އާދޭސް ކުރާ ހިތްވޭ ރޮމުން (37)
މާނިއު އާއި ރާއިދަ އަދި ޒާހިދު ވެސް ތިބީ މާނިއުގެ އެޕާރޓް މެންޓެ ގެ ތެރޭގައި ހުރި ސޯފާތަކުގައެވެ. ދޮރުގައި ބެލް އަޅާލުމާއެކު މާނިއު ގޮސް ހުޅުވާލިއެވެ. އެއާއެކު ކުރިމަތީ ފެނި މީހުން ފެނި އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
ކުރިމަތިން ފެންނަމުން ދިޔައީ މަޑު ނޫކުލައިގެ ޔުނީފޯން ލައިގެން ތިބި ޕޮލިހުންތަކެކެވެ. އޭގެ އިތުރުން ކަޅުކުލައިގެ ހެދުމެއްގައި މޫނު ނިވާކޮށްގެންވެސް ފަސްވަރަކަށް މީހުންތިއްބެވެ. އެއީ ވެސް ފުލުހުން ކަން އޭނާ އަށް ޔަގީންވިއެވެ.
ފަހަތަށް ފިޔަވަޅެއް އަޅާލެވުމާއެކު ގޮތް ހުސްވެފައި ވީ މީހަކުފަދައިން އޭނާ އަށް ބަލާލެވުނީ ޒާހިދު އާއި ރާއިދާ އާ ދިމާލަށެވެ. އެވަގުތު ލިބިފައި ހުރި ޝޮކުން ހަދާނެ ގޮތް ހުސްވީ ކަންނޭގެއެވެ.
އެވަގުތު ބަލާކަށް ނުހުރެ ޕޮލިހުން ވަންނަން ފެށިއެވެ. މާނިއު އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެން ތިބި ދެ މީހުންނަށް ވެސް ސޯފާގައި ތިބެފައި އެ ދިމާލަށް ބަލާލިއެވެ. އެވަގުތު ދެމީހުންގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ.
ދުވެފައި ނުކުމެވޭނޭ ދިމައެއްނެތެވެ. ޕޮލިހުންނާއެކު ތާށިވީއެވެ. ތިން މީހުންގެ ހިތްވެސް ބާރު މިނުގައި ތެޅެމުން ދިޔައީ ދެންމެ ދެންމެ ފުންމާލާފާނޭ ހެން ހީވިއެވެ.
ޕޮލިހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ މާނިއު އެވެ. ފިލަން ފުރުސަތުވެސް ނުލިބުނީއެވެ. އެ ވީ ކުޑަ ވަގުތު ކޮޅުގައި ފިލަން ހަދާނެ ގޮތެއް ވެސް ނުވިސްނުނީއެވެ. ވާނީވެސް އެހެންތާއެވެ. ހަފްތާއެއް ވީ އިރުވެސް ދާނިޝް މެންގެ އުނދަގުލެއްވެސް ޖެހުނީއެއްނޫނީ ވިއްޔާއެވެ.
މާނިއު ހިފެއްޓިތަން ފެނި ދެލޯ ބޮޑުވެފައި ހުރި ޒާހިދުވެސް ދުރަށް ދާން މަސައްކަތް ކުރިއެވެ. އޭނާ ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ. އެހެންނަމަވެސް އޭނާ އަށް ނޭނގުނު ކަމަކީ ދެން އޭނާ އަށް ސަލާމަތެއް ނެތް ކަމެވެ.
ޒާހިދު އަށް ކޮޓަރިއާ ހިސާބަށް ނުދެވެނީސް ޕޮލިހުން އޭނާ ހިފެއްޓިއެވެ. ރާއިދާ އަށް ވެސް ވީ އެވަރެވެ. އޭނާ އަށް ހިފުނީ ޖެހިގެން ހުރި ކޮޓަރީގެ ދޮރުގައެވެ.
މާނިއު މެން ހައްޔަރު ކުރެވުމާއެކު ޓީވީ ތަކުންނާ ރޭޑިއޯތަކުން ވަގުތުން އެ ހަބަރު އިއުލާން ކުރަމުން ގެންދިޔައީ އެމީހުންނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެ ކުރަމުން ދިޔަ ބަޔަކަށް ވީތީއެވެ. އެ ރޭގެ ހަބަރުގައި އެ ވާހަކަ ވަރަށް ތަފްސީލް ކޮށް ކިޔާދިނެވެ.
“ހަބަރު ލިބިފައިވާގޮތުގައި މި ތިން މީހުންނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ދާ ފަރާތްތަކެކެވެ… އެގޮތުން މިއަދު އެގޭން އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު އެތަށް ބިލިއަން ޑޮލަރަކަށް އަރާ ކަމަށް ފުލުހުން ލަފާ ކޮށްފައިވާއިރު ގިނަ އަދަދެއްގެ ސޮނގިރޭޓާއެކު ސަތޭކަ ކިލޯ އަށް ވުރެ ގިނަ މަސްތުވާ ތަކެތި އެގޭން އެކަނިވެސް ފެނިފައިވާކަމަށް މައުލޫމާތް ލިބޭ… މި ކޭސް އާ ބެހޭ ގޮތުން ފުލުހުން މާ ބޮޑު ހަގީގަތްތަކެއް ފާޅޫ ނުކުރިކަމުގައި ވިނަމަވެސް ވަރަށް އިތުބާރު ހުރި ގޮތެއްގައި ލިބިފައިވާ މައުލޫމާތަކަށް ރިއާޔަށް ކުރާއިރު މީގެ ހަތް އަހަރު ކުރީގެ ރޭޕް ކޭސް އެއްގައިވެސް މި ތިން މީހުންގެ އަތެއް ވާކަމަށް މައުލޫމާތު ލިބިފައިވޭ”
ހަބަރު ބަލަން އިން ހިޝްމާ އަށް އިނީ ރޮވިފައެވެ. ގާތުގައި ދާނިޝް އިނީ ހިޝްމާ އަށް ހިތްވަރު ދޭށެވެ. އެހެންނަމަވެސް ދާނިޝް ގެ އެއްވެސް ވާހަކައަކުން ހިޝްމާ އަށް އެއްވެސް ހިންހަމަ ޖެހުމެއް ނުލިބުނެވެ. އޭނާ ގެ އަޑު ގަދަވަމުން ގޮސް އެންމެ ފަހުން ވޭނީގިސްލުމަކަށް ބަދަލް ވެގެން ދިޔައީއެވެ.
ދާނިޝް ހަގީގަތް ކިޔައިދިނުމާއެކު އޭނާ އަށް ވެސް އަޑު ވިއްލައި ބާރަށް ރޮވުނީ އެ ހިތަށް ވެސް ކުރި އަސަރަކުންނެވެ. ދާނިޝް ހަމަ އެކަނި ޔަގީން ކޮށްދިން ކަމަކީ އެ ކުއްޖާ ރޭޕް ކުރުމުގައި ޒާހިދު ގެ އަތެއްވެސް ވާކަމެވެ. އެކަމަކު އެއީ ކޮން ކުއްޖެއްކަމާއި އޭނާ އަށް އެކަމުން ކޮށްފައި ހުރ އަސަރު އޭނާ ސިއްރުކުރީ މަސްލަހަތަށް ބަލާފައެވެ.
“މަންމާ… ދެން ކަންތަށް ބޮޑު ނުވޭ… އެމީހުން ކުރި އަދަބު އެ ލިބުނީނު… އެއީ އަހަރެންގެ އަމިއްލަ ލޭ ކަމަށް ވިޔަސް…. އެކަމަކަށް ދުވަހަކުވެސް މާފެއްނުކުރާނަން…. ބައްޕަ އޭ ބުނަން ލަދުވެސް ގަނޭ އަހަރެން…. މަންމާ… އަހަރެން ނެތިން ދުވަހަކުވެސް މަންމަ ދޫކޮށްލާކަށް…. އަހަރެން ހަމަ ހަގީގަތުގަވެސް މަންމަ ދެކެ ވަރަށް ލޯބިވޭ” ދާނިޝް ހިޝްމާ ގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ރާސިލް އައިސް ގެއަށް ވަންނަނީއެވެ. އޭރު ސޯފާގައި ރޯން ތިބި ދާނިޝް އާއި ހިޝްމާ ފެނި އޭނާ އަށް ވެސް ސިހުން ލިބުނެވެ. އެހެންނަމަވެސް ހާސްކަން ފިލުވާލަމުން އަވަސް އަވަހަށް އޭނާ މޫނުގައި އަތް އުނގުޅާލަމުން ބުނެލިއެވެ.
އެއްޗެއްނުބުނެ މަޑު ކޮށްލަމުން އޭނާ ސޯފާގައި އިށީނެވެ. ޓީވީ އާ ދިމާލަށް ބަލާލުމާއެކު އޭނާ އަށް ވެސް ފުރަތަމަ އިސްޖަހާލެވުނީއެވެ. ދާނިޝް އަށް ވެސް ރާސިލް ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެގެން ކަން އުޅެނީ ފަހުމް ވުމާއެކު އޭނާ ބަލާލީ ހިޝްމާ އަށެވެ. އަދި ހިތި ހިނިތުންވުމެއް ރާސިލް އަށް ދައްކާލަމުން މަންމައަށް ވެސް އިނގެޔޭ ބުނެލާ ވާހަކަ ކުރިއަށް ގެން ދިޔުމަށް އެދުނެވެ.
“ދޮންބޭ… އެމީހުންހައްޔަރު ކޮށްފި” ރާސިލް އަށް ބުނެވުނެވެ. އޭރު ވެސް އެ ހަބަރު ޓީވީ އިން ކިޔަމުން ދިޔައެވެ. ހިޝްމާ އަށް ރާސިލް އާއި ދާނިޝް އާއި ދެމީހުން ކުރެ ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. މިހާ ގާތް ކޮށް ދެމީހުން ވާހަކަ ދައްކާތީ އޭނާ އަށް ފެނުނީ އަދި އަލަށެވެ. އެހެންކަމުން ހައިރާން ވީއެވެ.
އެ ދެމެދުގައި މީގެ އަހަރުތަކެއް ކުރިން ހިނގި އެއްވެސް ކަމެއް ހިޝްމާ އަކަށް ނޭނގެއެވެ. އެހެންނަމަވެސް ކޮންމެވެސް ކަމަކާ އަބަދުވެސް އެކަކު އަނެކަކު ދެކެ ހިންހަމަ ނުޖެހިގެން އުޅޭކަން އެނގެއެވެ. ހާއްސަކޮށް ދާނިޝް ގެ ފަރާތުން ރާސިލް އާމެދެ ބަހައްޓާ ދުރުކަމާއި ރުޅިވެރިކަން ވެސް ބައެއްފަހަރު އޭނާ ހާސް ކުރުވައެވެ.
