ރަސްފަންނުގެ ހުދު ދޮންވެލިގަނޑު މަތީ ކަށިފައިވާނެއްގައި ހިނގާފައި ދިޔަ ޝިޔާގެ މިސްރާބަކަށްވީ ގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލަން ޖެހުނީ ވެލިގަނޑުގައި ވެލީގެ ސަބަބުން ކުޑަކޮށް ފަސްއެޅިފައިވާ ފަށެއް އޭނާގެ ކަށި ފައިވާނުގައި އަޅައިގަތުމުންނެވެ. ވެލިތަށް ފޮޅާލުމަށްފަހު ޝިޔާ އެ ރިހި ފަށުގެ ފުލުގައި ޖަހާފައިވާ ނަން ކިޔާލިއެވެ. ” ނާއިން ” މަޑުމަޑުން އެ ނަން ކިޔާލަމުން ، ޝިޔާ އެ ފަށުފުލުގައި އަތް ކާއްތާލިއެވެ. ޝިޔާ އެ ފަށުފޫ ދަބަސްތެރެއަށްލީ ކޮންމެވެސް […]
ލިޝާން ޒަކްޔަންއަށް ލިޔުނު މެސެޖު ފޮނުވާލަމުން ސައިކަލު ދުއްވާލީ ގްލޯރިއާ ޖީންސްއާ ދިމާއަށެވެ. ނިދާފައި އޮތް ޒަކްޔަން ލޯހުޅުވާލަމުން ކަންނެތްކަމާއެކު ލިބުނު މެސެޖު ކިޔާލިއެވެ. “ހައިރާ މަރުވިރޭ ޔައިޝްގެ އެގޭގަ ހުރި. އޭނަގެ ފޯނުގެ ލޮކޭޝަން އަންގަނީ އެހެން. ޒަރީން އަދި ހުސެންވެސް އެރޭ ތިބީ މާލޭގަ. އޯލްސޯ އަހަރެން އިރިން ފްރެންޑަކަށް ހަދައިފިން. މިރޭ ޔައިޝް އާ ސުވާލުކުރަން ފެނޭ” ޒަކްޔަންގެ ނިދި ފިލައިގެން ދިޔައެވެ. “އެހެންވީމަ މިހާރު ގަބޫލުކޮށްފިން އަހަރެންގެ ސޮރީ ގަބޫލުކުރިކަމަށް. ހެހެ..ރިން..އޯކޭ […]
ރާސިލް އައިލީޝް ގާތު އިނދެފައި ޑޮކްޓަރު އިޝާން ބުނެގެން ބައްދަލު ކުރަން ވެގެން ދިޔައެވެ. ވާހަކަ ތއް ދައްކާފައި ރާސިލް އައިސް ރޫމަށް ވަތް އިރު އޭނާއަށް ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ދިމާލަށް ނުހަނު ބާރު ފިޔަވަޅި ތަކުގައި މިސްރާބުޖެހިއެވެ. އޭނާ އަށް ފެނުނީ ދެލޯ ބޮޑު ކޮށްގެން އޮތް އައިލީޝްއެވެ. ރާސިލް ގެ ހިތް އަވަސް ވެފައި ވުމާއެކު އޭނާ އަށް ނުހަނު ބޮޑު އުފާވެރިކަމެއް […]
” މަންމާ.. ހޭލަބަލަ.. އަޅެ އެންމެ ފަހަރަކުވެސް ތި ދެ ލޯ ހޮޅުވާލާފަ ރައިހާއާ ދިމާއަށް ބަލާލަބަލަ.. ރައިހާ މިއައީއޭ.. ދެން ދުވަހަކުވެސް މަންމަ ދޫކޮށްލާފަ ނުދާނަމޭ.. ދެން މަންމާ ޕްލީޒް ރަައިހާ އާ ދުރަށް ނުދޭ.. ރައިހާ އެކަނިކޮށްލާފަ ނުދޭ.. މަންމާ.. ” ރައިހާ އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ގިސްލާ ރޮނީއެވެ. އޭރު އެތާނގައި ހުރި ނަރުސް ކުއްޖާ އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުން މަންމައާ ދުރަށް ޖެހިލާފައި އަސަރުން ފުރިގެންވާ ނަޒަރަކުން […]
