Skip to content
އެސްފިޔަ

އެ ވަޢުދު… ޓްރެއިލަރ

އަމީމަކީ 26 އަހަރުގެ ޒުވާނެކެވެ. ކިޔަވާ ނިމިފައި ހުރި އަންހެނުންގެ ޙާއްސަ ޑަކްޓަރެކެވެ. ބޮޑަށް ވައްތަރީ މޮޑެލްއަކާއެވެ. އެހާވެސް ފުރިހަމަ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި އެހާ އޮމާނެވެ. އަޅި ކުލައިގެ ކަޅިއަކާއި ކަނދުރާއާއި ހަމައަށް އަރާވަރުގެ ފަން ފަން އިސްތަށިގަނޑެކެވެ. ބަލާ ބެލުމަށް ކޮރެއާ ކުއްޖަކާއި މާ ބޮޑު ތަފާތެއް ނެތެވެ.

އަމީމްގެ މައިންބަފައިން އެންމެ ހާސް ވަނީ އުމުރުން 26 އަހަރު ވީ އިރުވެސް ކައިވެނި ކުރުމުގެ ހިޔާލު އަމީމް ނުކުރާތީއެވެ. އަންހެނުންގެ ހާއްސަ ޑަކްޓަރެއް ކަމުން އެތައް އަންހެން ކުދިންނަކާއި ބައްދަލުވާނެކަން ވެސް އެނގޭތީއެވެ. މިހާ ދުވަސް ވީއިރު އެއްވެސް އަންހެން ކުއްޖަކާއި އެކު ލޯބިގެ ގުޅުމަކަށް ނުދާކަން އެނގޭތީއެވެ. އަމީމްގެ މައިގަނޑު ކަމަކީ ޑިއުޓީ ނިންމާފައި އަންނަ ގޮތަށް ނިދަން ވަންދެން ކޮމްޕިއުޓަރުން، ލެޕުން ނޫނީ ފޯނުން ގޭމުކުޅުމެވެ. އަންހެން ކުއްޖެއްގެ ވާހަކަ އެދެމަފިރިން އަމީމް ކައިރީ ދެއްކިއަސް ހިތްހަމަ ނުޖެހެއެވެ. ލިބޭނީ ހަމަ އެއް ޖަވާބެކެވެ. ” ލޯބިވާ ކުއްޖެއް ލިބުނީމަ މެރީ ކުރާނަން.” މި ޖަވާބެވެ.

އާދައިގެ މަތިން މިއަދުވެސް އަމީމް ޑިއުޓީއަށް ވަންނަމުން ކިއުގައި ތިބި ޕޭޝިއަންޓުންނާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އޭނާގެ ހިތުގެ ތެޅުން މަޑު ޖެހި ދެވަނަ ފަހަރަށް އެފަރާތަކަށް ބަލާލަން މަޖުބޫރު ކުރުވީ އެންމެ ފަހަތުގައި އިން އަންހެން ކުއްޖާއެވެ. ދޮން ދޮން މޫނު ވަނީ ކަޅު ކުލަިއގެ ބޮޑު ބުރުގަލަކުން ނިވާ ކޮށްފައެވެ. އެއްވެސް ކަހަލަ މޭކަޕެއް ކޮށްފައެއް ނުވެއެވެ. ބަލާބެލުމަށް ވަރަށްވެސް ދީންވެރިއެވެ. އުމުރުން 24 އަހަރު ކަމަށް ލަފާ ކޮށްލެވެއެވެ. އަވަސް އަވަހަށް ޑަކްޓަރު ކޮޓަރިއަށްވަނީ މީހާ ހަމަ ޖައްސާލަމުންނެވެ. 12 މީހުން ބެލުނު އިރުވެސް އެ އަންހެން ކުއްޖާއެއް ނާދެއެވެ. 13 ވަނަ ނަންބަރު ޖެހުމާއި އެކު މާޔޫސް ވެފައި އިން އަމީމްގެ ހިތަށް ހަމަ ޖެހުމެއް ގެނުވީ އެ އަންހެން ކުއްޖާ ވަނުމުންނެވެ. މަޢުލޫމާތު އޮޅުން ފިލުވަމުން ދިޔަ ވަގުތު އެއީ 39 އަހަރުގެ އަންހެނެއްކަން އެނގުމާއި އެކު ހައިރާން ވިއެވެ.

ދޮން ހަންގަނޑުގައި އެއްވެސް ކަހަލަ ރުލެއް ވެސް ޖެހިފަކަ ނުވެއެވެ. ހުދު ދެލޮލުގައިވަނީ ކަޅުކަން ގަދަ ކަޅިއެކެވެ. ކަޅުކުލައިގެ ދިގު އެސްފިޔަތަކެކެވެ. ބުމަ ހިމަ ނޫނަސް ބޯވެފައި ކަޅުކަން ގަދައެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ހިނިތުންވުމުން ކޮލަށް އަޑިކޮޅެއް ނޭޅުނަސް ހިތްގައިމެވެ. އެއްވެސް ކަހަލަ މޭކަޕެއް ކޮށްފައެއް ނުވެއެވެ. ބަލާލަން ނުހަނު ރީއްޗެވެ. ވަރަށް ފަރުވާތެރި ކަމާއި އެކު އެމޫނަށް ބަލައިލުމަށްފަހު އެނބުރި ކޮމްޕިއުޓަރަށް ބަލާލީ ވަނަވަރު ޔަޤީން ކުރުމަށެވެ. އައިމިނަތު އަމްނާ އަކީ 39 އަހަރުގެ އަންހެނެއްކަން ޔަޤީން ވިއެވެ. އާޝޯޚުވެ ހުރެ އަނެއްކާވެސް އަމީމަށް އެ ނަލަ ނަލަ މޫނަށް ބެލެން ފެށުނެވެ. ބަސް ދޭހަ ކުރަން އިން އަންހެން ކުއްޖާ ޝައުނާ ނުރުހުންވެ ހުރެ އަމީމާއި ދިމާއަށް ބަލާލުމަށްފަހު ކަރުކެހިލީ ކުރި މަތީ އިން އަންހެނާއާއި ދިމާއަށް ކަޅި ޖަހާލުމެއްނެތި އަމީމު ބަލަމުން ދާތީއެވެ.

ނަމަވެސް އެކަމުން އަމީމުގެ ސަމާލުކަން ނުލިބުމުން ޝައުނާ ދެފަހަރަކަށް އަމީމްގެ ނަމުން ގޮވާވެސް ލިއެވެ. ނަމަވެސް އަމީމަށް އެކަމުން ކުޑަވެސް އަސަރެއް ނުކުރިއެވެ. އަމީމު ސިހިގެން ދިޔައީ ކުރިމަތީ އިން އަންހެނާ ގެ ފުރަގަހުން ފިރިހެނެއް ފާޅުވުމުންނެވެ. ބިރުވެރި ސިފައެއް ޖަހާ އެ ފިރިހެނާގެ ދެލޮލުން ކަޅި ފެންނާކަން ނެތެވެ. މޫނުގެ އެތައް މިތަނުން ފަހާފައި ހުރި އިރު ތުންފަތް ފަޅައިގެން ގޮސްފައި ހުއްޓެވެ. މޫނުގެ ކުލަ ފެއްސަކަށް ދާއިރު ބޮލުގެ އިސްތަށިގަނޑު ކޮނޑުން ތިރިއަށް ފޯރައެވެ. ހީވި ގޮތެއްތޯ ބެލުމަށް ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު އެދިމާއަށް ބަލައިލިއިރު އެމީހާގެ ވަސްވެސް އެތާކު ނުވެއެވެ. އެއީ ވަހުމެއް ކަމަށް ނިންމުމަށްފަހު ހިނިތުންވެލާ މަސައްކަތައިގެން މަސްޢޫލު ވިއެވެ.

ޝައުނާ އިނީ އަމީމަށް ވަމުންދާ ގޮތް ފެނި ރުޅި އައިސް ގެން ގޮސް ދުން އަރާވަރުވެފައި ވީއިރު އަމްނާއާއި ދިމާއަށް ބަލަމުންދިޔަ ހަސަދައިގެ ނަޒަރުން ހީވީ ފިއްސާލަފާނެހެނެވެ. މަދަރުސީ ދައުރުއްސުރެވެސް އަމީމަކީ ޝައުނާގެ ހިތް ލެނބިފައިވާ ފަރާތެކެވެ . ގާތް އެކުވެރި އެކެވެ. ނަމަވެސް އޭނާގެ ހިތުގެ ހާލަތު އަމީމަށް ސިއްރުކުރަން މަޖުބޫރުވީ އަމީމްގެ ފަރާތުން އިވުނު ޖުމްލައަކުންނެވެ. ބޮއްކުރާ ދޮށަށް އޮޑިއެއް ނުކަނބާނެއެވެ. އަމީމުގެ ލޯބި އޭނާއަށް ނުލިބޭ ކަމަށްވާނަމަ އިތުރު އެހެން މީހަކަށްވެސް ލިބުނަކަ އޭނާ ނުދޭނެއެވެ. އުމުރު ދުވަހު އަމީމްގެ އިންތިޒާރުގައި ހުންނަން ޖެހުނަސް އޭނާ ހުންނާނެއެވެ. އޭނާ އެވަނީ އަމީމުގެ ލޯތްބަށް ފެންބޮވައިގެންފައެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ މީހުން ބުނާ އަޑު އޭނާ ވެސް އަހައެވެ.

