާ ގެ ވާހަކައެވެ. ޒީޝާ އާއި ދާނިޝް ގެ ވާހަކަ ވެސް ދެއްކިއެވެ. އަދި މީގެ އިތުރުން އެ ހަތަރު އަހަރު އެމީހުން އައިލީޝް ގާތު ހޭދަކުރި ގޮތްވެސް ކިޔައިދިނެވެ.

ރާސިލް ދާން ޖެހުނީ އެ ވަގުތު ދާނިޝް ގުޅުމުންނެވެ. އޭނާ އޭގެ ކުރިން ދާނިޝް ގާތު ހޮސްޕިޓަލަށް އައުމަށް ބުނެލިއެވެ.

“ރާސިލް ހޮސްޕިޓަލް ގަ ދޯ… އަހަރެން މި ދަނީ ޒީ ގޮވައިގެން… ދިޔައިމަ ރާސިލް ވެސް އަހަރެންނާ އެކީ ގަ ދާން ވީނު؟” ރާސިލް ހިޔާލެއް ދިނެވެ. “އެންމެ ރަނގަޅު އެކަމަކު އަންޖު” ރާސިލް ބުނެލިއެވެ. “އަންޖު އަހަރެމެންނާ އެކީ ގެއަށް ލާދޭނީ… މަންމަ އުޅޭނެ އެއްނު” ދާނިޝް ވިސްނާލުމަށްފަހު ބުނެލިއެވެ.

ރާސިލް ވެސް އެ ހިޔާލާ އެއްބަސް ވިއެވެ. އޭގެ ފަނަރަ މިނިޓް ފަހުން ދާނިޝް އާއެކު ޒީޝާ ވެދެގެން އައެވެ. އައުމާއެކު ރާސިލް ދެންމެ ކަންތަށް ވީ ގޮތް ކިޔައިދިނެވެ. ދާނިޝް ގެ ހިތުގައިވެސް އުފާވެރިކަމުގެ ރާޅުބާނިއެއް ދަތުރު ކޮށްލިއެވެ. އޭނާ އަށް ވެސް މާތް ﷲ އަށް ޙަމްދު ކުރެވުނެވެ. ޒީޝާ އަށް ވެސް ވީ އެވަރެވެ. އެކުވެރިޔާ އަދި މިހާރު އޭނާގެ އާއިލާގައި ހިމެނޭ އެންމެ މުހިންމު އެއް މެންބަރަކު ހާއަރާނޭ އިރަކަށް އޭނާ އިންތިޒާރުކޮށްކޮށް ވެސް ވަރުބަލިވެއްޖެއެވެ. އެދުލުން މިހާރު އެއީ އައިލީ ގެ ދޮންބެ ދައްތައޭ ބުނަން ބޭނުންވަނީ ހެވިލާފައެވެ. އެ ހިޔާލުން ވެސް އިޚްތިޔާރަކާ ނުލާ އޭގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިއެވެ.

ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކިގެން އުޅުނު ދެމީހުން ކުރެ އެކަކާ ދިމާލަށް ދައްތައޭ ކިޔާނީ ކިހިނެތްހެއްޔެވެ. ދެމީހުންގެ އުމުރަކީވެސް އެއް އުމުރެކެވެ. އައިލީޝް ގެ ހަރަކާތް ތަށް ހުންނާނޭ ގޮތް ބަލަން އޭނާ ވެސް ބޭނުމެވެ.

“ދޮންބެ އަށް ގުޅަން ވެސް އުޅުނިން… އެކަމަކު އައިމަ ބުނަން މަޑު ކުރީ” ރާސިލް ބުނެލިއެވެ. އައިލީގެ ވާހަކަ އޭނާ ބުނަން ބޭނުންވީ ކައިރީގައި ހުރެގެންނެވެ. ދާނިޝް ވެސް ހިޝްމާ އަށް ގުޅާފައި އެ ވާހަކަ ބުނުމުން ހިޝްމާ އަށް ވެސް އުފަލުން ރޮވުނެވެ. އެންމެ ފަހުން އައިލީޝް ހޭއަރާނޭ ވަގުތު އަންނަނީކަންނޭގެއެވެ.


މުސްކާން އަށް ގުޅުމުން ފޯން ނުނަގާތީ އިޒިކް ހުރީ ކަންބޮޑުވެފައެވެ. އޭނާ ދެފަރާތަށް ހިނގާލަ ހިނގާލާ ހުރިއިރު މުޅިންވެސް އެ ސިކުނޑީގައި ވަނީ މުސްކާން ގެ ހިޔާލް ތަކެވެ. މާނިއު ގެ އިންޒާރެވެ. މުސްކާން އަށް އެހީތެރިވުމަށް އެ ހުރިހާ ކަމެއް އެނގުންވެސް ވަރަށް މުހިންމެވެ. އިޒިކް ގެ ހިތުގައި ވެސް މުސްކާން އަށް ހާއްސަކަމެއް ދެވިފައި ވިނަމަވެސް އަދި އެކަންތަށް އިޒިކް އަށް އިހްސާސް ނުވަނީކަންނޭގެއެވެ. އޭނާ އަށް މިހާރު ވިސްނެނީ އަބަދު އެ އަންހެން ކުއްޖާ އާ މެދުގައެވެ.