އޭރުވެސް ހިޝްމާ ދިޔައީ ރޮމުންނެވެ. ކެތް ކުރަން ދަތިވީއެވެ. މީގެ އަހަރުތަކެއް ކުރީގެ ހަނދާނެއް އޭނާ އައި ކަމުގައި ވިނަމަވެސް އެކަން ހިތުތެރޭގައި އޮއްބާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލެވުނެވެ.
މުސްކާން ވެސް ޓީވީ ދޮށުގައި އިނދެފައި އިޒިކް އަށް ގުޅާލިއެވެ. އޭނާ އަށް ވެސް ލިބިފައިވަނީ ހާސްކަމެވެ. ކުއްލިއަކަށް މާނިއުމެން ހައްޔަރު ކުރުމުން އޭނާ އަށް އުފާވެރިކަން ލިބިފައި ވެއެވެ. ދެން ކުރިއަސް އޮތީވެސް ބުރަ ދުވަސްތަކެކެވެ. މާނިއު އަކީ އޭނާ ކުރި ކުށަށް އެހާ ފަސޭހައިން އިއުތިރާފް ވާނޭ މީހެއްނޫނެވެ. އިފްޝާ ރޭޕް ކޮށް އޭނާ ރޭޕް ކޮށް މާނިއު އަރާމުގައި އުޅޭތާ ވަރަށް ދުވަސްވެއްޖެއެވެ. އެހުރިހާ އިލްޒާމެއް މާނިއު ގެ ބޮލުގައި އޭނާ މިފަހަރު އަޅުވާނެއެވެ. ސާބިތުވެސް ކުރާނެއެވެ. ވަރަށް ރަނގަޅަށް މި ތެޅުމަށް އޭނާ ރެޑީވާނެއެވެ. މާނިއު ބަލިކުރާނެއެވެ. ޒާހިދު ބަލި ކުރާނެއެވެ. ރާއިދާ އަށް ހައްގު އަދަބުވެސް ދޭނެއެވެ.
މުސްކާން ގެ ހިތުގައިވަނީ ތަފާތު ޝުއޫރެކެވެ. މާނިއުގެ އެ އަމަލް މުޅި ދުނިޔޭގެ ކުރިމަތީގައި އޭނާ ފަޟީހަތް ކުރަން ބޭނުމެވެ. މާނިއު އަށް ދުވަހަކު އުފަލެއް ލިބެން މުސްކާން ނޭދެއެވެ.
“ކީއްވޭ ޓޯކް ނުކުރަނީ” އިޒިކް ގެ އަޑު ފޯނުން ކަންފަތުގައި ޖެހުމާއެކު މުސްކާން ދިޔައީ ސިހިގެންނެވެ. ވާނީވެސް އެހެންނެވެ. އޭނާ އިނީ ނުލާހިކު ބޮޑު ވިސްނުމަކަށް ގެއްލިފައެވެ. “ކީކޭ” މުސްކާން އަށް ބުނެވުނެވެ. “ކޮން ކަމަކާ ވިސްނަނީ” އިޒިކް އަހާލިއެވެ. އެއާއެކު މުސްކާން ލުއިކޮށް ހީލިއެވެ. އަދި ނުވިސްނަމޭ ބުނެލިއެވެ.
“މުސްކާން އަހަރެން އެބަ ޖެހޭ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން… އަހަރެންނާ ދެން ބައްދަލް ވެވޭނީ ކޮން އިރަކުން” އިޒިކް އަހާލިއެވެ. އެއަޑުގައިވި ސީރިއަސްކަމުން އިޒިކް ދައްކަން އުޅެނީވެސް އެހާ ސީރިއަސް ވާހަކައެއްކަން އެނގެއެވެ. އެހެންކަމުން މުސްކާން ވެސް ކުޑަ ކޮށް ވިސްނާލާފައި ދެކޮޅު ހެދުމެއްނެތި އާބަސް ބުނެލިއެވެ. އެވަގުތު ބޭރުގައި އުޅެފައި ޝިފާވެސް އައިސް ގެއަށް ވަނީއެވެ. އޭނާގެ ހިނގުމުންނާ އި މޫނުމަތިންވެސް އެ ހުރީ ވަރަށް ވަރުބަލި ވެފައި ކަން އެނގެއެވެ.
މުސްކާން އަދިވެސް އުޅެނީ ޝިފާމެން ގޭގައެވެ. އެ ދުވަހުގެ ފހުން ގެއަށް ދިޔުމުން އަނީސާ ނުވެއްދީއެވެ.
މުސްކާން ގެ އާދޭސް ތަކަށް ބީރުކަންފަތެއް ދިނީއެވެ. މިފަހަރުވެސް މުސްކާން އަށް އެހީވީ އިޒިކް އެވެ. މުސްކާން އާއި ބައްދަލުކުރަން އަނީސާގެ ފިރިމީހާ އާއި އޭނާގެ ކޮއްކޮ ބަރާބަރަށް އެ ގެއަށް އައިސް ހަދައެވެ.
ޝިފާ އައިސް ސޯފާއަށް ވެއްޓިގަތުމާއެކުއެކީހެން ދެވަނަ ފަހަރަށް ވެސް ބެލް އަޅާލި އަޑު އިވުނެވެ. “މަޑު ކޮށްލާ އަހަރެން ދާނަން” މުސްކާން ބުނެލީ ޝިފާ ތެދުވުމުންނެވެ. އދި ގޮސް ދޮރުހުޅުވާލިއެވެ. ދޮންތަބޭމެން ތިބުމުން ވަންނަން ތަން ދެއްކަމުން އޭނާ ވެސް އެތެރެއަށް ހިނގައިގަތެވެ.
ރާސިލް އައިލީޝް ގާތަށް ދާންވެގެން ނުކުތްތަނާ އަންޖުމް ނިދާފައި އޮވެފައި ހޭލައިގެން ތިރިއަށް ފޭބިއެވެ. އޭރުވެސް ދާނިޝް އާއި ހިޝްމާ އާއި ދެމީހުން ތިބީ ސިޓިންރޫމްގައެވެ.
ދާނިޝް އެކި ވާހަކަ ދައްކައިގެން ހިޝްމާވެސް މިހާރު އިނީ ހަމަޖެހިފައެވެ. “ޑެޑީ ކޮންތާކަށް” ގޭގެ ދޮރާ ހިސާބުގައި ހުރި ރާސިލް ހުރީ ފުރަގަސްދީގެން ވިޔަސް އަންޖުމް ގެ އަޑު އެ ކަންފަތުގައ ގުގުމާލިއެވެ. ވަގުތުން އޭނާ ފަހަތަށް ބަލާލިއެވެ. ހިޝްމާ އާއި ދާނިޝް ވެސް ބަލާލިއެވެ. އަންޖުމް ދުވެފައި ގޮސް ރާސިލް ގެ ފައި ކައިރީގައި ހުއްޓުމުން ރާސިލް ހިނިތުންވެލަމުން އަންޖުމް އުރާލިއެވެ. “ޑެޑީ ކޮންތާކަށް” އަންޖުމް ބުނެލިއެވެ. އޭރުވެސް އެ އަޑުގައި ނިދީގެ އަސަރު ވިއެވެ. “މަންމި ގާތަށް” ރާސިލް ބުނެލިއެވެ. “ކޮއްކޮވެސް ދާނަން” އަންޖުމް ރާސިލް ގެ މޫނަށް ބަލާލަމުން އުންމީދާ އެކީ ބުނެލިއެވެ.
“ރޭގަނޑު ކޮއްކޮ ދާކަށް ނުވާނެއެއްނު ހޮސްޕިޓަލަށް… މާދަން މާމަ ދާނެއެއްނު ދޯ.. އެހެން ވީމަ އޭރުން ޑެޑީގެ ޕްރިންސެސް ވެސް ދާނީ…” ރާސިލް އަންޖުމް އަށް ވިސްނައިދިނެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އަންޖުމް ނިކަން ފަސޭހައިން ގަބޫލް ވެއްޖެއެވެ. މާދަމައަކީ ސްކޫލް ބަންދު ދުވަހަކަށް ވުމާއެކު ހުކުރު ދުވަސްކަމަށް ވުމުން އަންޖުމ އަށް ގިނައިރު އައިލީޝް ގާތު ހޭދަވެސް ކުރެވޭނެވިއްޔާއެވެ.
ރާސިލް އަންޖުމް ތިރީގައި ބަހައްޓަމުން މާމަ އާއެކު ބަސްއަހައިގެން ނިދައްޗޭ ބުނެލިއެވެ.”ޔެސް ޑެޑީ…” އަންޖުމް ބުނެލިއެވެ. އޭނާ ވާހަކަ ދައްކާ ނިމުނުތަނާ ހެން ހިޝްމާ ވެސް އެ ހިސާބަށް އައެވެ. ދާނިޝް ވެސް އައިސް މަޑުކޮށްލިއެވެ. އަދި އަންޖުމް ގާތު ދިޔުމަށް ބުނެލިއެވެ. އެއާއެކު ހިޝްމާ އަންޖުމް ގޮވައިގެން ހިނގައިގަތެވެ.
ދެ މީހުން ގޮސް ކޮޓަރިއަށް ވަންނަން ދެން ރާސިލް ބަލަން ހުއްޓެވެ. “އަހަރެމެންގެ މަސައްކަތުގެ އެއްބައި ފުރިހަމަ ވެއްޖެއެއްނު ރާސިލް” ދާނިޝް ރާސިލް އަށް ދޯ ދިނެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކު ރާސިލް ބޯ ޖަހާލިއެވެ. ޖީބިގައި އޮތް ފޯން ރިންގް ވުމާއެކު އޭނާ ފޯން ނަގާބަލާލިއެވެ. ގުޅަނީ ހޮސްޕިޓަލުން ކަމަށް ވުމާއެކު އޭނާ އަވަސް އަވަހަށް ފޯން ނެގިއެވެ.
“ކިހިނެތްތޯ ވީ” ރާސިލް ފޯން ނަގާ ކަންފަތުގައި ޖަހަމުން ވާހަކަ ދެއްކިއިރު އެ އަޑުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ. ހިތްއަވަސްވެފައި ވިއެވެ. އަނެއްއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އަދި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލެވުނެވެ. އެއާއެކު އެކޮޅުން ހަމަގައިމުވެސް އެ ދިނީ އުފާވެރި ހަބަރެއްކަން ދާނިޝް އަށް އެނގިގެން ދިޔައެވެ. އެހެންކަމުން އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވާލަމުން އޭނާ ރާސިލް އާ ސުވާލުކުރީ ރާސިލް ފޯން ބޭއްވުމުންނެވެ.
