Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 8

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 19, 2018 7 Mins Read
29 Comments

ޔައިޝް އެންމެ ފަހުން ބުނެލި ޖުމްލަތަކުން ޝައުނާ ހުރީ ހައިރާންވެފައެވެ. އޭނަގެ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުނެވެ. ގިސްލެވުންވެސް ވަނީ މިހާރު ހުއްޓިފައެވެ. ލިބުނު ހައިރާންކަމުގައި އޭނާއަށް ހުރެވުނީއެވެ. ޔައިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައީ ޝައުނާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޝައުނާ އޭނަގެ ލޯބި ގަބޫލު ކުރާނެބާއެވެ؟ އޭނަގެ ލޯބި ގަބޫލުކޮށްފިނަމަ ހާދަހާ އުފާވާނެއެވެ. އޭނަ އަބަދުވެސް ޝައުނާ އުފަލުގައި ބެހެއްޓޭތޯ ވީވަރަކުން މަސައްކަތްކުރާނެއެވެ. ޝައުނާއަށް އަށް އިންތިހާ ލޯބި ދޭނެއެވެ. އެހެނަސް ޝައުނާ އޭނަގެ ލޯބި ގަބޫލުނުކޮށްފިނަމަ އޭނައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަގައިމުވެސް އޭނަގެ ހިތް ކުދިކުދި ވާނެއެވެ. އެ ހިތަށް ވަރަށްވެސް ތަދުވާނެއެވެ. މިކަހަލަ ހިތާލުތަކެއްގައި ހުރި ޔައިޝްއަށް ހޭވެރިކަންވީ ޝައުނާގެ މޫނުގައި ހިފަހައްޓާފައިވި އޭނަގެ ދެއަތް ޝައުނާ މަޑުމަޑުން ތިރިކޮށްލުމަށްފަހު ފަހަތައް ފިޔަވަޅެއް އަޅާލުމުންނެވެ. ” ޝައު ” ޔައިޝް މަޑުމަޑުން ޝައުނާއަށް ގޮވާލިއެވެ. އަދި ޝައުނާގެ ގާތަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއެކު ޔައިޝްއަށް ހުއްޓެން މަޖުބޫރުވީ ޝައުނާ އިޝާރާތުން ކުރިއަށް ނައުމަށް ބުނުމުންނެވެ. ” ނޫން… ނޫން… އަހަރެން ޔައިޝްދެކެ ލޮއެބެއް ނުވޭ… ކުޑަކޮށްވެސް އަހަރެން ޔައިޝްދެކެ ލޮއެބެއް ނުވޭ.. އެފަދަ ނަޒަރަކުން އަހަރެން ޔައިޝްއެއް ނުވެސް ދެކެން… އަހަރެން… އަހަރެން ލޯބިވަނީ ޔާފިއު ދެކެ… ” ޝައުނާގެ ހަރަކާތްތަކުންނާއި އެ ބަސްތަކުން ޔައިޝްގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. ” އިނގޭ ޝައު ލޯބިވަނީ ޔާފިއު ދެކެކަން… އެކަމަކު… ” ޔައިޝްގެ ވާހަކަ ފުރިހަމަ ނުކުރެވުނީ ޝައުނާ އޭނަގެ ވާހަކަ މެދު ކަނޑާލުމުންނެވެ. ” އެކަމަކު ކީއްވެ؟ ކީއްވެ ޔައިޝް؟ އަހަރެން ޔާފިއު ދެކެ ލޯބިވާކަން އެނގިހުރެ ކީއްވެ އަހަރެންދެކެ ލޯބި ވީ؟ ” ދެލޮލުން ކަރުނަ އޮހޮރޭ ހާލު ޝައުނާ އޭނަގެ ހިތުގައި އުފެދުނު ސުވާލު ޔައިޝްއަށް އަމާޒުކުރިއެވެ. ” ޝައު… ލޮއެބަކީ ވާ އެއްޗެއް ނޫން… އެއީ ވެވޭ އެއްޗެއް… އަހަންނަކަށް މިހިތަކަށް ބާރެއް ނުފޯރުވުން… އެކަން އެނގި ހުރެވެސް މިހިތުގައި އުފަންވި ލޯބި ދިޔައީ އިތުރުވަމުން… ” ވަރަށް އަސަރާއެކު އޭނަގެ ހިތާ ވީ ދިމާލުގައި އަތް ޖައްސާލަމުން ޔައިޝް ވާހަކަ ދެއްކިއެވެ. އޭރު އެދެލޮލަށްވެސް ދިޔައީ ކަރުނަ ޖަމާވަމުންނެވެ. ” މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަންނަށް ހިތްވަރު ދޭން ތި ދެއްކި ހުރިހާ ވާހަކަ އަކީވެސް އަހަރެންގެ ލޯބި ހާސިލްކުރަން ދެއްކި ވާހަކަތައްތަ؟ އަހަރެން މޫޑު ގޯސްވެފަ ހުންނަ ވަގުތުތަކުގައި ޔައިޝް އަހަރެން ހެއްވާލަން ކުރާާ ކަންތައްތަކަކީ އަހަރެންގެ ލޯބި ލިބޭނެކަމަށް ހީކޮށް ކުރާ ކަންތައްތައްތަ؟ ޔާާފިއު އަހަރެންދެކެ ލޮއެބެއް ނުވެޔޭ އަބަދު ޔައިޝް ބުނަނީ އަހަރުމެން ދެ މީހުން ދުރުކުރުވަންތަ؟ ޔައިޝް ބޭނުންވަނީ ޔާފިއު އަހަރެން ދޫކޮށްލުން ދޯ؟ ދެން އޭގެ ފައިދާ ޔައިޝް ނަގަން ދޯ… އަހަރެންގެ ލޯބި ހާސިލްކުރަން ދޯ… ” ޝައުނާގެ ބަސްތަކުން ޔައިޝްގެ ހިތް ދިޔައީ ފޮތިފޮތިވަމުންނެވެ. އޭނާ އޭގެން އެއްވެސް ކަމެއް ކުރީ ޝައުނާ އެ ހީކުރާކަހަލަ ސަބަަބަކަށް ނޫނެވެ. ” ނޫން… އަހަރެން ޝައުނާގެ ލޯބި ބޭނުން… އެކަމަކު ތިހީކުރަނީ މުޅިން ގޯސްކޮށް… ޔާފިއު އަކީ ޝައުނާއަށް އެކަށީގެންވާ ފަރާތައް ނުވާތީ އެހެން ބުނީ… ޝައުނާ ބޮޑު އޮޅުންބޮޅުން ގަނޑެއްގަ ނުބަހައްޓަން އެހެން ބުނީ… ޝައުނާ ދެރަވެ ހިތާމަކުރާތަން ބަލަން މިހިތަށް ކެތްނުވާތީ އެހެން ކަންތައް ކުރީ… ޔާފިއުވެސް ޝައުނާ ޔާފިއުދެކެ ލޯބިވާ ފަދައިން ޝައުނާދެކެ ޔާފިއު ލޯބިވާނަމަކަ އަހަރެން މިހެން ކަންތައް ނުކުރީމުސް… ކިތަންމެ ފަހަރަކު އެދި ގޮވާ ޝައުނާއަށް ލޯބިވާކަން ހާމަކުރުމަށް… އެކަމަކު… އެކަމަކު ޝައުނާ ޔާފިއުދެކެ ވާ ލޯބި ހިތަށް އަރާފަ މިހިތުގެ ގޮވުމަށް ފަސްދެނީ… ޝައުނާ އަހަރެންދެކެ ލޯބި ނުވާކަން ހިތަށް އަރާފަ އެ ހިތްވަރު ނުލިބެނީ… އެކަމަކު މިރޭ… މިރޭ ތި ލޮލުން އޮހޮރުނު ކަރުނަތައް ފެނި މިހިތުގެ ހާލު ބަޔާންނުކޮށް ނުހުރެވުނީ… ވަރަށް ވަރަށް ލޯބިވޭ… އަހަންނަށް މައްސަލައެއް ނެތޭ ޝައު މިވަގުތު ޖަވާބު ނުދިނަސް… ބޭނުން ވަރަކަށް ވަގުތު ނަގަންވީ… އަހަރެން މިރަށުން ދިއުމުގެ ކުރިން ޖަވާބެއް ދީފިނަމަ އޯކޭ… އަދި އެބެއް ވަރަށް ގިނަ ދުވަސް… މި ޗުއްޓީ ނިމުނީމަ އަހަރެން ދާނީ.. ” ޔައިޝްގެ ބަސްތައް އިވުމުން ޝައުނާ އޭނައަށް ފަސްދިން ގޮތުން ޔައިޝްގެ ހިތަށް އިތުރަށް ތަދުވިއެވެ. ”އަހަރެން ޔައިޝްދެކެ ލޮއެބެއް ނުވޭ… އަދި އިތުރަށް ވިސްނާކަށްވެސް ބޭނުމެއް ނޫން.. ތި ލޯބި އަހަރެން ގަބޫލު ކުރާކަށް ބޭނުމެއް ނޫން… ޔާފިއު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް މިހިތަކުން އެހެން މީހަކަށް ޖާގައެއް ނުދެވޭނެ… އަހަންނަށް ރަނގަޅީ ދެން އަހަރެން ފެންނަ ހިސާބަށްވެސް ނައްޔާ… އަދި އަހަންނާ ވާހަކަ ދައްކަންވެސް މަސައްކަތް ނުކުރިއްޔާ… ޔައިޝް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން… ” އެހުރި ގޮތައް ފަސްދީގެންހުރެ ޝައުނާ އޭނަ ބޭނުން އެއްޗެއް ބުނުމަށްފަހު ޔައިޝްއަށް ފަސްދީފައި ހިނގައިގަތެވެ. ” ދިއުމުގެ ކުރިން އެއް ވާހަކަ އަޑުއަހާލާާ ޕްލީޒް… ” ޔައިޝްގެ އަޑު އިވުމުން އެހުރި ފިޔަވަޅު މަތީ ޝައުނާ ހުއްޓުނެވެ. އެހެނަސް ޔައިޝް އާ ދިމައަށް ފަސް އެނބުރި ބަލައެއް ނުލައެވެ. ” ވަރަށް ވަރަށް ލޯބިވޭ ޝައު ދެކެ… އަދި މިހިތުންވެސް ޝައު ފިޔަވާ އިތުރު އެހެން އަންހެން ކުއްޖަކަށް ދުވަހަކުވެސް ޖާގައެއް ނުދެވޭނެ… އިންޝާﷲ އަބަދުވެސް ޝައު ދެކެ ލޯބި ވާނަން… މިރޭ މިހިތް ކުދިކުދި ވާނެފަދަ ޖަވާބެއް ލިބުނު ކަމުގައިވިޔަސް ކޮންމެވެސް އެއް ދުވަހަކުން މި ހިތް އުފާވާނޭ ފަދަ ޖަވާބެއް ލިބޭނެ ކަމަށް އުއްމީދުކުރަން… ކޮންމެވެސް އެއް ދުވަހަކުން މިދެއަތުގެ ހިމާޔަތުގެ ދަށަށް އަންނާނެ ކަމަށް އިންތިޒާރު ކުރާނަން… ތި ލޮއެބަށްޓަކައި އިންތިޒާރު ކުރާނަން… އިންތިޒާރުގައި ހުންނަމޭ ލޯބިން… އެންމެ ފަހުން މި ބުނި ބަސްކޮޅު އަބަދުވެސް ހަނދާން ބަހައްޓާތި… ” ޔައިޝް އެ ހުރިހާ އިރު ވާހަކަ ދެއްކި އިރުވެސް ޝައުނާ ބަލައިވެސް ނުލިއެވެ. ޔައިޝްގެ ވާހަކަ ނިމުމުން އޭނާ ސުކޫލު ތެރޭގެ އެހެން ދޮރަކުން ނިކުމުގެން ދިޔައެވެ. ޝައުނާ ދިޔަ މަންޒަރު ބަލަން ޔައިޝް ހިތް ކުދިކުދިވެފައި ހުއްޓެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން އޭނާ އައިލީން މެންގެ ގާތަށް ދާން މިސްރާބު ޖެހިއެވެ.                                         ބާރު ހިނގުމެއްގައި ހިނގާފާ ދިޔަ ޔައިޝް އައިލީން އާއި ރިފްޝާގެ ކުރިމައްޗައް ގޮސް ހުއްޓުނެވެ. އެ މަންޒަރު ފެނި ޔޫހާން އާއި ލިޝާންގެ އިތުރުން އިފާންވެސް އެމީހުންގެ ގާތަށް މިސްރާބު ޖެހިއެވެ. ” އައިލީ… އައިލީ… ޝައު..” ޔައިޝް އެހެން ބުނުމުން ހާސްވެފައި ކިހިނެއްވީތޯ އައިލީން ސުވާލުކުރިއެވެ. ޔައިޝް ކުރު ގޮތަކަށް ވީ ގޮތް އެމީހުންނަށް ކިޔައިދިނެވެ. ހުރިހާ ކަމެއްވެސް އަދި ރަނގަޅު ވާނޭ ކަމަށް ބުނެ އައިލީން އާއި ރިފްޝާ އަވަސްވެގަތީ ޝައުނާގެ ގާތަށް ދިއުމަށެވެ. ޔޫހާންމެން ޔައިޝްއަށް ހިތްވަރުދެމުން ދިޔައެވެ. އެމީހުންވެސް ދެން އިތުރަށް ޕާޓީ ގައި ތިބެން ނުހަދާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.                                       އައިލީން އާއި ރިފްޝާ އެންމެ ފުރަތަމަވެސް ދިޔައީ ޝައުނާގެ ގެއަށެވެ. އެ ގެއަށް ވަންއިރު ޝާދިޔާ ސިޓިންރޫމުގައި އޭނަގެ ދަރިފުޅު ގޮވައިގެން އިނެވެ. ” ޝާދީ ދައްތާ.. ޝައު ގެއަށް އައިތަ؟ ” އަވަސް އަވަހަށް އައިލީން ޝާދިޔާ ގާތުން އަހާލިއެވެ. ” އާނ… ދެންމެ ހިނގައްޖެ ކޮޓަރިއަށް… ޝާދީ ދައްތަ ގޮވަގޮވާ ހުއްޓަ އަނގައިންވެސް ނުބުނެ ދިޔައީ… ކިހިނެއްވީ އަނެއްކާ؟ ” ޝާދިޔާގެ ޖަވާބު އިވިފައި އޭނާއަށް ޖަވާބު ދިނުމެއްނެތި އައިލީން އާއި ރިފްޝާ ސިޑިން މައްޗައް އަރައިގެން ޝައުނާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.                                         