މުސްކާން އަށް ދިމާވި ކަމުގައި އޭނާ ގެ ކުށެއް ނެތެވެ. ހައްތަހާވެސް ބައެއްމީހުންގެ ނުބައި އަމަލް ތަކުގެ ނަތީޖާއެވެ. ނިކަމެތި އަންހެން ކުދިންގެ ބޮލުގައި އެ ފަދަ ބޮޑެތި އިލްޒާމު އެޅުވުމަކީ ކޮންފަދަ ނުބައި އަމަލެއްހެއްޔެވެ؟. މުސްކާން އަށް ނިސްބަތް ކޮށް ޝިނާން ވެސް ބުނެލި ހުތުރު ބަސް އަދިވެސް އެ ކަންފަތުގައި ގުގުމާފައި ވެއެވެ.

ދާނިޝް ވެސް އަދިވެސް އެކަމުން އަރައިނުގަނެވި އުޅޭއިރު އަދ މުސްކާން އަށް ވާނީ ކިހާވަރެއްހެއްޔެވެ؟. އޭނާ ހީކުރި ވަރަށް ވުރެ އެ އަންހެން ކުއްޖާ ހިތްވަރު ގަދައީއެވެ.

އިޒިކް ސިހުނީ ފޯން ރިންގް ވި އަޑަށެވެ. ބަލާލިއިރު މުސްކާން ގެ ނަން ސްކްރީނުން ފެނުމުން ހިނިތުންވެލާފައި ފޯން ނެގިއެވެ. އެވަގުތު މުސްކާން ހަލޯ އޭ ބުނެލުމާއެކު އިޒިކް އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މުސްކާން ހުރީ ސަލާމަތުން ކަމަށް އެނގުމާއެކު އެ ހިތް ހަމައަކަށް އެޅުވަން އޭނާ މަސައްކަތް ކުރިއެވެ.

“ފޯން ނުނަގާ ކީއްތަ ތިކުރީ…” އިޒިކް ފުރަތަމަ ޝަކުވާ ކޮށްލިއެވެ. “ސާބަސް… ފެންވަރަން މިއުޅުނީ…” މުސްކާން އިއްވާލިއެވެ. “އިޒިކް ބުނީމެއްނު ބަލާ އަންނާނަމޭ..އެހެންވެ” މުސްކާން ދެންވެސް ބުނެލީ އިޒިކް ގެ އަޑެއް ނީވުމުންނެވެ. “އަދި އެއްފަހަރު ބުނެބަލަ” އިޒިކް ބުނެލިއެވެ. “ބަލާ އަންނާނަމޭ ބުނީމަ ފެންވަރަންށޭ އުޅުނީ” މުސްކާން ވާނުވާގައި ހުރެ ބުނެލިއެވެ. “އޭގެ ކުރިން ބުނީ ކީކޭ”

“އިޒިކް” މުސްކާން ބުނެލިއެވެ.

“ޔެސް… ހާދަ ރީޗަށޭ ތި ނަން ކިޔާލީ އާހް” އިޒިކް ސަމާސާ ގޮތަކަށް ބުނެލިއެވެ. އެއާއެކު މުސްކާން ގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ. އެ ހުނުމުގެ އަޑު އެގޮތަށް އިޒިކް އަށް އެ އިވުނީ އަދި އަލަށެވެ. އޭނާ އަށް ވެސް ހީލެވުނެވެ.

“މިދަނީ ބަލާ ފަނަރަ މިނިޓް ތެރޭގަ…” އިޒިކް ބުނެލިއެވެ. އަދި ފޯން ބޭއްވިއެވެ. މުސްކާންވެސް އަވަސް ކޮށްލައިގެން ރީތިވެލިއެވެ. ގަޔަށް ދޫ ޓީޝާޓް އަކާއި ޖީންސް އެއްލުމަށްފަހު އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ހަދާލިއެވެ. އަދި ލޯ ގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ހިނިތުންވެލަމުން ކޮޓަރިން ނުކުތް އިރު އަނީސާގެ އެއްވެސް އިޝާރާތެއް ގޭތެރެއަކުން ނުވެއެވެ. އެހެންކަމުން ހަމަޖެހުމުގެ ނޭވާއެއްލަމުން އޭނާ ގޭގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ލިފްޓްގެ ބަދަލް ގައި ސިޑި ބޭނުން ކުރަމުން އޭނާ ފޭބިއެވެ. އެއާއެކު ދޮރުމަތީގައި ހުރި މާނިއު ލޮލުގައި އަޅައިގަތެވެ. މާނިއު ވެސް މީހަކު ފަހަތުގައި ހުރިހެން ހީވެގެން ފަހަތް ބަލާލިއެވެ. އެއާއެކު މުސްކާން ފެނިގެން އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ.

“މުސްކާން… މާނިއު ފެނުނަސް ބިރު ނުގަންނާތި… އައި މީން… އަހަރެންނަށް އެނގޭ މުސްކާން ބިރުގަންނާނެކަން… އެކަމަކު ސްޓޭންޑް ފޯ ޔޯ ސެލްފް” އިޒިކް ގެ ބަސްތަށް އޭނާގެ ކަންފަތުގައި ގުގުމާލުމާއެކު އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. މާނިއު އޭނާ އާ ކައިރިވެލުމާއެކު އޭނާގެ ނޭވާ އަރުތެރޭގައި ތާށި ވި ކަހަލައެވެ. ބިރުންނެވެ. ސިހިފައެވެ.  ކައިރިވެލިޔަސް ދުވަނީ ސިނގިރޭޓް ގެ ވަހެވެ. އެހެންކަމުން ބިރުން ހުރެވެސް މުސްކާން އަށް އަނގައިން އަޑެއް ލައްވާލިއެވެ

“ކޮބާ އަހަރެންގެ އިންޒާރު މަތިން ހަނދާން ނައްތާ ނުލައްޗޭ… އަހަންނަށް ވަރަށް ހީވޭ ކަލޭ އެމީހުންނާ ގުޅިގެން މަށާ ދެކޮޅަށް ކަމެއް ރާވާހެން…” މާނިއު ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު ދުވި ސިނގިރޭޓް ގެ ވަހުން މުސްކާން ކޮށި އަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މާނިއު އާ ކުރިމަތިލާން ނިންމިއެވެ.

