ޔައިޝް އެތަނުން ތެދުވެގެން ދިޔައީ ރުޅިއައިސްގެނެވެ. ޒަކްޔަން އެއްވެސް ކުރިއެރުމެއް ނުލިބޭތީ އިނީ ބޯ ހާސްވެފައެވެ. ދެން ޒަކްޔަން އަނެއްކާވެސް ގެނައީ ނީރާއެވެ. “އަހަރެނަށްވެސް ނީރާއަށްވެސް އެބަ އިނގޭ ހައިރާ އެއީ ހަޝީމް އާ ޒަރީންގެ ދަރިއެއްކަން..ދެން އޮޅުވާލަން ނުހަދާ ތެދަށް ކިޔައިދީ.” ޒަކްޔަން ގެ ވާހަކައިން ނީރާއަށް ތެދުވެވުނެވެ. “ޒަރީންއަކީ ހަޝީމްގެ ލޯބިވެރިޔާ..އަހަންނާ ހަޝީމް އިނީ މަޖުބޫރުވެގެން.”
ނީރާ އުކާލީ މާޒީގެ ގަނޑުތަކެވެ. “އަހަންނަށް އެންމެ ފުރަތަމަ ހަޝީމް ފެނުނީ އުމުރުން ސަތާރަ އަހަރުގަ. އެދުވަހު އަހަރެން ހަޝީމްއަށް އަހަރެންގެ ހިތް ހިބަކޮށް ދިނިން. އަހަރެންގެ ބައްޕަޔާ ހަޝީމްގެ ބައްޕަގެ ވިޔަފާރީގެ ގުޅުންވެސް އަހަންނަށް އިނގުނީ އެދުވަހު. އަހަރެން ވަރަށް އުފަލުން އެދުވަހު ބައްޕަ ގާތަށް ދިޔައީ އަހަރެން ހަޝީމް އާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނަން. އަހަރެން އިސްޖަހާލުމަށްފަހު އަންނަން ޖެހުނީ އަހަރެންގެ ހިތުގެ ހާލު ބަޔާން ނުކުރެވި އުޅެނިކޮށް އަހަރެންގެ ކައިވެނި ހަމަޖެހިފަ އޮތް ވާހަކަ ބުނުމުން. އަހަރެން ދުވަހަކުވެސް ބައްޕަގެ ބުނުމަކަށް ދެކޮޅެއް ނުހަދަން.
އަހަރެންނަށް އިންނަން އުޅޭނީ ކާކާކަންވެސް އިނގުނީ އޭގެ ތިންދުވަސް ފަހުން. މަންމަ ބުނެގެން އަހަރެން ރީތިވެލީވެސް ކުޑަގޮތަކަށް. އޭރު އެމީހަކު އައިސް އިނީ ބެލްކަނީގަ. އަހަރެން ހައިރާންވީ ހަޝީމް އެތާއިނުމުން. އަހަރެން އެތާ ބޭންދުމަށްފަހު މަންމަ ދިޔައީ. “އަހަރެން ކަލެޔާ މި އިންނަނީ އެއްވެސް ހާލެއްގަ އިންނަ ހިތަކުންނޫން. ދުވަހަކުވެސް މައިންބަފައިންގެ އެދުމެއްގަ ކޮޅުފައިން ނުޖަހާނެތީ. އަހަންނަށް އިނގޭ ނީރާއަށްވެސް އަދިކަން ތި އިނގުނީވެސް. އަދި މީހަކާ އިންނަން ބޭނުން ނުވާނެކަންވެސް. އެހެންވީމަ އެމީހުންނަށް ދައްކާލަން އިންނާނީ. ނަމަކަށް.” އަހަރެން އަދިވެސް އެދުވަހު ހަޝީމް ބުނި ވާހަކަ ހަނދާން އެބަހުރި. އެދުވަހު އަހަރެން ހުއްޓާ ހަޝީމް އޭނާގެ ލޯބިވެރިޔާއަށް ގުޅުމަށްފަހު ދެން އެގުޅުން ކުރިއަށް ނުގެންދެވޭނެކަމަށް ބުނި. އެދުވަހު އޭނަގެ ލޮލުން ކަރުން އަހަރެން ދެކުނިން. އެހެންވެ ހިތަށް ކިތަންމެ ތަދުވިނަމަވެސް ކެތް ކުރީ.