“އައިލީ ގެ މޫވްމެންޓްސް އަންނަ ވާހަކަ ޑޮކްޓަރ އެބުނީ… މަޑުމަޑުން އެ މޫވްމެންޓްސް އިތުރުވަމުން ދާނެކަމަށް ބުނި….” ރާސިލް ބުނެލިއެވެ. އެއަޑުން އޭނާ އުފާވެފައި ހުރި ވަރު އެނގިގެން ދިޔައެވެ. “އެކަމަކު ޒީ ކޮބާ ބާ؟” ރާސިލް އަށް އަހާލެވުނެވެ. އެހެނީ އެ ހަބަރު ދޭން ޒީޝާ އެއްވެސް މީހަކަށް ނުގުޅުމުންނެވެ.
“އެނީވޭ އެއީވެސް އިތުރު ކުރިއެރުމެއްނު ދޯ ދޮންބޭ… އިސާހިތަކު ދެން ވަރަށް އަވަހަށް އައިލީ ހޭ އަރާފާނެ އިންޝާ ﷲ” ރާސިލް ބުނެލިއެވެ. ދާނިޝް ވެސް ބޯ ޖަހާލިއެވެ. ދެމީހުން ގެ ވާހަކަ ނިމުނުތަނާ ދާނިޝް އަށް ވެސް ކޯލެއް އައެވެ. ގުޅަނީ ޒީޝާ އެވެ. އެހެންކަމުން އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
“ޒީ… ކޮންތާކު އައިލީ…” ދާނިޝް އަށް ބުނެވުނެވެ.
“ދާން… އައިލީ އެބަ މޫވް ކުރެޔޭ… ޕްލީޒް ރާސިލް ގޮވައިގެން އާދެބަ. ދެންމެ ގުޅިއިރު ފޯން ބިޒީ އަރާފަ އިނީ ރާސިލް ގެ… އަހަރެންވެސް މި ނުކުތީ ފާހާނާއިން…. ނުކުތް އިރު އެ ފެނުނީ… އަޅޭ ދާން އާދެވޭނެތަ؟” ޒީޝާ އަށް އުފަލުން އަހާލެވުނެވެ. އެއާއެކު ދާނިޝް ރާސިލް އެބަ ދެޔޭ ބުނެލިއެވެ. އޭނާ އަށް ދެވޭނީ ފެންވަރައިގެން ކަމަށް ބުނެލުމުން ޒީޝާ ވެސް އިތުރު ޝަކުވާއެއްނުކުރިއެވެ. އަނެއްކޮޅޫން ހިޝްމާ އެކަނި ކޮށްފައި ދާކަށް ދާނިޝް ބޭނުމެއްނުވެއެވެ. ރޭގަނޑު ގެ މި ވަގުތު އަންޖުމް ގޮވައިގެން ދިޔުންވެސް ވާނީ ދަތި ކަމަކަށެވެ.
ރާސިލް ދަނީއޭ ބުނެ ހިނގައިގަތެވެ. އޭނ ގޮސް ކާރަށް އަރައިގެން ހޮސްޕިޓަލާ ދިމާލަށް ދުއްވާލިއެވެ. އެއާއެކު ޓްރެފިކް ބޮޑުކަމުން އޭނާ އަށް ފޫހިކަން ވެރިވަމުން ދޔައެވެ. ކިތަންމެ ފަހަރަކު ހިނގާފައި ގޮސްދާނަމޭ ހިތަށް އެރިއެވެ. އާއްމުކޮށް ދިހަވަރަކަށް މިނިޓް ނަގާ އެ ދަތުރު ވިހި މިނިޓަށް ދިގުދެމިގެން ދިޔައެވެ. އެހެންކަމުން ރާސިލް ގެ ފޫޙިކަންވެސް ދެގިނއަކަށް ދެމިގެން ދިޔައެވެ. އޭނާ ގޮސް ހޮސްޕިޓަލް ގެ ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮށްލަމުން ފޭބިއެވެ. އަދި ހިނގައިގަތެވެ. އިސްޖަހައިގެން ދެތިން ފިޔަވަޅު ކުރިއަށް އެޅިތަނާ ދުވަމުން އައި އަންހެން ކުއްޖެއް އޭނާގެ ގައިގައި އަޅައިގަތެވެ. އެ އަންހެން ކުއްޖާ އަޅައިގަތް ނަމަވެސް ފަހަތަށް ބެލުމެތްނެތި ދިޔައީއެވެ. އެ ކަމުން ރާސިލް އަށް މީގެ އަހަރު ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ. އެއީވެސް ވިއްސާރަ ރެއެކެވެ. ރާސިލް ގެ ގައިގައިއަޅައިގެނފައި ދިޔަ އަންހެން ކުއްޖާ އަކީ ކާކުކަން އަދިވެސް އޭނާ އަކަށް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ މިއަންހެން ކުއްޖާ ގޮތަށް އެ އަންހެން ކުއްޖާވެސް ލާފައި ހުރީ ކަޅު ހެދުމެއްކަމެވެ.
އެތެރެއަށް ވަންނަން ދިޔައިރުވެސް އާދައިގެ މަތިން އަންހެން ކުދިންގެ ކަތ ނަޒަރުތަށް ރާސިލް އަށް ހުއްޓެމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. ވާރޭ ނުވެހުނަސް އުޑުމަތު ބަނަކޮށްލާފައި އޮތުމުންނާ ޖެހޭ ފޮނި ވައިރޯޅިން ގައިން ހީބިހި ނަގައިގެންދާހާ ވެއެވެ. ރާސިލް ވެސް ތަންކޮޅެއް ކެހެރި ބޯ ވައްތަރަކަށް ހުރި އަތްދިގު ޓީޝާޓެއްގައި ހުރިއިރު ވެސް އެ ސްމާޓް ކަމަށް ބަދަލެއްނާދެއެވެ. ހޮސްޕިޓަލަށް ވަދެގެން އޭނާގެ މިސްރާބު ފުރަތަމަވެސް ހުރީ އައިލީޝް އޮތް ބަޔާ ދިމާލަށެވެ. އެ ބަޔަށް އެރިއުރު އެ ހިތް އާދަޔާ ހިލާފް ބާރު މިނުގައި ތެޅެމުން ދިޔައެވެ.
ރޫމަށް ވަތް އިރު އެތެރޭގައި ދެ ޑޮކްޓަރަކާއި ނަރުހުން ހަރަކާތް ތެރިވަމުން ދިޔައެވެ. އެތަނުން އެއް ޑޮކްޓަރަކީ އައިލީޝް ގެ ޑޮކްޓަރެވެ. ޒީޝާވެސް ބޭރުގައި މަޑުކޮށްލައިގެން ހުރެފައި ރާސިލް ވަނުމުން ވަނެވެ. ރާސިލް އައިލީޝް ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ފަހަތަށް ބާލާލިއެވެ. ޒީޝާ ވެސް ތަންކޮޅެއް ދުރުގައި މަޑޫކޯށްލައިގެން ހުއްޓެވެ.
“ރާސިލް” ޑޮކްޓަރު އިޝާން ގޮވާލިއެވެ. އެއާއެކު ރާސިލް އަށް ސިހިފައި އިޝާން އާ ދިމާލަށް ބަލާލެވުނެވެ.
“ރާސިލް އަޅުގަނޑާ އެކު ދުރުވަންވީނޫންތޯ” އިޝާން ރާސިލް އަށް ބަލަން ހުރެ އެހެން ބުނެލިއިރު ވެސް ރާސިލް ގެ ނަޒަރު ހުއްޓިފައި ހުރީ އައިލީޝް ގެ މަޑުމަޑޫން ހަރަކާތް ކުރަމުން ދިޔަ އަތަށެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ވާއިރު ދެލޮލުން ކަރުނަ ނީރާލިއެވެ. ލޯ ހުޅވައިގެން އޮތ އައިލީޝްފެނި އެ ކަރުނަތަށް އިތުރުވެގެނއދިޔައެވެ. އެހެންނަމަވެސް އަތުގެ ނުފުށުން ކަރުނަތަށް ފހެލަމުން އޭނާ ހަމަޖެހިލިއެވެ. “އަޅޫގަނޑާ އެކު ދުރުވަންވީނޫންތޯ” އިޝާން ދެންވެސް ވާހަކަ ދެއްކިއެވެ. މެޝިންތަކުގެ އަޑު ބާރުވެފައި ވުމާއެކު އައިލީޝް ގެ އެނދު ކައިރީގައި ހަރަކާތް ތެރިވަމުން ދޔަ ަރުހުންނާ ޑޮކްޓަރުގެ ސަބަބުން ރާސިލް އަށް އެތަނަށް ކައިރިވުންވާނީ ދަތި ކަމަކަށެވެ. އެހެންކަމުން މިވަގުތު ކޮންމެހެން އޭނާ އެ ތަނަށް ކައިރި ވާކަށް ވެސް ނޫޅުނެވެ.
އިޝާން ގެ އެދުމާއެކު ރާސިލް ގޮސް ވަނީ އިޝާން އާއެކު އިޝާން ގެ ކެބިންއަށެވެ. ޑޮކްޓަރުންނަށް ހާއްސަ ކުރެވިފައިވާ މޭޒުގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯފާތަކުގައި އިށީނދެ ދެމީހުން ހަމަޖެހިލިއެވެ.
“ރާސިލް… މިހާރު މީ ވަރަށް މުހިންމު ހިސާބެއް…. އިނގޭ ހަގީގަތުގަ އައިލީޝް ލޯ ހުޅުވުމާ އެ ގޮތަށް ހަރަކާތް ކުރުމަކީ ރަނގަޅު ކަމެއް… ވިސްނަންޖެހޭ އަނެއްކަމަކީ ކޯމާއެއްގައި އެހާ ދުވަހަކު އޮންނަ މީހަކު ހޭލުމަށް އެކި ކަހަލަ ސްޓޭޖަސް ކަވަރ ކުރަން ޖެހޭނެކަން… މިސާލަކަށް އެންމެ ފުރަތަމަ އައިލީޝް ލޯ ހުޅުވުން… ލޯ ހުޅިވައިގެން ގިނަ އިރު އެހެން އޮތުން… މަޑޫ ކޮށްލުން…. އެއަށްފަހު އަތުގެ އިނގިލިތަކުން މަޑު މަޑުން ހަރަކާތް ކޮށްލުން… ހަގީގަތުގަ މިހެން ކޯމާއެއްގައި އޮވެފައި އެވރީޑޭ ލައިފްސްޓައިލް އެއް އުޅުމަކީ ވަރަށް ދަތި ކަމަކަށް ވާނެ… ހަރަކާތް ތަށް ކުރަން އުނދަގޫވާނެ… ” އިޝާން ވާހަކަ ދެއްކީ ރާސިލް އަށް ދެނެގެންނަން ފަސޭހަ ވާނޭ ފަދަ ގޮތަކަށެވެ.