“ކަލޭ މަން ކަހަލަ މީހުންނަށް ހީވަނީ އަންހެން ކުދިން ނޫނީ އަނިޔާ ލިބޭ މީހުން މަޑުން ތިބެނީ އެމީހުންނަށް ކުރެވޭނެ ކަމެއް ނެތީމައޭ… ދޯ… އެކަމަކު މިއަދު އަހަރެން ކަލޭ އާ ކެރިގެން ކުރިމަތި ލާން ނިންމައިފިން… ކަލޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން އަނދަވަޅަކަށް ވެއްޓުނީ… އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނީ… އެކަމަށް އަހަރެންވެސް އިންސާފު ބޭނުން… ތި ކަހަލަ މީހުން މުޖްތަމައުމއަށް ދޫކޮށްލައިފިނަމަ ނޭނގެ އިފްޝާ މެން ކަހަލަ ކިތަށް ކުދިންކަން ނިމިދާނީ… އެ ހިތާމައިގަ… އަހަރެންނަށް ވެސް… އިފްޝާ އަށް ވެސް…. އަދި ކަލޭގެ ފަރާތުން އަނިޔާ ލިބުނު އެހެން ހުރިހާ އަންހެން ކުދިންނަށްވެސް… އަހަރެން އިންސާފު ހޯދައިދޭނަން” މާނިއު އާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ މުސްކާން ބުނެލިއެވެ. އަދި އިތުރަށް މާނިއުއަށް ފުރުސަތު ނުދީ ބޭރަށް ނުކުމެގެން ދިޔައެވެ.

ދެންމެ މުސްކާން ގެ ކިބައިން އެ އިވުނު އަޑުތަކުގެ ސަބަބުން މާނިއު އަށް ސިހުން ލިބުނެއް ކަމަކު އޭނާ ގެ ރުޅިގަނޑު ދެގުނަ ވެގެން ދިޔައެވެ. އޭނާ ގެ ދެއަތް މުށްކަވާލިއެވެ. އަދި އަމިއްލައަށް ވާހަކަ ދެއްކިއެވެ.

“ކަލޭ އަހަރެންނާ ތިހެން ތި ވާހަކަ ދައްކަނީ އެ މީހުންގެ ބަހަށް ހެއްލިގެން ކަން އަހަރެންނަށް އެނގޭ… ބަލަން ހުންނައްޗޭ ދެން އަހަރެންގެ ކުޅިވަރު” މާނިއު ބުނެލިއެވެ.

މުސްކާން ނުކުތްތާ މާގިނަ އިރެއްނުވެ އޭނާގެ ގާތަށް އައިސް މަޑުކޮށްލި ކާރަށް އެރިއެވެ. އޭރުވެސް ފުންކޮން ނޭވާލެވެމުން ދިޔައެވެ. އަތް ތުރުތުރު އަޅަމުން ދިޔައެވެ. އެހެންނަމަވެސް ހިތުގެ ކޮންމެވެސް ހިސާބެއްގައި ހިންހަމަޖެހުމެއް ވީ މާނިއު އާ ކުރިމަތިލެވުނީތީއެވެ. އޭނާ އަކީވެސް ބަލިކަށި އަންހެން ކުއްޖެއް ނޫން ކަން އެ ހިނދު އިހްސާސްވެގެން ދިޔައެވެ. ކާރަށް އެރުމާއެކު އިޒިކް ސުވާލުކުރަން ފެށިއެވެ. އެއާއެކު މުސްކާން ހަމަޖެހެން މަސައްކަތް ކުރަންފެށިއެވެ. އިޒިކް ފެން ފުޅިއެއް ދިނުމާއެކު މުސްކާން އެ ބޯލިއެވެ.

އަދި ވާހަކަ ދައްކަން ފެށިއެވެ. އޭނާ ވީ ގޮތް ކިޔައިދުމާއެކު އިޒިކް ހިނިތުންވުމަކާއެކު މުސްކާން އަށް ހިތްވަރު ދިނެވެ.

ދެމީހުންގެ މިސްރާބުހުރީ އިޒިކް މެންގެއާ ދިމާލަށެވެ.

އެމީހުން އައިސް ގެއަތް ވަތްތަނާ ރާސިލް ގެ ފޯނެއް އައެވެ. އޭނާ އެހީ އިޒިކް މެން ގެއަށް ދާންވީތޯއެވެ. އިޒިކް ގެ ޖަވާބު އިވިގެން ރާސިލް ހިނިތުންވެލާ މިދަނީ އޭ ބުނެލިއެވެ. އަދި ދާނިޝް ގާތެވެސް ބުނެލިއެވެ. އޭރު އެމީހުންތިބީ އަންޖުމް ގެއަށް ލާފައި ނުކުމެ ގޭޓް ކުރިމަތީގައެވެ. ދާނިޝް ކާރު ދުއްވާލިއެވެ.