ކުރީގެ ޕާޓުގެ ތެރެއިން… “އޭ. ޓީ. ޑީ. ޕީ. 7؟ އެއީ ކޯއްޗެއް؟” ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން އަރޫން ދެލޯ ހަނިކޮށްލަމުން އަހަރެން ގާތު އަހާލިއެވެ. ** ** “ޒަފަރުގެ ދަރި، އުޒޭލް ކިޑްނެޕްކުރުން.” އޭނާ އެހެންބުނެ އެއްމިޔަކުން ހިނިތުންވެލިއެވެ. ** ** އަދިވެސް ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަންނަށް އުޒޭލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގިޓާގެ ނަރުތަކުން އިވެމުން އެދާ އަޑު އަހަރެންގެ ސިކުނޑި ތޮރުފަމުންދާ ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން […]
ހަފްތާގެ ފުރުތަމަ ދުވަހެވެ. އާދިއްތަ ދުވަހެވެ. ރާއްޖެ ގަޑިން މެންދުރު ބާރަޖެހީއެވެ. އޮފީސް ތަކުގެ ބްރޭކް ގަޑިއާ ސުކޫލް ތަކުގެ ހެނދުނު ސެޝަން ނިމި މެންދުރު ސެޝަން ފައްޓާ ގަޑިކަމުން މާލެގެ މަގުމަތި ވަނީ ތޮއްޖެހިފައެވެ. ޙާއްސަކޮށް ސުކޫލުތައް ކައިރީއާއި އޮފީސްތައް ކައިރީ ބާރުބޮޑެވެ. ކާރުތަކާއި ސައިކަލުތައް އަދި މީގެ އިތުރުންވެސް މަގުމަތީގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ބަރުގޮނުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އާއިޝަތު […]
ތިން ކުދިންވެސް ގެއިން ނިކުމެ މިސްރާބު ޖެހީ މިހާރު މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައިވާ ރަސްރަނި ބަގީޗާއަށް ދިއުމަށެވެ. އެތަނަށް ގޮން ވަތް އިރު ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުންދެއެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރުގެ ހިތްގައިމު ވަގުތުކަމުން މީހުންވެސް ގިނަވާނެ ނޫންހެއްޔެވެ. އެކިއެކި އުމުރު ފުރާއިގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ތިން ކުދިންވެސް ގޮސް އެކި ތަންތަން ބަލައިލާ އެކި ގޮތްގޮތަށް ސެލްފީ ނަގާާ […]
އައިރާ އިސް އުފުލާބަލާލި އިރު ކުރިމަތީގައި ހުރީ މީގެ ކުރިން ފެނިފައި ނުވާ މީހެކެވެ.އިސްކޮޅުން ދިގު ވެރިއެއްގެ މީހެކެވެ. ލާފައިވަނީ ކަޅު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އަތުގައި އޮތް ކެމެރާއިން އައިރާގެ ފޮޓޯ ނަގަން ފެށުމުން އައިރާ ބަލާކަށް ނުހުރެކެމެރާ އަތުލީއެވެ. ހީލިއިރު ކޮލަށް އެޅިފައިވާ އަޑިކޮޅުން އެމީހާގެ ރީތިިކަން ފުރިހަމަ ކޮށްދެއެވެ. އައިރާ ކުޑަ ހިނދުކޮޅަކަށް އެރީތިކަމަށް ގެއްލިފައި ހުރެވުނެވެ.”