ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އަމިއްލަ ނިކަމެތިކަމާމެދު ހިތާމަކޮށް ރުއިން ނޫންކަމެއް މިއަދު ރިމްޝާއަކަށް ކުރެވޭކަށްނެތެވެ. މޫނުމަތީގައި އަތް އަޅައިގެންއިދެ ބާރަށް ރޮމުންދަނިކޮށް ރިމްޝާގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު އިސްއުފުލާބަލާލިއެވެ. އެވަގުތު ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތަށް ޖެހިލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ.
*********
ފިހާރަޔަކަށް ދިޔަ މަގުމަތީގައި ހަލުވިކަމާއެކު އަވަސްފިޔަވަޅުތަކެއް އަޅަމުންދިޔަ އައިހަމްގެ ހަރަކާތްތައް މަޑުޖެހިލީ އާދައިގެ ގޮތަކަށްހުރި މާތަނަވަސްނޫން ގެއަކާއި އަރާހަމަވެފައެވެ. އަންހެނަކު ރަޙުމްކުޑަކަމާއެކު އެއްޗެހި ގޮވަމުންދިޔައިރު ޒުވާން އަޑަކުން ރޮއި އާދޭސްކުރާ އަޑުއިވެމުންދިޔައެވެ. ހުރިފިޔަވަޅުމަތީގައި ގަނޑުވެފައި ހުރި އައިހަމް ހުރީ ކަންފަތަށް އިވެމުންދިޔަ އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ވާނީވެސް އެހެންތާއެވެ. ފިލްމުތަކުގަޔާއި ވާހަކަތަކުގައި ސިފަކޮށްދީފައިހުންނަ ފަދަ ރަޙުމްކުޑަ މައިން ޙަޤީގީ ދިރިއުޅުމުގައިވެސް އުޅެދާނެކަމަކަށް އޭނާ މީގެ ކުރިން ހީކޮށްފައެއްނުވެއެވެ. ނަމަވެސް ހަސީނާގެ ބަރު އަޑުން މިއަދު އެފަދަ ރަޙުމްކުޑަ މައިންވެސް ދުނިޔޭގައި އުޅޭކަން ސާބިތުކޮށްދީފިއެވެ. ހެއްދެވި ފަރާތާމެދު ހިތުގައި ބިރުގެ ކަންފުޅެއްވެސް ނުވަނީބާއޭ އައިހަމްގެ ހިތަށްއެރިއެވެ. އެއަންހެންކުއްޖާގެ ހިތުގައި އަޅަމުންދާނެ ވޭން ތަޞައްވަރުކޮށްލާފައިވެސް އައިހަމްގެ ހިތަށް ނުހަނު ފުން އަސަރުތަކެއްކޮށްފިއެވެ. އެހެންހުއްޓާ ފަހަތުން ފިރިހެނަކު ކަރުކެހިލި އަޑުއިވުމާއިއެކު ސިއްސައިގެންގޮސް ފަހަތް ބަލައިލިގޮތުން ހީވީ ވައްކަމެއް ކުރަނިކޮށް މީހަކަށް ފަޅާއެރިހެންނެވެ. ކުރިމަތީހުރި ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އޭނާހުރީ ނުހަނު ހިތްހަމަނުޖެހިފައިކަން އައިހަމްއަށް ނަގައިގަނެވުނެވެ. ” ކަލޭ ތީ ކާކު؟ ބޮޑު ފާރަވެރިއެއްހެން މިގޭ ކައިރީ ކިއްކުރަނީ؟ އޯ އެމަންޖެއަށް ފާރަލަނީ ދޯ؟ ބުނަން ރަނގަޅު ވާހަކައެއް. އެމަންޖެއާ ވައިވެސް އެޅިލަން ހިތުވެސްނުލާތި!” އައިިހަމްއާ ދިމާލަށް އިނގިލިދިއްކޮށްލަމުން އިންޒާރުދިނީ ދެބުމަ ކައިރިކޮށްލަމުންނެވެ. ” ހަހް މަ ނޫޅެން މީހަކަށް ފާރަލާކަށް”. ކުރިމަތީގައި ހުރި ޒުވާނާ ދެއްކި ވާހަކައިން އައިހަމްގެ ގާތަށް ރުޅިއައެވެ. އިތުރަށް މަޑުނުކޮށް އެތަނުން ދާން ހިނގައިގަތީ ޒުވާބުކުރަން ބޭނުންނުވާތީއެވެ. މާދުރަށް ނުދެވި އުޅެނިކޮން ފަހަތުން އެޒުވާނާ ދުވަމުން ކަހަލަގޮތަކަށްއައެވެ. “އޭ. މަށަށް އިނގިއްޖެ ތީކާކުކަން. ތީ އައިހަމްއެއްނު. ކޮންއިރަކު އައިސްތިއުޅެނީ؟” އައިހަމްއަށް ރޭކާލީ ދެނެވެ. ކުރިމަތީގައި އެހުރީ އައިހަމް ސްކޫލްދައުރު ނިންމާލާފައި އިތުރަށްކިޔެވުމަށްޓަކައި މެލޭޝިއާއަށް ބަދަލުވުމާހަމައަށްވެސް އޭނާއާ ހަސަދަލައިގެން އެތަކެއް އުނދަގޫތަކެއްކުުރި ޒައިން ނޫން ދެވަނަ މީހެއްނޫނެވެ. “ކަލޭ ދޯ؟” ދަތްތަކަށް ބާރުލަމުން އައިިހަމް ބުނެލިއިރު ކުރިމަތީގައި ބަލަހައްޓައިގެންހުރި ޒައިންގެ ތުންފަތްމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. ރީތި ސިފައެއްގައި ހުއްޓަސް އިބިލީހެކޭ ތަފާތެއްނެތޭ އައިހަމްގެ ހިތަށްއެރިއެވެ. އެވަރަށް އުނދަގޫކޮށްފައި ޒަމާންތަކަކަށްފަހު ދިމާވުމުންވެސް ހިތާމަކޮށް މައާފަށްއެދުމުގެ ބަދަލުގައި ހިނިއައިސްފައިހުރިގޮތުން ހީވަނީ ކުރެވުނު ކަންތަކާ ދޭތެރޭ ނުހަނު ފަހުރުވެރިވެފައިހުރިހެންނެވެ. ކުއްލިއަކަށް ބާރުބާރަށް ކުއްޖަކު ރޮއިގަތްއަޑު އިވުމާއެކު ސިހިފައި ދެމީހުންވެސް އެއަޑުއައިދިމާލަށް ބަލާލިއެވެ. އެވަގުތު ކަޅުފޮއި ރެއެއްހާ ބަނަކޮށްހުރި މޫނުގެ ވެރި އަންހެނާ ރިިމްޝާގެ ނާޒުކު އަތުގައި ހިފާ ދަމަމުން ނެރޭތަން ފެނުމާއިއެކު އައިހަމްއަށްލިބުނީ ޝޮކެކެވެ. ހިތަށް ތަދުވާންފެށީ ކީއްވެކަމެއް ޙުދު އައިހަމްއަކަށްވެސް ނުވިސްނުނެވެ. ލިމްޝާޔާ ކިތަންމެ ވައްތަރުވިޔަސް އެއީ ލިމްޝާއެއްވެސް ނޫންވިއްުޔައެވެ. ހަނިހަނި ގޯޅިގަނޑެއްކަމުން މާމީހުން ގިނަނޫންކަމީ ނަސީބެކޭ އައިހަމްގެހިތަށްއެރިއެވެ. އެހެންނޫންނަމަ އެއަންހެންކުއްޖާ ހިތާމަޔާއި އެއްވަރަށް މިއަދު ކިހާ ލަދުވެސް ގަތީސްހެއްޔެވެ. މޫނުމަތީގައި އަތްއަޅައިގެން ރޯން އިންއިރު އެއަންްހެންކުއްޖާޔަށް ހާދަ އަސަރެއްކުރްމުންދާނޭ އައިހަމްގެ ހިތަށްއެރިއެވެ. ރިމްޝާގެ ގާތަށްދާން ކިތަންމެ ބޭނުންވިކަމުގައިވިޔަސް އޭނާ ފެނިއްޖެނަމަ ރިމްޝާ ހިތްހަމަނުޖެހިދާނެހެން ހީވުމުން އައިހަމްއަށް ޖެހުނީ ހުރިތާހުރެ ކުޅިބަލަން މަޑުކުރާށެވެ.