އެދެމީހުންނަށް އިޒިކް މެން ގެއަށް އާދެވުނު އިރު މެންދުރުވަނީއެވެ. އެހެންކަމުން އަވިވެސް ނުހަނު ގަދައެވެ.  މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންގެ މޫނުމަތިން ދާ ތިކިތަށް ފާޅުވަމުން ދިޔައިރު ދުއްވާ އުޅަނދު ފަހަރުގައި އުޅޭމީހުންވެސް ބަލަނީ އެ މީހުންގެ މަންޒިލަށް އަވަސް މުސްތަގްބަލެއްގައި ދެވޭތޯއެވެ. ރާސިލް އާއި އިޒިކް ގެ މެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ.

ކުއްލިއަކަށް ކާރު ކުރިމަށްޗަށް ކުއްޖަކު އެރުމާއެކު ދާނިޝް އަށް ކުއްލިއަކަށް ބުރަކި ޖައްސާލަވުނެވެ އެކުއްޖާ ވެސް ކާރު ކުރިމަތީ މަޑުކޮށްލާ ކުރިމަށްޗަށް ބަލާލިއެވެ.

އެ އާއެކުއެ އަންހެން ކުއްޖާ ފެނި ދާނިޝް އަށް ސިހުން ލިބުނެވެ. އެހެނެއްކަމަކު ދެވަނަ ފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 8

Next

އެ ވަޢުދު… ޓްރެއިލަރ

Next
May 20, 2018

އެ ވަޢުދު… ޓްރެއިލަރ

Previews
May 19, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 8

109 Comments!

  1. Shai says:
    May 19, 2018 at 9:13 pm

    Wow

    1. Hi Mi says:
      May 20, 2018 at 5:51 pm

      Thankyou shai. ?❤

  2. Shiman says:
    May 19, 2018 at 9:21 pm

    Masha Allah vvv reethi

    1. Hi Mi says:
      May 20, 2018 at 6:17 pm

      Awwn. Thankyou shiman. ?❤?❤?❤???????❤?❤?❤

  3. Dhyna says:
    May 19, 2018 at 9:34 pm

    V v reethi mi part ves ???????????????????????

    1. Hi Mi says:
      May 20, 2018 at 5:53 pm

      Thakyou dhyna. V ufaabehjje. Coloutful comment ekeydw. ??❤?❤?❤

  4. Hi Mi says:
    May 19, 2018 at 9:40 pm

    Assalaam Alaikum. miothy 34th part. hope u all will all like it. comment on DHEN VAANI KIHINEHBAA? happy that i am getting so much support from u guys.
    Jazakumullah Khairan. 🙂

    1. reader says:
      May 20, 2018 at 12:39 am

      Izik ge kokko… And btw raasil hospital ga huhta hey naaruvaathi ingey… Eyrun kinda joke akah vany… I mean like konme gadiegga vess hey araafaane… But Raasil hunna gadyga v ma

    2. Hi Mi says:
      May 20, 2018 at 6:06 pm

      Hehe. Thankyou ingey reader. Point noted. Yh. Himi ah ves ingey konmr gafi eh ga ves hey araafaane dw. V ma thi point hama noted. Thankyou for the support. Ingey. V ufaaveyhjje. Loves. ?❤?❤?❤

  5. x says:
    May 19, 2018 at 9:47 pm

    hey how many more parts will be there. i cant wait for ailee to get up and that rapist to serve his punishment

    1. Hi Mi says:
      May 20, 2018 at 5:54 pm

      Hello. X. Lets see whats gonna hpn dw. Himi mi vaahaka ehkoh nu li inima how many more parts kan balan bunan v undhagoo. Ekamaku dhen maa gina dhivaheh nuve story ves nimidhaane. Thankyou for the support. ?❤?❤?❤

  6. Xaaaan says:
    May 19, 2018 at 9:55 pm

    Wooooooowooooooow❤?❤?❤?❤?❤?❤?himi dhooni Masha Allah haadha reechey haadha furihamayey mi part?????????alhey haadha ufaavejjeyey aily heylaathy?????himi dhooni xaannakah neyge bunaane ehcheves haadha reechey❤????xaan ethahfaharu belin story up vithw upvefa othyma vvvv ufaavejje thnx darlin???waitin next part??????????????mis u n luv u❤❤❤

    1. Hi Mi says:
      May 20, 2018 at 5:56 pm

      Awwn. Such a colourful comment xaaaan. V ufaavehjje. Himi ves mi faharu xaan ah varah colouful comment eh liyelan kamah mi balani hehe. ?❤?❤?❤?????????❤?❤?❤ hehe. V ufaavehjje ingey. Lets see whats gonna hpn next dw. ????❤????❤❤❤ miss u more and much more loves. ?❤?❤?❤

  7. Sofy says:
    May 19, 2018 at 10:00 pm

    V reethi….