ޝައުނާ ދޮރު ހުޅުވީވެސް އެތައް އިރަކު ގޮވިފަހުންނެވެ. އައިލީން އާއި ރިފްޝާ އެތައް އިރަކު ނަސޭހަތް ދިނުމުން އޭނާ ކުޑަކޮށް ހަމައަކަށް އެޅުނެވެ. ގިނަ އިރު ރުއިމުގެ ސަބަބުން ވަރުބަލިކަން ވެރިވެފައިވުމުން ޝައުނާއަށް ނިދުނެވެ. ޝައުނާއަށް ނިދުމުން ގައިގައި ބްލޭންކެޓް އަޅާލަ ދިނުމަށްފަހު އައިލީން އާއި ރިފްޝާ ކޮޓަރިން ނިކުތެވެ. އެދެ މީހުން ކިޓަރިން ނިކުން އިރު ޝާދިޔާގެ އިތުރުން ޝާދިންވެސް ސިޓިންރޫމުގައި ތިއްބެވެ. ވަގުތުން އެދެ މީހުނަށް ސުވާލުތައް އަމާޒުވިއެވެ. އައިލީން ކުރުކޮށް ޝައުނާ އާއި ޔާފިއުގެ ގުޅުން ކެނޑުނީކަމުގައި ބުންޏެވެ. އޭނާ އެހެން ބުނީ އެދެ މީހުނަށްވެސް ޝައުނާ ޔާފިއު އާ ރައްޓެހިވެގެން އުޅޭކަން އިނގޭތީއެވެ. ” ޝައު ހާދަ ދެރަވާނޭ… މިހާރު ނިދައިފިތަ؟ ” މާޔޫސީ ރާާގަކަށް ޝާދިން އަހާލިއެވެ. ” މިހާރު ނިދިފަ އޮތީ… ވަރަށް ދެރަވެފަ ހުރީ… ” އައިލީން މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. ” ވަރަށް ބޮޑަށް ތޭންކްސް ރިފޫ އަށާ އައިލީއަށް…މިކަހަލަ ވަގުތެއްގައިވެސް އަދި ދިމާވާ ކޮންމެ ކަމެއްގައިވެސް އަބަދުވެސް ޝައު އާ އެކު ވާތީ… ” އައިލީން އާއި ރިފްޝާގެ ބޮލުގައި ހިނިތުންވުމަކާއެކު ފިރުމާލަމުން ޝާދިން ބުނެލިއެވެ. އައިލީން އާއި ރިފްޝާވެސް ހިނިތުންވެލިއެވެ. ” ހިނގާ ދާން ބޭބެ ގެއަށް ގެންގޮސްދޭނަން… މިހާރު ވަރަށް ލަސްވެއްޖެ އެއްނު ދޯ… ” ޝާދިން އެހެން ބުނުމުން އައިލީން އާއި ރިފްޝާ ބޯޖަހާލިއެވެ. ގެއަަށް ދާން ހިނގައިގަން ތަނާ އައިލީންގެ ފޯނު ރިންގުވާންފެށިއެވެ. ” ހަލޯ…. ދަރިފުޅާ… ކޮންތާކު؟ ބައްޕަމެން މިތިބީ ކަންތައް ބޮޑުވެފަ ވީ ތަނެއް ނޭނގިގެން… ރިފޫ އެބަހުރިތަ ދަރިފުޅު ކައިރީގަ… އާފިޔާ ދައްތަވެސް އެބަހުރި ކަންތައް ބޮޑުވެފަ… ” އައިލީން ފޯނު ނެގުމާއެކު އެއްޗެކޭ ނުބުނެވެނީހެން ޒަރީރު އެއްފައްޗަކަށް ހުރިހާ އެއްޗެއް ކިޔާލިއެވެ. ” ބައްޕާ އަޅުގަނޑު މިހުރީ ޝައު މެން ގޭގަ… ރިފޫވެސް އެބަހުރި… މިހާރު މި ދަނީ ޝާދިން ބޭބެ އާއެކީ ގެއަށް… ” ޝައުނާ ޖަވާބު ދިނުމުން އެންމެ ރަނގަޅު ކަމުގައި ބުނެ ޒަރީރު ފޯނު ކަނޑާލިިއެވެ. އައިލީން އާއި ރިފްޝާ ޝާދިން އާއެކު އަވަހަށް ގެއަށް ދާން ނިކުތެވެ.                                                 އެނދުގައި ނިދަން އޮތް ޔައިޝްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނަގެ ހިޔާލުގައި ވަނީ މިރޭ ޝައުނާ ބުނެލި ބަސްތަކެވެ. މިރޭ އެހެން ބުންޏަސް ކޮންމެވެސް ދުވަހަކުން އެ ލޯބި ލިބޭނެކަމަށް އޭނާ އުއްމީދު ކުރެއެވެ.                                 