Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 12

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 31, 2018 5 Mins Read
30 Comments

މެންދުރު ކައި ނިމުމުން ތިން ކުދިންވެސް ކޮޓަރިއަށް ވަނެވެ. ވެފާހުރި ވަރުބަލިން ތިން ކުދިންވެސް ކުޑަކޮށް އަރާމުކޮށްލަން ޖައްސާލިއެވެ. އިރުކޮޅެއް ވީތަނާ ބަންގި ގޮވާ އަޑުއިވުމުން ކަންނެއްކަމާއެކުވެސް ތެދުވިއެވެ. ތިން ކުދިންވެސް އުޅެމުން ދިޔައީ އެއް ކޮޓަރީގައި ކަމުން ފަހަަރަކު ކުއްޖަކު ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނިކުތެވެ. އަދި އަޞްރު ނަމާދުކޮށްލިއެވެ. ނަމާދު ކޮށްގެން ތިން ކުދިންވެސް ލެޕްޓޮޕުން ކޮރެއަން ސީރީޒްއެއް ބަލަން އެނދުގައި ޖައްސާލިއެވެ. މާދަމާ އަކީ ހުކުރު ދުވަހަށް ވެފައި މިއަދު މާ ބޮޑަށް ވަރުބަލިވެފައި ހުރުމުން އެމީހުން ބޭރަށްދާ ހިޔާލު ނުކުރީއެވެ. މާދަމާ ހަވީރު ހިނގާލަން ދާން ހަމަޖެއްސުމަށްފަހު ސީރީޒް ބެލުުމައިގެން ކުރިއަށް ދިޔައެވެ.                                                 ކޮޓަރިއަށް ވަތް ޔޫހާން ހުރީ ކަންތައް ބޮޑުވެފައެވެ. މިވީ ގޮތުން މަންމަ އާއި ދޮންބެގެ އިތުރުން ދޮންބެދައްތަގެ ދިމާކުރުންތައް އޭނައަށް ކުރިމަތިވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މޫނު މަތީގައި އަތް ހިންގާލުމަށްފަހު ކަރުގައި އަޅާފައި އޮތް ޓައި ބާލައި ފާޚާނާއަށް ވަދެ ފްރެޝްވެލައިގެން ތިރިއަށް ކާން ފޭބިއެވެ. އޭރު އޭނަގެ މަންމަ އާއި ދޮންބެގެ އިތުރުން ދޮންބެދައްތަ ކާމޭޒު ކައިރީ އޭނަގެ އިންތިޒާރުގައި ތިއްބެވެ. ޔޫމިން އޭނަ ގެންގުޅޭ ޑޯލް ހިފައިގެން ސިޓިންރޫމުގެ ސޯފާއެއްގައި އިނެވެ. ޔޫހާން އައިސް އިށީނުމުން އޭނަގެ މަންމަ އަފީފާ ތަށިތައް ކައިރިކޮށްދީ ހަދަން ފެށިއެވެ. އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ” ސޯ ޔޫން… މިންކޮ އެބުނީ ތެދު ވާހަކައެއްތަ؟ މިބުނީ މިންކޮގެ އައިލީ އާންޓީ ވާހަކަ ” އެންމެ ފުރަތަމަ ކާއެތިކޮޅު އަނގައަށް ލީތަނާ މީޝާ ސުވާލުކުރިއެވެ. ކާ ތައްޓަށް ނަޒަރު ހުއްޓާލައިގެން އިން ޔޫހާންއަށް ދެން ތިބި ތިން މީހުންގެ ދެމެދު ބަދަލުކުރެވެމުން ދިޔަ ނަޒަރުތައް ފާހަގައެއްނުވެއެވެ. ” ދޮންބެދައްތަ ވެސް ދޯ… މިންކޮ ބުނެފާނެއެއްނު ކޮންްމެ އެއްޗެއްވެސް… ހެހެހެ… ” ހާސްކަން ކަޑުވާލުމުގެ ގޮތުން ހެމުން ހެމުން ޔޫހާން ބުންޏެވެ. ” މިންކޮ އެހެން ބުނާނީވެސް ކޮންމެވެސް ކަމެއް ވީމަ ދޯ… ދެން ދަރިފުޅުގެ މޫނުމަތީގެ ކުލަވަރުތައް އެބަ ހެކިދޭ މިންކޮ އެބުނީ ތެދެއްކަން… ހެހެހެ… ” ހެމުން ހެމުން އަފީފާ ބުންޏެވެ. ” ދަންނަ ކުއްޖެއް އެއީ… ލިޝާންގެ ރަށު ކުއްޖެއް އެއީ… ޗުއްޓީގަ އެރަށުގަ ހުރި އިރު އައިލީން އާ ދިމާވި… ” ދެން ސަލާމަތް ނުވާނެތީ އެންމެ ފަހުން ޔޫހާން ބުންޏެވެ. ” ދެން ހަމައެކަނި އެރަށުން ފެނުނުކަންތަ؟ މިބުނީ އެއަށްވުރެ ކުލޯޒް… ” ޔުމާން އެ ހިސާބަށް ބުނިތަނާ ޔޫހާން އޭނައާ ދިމައަށް ބަލާލުމަށްފަހު ދެ ބުމަ ގޮށް ޖަހާލިއެވެ. ” ދޮންބޭ… ހަމަ އަންހެން ކުއްޖެއްގެ ނަން ބުނާ އިރާށް މި ދޮންބެ ހުންނާނީ ދިމާކުރަން އެއްޗެއް ބުނެލާނެ ފުރުސަތެއް ލިބޭތޯ ބަލަބަލަ… ” ޔުމާން އާ ދިމާލަށް ބަލާލަމުން ޔޫހާން ބުނެލިއެވެ. ”ހޫން ދެން ތިވާހަކަ މިވަގުތައް ހުއްޓާލަމާ ދޯ.. ކެއުމައިގެން ކުރިއަށްދޭ އަވަހަށް… ” ހިނިތުންވެލަމުން އަފީފާ އެހެން ބުނުމުން އެންމެންވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. ޔުމާން ޔޫހާންއަށް ލާނެތް ހިނިތުންވުމެއް ރައްދުކޮށްލިއެެވެ. ޔޫހާން ބަަލައިިލާފަވެސް އަޅައެއް ނުލިއެވެ. ކައި ނިމުމުން ޔޫހާން އޭނަގެ ކޮޓަރިއަށް ދިޔައެވެ. އޭރު ދިޔައީ އަޞްރު ނަމާދުގެ ބަންގި ގޮވަމުންނެވެ. އޭނާ ގޮސް ނަމާދަށް ތާން ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. އޭރު ޔުމާން އާއެކު ޔުމާހުވެސް ނަމާދަށް ދާން ގެއިން ނިކުންނަނީއެވެ. އޭނަވެސް އަވަސް އަވަހަށް އެމީހުނާ އެއްހަމަކޮށް މިސްކިތައް މިސްރާބު ޖެހިއެވެ.                                                 މިސްކިތުން ފޭބުމަށްފަހު ޔޫހާން އޭނަގެ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. ” ހަލޯ… ފާން… ކޮފީއަކުން ދިމާވަމާ… އެބެއް ވާހަކައެއް ދައްކާލަން ވެފަ… ” ޔޫހާން އެހެން ބުނުމުން އިފާންވެސް ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން އެބެެއް ބުންޏެވެ. ޔޫހާން އިފާން ގާތު އަންނަންވީ ރެސްޓޯރެންޓްގެ ނަން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި ޔައިޝްއަށްވެސް ގުޅާ އައުމަށް ބުންޏެވެ. ޔޫހާން ގޮސް އިރުކޮޅެއް ވީތަނާ ޔައިޝް އާއި އިފާންވެސް އައެވެ. ވެއިޓާ އައުމުން ތިން މީހުންވެސް ކޮފީއަކަށް އޯޑާދިނެވެ. ” އައި ސޯ ހާ ގާއިސް… ” ހިނިތުންވެލަމުން ޔޫހާާން ބުންޏެވެ. ” ހޫ؟؟ ” ޔޫހާން އެހެން ބުނުމުން ޔައިޝް ބުންޏެވެ. ” ލެޓް މީ ގެސް… ހުމްމްމް.. އައިލީ ދޯ… ” އިފާން އެހެން ބުނުމުން ޔޫހާން ބޯ ޖަހާލިއެވެ. އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ވެއިޓަރު ކޮފީ ގެނައެވެ. ” އޭ… އެހެންވީމަ މިއަދު މަށަށްވެސް ޝައު ފެނުނު… ” ޔައިޝް ވެއިޓަރު ދިޔުމާއެކު ބުންޏެވެ. ” މަށަށްވެސް ރިފޫ ފެނުން… އައިލީ އާއެކު ހުރީ… ” އިފާން ބުނެލިއެވެ. ” ސޯ މިފަހަރު ޖެހޭނެ އަހަރުމެންގެ ލަވް ސްޓޯރީ ފުރިހަމަކުރަން… ދެން ފެންނަ ފަހަރަކުން ޖެހޭނެ ނަމްބަރު ހޯދަން… ” ޔޫހާާން ވަރަށް ފޯރީގައި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޔައިޝް އާއި އިފާންވެސް ބޯ ޖަހާލިއެވެ. ” ފުރަތަމަ ތިން މީހުނާ ދިމާވާންވީ… ކިހިނެއް އެކަމަކު ދިމާ ވަނީ ވެސް… އުޅޭ ގެއެއްވެސް ނޭނގެ… ” ޔައިޝް އޭނަގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. ތިން އެކުވެރިންވެސް ދިޔައީ އައިލީން މެނާއި ދިމާވާނެ ގޮތަކާމެދު ވިސްނަމުންނެވެ. ” ލިސެން ގާއިސް… މާދަމާ އަކީ ފްރައިޑޭ… ސޯ ނޯމަލީ ވީކެންޑްގެ ހަވީރު ބޭރަށް ނިކުމެ އުޅޭނެ… އާއްމުކޮށް މީހުން ހަވީރު ގޮސް އުޅޭ ތަންތަނަށް އަހަރުމެންވެސް ދާނީ… ލައިކް ރަސްރަނި ބަގީޗާ… ރަސްފަންނު… ” ޔޫހާން ވަރަށް ވިސްނާފައި އޭނައަށް ވިސްނުނު އެންމެ ރަނފަޅު ގޮތް ބުންޏެވެ. އިފާން އާއި ޔައިޝްއަށް ވެސް ޔޫހާންގެ އެ ހިޔާލު ކަމުދިޔައެވެ. ތިން ބައިވެރިންވެސް އެގޮތައް ކަންތައްކުރަން ނިންމިއެވެ.                                       ނިދަން އޮށޯވެ އޮތް ކޮންމެ ބައިވެރިއެއްގެ ސިކުނޑީގާވެސް ތަފާތު ހިޔާލުތައް ދައުރުވަމުން ދިޔައެވެ. ކޮންމެ މީހެއްގެ ހިތްވެސް ބުނަނީ ވަރަށް އަވަހަށް އަނެއްކާވެސް އެކަކު އަނެކަކާ ބައްދަލުވާނެކަމަށެވެ. އެކުގައި ހޭދަކުރެވުނު މަދު ވަގުތުކޮޅުތަކުގެ ހިޔާލުގައި އޮއްވާ އެމީހުންގެ ލޮލަށް ނިދި ސަވާރުވި އިރެއްވެސް ނޭނގުނެވެ.                             ނިދިފައި އޮތް ޔޫހާންއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ތެދުވެ ފެންވަރާ ތާޒާ ވެލައިގެން މިސްކިތައް ދިޔައެވެ. އިރުކޮޅެއް ފަހުން އިފާން އާއި ޔައިޝްވެސް ނަމާދަށް މިސްކިތައް އައެވެ. ނަމާދުކޮށް އަވަދިވެގެން ތިން އެކުވެރިން އެކުގައި މިސްކިތުން ފޭބިއެވެ. ގެއަށް ގޮސް ތިން އެކުވެރިންވެސް ނިދަން ޖައްސާލީ އަރާމުކޮށްލުމުގެ ގޮތުންނެވެ. މިއަދު އޮފީހަށް ދާންވެސް ނުޖެހޭނެތީ ރަނގަޅަށް ނިދާލެވޭނެތާއެވެ. ބަންދު ދުވަސްތަކުގައި އެމީހުން އަބަދުވެސް ކަންތައްކުރަނީ އެހެންނެވެ.                           ނިދިފައި އޮތް އައިލީންއަށްވެސް ހޭލެވުނީ އޭނަގެ ފޯނުން ބަންގި ގޮވާ އަޑަށެވެ. އޭނާ ތެދުވެ ރިފްޝާ އަށާއި ޝައުނާއަށް ގޮވުމަށްފަހު ފާޚާނާއަށް ވަނެވެ. ތިން އެކުވެރިންވެސް ތައްޔާރުވެގެން ފަތިސް ނަމާދުލޮށްލިއެވެ. ވަޒީފާއަށް ދާން ޖެހޭ ދުވަހަކަށް ނުވާތީ ނަމާދުކޮށް ނިމުމުން ތިން އެކުވެރިންވެސް ނިދަން އޮށޯތެވެ.                                   