    1. Hi Mi says:
      May 20, 2018 at 5:56 pm

      Thankyou sofy. V ufaavehjje. ?❤

  8. Pinky shifoo says:
    May 19, 2018 at 10:01 pm

    AWESOME ❤️❤️❤️???… Mi part vx v v v reethi ?????????❤️❤️❤️????????????.. V v v happy vehje ailee ragalhu vumah hope libunyma ???… N muskaan vx amihla nafsuge dhifaauga thedhuveema ??????❤️❤️❤️… Anju ge bai abadhuvx Hi Mi v v furihama ah genesdhyfa hunnakan faahagakohlevey ?????… Keep up the good work ❤️❤️❤️???… So shinaan mi gulhy muskaan ge dhontha ah dhw… Dhaanish ge car ge kurimahchah e eree raaidhaa henn heevany ???… Dhn maa gina dhuvaheh nuve ailee heyaraafaane hennn heevey ???❤️❤️❤️… N I guess mihaaru dhaanish n raasil ge gulhunvx ragalhu kuriah vure ???… Maaniu ge next plan akee kobaa baa anehkaa?????… Mifaharu maaniu menn kaamiyaabu viya dheegen nuvaane ???… I hate those ppl ???… I think eh thankolhuga dhaanish liyan vee thanaa raasil liyevifa inn henn… Overall v v interesting v v v reethi mi part vx ❤️❤️❤️???????????????… Curiously waiting for the next part ???… Lots of love ❤️❤️❤️???????????????…

    1. Hi Mi says:
      May 20, 2018 at 6:21 pm

      Again mi oh libuni pinky ge colouful comment eh yayyyy. Hehe. V ufaavey thifhy support ah. Mifaharu himi ves try kohlaanan thihen colourful comment eh liyeveythoa ingey. Hehe. ?❤?❤?❤????????❤?❤?❤ vvv ufaavey thihaa support kuraathy. ?????? himi ge best reader. Theres nt a singke ep without ur comment dear. In ay story. ??❤ himi ge konme story eh gaves. Pinky v haassa. Ehaa long koh colour ful koh ehves foohi kameh nethi comment kohlaathy. Vvv ufaavehjje. Thanks a lot dear. ?❤?❤?❤???????❤?❤?❤

  9. Riyaa says:
    May 19, 2018 at 10:11 pm

    Wow vvv reethi.. haadha molhey himi..dhn vaane gothakee car ge kurimahchah e eree raaidhaa… dhn maaniu n raaidha pln eh kuraani…. raaidhaa bunaani maaniu blackmail kuranihey dhn izik kokko akah v ma dheravegen raaidhaa dhahkaa vaahaka gabool kuraani……. aili wk up vaanee hurihaa kameh hahlu v ma… hehe waiting 4 tha nxt prt himi dhoonee ur tha best writer….. keep it up dear… lvu ???

    1. Hi Mi says:
      May 20, 2018 at 5:58 pm

      Awwn. V ufaavrhjje dear. Dhenvaane goi ves kiyaala dheefin dw. Dhen hingaa balamaa riyaa ge guess thah correct veythoa dw. Hehe. Ur one of the best reader hama. V ufaavey konme dhuvahakuves thihen comment kuraathy. Eyi libey v bodu hiyy vareh. Himi ge faraathun ves much more loves hama. Ingey. ?❤?❤?❤

  10. Twingirl says:
    May 19, 2018 at 10:19 pm

    Wowowo…. vvvv rythi story..???? kaakubaa e aky…. raaidhaa kanne… ailee hey araane nama… stiry hama v salhi… keep it up himi love… ??? waiting waiting….

    1. Hi Mi says:
      May 20, 2018 at 5:59 pm

      Twimgirl ge comments thah mi fennani v dhuvas fahun dw. Missed ingey dear. V ufaavehjje commrnt anehkaa ves fennaathy. Hingaa balamaa dw twingirl ge guess thah correct thw. Thankyou and much more loves from me. ?❤?❤?❤

  11. axoo says:
    May 19, 2018 at 10:27 pm

    v reethi mi partves mihaareethi vaahakaeh adhi nukiyan mee mihaaru esfiyaga liyaa enmereethi vaahaka mi vaahaka up veythio irukokolhaa balan

    1. Hi Mi says:
      May 20, 2018 at 6:18 pm

      Alheyh. axoo. V ufaavehjje. Thidhey support ah fafashun shukuriyyaa. Thy hama gaimuves libigendhaa v nodu hiyy vreh kan yageen. Thanks again my dear. Vvv ufaavehjje. ?❤?❤?❤???????❤?❤?❤

  12. zoa says:
    May 19, 2018 at 11:01 pm

    umm v reethi mi part ves
    masha allah
    iraadh kurevviyaa aily v avahah hey arane dhoa
    aily ge handhhan hunnaanebaa
    anehkaa aily ah Anju ingeynetha
    vv kiyaahiy vey eba next part kon irakun up kolladheynee
    himi
    himi haadha molhey
    himi ge hurihaa vaahaka ehves zoa ah v reethi
    good luck himi
    vvv avahah up koh dhechey next part

    1. Hi Mi says:
      May 20, 2018 at 6:02 pm

      Thankyou zoa. Himi mi balani hama enme avahah next ep ves liyelaafa up kohleveythoa. Plot ga in gothah hama gendhaani In Sha Allah. Hehe. V ufaavey thihaa support kuraathy himi ah. Zoa ge ves baivafu suvaal dw. Hehe. Hingaa balamaa guess thah coresct veythoa and question thakah ves avas musthagbalehga javaab libeyne ingey. In Sha Allah. Thanks and much more loves from me. ?❤?❤?❤

  13. Naadhee says:
    May 19, 2018 at 11:04 pm

    V inthixaaru kuri fahun kiyaalan mi libunee. But story v v v reethi. Thanks??