ލޯގަނޑު ކުރިމަތީ ހުރެ އިއަރިންގް ނައްޓަމުން ދިޔަ އައިލީންގެ ހިޔާލުތައް ގުޅިފައިވަނީ މިރޭގެ ޕާޓީ އާއެވެ. ޔޫހާންގެ އަޑުން ކިޔާލި ލަވަ ހީވަނީ މިހާރުވެސް އޭނަގެ ކަންފަތަށް އަޑު އިވިއިވި ހުންނަހެންނެވެ. ކަޕްލް ޑާންސް ކުރަމުން ދިޔަ މަންޒަރު ސިފަވުމާއެކު އެ ތުންފަތިގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. އެވަގުތު ކޮޅަކީ އޭނަގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. ނިދަން އޮތް ޔޫހާންގެ ހިޔާލުގައިވެސް ވަނީ އެހިޔާލުތަކެވެ. މިރޭ އޭނައަށް ހަމަ ޔަގީނުންވެސް އައިލީންގެ ދެލޮލުން ލޯބި ފެނުނެވެ. އެ ދެލޮލުން އޭނައަށް އެދޭވަރު ހާމަކޮށްދެއެވެ. އޭނާ ފަދައިން އައިލީންވެސް ލޯބިވާކަން އެނގި އެހިތަށް އުފާވެރިކަން ގެނެސްދިނެވެ. އޭނަގެ ވިސްނުމުގައި ހުރީ ވަރަށް ހާއްސަ ގޮތަކަށް އައިލީންއަށް ލޯބި ހުށައެޅުމެވެ. އެ ހިޔާލުތަކުގައި އިވެ އެދެލޮލަށް ނިދި ސަވާރުވި އިރެއްވެސް ޔޫހާންއަކަށް ނޭނގެއެވެ.                                 ބާލީހުގައި ބައްދާލައިގެން އޮތް ރިފްޝާގެ ހިޔާލު ގުޅިފައި ވަނީ އިފާން އާއެވެ. ޕާޓީގެ ކޮންމެ ހަނދާނެއްވެސް އޭނަ ދިޔައީ އެ ހިތުގައި ރައްކާކުރަމުންނެވެ. އިފާންގެ ހާލަކީވެސް ހަމަ މިއީއެވެ. ބައެއް ފަހަރު ރިފްޝާ ފެނުމުން އޭނައަށް ވާގޮތުން އިފާންގެ ގާތަށް ހިނިވެސް އާދެއެވެ. އުފާވެރިކަމެއް އެމީހުންނަށް ލިބިފައިވިޔަސް އެމީހުންގެ އެކުވެރިޔާއަށް ކަންތައް ދިމާވީ ގޮތުން އެމީހުން ދެރަވެއެވެ. ވަގުތާ އެކީ އެކަންތައްތައް ރަނގަޅުވާނެކަމަށް އެންމެންވެސް ގަބޫލުުކުރެއެވެ.                           އެންމެންވެސް ކޮޓަރިއަށް ނިދަން ވަދުމުން އާފިޔާވެސް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެފައިވެސް އޭނާ ނިދާކަށް ނޫޅުނެވެ. އާފިޔާ ގޮސް އޭނަގެ އަލަމާރި ހުޅުވާލިއެވެ. އަލަމާރީގައި އިން ކުޑަ ވަތްގަނޑެއް ހުޅުވާލުމަށްފަހު އޭނާ ކުރިން ދުވަހަކުވެސް ނެގި ފޮޓޯ ގަނޑު ނެގިއެވެ. ފޮޓޯ ގަނޑު ހިފައިގެން އޭނާ އެނދުގައި އިށީނެވެ. އެތައް އިރަކު އެފޮޓޮއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އޭރު އެ ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައެވެ. ”ވަރަށް ހަނދާންވޭ… ” ލޮލުން ކަރުނަ އޮހޮރޭ ހާލު އެފޮޓޯގައި އަތުން ފިރުމާލަމުން އާފިޔާއަށް ބުނެވުނެވެ. ޔޫހާން ފެންނަ ކޮންމެ ފަހަރަކުވެސް އޭނައަށް މި ފޮޓޯގައިވާ ފަރާތް މަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. ޔޫހާންގެ މޫނުމަތިން އޭނައަށް ފެންނަނީ ހަމަ އެމީހެއްގެ ސިފަތަކެވެ. އެ ދެލޮލާ މޫނުމަތީގެ އެހެން ސިފަތައްވެސް ނުހަނު ވައްތަރެވެ. އެ ފޮޓޮއަށް ބަލައިލުމުން ކުރީގެ އެތައް ހަނދާންތަކެއް އާވެގެންދެއެވެ. އުފާވެރި ހަނދާންތަކާއި ހިތާމަވެރި ހަނދާން ތަކެވެ. އެތައް އިރަކު އެހެން އިނުމަށްފަހު އޭނާ މިފަހަރުވެސް އެ ފޮޓޯ ކުރިން އޮތް ތަނަށް ލިއެވެ. އަދި ފާހާނާއަށް ވަދެ ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯތެވެ.                                                 