ހެލޯ” އެމީހާ ވާހަކަ ދައްކަން ފެށުމުން އައިރާއަށް ހަމަބިމަށް އާދެވުުނެވެ. “އަހަރެންނަށް ކިޔަނީ ވިކްޔަން، ތިކުއްޖާއަާށް ކިޔަނީ ކޮންނަމެއްތަ؟” ވިކްޔަން އަމިއްލައަކަށް ތައާރަފް ވެލިއެވެ.އަދި އައިރާގެ ނަން އަހާލިއެވެ.އައިރާ މަޑުމަޑުން އައިރާ ގެ ނަން ބުނެލިއެވެ.”ދެން ކެމެރާ ދޭންވީއެއްނު، މިހާރު ވަރަށް ލަސްވެސް ވެއްޖެ ފަހުން ދިމާވާނެ ކަމަށް ހީކުރަން”.ވިކްޔަން ބުނެލިއެވެ. ވިކްޔަން އަށް ކެމެރާ ހަވާލު ކުރުމަށް ފަހު އައިރާ ހިނގައިގަތީ ގެއާ ދިމާށެވެ. އައިރާ އަށް ވިސްނެމުންދަނީ މިހާރު ރަށު ތެރޭގައި ހިނގަމުންމިދާ ކަންތައްތަކާއެވެ. ފެންވަރާލައިގެން ނިދަން އޮށޯވެ އޮންނަތާ ވެސް މިހާރު އިރުގަނޑެއް ވެއްޖެއެވެ. މަންމަ ކާން އިން ގަޑީގައި ދެއްކި ވާހަކަ ތަކާއިމެދު އައިރާ އަށް ވިސްނެނީއެވެ. މިހާރު ރަށުގައި ހިނގަމުންމިދާ ނޭނގެ “މަރު” ތަކަކީ އޭގައި ކޮންމެވެސް ހަޤީގަތެއް ފޮރުވިފައިވާނެ ކަމެކެވެ.ރަށު އެންމެންވެސް ކިޔާ އަޑު އިވެނީ އޭގައި ރޫޙާނީ ކަމެއް އުޅޭކަމެވެ. މަރާލެވިފާއިވާ ދެމީހުންވެސް ވަނީ ވަރަށް އިހާނަތެކޮށް މަރާލެވިފައެވެ.ޕޮލިހުންނަށް ވެސް ވަނީ މިކަންތައް ކޮށްފައިވާ މީހެއް އަދި އަދަށް ދާންދެންވެސް ނުހޯދިފައެވެ. އައިރާގެ ލޮލަށް މަޑުމަޑުން ނިދިސަވާރުވަމުން ގޮސް އައިރާއަށް ނިދިއްްޖެއެވެ. ފަތިހުގެ އަރާމުނިދިން އައިރާ ހޭލައްވާލީ ފޯނެއް އައުމުންނެވެ. މޫނަށް ވައްތަރެއް ޖައްސާލާފައި ފޯނު ނަގާ “ހަލޯ” އޭ ނުބުނެވެނިސް ފޯނު ކެނޑިއްޖެއެވެ. ގަޑި ބަލާލިއިރު 5 ޖަހަނީއެވެ. ރަނގަޅަށް މޫނު ފުހެލުމަށްފަހު ގުޅީ ކާކުތޯ ބަލާލިއެވެ. އައިޝް ކަން އިނގުމުން ފޯނު ބާއްވާލުމަށްފަހު އައިރާ އަނެއްކާވެސް ނިދީއެވެ. އައިރާއަށް ހެލެވުނީ މަންމަ އައިސް ގޮވުމުންނެވެ. ގަޑި ބަލާލި އިރު ކަމަކުދާކަށް ނެތެވެ. އައިރާ އޮފީހަށް ދާގަޑި ޖެހިއްޖެއެވެ. މަންމަ ސައި ތައްޔާރުކޮށްފައި ހުރި ވާހަކަ ބުނުމުން ފާހަނައަށްވަދެ ފެންވަރާލައިގެން ނުކުމެ ރީތިވާން ފެށިއެވެ.އިސްތަށި ގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ތުންފަތުގައި ނޫޑް ކުލައިގެ ލިޕްސްޓިކް ހަކާލުމަށްފަހު ލޯގަނޑުން އަނެއްކާވެސް ރީތިތޯ ބަލަާލިއެވެ.ލާފައިވާ ކަޅު ކުލައިގެ އަތްދިގު ގަޔަށް ދޫ ހެދުން އައިރާ ލުމުން ވަރަށްވެސް ރީއްޗެވެ.