އޭގެ ދެދުވަސް ފަހުން އަހަރެމެން ކައިވެނި ކުރާގޮތަށް އޮތީ. ކައިވެނި ކުރި ރޭ ހަޝީމްއަށް އިނގުނީ އަހަރެން އޭނަދެކެ ލޯބިވާކަން. ހަޝީމް ހީކުރީ ހުރިހާކަމަކީވެސް އަހަރެންގެ ރޭވުމެއްކަން. އެރޭ އޭނަ ގެޔަކަށް ނާދޭ. އަހަރެން ވަރަށް ދެރަވެ ހިތުގަ ޖެހުނު. އަހަރެމެން މެލޭޝިޔާއަށް ފުރީ އޭގެ އެއްހަފްތާ ފަހުން. އަހަންނަށް ޒަރީންއާ ދިމާވީ އެކޮޅުން. އޭރު ޒަރީން އިނީ ހައިރާއަށް ބަލިވެ. އެހުރިހާ ކަމަކީވެސް އެރޭ ހިނގި ހާދިޡާގެ ސަބަބުން ވީގޮތެއްކަމާ މިހާރު ހަގީގަތް އިނގޭކަމަށް ހަޝީމްބުނި. އަހަންނަށް ޖެހުނީ ޒަރީން ވިހަންދެން އެކޮޅުގަ މަޑުކުރަން. އަދި ހައިރާ އަކީ އަހަރެންގެ ކުއްޖަކަށް ހަދަން. ސަބަބަކީ މައިންބައިން.”
ނީރާގެ ވާހަކަތަކުން ޒަކްޔަން އަށް ހިމޭންވާ މަޖުބޫރުވިއެވެ. ނަމަވެސް އެއީ ތެދެއްކަމެއް ނޭންގޭ ހާލު ޝައްކުގެ ނަޒަރަކުން ނީރާއަށް ބަލާ ހާލު ނީރާ އެތަނުން ފޮނުވާލިއެވެ. “ފިލްމެއް ދޯ..ހަހަ.ބައިދަވޭ…ޒަރީން އަންނާނެ އިރުކޮޅަކުން. ހުސެންވެސް. އެހެންވީމަ އަންނަން ވާއިރަށް ކާން ހިނގާބަ. އަހަރެން ވަރަށް ބަނޑުހައި.”އެތަނުގައި ދެކެވުނު ވާހަކަތައް އަޑުއަހަން އިން ލިޝާން އައިސް ބުންޏެވެ. ދެމީހުން ކާޅައިގެން މިސްކިތަށްގޮސް ނަމާދުކޮށްގެން އޮފީހަށް ވަތްގަޑި ވީ ޒަރީންއަށްވެސް އާދެވުނުގަޑިއަށެވެ. ސިކުންތެއްވެސް ބޭކާރުކޮށްނުލާ ޒަކްޔަން ޒަރީން ގޮވައިގެން އިންޓެރޮގޭޝަން ރޫމަށް ވަނެވެ. އަދި އެތަނުގެ ތައާރަފަކާ އޭނާގެ ތައާރަފެއް ދިނެވެ.