ޑޮކްޓަރ… މިހާރު އައިލީ އެއްކޮށް ހޭ އަރައިފިތޯ” ރާސިލް އަށް ސުވާލުކޮށްލެވުނެވެ.
“ނޫނޭ ރާސިލް… އަދި ނާރާ… މީ ހޭ އެރުމުގެ އަލާމާތް ތަކެއް… މިސާލަކަސް އެންމެ ފުރަތަނަ ލޯ ހުޅުވުން އެއަށް ފަހު ކުޑަ ކުޑ ހަރަކާތް ތަށް ކޮށްލުން…. އޭގެ ފަހުން އަދި ތަދުވެސް އިހްސާސް ވާން ފަށާނެ…” އިޝާން އޮޅުން ފިލުވައިދދިނެވެ.
“އަޅުގަނޑު ކުރިން ވެސް ބުނިފަދައިން އައިލީޝް ހޭ އެރި ކަމުގައި ވިނަމަވެސް އަދި ހުރިހާ ކަމެއްގައިވެސް ވަރށް ގިނަ އުނދަގޫ ތަކެއް ހުންނާނެ… ހަރަކާތް ކުރުމުގައިވެސް… އެކަންތަށް ތަށް ރަނގަޅު ކުރެވޭނެ ފިޒިއޯ ދީގެން… ހަރަކާތް ތަށް ކުރން ހަމަ ވަރަށް އުނދަގޫވާނެ… ކަސްރަތުގެ ސަބަބުން މި ކަމަށް ހައްލެއް ލިބިގެންދާނީ” އިޝާން ވާހަކަ ދެއްކިއެވެ. އެއާއެކު ރާސިލް ބޯ ޖަހާލިއެވެ. އޭނާ އެހެންވެސް އިތުރު ސުވާލު ރާސިލް އާ ކުރިއެވެ.
“ކެއުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެ… އެކަންތަށް ތަށް ގްރެޖުއަލީ ރަނގަޅުވަމުން ދާނީ… އިންޝާ ﷲ… ތެރަޕީ ތަކާ އެކު” އިޝާން ދެންވެސް ރާސިލް ގެ ސުވާލުތަކަށް ޖަވާބުދެމުން ވާހަކަ ދެއްކިއެވެ.
“އައިލީ އަކީ ވަހަކަ ނުދެއްކޭ ކުއްޖަކަށް ވުމާއެކު ވާހަކަ ދެއްކުމުގެ ބައި އަޅުގަނޑު އެހާ ބޮޑަށް މެންޝަން މި ނުކުރީ… އެކަމަކުވެސް ބުނެލަދޭނަން…. މިހާރު ވާގަކަ ނުދެއްކޭ ކުއްޖަކު އެހެން ހޭ އަރާފަ ވާހަކަ ދެއްކޭ ކަމުގެ އެއްވެސް ކޭސް އެއްގައި އަޅުގަނޑަށް ވޯކް ކުރެވިފައެއްނެތް… ކޯމާއިން ހޭލާއިރު ވާހަކަ ދެއްކުމުގައިވެސް ދަތި ތަކެއް ކުރިމަތިވާން… ހަމަ ތެރަޕީއާ އެއްޗެހި ބޭނުންވާނެ… ދެން މިސާލަކަށް ވާހަކަ ނުދެއްކެނީ ބޮލަށް ލިބިފައި ހުރި ގެއްލުމަކުންކަމަށް ވާނަމަ ޓްރީޓް ކޮށްގެން ރަނގަޅުވެސް ކުރެވިދާނެ… އެކަމަކު އެހެން މައްސަލައެއްނަމަ ކަނޑައެޅިގެން ނޭގޭ ވަކި އެއްޗެއް ބުނާކަށް… ބައެއްފަހަރު މި މައްސަލައަކީ ޕާރމެނެންޓް ކަމަކަށް ވުން ވެސް އެކަށީގެންވޭ….” އިޝާން ވާހަކަ ދެއްކިއެވެ. ރާސިލް ބޯޖަހާލިއެވެ.
ޑޮކްޓަރު ގާތުގައި ވާހަކަ ދައްކަން އިނދެފައި ރާސިލް ދިޔުމާއެކު ޒީޝާ ގެއަށް ދާން ރެޑީވިއެވެ. އޭރު އަނެއްކާވެސް އައިލީޝް އޮތީ ނިދާފައެވެ.
ރާސިލް އަނެއްކާވެސް އައިލީޝް ގާތު އިށީނދެ އެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އަދި އަވަހަށް ތެދުވެލުމަށް ބުނެލިއެވެ. “އައިލީ ދެން ތެދުވެބަލަ. ތިހެން އަހަރެންގެ ހިތް ނުތަޅުވާ އައިލީ ޕްލީޒް… ޕްލީޒް ޕްލީޒް… ޕްލީޒް… ޕްލީޒް” އައިލީޝް ގެ އަތުގައި ހިފައްޓައިލައިގެން އިންގޮތަށް އިނދެ އެނދުގައި ބޯޖައްސާލއިގެން އިސްޖަހާލއިގެން އިން ރާސިލް ގެ ރުއިން ގޮސްލުމަކަށް ބަދަލް ވެގެން ހިގައްޖައެވެ. ފަހަކަށް އައިސް އެއްވަރަކަށް ވެސް އައިލީޝް ގާތު އިނދެ ނުރޯން ޑޮކްޓަރުން ބުނި ނަމަވެސް ރާސިލް އަށް އެކަމަށް ފަރުވާއެއް ނުބެހެއްޓުނީއެވެ. އޭނާއަށް ކެތް ނުވީއެވެ. ފިރިހެނަކު އެހެން އިނދެ ރޮމުން ގޮސްލާ ތަން ފެންނަ ކޮންމެ މީހަކުގެ ހިތަށް ވެސް އަސަރު ކުރާނެއެވެ.
“އައި އެމް ސޮރީ ސޮރީ ސޮރީ… އާރ ޔޫ ގޮނަ ކިލް މީ އައިލީ…” ރާސިލް އަށް އެހެން ބުނެވުނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ. އޭނާ ގެ ހިތަށް ކޮށްފައިވަނީ ބުނެދޭން ނޭގޭފަދަ އަސަރެކެވެ.
“އައިލީ އަހަރެންނަށް ތިހެން ހޯޕް ދީފަ ދިޔައީމަ ހާދަ ދެރަވެޔޭ… ކޮން އިރަކުންތަ އަހަރެން ކުރި ކުށްތަކުގެ ބަދަލެއްގެ ގޮތުން ފުރިހަމަ ލޯއްބާއި އަޅާލުމާއި އޯގާތެރިކަން ދޭން ފުރުސަތެއް ދޭނީ… ނޫނީ ދުވަހަކުވެސް ނުދޭންތަ އައިލީ ގަސްތު ކުރަނީ… އަހަރެމެންގެ ދަރިފުޅަށް އައިލީ ބޭނުންވެޔޭ… އައިލީގެ ލޯބި ބޭނުންވެޔޭ… ދެން ކިއްވެ… ކީއްވެ؟ ކީއްވެ؟ ތިހެން ތި އޮންނަނީ… އައިލީ ދެކެ މި ރާސިލް މިހާރު ހަގީގަތުގައިވެސް ވަރަށް ލޯބިވެޔޭ… މިހިތަށް ވެސް އަސަރު ކުރެޔޭ… އައިލީ އަކަށް ނޭނގޭނެ އަހަރެންނަށް ވާ ގޮތެއް…. ހަތަރު ހަހަރު އަހަރެން އައިލީ އަށް ހާދަ އިންތިޒާރެއް ކޮށްފީމޭ… ކޮންމެ ފަހަރަކު އައިލީ ތިހެން އޮންތަތަން ފެނުނީމަ ވަރަށް ދެރަވޭ… އައިލީ ބޭނުންނަމަ އަހަރެން އަހަރެންގެ ގެ ދަރިފުޅުވެސް އައިލީ އާ ހަވާލުކޮށްފާނަން… ބޭނުންނަމަ އަހަރެން އައިލީ އާ ދުރާށް ވެސް ގޮސްފާނަން… އަހަރެންގެ ދަރިފުޅާ ނުލާ އުޅުމަކީ ކެތް ވާނޭ ކަމަކަށް ނުވިޔަސް އައިލީ އެ ގޮތަށް އެދޭނަމަ. އެއީ އަހަރެންގެ ކުށުގެ ސަޒާ ކަމަށް ވާނަމަ އަހަރެން ހިތުން ރުހުމުން އެކަމާވެސް ގަބޫލް ވާނަން… އެކަމަކު އައިލީ ޖަސްތް ވޭކް އަޕް… އައި ކޭންޓް ލެޓް ޔޫ ސަފަރ އެނީމޯރ” ރާސިލް ގެ ވާހަކަ ހުއްޓާލިއެވެ. އެވަރުންވެސް އޭނާ ބޯ ހިއްލާލާ އައިލީޝް އަށް ބަލާލަން ދެކޮޅު ހެދިއެވެ.
އޭނާ ގެ ދެލޯ ވަނީ ރަތްވެފައެވެ. ކަރުނަތަށް އަދިވެސް ފައިބަމުން ދިޔައިރު މަޑު މަޑު ރިހުމެއްވެސް ލޮލުގައި ހުއްޓެވެ.
އެހެން އޮންތަނާ ފަނަރަ މިނިޓް ފަހުން ރާސިލް ގެ ގިސްލުން މަޑުވަމުން ގޮސް އެއްކޮށް ކެނޑުނެވެ. ހީވަނީ ވަރުބަލިވެގެން ނިދުނީ ހެންނެވެ.