ޒައިންގެ ޙާލަކީތޯއެވެ. އަބަދުވެސް ޒައިން ރިމްޝާގެ ފަހަތުން އުޅުނީ ރިމްޝާގެ އެހުންނަ މީހުންގެ ހިތްތައް ކަތިލާފަދަ ރީތިކަމުގެ ސަބަބުންނެވެ. ރިމްޝާ މަގުމައްޗަށް ނުކުމެލިޔަސް ފަހަތުންހިނގާ، އެފަކީރު ކިތަންމެ ރުޅިއަރުވާ ބިރުގަންނަވާހަދާއިރުވެސް ޒައިންގެ ހިތަށް މީގެކުރިން އެކައްޗެކޭވެސްނާރައެވެ. ނަމަވެސް މިއަދު ރިމްޝާގެ ޙާލުފެނިފައި ޒައިންގެ ހިތް ހަމްދަރުދީއިންފުރި ބަންޑުންވާވަރުވިއެވެ. ދެފިކުރެއްގައިހުރެފައި މަޑުމަޑުންހިނގާލާފާގޮސް ރިމްޝާގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އެމަންޒަރު ފެނުނު އައިހަމް ލޮލުންވެއްޓުނު ކަރުނަތިކި ފޮހެލާފައި ދާން ގިނގައިގަތީ އިތުރަށް އެތަނުގައި މަޑުކުރުމުގެ ބޭނުމެއްނުފެނުމުންނެވެ. އޭނަގެ ހިތަށް އަރާ ފައިބަމުންދިޔަ އެއްޗެއް ދެނެވޮޑިގެންވާނީ އެފަރާތަކަށް އެއްވެސްކަމެއް ސިއްރުވެގެންނުވާނޭ މަތިވެރި ރަސްކަލާނގެއެވެ.
އިސްއުފުލާ ބަލާލި ރިމްޝާ ސިހިފައި ފަހަތަށް ޖެހިލިގޮތުން ހީވީ ބޮޑުބިރެއްފެނުނުހެންނެވެ. ރުއިމުގެ ސަބަބުން ރިމްޝާގެ ދެލޯ ރަތްވެ ވަޅުވަދެފައިވާއިރު މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމެވެ. ” ބިރުނުގަނޭ ރިމް. އަހަރެން މިއުޅެނީ ރިމްއަށް ޖެއްސުންކުރާކަށް ނޫން. ޙަޤީގަތުގައިވެސް މިއަދު ރިމްގެ ޙާލުފެނި އަހަރެން ވަރަށް ދެރަވެއްޖެ ރިމްއާ ދޭތެރޭ ކަންތައްކުރެވުނުގޮތުންް. އަހަރެންނަށް އިނގޭމާފްކުރަން އެހާ ފަސޭހަނުވާނެކަން. އެކަމަކުވެސް އަހަރެންނަށް މައާފުކޮށްދީ.” ޒައިންގެ ވާހަކަ އަޑުއަހާފައި ރިމްޝާ އިނީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. އަބަދުވެސް ލާނެތްކަމާއެކު ވާހަކަދައްކާ ޒައިންގެ އަޑުގައި މިއަދުހުރީ ރިހުމެއް އެކުލެވިފައެވެ. މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަމުން ސަމާސާ ކުރަނީހެނެއް ހިއެއްނުވެއެވެ. ޒައިންގެ މޫނަށް ބަލަހައްޓައިގެން ރިމްޝާ އިނީ ތީ ހަމަ ޙަޤީގަތުގައިވެސް ޒައިންހޭ އަހާފަދަގޮތަކަށެވެ. އަދިވެސް ރިމްޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަކަށް ބަދަލެއްނާދެއެވެ. “އަހަރެން ޒައިންއަށް މާފުކޮށްފިން”. ތުރުތުރު އަޅަމުންދިޔަ އަޑަކުން ރިމްޝާ ބުނެލިއެވެ. ވެގެންއުޅޭގޮތަކާއި ބެހޭގޮތުން ޒައިން ރިމްޝާގާތު ސުވާލުނުކުރީ މިވަގުތު ރިމްޝާއަށް ވާހަކަވެސް ނުދެއްކޭނެކަން އެނގޭތީއެވެ. ” އަހަރެން މިޝޫމެން ގެޔާ ހިސާބަށް ގެންދެވިދާނެތަ؟” ކަރުނަތައް ފޮހެލަމުން ރިމްޝާ ކައިރީގައި އޮތް ދަނޑިގައި ހިފާލުމާއެކު ޒައިން ބަލާލީ ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ. މަޑުމަޑުން ދަނޑިގަނޑުގެ އެހީގައި ކޮޅަށް ތެދުވަން މަސައްކަތްކުރިނަމަވެސް އެކަންވާގޮތްނުވީ ހަށިގަނޑުގައި އެއްވެސްވަރެއްނެތުމުންނެވެ. ވާނީވެސް އެހެންތާއެވެ. އޭނަ އަދިވެސްއެހުރީ ހޮސްޕިޓަލުގައި އަނގަޔަށްލީ އެތިކޮޅަކާއެކުގައެވެ. ” ލިމްގެ ފަޔަށް ކިހިނެއްވީ؟” ލިމްޝާއަށް ކޮޅަށް ތެދުވުމަށް އެހީތެރިވަމުން ޒައިން އަހާލިއެވެ. “ބިނދިފަ.” އެވަރުން ރިމްޝާ ފުއްދާލީ މިވަގުތު މާގިނަ ވާހަކަތަކެއް ދައްކާނެހާ ހިތްވަރުނެތުމުންނެވެ. އިސާހިތަކު ޒައިންގެ ލޯފުސްވާންފެށީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުގެ ސަބަބުންނެވެ. ކަރުނަތައް އެތެރެއަށް ހިންދާލަމުން ރިމްޝާ ގޮވައިގެންގޮސް ކާރަށްއެރިއެވެ. ރިމްޝާގެ މަންޒިލާ ހަމައަށް ވާޞިލްވިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ.