“އެހެންވީމަ ޒަރީން. ކިހާވަރެއް ހަޝީމް ނުދީގެން ހައިރާ މަރާލީ؟ ގައިމު ވަރަށް ފަހުންވެސް ތި އެކައުންޓަށް ފަންސަވީސް ހާސް ރުފިޔާ ޑިޕޮޒިޓްކޮށްފައިން.” ޒަކްޔަން ވަގުތު ބޭކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. “ހެޔޮނުވާނެ. އެއްވެސް މަޔަކު އެމައިމީހާގެ ދަރިއެއް މަރާލާނެތަ؟ އަހަރެން ހައިރާ ދެކެ ވަރަށް ލޯބިވީން. ހަޝީމްގެ އެކުށުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވި. ނީރާއަށްވުރެ ހަޝީމް ނުބައި. ނީރާވާ އަހަރެންގެ ދަރިފުޅުދެކެ ލޯބި ނުވާހާލުވެސް އެކުއްޖާފުޅު ބަލައިދިނެއްނު؟ ހަޝީމް މީހުންގެ އަނގަ ބަންދުކުރުވަން އަޅަނީ ފައިސާ. އެފައިސާވެސް އެއީ އޭނަ ފޮނުވި. އަހަރެން ބުނެގެނެއް ނޫން. އަހަރެންގެ އަނގަ ބަންދުކުރުވަން ވެގެން.” ޒަރީން ސާބިތުކަމާއެކު ބުނެލިއެވެ. ނަމަވެސް ހަޝީމް އަކީ މުޅި އެގެއިންވެސް ހައިރާ ދެކެ އެންމެ ލޯބިވާ ހައިރާއަށް ފުރާނަވެސް ހިބައިން ދިނުމަށް ތައްޔާރަށް ހުރި މީހެކެވެ. ވީރު ހަޝީމް އެފަދަ ކަމެއް ކޮށްފާނެބާއެވެ. ޒަކްޔަންއަކަށް ނުވިސްނުނެވެ.
ޒަރީންއަށްފަހު ދެންވަނީ ހުސޭނެވެ. “ހުސެން. ހައިރާ ހުސެންގެ ވާހަތައް އަޑު ނޭހީމަ އޭނަ މަރާލީދޯ..ވަރަށް ކުޅަދާނަ އިނގޭ.” ހުސެންހީލިއެވެ. “ހައިރާ މަރުވީމަ ދެން ކޮންމެސް މީހެއްބޮލުގަ ތހުމަތު އަޅުވަން ޖެހޭތީ ދޯ އަހަރެން ތި ގެނައީ. އަދި އެހެން ގުޅާލިޔަކަސް އޭގެ މާނަޔަކީ އަހަރެން އޭނަ މަރާލާނީ އެއް ނޫނޭ ދޯ. މަށަށް ޔަގީން ރަނގަޅު ހެތްވެސް ނޯންނާނެކަން. އެހެންވީމަ ކޮންމެހެން މީހުންގެ ވަގުތު ބޭކާރު ކުރަން ހަދާނެ ކަމެއް ނެތް. މިވަގުތު ގޮސްލާނަން.” ހުސޭނުގެ ކެރޭކަމާ ވިސްނުންތޫނު ކަމުން ޒަކްޔަން ހައިރާންވިއެވެ. އޭނާއާމެދު ޝައްކު ކުރެވޭ ސަބަބުތައް އިތުރުވަމުން ދިޔައެވެ.
ޒަކްޔަން ގޮސް އޭނާގެ ކެބިންގައި ހަމަޖެހިލިއެވެ.އެވަގުތަކީ ހައިރާއާ ހަވާލުވީ ޑޮކްޓަރުގެ މެސެޖެއް އައިވަގުތެވެ. “އަހަރެން ރިޕޯޓުގަ ނުހިމަނާ ވަރަށްމުހިއްމު ވާހަކައެއް އެބައޮތް. މާދަން ނޫން އަނެއްދުވަހު މީޓްކުރާނަން.” ޒަކްޔަން އެނަންބަރަށް ގުޅަން އުޅިއުޅިވެސް ނުގުޅުނެވެ. އެވަގުތު ލިޝާމްގެ މެސެޖެއްވެސް އައެވެ. “ދާކަށް ނުވޭތަ. އަސުރަށްފަހު ހައިރާ ވަޅުލާނެ. ސާރ ބުނީމެއްނު” ޒަކްޔަން ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. އޭރު ބޭރުގައި ލިޝާން ހުއްޓެވެ.