    1. Hi Mi says:
      May 20, 2018 at 6:03 pm

      Sorry naadhee. Himi ah type kirevunima hama up kohli. Once again sorry ingey las v kamah takaa. Ekm ves v ufaavey thihey support ah. Hama konmr part akun ves comment fennaathy eyi v bodu hiyy vreh. Thanka again. ?❤?❤?❤

  14. Blue beauty says:
    May 20, 2018 at 12:08 am

    Varah reethi mi part ves…kaakubaa? finally ifsha ah insaaf libenee dhw hi mi dhooni ?? keep it up

    1. Hi Mi says:
      May 20, 2018 at 6:05 pm

      Hehe. Yh. In Sha Allah. Insaaf hoadhaidheyh himi mi masah kai kurani. Libeyne adhi. In Sha Allah. Dhen inna part in kaakukan ingeyne. Ingey. In Sha Allah. Thankyou for the support. ?❤?❤?❤?❤?❤?❤

  15. Any says:
    May 20, 2018 at 5:01 am

    V reethi mibaives

    1. Hi Mi says:
      May 20, 2018 at 6:07 pm

      Thankyou any. ?❤?❤?❤???????❤?❤?❤

  16. No one says:
    May 20, 2018 at 5:57 am

    Wowww..hama awesome..
    V reeti …❤❤❤
    Waiting for next part

    1. Hi Mi says:
      May 20, 2018 at 6:08 pm

      Thankyou no one. V ufaaavehjje. Next ep ves soon. In Sha Allah. Keep waiting. ?❤?❤?❤

  17. annoying reader says:
    May 20, 2018 at 9:37 am

    kaaakuba ei? anehkka raaidha tha? alhe aili finally wake vani ey dhw im so excited. please hi mi mifaharu maniu and zahid ah kuri libuna nudhechey. varah reethi mi part ves

    1. Hi Mi says:
      May 20, 2018 at 6:10 pm

      Hehe. Annoying reader bunima ves himi beynun nuvehjje emeehunah kuri liben adhi maa bodah. Hehe. Asluves himi rh irehva ves beynumeh nun ingey. Himi ves v excited. Kihinehbaa dw ailee ge expression hunaani. V ufaavey thidhey support ah. One of the best reader. Much loves from himi. ?❤?❤?❤

  18. Icy says:
    May 20, 2018 at 10:50 am

    wow
    mi part ves varah varah reethi
    waiting for the next part

    1. Ary says:
      May 20, 2018 at 5:19 pm

      Varah reethi dw… HiMi heyonuvaane e Maaniu eh kiyaa soru… Maraalaa…nooney rangalhu bodieh dhy…. Ary ge rulhi gandu mihaar handhun nehtihjje…. E nulaa meehayah rangalhu bodiyey theythi… Thi raaifaakaa zaahidh ah … Ehn noony mi Ary akah hama neyva eh nulibeyne … Dw Icy

    2. Hi Mi says:
      May 20, 2018 at 6:13 pm

      Maaniu dheke haadha rulhi ekey dw. Ary. Hehe. Asluves hageegathuga ves ekahala meeehun dheke hama rulhi aadheveyniyyey. Dw. V ufaavey ingey thidhy support ah. Thi kahala loabo comments aki himi ah libey v bodu hiyy vareh. ?❤?❤?❤

    3. Ary says:
      May 20, 2018 at 5:24 pm

      Ebain mistake eh liyevifa …….. E nulafaa meehayah rangalhu bodieh dheythi……… Dhn oihbaa hama oih gotha:)

    4. Hi Mi says:
      May 20, 2018 at 6:11 pm

      Thankyou icy. V ufaavehjje. Thanks again. ?❤?❤?❤???????❤?❤?❤?❤?❤?❤

    5. Ary says:
      May 21, 2018 at 1:41 pm

      Welcome HiMi

  19. suty says:
    May 20, 2018 at 2:48 pm

    woww varah salhi mi bai ves..waiting for the next part

    1. Hi Mi says:
      May 20, 2018 at 6:12 pm

      Thakyou suty. V ufaavejjje. ?❤?❤?❤??????????????❤?

  20. Ranii says:
    May 20, 2018 at 5:31 pm

    Foohi

    1. Hi Mi says:
      May 20, 2018 at 6:14 pm

      Its okay. Ranii. Hurihaa kuhinnah reecheh nuvaane. Gabool kuran. Thi comment ves ufalaakru balaigannan. Kuri ah dhiyumah ithuru hiyy vareh kibigen gosfi. Jazakillah. ?❤?❤?❤

  21. Naadhyy says:
    May 20, 2018 at 7:21 pm

    Heevany aily hey araairu vaahaka dhehkeyne hen. Alhe maaniu ge kolhu molhuvias nudhehcheyy… Waiting for the next part..

    1. Hi Mi says:
      May 21, 2018 at 9:42 pm

      Thankyou naadhyy. Vvv ufaavehjje. Himi super bixi vaane kuri ah huri dhuvas thakuga. Ekam ves balaanan. In Sha Allah. V enme avahah vahk up kohladhevythoa. Inhixaar kurahchey ingey. Thanks to loads. V ufaavehjje. Much loves. ?❤

  22. Axy says:
    May 21, 2018 at 7:04 pm

    Masha Allah v v reethi mi baives ☺alhey HI MI dhooni haadha molhey vaahaka liyan ☺ ☺ Mi story gendhaa ley molhu kamun hama bunaane eychey ves neyngifa
    e haa ves furihama ? ?
    Aily v avahah heyaraane dhw. ? Kaaku baa a ee aneykkaa. ..?
    Axy ah v lahun dhw mi Comment kohllevuney ? ?
    HI MI dhooni kihiney tha. ?
    Axy vv ufaaveyjje thihaa hinheyo koh adhi a haa gaaykoh dhekey thee ☺☺☺
    Thanks HI MI dhooni ? ?
    Good luck ?❤????
    waiting for next part ???