ނިދިފައި އޮތް ޔޫހާންއަށް ހޭލެވުނީ އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތްކަމާއެކު ލޯ ހުޅުވާލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ގުޅަނީ އޭނަގެ ޔުމާންއެވެ. ޔުމާން މިފަދަ ގަޑިއެއްގައި ގުޅުމުން ހައިރާންވެފައިހުރެ އޭނާ ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. އެކޮޅުން ޔުމާން ދިން ހަބަރަކުން ޔޫހާންއަށް ވަގުތުން އެނދުން ތެދުވެވުނެވެ. އޭނަގެ ނިދިވެސް ވަގުތުން ފިލާ ގޮއްސިއެވެ. ޔުމާން ފޯނު ކަނޑާލުމުން ޔޫހާން އަވަސްއަވަހަށް ލިޝާންއަށް ގޮވާ ވެގެން އުޅޭގޮތް ކިޔައިދިނެވެ. ޔޫހާން ތައްޔާރުވާން ފާހާނާއަށް ވަދުމުން ލިޝާން އަވަހަށް ގޮސް އިފާން އަށާއި ޔައިޝްއަށް ގޮވިއެވެ. އެދެމީހުނަށްވެސް ވީގޮތް ކިޔައިދިނުމުން ޔޫހާން އާއެކު ދާނެކަމަށް ބުނެ ތައްޔާރުވާން ފެށިއެވެ. ޔޫހާން ފާހާނާއިން ނިކުމެ ދަބަހަށް އެއްޗެހި އަޅާ ތައްޔާރުވާންފެށިއެވެ. ލިޝާންވެސް އޭނަގެ މަންމަ ގާތު ޔޫހާންމެން މިއަދު ދާނެކަމަށް ބުނެ ލާންޗަށް ގުޅާ އަށްގަޑި ތިރީހަށް ފުރަން ހަމަޖެއްސުމަށްފަހު ތައްޔާރުވުމަށް ފާހާނާށް ވަނެވެ. ޔޫހާން ދަބަހަށް އެއްޗެހި އެޅުމައިގެން އުޅެނިކޮށް އިފާން އާއި ޔައިޝް އެދެ މީހުންގެ ދަބަސް ހިފައިގެން އައިސް އެ ކޮޓަރިއަށް ވަނެވެ. ” ތި ދެ މީހުންވެސް ދަނީތަ؟ މަށަށް މައްސަލައެއް ނެތޭ ފާން އާ ޔައި މިކޮޅުގަ ޗުއްޓީ ނިމެންދެން މަޑުކުރިޔަސް… އަހަރެން މާ ބޮޑު ކަމެއް ދިމާވީމަ ނެތް މިކޮޅުގަ މަޑުކުރެވޭކަށް… ދެން އަދި ތި ދެމީހުންގެ ލޯބިވެސް ހާސިލްކުރުން އޮތީއެއްނު… ” އެދެމީހުން ފެނުމާއެކު ޔޫހާން ވާހަކަދެއްކިއެވެ. ” އޯ ހޯ… މިވަގުތު އަހަރެމެން ދެ މީހުނަށްވެސް އެންމެ މުހިއްމީ ޔޫން… އަހަރެމެން އައީވެސް ޔޫން އާއެކީ ދާނީވެސް ޔޫން އާއެކީ… އެ ލޯބި އަހަރެމެން ތިން މީހުނަށްވެސް ލިބެން ހުރިއްޔާ އަދި އެތިން ކުދިންނާ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ… އަދި ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅު ވާނެ އިންޝާﷲ ” ޔައިޝް އެހެން ބުނުމަށްފަހު އިފާން އާއި ދެ މީހުން ކުޑަކޮށް ޔޫހާން ގައިގައި ބައްދާލިއެވެ.                              ” ދަރިފުޅާ… އައިލީ… ތެދުވޭ ދެން ސައިބޯން.. އާދޭ އަވަހަށް ތައްޔާރުވެގެން ތިރިޔަށް… ” ނިދިފައި އޮތް އައިލީންއަށް ހޭލެވުނީ އޭނަގެ މަންމަ ޒާހިޔާ ގޮވުމުންނެވެ. ފަތިސް ނަމާދުކޮށްގެންވެސް ރޭގައި ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ރިއްސާތީ އޭނާ އަނެއްކާވެސް ނިދަން އޮށޯތީއެވެ. މަންމައަށް އަޑު އިވޭ ވަރަށް މިދަނީއޭ ބުނުމަށްފަހު އައިލީން ފެންވަރަން ފާހާނާއަށް ވަނެވެ. ތައްޔާރުވެގެން ތިރިއަށް ފޭބިއިރު ކާމޭޒު ކައިރީ އެންމެންވެސް އޭނަގެ އިންތިޒާރުގައި ތިއްބެވެ. އުފާވެރި މާހައުލެއްގައި އެންމެންވެސް ހެނދުނުގެ ނާސްތާ ކުރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހުޅުކޮޅު 5