ހެނދުނުގެ މި ހިތްގައިމު ވަގުތުގައިވެސް މާލޭގެ މަގުތައް ފެންނަނީ ހަލަބޮލިކޮށެވެ. ނަމަވެސް އެހެން ދުވަސްދުވަހާއި އަޅާބަލާއިރު ދުއްވާ އެއްޗިއްސާއި މީހުން ހަރަކާތްތެރިވާލެއް މަދުހެން ހީވެއެވެ. ސަރުކާރު ބަންދު ދުވަހަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ނިދިފައި ތިބި ތިން އެކުވެރިންނަށް ވެސް ހޭލެވުނީ އެތިން ކުދިންނަށް ގޮވާ އަޑަށެވެ. ” ތުއްތީ… ރިފޫ ދައްތީ… ޝައު ދައްތީ… މަންމި ބުނީ ބްރެކްފާސްޓުކުރަން ތެދުވާށޯ… ” ޒައުލް ބާރު ބާރަށް ދޮރުގައި ޓަކި ޖަހަމުން ގޮވަމުން ދިޔައެވެ. ” ޒައުލް… ތުއްތިއަށް އަޑު އިވިއްޖެ… ދެން ނުތަޅާ ދޮރުގަ… އިރުކޮޅަކުން ދާނަން… ” ކަންނެއްކަމާއެކު ލޯ ހުޅުވާލަމުން ޒައުލް އަށް އަޑުއިވޭނެ ވަރަށް އައިލީން ބުންޏެވެ. އެއާއެކު ޒައުލްވެސް ދޮރުގަ ތެޅުން ހުއްޓާލިއެވެ. އައިލީން އޭނަގެ ފޯނު ނަގައި ގަޑި ބަލާލިއެވެ. އޯ ނޯ… ނައިނ ތާޓީ… ” ފުންމައިގެން ތެދުވި އައިލީން އެހެން ބުނި އަޑަށް ޝައުނާވެސް ތެދުވިއެވެ. ” އެހާ ލަސްވަންދެން އަހަރުމެނަށް ނިދުނީ… ” ހައިރާންވެފައި ޝައުނާ ބުންޏެވެ. އައިލީން އަވަސް އަވަހަށް ފާޚާނާއަށް ވަނެވެ. މޫނުދޮވެ ތާޒާވެގެން ނުކުއިން އިރުވެސް ރިފްޝާ އެއޮތްގޮތަށް ނިދާފައި އޮތެވެ. ” ގޮވާ ގޮވާވެސް ނުތެދުވި.. ” ދެ ބުމަ ގޮއްޖަހައިގެން އިނދެ ޝައުނާ ބުންޏެވެ. އައިލީން އާއި ޝައުނާ އެތައް އުނދަގުލެއް ކުރުމުން އެންމެ ފަހުން ރިފްޝާ ތެދުވިއެވެ. އެމީހުން ތައްޔާރުވެގެން ނިކުއިން އިރު އެހެން އެންމެން ހެނދުނުގެ ނާސްތާ ކޮށްފިއެވެ. ” ތުއްތީ… ކޮއްކި ހުޝްކޮށްލީ… ތުއްތިއަށްވުޅެ ކުޅިން… ” އައިލީން ފެނުމާއެކު ކުޑަކުޑަ ޝިޔާ އަފާޒްގެ އުނގުން ފައިބައިގެން އައިލީންގެ ގާތަށް  ދަމުން އޭނައަށް ކިޔަން އިނގޭ ގޮތަށް ބަސްތައް ކިޔަމުން ދިޔައެވެ. ” އެހެންތަ… ހާދަ ބަސްއަހާ ކުއްޖެކޭ… ތުއްތިއަށްވުރެ މާ ބަސްއަހާ ކޮއްކި… ” އައިލީން ހިނިތުންވެލަމުން ޝިޔާ އުރާލަމުން ލޮއެބާއެކު ވާހަކަ ދެއްކިއެވެ. ހެނދުނުގެ ނާޝްތާއަށްފަހު އައިލީން އާއި ރިފްޝާ އަދި ޝައުނާވެސް މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި އާޝިޔާއަށް އެހީތެރިވަމުން ގެންދިޔައެވެ. އާޝިޔާ ކުކުޅު ތައްޔާރުކުރަމުން ދިޔައިރު އައިލީން ދިޔައީ ފްރައިޑް ރައިސް ތައްޔާރުކުރަމުންނެވެ. ޝައުނާ ޕިރިނީ ތައްޔާރުކުުމައިގެން އުޅުނު އިރު ރިފްޝާ ދިޔައީ އަލަނާސި ފަނިގިރަމުންނެވެ. އެކުދިން ވީ ވަރަކުން  ގޭތެރޭގެ މަސައްކަތްތަކުގައި އާޝިޔާއަށް