ކަޅު ކުލައިގެ ޖީންސް އާއި ހެދުން އައިރާ ގެ ރީތި ކަމަށް ފުރިހަމަ ކަން ގެނެސްދެއެވެެ.ގަޑި ބަލާލިއިރު ގަޑި ޖެހެން ފަސް މިނެޓަށްވަނީއެވެ. އަވަސް ކޮށްލައިގެން ނުކުމެ މަންމަ ގިރާފައިން ޖޫސްތަށި ހުސްކޮށްލުމަށްފަހު މަންމަ އަށް ގޮވާލުމަށްފަހު ދަނީކަމަށް ބުނެ އޮފީހަށް ދިޔައީއެވެ. އައިރާގެ މަގުސަދަކަށް ވެފައިވަނީ އަލްވިންގެ މަރުގެ ހަޤީޤަތް ހޯދާށެވެ. އަލްވިން އަކީ ކުށުގެ ރެކޯޑުގައިވެސް އަދި މައްސަލައެއްނެތް މީހެކެވެ. ނަމަވެސް ކޮންމެވެސް އެއްޗެއް ނުވަތަ ކަމެއް ފޮރުވިފާވާކަހަލަ އިހްސާސް އެއް އައިރާއަށް ކުރެވެން ފެށިއެވެ. ސަބަބަކަށް ވަނީ އައިރާ އަލްވިންގެ މަރުގެ ހަޤީޤތް ހޯދަން އައިރާ އާއެކު މަސައްކަތް ކުރާ ޓީމާ ވާހަކަ ދެއްކުން ކުރިއަށް ދަނިކޮށްއަލްވިންގެ ބޮޑުބޭބެއެށް އައިސް އަލްވިންގެ މަރުގެ ހަޤީގަތް އޭނާ އަމިއްލައަށް ކޮށްފާނަން ކަމަށް ބުނެ ކޭސް އޭނަޔާ ހަވާލު ކުރުމަށްއެދުމުންނެވެ.އަލްވިންގެ ބޮޑުބޭބެއަކީވެސް މޮޅު ޤާނޫނީ ވަކީލެކެވެ.ނަމަވެސް އައިރާ ދެކޮޅު ހެދުމުން އިތުރަށް އެއްޗެއް ބުނާކަށް އެއްވެސް މީހަކަށް ނުކެރުނެވެ. އާދެ! އަލްވިންގެ ބޮޑުބޭބެ ސިމާއު ހިތްހަމަަނުޖެހި ހުރެ ނުކުމެގެން ދިޔަ ގޮތާއި ހުރިހާއި ކަމަކުންވެސް އައިރާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. މި ކަމުގައި ގޯހެއް އުޅޭކަމެވެ.މި ކަމުގެ ހަޤީގަތް ނުބަލާ އައިރާ އަށް ދެންހަމަ ނިދި ނުލިބޭނެއެވެ. ސަބަބަކަށް ވަނީ އައިރާގެ ހިތުން އަލްވިން އަށް ޖާގަ ދެވިފާއިވާތީއެއްނޫނެވެ. އައިރާ އަކީ އިންސާފު މީހުނަށް ހޯދަދޭން ބޭނުންވާ ކުއްޖަކަށްވާތީއެވެ. މިކަމުގެ އަޑީގައި ފޮރުވިފައި ވަރަށް ބޮޑު ހަޤީިގަތެއް ވާނެކަން އައިރާ ޤަބޫލުކުރެއެވެ.
ޝިޔާ އަކީ އޭ.ޑީ.ކޭ ހޮސްޕިޓަލްގައި މަސަތްކަތް ކުރަމުން އަންނަ މޮޅު ޑޮކްޓަރެވެ. އުމުރުން ތޭވީސް އަހަރުގެ މި ޒުވާނާއަކީ ގިނަ ބަޔަކު ދަންނަ އަދި ގިނަ ބަޔެއްގެ ހިތުން ޖާގަ ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ ހިތް ހެޔޮ އަދި އެހާމެ އޯގާތެރި މިޒާޖަކީ އެންމެންގެ ހިތުންވެސް އޭނާ ޖާގަ ހޯދާ މައިގަނޑު ސަބަބެވެ. ކޮންމެ ދުވަހަކީވެސް ޝިޔާއަށް އުފާވެރި ދުވަހެކެވެ. ހިތްނުތަނަވަސްވެ ހާސްވާފަދަ ކަމެއް ދިމައެއް ނުވެއެވެ. އޭނާގެ އުޅުން ހުންނަ ގޮތުންނެވެ. ނަމަވެސް ވަގުތާއެކު ހާލަތު […]