ދެމީހުން އެކުގައި ސަހަރާއަށް ވަދެގެން ދިޔައިރު އެތަނުގައި މިހާތަނަށް އެމީހުން ސުވާލުކުރި އެންމެން ވެސް ތިއްބެވެ. ޒަކްޔަން ދިޔައީ ފަރުވާތެރި ކަމާއެކު އެންމެނަށް ބަލަމުންނެވެ. އެ އެންމެން ތަކުގެ ތެރެއިން ޒަކްޔަން ގޮސް ހައިރާގެ ހިނަވާ ކަފުންކޮށްފައިވާ ހަށިގަނޑު ކައިރީގައި މަޑުކޮށްލިއެވެ. އޭރު ހަޝީމް ދިޔައީ ހައިރާ އާ ވާހާކަދައްކަމުންނެވެ. “ބައްޕަގެ ޕްރިންސެސް..ވަރަށް މިސް ވާނެ.” ހަޝީމްގެ އަޑު ކުރެހުނެވެ. ޒަކްޔަންވެސް ދެރަވިއެވެ. އެ ހަމަހިމޭން މާހައުލުން ފެންނަމުން ތިޔައީ މުޅިންވެސް ހިތާމަވެރި ތަސްވީރުތަކެވެ. ޒަކްޔަން ވެސް އެކުވެރިޔާއަށް ހެޔޮ ދުއާކޮށްދެމުން އެ ޖަނާޒާގައި ބައިވެރިވިއެވެ. ހިމަފޮދު ވާރޭ ވެހެން ފެށީވެސް އެވަގުތުއެވެ. ހައިރާ ވަޅުލުމަށްފަހު ޒަކްޔަންމެންނަށް ނިކުމެވުނީ ހައިލިޔާގެ ކުރިމައްޗަށެވެ. ޒަކްޔަން ގޮވާލުމާއެކު ހައިލިޔާ އެތަނުން ދިޔައީ ޒަކްޔަންއަށް ބީރު ކަންފަތެއްދެމުންނެވެ. ލިޝާން ޒަކްޔަންގެ ކޮނޑުގައި އަތް ބާއްވާލީ ހިތްވަރު ދެމުންނެވެ.
ވާރޭ ހުއްޓާލުމުން ޒަކްޔަންމެން އަނެއްކާވެސް މިސްރާބުޖެހީ އޮފީހާ ދިމާއަށެވެ.”ޝާން. ޝާން ވީ އިރިން އާ ޕާޓުވާން. އެބަ ބޭނުންވޭ އެދެމީހުން އެދުވަހު ދެއްކި ވާހަކަ. މިއަދު އެކަމާ އުޅެން ވާނެ އިނގޭ. މިހާރު އެބަ ފޫހިވޭ..އެންމެން މަށަށް ދޮގު ހަދާތީ.” ޒަކްޔަންގެ ބަހަށް ލިޝާން ބޯ ޖަހާލިއެވެ. އޮފީހަށްގޮސް ކޮފީއެއް ހިފައިގެން ޒަކްޔަން ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމާލިއެވެ. އަދި ނިދި އައިސްފައި ހުރުމާއެކު ގެޔަށް ދިޔައެވެ.
ލިޝާން ދިޔައީ ރީތިވަމުންނެވެ. ކަޅުކުލައިގެ ގަމީހަކާއެކު ކަނޑުނޫ ޖިންސެއްގައި އޭނާ ފެންނަލެއް ހިތްގައިމެވެ. ސްޕައިކު ޖައްސާވާ ގޮތުން ޒަމާނާ ނުހަނު ގުޅެއެވެ. އޭނާ ގެންގުޅޭ ދެ ނަންބަރު އައިނުގެ ތެރެއިން މިފަހަރު އަޅާލީ ކޮންމެސް ވަރަކަށް ގޮޅި ނަމަވެސް ތިރިއަށް ވައްކޮށް އިންނަ އައިނެވެ. ފެޝަނަށް ލޯބިކުރާ ރީތި ޒުވާނެކެވެ. ގަޔަށް ސެންޓުކޮޅެއް ޖަހާލުމަށްފަހު ލިޝާން ގެއިން ނިކުމެ ސައިކަލުގައި މިސްރާބު ޖެހީ ހޮސްޕިޓަލަށް ދިއުމަށެވެ.
