އެ ރެޔެވެ. އެ ފުރިހަމަ ރޭގައި އަހަރުމެން ހިނގާލަން ދިޔައީމެވެ. އަހަންނާ އަހަރެންގެ ލޯބިވެރިޔާ މިކާއިލް އެވެ. އަތުގުޅުވާލައިގެން ތިބެ އަހަރުމެން ވެސް އެތައް ވަޢުދަކާ އަހުދެއް ވީމެވެ. ހަނދު ހެކިކޮށެވެ. އުޑުގައި ވިއްޔާ ވީ ވިލާއެއް ވެސް ހެކިވާނެއެވެ. ހުރިހާ ތަރިއެއް ބޭލީމެވެ. ނަމަވެސްް މިއަދު ދެކޭށެވެ. އަހަރެންގެ ހާލަތު ދެކިފައި އެ ތަރިތައް ވެސް އަހަންނަށް ކުރަނީ މަލާމާތެވެ. އެ ތަރިތައް ބުނާކަހަލައެވެ. “އޭ ލީޝާއެވެ. އެރޭ ވީ އަހުދުތައް މިހާރު ކޮބާހެއްޔެވެ؟ ކަލޭ […]