Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (1)

Nanni Level 210 Stories100 Comments100 Login
May 24, 2018 2 Mins Read
29 Comments

އަމްނާ މިއަދު ހަތަރު ދަމު ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ފެނިގެން ދިޔަ ސޫރައަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ކަތިލި ޒުވާނެއް އެނޫނިއްޔާ ނުވެއެވެ. އާދެ! ޑރ. އަމީމެވެ. ކޮޓަރިއަށް ވަތް ގޮތަށް ބުރުގާ ބޭލުމަށްފަހު ފާޙާނާއަށް ވަދެ ލައިގެން ހުރި ކަޅު އަބާޔާ، އަތްކުރު ޓީޝާޓަކާއި ކުރު ސޯޓަކަށް ބަދަލުކޮށްލީ ނިދަން އޮށޯވެލުމަށެވެ. ފާޙާނާއިން ނުކުތް އިރު އެނދު މަތީގައި އިން ހާތިބު ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭ އިޚުތިޔާރުގައެވެ. އެކަނިމާ އެކަނި މިހެން އުޅެން ޖެހުމުން އޭނާ ބިރުގަންނަނީވެސް ހާތިބުގެ ސަބަބުންނެވެ. މިރޭވެސް ކަންތައް ވެގެންދާނީ މީގެ އަހަރުތަކެއް ކުރިންސުރެވެސް ތަކުރާރުކޮށް ކަންތައް ވަމުންދާ ގޮތަށްކަން ހަނދުމަ ވުމާއި އެކު ލޯ މަރާލެވުނެވެ.

އެހެން ދުވހަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ޑިއުޓީ ނިންމައިފައި އައި ގޮތަށް އަމީމް ކޮޓަރިއަށްވަނީ، މަންމަގެ ކޮޓަރިއަށް ގޮސް މަންމަ އޮތީ ކައިގެންތޯ ބަލާލުމަށްފަހުއެވެ. ހަވީރުގެ ވަގުތު ނަމަވެސް އަވިގަދަ ދުވަސްކޮޅެއް ކަމުން އޭސީ 16 އަށްލުމަށްފަހު އެދުމައްޗަށް އުއްޑުންވާގޮތަށް ވެއްޓިގަތީ ވަރުބަލިވެ ހޫނު ވެފައިވާވަރުންނެވެ. ފަޅި ސިކުންތު ކޮޅެއް ތެރޭ އޭނާގެ ހިތުގެ ވިންދު މަޑުޖެހި މިއަދު ދިމާވި އަންހެނާ މަތިން ހަނދާންވާން ފެށިއެވެ. އެވަގުތު ހަށިގަނޑުގައި ހިނގާލި ކަރަންޓުގެ އޮއެވަރު މަތިންނެވެ. މަޑުމަޑުން އެތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯމަރާލެވުނީ އެމަންޒަރު ސިފަކޮށްލެވޭތޯއެވެ. އެގޮތުގެ މަތިން ވަގުތު ހޭދަކުރަމުންދަނިކޮށް އަމީމުގެ ލޮލަށް ނިދި ސަވާރުވީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނިދިފައި އޮތް އިރު އެ މަޢުސޫމް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުރިކަންނަގައިގަނެވުނު މީހެއްގެ ހިތުގައި ސުވާލު އުފެދޭނެކަން ޔަޤީނެވެ.

15 އަހަރު ކުރި….

އަމްނާއަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލޮލުގެ ކޮއިފަގައިން ބަލާބޮޑުކުރި އުމުރުން 24 އަހަރުވެފައިވާ ހުރި ޒުވާން އަންހެން ކުއްޖެކެވެ. އެދަރިފުޅުގެ އުމުރުން 5 އަހަރުވީ އިރުވެސް ބަހެއް ނުބުނާތިއާއި އެދެމަފިރިންގެ ބަސްތަކަށް ސަމާލުކަން ނުދޭތީ ޑަކްޓަރަށް ދެއްކުމުން އެނގިގެން ދިޔައީ އަމްނާއަކީ އިވުމާއި ވާހަކަ ދެއްކުމުން މަޙުރޫމް ވެފައިވާ ކުއްޖެއްކަމެވެ. އެދަރިފުޅަށް ކިތަންމެ ކުޑަކަމެއް ވިޔަސް އެދެމަފިރިންގެ މުޅިދުވަސް ޚަރާބުވީއެވެ. ނުކުޅެދުންތެރިކަމެއް ހުރުމުން ސަރުކާރު ސުކޫލަކަށް ވެއްދުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އެދެމަފިރިންގެ ކަށީގައި ހުރި ގަދަބާރު ދައްކައިގެން ގުރޭޑު 1 އަށް އަމްނާ ވެއްދީ 8 އަހަރުގައެވެ. އަޑުގަދަ މީހާ ރުއްގިނަ ވާނޭ ބުނާ ބީދައިންނެވެ. ރެއާއި ދުވާލު އެތައް ތަކުލީފުތަކެއް އެދެމަފިރިން އުފުލަމުން ދިޔައީ އެދަރިފުޅަކީ މުޖުތަމަޢުގައި މީހުން އިޚްތިރާމާއި އެކު ބަލައިގަންނަފަދަ ކުއްޖަކަށް ހެދުމަށެވެ. ނުކުޅެދުންތެރިކަން ހުއްޓެއް ކަމަކު ބާކީ ވެފައިވާ ފަރާތެއް ކަމުގެ އިޙުސާސް ވިޔަ ނުދިނުމަށެވެ. ނަމަވެސް އެކަން ވެގެން ދިޔައީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ. މަދަރުސީ ދައުރުގައިވެސް ސްކޫލު ތެރޭފޯރިމަރާ ލާނެތް ފިރިހެން ކުދިންނަށް ވުރެން އަމްނާގެ ޙާލު ބޮޑެވެ. ސްކޫލު ފޮތްތަކުން ގަނޑު ކަނޑައިގެން ރޮކެޓު ދުއްވުމާއި ބޯޅައުކުމެވެ. ކުދިންގެ ތަކެއްޗަށް ގެއްލުން ދިނުމެވެ. ސުކޫލުގެ ގޯތި ތެރޭގައިވާ ގަސްތަކާއި އަދި މިނޫންވެސް ތަކެތި ހަލާކުކުރުމެވެ. ކުދިންނަށް އަނިޔާކުރުމެވެ. ފިލާވަޅު ނުހެދުމެވެ. ޕޭޕަރު ތަކުން ފާސްނުވުމެވެ. މިހެންގޮސް އެތައް އެތައް ކަމެކެވެ. އަމްނާގެ ބައްޕަ ކާސިމަކީ ކަންނެލި ބޭނުމުގެ މަސައްކަތުގައި އުޅޭ މީހެއްކަމުން، ގިނަ ފަހަރަށް މީސް މީހުން އަމްނާއާއި ބެހޭގޮތުން ކުރާ މިފަދަ ޝަކުވާތަކަށް ދެނީ ބީރު ކަންފަތެކެވެ. އަމްނާގެ މަންމަ ނާދިރާތޯއެވެ؟ އަމްނާއާއި އަމްނާގެ މަންމަ ހަފްތާއަކު މަދުވެގެން ދެފަހަރު ޕްރިންސިޕަލް ރޫމަށް ޙާޒިރުކޮށް އަމްނާއާއި ގުޅޭ މައްސަލަތައް ހިއްސާކުރެއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުކުންނަ ގޮތް ނުވީ އެވާހަކަތަކަށް ނާދިރާގެ ސަމާލުކަން ނުލިބުމުންނެވެ. ގޯސް ވަނީ އެހެން ދަރިވަރުންނެވެ. ސްކޫލުގެ މުވައްޒަފުންނެވެ. ވާނީވެސް އެހެންތާއެވެ. އެމީހެއްގެ ދަރި އެމީހަކަށް ދޮންފުތު ވާނެއެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. މިއީ އެކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ދެ ފަހަރަކު ގުރޭޑު 9 ގައި މަޑުކުރުމަށްފަހު ސުކޫލު ދައުރު ނިންމާލީ ކާންދިން އަތުގައި ދަތްއަޅާފައެވެ. “ޔޫ” ސެޓަކާއި އެކުއެވެ. މައިންބަފައިންގެ ފޮނި ހުވަފެންތައް ފެނަށް ލާފައެވެ. އަޅުކަމެއް ނުކުރާ އިންސާނަކަށް ކާމިޔާބުތޯއެވެ؟ އެއީ ވުމާއި ދުރުގައި އޮތް ކަމެކެވެ. އެންމެފަހުން އެދެމަފިރިން ނަމާދެއް ކުރި ދުވަހެއް ހަނދާން ނުހުންނާނެކަން އެއީ ޔަޤީން ކަމެކެވެ. އަޅުކަންތަކަށް މިހާ ފަރުވާކުޑަ ދެމަފިރިންގެ ދަރި އަމްނާއަށްވެސް މި ނުބައި ސިފަ ލިބިގެންދިޔައެވެ. އަޅުކަމަކީ މުހިއްމުކަމެއްގެ ގޮތުގައި އެދެމަފިރިންވެސް ނުދެކެއެވެ.

އެންމެ ކުޑައިރުއްސުރެވެސް އަމްނާ ހަވީރުގެ ވަގުތު ހޭދަކުރާނީ ގޭގެ އުނިގަސް ދޮށު ޖޯއްޔެއްގައި އެކަނިމާ އެކަންޏެވެ. ގޭ ބޭރަށް ދެވޭ ގޮތް ނުވަނީ އޭނާގެ ރައްކަލަށްޓަކައި އޭނާގެ މައިންބަފައިން ގޭގެ ދޮރު ތަޅުލާފައި ހުންނާތީއެވެ. ބޭރަށް ނުކުމެއްޖެނަމަ މީހުންގެ އަނިޔާ ކުރިމަތިވެދާނެތީއެވެ. އަވަށްޓެރި ކުއްޖަކު ވެސް އަމްނާ ކައިރިއަށް ނާންނަނީ އަމްނާގެ އުޅުން ހުންނަ ނޭދެވޭ ގޮތަކުންނެވެ. ނަމަވެސް އަމްނާ ގެ ކޮންމެ ހަރަކާތަކަށްވެސް ފަރުވާތެރިކަމާއި އެކު ބަލަމުން އަންނަ ފަރާތެއް އަމްނާގެ ކައިރީގައި ހުރެއެވެ.