ރާސިލް އަށް ދެން ހޭލެވުނީ ދަންވަރު ދެއެއް ޖެހިފަހުންނެވެ. އޭނާ އޭރުވެސް އޮވެވުނީ އެނދުގައި ބޯ ޖެހި ގޮތަށެވެ. ތެދުވެވުނުއިރު ކަނދުރާއަށްވެސް ރިހުމެއް އަރާފައި ހުއްޓެވެ. ދެފަރާތަށް ކަރު އަނބުރާލުމުންވެސް ތަދު ފިލައެއް ނުދިޔައެވެ. ނިދަން އޮވެވުނު ގޮތުން ތަދު އަރާފައި ވުމާއެކު ތަދު ފިލަންވެސް ވަގުތު ބޭނުންވާނެއެވެ. ރާސިލް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އައިލިޝް ގެ މޫނަށް ންޒރު ހުއްޓާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައިލީޝް ގެ ލޮލާ ދިމާލުން އެޅިފައި އެ ހުރި ރޮނގަކީ އޭނާ ރުއިމުގެ ސަބަބުން އައި ކަރުނަ ހިކިފައި ހުރިތަނެވެ. ރާސިލް އަށް ފުންނޭވާތަކެއް ދޫކެއްލެވުނެވެ. އެ ކަރުނައިގެ ރޮނގު ލޮލުގެ ހިމަކޮޅުން ފަށައިގެން ގޮސް ކަންފަތާ ހަމައަށް ވެސް ހުއްޓެވެ. އޭނާ އަސް ހައިރާން ކަމެއް ލިބުނެވެ. އެހެންނަމަވެސް ހާލަތު ގެ ގޮތުން ކަންތަށް ކުރާނޭ ގޮތެއް އެ ސިކުނޑި އަކަށް ނަޔެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހާލިއެވެ. އަދި އެއަށްފަހު އޭނާ މަޑުމަޑުން އަތް ތިލަ ގެންގޮސް އެ ރޮނގުގައި އަތް ޖައްސާލިއެވެ. ހަދަންވީ ގޮތެއް ނޭގިފައި ރާސިލް އަށް އަތް ޖައްސާލި ގޮތަށް އިނދެވުނީއެވެ. އެ މޫނުމަތިން އަދިވެސް ފެންނަނީ ހައިރާންކަމެވެ.
“އައިލީ” އޭނާ އަސް ގޮވާލެވުނެވެ. އަދި ދެފަހަރަކު ކޯތާފަތުގައި ޖަހާލިއެވެ. އެހެންނމަވެސް އައިލީޝް ގެ އެއްވެސް ހަރަކާތެއް ނެތެވެ. އޭނާގެ ހިތްވެސް ކުދިކުދިވެގެން ދިޔައީއެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވިފަދައަކުން އޭނާ ދުވެފައި ކޮޓަރިން ނުކުމެގެން މިސްރާބުޖެހީ ނަރުހުންނާ ދިމާލަށެވެ. ވީ ގޮތް ކިޔައިދުނުމާއެކު ނަރުހުންވެސް އަވަސް އަވަހަށް އެ ރޫމަށް ދާން މިސްރާބުޖެހިއެވެ. “ރާސިލް ވަޓް ހެޕެންޑް” ރާސިލް އެނބުރިލިތަނާ އޭނާގެ ކަންފަތުގައި ޖެހުނީ ދާނިޝް ގެ އަޑެވެ. އެއާއެކު ރާސިލް ފަހަތަށް ބަލާލިއެވެ. ދާނިޝް އާއެކު ހުރި ޒީޝާގެ އިތުރުން އިޝާން ފެނި އޭނާ އަވަސް އަވަހަށް އެ ދިމާލަށް ގޮސް ވީ ގޮތް ކިޔާދިނެވެ.
“ރާސިލް އެއްވެސް ކަހަލަ ދެރަވާ ކަހަލަ ވާހައެއް ދެއްކިންތޯ” އިޝާން އަހާލިއެވެ. އަދި ކުރިއަށް ހިނގައިގަތުމަށް ފިޔަވަޅެއް އަޅާލިއެވެ.
“ކިހިނެތްތޯ ވީ ޑޮކްޓަރ” ރާސިލް އަހާލިއެވެ. އޭރު އެމޫނުމަތިން ކަންބޮޑުވުމާ ހާސްކަމުގެ އިތުރުން ހައިރާންކަންވެސް ފާޅުވަމުން ދިޔައެވެ.
“ހަގީގަތުގަ މިހާރު މި އޮތް ސްޓޭޖުން އައިލީޝް އަށް އަޑު އިވުންވެސް އެކަށީގެންވޭ… އެބަހުރި އެ ކަހަލަ ކޭސްތަށް ވެސް ދިމާވެފަ” އިޝާން ފިޔަވަޅުތަށް ހުއްޓާލާމަޑުކޮށްލަމުން ވާހަކަ ދެއްކިއެވެ. ރާސިލް އިސްޖަހާލިއެވެ. އޭނާ އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީއެވެ.
“އިޓްސް އޯކޭ… ކަމެއްނުވަންޏާ މާ ބޮޑަށް އަޅާލާނެ ކަމެއް ނެތް އިނގޭ” އިޝާން ރާސިލް ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އަދި ރޫމާ ދިމާލަށް ހިނގައިގަތެވެ. ދާނިޝް އާއި ޒީޝާގެ އިތުރުން ރާސިލް ވެސް އިޝާން ގެ ފަހަތުން ގޮސް ރޫމަށް ވަނެވެ. ދެ ނަރުސް ކުދިން އިޝާން އަށް ބަލާލުމަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ބުނެލަމުން އިޝާން އަދިވެސްއެއްފަހަރު އައިލީޝް އެގްޒަމިން ކުރުމަށްފަހު ރާސިލް އަށް ބަލާލާ ހިނިތުންވުމަކާ އެކު ބޯ ޖަހާލިއެވެ.
“އެކަމަކު ބޮޑަށް ރަނގަޅީ ހަމަ އައިލީ ހިންހަމަޖެހޭ ކަހަލަ ވާހަކަ ދެއްކުން އިނގޭ” ރާސިލް ގެ ކޮނޑުގައި ޖަހާލާފައި އިޝާން ނުކުމެގެން ދިޔައެވެ. ނަރުސް ކުދިންވެސް ދިޔައެވެ. ތިން މީހުން އެކަނިވިއެވެ.
ރާސިލް ގެއަށް ގޮސްލާ ފެންވަރައިގެން އަރާމް ކޮށްލުމުގެ ބަދަލްގައި އަންޖުމް ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އަދި އައިލީޝް އާ ވާހަކަ ދެއްކުމަށް އަންޖުމް ގާތު އެދުނެވެ. ތިން މީހުންނަށް ވެސް އަންޖުމް މަންމަ އަކަށް އެދޭވަރު އަންޖުމް ގެ ވާހަކަ ތަކުން އިނގިގެން ދިޔައެވެ.
“މަންމީ… ދެން ކޮން އިރަކުންތަ އަންނާނީ… މަންމި އަށް އެނގޭތަ. ޑެޑީ ކޮންމެވެސް ފޮތެއް ނަގައިގެން އިނދެގެން އަބަދު އަބދު ރޯނެ… އަބަދުވެސް އަންޖު ނިންދަވާފަ ޑެޑީ ދާނީ ރޯން… ހެހެ. އެކަމަކު މަންމި އަށް އެނގޭގަ… އެއްރޭ ޑެޑީ އަންޖު ނިންދަވާފަ ގޮސް ފޮތް ނެގީ… ދެން އައިސް އެނދުގަ އިށީދެގެން އިނީ… ކޮއްކޮއަށް ހޭލެވިގެން ދިޔައިރު ޑެޑީ ހެދީ އެހެން… މަންމި އަށް އެނގޭތަ ދެން ކޮއްކި ހަދޭ ގޮތެއް… ނިދާ ކަމަށް ހަދަނީ… ޑެޑީ ދިޔައިމަ ކާރޓެއިންތަށް ކުޑަކޮށް ދަމާލާފަ ބަލަން ހުރީ… ދެން މަންމި ތެދުވޭ… މަންމި ތިހެން އންނާތީ އޭނާ ޑެޑީ ވެސް ރޮނީ… ޑެޑީ ރޯތީ އަންޖު ވެސް ދެރަވޭ… މަންމި ތިހެން އޮންނާތީވެސް ދެރަވޭ” އަންޖުމް ވާހަކަ ދެއްކިލެތް ލޯބޮކަމުން ކާނ ހާމަ ކުރި ހަގީގަތުން ރާސިލް ގެ ދެލޯ ވަނީ ބޮޑުވެފައެވެ. ދާނިޝް އާއި ޒީޝާ ގެ ކުރިމަތީގައި އަންޖުމް އެހެން ބުނުމުން އޭނާ ލަދުން މަރުވާ ވަރު ވިއެވެ.
“ސާބަސް ރާސިލް” އެ ހަމަހިމޭންކަން ފޫދުއްވާލީ ދާނިޝް ގެ މަޑު ހުނުމެވެ. އެކަމުން އެއްވެސް ވަރެއްގެ ނުތަނަވަސް ކަމެއް މާހައުލަށް ލިބެން ނޭދޭތީ އޭނާ އެކަން ޖީކަކަށް ހަދާލިއެވެ.
“އާނ….އަދި ބްލަޝް ވާވަރެއް ދޯ” ޒީޗާވެސް ދިމާކޮށްލިއެވެ.
“އެންމެން އެބަ ހޭ މަންމީ… އެއީ އަންޖު އާއި މަންމި އާ ދެމެދު އޮންނަ ސީކްރެޓް އެކޭ ދޯ” އަންޖުމް ހިތުން އޭނާ އެހެން ބުނީ ނުހަނު މަޑުންނެވެ. އޭނާ ރާސިލް އަށް ބަލާލިއެވެ. ރާސިލް ވެސް ބޯ ކަހާލަމުން އަންޖުމް އަށް ބަލާލަމުން ހިނިތުން ވެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ދުއްވާއެއްޗެހި މާލޭގެ މަގުމަތީގައި މަދެކޭ ނުދެންނެވޭނެއެވެ. ހިނގާފައި އުޅޭމީހުންގެ އަތުގައި ހުރި ބާޒާރު ކޮތަޅު ތަކުގެ ސަބަބުން އެމީހުން އެދަނީ ބާޒާރުކޮށްފައި ކަން އެނގެއެވެ. ސާދަ ފަހަރަ ވިލޭރޭގަ ހަނދު އުނޑުމަތީގައި ރަސްކަން ކުރަމުން ދިޔައި ތަރިތަކުގެ އަލި ފަނޑުކުރަމުންނެވެ.
ތަރިތަށް ބެލުމުގެ ބަދަލްގައި މީހުންގެ ނަޒަރު ބޮޑަށް ދަތުރު ކުރަނީ ހަނދާ ދިމާލަށެވެ. މުސްކާން ލޯގަނޑު ކުރިމަތީހުރެ ތައްޔާރުވެލައިގެން ފަހު ފަހަރަށް ލޯގަނޑަށް ބަލާލަމުން ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި އިޒިކް ކާރުގައި އައިސް ހުއްޓެވެ. އެހެންކަމުން ހިތްއަވަސްވެފައި ވާހާލު އޭނާ ގޮސް ކާރުގެ އަނެއްފަރާތު ދޮރު ހުޅުވާލާފައި ވަނެވެ. މުސްކާން ލާފައި ހުރީ އާއްމުކޮށް އޭނާ ލާ އުޅޭފަދަ ދޫ ޓޮޕަކާ ޖީންސްއެކެވެ. ކުރި މޭކަޕް އެއް ކޮށްފައިވާއިރު އެ ރީތިކން ދެގުނަ ވެފައި ވެއެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައިގެ ސަބަބުން އިތުރުފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ.