އެހީތެރިވެދީ ހަދައެވެ. އެމަންޒަރުރައް ބަލަން ހިނިތުންވުމަކާއެކު އަފާޒް އޭނަގެ ދެ ދަރިން ގޮވައިގެން އިނެވެ. ހުކުު ވަގުތު ޖެހެން ކައިރި ވުމުން ފެންވަރާ ތައްޔާރުވެގެން ޒައުލް ގޮވައިގެން މިސްކިތައް ދިޔައެވެ. އޭރު ޝިޔާ ކާާމޭޒު ކައިރީގަ ގޮނޑިއެއްގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިނެވެ.                                             ހުކުރުން އައިސް އެންމެން އެކުގައި މެންދުރުގެ ކެއުމުގައި ޔޫހާންގެ އާއިލާއިން ބައިވެރިވިއެވެ. އެކި ވާހަކަތަކުގައި ތިބެ ކެއުމައިގެން ކުރިއަށް ދިޔައެވެ. އެއީ އާއިލީ ގުޅުން ވަރަށް ވަރުގަދަ އާއިލާއެކެވެ. ޔޫމިން ބުނެލާ ވާހަކަތަކުން އެންމެންވެސް ތިބެނީ ހިނި އައިއްސައެވެ.                                           އައިލީންމެންވެސް މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. އަފާޒް އެމީހުންގެ ކެއްކުމަށް ތައުރީފު ކުރަމުން ދިޔައެވެ. ” ޝައު ދައްތި… ޔާއްކޮ އަށް ޕިލިނީ ވަލަށް މީލު… ” ޝިޔާ އޭނަގެ ކުދިކުދި ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ޝައުނާއަށް ބަލައިލަމުން ބުންޏެވެ. ” ތެންކް ޔޫ ” ޝީޔާ ކޮލުގައި ލޮއެބާއެކު ހިފައިލަމުން ޝައުނާ ބުންޏެވެ.                               ކައި ނިންމައިގެން އިރުކޮޅަކު އަރާމުކޮށްލަން އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާވެސް ޖައްސާލިއެވެ. އަޞްރު ނަމާދު ވަގުތު ޖެހުމުން ފެންވަރާ ތާޒާ ވެލައިގެން ނަމާދުކުރިއެވެ. އެއަށްފަހު ހިނގާލަން ދާން ތައްޔާރުވާން ފެށިއެވެ. ”ޝައު ރެޑީ ވެވިއްޖެތަ… ” ކޮޓަރިއަށް  އައިސް ވަތް އައިލީން ބުންޏެވެ. ” ޔެސް… ” ޖަވާބުގައި ޝައުނާ ބުންޏެވެ. ގުރާ ފެހިކުލައިގެ އަތް ދިގު ފައި ފަލަމަސްގަނޑާ ހަމައަށް އަންނަ ހެދުމަކާއެކު ކަޅު ކުލައިގެ ސްކިނީގައި ޝައުނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ބޮޑު ދެލޯ ވަށައިގެން އައިލައިނާއިން ފަވާލެވިފައިވީއިރު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވެއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބުޅި އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ފަހަތައް ދޫކޮށްލައިފައެވެ. ” ވާއު… ނައިސް…” ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. ޝައުނާވެސް ބަދަލުގައި ހިނިތުންވެލަމުން އައިލީން އާއެކު ކޮޓަރިން ނިކުތެވެ. އާޝިޔާ ގާތު ބޭރަށް ދަނީ ކަމުގައި ބުނެ ތިން ކުދިންވެސް ގެއިން ނިކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އެހެނަސް…(9)