ގޭގެ މައިދޮރުގައި ޓަކިޖަހާލުމާއެކު މަދުސިކުންތުކޮޅެއްގެ ތެރޭގައި ދޮރުހުޅުވާލިއެވެ. ކަންފަތުގައި ހެޑްސެޓް ޖަހާލައުގެންހުރެ ޖަހަމުންދިޔަ ލަވަޔާ އެއްވަރަށް ޙަރަކާތްކުރަމުންއައިސް ދޮރުހުޅުވާލި މީޝާގެ ހަރަކާތްތަކަށް ހުއްޓުމެއްއައީ ދޮރުމަތީގައިހުރި އޭނާގެ އެންމެ ގާތް އެކުވެރިޔާ ރިމްޝާ ފެނުމުންނެވެ. ސްކޫލް ނިމިނުފަހުން މާބޮޑު ގުޅުމެއް ނެތްކަމުގައިވިޔަސް ކުރީގައި އެދެމީހުންނަކީ ކަނާއަތާއި ވާއަތްފަދަ ދެމިތުރުންނެވެ. ދެލޯ ބޮޑުކޮށްލަމުން ދެކޮލުގައި އަތްއަޅާލިއިރު އަނގަަވެސްވަނީ ތަންމިނަށް ހުޅުވިފައެވެ. އެތައްދުވަހަކަށްފަހު ލޯބިވާ އެކުވެރިޔާ ފެނުނުއިރު އެފަދަ ހާލެއްގައިހުރުމުން ހިތަށް ބަޔާންކުރަންދަތި އަސަރުތަކެއްކުރުވިއެވެ. ” ސުބްޙާނަﷲ! ރިމް. އަވަހަށް އާދޭ އެތެރެއަށް. ކިހިނެއްވެފަތަ ތިހިރީ. މިޝޫ ވަރަށް ދެރަވެއްޖެ ރިމް ތިހުރިގޮތްފެނިފަ.” މީޝާ ވާހަކަދައްކަމުންދިޔައިރު ލޮލުތެރޭގައި ކަރުނަަތައް ބޮނޑިވަމުންދިޔައެވެ. ” މިޝޫއަށް ޤަބޫލުވެސް ނުކުރެވޭނެ އަހަރެންނާމެދު ކަންތައްމިވީގޮތް ކިޔައިދިނަސް” ރިމްޝާ އޭނާގެ މަންމަ ކަންތައްކުރިގޮތުގެ ވާހަކަ އެކުވެރިޔާއަށް ކިޔާދިންއިރު ހިނދުކޮޅަކަށްވެސް ދެލޮލުން ކަރުނަނުހިކެއެވެ.” ވަޓް؟ ރިމްގެ މަންމަ އެއީ އަަޅެ އިންސާނެއްތަ؟ ދުރުހިލޭ މީހަކުވެސް ތިފަދަ ގޮތަކަށް ކަންތަކެއްނުކުރާނެ. ރިމް ދެން ޕްލީސް ނުރޮއޭ. އިރާދަކުރެއްވިއްޔާ ދެން ދެރަގޮތެއްނުވާނެ. ރިމް ހުންނާނީ މިގޭގަ. މަންމަމެންވެސް ނޫޅޭ މިދުވަސްކޮޅު” ރިމްޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދެމުން މީޝާބުންޏެވެ. ” ތޭންކިޔު ސޯމަޗް މިޝޫ. މިއަދު މިޝޫ ނެތްނަމަ އަހަރެން ކިހިނެއް އަޅެ ހަދާނީ. ” ހިނިތުންވެލާފައި މީޝާގެ ގައިގާ ބައްދާލިއިރު މިފަހަރު ރިމްޝާގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. އެފަދަ ހެޔޮ އެކުވެރިޔަކު ދެއްވީތީ ހެއްދެވި ރަސްކަލާނގެއަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރިއެވެ. ރަޙުމް ކުޑަކަމާއިއެކު ގެއިންނެރެ އެއްލާލި މަޔަކަށްޓަކައި ކަރުނައަޅާނުރޮއުމަށް އޭނަ ޢަޒުމްކަނޑައެޅިއެވެ. އަދި ހަޔާތުގެ އެހިތާމަވެރި ޟަފްޙާތަކުގައި ތަޅުއަޅުވާ މުޅިން އާޞަފްޙާތަކެއްލިޔުމަށް އަޒުމްކަނޑައެޅީ އެކަމަށް މަގުފަހިކޮށްދިން އެކުވެރިޔާއަށް ޝުކުރުކުރާ ޙާލުގައެވެ. ނަމަވެސް މިއުފާވެރިކަން މާގިނައިރަކު ދެމިގެންދާނެބާއެވެ؟ ތަޤުދީރުގައި ރިމްޝާއަށްޓަކައި ކުރިއަށް ލިޔެވިފައިވަނީ ކޮންފަދަ ކަންތައްތަކެއްބާވައެވެ.
30 Comments
Comments are closed.
yei me first……………..vvv nice
Yes.. congrats dear.. oh thank u story kiyaalyma