އެތަށް ދުވަހަކަށް ފަހު އޭނާ އެހެން ރީތިވެލީ އަލަށެވެ. އެތަށް އަހަރަކަށް ފަހުއެވެ. އެތަށް ކަންތަށް ތަކެއް ތަހައްމަލް ކޮށްފައި މިހާރު އޭނާ ބޭނުންވަނީ އުވާފެރި ދިރި އުޅުމެކެވެ. އިޒިކް ގެ އެދުމަށް ދެކޮޅު ނަހަދަން ވެގެން އޭނާ އައީއެވެ. އެއީ އޭނާ އަސް ސަޕޯޓް ކުރި ހަމަ އެކަނި މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝިފާވެސް އޭނާ މޭކަޕާ ނުލާ އަޔަ ނުދިނީއެވެ. ހިސާބެއްގެ ޖެލިލުންވުމެއް މުސްކާންގެ މޫނުމަތިން ފެންނަމުން ދިޔައެވެ.
“ޔޫ ލުކް ބިއުޓިފުލް” އިޒިކް ބުނެލިއެވެ. މުސްކާން ހިނިތުންވެލިޔަސް އޭނާ ގެ އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ހިތާމަކަން އިޒިކް އަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ.
“ވަޓް ހެޕެންޑް” އިޒިކް އަހާލިއެވެ. “އައި އެމް ފީލިންގް އަންކޮންފޮރޓްބަލް” މުސްކާން ހަގީގަތް ހާމަ ކުރިއެވެ.
“ވައި” އިޒިކް އިނީ މުސްކާން އިން ނަޒަރު ވަކިކޮށްލަން އުނދަގޫ ވެފައެވެ. އޭނާ އެއްބުމަ ހިއްލާލަމުން އަހާލިއެވެ.
“އައި ޑޯނޯ… އޯލް ދިން… މޭކް އަޕް… އެންޑް އޯލް… މިހާ ދުވަސްފަހުން އެހެންވީމަ…” މުސްކާން އަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ. އޭނާ ވެސް އިޒިކް އާ ނަޒަރު ވަކިކޮށްލާކަށް ނޫޅުނެވެ.
“ކޮންފޮރޓަބަލް ނުވަންޏާ ތިހުރިހާ ކަމެއް ނުކުރިޔަސް އޯކޭ އޭ… ހަމަ ގައިމުވެސް ފޯ މީ ޔޫ އާރ ބިއުޓިފުލް ދަ ވޭ ޔޫ އާރ… އެކަމަކު މިރެ ހަމަ ސްޕެޝަލް ކަމުން ބުނެވުނީ” އިޒިކް ބުނެލިއެވެ. އެއާއެކު މުސްކާން އެއްވެސް ކަމެއް ނޫނޭ ބުނެލިއެވެ. އިޒިކް އަށް ޓަކާ އެޓްލީސްޓް އޭނާ އަށް އަށް އެވަރު ކަމެއް ކޮށްލެވިދާނެއެވެ.
މުސްކާން ގެ ތުންފަތަށް ހިނިތުންވުމެއްވެރިވެގެން ދިޔައީ އިޒިކް އޭނާ އާ މެދު ވިސްނާ ވަރު ހިތަށް އެރުމުންނެވެ. ހަމަގައިމުވެސް އިޒިކް އަކީ އެހެން ހުރިހާ އެންމެނާ ތަފާތު ޒުވާނެކެވެ. އިޒިކް އެދަނީ އޭނާގެ ކޮންމެ އަމަލަކުންވެސް އެކަން ސާބިރޔ ކޮށްދެމުންނެވެ.
“ކިހިނެތްވީ ކުއްލިއަކަށް ހިނިއައީ” މުސްކާން ގެ ކޮންމެ އާދައަކަށް ސަމާލް ކަން ދީގެން އިން އިޒިކް އަށް މުސްކާން ގެ އަމަލު ވެސް ފާހަގަ ކުރެވުނެވެ. އޭނާ ސުވާލުކޮށްލިއެވެ. އެއާއެކު މުސްކާން ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
އިޒިކް ވެސް ހިނިތުންވެލާ މުސްކާން އިން ނަޒަރު ވަކިކޮށްލާ ކާރު ސްޓާރތް ކޮށް ދުއްވާލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން އާދަޔާ ހިލާފު ހިންހަމަޖެހުމެއް ރަމްޒު ކޮށްދެމުން ދިޔައެވެ.
އިޒިކް ކާރު ހުއްޓާލީ މޭލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ ދި ބެސްޓް ޗޮއިޒް ކުރިމަށްޗަށެވެ. މިހާ ބޮޑު ތަނަކަށް އައުމުން މުސްކާން ގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައެވެ. އޭނާ އިޒިކް އަށް ބަލާލިއެވެ. އަދި މިތަނަށް އައި ކީއްވެހޭ އަހާލިއެވެ.
“ބޭ ޕޭޝެންޓް މައި ގާރލް” އިޒިކް ބުނެލިއެވެ. އެއާއެކު މުސްކާން ބޯ ޖަހާލިއެވެ. އެހެންނަމަވެސް ދެންމެ އިޒިކް “މައި ގާރލް އޭ ބުނެލިގޮތުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ހިނިތުންވެލިއެވެ. އިޒިކް ގެ ފަހަތުން މުސްކާން ފެސްޓޯރެންޓް ތެރެއަށްވަނެވެ. އެތަނުން ފެނުނު މީހާގެ އިޝާރާތާއެކު އިޒިކް މިސްރާބުޖެހީ ވިއައިޕީ ރޫމުން ރޫމަކާ ދިމާލަށެވެ. ދޮރާ ހިސާބުން އޭނާ މުސްކާން ގެ ލޮލުގައި އަތް އެޅިއެވެ. އަދި ލޯ މަރާލުމަށްބުނެލިއެވެ. އިޒިކް ކުރަން އުޅޭ ކަމެއް ނޭނގި ހުރި މުސްކާން ގެ ހިތް އާދަޔާ ހިލާފު ބާރު މިނުގައި ތެޅެމުން ދިޔައެވެ.
އޭނާ ވާހަކަ ދައްކަން އަނގަ ހުޅުވާލިކަމުގައިވެސް އަޑެއް ނުނުކުތެވެ. “ޝްޝްޝް…” އިޒިކް މުސްކާން ގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ނޭނގޭ ސަބަބަކާ ހުރެ މުސްކާން އަށް އިޒިކް އާ އެހާ ގާތުގައި ހުންނަން ވުމުން ވެސް ބިރވެރިކަމެއް ހިތަށް ނުވަދުނެވެ. އެކަމާ އޭނާ ކުޑަކޮށް ހައިރާންވެސް ވިއެވެ. މީގެކުރިން ފިރިހެނަކު އެގޮތަށް ގާތް ވާނަމަ އޭނާ އަށް ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިއެވެ. އޭނާ އަށް އިޒިކް ހާއްސަވާ އެއްސަބަބަކީ އެއީއެވެ. އޭނާ އަށް ރައްކާތެރިކަން އިހްސާސްވާތިއެވެ. އެހެން އެންމެންނާ އިޒިކް ތަފާތުވާ ސަބަބަކީއެއީއެވެ.
އިޒިކްގެ އެދުމަށް މުސްކާން އެ ގޮތަށް ކަންތަށް ކުރިއެވެ. އިޒިކް ގެ އެހީއާއެކު އޭނާ އެތެރެއަށް ވަނެވެ. “ނައު އޯޕެން ޔޯ އައިސް” އިޒިކް މަޑުމަޑުން މިފަހަރުވެސް މުސްކާން ގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއާއެކު މުސްކާން ލޯ ހުޅުވާލިއެވެ. ކުރިމަތިން ފެނިގެން ދިޔަ މަންޒަރުން އޭނާގެ ބަސް ހުއްޓިގެން ދިޔައެވެ. ދެލޯ ބޮޑުކޮށް އަނގަވެސް ކުޑަ ކޮށް ހުޅުވުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލީ އިޒިކް އަތް ޖައްސާލުމުންނެވެ. މި އޮތް ހުރިހާ އިރު ނޭވާވެސް ނުލާ ހުރެވުނުކަން ހަނދާންވީ ދެނެވެ.
“ޔޫ އާރ ސްޕްޝަލް ދަ ވޭ ޔޫ އާރ…. ވިލް ޔޫ މެރީ މީ” ކުރިމަތީގައި ހުރި ފާރުގައި އެހެން ރީއްޗަށް ލިޔެފައި ވާއިރު ވަށައިގެން ބަލާލުމާއެކު އެތަން ޒީނަތް ތެރިކޮށްފައިވާ ވަރުވެސް އޭނާ އަށް ފެނުނެވެ. އެހެންނަމަވެސް އެވަގުތު އޭނާ އަށް އާދަޔާ ހިލާފު އަސަރުތަކެއް ކުރިއެވެ. ޒަވާޖީ ހަޔާތަކަށް އޭނާ ރެޑީތޯ ސިކުނޑިއާ ހިތާ ދެމެދު ހަނގުރާމައެއް ކުރެވެން ފެށުނެވެ. ހިތް އެދެނީ އިޒިކް ގެ ބުނުމަށް އާބަސް ދޭށެވެ. އެހެންނަމަވެސް ސިކުނޑި ބުނަނީ އަދި މަޑޫ ކުރުމަށެވެ.
ހަދާނޭ ގޮތެއް ނޭގި މުސްކާން އަށް ހުރެވުނެވެ. “ވަޓް ހެޕެންޑް”އިޒިކް ކުޑަ ކޮށް ހާސްވިއެވެ. އޭނާ އަށް ހީވީ މާ އަވަސް އަރުވާލެވުނީ ހެންނެވެ. މުސްކާން ގެ ފަރާތުން އަދިވެސް އޭނާ އަށް ޖަވާބެއް ނުލިބެއެވެ. އޭނާ މި ފިޔަވަޅު މި ނެގީ ނުހަނު ވިސްނާފައެވެ. މީގެ ދެދުވަހެއް ވަރު ކުރިން މުސްކާން ވަނީ އިޒިކް އާ ގަޔާވާ ވާހަކަ ޝިފާ ގާތުވެސް ބުނެފައެވެ. އެ ވާހަކަ ޝިފާ ވަނީ އޭނާ އާ ހިއްސާވެސް ކޮށްފައެވެ.