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (34)

Next
May 19, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (34)

Previews
May 19, 2018

ހުޅުކޮޅު 5

29 Comments!

  1. Rishy says:
    May 19, 2018 at 6:14 pm

    Yayyy????? me first???? vvvvv reethi

    1. Ifoo ifoo says:
      May 19, 2018 at 6:57 pm

      This time Rishy dhw first ???… Congrats Rishy ??????… Thankyou so much ?????????… V v v ufaavehje ???❤️❤️❤️…

  2. Ary says:
    May 19, 2018 at 6:15 pm

    Me 1….yey

    1. Ifoo ifoo says:
      May 19, 2018 at 6:59 pm

      Ehen faharakun Ary first hodhaanee dhw.. Only one minute ge thafaathu iny… Thankyou ?????????

    2. Ary says:
      May 19, 2018 at 7:15 pm

      Yeah…..v reethi ingey story.love it

    3. Ifoo ifoo says:
      May 24, 2018 at 3:44 am

      Thankyou so much Ary ❤️❤️❤️????????????…

  3. Shiman says:
    May 19, 2018 at 6:31 pm

    Masha Allah vvv reethi mi part

    1. Ifoo ifoo says:
      May 19, 2018 at 7:01 pm

      Thankyou sooooo much Shiman ???❤️❤️❤️????????????… V v v ufaavehje ???..

  4. Aisha says:
    May 19, 2018 at 6:43 pm

    Very nice❤❤

    1. Ifoo ifoo says:
      May 19, 2018 at 7:02 pm

      Thankyou soooo much Aisha ❤️❤️❤️????????????… It means a lot for me ??????… V v v ufaavehje ???…

  5. Ifoo ifoo says:
    May 19, 2018 at 6:45 pm

    Salaam all ?????????❤️❤️❤️??????.. Here is the 8th part of INTHIZAARUGAA HUNNAMEY LOABIN ❤️❤️❤️.. Hope all will like this part too ???… Thank you all so much for the support ??????❤️❤️❤️????????????…

  6. shaha says:
    May 19, 2018 at 7:21 pm

    Nice

    1. Ifoo ifoo says:
      May 24, 2018 at 3:45 am

      Thankyou so much shaha ❤️❤️❤️????????????…

  7. Ifu❤ says:
    May 19, 2018 at 8:30 pm

    Wow nice part
    Ekm i ah emme kamu dhany meega e use kurAa “yaish” e nan
    Shaunaa keeve no buny but no worrys nameh nugulhey
    I ge boyfriend ge namaky vex yaish
    Ehenve nan reehchey buny
    Emmeedhu kuran i “yaish” e nan haaa adhi i ge bf haaa mi story ga ulhey yaish vex reethi vaanekamah
    Best ofuck to you ?????????????????

  8. Ifu❤ says:
    May 19, 2018 at 8:31 pm

    Wow nice part
    Ekm i ah emme kamu dhany meega e use kurAa “yaish” e nan
    Shaunaa keeve no buny but no worrys nameh nugulhey
    I ge boyfriend ge namaky vex yaish
    Ehenve nan reehchey buny
    Emmeedhu kuran i “yaish” e nan haaa adhi i ge bf haaa mi story ga ulhey yaish vex reethi vaanekamah
    Best ofluck to you ?????????????????

    1. Ifoo ifoo says:
      May 24, 2018 at 4:16 am

      Heheh ???… Thankyou soooo much Ifu ❤️❤️❤️????????????… V v v ufaavehje ???… Eki kudhinnah reethi vaanee eki names dhw ???… Ifu ah ” yaish” e reethi v Ifu ge bf ge name ah v ma dhw ???… for me enme reethee “yoohaan” ❤️❤️❤️… Cause that’s a very special name for me ???❤️❤️❤️…

  9. Naju says:
    May 19, 2018 at 8:37 pm

    Masha Allah v rythi mi partvx..

    1. Ifoo ifoo says:
      May 24, 2018 at 4:17 am

      Thankyou so much Naju ❤️❤️❤️????????????… V v v ufaavehje ???…

  10. stry kiyaa man says:
    May 19, 2018 at 11:05 pm

    Finalyy adhi kiriyaa stry ge 2 part kiyaalevuny.
    Masha allah v salhi 2 part vex.but mi part than kolheh kuruhen heeve.
    Vv ragalhu yaafiu nixaamun gehluvaa liyma.haha.v heevey rishfa aa yoohaan eii eh bafaa dhemeehun hen.aafiya aa yoohan ge dad aa konme vex gulhumeh ovey kan nyge.yaish fakiyrah vex eyoih viyy gotheh dhw.
    Keep it uo dear.when next part.than kolheh avahah part thah uo kohla dhiyy bala igey dear.mi hen bunaa iru vex igey kiyuma liyumuge faragu.
    Waiting 4 .net part .
    -salaam-?????