އިރިންގެ ޑިއުޓީ ނިމުމާއެކު އޭނާ ބޭނުންވީ އަވަހަށް ގެއަށްދާށެވެ. ވުމާއެކު އަވަހަށް ސައިން އައުޓް ވެލުމަށްފަހު ދާން ހިނގައިގަތެވެ. މަންޒަރު ބަލަން ހުރި ލިޝާން އޭނާގަތް ކޮފީތަށި ހިފައިގެން ފޯނާކުޅެމުން އިރިންގައިގައި ޖެހިގަތުމަށްފަހު އިރިންގެ ޔުނީފޯމަށް ގަސްތުގައި އެތަށިވަރާލިއެވެ. އަމިއްލަ ޑްރާމާކަމުން ހިނިއައި ނަމަވެސް ހިނިގަނޑު ހިންދާލިއެވެ. “އޯ ސޮރީ…އައި..އެމް…އޯ ..އިރިން..”ލިޝާން މައާފަށް އެދެމުން ބުނެލިއެވެ. “ޕޮލިސް ގައީ…އޯ ގޯޑް..އިޓްސް އޮކޭ..” އިރިންއަށް ލިޝާން ފާހަގަ ކުރަން އެނގުނެވެ. “ހިނގާ..އަހަރެން ލައިދީފާނަން. ޕްލީޒް. އަހަރެން އަތުން ދޯ ތިހެން ވީ..” ލިޝާން އެދުނެވެ. ހުދު ޔުނީފޯމެއް ކަމުން އެންމެ ފަހުން ނުދާން ހުރުމަށްފަހު ހަޑިވެފައިވާލެއް ބޮޑުކަމުން އިރިން ދާން އެއްބަސް ވިއެވެ. ލިޝާން އުފާވީ އޭނާގެ ޕްލޭން ކާމިޔާބު ވުމުންނެވެ.
“މީ ލިޝާން. ކޯލް މީ ޝާން. ގެޔަށްގޮސް ޗޭންޖްކޮށްގެން ތިރިޔަށް ފައިބައްޗޭ. ރީތިކޮށް މައާފަށްއެދެން ބޭނުން. ނޫނެކޭ ނުބުނާތި. އޭރުން ސޮރީ ގަބޫލު ކުރިކަމަށް ބަލާނީ..ހެހެ. އެހެން ނޫނަސް އެމް އަ ކޮޕް. މީހަކަށް ގޮތެއް ހަދައިފިއްޔަ ވަޒީފާ ގެއްލޭނެ. އެހެންމަ ހާސްނުވޭ.” ލިޝާންގެ ވާހަކަ ވަރަށްވެސް މޮޅެވެ. ސައިކަލުމަތީގައި އިންއިރު އެވާހަކަ ފިޔަވާ އިތުރު ވާހަކައެއް އެކަކުވެސް ނުދައްކައެވެ.
ގެއަށްވަދެ އިރިން ފެންވަރާލިއެވެ. “އޯ ގޯޑް. ދާންވީތަ…ނުދާންވީތަ. އޭނަ ބުނީ ކީކޭ..ނުދާނަމޭ އަހަރެން ގޮވައިން ނޫނީ..އާހް..ގޯޑް..”އެންމެ ފަހުން އިރިން ރީތިވެލުމަށްފަހު ފޭބިއެވެ. އިރިންގެ އިންތިޒާރުގައި އިން ލިޝާން ހައިރާންވީ އިރިންގެ ރީތިކަމުންނެވެ. ކަޅުކުލައިގެ ކަކުލާ ހަމައަށް އަންނަ ގަމީހަކާއެކު ލައިފައިވަނީ މަޑުނޫކުލައިގެ ޖިންސެކެވެ. އަޅާފައިވަނީ ކަޅު ޝޯލެކެވެ. އެދޮން މޫނާ ވަރަށްވެސް ގުޅެއެވެ. ވައް އެބޮޑު ލޮލުގައި އެއްވެސް މޭކަޕެއް ނެތްއިރުވެސް އެސްފިޔަތައް ދިގުކަމުން ވަރަށް ފުރިހަމައެވެ. މަޑު ފިޔާތިށީގެ ލިޕްސްޓިކުން އެރީތިކަން އިތުރުކޮށްދީފައިވެއެވެ.