“އަހަރެން…” މުސްކާން އަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އަހަރެންނަށް މާ އަވަސް އަރުވާލެވުނީ ދޯ” އިޒިކް މާ ޔޫސްވިއެވެ. އޭނާ އަށް މުސްކާން ގެ އިހްސާސްތަކާ މެދު ނުވިސްނުނީ ކަމުގައި ހީކުރެވުނިއެވެ. އޭނާ ނިންމީ އެރޭ މުސްކާން އާއި އޭނާ އާދެމެދު ވީ އެކުވެރިކަން ނިމުނަސް އަދިވެސް އެ ލޯބި ހޯދުމަށް އަޒުމް ކަނޑައަޅާށެވެ.
“އިޒިކް… އައި… އައި… އަހަރެން… އައި… ވަރަށް އުނދަގޫ.. އެކަމަކު… އަހަރެންނަކީ އިޒިކް އަށް އެނގެއެއްނު އޭނާ ވެސް އަހަރެން ދޫކޮށްލީ އަހަރެން…” މުސްކާން ގެ ލޮލަށް ވަގުތުން ކަރުނަތަށް ޖަމާވިއެވެ. އޭނާ ފަދަ އަންހެން ކުއްޖަކަށް ޒަވާޖީ ހަޔާތެއް ފެށުމަކީ ވާނޭ ކަމެއް ނޫންކަން އޭނާ އަށް ސިކުނޑި ވިސްނައިދިނީއެވެ.
“ޝްޝްޝް” އިޒިކް ބުނެލަމުން މުސްކާން އެ އަތުގެ ތެރެއަށް ގެނައެވެ.
“އިޓްސް އޯކޭ ބޭބީ… އިޓްސް އޯކޭ…. އަހަރެންނަށް ހުރިހާ ކަމެއް އެނގިގެނޭ މި އެހީ މުސްކާން ގާތު… އެކަމާ މުސްކާން އަމިއްލައަށް ބްލޭމް ކުރާނެކަމެއް ނެތޭ… އެއީ އެމީހުންގެ މައްސަލައެއް… އަދި ޖެހޭނެ އެއްނު ކޯޓަށް ވެސް ދާން….ސޯ އެކަމާ ހާސްނުވޭ…ތީ ބޭކާރު މީހެއްނޫން… ހަމަގައިމުވެސް އަހަރެން ނަށް މުސްކާން އަކީ ވަރަށް މުހިންމު މީހެއް… ވަރަށް ލޯބިވޭ… ވަރަށް ވަރަށް ވަރަށް…. ބޮޑަށް… މުސްކާން އަށް އަހަރެން މާ އަވަސް އަރުވާ ލަނީ ކަމަށް ފީލް ވަންޏާ އަހަރެން މަޑުވެސް ކޮށްފާނަން… ނޭނގެ ކީއްވެކަމެއް ބޭނުންވަނީ ވީހާވެސް އަވަހަށް މުސްކާން އަސށް އަހރެންގެ ހިމާޔަތާ ރައްކާތެރިކަމާ ލޯބބިދޭން”އިޒިކް ބުނެލިއެވެ.
މުސްކާން ގެ ރުއިން ގަދަވެގެން ދިޔައެވެ. މަޑުމަޑުން ގިސްލެވެން ފެށިއެވެ. އޭނާ ފުންކޮށް ދެތިން ނޭވާ ލިއެވެ. އެހެންނަމަވެސް އިޒިކް އާ ދުރުވާކަށް ނޭދެއެވެ. ފުރަތަމަ ފަހަރަށް އޭނާ އަކީވެސް ބޭނުންތެރި އަންހެން ކުއްޖެއް ގޮތަށް ސިފަވިއެވެ. އުފަލާ އަރާމް ހައްގު ކަމަށް ގަބޫލް ކުރެވުނެވެ. ރުއިމުގެ ތެރޭންވެސް އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ޝިފާ އެވަރުން ކީމަ މޭކަޕް ކޮށްގެން ވެސް ތި ހަޑި ކުރަނީ މޭކަޕް” އިޒިކް ބުނެލިއެވެ. އޭނާ މުސްކާން ގަޔާ ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ. “އިޒިކް އަހަރެންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް… އެކަމަކު”
“އެކަމަކު އެއްނޫނޭ ބޭބީ… ދެމީހުންގެ ދެމެދުގަ ހުންނަ ފަރަގުގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުންމެއްނޫން… މާތް ﷲ ދުނިޔޭގައި އިންސާނުން ހައްދާވާ އެއްބަޔަކީ މުއްސަނދިން އަދި އަނެއްބަޔަކީ ނިކަމެތިންނާ ފަގީރުން ކަމުގައި ލައްވަވަނީ އިމްތީހާނަކަށްޓަކާ… އަހަރެންގެ ބޮޑު މުދާގަނޑެއް ހުއްޓެކޭ ކިޔާފަ އަހަރެން އެކަމަކާ ބޮޑައެއް ނުވަން…” އިޒިކް މުސްކާން ގެ ވާހަކަ ހުއްޓުވާ ބުނެލިއެވެ. މުސްކާން އަށް ހިނިތުންވެވުނެވެ.
އިޒިކް ގެ ހުރި ހިތް ތިރިކަމާއެކު ރަނގަޅުކަން އޭނާ އަަށް ފެނިގެން ދިޔައެވެ. އަދި ކުރިއަށް އޮތް ތާ އެފަދަ ކިތަންމެ ރީތި ސިފައެއް ފެންނާނޭކަން ޔަގީނެވެ.
“ދެން ޖަވާބެއް ދީބަ ބޭބީ” އިޒިކް މުސްކާން އަށް ބަލާލަމުން ބުނެލިއެވެ. އޭނާ އަށް ޖީބުން އަނގޮޓި ނަގާ މުސްކާން އަށް ދައްކާލިއެވެ. އަދި ވިލް ޔޫ މެރީ މީ އޭ ބުނެލިއެވެ. މުސްކާން ކުޑަކޮށް ހައިރާން ކަމާއެކީ ބަލަން ހުއްޓެވެ.
“އައި ޑޯނޯ އިނގޭރޮމޭންޓިކް ވާކަށް މާ ބޮޑަށް… މިކަހަލަ ގޮތަށް… މީވެސް ޝިފާގެ ކަންތަށް ހެހެ” އިޒިކް ބުނެލިއެވެ. އޭނާ ބޯ ކަހާލިއެވެ.
“އާ އެހެންޏަ އެހެންމީހުން ޕްރޮޕޯސް ކުރަނީ އެއްފަޔަށް އިށީނދެ… ޑޯންޓް ވޮރީ އައި ވިލް ޓީޗް ޔޫ” މުސްކާން އށް އަރައިގަތް ފޯރޯގައި ބުނެވުނެވެ. އެއާއެކު ދެވަނަ ސިކުންތުގައި ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރާލީ ބުނެވުނު އެތީގެ ސަބަބުންނެވެ. އިޒިކް ހުރީ ހެވިފައެވެ. މުސްކާން ގެ ނުފެންނަ ސިފައެއް އޭނާގެ ކުރިމަތީގައި ނިއުޅެމުން ދާތިއެވެ.
“ޔެސް ޔެސް” މުސްކާން އިސްޖައިގެން ހުރެ ޖަވާބު ިއްވާލިއެވެ.
“އަމްމމމ” އިޒިކް އަޑެއް ލައްވާލީ މުސްކާން ބުނި އެތީގެ މާނަ ނޭނގުމުންނެވެ. “މުބުނީ ޔެސް އޭ ޖަވާބަކީ” މުސްކާން ލަދުން ހުރެ ބުނެލިއެވެ. އޭރުވެސް އޭނާ ހުރީ އިސްޖަހައިގަނެގެންނެވެ. އިޒިކް މަޑުމަޑުން މުސްކާންގެ ދަތް ދޮޅީގައި ހިފާ އިސް އުފުލުވާލިއެވެ. އަދި ބުނެލިއެވެ. “އައި ލަވް ޔޫ މުސްކާން”
“އައި ލަވް ޔޫ ޓޫ” މުސްކާން ވެސް ޖަވާބުގައި ބުނެލިއެވެ.
އިޒިކް މުސްކާން އާ އެކު ކެއުން ވެސް ނިންމާލުމަށްފަހު އަނބުރާ ގެއަށް ލާން ދިޔައިރުވެސް އިރު އިރު ކޮޅަކާ މުސްކާން އަށް ނަޒަރު ހުއްޓެމުން ދިޔައެވެ. އެކަމާ ހުރެ މުސްކާން ގެ ކޯތާފަތަށް އަރާ ޖަންބުކުލައިގެ ސަބަބުން އެ ސިފަ އިޒިކް އަށް މާ ބޮޑަށް ކަމުދަނީއެވެ. މުސްކާން ގެއަށް ލާފައި އިޒިކް ވެސް ދިޔައިއެވެ.
ޖެހިގެން އައިލީ ހޮނިހިރު ދުވަސް ކަމުން މިއަދު ދާނިޝް އާއި ޒީޝާ އާއި ދެމީހުން ގަސްތުކުރީ ހޮސްޕިޓަލަށް ދާށެވެ. ޑޮކްޓަރަށް ދައްކާށެވެ. ޑޮކްޓަރަށް ދައްކާފައި ހެދި ޓެސްޓް ތަކުގެ ނަތީޖާ ލިބުމާއެކު ނަތީޖާވެސް ބަލާލުމެއްނެތި އެ ދެމީހުން އަނެއްކާ ޑޮކްޓަރު ގާތަށް ދިޔައެވެ.
ދެމީހުން ވެސް އިށީނެވެ.
“ރިޕޯޓް” ޑޮކްޓަރު ރިޕޯޓް ތަކުގެ ވާހަކަ އެކުމާއެކު އެ ދެމީހުން އަވަސް އަވަހަށް ރިޕޯޓް ތަށް ވެސް ޑޮކްތަރަށް ދިނެވެ.
“އައި އެމް ސޮރީ… ނެގެޓިވް” ޑޮކްޓަރު ވަރަށް ފަރުވާތެރިކަމާއެކ ރިޕޯޓް ތަށް ބަލާ ނިންމާލުމަށްފަހު ބުނެލިއެވެ. އެއާއެކު އެ ހުރިހާއިރު އާދޔާ ހިލާފަށް ތެޅެމުން އުފަލުގެ ރާޅުބާނީތަށް ދައުރުވަމުން ދިޔަ ދެހިތުގެ ހިނގުންވެސް މަޑު ޖެހިގެން ދިޔައެވެ.
“އެކަމަކު އަޅުގަނޑު ހޮޑުލަވާ ތާ ވެސް ހަފްތާއެއްވެއްޖެ… ދުވަސް ވެސް…” ޒީޝާ ބުނެލިއެވެ. އެކަމަކު ވެފައި ހުރި ދެރައިން އޭނާ އަށް ނުބުނެވުނީއެވެ. އިސްޖެހުނު ޒީޝާ ގެ އަތުގައި ދާނިޝް ހިފައްޓާލިއެވެ. އަދި އެއަތަށް ފިތާލިއެވެ.