Next

ހުޅުކޮޅު 14

Next
May 31, 2018

ހުޅުކޮޅު 14

Previews
May 31, 2018

އެހެނަސް…(9)

30 Comments!

  1. thoo says:
    May 31, 2018 at 2:24 pm

    yah me first dhw

    1. Ifoo ifoo says:
      June 3, 2018 at 7:33 pm

      Yesss… Mifaharu thoo first ???

  2. Shiman says:
    May 31, 2018 at 2:39 pm

    Vvvv reethi.. waiting for next part

    1. Ifoo ifoo says:
      June 3, 2018 at 7:35 pm

      Thankyou so much Shiman ❤️❤️❤️?????????…

  3. Thoo says:
    May 31, 2018 at 2:46 pm

    Me first

    1. Ifoo ifoo says:
      June 3, 2018 at 7:34 pm

      Yesss… Mifaharu thoo first ??

  4. Hail says:
    May 31, 2018 at 2:55 pm

    Vv. Reethi ??????
    When next part?????

    1. Ifoo ifoo says:
      June 3, 2018 at 7:36 pm

      Thankyou so much Hail ❤️❤️❤️?????????…

  5. Nunnu says:
    May 31, 2018 at 3:30 pm

    Vv reethi
    Masha Allah
    Ekam up kuraaleh Las vefa Kure
    But it’s ok
    Vaavarakun up kuraanee
    Maa avas kohlaafiyya mistake ginavaanee

    1. Ifoo ifoo says:
      June 3, 2018 at 7:38 pm

      Thankyou so much Nunnu ❤️❤️❤️?????????… V v ufaavehje understanding veema ❤️❤️❤️????????????…