    1. Hi Mi says:
      May 21, 2018 at 9:45 pm

      Alhamdhulillah. Haadha ufaavehjjey. Himi ah thidhey support ah hama fafahun shukuriyya. Thiha loabi readers aa mihem talk kohlrvumaki himi ah libeyne varah bodu ufaleh. Abahuves. In Sha Allah. Hingaa dw balamaa dhen vaa gotheh. Thanks a lot. Vvv ufaavehjje. Next ep ves as soon as possible. Much loves. ?❤?❤?❤

  23. Hass says:
    May 22, 2018 at 12:51 pm

    Himi when is next part?

    1. Hi Mi says:
      May 25, 2018 at 11:56 am

      Hello dear. In Sha Allah. Miadhu libeyne. ?❤

  24. Niky says:
    May 22, 2018 at 6:02 pm

    Koniraku next part kiyaahithun kehmadhuvefa

    1. Hi Mi says:
      May 25, 2018 at 11:56 am

      In Sha Allah. Miadhu libeyne. Keep waiting. ?❤

  25. Shim says:
    May 22, 2018 at 8:25 pm

    Hi mi.. when is nxt part? Nxt part kiyaalahithun eyge inthizaaruga…thankolhe avaha up kohladhyba ..

    1. Hi Mi says:
      May 25, 2018 at 11:57 am

      Miadhu libeyne ingy shim. In Sha Allah. Sorry las v kamah takaa. Himi ves v dheravefa mi huree. ?❤☹

  26. Unkown says:
    May 22, 2018 at 10:32 pm

    Himi kobaa thr nrxt part

    1. Hi Mi says:
      May 25, 2018 at 11:58 am

      Miadhu libeyne ingy. In Sha Allah.

  27. Shawaa says:
    May 22, 2018 at 10:38 pm

    Hi mi dear kon irakun next part??

    1. Hi Mi says:
      May 25, 2018 at 11:59 am

      Friday miadhu ge vaguthehga libeyne. Bodah heevani reugandu ge vaguthehga hen. ?❤

  28. Xeeshu says:
    May 22, 2018 at 11:48 pm

    Knirakun next part..pls avas kobba..kehnuve kiyaa hithun??

    1. Hi Mi says:
      May 25, 2018 at 11:59 am

      Sorry zeeshu dear. Mifahar dhimaavi goi. Dw. Ekm miafhuge vagutheh ga librynr kamah ummeedh kuran. In Sha Allah. ?❤

  29. Faathun says:
    May 23, 2018 at 12:21 am

    Kobr thr 35 vana episode

    1. Hi Mi says:
      May 25, 2018 at 12:00 pm

      Sorry dear. Miadhu ge vaguthehga libeyne. In Sha Allah. ❤?

  30. Nahu says:
    May 23, 2018 at 1:24 am

    Varah salhi thi stry….Salhi kamun neh echeke bunaakah
    …Varah habeys ?

    1. Hi Mi says:
      May 25, 2018 at 12:01 pm

      Alheyh. Nahu. Thanka a lot. Vvv ufaavehjje. ?❤

  31. Rash says:
    May 23, 2018 at 6:49 am

    Ohw my god… finally ailee is going to wakeup.. part akah fahu part eh v rythi.. thank u so much for the lovely stories… himi loves you so much.. waiting for the next part… plxx make it fast… plxx?????????????????????????

    1. Hi Mi says:
      May 25, 2018 at 12:02 pm

      Thankyou rash. Vvv ufaavehjje ingey comment kiyaalaafa. Himi ah thidhey support ah v bodah shukuriyya. Thi kahala commrnt thakaki hageegathugaves libey hiy vareh. Alhamdhulillah.
      Thanks again. ❤?

  32. Kanbulo says:
    May 23, 2018 at 3:14 pm

    Kobaatha anehbai konirakun genasdheyni

    1. Hi Mi says:
      May 25, 2018 at 12:03 pm

      Miadhu ge vagutheh ga libeyne. In Sha Allah. ?❤

  33. ??? says:
    May 23, 2018 at 8:45 pm

    Himi kodrtr nxt part… Haadha lasvany

    1. Hi Mi says:
      May 25, 2018 at 12:04 pm

      Yh. Dear. Himi aslu wifi in nuvadhrvigen reply ves nukurevufa mihuree. Dhuvahakuves mihaa las nuvey dw adhi. Hehe. Ekm friday (miadhu) gr vaguthehga libeyne ingey. In Sha Allah. ❤?

  34. Sam says:
    May 23, 2018 at 8:47 pm

    Kobaa next part .Alhey avaskon up kontheybala pls pls …….

    1. Hi Mi says:
      May 25, 2018 at 12:05 pm

      Thankyou dear. Kei therikamaaeku inthixaar kuraathy. Miadhu libyne. In Sha Allah. ❤?

  35. Isok says:
    May 23, 2018 at 11:05 pm

    Nuveynu

    1. Hi Mi says:
      May 25, 2018 at 12:06 pm

      Miadhu libeyne. In Sha Allah. ❤?