    1. Ifoo ifoo says:
      May 24, 2018 at 4:23 am

      Thankyou soooooo much story kiyaa man ???❤️❤️❤️????????????… Last part ga story kiyaa man ge comment mathin ifoo v v v miss vi ???… Thankyou soooooo much two parts vx kiyaaleema n comment kohleema ???❤️❤️❤️???… V v v ufaavehje ???❤️❤️❤️… Yaafiu ehery nizaamun beyrukohlaafa… Yoohaan and rifoo dhw… Let’s see dhw vaagotheh ???… Yaish ah v gothun ifoo vx dheravi… Bt keehkuraany dhw… V v v ufaavehje man ah story kamudhiyaima ???❤️❤️❤️…

  11. stry kiyaa man says:
    May 19, 2018 at 11:10 pm

    *up

  12. Livy says:
    May 20, 2018 at 12:03 am

    Alhey yaish haadha dhera vaaney dhww.. ?? adhi Shau ah ves visneyne yaish shau dheke vaa loabi.. ❤❤ mi part ves varah varah varah reeeethi ingey ifoo ???? hama ehcheh ves neii. Ehaa ves furihama.. ????? haaadha molhey ingey ifoo ?❤? but yoon men konthaakah baa kulli akah mi dhany.. Adhi propose ves nukurey nun faan and yoon.. Waiting for next part ingey dear ????❤??lots and lots of love!! ?❤?❤?❤???????

    1. Ifoo ifoo says:
      May 24, 2018 at 4:32 am

      Livy ❤️❤️❤️???… Haadha loabi loabi colourful comment ekey ❤️❤️❤️???????????????… Livy ge comments ifoo ah v v v kamudhey ???… Thankyou soooooo much dear for the support ❤️❤️❤️??????… Livy ge comments ifoo repeated kohvx ethah faharaku kiyan ???❤️❤️❤️… Shau ah adhi fahun visneyne… Yoon n faan adhi propose vx nukureyey dhw… Knthaakah baa dhw mi dhiyaee anehkaa kuhliyakah… Hehe… Kuriah huri parts thakun ingeyne… Keep reading dear… V v v ufaavehje ???❤️❤️❤️… Much much more loves from me Livy ❤️❤️❤️❤️???????????????…

  13. Ifoo ifoo says:
    May 21, 2018 at 4:53 pm

    Sorry hurihaa kudhin next part adhivx nugenesdgeveythy… Ifoo v balikoh ulheythy story typ nukurevigen miulheny… Comments thakah reply vx nukohlevey dhw… Sorry dear readers… In Sha Allah ifoo ragalhu vihaa avahah next part up kohladheynan n comments thakah vx reply kohlaanan… Hope kuran readers inthizaaru kuraane kamah… N ifoo ah maafukuraane kamah…

  14. Grrl? says:
    May 22, 2018 at 11:16 am

    Alhe ifoo GWS?? Grrl vs v balikn miulheni nuvs thedhuvennan?? Ekms ifoo ge story hama kiaahih vani?? you’re just the best author for me❤️ Story ge sifa kurumaa vaahaka thah kiaa dhey gothun heevani hama real story thereyga ulhevey hn? luv this story too much❤️❤️ Balive ulhemn vs mi story ge episode tha 6varakah fahar kiaafin? Because this is my fav❤️ U can be a good Author Insha Allah? Grrl edheni ifoo ah v faagathi Musthaqnaleh dhevvun??

    1. Ifoo ifoo says:
      May 24, 2018 at 4:44 am

      Grrl ❤️❤️❤️❤️????????… Thankyou soooooo much Grrl ❤️❤️❤️????????????… It means a lot for me ???… Best Author ey bunyma ifoo ah neyngun hama bunaane ehcheh vx ???… Speechless vehje hama ????… V v v v ufaavehje Grrl ah ifoo ge story ehaa reethi vyma ??????❤️❤️❤️… One of the best comment that I got ❤️❤️❤️??????… Grrl vx balive tha ???… Avas shifaa akah edhen ifoo ge faraathun ??????❤️❤️❤️… N ifoo ge dhuaa akee vx Grrl ah v ufaaveri faagathi musthaqbaleh dhehvun ??????❤️❤️❤️???… Once again thankyou soooooo much dear ???❤️❤️❤️???… Kuriah huri parts thakunvx Grrl ge loabi loabi comment fennaane kamah ummeedhukuran ???❤️❤️❤️?????????…

  15. Shau says:
    May 23, 2018 at 1:41 pm

    waiting for the next part 🙁

    1. Ifoo ifoo says:
      May 24, 2018 at 4:49 am

      Thankyou so much Shau ❤️❤️❤️????????????…

    2. Ifoo ifoo says:
      May 24, 2018 at 4:52 am

      Hello readers ???❤️❤️❤️??????… Next part In Sha Allah maadhama reyge vaguthehga kiyaalan libeyne ???… Ifoo v try kuraanan In Sha Allah ???… Now I’m feeling better.. So typ kurevunuhaa avahah up kohladheynan In Sha Allah ???… Thankyou so much all ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާތުގައި ހުންނަމޭ ލޯބިން 9←


All Right Reserved!