  6. Ifoo ifoo says:
    May 31, 2018 at 3:44 pm

    Salaam all ???❤️❤️❤️?????????… Here is the 12th part ???… Mi part ga aneh henn maa bodu kameh higaafa nethyma baeh kudhinnah boring vedhaane n mi part kurukan ifoo vx gaboolukuran ???… I’m really very sorry for that ??????… Ifoo v v bxy koh miulheny ehenve kurukoh up kohlevuny ???… Hope all will forgive me ❤️❤️❤️???… In Sha Allah next part miah vure dhigu koh genesdheynan ???… N last part ge comments thakah mirey ge vaguthehga reply kohlaanan In Sha Allah ???❤️❤️❤️.. Thankyou so much all for the support ❤️❤️❤️???… Ifoo ah kuriah dhiyumah readers ge faraathun v hihvaru libey ❤️❤️❤️… V v v ufaavey ifoo ge story kiyaalaafa comment kohlaathy ???❤️❤️❤️?????????… Waiting for comments ???❤️❤️❤️???… Love you all ❤️❤️❤️❤️❤️❤️…

  7. Stry kiyaa man says:
    May 31, 2018 at 4:21 pm

    Great work ! Vvvv reethi.
    Kuda koh typing mistake jehefa e bahuri.ekam ok.
    Ifoo stry ge mi part thah haadha kuru vany mihaaru dear.roadha mass dhandheh hafuthaayaku 3 dhuvahu stry up kuraa gothah hadhaa dhen viyy ehnu kolheh dhigu kohlaagayaa eku. haroadha nimuny ma dhen badhalu kuran vex.aslu vv meyynun mi stry konme dhuvahaku kiyaalan.igey bxy vaane kan vex.hama kiyaala hithun.keep it up .waiting 4 nw part
    -salaam-????

    1. Ifoo ifoo says:
      June 3, 2018 at 7:39 pm

      Thankyou so much Story kiyaa man ❤️❤️❤️?????????… V v ufaavehje ❤️❤️❤️????????????…

  8. Nunama says:
    May 31, 2018 at 4:43 pm

    Very nice but part is too short I hope next part will be long anday nice like this part please upload next part fast Waiting for next part

    1. Ifoo ifoo says:
      June 3, 2018 at 7:40 pm

      Thankyou so much Nunama ❤️❤️❤️?????????…

  9. Mate says:
    May 31, 2018 at 5:25 pm

    Vrh reethi….??keep it up???

    1. Ifoo ifoo says:
      June 3, 2018 at 7:42 pm

      Thankyou so much Mate ❤️❤️❤️?????????… I’m so happy to see ur comment in every part ❤️❤️❤️????????????…

  10. Maya says:
    May 31, 2018 at 8:56 pm

    Vvvvvvv reeethi .Waiting for the next part…..

    1. Ifoo ifoo says:
      June 3, 2018 at 7:42 pm

      Thankyou so much Maya ❤️❤️❤️?????????… I’m so happy to see ur comment in every part ❤️❤️❤️????????????…

  11. someone says:
    May 31, 2018 at 9:24 pm

    Vrh vrh vrh reethi minutes part Ves.. maa sha allah.. alhe konme faharakuves emme kiyaa hiyy vaathanun ifoo thi nimmaalany.. hehe.. when Nxt?

    1. Ifoo ifoo says:
      June 3, 2018 at 7:44 pm

      Heheheh ???… Thankyou so much someone ❤️❤️❤️?????????… V v v ufaavehje ???❤️❤️❤️?????????…

  12. Naju says:
    May 31, 2018 at 9:30 pm

    Get well soon ifoo dear… N rangalhah beys kaigen ginain araamu kurahchey…. N story hama v nice n interesting ifoo.. When is next…

    1. Ifoo ifoo says:
      June 3, 2018 at 7:45 pm

      Thankyou so much Naju ❤️❤️❤️?????????..