“ބައެއްފަހަރު ސްޓްރެސްގެ ސަބަބުންވެސް ވެދާނެ… ސްޓްރެސް ފްރީ ލަފެއް އަސްލު އުޅެން ވާނީ އަދި ބޭބީ އަކަށް ޓްރައި ކުރާއިރު” ޑޮކްޓަރު ބުނެލިއެވެ. ދެމީހުން ނުކުމެގެން ދިޔައީ މާޔުސް ކަމާއެކުގައެވެ.
“އައިލީ… އިނގޭތަ… އަންޖު ވަރަށް ލޯބިވޭ އައިލީދެކެ… ކުލެމުން ވެސް ކިޔާނެ މަންމި އައިމަ މަންމި އާ އެކި ކުޅޭނީ… ނިދާއިރު މަންމި ވެސް ޑެޑީ ކިޔާ ދޭ ގޮތަށް ވާހަކަ ކިޔާދޭނެހޭ… އައިލީ ތެދުވެބަލަ…. އައިލީ އަށް ނުކޯށްދެވޭ ކަންތަށް ކުރާކަށް އަހަރެން ނުބުނާނަމޭ… ދެން ތެދުވޭ ޕްލީޒް….” ރާސިލް ވާހަކަ ފެށީ އުފާވެރކޮށް ވިޔސް ނިމުނުއިރު ހިތާމަވެރިކަމަށް ބަދަލްވެ ނިމުނީއެވެ. ޑޮކްޓަރު ދެރަވާފަދަ ވާހަކަ ތައް އައިލީޝް ގާތު ނުބުނުމަށ ބުނިކަމުގައި ވިނަމަވެސް އޭނާ އަށް މިހާރަކަށް އައިސް އަބަދުވެސް އެކަހަކަ ވާހަކަ އެގޮތށް ދެއްކެނިއެވެ. ކެތް ކިރަން ތަދިވާވަރުންނެވެ.
ރާސިލް އައިލީޝް ގާތު އިނދެފައި ޑޮކްޓަރު އިޝާން ބުނެގެން ބައްދަލު ކުރަން ވެގެން ދިޔައެވެ. ވާހަކަ ތއް ދައްކާފައި ރާސިލް އައިސް ރޫމަށް ވަތް އިރު އޭނާއަށް ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ދިމާލަށް ނުހަނު ބާރު ފިޔަވަޅި ތަކުގައި މިސްކާބުޖެހިއެވެ. އޭނާ އަށް ފެނުނީ ދެލޯ ބޮޑު ކޮށްގެން އޮތް އައިލީޝްއެވެ.
(ނުނިމޭ)
34 Comments
Comments are closed.
yes
finally
hama mi vaahakaige inthizaar ga in dha thi up kohdhinee
vv reethi mi part ves
when next part
thankyou dear. haadha avahah kiyaa nimaali. hehe. vvv ufaavey ingey thidhey support ah, and yh ur first. himi ekm sorry ingey. much loves. congrats dear. 🙂
Assalaam Alaikum. first of all vvvvvvvvvvvvvv sorry las v kamahtakaa. ehen v ma maafah edhumuge gothun over 4000 words ge dhigupart eh mi up kohla dhini. kuree part last comment ga himi buneladheefa innaane as v sababuves. miadhu anehkaa bixi day akah vumaeku liyefa in gothah proof read ves nukohlaa mi up kohlan jehuni. geyna beyrah dhaan jeheythy. hehe. hurihaa kudhinge haal kihinehtha? kuree part ge comment thah ves himi kiyaalin ingey. reply kohleveyni time eh velima. In Sha Allah. mi furusathga himi ah support kuraa hurihaa kudhinnah ufalaa eku hithuge fun minun shukuru dhaannavan. hamagaimuves thi fadha lobuvethi kiyun therin nuthibeynenama mi libey hiyy vareh nulibeyne. himi ah support kuru hurihaa kudhinnah vvv odah thankyou. kurin ves buneli fadhain net massala jehigen hama migothah mi dhimaavi. hope u will all forgive me. and mi part himi ge enmehaa lobivethi supporters ah haassa kohlan.
Alhamdhulillah! so happy.
Jazakallah Khairan. 🙂
Yeyyy finally up vee dho. Thanks a lot himi ❤️ adhi vaahaka kiyaaves nulaa cmnt mi kohlly. Hehe adhi kiyaalaafa kohllaanan.
and iam first dho
Masha Allah vvvvvvvvv reethi mi part ves…….waiting for next part?????❤❤??
Alheyy…mishy 1st thr???????????????.mi prt vrh vrh reethi.. ???????????..masha allah… vrh vrh obi..???????????.. mishy ham dhnme himi ah mi mail eh khly stry up nuvrthy… hahah..???????whn nxt? Curiously waitinn…❤❤❤❤❤❤❤❤❤❤❤❤??????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
Masha allah varah reethi miadhuge part ves ❤️ can’t wait for the next part. Keep it up dear ❤️❤️❤️❤️❤️❤️
Vrh reethi……when next part????⚘⚘⚘⚘keep it up
Alhey v v v reethi.
V beynun aneh part kiyaalan
Wow varan reethi
vrh vrh vrh reethi mi part ves.. maa sha allah.. good job dear. and keep it up.. 🙂
im so happy… finally up vejje… thanks Hi Mi..
vvvvvvvvvvvvv reethi… Hi Mi ur the best seriously.. keep the good work
dhen in part avas please :'(
alhey… vvv loabi mi part vx.. ummeedhukuran vv avahah aneh part kiyaalan libeyne kamah… <3
alhey finally those bustard got arrested dhw. i love this part but lots of mistakes here. still so happy. finally aili wake v ey dhw. and muskan and izik ves so cute. anju ulhe goiy loabi kan hehe rasil ves bust kohllaifi eh nu. varah reethi waiting for the next part
wow vvv reeethi …alhey so cute ..finally muskaan n izik gulhuny dhw vvv reethi e bai..dhen anju is so cute ..aili dhen thedhuvebaa ,,,raaasil n anju ahtakaa namaves..>3>3mi part vv hourt touching….
V touchin.. fen kalhi velaafa dhiyaee.. keep it up himi???
Haadha reehchay mi partves. Next part avahah up kohdhehchay inge himi.
Wow bunane ehcheh ves neygifa Any mihury much love ❤???
Alhey thanks himy.. vrh happy vehje dhigukoh genesdhinyma.. adhi nukiyaalan but im sure its gonna be amazing.. loves ???
Wow wow wow wow wow hi mi dhoonyaa.. Mibai rythikamun hama bunaane ehchehves neyngey… Haadhahaavaa furihamey… Ekam typing ga mistake eba ulhey dhw… Dhen annabaiga ethanthan rangalhu kohlahchey… Eyrah story ah ithuru furihama kameh libigen dhaane… V v v v v v v ves furihamaey buneveyny… Luv n miss u…??❤???❤???❤?
Mee shann igey
Wowww ???❤️❤️❤️… SUPERB ?????… Mi part vx v v v v reethi ingey Hi Mi ❤️❤️❤️???????????????… V v v reethi ❤️❤️❤️???… Finally maaniu menn arrest kury dhw… So happy for that ???… Haadha inthizaaru kohfymey emyhun arrest kuraane dhuvahakah ???… N muskaan n izik vx gulhuny dhw… V salhi ingey ❤️❤️❤️??????… Anjoo vx haadha cute ey dhw ???❤️❤️❤️???… Raasil ge vaahaka bust kohli bai v majaa… Hehe… Hama sifavegen dhiya e manzaruthah ???… N ailee vx dhw ???❤️❤️❤️. Mifaharu kihineh vaane baa?? V curious vehje next part kiyaalan ?????????… Ailee ragalhu vaane irakah haadha inthizaaru kuramey ❤️❤️❤️.. Pinky ah heevany ehenveema heylevey iru vaahaka nudhehkunas treat kohgen ailee ah vaahaka dhehkeyne henn ???… Sad dhw zee ge report negative v ma ???… Hi Mi thankyou so much ehaa bxy koh ulhemunvx mihaa long part eh genesdhinyma ❤️❤️❤️??????????????????… Keep it up ???… U have the talent n u can do it ❤️❤️❤️???… Ur a great writer hama ?????… Time vaavarakun story aaigen kuriah dhey ???❤️❤️❤️… Pinky is always with Hi Mi In Sha Allah ❤️❤️❤️??????????????????… I know Hi Mi ah bodu kameh dhimaavegen noony or problem eh dhimaavegen noony story nugenes nuhunnaane kann ❤️❤️❤️??????… Hi Mi akee abadhuvx bunaa dhuvahah story up kohdhy readers aa nulaahiku gulhey v v v v best writer ey gothuga pinky faahaga kurany ❤️❤️❤️??????????????????… Keep working like that Hi Mi ❤️❤️❤️???… Lots of love and take care my favourite Hi Mi ??????❤️❤️❤️… Hi Mi is the best ❤️❤️❤️???????????????…
Hi Mi dhooni varah reethi mi part ves…. ??thanks luv n miss u waiting for next part…❤❤❤????keep it up
Yeyyyy finally up v yw???????????himi dhooni vvvvvvvvvvv???????????????vejje himi dhooni xaan vvvvvvvvvv mis vi himi mathin vvvvvvvvvvv inthixaar kurin story ah uo veema ufalun gos neyge v gothehves???????wowwowowowowooooow hadha reechey hadha furihamayey mi partves Masha Allah??????❤❤❤❤❤???????❤polihun emeehun gen dhiya e dhw v gatuvegen ulhunu dhw eh maaniu kiyaameehaa haadha rulhi aadheyey eh thin meehun dheke???himi dhooni aily heylany dhw so happi??raasil vv happi vaane ekamaku vv dheravejje xee badu bodu noonkan engunyma??ehenves vaanedhw ekamakuves story vvvvv reethi ingey???????ixik aa muskaange part vvvvvvvvv reethi????❤waiting next part himi dhooni thankolheh avas kohlahchey ingey dhen onna pary vvvvvvv reethi vaane aily heylany eh nun keh madhuvaane?vvvvv bodukoh misvi himi dhooni mathin❤❤❤❤❤❤❤❤
wow….interesting..ekam aylish awahah dhen wake up kohbba..anehkka aylish ah wahaka wes dhehken fashaafaaane dhw..:o
BEAUTIFUL
Vaahaka salhi ekamu ailee ge mamma dheke rulhi annanany keeve
Amazing..I am speech less. ..just wow.. Keep it up..ekamu adhi neynge aily keeve kameh daily he mamma dheke rulhi annany
Hi mi next part up àne kon erakun……varan kiyaa hunvey
Assalaam alaikum. Mirey up vaane. In Sha Allah.
Mi vaahakaa ge hurihaa part thakeh nueh feney