wow. vvvvv reethi mi part vx
Thank u cuty. Vr ufaavehje story kamudhiyaiima
Masha Allah vv reethi mi part
Thank u shimko…??♥️♥️?
Hii all the readers.. here’s the 3rd part of this story.. hope all the readers enjoy this part..❤️?♥️?❣️
Salhi..♥? next part miyah vure dhigukoh genesdhehchey??vhk varah salhi keep it up???❤❤??????????thi gothuga kuriyah dhey?
Oh suty dear thank u so much.. mifaharu thankolheh kuruviyas next part dhigukohlaanan insha allah
Oh thank u so much suty dear..❤️♥️mi part kuruviyas next part dhigukohleveytho balaanan
Asluves varah reethi
Thank u shai
Woww…??vrh vrh reethi…????????.. hama obi…???????… whn nxt??????.. curiously waitinn❤❤❤❤❤❤??
Woww…??vrh vrh reethi…????????.. hama obi…????…. sifa krn ham habeys.???.. hiivanii ham film eh balrhnn…???… whn nxt??????.. curiously waitinn❤❤❤❤❤❤??
Aawwwn.. thankx mishy dear.. ???story kamudhiyaiima vr happy vehje.. ???♥️❤️next part vx liyevunuhaa avahakah up kohladheynan.. insha allah❤️????
Woww ????… V v v reethi mi part vx ❤️❤️❤️❤️????????… 15 years aa balaafa haadha molhey Maasha Allah ????… U have the talent No one ????????… Keep up the good work ????❤️❤️❤️❤️… Curiously waiting for the next part ???????????…
Thank you pinky shifooo..♥️? haadha colourful comment ekey..❤️??..v vr happy vehje story kamudhiyaiima
Oh wow mi part ves vrh vrh reethi waiting for next part ??❤
Wow mi part vess vrh reethi keep it up..u have skill of a story writer ???
Thankxx???♥️
Hei dear… new story eh feshee dho.. vvv reeethi ingey story keep it up ??????
Oh eysh dear.. so happy to see a comment from u.. thank you.. vr happy vehje eysh ah story kamudhiyaiima????♥️
Wow.. Sifakurun v salhi????vv interesting vey eba mihaaru???????Curiously waiting for next part
Wow.. Sifakurun v salhi?????????vv interesting vey eba mihaaru???????Curiously waiting for next part
Thank you maya.. ❤️?
Wow. What a nice story. ??
Thankxx someone
maa sha allah.. vrh reethi ingey mi story.. 🙂 good job and keep it up dear.. 🙂
Wondrful stry no one kyp it up buddy ????????
vvvvvvvvvvvvvvvvvvv reethi mi story i just hope nimendhen upkuraane kamah cant wait for next part