  36. Someone says:
    May 23, 2018 at 11:22 pm

    Haadha lahay. Avahah up kohdheebala

    1. Hi Mi says:
      May 25, 2018 at 12:06 pm

      Miadhu libeyne. In Sha Allah. ❤?

  37. Soft says:
    May 24, 2018 at 12:20 am

    Haadha lahey up vaaleh?

    1. Hi Mi says:
      May 25, 2018 at 12:06 pm

      Miadhu libeyne. In Sha Allah. ❤?

  38. Hi Mi says:
    May 24, 2018 at 2:30 am

    Salaam all. Himi ah wifi in nuvadhevifa huree. Nw vadhevunima mi msg kohli. Vadhevunu haa avahah. Next episode ehen v ma maadhamaarey ge vagutheh ga noony friday ga up kohla dheynan. In Sha Allah. Himi try kuraanan. Vvv long part eh genesdbevehthoa. Hope u all will understand. Ekm yageen kameh nudheveyne ingey guys. I will try ny best. Hageegathuga ves v dheravejje ingey las v kamah takaa. Thiya dhey support aki libey hiyy vareh. Ahi time kolheh hoadhailaogen reply ves kohlaanan. In Sha Allah. ?❤

  39. mal says:
    May 24, 2018 at 1:32 pm

    its ok. we understand.waiting for next part

    1. Hi Mi says:
      May 25, 2018 at 12:07 pm

      Thankyou mal. Kei thrri kamaaeku inthixaar kurethy. Much loves. ?❤

  40. Xaaaan says:
    May 24, 2018 at 9:36 pm

    Himi dhooni konthaku thiulheny haadha misveyey????????????

    1. Hi Mi says:
      May 25, 2018 at 12:08 pm

      Awwn. Miss u too xaaaan. Update v lasvehjje dw. Ekm dhen maa gina dhuvaheh nuvaane ingey. In Sha Allah. Miadhu libryne. Much loves. ?❤

  41. Sasha says:
    May 25, 2018 at 11:22 am

    waiting 🙁

    1. Hi Mi says:
      May 25, 2018 at 12:09 pm

      Thankyou sasha. Kei theri kamaaek inthixaar kuraathy. ?❤

  42. 74764 says:
    May 25, 2018 at 12:09 pm

    Waitinnn

    1. Hi Mi says:
      May 25, 2018 at 11:15 pm

      Thanq

  43. Maya says:
    May 25, 2018 at 5:51 pm

    Alhey HiMi dhooni koba thr next part???? ?? haadha inthixaareh eba kuramey????

    1. Hi Mi says:
      May 25, 2018 at 11:15 pm

      Thankyou maya. Mihaar miulheny yhikamaa.

  44. Anonymous says:
    May 25, 2018 at 7:18 pm

    vvvvvvv reethi…….. missed this story a lot ehnv all parts kiyaafa comment ves mikolly just love it exam othyma vaahakaves nukiunu n vagutheh vma reply mikolly sry Hi Mi

    1. Hi Mi says:
      May 25, 2018 at 11:16 pm

      Its okay dear. Hageegathuga ves v yfaavehjje anonynous ge commrt fenifa. Thanmq

  45. Hi Mi says:
    May 25, 2018 at 8:14 pm

    Salaam. Mirey 11 30 g3 fahun hen himi ah heevani up vaani. Eyi himi hama kuhli akah beyrah dhaan jehunima. ?❤

    1. Henna says:
      May 25, 2018 at 10:17 pm

      Haadha fake eyy ??????

    2. Sana ? says:
      May 25, 2018 at 10:47 pm

      Ahey Hi Mi……kihiney thi hedhy

    3. Hi Mi says:
      May 25, 2018 at 11:17 pm

      Dear henna. Ayi fake v ma eh nun. In Sha Allah. Kameh dhimaa vaani ingifakaa ehnunehnu. ☺☺☺

    4. Hi Mi says:
      May 25, 2018 at 11:17 pm

      Sorry sana. Himi mihaar miulheny thikamaa.

  46. W says:
    May 25, 2018 at 8:36 pm

    Oh come on.. ???

    1. Hi Mi says:
      May 25, 2018 at 11:19 pm

      Sorry dear

  47. W says:
    May 25, 2018 at 10:46 pm

    Oh come onnnn

    1. Hi Mi says:
      May 25, 2018 at 11:19 pm

      Sorry

  48. Mal says:
    May 25, 2018 at 10:55 pm

    Alhey. So sad. But will wait???

    1. Hi Mi says:
      May 25, 2018 at 11:20 pm

      Thanq mal. Mihaar miulheni mikamaa.

  49. Irene says:
    May 25, 2018 at 11:38 pm

    Himi kobaaa???? Story????? ?

    1. Hi Mi says:
      May 25, 2018 at 11:54 pm

      Nw kiyaalevryne. ?❤

  50. Oops says:
    May 25, 2018 at 11:39 pm

    11 30 vx vehje.. Kobaa tha alhe next part.. Waiting

    1. Hi Mi says:
      May 25, 2018 at 11:54 pm

      Nw kiyaalevyne.

  51. Anonymous says:
    May 25, 2018 at 11:40 pm

    Kobaa tha alhe next part.. 11 30 vx vehje.. Waiting

    1. Hi Mi says:
      May 25, 2018 at 11:55 pm

      Thanks dear. Nw kiyaalevyen. ?❤

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (35)←


All Right Reserved!