އަަމްނާ މިއަދު ހަތަރު ދަމު ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ފެނިގެން ދިޔަ ސޫރައަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ކަތިލި ޒުވާނެއް އެނޫނިއްޔާ ނުވެއެވެ. އާދެ! ޑރ. އަމީމެވެ. ކޮޓަރިއަށް ވަތް ގޮތަށް ބުރުގާ ބޭލުމަށްފަހު ފާޙާނާއަށް ވަދެ ލައިގެން ހުރި ކަޅު އަބާޔާ، އަތްކުރު ޓީޝާޓަކާއި ކުރު ސޯޓަކަށް ބަދަލުކޮށްލީ ނިދަން އޮށޯވެލުމަށެވެ. ފާޙާނާއިން ނުކުތް އިރު އެނދު މަތީގައި އިން ހާތިބު ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭ އިޚުތިޔާރުގައެވެ. އެކަނިމާ އެކަނި މިހެން އުޅެން ޖެހުމުން އޭނާ ބިރުގަންނަނީވެސް ހާތިބުގެ ސަބަބުންނެވެ.

 

ނޯޓު: މި ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ޙިޔާލާއި އެއްގޮތަށް ލިޔަމުންދާ ވާހަކައެކެވެ. އަޅުގަނޑަށް ފާހަގަނުވެ އިން މައްސަލަ އެއް ވާނަމަ އަޅުގަނޑަށް ކޮމެންޓުގެ ޒަރިއްޔާއިން އެންގުން އެދެމެވެ. ނުވަތަ މެއިލް ކުރުމުންވެސް އެކަން ރަނގަޅުކޮށްލަން ހިތްވަރާއި އެކު މަސައްކަތް ކުރާނަމެެވެ. ކިޔުންތެރިން ތިދެއްވާ އެއްބާރުލުމަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަމެވެ.

Comments (47)

  1. hajam

    Yey me 1 dhw
    Wow

    1. Nanni
      hajam

      Thn Q hajam..
      yh u r the first… congrats
      vaahaka kamudhiyaiima vrh ufaavejje

  2. Hajam 2

    Haathib ey meehehtha?

    1. Nanni
      Hajam 2

      Thn Q hajam 2… haathib eii kaakuthoa balaaalan hingaa dhw.

  3. stry kiyaa man

    Feshun salhi.heekuran mi gothah stry nimeyne kamah.haathib eii inshaaneh noon kannyge dhw.waiting 4 first part.
    Up vaa dhuvass thah bunela dhehchey igey dear. …. ……..
    ‘Salaam’ ????

    1. Nanni
      stry kiyaa man

      Thn q stry kiyaa kujjaa.. ufaavejje stry kamudhiyaeema.. nxt prt up kollaane dhuvas thankolheh thiriiga nanni bunelaafa innaane

  4. Tushaa

    I don’t like this part
    But hope next parts will be nice

    1. Nanni
      Tushaa

      Thn q tushaa. vhk ehga hurihaa prt eh reehcheh nuvaane. hurihaa situation eh ehgotheh vs nuvaane,

  5. Nunama

    Waiting for next part

    1. Nanni
      Nunama

      Thn q Nunama

  6. Scarlet

    Feshunn varah reethi…nimenn dhn mi vaahaka gavaidhunn genes dheyne kamah heekurann❤

    1. Nanni
      Scarlet

      Thn q Scarlet.

  7. Icy

    seems interesting
    waiting for the next part

    1. Nanni
      Icy

      Thn q Iey

    2. Ary
      Icy

      Me 2

    3. Nanni
      Icy

      Thn Q
      Ary…

  8. xeybooo

    interesting..regular kon up kuran waane readers ge interest nugehleynehen…

    1. Nanni
      xeybooo

      Thn q xeybooo

  9. Pinky shifoo

    Nice ??… Seems interesting ??… Waiting for new part ??… Best of luck for the story ???…

    1. Nanni
      Pinky shifoo

      Thn Q
      Pinky shifoo…. thn q alot for the cute cmmnt.. m glad tht liked the stry of mine..