އިރިންއަށް އިސްޖަހާލެވުނެވެ. އެވަގުތު ސައިކަލުގައި އައިސް ލިޝާން އެތަނަށް މަޑުކޮށްލިއެވެ. އަދި ހީލަމުން ސައިކަލަށް އަރަން އެދުނެވެ. “އަރާބަލަ. ޓްރީޓެއް ދޭންށޭ..ނޫޅެމޭ ރިން ކާލާކަށް.” ލިޝާން ހީލަމުން ބުނެލިއެވެ. އިރިންވެސް ލިޝާންގެ ޖާދޫގައި ޖެހިފައިވާލެއް ބޮޑުކަމުން އިތުރު ވާހަކައެއް ނުދައްކާ ސައިކަލު ފަހަތަށްއަރާ ހަމަޖެހިލިއެވެ. ލިޝާން ޒަކްޔަންއަށް ލިޔުނު މެސެޖު ފޮނުވާލަމުން ސައިކަލު ދުއްވާލީ ގްލޯރިއާ ޖީންސްއާ ދިމާއަށެވެ. ނިދާފައި އޮތް ޒަކްޔަން ލޯހުޅުވާލަމުން ކަންނެތްކަމާއެކު ލިބުނު މެސެޖު ކިޔާލިއެވެ. “ހައިރާ މަރުވިރޭ ޔައިޝް ވެސް ހުރީ އެގޭގަ. އޭނަގެ ފޯނުގެ ލޮކޭޝަން އަންގަނީ އެހެން. ޒަރީން އަދި ހުސެންވެސް އެރޭ ތިބީ މާލޭގަ. އޯލްސޯ އަހަރެން އިރިން ފްރެންޑަކަށް ހަދައިފިން. މިރޭ ޔައިޝް އާ ސުވާލުކުރަން ފެނޭ” ޒަކްޔަންގެ ނިދި ފިލައިގެން ދިޔައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





Yeyy me first
yepp..even before mee..hahaha ???
just realized this is saturday. not friday. well i was kindda playing lava baazy and forgot to upload. anyone know where i can get lolly tho cause lick is closed..also hope u like this part too…next part miyadhu again..ahah ???
So nice…
thanks ?
Oh no enme curious vi hisaabun thi nihmaali nxt part ves avaha genes dheyhey please cant wait to see what will happened next waiting??❤❤❤❤
ahha..yes..thankss ??
Vvv salhi… dhn alhe knmes ekaku thedhu hadhan vejje ehnu dhw zakyan ah… eyna e job dheke vs foohi vedhaane ehnnuny… waiting for the next part…
asluvess..ekamu dhogu hadhaani ves sababeh ovegenthaa dhoo..thanks tho???
Wow! This is getting more and more interesting ???
thanks dear??
alhey enme curiuos vaa hisaabunnthi ninmaaly..dhen knmeves ekaku thedhu hadhaabala dhw …zakyan nugohvaa..btw story vvsalhi
Haha.. Asluvess dho. But don’t worry he and lishaan is pretty good. They’ll find out ?
vv reethi
Thanks unique ?
Perfect work .vv salhi mi part vex seyma.ekam fahu bai ga eoih viyy gotheh nygunu.”yaish ge e geyga ey huri” ebai.hairaa men geyga ey tha eii.e bahuri ekahala kudhi kudhi typing mistake.next part ga raglhu kihlahchey.
Hama STM bunaany yaish ey adiyy ga huriyy hairaa maraa lumuga. Dhn thibi meehun kuriyy.miadhu kihaa iru nw part up vaany seyma.
Waiting 4 next part.
-salaam-???
Omg thanks a lot. Rangalhu kohllaifin ethan mihaaru. ????
Wow mhru mi stry hama savdhaan india ah dhoo nukure nge ??? hma vvvvvv slhi v hpy buddy mkhla vrhaka eh lyrthy thnkew sis ???
Hahaha.. ? when do they show that now??.. Thanks a lot ❤️ ?
Wow! Ma sha allah.. vrh vrh vrh vrh reethi ingey dear.. neynge bunaane ehcheh ves.. when nxt? 🙂
Hey aesh… Thankss varah bodukoh.. Mihaaru mi liyani ?❤️
Nuliyunehnu