….> ނިމުނީ <….

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ފުރަތަމަ ނަޒަރު

Next

އެހަނދާން ނުދާނޭ ފިލާ 11

Next
May 24, 2018

އެހަނދާން ނުދާނޭ ފިލާ 11

Previews
May 24, 2018

ފުރަތަމަ ނަޒަރު

29 Comments!

  1. Mishy says:
    May 24, 2018 at 12:03 pm

    Whttt? Nimuny??? Btw noooo…. it will be nice if this is a lng stry… this prt is nice…❤❤❤..

    1. Nanni says:
      May 24, 2018 at 4:29 pm

      Heheheheheh….. Thn Q mishy… nubalaala jehifa e iny…. adhi baewaru part thah eba oi kuriah…..

  2. Aesh says:
    May 24, 2018 at 12:12 pm

    whaaattt????? kihineh mi v? i thnk nanni ah olhigen kanneynge dhw nimuny ey jahaafa e iny? miee silsilaa vaahakaehnu.. dhw nanni? curiously waiting….

    1. Nanni says:
      May 24, 2018 at 4:34 pm

      yh Aesh…. olhign eii hama….

  3. Roxy says:
    May 24, 2018 at 12:15 pm

    Mii lng stry eh dw nannii mi prt dw nmuny plx say yes sis
    ? anyways mi prt vx hma vv slhi kyp on goin buddy ??

    1. Nanni says:
      May 24, 2018 at 4:35 pm

      YES Roxy darlin………. Thn q alot chweetie…

  4. Sana says:
    May 24, 2018 at 1:04 pm

    What? Nimuneetha?
    Nice ???????
    Waiting for another story??

    1. Nanni says:
      May 24, 2018 at 4:36 pm

      Heehhehehe… no nunimey…. nanni ah olhign liyevifa e iny…… Thn q Sana

  5. Naju says:
    May 24, 2018 at 3:59 pm

    Nanni kihineah mivy asluvx hama nimuny tha alhe..

    1. Nanni says:
      May 24, 2018 at 4:39 pm

      No

  6. Nanni says:
    May 24, 2018 at 4:21 pm

    lol………
    readers nimuny n nunimey jahan handhaan kurahchey bunyma ..
    sry vrh bdah….. its nunimey

    1. Nanni says:
      May 24, 2018 at 4:28 pm

      Assu olhign jehifa e iny… nanni nimunii jahaanan stry nimunyma.. ehn noony mihn vedhaane anekka….. hehehehhe

  7. ssannww says:
    May 24, 2018 at 6:38 pm

    ahaha alhey nanni dear itse okay…btw vaahaka varah salhi ingey..keep it up dear

    1. Nanni says:
      May 24, 2018 at 7:02 pm

      Thn q ssannww…… hihihihi

  8. Naju says:
    May 24, 2018 at 10:10 pm

    When is next nanni dear

    1. Nanni says:
      May 24, 2018 at 11:03 pm

      soon

  9. Adam says:
    May 25, 2018 at 5:25 am

    Adhiyooas.varah thafaathu.
    Dhevana bayah inthizaar kuran.

    1. Nanni says:
      June 1, 2018 at 12:31 am

      Thn Q Adam…. Dhevana baayah vs commment kollan vaane

  10. No one says:
    May 25, 2018 at 3:24 pm

    Vr vr rythi.. and i really love to read horror stories… Waiting for next part

    1. Nanni says:
      June 1, 2018 at 12:31 am

      Thn Q No one…. ufaavejje vhk kamudhiyaeeema

  11. unique says:
    May 26, 2018 at 5:11 pm

    waiting vvvvv interesting

    1. Nanni says:
      June 1, 2018 at 12:32 am

      Thn Q unique…..

  12. Usaima says:
    May 30, 2018 at 3:37 pm

    Vvvv….salhi. keep it up. Waiting 4 next part.

    1. Nanni says:
      June 1, 2018 at 12:33 am

      Thn Q Usaima….. next part ah vs vaane thigothah loabi loabi comment kollan

  13. Yanaa says:
    May 31, 2018 at 11:13 am

    Haadha hamanujehey vaanuvaa neke. Better luck next time. Anyway story interesting. Saw the trailer

    1. Nanni says:
      June 1, 2018 at 12:34 am

      Thn Q Yanaa…..

  14. Naz says:
    May 31, 2018 at 11:18 am

    Faruvaatherikamaaeku anekhaa balanee
    ameem tha

    1. Nanni says:
      June 1, 2018 at 12:35 am

      Heheheheheh…. next part kiyaaaalamaa dhw

  15. no one says:
    June 17, 2018 at 2:27 am

    plz change the name.. its so annoying

Comments are closed.


All Right Reserved!