  10. No one

    Feshun vr nice.. hope the upcoming parts will be really interesting????♥️

    1. Nanni
      No one

      Thn Q
      No one…..

  11. Nanni

    Assalam alaikum readers… midhuvaskolhu raaajjeygai ulhey influenza nanni ah jehign vhk hafthaa eh haa dhuvahuge muhdhathakah medhu kandaali vhk dhannavaalan..

    1. Naju
      Nanni

      Get well soon dear

    2. Nanni
      Nanni

      Thn Q
      Naju….

  12. suty

    vhk nuliyevennyaa evaahaka buney…kommehen bayyey kiyaafa act nujahssathi..excuse negeema hama gabool kuraanan..

    1. Aesh
      suty

      Nanni e bunynun nanni bayyey… Bali v ma konme meeheh viyas ehen vaaneyehnu.. Aslu qabool kureven jehey kanthah thah aee.. it may not be a lie… so, it would be better if you don’t judge others without knowing the truth.. ehaa rangalhu kameh noon kanneynge aee hageegaiyy nubalaa ehn meehunna dhimaalah bas bunumaky.. keiyytherikan ikhthiyaaru kurumaky enme rangalhu goiyy.. 🙂 Shafakillah khairan nanni.. and keiyytheri kamaaeky thigothuga kuriyah dhey.. 🙂 story vrh reethi vaanehen heevey.. 🙂

    2. Ary
      suty

      Suty…. Thihen writers aa dhimaalah ehchehi kiyaakah nuvaaney…. Dhn vs hihvaru dw dheyny…. Nanni get well soon ingey…. There are supporters with u… Dont be dissappoint of some readers comment…. Take care Nanni… We will be waiting for u and ur storys… Lots of love

    3. Anonymous
      suty

      Suty akas duty akas Qabool kuran jeheyne balives vaane kan
      Vaahaka liyaa kuhjaa dhimaa ah ehchehi kiyas rangalheh nuvaane ??

    4. Nanni
      suty

      Sowrie suty… thi cmmnt nanni suty ah buninama u would knw the bad feeling

    5. Nanni
      suty

      Thn q Aesh…. fr the inspiring wrds….

    6. Nanni
      suty

      Thn q Ary… emmehaa insynnah vs thi fadha heyo visnun dhevvaashi…

    7. Nanni
      suty

      Thn q Anonymous drlin…..

  13. Alisha

    Wow! Varah reethi feshun
    Ummedhu kuran daily koh up kohdheene kamah??
    Get well soon
    Waiting for next part

    1. Nanni
      Alisha

      Aye…. Thn Q Alisha……

  14. Sana

    Varah suprise nanni ge new srory eh fenuneema❤❤❤❤
    Feshun varah varah reethi
    Vaahaka genes dheeiru dhigu koh genes dhecheyy nanni ????❤❤
    Kon duvas takeh ga tha up vanni mi story
    Gws ??

    1. Nanni
      Sana

      Anhaaan… Thn q sana… haadha loabi comment ekey…. vhk ge 1 part submit kollaafa innaaane… happy vejje thi loabiloabi cmmnt fenifa

  15. Felix

    Nanni pls story ga in pic change kohba varah biruganehje e pic fenifa ?
    Feshun varah habeys??
    Waiting for the next part
    Get well soon

    1. Nanni
      Felix

      Booooo…. biruveri dhw…nanni dhuvahaku vs nuliyaa type ehge vhk eh mi liyany…… BIRUVERi……. lol….Thn Q Felix darlng

  16. Samahaa

    Nanni pls story ga in pic change kohba varah biruganehje e pic fenifa ?
    Feshun varah habeys??
    Waiting for the next part
    Get well soon

    1. Nanni
      Samahaa

      Same comment? same persom? different name?
      oooooh wow…Thn Q Samahaa

  17. Cynthia

    Get well soon nanni sweetie ❤ story vrh vx salhi hama fakkaley buneveyny ??

    1. Nanni
      Cynthia

      Awwwn sweetie…. Ufaavejje vaahaka reethi vma…. m getting better. ehnve vrh masaikathun vhk liyelaafa submit kollaaafa innaaany

  18. Cynthia

    Get well soon nanni sweetie ?? story hama vrh slhi inge hpe to read it soon ??

    1. Nanni
      Cynthia

      Thn Q Cynthia…….

  19. Rif

    Wow?

  20. Kyleen

    wow.. I LOVE horror stories..

Comments are closed.