  13. Livy says:
    May 31, 2018 at 10:07 pm

    Keep up the good work dear ?? hama obinoave ingey story ???❤❤ dhen ehenvyma 3 kudhin hingaalan nukuthyma yoon men fennaane thaa dho.. Sooo excited to see dhen vaane gotheh ????? but yess ifoo buni hen thankolheh kuru dhw mi part.. Hehe dhen in part genesdhehchey thankolheh long koh loabi koh ??❤?adhi bunan tha dhen ehenvyma mihaaru ingijje ifoo thee varah loabi koh reethi koh dress kuraa kujjeh kan ingey ???? varah stylish varah salhi ???? komme part akun eba prove kohdhey viyya eba ekan.. Hehe ??? dhen keekey bunaany as always hama perfect ???? livy ge faraathun varah loves ??????????

    1. Ifoo ifoo says:
      June 3, 2018 at 7:50 pm

      Thankyou so much Livy dear ❤️❤️❤️????????????… V v v ufaavehje ❤️❤️❤️?????????… Hehhe… Ifoo akee hama v normal koh dress kuraa kuhjeh… Just simple black abaayaa ❤️❤️❤️????????????… Story ga aeee hama imagine kohlaafa ???… V v v ufaavehje imagine kohlaigenn livy ah ehaa reethi gothakah genesdheveythy ??????❤️❤️❤️… Once again thankyou so much dear ❤️❤️❤️???… Much more loves from ifoo ???❤️❤️❤️????????????…

  14. unique says:
    May 31, 2018 at 10:44 pm

    konme gotheh viyas its so sooo nice n i loved it…… ifoo vaahaka liyaa reethi kamun hurihaa kamakah ves maafu….

    1. Ifoo ifoo says:
      June 3, 2018 at 7:52 pm

      Awwwwnn ❤️❤️❤️????????????… Thankyou so much dear unique ???❤️❤️❤️??????… V v v ufaavehje ??????❤️❤️❤️… Really I’m so happy to see ur comment in every part ???❤️❤️❤️…

  15. Shawa says:
    June 2, 2018 at 1:20 pm

    Mi story ga noolheytha villain eh??
    Shauge mom ah ves asslu adhi maa avass visnun leh,, dhimaavaa incident ehge sababun thinking change vaanama salhi vaane
    Plus,, why didn’t they try to contact those three girls.. lishan through koh viyass.. after all lishan ah ves ingey like vaakan..
    Dhen abadhu eh gothakah sifa kohdheefa hunnanee like “eyeliner,, red lipstick and all.. dhen shauna men malé ga keeh kuranee??
    Asslu story vrh salhi. Good message s thakeh libey,, i just shared what i feel.. good luck.. 🙂 and yess cover pic ehaa nugulhe ehnu.. mi kiyaa dhenee 3 frnds ge vaahaka so e hurihaa kudhin fennan vaane ehnu..

    1. Ifoo ifoo says:
      June 3, 2018 at 8:01 pm

      Thankyou so much Shawa for Shairing what u feel ❤️❤️❤️????????????… First of all villain vx annaane adhi ???… Story continue vaavarakun ingeyne ???… Sifakurumuge bayaa Shau ge mom ge bayaa behey gothun thi faahaga kohli kanthahthakah I agree with u ???… Since this is my first story so lot of mistakes will be there… Ifoo try kuraanan sifakurunthah different gothakah genesdheveythr ???… N shaunaa menn male ga kuraa kameh vx ingeyne story kuriah dhaa varakun ???… N yesss… Cover pic ga aslu gulheynee 3 kudhinn vx thibegenn kann gaboolu kuran ifoo bt the problem is that I don’t know how to make Cover pic ???… Sry for that ???… Once again thankyou ❤️❤️❤️????????????… N hope to see ur comment in every part ❤️❤️❤️???…

  16. Ifoo ifoo says:
    June 2, 2018 at 3:10 pm

    hello readers ???… I have submited the next part… keep waiting dear readers…???❤❤❤…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 13←


All Right Reserved!